ހަނދާން ހުންނަން ފެށި އިރުވެސް ރިޔާޝާގެ ދިރިއުޅުން ވަރަށް ނިކަމެއްޗެވެ. ދިރިއުޅެމުން ދިޔައީ މާލޭގައި ހުންނަ ރިޔާޝާގެ ބައްޕަ ހަމީދުގެ ގޭގައެވެ. ނަމަވެސް ރިޔާޝާގެ އުމުރުން އެންމެ 7 އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ދެން ހުރީ އޭނާގެ މަންމަ އަމީނާއެވެ. އަމީނާ ފިޔަވައި އޭނާގެ އެކަކުވެސް މިދުނިޔެއަކު ނެތެވެ. ނަމަވެސް އަމީނާއަށްވެސް ރިޔާޝާ ވެފައިވަނީ ބޮޑު ބުރައަކަށެވެ. އޭނާ އަބަދުވެސް އުޅެމުންދަނީ އޭނާގެ އަމިއްލަ އުފާތަކައިގެންނެވެ. ހަމީދު ނިޔާވި ފަހުން އެއްވެސް އިރެއްގައި ރިޔާޝާއަކާއި […]
މިއީ މިފަދަ ސައިޓެއްގައި އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. މިއީ ތަފާތު އެތަށް ރަހައެއް ލިބިގެންދާނެ ވާހަކައެކެވެ. މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އަދި ހިންދީ ފިލްމެއް އަސްލަކަށް ބަލައިގެން، އަމިއްލަ ޚިޔާލު ހިމަނައިގެން ލިޔެފައިވާ ތްރިލާ ވާހަކައެކެވެ. ފާޑުކިޔުމަކީ ކިޔުންތެރިންނަށް ލިބިފައިވާ ޙައްޤެކެވެ. ބިނާކުރަނިވި ކޮންމެ ފާޑު ކިޔުމަކަށް ހެޔޮހިތުން މަރުޙަބާ ކިޔާނަމެވެ. ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކޮށްލައްވާ!