ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން އަވަހަށެވެ. ކުރިން ހުޒާމް ކުރަމުންދިޔަ ހިތާމަ ކުރާތަނެއް މިހާރަކު ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއްގެ އަސަރުތަކެވެ. ނަމަވެސް ބަދަލުނުވީ ކުއްލި ކުއްލިއަކަށް އެއަންނަ ސިނގުރުޅިއެވެ. ކިތަންމެ ކުޑަ ކަމަކާވެސް ރުޅި އައިސްދާނެއެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ އޭނާ ރުޅިއަންނާނީ ކޮންކަހަލަ ކަމަކާކަން އެކަކަށްވެސް ނޭނގޭކަމެވެ. މީހަކު ނޭވާލާ ގޮތަކުންވެސް ރުޅިއައިސްދާނެއެވެ. މިކަމާ ޝަރީފާ ހުންނަނީ ކަންބޮޑުވެފައެވެ. ހަފްތާއެއް ފަހުން ހުޒާމްއާއި ރިޒްނާ ސިންގަޕޫރަށް ފުރީ ރިޒްނާގެ […]
“މިހާ އަވަހަށް ހުވަފެން ބަލަން ފެށީތަ؟ އަދި އެވެސް ދުވާލު ގަޑީގަ.” ހުޒާމް އެހެން ބުނެލުމުން ވަގުތުން ރިޒްނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ޚިޔާލީ ވާފަށް މި އެއްލުނީ މާދުރަށެވެ. އަދި މިއުޅެވެނީ ހުޒާމް ގާތު އެވާހަކަ ނުވެސް ދެއްކިގެންނޭ ރިޒްނާގެ ހިތަށްއެރިއެވެ. ނަމަވެސް ހުޒާމްގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެވާހަކަ ބުނުމުން ހުޒާމް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެންމެފަހުން އޭނާ […]
“ރިޒޫ! އޭނަ ކައިރިން ވަރިވޭ! އަނިޔާކުރާ ފިރިއަކާއެކު އުޅުމަކީ ރައްކާތެރިކަމެއް ނޫން. އަދި އެއީ ދީނީ ގޮތުން ހުއްދަކަމެއްވެސް ނޫން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއާ ދުރުވެލަމުން ހުޒާމްއަށް ބަލާލިއެވެ. “އަހަރެންވެސް ބޭނުން. އެކަމަކު އޭނަ ކައިރިން ވަރިއެއް ނުވެވޭނެ.” ރިޒްނާ އެކަމަށް ކިތަންމެ އެދުނަސް އޭނާގެ އަޑުން އެކަމުގައި އޭނާގެ އެއްވެސް އުއްމީދެއް ނެތްކަން އެނގެއެވެ. “އެކީއްވެ؟” ހުޒާމް ބޭނުންވީ އެކަމުގައި ރިޒްނާގެ ވިސްނުން ހުރިގޮތެއް ބަލާށެވެ. “އޭނަ އަހަރެން ވަރިއެއް ނުކުރާނެ.” ރިޒްނާ […]
“ވަރަށް ރީތި. ހިނގާ ދަމާ.” ހުޒާމް އެހެން ބުނުމުން ސާރާ އޭނާއާއެކު ހިނގައިގަތެވެ. އެވަގުތު ހުޒާމްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ރިޒްނާގެ ކޯލެއްކަމުން ހައިރާންވެފައި ހުރެވެސް އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. “ޒާމް ޕްލީޒް! އަހަރެން ސަލާމަތްކޮށްދީ. އެ ނުލަފާ މީހާ އަހަރެން މަރާލަފާނެ.” ކުއްލިއަކަށް އެގޮތަށް ރިޒްނާގެ އަޑު އިވުމުން ހުޒާމްއަށް ހުއްޓެވުނެވެ. ރިޒްނާގެ އަޑުންވެސް އޭނާ ބިރުގެންފައިވާވަރު އެނގެއެވެ. އެވަގުތު ދޮރެއްގައި ކަހަލަ އެއްޗެއްގައި ތަޅާ ކަހަލަ އަޑެއް ހުޒާމްއަށް އިވުނެވެ. “ރިޒޫ! […]
“އަހަރެން ވިސްނާލަން ބޭނުން.” ސާރާ އިތުރަށް އެތާނގައި މަޑުނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ އެކަނިވީ ވަގުތު ޝައިޠާނާ އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ. “ސާރާ! ކަލޭ އޭނާއާ އެކީ ނުދާތި! އޭނާ އެއުޅެނީ ކަލޭގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގަން. އޭނާއަކީ މުއްސަންޖެއް. ދުވަހަކުވެސް ނިކަމެތިންނަކަށް މުއްސަނދިންގެ ހިތްހެވެއް ނުވާނެ. އޭނާގެ ނޯކަރަކަށް ނޫނީ ކަލޭ ނުގެންގުޅޭނެ. ކަލޭ އޭނާއާއެކު ނުދާތި!” ސާރާގެ ބޮލުގައި ރިއްސައިގަތީ ވަކިވަރަކަށް ނޫނެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އިރުކޮޅަކު އެހެން […]
“ކޮބައިތަ އެ ނުބައި ހައިވާނަކީ؟ މަށަށް އެހައިވާނު ފެންނަ ދުވަހަކީ އޭނަގެ އެންމެ ފަހު ދުވަސް.” ހުޒާމް ކައިރީގައި ހުރި ބޮޑު ޖަނބުރޯލު ގަހަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އޭރު އޭނާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ސާރާއަށް އެހެން ހެދި މީހަކު އެނގިއްޖެނަމަ އޭނާ އެމީހަކު ދުލެއް ނުކުރާނެއެވެ. ސާރާއަކީ އޭނާގެ ފުރާނައަށްވުރެވެސް ލޯބިވާ ކުއްޖެކެވެ. އެހެންވީއިރު ސާރާއަށް އެފަދަ ދެރަގޮތެއްވާން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މަޑުމަޑުން ސާރާ ހަމައަކަށް އެޅެމުން އާދެއެވެ. […]
މެންދަމުގެ ވަގުތެވެ. ހުޒާމް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އެހެން ރޭރޭ އޭނާއަށް ނުނިދިފައި އޮންނަނީ މާޒީގެ ހަނދާންތައް އުނދަގޫކުރާވަރުންނެވެ. އެހެނަސް މިރޭ އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހަވީރު ފެނުނު އަންހެންކުއްޖާއާއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަކަށް އެފަދަ ގޮތެއް ނުވެއެވެ. ނަމަވެސް މިއަދު އެފެނުނު ކުއްޖާގެ ސަބަބުން އޭނާގެ ހިތަށް ލޮޅުމެއް އަރައިފިއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ޕަރީއެއްފަދަ އެރީތި އަންހެންކުއްޖާ ހުޒާމްގެ ސިކުނޑިން ވަގުތުކޮޅެއް ހޯދައިފިއެވެ. […]
“އޭތް! އިހަށް މަޑުކޮށްބަލަ!” ހުޒާމް ތަންކޮޅެއް ބާރަށް ބުންޏެވެ. އެކުއްޖާއަށް ހުޒާމްގެ އަޑު ނީވުނީ ކަންނޭނގެއެވެ. އަޅާވެސްނުލާ ދިޔަގޮތަށް ދިޔައީއެވެ. ހުޒާމްގެ ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެއަންހެންކުއްޖާ ބުނި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއީ ކާކުބާވައެވެ. ނުވެސް ދަންނަ އަންހެންކުއްޖެކެވެ. ނަމަވެސް އޭނާގެ ހުވަފެނަކީ މުއްސަންޖަކަށް ވުންކަންވެސް އެކުއްޖާއަށް އެނގިއްޖެއެވެ. ހުޒާމް ބޭނުންވީ އެއަންހެންކުއްޖާއާ ބައްދަލުކުރާށެވެ. އެއީ ކާކުކަން އެނގިގެން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ބޮލަކުން ރިހުމެއް ނުފިލާނެއެވެ. […]
ރޭގަނޑު އަށެއްގެ ޚަބަރަށްފަހު ޓީވީއިން ފޮނުވަމުންދިޔަ އިޖްތިމާއީ މައްސަލަތަކާއި އެހެނިހެންވެސް މައްސަލަތަކާއި ބެހޭ ޕްރޮގްރާމް ބަލަން އިން ހުޒާމްގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. އެޕްރޮގްރާމުގައި ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އެޕްރޮގްރާމުގައި ދައްކަމުން ދިޔައީ މި ކުޑަކުޑަ ރާއްޖޭގައިވެސް އިންސާނުން ވަގަށް ނެގުމާއި ވިއްކުން އިންތިހާއަށް ގޮސްފައިވާ ވާހަކައެވެ. އަދި އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ވާހަކައެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދޭންޖެހޭ ވާހަކައާއި ކުށެއްނެތް މީހުންނަށް ނުޙައްޤުން އަދަބު ދެވިގެން […]