“ކޮންގްރޭޓްސް!! ވަރަށް އުފާވެއްޖެ އިޒްގެ ޚިޔާލު ބަދަލުވީތީ. ރައުއަކީ ވަރަށް ރަނގަޅު ކުއްޖެއް. އިޒްގެ ލައިފްއަށް ރައުއަކީ ހަމަ އެންމެ ބެސްޓް ކުއްޖާ.” އާލިމްގެ ވާހަކައަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެއްވެސް ބަހެއް ނުބުނެ އިޒްޔާން ގޮސް ހުއްޓުނީ އަޒްފާ ގާތަށެވެ. ********** ހެނދުނު އިޒްޔާންއަށް ހޭލެވުނީ އަޒްފާ ގޮވީމައެވެ. މެންދުރުފަހުން ޔާނާމެން ފުރުން އޮތެވެ. އަޒްފާމެން ނިންމީ އަދި ހަފްތާއެއް ކޮށްލާފައި ދާށެވެ. އިޒްޔާން ހޭލިގޮތަށް އެނދުން ތެދުވުމުގެ ބަދަލުގައި ކަންނެތްވެފައި އޮތީއެވެ. “އަދިވެސް ނުތެދުވަންތަ؟” އަޒްފާ […]
އެންމެފަހުން އާލިމްއާ އެންމެންވެގެން ސޯފާގައި ހުރި ކުދި ބާލީސްތަކުން ތަޅަންފެށުމުން އިޒްޔާން ސަލާމަތްވާންވެގެން ތެދުވެ ދުއްވައިގަތެވެ. ދުވެފައި ދިޔަ އިޒްޔާން މަގުމައްޗަށް ނުކުތްތަނާ ކުއްޖެއް ގައިގައި ލައިގަނެފައި ވެއްޓުނެވެ. އެކުއްޖާ “އާހް” އޭ ބުނެލިއެވެ. ފަހަތުން ދުވަމުން އައި އާލިމްމެންވެސް ހުއްޓުނީ ފެނުނު މަންޒަރުންނެވެ. ވެއްޓިފައި އޮތް އިޒްޔާންގެ ގައިމައްޗަށް ވާގޮތަށް އަންހެންކުއްޖަކު އޮތެވެ. އެކުއްޖާގެ ބޮލުގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެއީ ކޮން ކުއްޖެއްކަމެއް އާލިމްމެންނަކަށް ނޭނގުނެވެ. އެންމެން އަވަސްއަވަހަށް އިޒްޔާންއަށް އެހީވުމަށް ކުރިއަށް […]
ހިތްގައިމު ހަވީރެކެވެ. ޖެހޭ މަޑު ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައިދެއެވެ. މިފަދަ ހިތްގައިމު ހަވީރެއްގައި ފުވައްމުލަކުގެ އަތިރިމަތިންވެސް ފެންނަނީ ހިތްގައިމު މަންޒަރުތަކެކެވެ. ދުރުގައި ސައިކަލުގައި އިން ޒުވާނާ އިނީ އެކުދިންގެ ހަރަކާތްތަކަށް ގެއްލިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަށަށް ނާންނަތާ އެތައް އަހަރެއް ފަހުން އިޒްޔާން ރަށަށް އައިއިރު މުޅި ރަށް ވަނީ ބަދަލުވެފައެވެ. ކުޑައިރުގެ ރައްޓެހިންވެސް ވަނީ ބަދަލުވެފައެވެ. މިހާރު ރަށުގައި އުޅެނީވެސް އޭގެ ތެރެއިން މަދު ކުދިންކޮޅެކެވެ. ރަށަށް އައިފަހުން ހަފްތާއެއް ފާއިތުވެދިޔައިރުވެސް […]
ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ. ޖެހިގެން އައި ދުވަހެވެ. ހަސީނާ ޑރ. ކަޕޫރާއި ވާހަކަދައްކަމުން ދިޔައީ އަޔާޒްގެ ހާލަތާއި މެދުގައެވެ. ޑރ. ކަޕޫރު ބުނިގޮތުން އަޔާޒްގެ ހާލަތު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ރިޔާޝާ އަޔާޒް ފެންގަނޑަށް ވައްޓާލުމުން ލިބުނު ޝޮކްގައި އޭނާގެ […]
ރިޔާޝާ ގޮސްވަނީ ޖުމާންގެ ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަހަރާ ތެރެއަށެވެ. އެތާގައި ރަސްކަން ކުރަމުން ދަނީ ހަމހިމޭންކަމާއި ފަޅުކަމެވެ. އޭނާ ގޮސް ފަޔާޒްގެ މަހާނަ ކައިރީ މަތީ އިށީނެވެ. އޭނާ އެމަހާނައިގެ ވެލިތައް އޮމާންކޮށްލިއެވެ. އަދި މަތީގައި ހުރި ގާކޮޅުތައް ހޮވާލާފައި އެއްލާލިއެވެ. އޭނާ އަނެއްކާވެސް ވެލިގަނޑު އޮމާންކޮށްލާފައި ވެލިމުށެއް ނެގިތަނާ އޭނާގެ އަތްތިލައަށް މީހަކު ފައިން އެރިއެވެ. ރިޔާޝާ ސިހިފައި ބަލާލިއިރު އަރުޖުން ސިންގ ހުރީ ނުބައި ފާޑަކަށް ހީފައެވެ. “އަރުޖުން ސިންގ! […]
“އިންސްޕެކްޓަރ! ކަލޭ ތިބުނީ ރަނގަޅަށް. އަހަރެން ޖެއިލަރ މަރާލީ.” އަރުޖުން ސިންގ ދާން ހިނގައިގަނެފައިވެސް ރިޔާޝާ އެހެން ބުނެލުމާއެކު އެނބުރި ބަލާލިއެވެ. “އެކަމަކު ކަލޭއަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަހަރެންގެ ފިރިމީހާގެ ޤާތިލަކީ އަޙްމަދު އަޔާޒްކަން އެދުވަހު އަހަންނަށް ސާބިތުކޮށް ނުދެވުނުގޮތަށް، މިއަދު ކަލޭއަކަށްވެސް ސާބިތެއް ނުކޮށްދެވޭނެ ޖެއިލަރ މަރާލީ އަހަރެން ކަމަކަށް. އަރުޖުން ސިންގ! ކޮމިޝަނަރ ސާބް ކަލެއަށް އެބަ އިންތިޒާރުކުރޭ. އަވަހަށް ދޭ.” ރިޔާޝާ އެހެން ބުނެލުމުން އަރުޖުން ސިންގ ނުކުމެގެން […]
“އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!” ރިޔާޝާ ސިހިފައި ބަލާލިއިރު އަޔާޒް ހުރީ ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރީގައެވެ. “ކަލޭތަ؟” “އަހަރެން މިއައީ ރިޔާޝާގެ ހާލު ބަލާލަން.” […]
“ދަރިފުޅަށް ހީވޭތަ ކަންތައް ތިކުރެވުނީ ރަނގަޅަށްހެން. ފިޔާޒާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ.” “މަންމަ އަބަދުވެސް ވިސްނަންވަނީ ފަޔާޒްގެ މީހުންނާ ދޭތެރޭތަ؟ އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އެންމެ ފުރަތަމަވެސް ރިޔާޝާ އަހަރެން ބުނި ގޮތް ހެދިނަމަ ނުވީސް ދޯ މިހެންނެއް؟” އަޔާޒް ބުނެލިއެވެ. “ކީކޭ؟ ރިޔާޝާ ކޮންގޮތެއް ހެދީތަ؟” އަޔާޒަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ވިސްނުނީ ރަތީބާގެ އަޑު އިވިފައެވެ. “މި… މިބުނީ އޭނަ އަހަރެންނަށް ހަމަލާ ނުދިންނަމަ މިހެންނެއް ނުވީހެއް ނޫންހޭ؟” އަޔާޒް […]
ފަޔާޒް ވަޅުލައި ކަންތައްތައް ކުރުމުގައި ޖުމާންގެ އެހީތެރިކަން ރިޔާޝާއަށް ވަރަށް ބޮޑަށް ލިބުނެވެ. ރިޔާޝާ ގޮވައިގެން އެހުރިހާ ތަނަކަށް ގޮސް ހެދީ ޖުމާނެވެ. މޫނު ދައްކާ ހަދާފައި ފަޔާޒް ވަޅުލުމުންވެސް ރިޔާޝާ މަޑުކުރީއެވެ. ރަތީބާ ދާން ބުނުމުންވެސް އޭނާ އިރުކޮޅަކުން ދާނަން ކަމުގައި ބުނެ ރަތީބާ ފޮނުވާލީއެވެ. ރަތީބާ ދަމުން ޖުމާން ގާތުގައި ރިޔާޝާ ގާތުގައި މަޑުކޮށްލަދިނުމަށް އެދުނެވެ. ޖުމާން ރިޔާޝާ ގާތުގައި ގެއަށް ދާން އެދުމުންވެސް އޭނާ ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ޖުމާން ރިޔާޝާ […]