ފަޔާޒްއާއި ރިޔާޝާގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިއްޖެކަމުގައި ރިޔާޝާއަށް އިހުސާސްކުރެވެން ފަށައިފިއެވެ. މިހާރު ފަޔާޒް ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގިނައިން ކަނީވެސް ގެއިން ބޭރުންނެވެ. ކުރީގައި ހުންނަ މަޖާ މިޒާޖު ވަނީ ބަދަލުވެފައެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މާގިނައިން ރިޔާޝާއާއި ވާހަކަދައްކައެއް ނޫޅެއެވެ. ގިންއިން އޮންނަނީވެސް ފިކުރެއްގައެވެ. ވަރަށް ބޮޑު ފިކުރެއް ކުރަމުންދާކަން ޔަޤީނެވެ. ނަމަވެސް ރިޔާޝާއަށް ނޭނގެނީ ފަޔާޒް އެފިކުރު ކުރަނީ ކޮންކަމަކާ ކަމެވެ. މިކަންތައްތައް ވެގެންދިޔައީ ރިޔާޝާއަށް […]
“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ […]
“މީ… މީ ކޮން… އެއްޗެއް؟” ރިޔާޝާ ހުއްޓަހުއްޓާފައި އަހާލިއެވެ. “ތީ ދަރިފުޅުގެ ޙައްޤެއް. ތީ ދަރިފުޅުގެ ގޭގެ ރެޖިސްޓްރީ ބައްޕަގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން. އަދި އަލުން އަނބުރާ ދަރިފުޅުގެ ނަމަށް ބަދަލުކުރާކަމުގެ ލިޔުން.” އިމާދު އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އިމާދަށް ބަލާލެވުނެވެ. “އެކަމަކު ކިހިނެއް؟ އެގެ ވަނީ ބައްޕަ އަހަރެންގެ ނަމަށް…” “އާނ. ދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ. ދަރިފުޅަށް ތަނެއްދޮރެއް ނޭނގި ދަރިފުޅުގެ މަންމަ ވަނީ އޭނަގެ ނަމަށް މުޅި ގެ ބަދަލުކޮށްފައި. […]
“ލޯބިވާތީ.” “ތިލޯބި ކޮންމެވެސް އެހެން މީހަކަށް ދައްކާ. އަހަރެންގެ ލޯތްބެއް ދުވަހަކުވެސް އަޔާޒަކަށް ނުލިބޭނެ. ކުރިން އަހަރެން ހީކުރީ އަހަރެންނަށް އަޔާޒްދެކެ ވެވުނީ ލޯބިކަމަށް. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާޒްދެކެ. އަދި އަހަރެންދެކެ ލޯބިވަނީވެސް ހަމައެކަނި ފަޔާޒް.” ރިޔާޝާ ބުނެލިއެވެ. “ރިޔާޝާ ލޯބިވަނީ އަހަރެންދެކެ. އަދި އަބަދުވެސް ލޯބިވެވޭނީ އަހަރެންދެކެ. އެއީ ރިޔާޝާއަށް ޙަޤީޤީ ލޯބިވެވުނީ އަހަރެންދެކެ ކަމަށްވާތީ.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. “ތީ ކުށްހީއެއް. […]
“ދެން ޢައިޝާ އަދިވެސް މެރީ ނުކުރަންތަ؟ ކީއްވެތަ ތިހެން ހުސްކޮށް ތިހުންނަނީ؟” ޝިފާން މަޢުޟޫ ބަދަލުކޮށްލިއެވެ. “ލޯބިވާ މީހާ ނުލިބުނީމަ.” ޢައިޝާ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. “އެހެންތަ؟ އެއީ އަނެއްކާ ކާކު؟” ޝިފާން އެހެން ބުނެލުމުން ޢައިޝާ ވިސްނާލިއެވެ. “އެއީ ޝިފާންއަށްވެސް އިނގޭނެ އޭނަ. އެއީ އަޔާޒް. އޭނަ ރިޔާދެކެ ލޯބިވާ ވާހަކަ ބުނީމަ އަހަރެން އޭނައަށް އެކަން ނޭންގީވެސް. އެހެންވެ އަހަރެންނަށް އެދުވަސްކޮޅު ރިޔާއާ ދުރުވެސް ވެވުނު. އަޔާޒްދެކެ އަހަރެން އަބަދުވެސް ލޯބިވިން. އެކަމު ދެންމެ […]
ފަޔާޒްގެ ހިތުގައިވެސް އެފަދަ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އަޔާޒް އެގެއަށް ގެންދިޔުމުން ކަންތައް ވާނީ ކިހިނެއްބާވައެވެ. ރިޔާޝާގެ ހިތް އަޔާޒަށް އެނބުރޭނީބާވައެވެ. ނަމަވެސް މަންމަ އެކަމަށް އެދެފިނަމަ މަންމައަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ. އަނެއްކޮޅުން އޭނާ ރިޔާޝާއަށް ވީ ވަޢުދުވެސް އޭނާ ފުއްދައިދޭނެއެވެ. ރިޔާޝާ ބޭނުންވެއްޖެނަމަ އޭނާ ރިޔާޝާ ދޫކޮށްލައިދޭނެއެވެ. ރިޔާޝާގެ އުފަލަށްޓަކައެވެ. އޭނާގެ ފުރިހަމަނުވެ އޮތް ޢާއިލާގެ ޙައްޤޫގައެވެ. އެއާއިލާގެ އުފާވެރިކަމަށްޓަކައި އޭނާގެ ލޯބި ޤުރުބާންކުރަންވެސް އޭނާ އެހުރީ ތައްޔާރަށެވެ. އެވެސް އެއްމާބަނޑު ކޮއްކޮއަށެވެ. ކާރު […]
“ތިހިރީ ވަރިކޮށްފަ. އެހެރީ ދޮރު. ހަމަ މިހާރު ނުކުމެގެން ދާންއުޅޭ.” އިމާދު ހަމަޖެހިލާފައި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމުން އަމީނާއަށް ސިހުން ލިބުނެވެ. “ކީކޭ؟” އަމީނާއަށް އިވުނު ބަސް ޤަބޫލު ނުކުރެވިގެން އަހާލެވުނެވެ. “އާނ. އަމީނާ ބޭނުންވާ ގޮތަށް ތިހުރީ ވަރިކޮށްދީފައި. ދެން ދާންއުޅޭ މިގެއިން.” އިމާދު ހަޅޭއްލަވައިގަތުމުން އަމީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އައިސް އިމާދުގެ ގަމީހުގައި ހިފައިގަތެވެ. “ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ ހީކުރީ […]
“މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟” ކުއްލިއަކަށް ފަޔާޒް ކޮށްލި ސުވާލުން ރަތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ […]
އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. […]