“ދޮންބޭ. ޓްރެއިނިންގއަށް ދިޔައިމަ ނޭނގޭ ދޯ މަޑުން ވާހަކަ ދައްކަންވެސް.” ނާއިކް އެމީހާއާ ދިމާއަށް ބުނެލިއެވެ. އެއާއެކު ފަރުހާދު ގޮސް ބޮކި ދިއްލާލިއެވެ. “ދަރިފުޅާ ޝިމާލް..” ވަސީމާ ޝިމާލްގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ޝިމާލްވެސް މަންމާއޭ ބުނެލަމުން ވަސީމާގެ ގައިގައި ބައްދާލިއެވެ. “ދެން އޮންނާނީ ނާއިކްގެ ސަޕްރައިޒް އެއްނު.. އެހެންވީމަ ލޯ މަރާ..”ޝިމާލް ނާއިކްއަށް ބަލައިލަމުން އެއްލޯ މަރާލިއެވެ. އެއާއެކު ނާއިކް ދެލޯ ބޮޑުކޮށްލަމުން ކިހިނެއްހޭ އަހާލިއެވެ. “އަނގަގަދަ ނުކޮށް ލޯ މަރާބަލަ..” ޝިމާލް ނާއިކްގެ އަތުގައި […]
ފުދޭވަރަކަށް ތަނަވަސް ގޮތަކަށް ހުރި ގޭގެތެރޭގެ ސިޓިންގ ރޫމު ތެރެއިން ފެންނަނީ ހަމަ ހިމޭންކަމެވެ. ޓީވީއެއްގެ ކުރިމަތީ ހުރި ސޯފައިގައި ހަރު ފިރިހެނެއް އިން އިރު އެއާ ޖެހިގެން ހުރި ސޯފާއެއްގައި ޒުވާން ކުއްޖެއް އިނެވެ. “މަ ހީކުރީ އޭނާއަށް އެވަރުކުރީމަ މައިތިރިވެގެން ހުންނާނެ ކަމަށް. އެކަމަކު ބަލާބަލަ އެއްވަނަ ހޯދިވަރު. މަގޭ ރަޒާން ޓޮޕް ޓެންއަށް ވެސް ނުހޮވުނޭ. މިވެސް އެސޮރުގެ ކަންތައް. ހިޝާމް އަށް ވެސް ތިންވަނަ ލިބުނޭ..” ރަމީޒު ސޯފާއިން ތެދުވަމުން ބުނެލިއެވެ. […]
މަންމަ ފެނުމާއެކު ނިމްރާ ގޮސް މަންމަ ގައިގައި ބައްދައިގަތެވެ. މަންމަގެ އޯގާތެރި ފިރުމުމުގެ އިހްސާސް ވުމާއެކު ނިމްރާއަށް ބާރަށް ރޮވެން ފެށުނެވެ. “ކިހިނެއް ވީ ދަރިފުޅު؟” ހައިރާންވެ ހުރެ ނިމްރާގެ މަންމަ ބުނެލި އެވެ. ބޮޑުކަމެއް ވެގެން ނޫނީ ނިމްރާ ނުރޯނެކަން އޭނާގެ މަންމައަށް އެނގެއެވެ. “މަންމީ.. އެކުދިން ބުނަނީ ނިމް އަކީ ވަރަށް ކަޅު ކުއްޖެކޯ. ކަޅު ކުދިން ވަރަށް ހަޑިވާނެއޯ.. އެއީ ތެދެއްތަ މަންމީ..؟” ގިސްލަމުން ނިމްރާ ވާހަކަދެއްކިއެވެ. “އެކުދިން އެހެން ބުނީތަ؟” ނިމްރާގެ […]
“ނާއިކް ނޭނގެ ދިޔަ ތަނެއް ދައްތާ. އަހަރެންނަކަށް ނުފެނުން. އޭނާ ބުނީ ނުހޯދައްޗޯ. މިއޮތީ ގަނޑުކޮޅު އޭނާ ބާއްވާފަ ދިޔަ.” އިސްދަށަށް ޖަހާލަމުން ޒުނާމް ސިޔާދާގެ ސުވާލަށް ޖަވާބު ދިނެވެ. އެވަގުތު ސިޔާދާ މޭގައި އަތް އަޅާލިއެވެ. ހަމައެއާއެކު އެތާ ހުރި މެޝިންތަކުގެ އަޑުގަދަވެގެން ދިޔުމުން ޒުނާމް އަވަހަށް ތެދުވެ ސިޔާދާއަށް ގޮވަން ފެށިއެވެ. ނަމަވެސް ސިޔާދާގެ ދެލޯ އެވަގުތު މެރިއްޖެއެވެ. **ތިން އަހަރު ފަސް.** ފުރޮޅުލީ ގޮނޑީގައި ކާގެއިން ނުކުތް އަންހެން މީހާ ހުއްޓުނީ ކާގޭގައި […]
އަސުރު ނަމާދުން ގެއަށް އައިސް ވަތް ނާއިކްއަށް މުޅި ގޭތެރެ ފެނުނީ އަނދިރި ޖަންގައްޔެއް ގޮތުގައެވެ. ގެއަށް އައިސް ސިޓިންގ ރޫމު ދޮރު ހުޅުވާލުމަށްފަހު ކުރިއަށް އެޅި ދެތިން ފިޔަވަޅަށްފަހު އޭނާ ސިއްސައިގެން ދިޔައީ ނުހަނު ބާރަށް ދޮރު ލެއްޕުން އަޑު އިވިފައެވެ. އެއާއެކު މުޅި ތަނަށް ކަނު އަނދިރިކަން ވެރިވެގެން ދިޔައެވެ. މީހަކު އައިސް އޭނާގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ. ***(ދިވަހަނަ ބައި)*** އަސުރު ނަމާދަށްފަހު ޒިކުރުތައް ކިޔަން ސިޓިންގ ރޫމަށް ދާންވެގެން ނިކުތް […]
“މައްސަލައެއް ނެތް. ލޯ މަރާ..” ޝިމާލް ބުނެލުމާއެކު ހިޝާމް އޭނާގެ ދެލޯ މަރާލިއެވެ. “ދަރިފުޅާ ހިޝާމް. ބައްޕަ މިއައީ ރަށަށް. ދޮރު ހުޅުވަބަލަ..” އެވަގުތު ހިޝާމްގެ ކޮޓަރި ދޮރުގައި ޓަކި ދެމުން ވާހަކަދެއްކި ޔޫސުފްގެ އަޑަށް ޝިމާލް ސިހުނެވެ. އެންމެ ސިކުންތެއް ވެސް މަޑުނުކޮށް ކުޑަދޮރުން ފުއްމާލަން ދިޔައެވެ. އެހެންނަމަވެސް ޝިމާލް އަރިއަޅާލީ ހިޝާމް އޭނާގެ ފައިން ޝިމާލްގެ ފައިގައި ޖެހުމުންނެވެ. “ޝިމާލް…..” ދަންވަރުގެ އެހަމަހިމޭންކަން ނަގާލީ ޔޫސުފް އަޑުގެ ކޮޅަށް ޝިމާލްގެ ނަމުން ބާރަށް ހަޅެއްލަވައިގަތުމުންނެވެ. […]
ޢަބްދުﷲގެ މަންމަ ކާގެއިން ގޮވާލި އަޑު އިވުމާއެކު ވާހަކަ ފޮތް ބޭއްވުމަށްފަހު ޢަބްދުﷲ ދުއްވައިގަތީ ކާގެއަށެވެ. މޭޒު މަތީގައި ދިވެހި ކެއުމެއް ތައްޔާރު ކުރެވިފައި ހުރުމުން އެކަމާ ޢަބްދުﷲ ޝަކުވާ ކުރިއެވެ. “ކޮއްކީ. މަންމަ ބުނަމެއްނު އެއިރަކު ހަދާފަ ހުރި އެއްޗެއް ކާންވާނެއޭ. އަދި ދަރިފުޅަކަށް ނޭނގެއެއްނު މި ކެއުން ނުބައި ވާނެ ކަމެއްވެސް. ރަހަ ބަލާލަން ހިނގާ ދޯ މަންމިއާއެކު.” ޢަބްދުﷲގެ ބޮލުގައި ފިރުމާލަމުން ޢަބްދުﷲގެ މަންމަ ބުނެލިއެވެ. ދެންވެސް އެކަމާ ހިތްހަމަ ނުޖެހި ހުރެ […]
ހިޝާމް ސިހިގެން ދިޔައީ އޭނާ ފިލާވަޅު ހަދާ މޭޒުގެ ކައިރީގައި ހުރި ކުޑަދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނީމައެވެ. ތިންވަރަކަށް ފަހަރު އެޓަކި ތަކުރާރުވުމަށްފަހު ދެން އިވުނީ ބަރު އަޑަކުން އޭނާ ގާތު ދޮރުހުޅުވުމަށް އެދޭ އަޑެވެ. ނަމަވެސް ޖެހިލުންވެފައި ހުރުމުގެ ސަބަބުން ހިޝާމްއަށް އެދޮރު ހުޅުވާކަށް ނުކެރުނެވެ. އެއަޑު ތިން ފަހަރަށް ތަކުރާރު ވުމަށްފަހު ދެން އޭނާއަށް އައީ އިންޒާރެކެވެ. އަމިއްލައަށް ދޮރު ނުހުޅުވައިފިނަމަ ދޮރު ވައްޓާލާފައިވެސް ކޮޓަރިއަށް ވަންނާނަން ކަމެވެ. އެއަށްވެސް އޭނާ ބީރު […]
ހަމަ އެވަގުތު ސިއްސައިގެން ގޮސް ނާއިކްއަށް ހޭލެވުނެވެ. ނާއިކްއަށް ދެލޯ ބޮޑުކޮށްލަމުން ކޮޓަރީގެ ވަށައިގެން ބަލައިލެވުނެވެ. ކޮޓަރީގެ ކަނަކުން ދުންގަނޑެއް އަރަން ފެށިތަން ނާއިކްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. *** “ދަރިފުޅާ ނާއިކް. ތެދުވޭ ބޭސްކާން. ބޭސްކާ ގަޑި ޖެހިއްޖެއޭ.” މޫނުމަތީގައި ބްލޭންކެޓް އަޅައިގެން އޮތް ނާއިކް ބްލޭންކެޓް ނެގީ ކޮޓަރިތެރެ އަލިވެ ސިޔާދާގެ އަޑު އިވުމުންނެވެ. “ތެދުވެއޭ މީނީ.” ނާއިކް ހަމަޖެހިފައިވާކަން ދެއްކޭތޯ ބަލަމުން ބުނެލިއެވެ. “ހިޝާމްއައި ދަރިފުޅަށް ގޮވާލަން. އެއީ ހާދަ ރަނގަޅު ކުއްޖެކޭ […]