ޝައިނާއަކީ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ޝައިނާއަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. ނަމަވެސް، ޝައިނާއަކީ ދަތް ނޫނގުޅާ ކުއްޖެކެވެ. އެހެންކަމުން ސުކޫލުގައި ވެސް ޝައިނާއާ ވާހަކަދައްކާނެ ކުއްޖަކު ނޫޅެއެވެ. މިކަމާ ޝައިނާ ދެރަވެއެވެ. ނަމަވެސް ޝައިނާ ދަތް އުނގުޅާކަށް ބޭނުމެއްނުވެއެވެ. އެއްދުވަހަކު ހެނދުނު ޝައިނާގެ މަންމަ ބަދިގޭގައި ރޮށި ފިހަން އުޅެނިކޮށް އިވުނީ ވަރަށް ބާރަށް ޝައިނާ ރޯންފެށި އަޑެވެ. ޝައިނާގެ މަންމަ ހީކުރީ ޝައިނާގެ ބައްޕަ އޮފީހަށް ދަމުން ޝައިނާއަށް ދަތްއުނގުޅުމަށް ގޮވުމުން ދަތް ނޫނގުޅާން […]
އެދުވަހު އޭނާ ފުރިއިރު މަންމަ ބަނދަރުގައި ހުރިތަން އޭނާއަށް ފެނުނެވެ. މަންމައަށް ހަނާއަޅާލަން އޭނާއަށް ނުކެރުނީ ބައްޕަ ދިން ވަރުގަދަ އިންޒާރުންނެވެ *** ޖަހާލި ބާރު ގުގުރިއާއެކު އައިހަމް ދިޔައީ ސިއްސައިގެންނެވެ. މުޅިމީހާ ތުރުތުރު އަޅަމުން ދިޔައިރު އައިހަމް އިނީ މީހެއްގެ އެހީއަކަށް ނުހަނު ބޭނުންވެފައެވެ. އެވަގުތު އަސުރު ނަމާދުގެ ބަންގީގެ އަޑާއެކު މުޅިތަން ގުގުމާލުމުން އައިހަމް އެންމެ ކުރީ ސަފަށް އެރިއެވެ. ނަމާދުން ނިމިގެން އައިހަމް ޤުރުއާނުން މިންވަރެއް ކިޔެވިއެވެ. ދާނެ އިތުރު ތަނެއް ނެތުމުން […]
ދަންވަރުގެ ހަމަހިމޭން ވަގުތު އެންމެންވެސްވީ ފުން ނިންޖެއްގައެވެ. ނަމަވެސް ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭ ޓެބްލެޓާ ކުޅެން އޮތް އައްޔޫބް ފިޔަވައެވެ. މަންމަދެކެ އައްޔޫބް އައި ރުޅީގައި އެއޮތީ މިރޭ ނުނިދާނެވެގެންނެވެ. ރުޅި އައިސްފިނަމަ އައްޔޫބް އަކީ އެއްވެސް ކަމެއް ކުރަން ފަސްޖެހޭނެ ކުއްޖެއް ނޫނެވެ. އެންމެންވެސް އައްޔޫބް ރުޅި އައިއްސިއްޔާ ވަރަށް ބިރުގަންނާނެވެ. ރުޅި މަޑުކުރުމަށް އައްޔޫބްއަށް ކިތަންމެ ވަރަކަށް ނަޞޭޙަތް ދިނަސް އެއަޑު އަހާކަށް އައްޔޫބް ބޭނުމެއް ނުވެއެވެ. ޓެބްލެޓާ ކުޅެން އޮވެފައި ނިދިއަންނަ […]
“ބައްޕާ.. ރޫން ހުރީ ކޮޓަރި ފިނި ގަދަކޮށްފަ.. އަޅުގަނޑު ވަރަށް ހީކަރުވާ… ރޫން ގާތު ބުނެބަލަ އޭސީ ނިއްވާލާށޭ..” ދުވަހަކުވެސް ޒިދާން ގާތު ޝަކުވާއެއް ނުކުރާ އައިހަމް މިލާފައިވީ އަޑަކުން ބުނެލިއެވެ. “އެއީ ރޫންގެ ކޮޓަރި.. ރޫން ބޭނުންވާ ގޮތަކަށް އެތާނގެ ފިނި ބަހައްޓާނީ.. ކަލޭ ފިނި ބޮޑުވަންޏާ ރަޖާ އަޅައިގެން އޮވެބަލަ..” އޭނަގެ ބައްޕައަށް ވުރެ ކުރިން ދޮންމަންމަ ސަނީދާ ވާހަކަދެއްކިއެވެ. “މަންމާ.. އަޅުގަނޑު އަތުގައި އޮތީ ވަރަށް ތުނި ރަޖާއެއް…” ދޮންމަންމަދެކެ ކިތަންމެ ހިތްހަމަ […]
އުމުރުން އަށް އަހަރުގެ ޔުމާންއަކީ ވަރަށް ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ޔުމާންގެ އުމުރުން ތިން އަހަރުގައި ޔުމާންގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޔުމާން ދިރިއުޅެމުން ދަނީ މަންމައާއެކު ވަރަށް އެކަނިވެރިކޮށެވެ. ނަމަވެސް ޔުމާންގެ މަންމަ ޔުމާންއަށް އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދެމުން ދެއެވެ. އެހެންކަމުން ޔުމާންއަކީ އެހާ ކުޑައިރުވެސް އެހެން ކުދިންނަށް ހެޔޮކަންތައް ކުރުމަށް ނަޞޭޙަތްތެރިވާ ކުއްޖެކެވެ. ކުއްޖަކު ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ޔުމާން ނަޞޭޙަތްދެއެވެ. “ދަރިފުޅާ ޔުމާން. އާދޭ ކާން.” […]
އުމުރުން ނުވަ އަހަރުގެ ސާރާ ގޭގައި ހުރި ބޮޑު އުނދޯލީގައި އޮށޯވެގެން އޮތީ ކަމަކާމެދު ވިސްނާށެވެ. އޭނާ އެއޮތް ގޮތުން ވިސްނަނީ ވަރަށް ބޮޑުކަމަކާކަން އެނގެއެވެ. އެހެން އޮންނަތާ އެތަށް އިރެއްވީ ފަހުން ސާރާ އުނދޯލިން ތެދުވެގެން ގޭތެރެއަށް ހިނގައިގަތެވެ. “ދޮންބޭ. ސާރާ ބޭނުން ޢީދުގައި ގެއަށް އަންނަ ކުދިންނަށް ހަދިޔާއެއް ދޭން. އެކަމަކު ސާރާ ކިހިނެއް ހަދިޔާ ހަދާނީ؟ ސާރާ އަތުގައި ރުފިޔާއެއްވެސް ނެތް.” ސާރާ ދިޔައީ އޭނާގެ ދޮންބެގެ ކޮޓަރިއަށެވެ. “އެންމެ ރަނގަޅު. ހިނގާ […]
ސުކޫލުގެ ގަޑި ނިމޭ ބެލް އެޅުމާއެކު ކުދިންތައް ދަބަސް ހިފައިގެން ކުލާހުން ނިކުންނަން ފެށިއެވެ. އޭގެތެރެއިން އެންމެ ކުރިން ސުކޫލުން ނިކުތް ކުދިންގެ ތެރެއިން ނޫރާއާއި ހުދާ ހިމެނެއެވެ. އެ ދެކުދިންނަކީ އެންމެ ތުއްތު އިރުއްސުރެވެސް ވަރަށް އެކުވެރިކޮށް އުޅޭ ދެކުދިންނެވެ. ސުކޫލުގެ ބޭރުގައި މަޑުކޮށްގެން ތިބި އެކުދިންގެ މަންމަމެންގެ އަތަށް ދަބަސް ދިނުމަށްފަހު ނޫރާއާ ހުދާ މަންމަމެންނަށް ވުރެ ކުރިން ހިނގައިގަތެވެ. “ނޫރާ.. ރޯދަމަސް އަންނަން ދެން ހަފްތާއެއްވެސް ނެތްދޯ.. ވަރަށް ސަޅި އައިޑިއާއެއް އައިސްފި. […]
ފަތިހުގެ މުލަ ހާލުގެ އަޑާއި އެކުވެގެން ދިޔައީ ކޮޓަރި ދޮރުގެ ޓަކީގެ އަޑެވެ. ފުންމައިގެން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ފާޚަނާއަށް ދާން ނެގި ފިޔަވަޅަށް ހުއްޓުން އެރީ ގުގުރާލުމަށްފަހު ވެހެން ފެށި ބޯ ވާރެއިންނެވެ. ދެ ފަހަރަކު ފުމެލުމަށް ފަހު ދުވެފައި ގޮސް ކުޑަދޮރު ހުޅުވާލި އިރު އަހަރެން ހުރީ ނުހަނު ބޮޑަށް ހިނިތުންވެފައެވެ. އަވަސް ކޮށްގެން ފާޚަނައަށް ވަދެ ދަތް އުނގުޅާ ވުޟޫކޮށްގެން ނިކުމެ ގޭގައި ނަމާދު ކޮށްލީމެވެ. މުޞައްލަ ނަގާ […]