ހަލަބޮލިވެފައިވާ ރަށުތެރޭގެ މަގުތަކުން ހިނގާފައި އަންނަނީ ޢަބްދުﷲއާއި އޭނާގެ މަންމައެވެ. ދެމައިން އެކުގައި ހިނގާފައި އަންނަނިކޮށް ގެއެއްގެ އަސްކަނި ދޮށުގައި އިން މުސްކުޅި ބޭބެއަކު ގޮވާލިއެވެ. “ކިހިނެއްވީ ބޭބޭ؟” ޢަބްދުﷲގެ މަންމަ އެބޭބެގެ ގާތުގައި މަޑުކޮށްލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ. “މަންމި އެބޭބެއާތަ ތި ވާހަކަ ދައްކަނީ؟ ބަލާބަ ލާފަ އިން ހަޑި ހެދުން. އެހުރީ ވީދިފަ. އަނެއްކާ ކިލާހޭކިފަ ހުރީވެސް. ބޭބެ ކައިރިން މެހިތައްވެސް އެދުވަނީ ނުބައި ވަސް ދުވާތީ. ކޮއްކޮ މިދަނީ މާމަ ގެއަށް. މަންމިވެސް […]
ހަނަފަސް ސަހަރާގެ މެދުގައި ހުއްޓި ހުރި ފިރިހެން ކުއްޖާ ދަނީ ވަށައިގެން ބަލަމުންނެވެ. ކައިރި އެއްވެސް ހިސާބަކުން މީހެއްގެ ހިލަމެއް ނުވާތާ ކުޑަ ސުތްޕެއްގެ ހިލަންވެސް ނުވެއެވެ. ދުރުން ނަމަވެސް ގަހެއްހާ މިންވަރުވެސް ފެންނަން ނެތެވެ. އެފިރިހެން ކުއްޖަކީ ނާއިކް ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ކުއްލިއަކަށް ނާއިކް ފަހަތް ބަލައިލީ ބިރުވެރި އަޑެއް އިވުމުންނެވެ. އޭނާ ހުރިތަން ފިޔަވާ ހުރިހާ ހިސާބެއްގައި މިހާރުވަނީ ފެން ހެދެން ފަށާފައެވެ. ކުޑަ ފެން ކޮޅުތަކެއް ނޫނެވެ. ބޮޑެތި ފެން […]
“ނޫނެކޭ. މަޑުކޮށްބަލަ. ބަލާބަލަ އެ ދިމަ. އެ އޮތީނު އެ ކާނި ގަސް ދަށުގަ.” އަބްދުﷲ ހުއްޓައިނުލާ ކިޔަން ފެށުމުން ޒުނާމް ސައިކަލު ޕާކު ކޮށްލަމުން ފޭބިއެވެ. އަބްދުﷲ އިޝާރާތް ކުރި ހިސާބާ ކައިރިވަމުން ދިޔަ ވަރަކަށް އެތާ ކުއްޖެއް އޮތް ކަން ޒުނާމްއަށް ފާހަގަ ކުރެވުނެވެ. ޒުނާމް ހިނގުން ބާރުކޮށްލާ އެކުއްޖާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ޒުނާމްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. “ނާއީ..” ވައި އަޑުން ކަހަލަ ގޮތަކަށް ޒުނާމްއަށް ބުނެވުނެވެ. “އަދި ވެސް […]
ވަށައިގެން ފެންނަމުން ދިޔަ ފެހި ގަސްތައް ޖެހިލާ ފިނި ރޯޅިއާއެކު ދެކޮޅަށް ހެލިލައެވެ. ކުރިމަތިން ފެންނަ ހިތްގައިމު މޫދުގައި އެކި ކުޅިވަރުތަކުގައި ޢަބްދުﷲ އާއި އޭނާގެ އެކުވެރިން ދިޔައީ ފޯރި ނަގަމުންނެވެ. ކޮންމެ ހޮނިހިރު ދުވަހަކީ ޢަބްދުﷲ އޭނާގެ އެކުވެރިންނާއެކު މަޖާކުރާ ދުވަހެވެ. “ޢަބްދުﷲ. ދެން އަންނަ ހޮނިހިރު ދުވަހެއްގައި އުޅެބަލަ ގޮނޑުދޮށުގައި މަސްފިހަން. ވަރަށް މަޖާވާނެ.” ޢަބްދުﷲ އަށް ބޯޅަ އެއްލަމުން ސުފްޔާން ބުނެލިއެވެ. “ތިއީ ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެންނަށް ފެންނަނީ ސޮސެޖްވެސް ފިހަން. […]
“ނާއީ..” ނާއިކް ސިއްސައިގެން ދިޔައީ ފަހަތުން ކުއްޖަކު އޭނާގެ ކޮނޑުގައި ޖަހާލަމުން ކައިރީ ހުރި ހުސް ގޮނޑީގައި އިށީނުމުންނެވެ. އެއަޑު ޖެހުނު ވަގުތު އެއަޑުގެ ވެރިއަކީ ކާކުކަން އޭނާ ނަގައިގަނެފިއެވެ. “ހިޝާމް.” ވައި އަޑުން ކަހަލަ ގޮތަކަށް ނާއިކްއަށް ބުނެވުނެވެ. “މަ އެހާ ލޯބިން ގޮވާލީމަވެސް ކަލޭ މަ ނަމުން ތި ގޮވީ.” ހިޝާމް ނާއިކްއަށް ބަލައިލަމުން ޝަކުވާ ކޮށްލިއެވެ. “ހިއްސޭ.” ނާއިކް ކުޑަކޮށް ބާރަށް ގޮވާލިއެވެ. “އޯއި.. މިހާރު ކިހިނެއްތަ ބްރޯ.؟ އިނގޭތަ މަގޭ ދޮންތަ […]
“ކޮބާތަ މަންމިގެ ދޮންދޫނި. ކޮބާހޭ ކޮބާހޭ މަންމިގެ ރަންދޫނި.” ކަބަޑު ތެރެއަށް ފިލަން ވަދެ އޮތް ޢަބްދުﷲއަށް މަންމަގެ އަޑު ކައިރިން އިވުމުން ދެލޯ މަރާލިއެވެ. ހަމަ އެވަގުތު އެކަބަޑުގެ ދޮރުފަތް ހުޅުވުމުން ޢަބްދުﷲ ދެލޯ ހުޅުވާ މައްޗަށް ބަލައިލިއެވެ. އެވަގުތު ޢަބްދުﷲގެ މަންމަ ބާރަށް ޕޮއް ކިޔާލިއެވެ. “ނޯ. މަންމި މާ އަވަހަށް ކޮއްކި ތި ހޯދީ..” ޢަބްދުﷲ ކަބަޑުތެރެއިން ފައިބަމުން ބުނެލިއެވެ. “އެހެންތަ؟ އެކަމަކު މަންމި މިހުރީ ލޮޑުވެފަ.” ޢަބްދުﷲގެ ގައިގައި ބައްދާލަމުން އޭނާގެ […]
ނާއިކް އަހަރުގެ އެންމެ ފަހު އިމްތިޙާނަށް ތައްޔާރުވަމުން ދިޔައިރު ނާހިލްވެސް ދިޔައީ އެއަހަރުގެ ބޮޑު އިމްތިޙާނަށް ތައްޔާރުވަމުންނެވެ. ޒުނާމްވެސް އެގެއަށް އައުން މަދުވީ އޭނާ މިހާރު ކިޔަވަމުންދާ މާރކްޓިން ކޯހުގެ އިމްތިޙާންތައްވެސް ކުޑަތަން ވަމުން ދިޔައިތީއެވެ. ނާއިކް ޓެސްޓުގެ ނަތީޖާ ބަލަން ދިޔަ ދުވަހަކީ ނާހިލް ރާއްޖެ އަންނަން ފުރި ދުވަހެވެ. ގްރޭޑް ނުވައެއްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ނާއިކްއަށް ލިބުނުކަން އިއުލާން ކުރި ވަގުތު އޭނާއަށް އަމިއްލަ ނަފްސަށް ފަޚުރުވެރި ވެވުނީ، އޭނާއަށް އެނިޢުމަތް […]
ސުވިޗުބޯޑުން ކަރަންޓު ސޯޓުވާން ފެށިކަމެއް މަސައްކަތުގައި އަވަދިނެތި ތިބި ތިން މީހުންނަކަށް ނޭނގުނެވެ. ކަރަންޓު ސޯޓުވެ ގެގަނޑުގެ ދޮރުގައި ރޯވިއެވެ. އެތަނުން އެމީހުންނަށް ސަލާމަތް ވެވޭނެ އިތުރު ގޮތެއް ނެތެވެ. ހިޝާމްގެ ބައްޕަ މާލެ ދިޔައީ ގޭގެ ފަންތައް އާ ކުރުމަށްފަހު އެތަނުގެ ވަށައިގެން ފިލާ ޖަހާފައެވެ. އަލިފާން ރޯވެ އެތާ ހުރި ޑަބިޔަލެއް ގޮވި އަޑަށް ސިއްސައިގެން ގޮސް ތިން މީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. އެއާއެކު އެންމެންގެ ހިތް ބިރުވެރި ކަމުން ވަށާލިއެވެ. އެކަކަށްވެސް އަނގައިން […]
ސުކޫލަށް ގެންދާނެ ހުރިހާ ސާމާނެއް ދަބަހަށް އެޅުމަށްފަހު ޔަޝްމީ ހިންދެމިލިއެވެ. މިއަދަކީ ޗުއްޓީ ދުވަސްތައް ހަމަވެ އަނެއްކާވެސް ކިޔެވުމަށް ވަގުތު ހުސްކުރަންވީ ދުވަހެވެ. ޔަޝްމީއަށް ބަލައިލުމުން އޭނާ އިނީ ކުޑަކޮށް ހާސްވެފައިކަން އެނގެއެވެ. “ދަރިފުޅާ.. ދަބަހަށް ހުރިހާ އެއްޗެއް އެޅިއްޖެތަ؟” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޔަޝްމީގެ މަންމަ ލޮތްބާއެކު އަހާލިއެވެ. “ލައްބަ މަންމާ…” ފުން ނޭވައެއް ލަމުން ޔަޝްމީ ބުނެލިއެވެ. ޔަޝްމީގެ މަންމަ އައިސް ޔަޝްމީގެ ގާތު އިށީނެވެ. އަދި ޔަޝްމީގެ ގައިގައި ލޮތްބާއެކު ބައްދާލިއެވެ. […]