ޖެހެމުން ދިޔަ ބާރުވަޔާއެކު ގަސްތައް ވަޔާ އެއްކޮޅަށް އަރިވެލައެވެ. އުޑުމަތީގައި ހުރި، ގަދަ އަޅިކުލައިގެ ވިލާތައް ވައިސޫރިއެއްހާ އަވަހަށް އިރުމަތި ފަރާތުން ފައިބައިގެން ދެއެވެ. ހަމަ އެއާއެކު އަނެއްކާވެސް ހުޅަނގު މުރިނގުން އެއަށްވުރެ ބޮޑު ވިލާގަނޑެއް އަރައިގެން އާދެއެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން މަގުތައް މަތީގައި ފެންގަނޑު ހެދިފައި އޮތެވެ. އިރުކޮޅު ކޮޅުން ވިދާލުމާއެކު ގުގުރާލައެވެ. މުޅި ރަށުތެރެ އޮތީ ފަޅުކޮށެވެ. މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. ބައެއް ގޭތައް ކުނި ނުކަހާ އޮތުމުގެ ސަބަބުން […]
“ދަރިފުޅާ އައިހަމް..” އެއީ އައިހަމްގެ ހިތުން ދުވަހަކުވެސް ފިލާނެ އަޑެއް ނޫނެވެ. ދުނިޔޭގެ އެކަކުގެ އަޑު ވަކިކުރަން ނޭނގުނަސް އެއަޑު ވަކިކުރަން އެނގޭނެއެވެ. ކިތަންމެ އަހަރެއް ދުވަސް ފަހުން އެއަޑު އިވުނު ކަމުގައިވެސްމެއެވެ. އާނއެކެވެ. އެއީ ހަމަ އޭނާގެ މަންމަގެ އަޑެވެ. ރިޔަޒާގެ އަޑެވެ. ރިޔާޒާއަށް ބަލައިލި އައިހަމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރަލިއެވެ. މަންމާއޭ ބުނެލަމުން އައިހަމް އޭނާގެ މަންމަގެ ގައިގައި ބައްދައިގަތެވެ. އޭރު މަޑު ގިސްލުމެއްގެ އަޑު އެކޮޓަރިތެރޭ ގުގުމައިގެން ދިޔައެވެ. ހިތަށް ލިބުނު […]
އައިހަމް ސިއްސައިގެން ދިޔައީ އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދެއްކުމުންނެވެ. ދުވަހަކުވެސް އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދައްކަފާނޭ އޭނާ ހިތަކަށް ނާރައެވެ. އެއަޑު ޖެހުމުން އެއަޑުގެ ވެރިއަކީ ކާކުކަން އައިހަމްއަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ވަގުތުން އޭނާގެ ލޯ ފުރިގެން އައީ ކަރުނުންނެވެ. އެއީ އުފާވެރިކަމުގެ ކަރުނަކަމެއް ހިތާމައިގެ ކަރުނަކަމެއް ބުނަން އޭނައަށްވެސް ދަށްޗެވެ. ރުޅިއައިސް ހުރި ޒިދާން ލަތީފުއާ ދިމާއަށް ހިނގައިގަތެވެ. އައިހަމް ބިރުގަތީ ޒިދާން އެހާވަރަށް ރުޅިއައިސް ހުރެގެން ލަތީފުއަށް ކަމެއް ކޮށްފާނެތީއެވެ. […]
ހިތްފަސޭހަ ހަވީރެކެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދެއެވެ. ހަވީރުގެ އެ ހިތްފަސޭހަ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެކި އުމުރުފުރައިގެ މީހުން ބޭރަށް ނިކުމެ އުޅެއެވެ. ޒައިދު އާއި އޭނާގެ ރަޙުމަތްތެރި ކުދިންކޮޅުވެސް ހަވީރުގެ އެވަގުތުގައި މަގުމަތީގައި ފުޓުބޯޅަ ކުޅުމަށް ބޭރަށް ނުކުތެވެ. މަގުމަތީގައި ނުކުޅުމަށް ޒައިދުގެ މަންމަ ނަޞޭޙަތްތެރިވި ނަމަވެސް އެއަޑު އަހާކަށް ޒައިދު ބޭނުމެއް ނުވެއެވެ. މަންމަ އާއި ސިއްރުންވެސް ބޭރަށް ނުކުމެ ޒައިދު މަގުތައް މަތީގައި ކުޅެން އުޅެއެވެ. ދެބަޔަށް ކުދިންތައް ބަހާލުމަށްފަހު […]
ވަށައިގެން ފެންނަމުން ދިޔައީ ކާރުބާރު ބޮޑު މަގުތަކެވެ. އެމާޙައުލަށް ނަޒަރު ހިންގާލުމުން މިއީ މާލޭގެ މަގުތަކެއްކަން އެނގެއެވެ. އެކި އުމުރުފުރައިގެ މީހުން އެމަގުތަކުގައި ހިނގަމުން ދިޔައެވެ. ތޮއްޖެހުން ބޮޑު އެމަގުމައްޗަށް ނަޒަރު ހިނގާލައިގެން ގެއެއްގެ ދޮރުމަތީ ކުޑަ ކުއްޖަކާ އެކުއްޖާގެ ބައްޕަ ހުއްޓެވެ. އެއަންހެން ކުއްޖާގެ އެއްފައެއް ނެތެވެ. އެއްއަތުން އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. “ބައްޕީ. ދޮންތި ބޭނުމީ ރަށަށް ދާން. މިތަން ހާދަ ފޫއްސޭ. މަންމިއާއެކު ރަށުގަ މާ މަޖާ. ދޮންތިއަށް މަޖާކޮށް […]
ބާވެފައި ހުރި ކޮޓަރިތެރޭގައި ހުރެ އަހަރެން ކަޅުކުލައިގެ ލެދަރ އަންގި އަތަށް ހެޔޮވަރު ކޮށްލީމެވެ. އެއަށްފަހު ކަޅުކުލައިގެ ދަބަސް ނަގާ މޭޒުމަތީ ހުރި ސާމާނުތައް ދަބަހަށް އާޅާލީމެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު ވެސް ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި އަލަމާރީގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީގައެވެ. ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ހިންގާލެވުނެވެ. ހިމަތޮޅި ކުއްޖެކެވެ. ގަޔަށް މެހިފައި ވަނީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި އެކުލައިގެ ޖެކެޓެކެވެ. ތިރިއަށް ލެވިފައި ވަނީ ކަޅުކުލައިގެ ލެގިންސްއެކެވެ. […]
ސުކޫލުތެރެ އޮތީ ހަލަބޮލިވެފައެވެ. ބްރޭކް ގަޑީގައި އެކިކުދިން އެކި ކަންކަމުގައި އުޅުނެވެ. އެހެން ކުދިން އުޅެމުން ދިޔަ ހިސާބާ ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި ކާންތިބި ޢައްމާރްއާ އައިހަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެކުދިން ސަކަރާތްޖަހާ އެކިވާހަކަތައް ދައްކަމުން ދިޔައެވެ. ކުދިން ކުލާހަށް ދާ ބެލް ޖެހުމާއެކު ދެކުދިންވެސް ތެދުވީ ކުލާހަށް ދާށެވެ. ނަމަވެސް ޢައްމާރް ތެދުވުމަށްފަހު އާހެއްގެ އަޑު ލައްވާލަމުން ބެންޗުގައި ހިފަހައްޓާލިއެވެ. “ކިހިނެއްވީ؟” އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައި ހުރި އައިހަމް އަވަހަށް ގޮސް ޢައްމާރްގެ ކޮނޑުގައި […]
“ރިޔާޒާ.. ރިޔާޒާ..” ލަތީފުގެ އަޑު ޖެހުމުންވެސް އައިހަމްއަށް ފާހަގަވީ އެއަޑުގައި ވި ކަންބޮޑުވުމާ ހާސްކަމެވެ. *** “ޔަޒާން ދަރިފުޅާ.. ވަރަށް އަވަހަށް އާދެބަލަ..” ލަތީފު ވޭނީ ރާގަކަށް ގޮވާލިއެވެ. ޔަޒާންއަށްވުރެ ކުރިން އައިހަމްއަށް ދުއްވައިގަނެވުނެވެ. ޔަޒާން ހައިރާންވެ ބަލަން ހުރީ އައިހަމްއަށް އެގޭގެ ކޮޓަރިތައްވެސް ފާހަގަކުރަން އެނގުމުންނެވެ. ބޮޑު ކޮޓަރީގެ ދޮރުހުޅުވާލި އައިހަމްގެ އަނގަ ތަންމިނަށް ހުޅުވުނީ ރިޔާޒާއޮތް ގޮތް ފެނުމުންނެވެ. ދެލޯ ބޮޑުވެ ކަޅި އޮތީ މަށްޗަށް އަރާފައެވެ. އަނގައިން ހުދު ކުލައިގެ ފޮނުތަކެއް އަރާފައި […]
ޝައިނާއަކީ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ޝައިނާއަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. ނަމަވެސް، ޝައިނާއަކީ ދަތް ނޫނގުޅާ ކުއްޖެކެވެ. އެހެންކަމުން ސުކޫލުގައި ވެސް ޝައިނާއާ ވާހަކަދައްކާނެ ކުއްޖަކު ނޫޅެއެވެ. މިކަމާ ޝައިނާ ދެރަވެއެވެ. ނަމަވެސް ޝައިނާ ދަތް އުނގުޅާކަށް ބޭނުމެއްނުވެއެވެ. އެއްދުވަހަކު ހެނދުނު ޝައިނާގެ މަންމަ ބަދިގޭގައި ރޮށި ފިހަން އުޅެނިކޮށް އިވުނީ ވަރަށް ބާރަށް ޝައިނާ ރޯންފެށި އަޑެވެ. ޝައިނާގެ މަންމަ ހީކުރީ ޝައިނާގެ ބައްޕަ އޮފީހަށް ދަމުން ޝައިނާއަށް ދަތްއުނގުޅުމަށް ގޮވުމުން ދަތް ނޫނގުޅާން […]