އިފްނާންއާ އަނަސްއަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. ދެކުދިންގެ ތެރެއިން ދޮށީ އިފްނާންއަށް މިއަހަރު ދިހަ އަހަރު ފުރުނު އިރު އަނަސްއަށްވީ އަށް އަހަރެވެ. ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށް މާލެއަށް އަންނަން އެކުދިންނަށް ޖެހުނީ، ބައްޕައަށް ރަނގަޅު ވަޒީފާއެއް މާލެއިން ހަމަ ޖެހުމުންނެވެ. ރަށުގެ ބޮޑު ގޯތީގައި މަޖާކޮށް ކުޅެ އުޅުމަށްފަހު، މާލެ ފަދަ ޖާގަކުޑަ ތަނަކަށް އާދެވުމުން ދެކުދިންވެސް ތިބީ ވަރަށް ފޫހިވެފައެވެ. އެހެންވެ މަންމަ ކައިރީގައި ވަރަށް އާދޭސްކޮށްގެން ބޯޅައެއް ގަތީ ގޭގައި ކުޅޭށެވެ. […]
ކާމޭޒު ކައިރީ ހުރި ގޮނޑި ކައިރި ކޮށްލަމުން އަހަރެންވެސް ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވެލީމެވެ. އެމީހުން މަޝްވަރާކުރަމުން ދިޔައީ ޝިމްރީންމެން އާ ގެއަށް ބަދަލުވުމާއެކު ކުރާނެ މަޖާ ކަމަކާ ބެހޭ ގޮތުންނެވެ. ފަނަރަވަރަކަށް މިނެޓު ވެގެން ދިޔައިރުވެސް އެންމެން އެއްބަސް ވެވޭ ކަހަލަ ކަމެއް ނުނިންމުނެވެ. އެންމެ ފަހުން ފެށުނީ ކުޑަ ޒުވާބެކެވެ. ބާބަކިއު އެއް ހަދަން ބޭނުންވާ މީހުންނާ ރޭގަނޑު ނޫޑުލީސް ކައްކަން ބޭނުންވާ މީހުންނެވެ. ކަންފަތުގައި އަތް އަޅައިގެން ހުރެ އަހަރެން ކައިރިވެލީ ސިންކު […]
“ޝީހާ” ގަނޑުގައި އިނގިރޭސިން ބޮޑު އަކުރުކޮށް ލިޔެވިފައި އޮތީ އެހެންނެވެ. ގަނޑުގެ އެންމެ މަތިންނާއި ދަށުން ކަޅު ކުލައިގެ ގަލަމަކުން ޑިޒައިނެއް އަޅަން ފަށާފައި އޮތެވެ. ވައި އަޑުން ނާއިކްއަށް ޝީހާގެ ނަން ކިޔާލެވުނެވެ. ޖިންސްގެ ޖީބަށް ގަނޑު ކޮށްޕާލަމުން ބަލައިލި އިރު އެއަންހެން ކުއްޖާ ޖެހިގެން އިން މަގަށް އަޅާލަނީއެވެ. ނާއިކްއަށް ހިނިތުންވެވުނީ އިހްތިޔާރުން ބޭރުގައެވެ. **ހަތްއަހަރު ފަސް** “ދޮންބޭ.. ނާއިކް ކޮން އިރަކުތަ މީހަކާ އިންނާނީ؟” ހައަހަރުގެ ނޫޙްއާއި ސާރާ ފަހާ ދުވަމުން ދިޔަ […]
ނާއިކް އިތުރު އެއްޗެއް ނުބުނުމުން ރަޒާން އެކޮޓަރިން ނިކުމެގެން ދިޔައެވެ. ވަކި ހިސާބަކަށް ދެވުނު ތަނުން ޑޮކްޓަރުންނާއި ނަރުހުން ރަމީޒު ބާއްވާފައި އޮތް ރޫމް ކައިރީ ހަރަކާތްތެރިި ވާތަން ފެނި ރަޒާން އެދިމާއަށް މިސްރާބު ޖެހިއެވެ. އެންމެ ކައިރިން ފެނުނު ނަރުސް ކުއްޖާ ގާތުން ރަޒާން ސުވާލުކުރިއެވެ. އޭނާ ދިން ޖަވާބަކުން ރަޒާން ހުއްޓުން އެރިއެވެ. *** “ކޮބާ ރަޒާން؟” ކޮޓަރިއަށް ވަންނަމުން ފަރުހާދު ބުނެލި އަޑު ނާއިކްއަށް ވެސް އިވުނެވެ. “ނޭނގެ.. ކޮންތާކަށްބާ އެދިޔައީ؟ އެހެންނޫނީ […]
“މީ ކޮން ބައެއް؟” ވަސީމާ ދުރުވެލުމާއެކު ނާއިކް ސިޔާދާމެންނަށް އިޝާރާތްކޮށް ބުނެލުމާއެކު އެންމެންގެ މޫނުމަތީގައި ވި ހިނތުންވުން ފިލާ ގޮއްސިއެވެ. މުޅި މާހައުލަށް ވެރިވެގަތީ ހަމަހިމޭންކަމެވެ. ފަހަތަށް އެނބުރިލުމާއެކު ގޮނޑި ކައިރީ ހުރި ނައުޝާގެ އަތުގައި ސިޔާދާ ހިފާލިއެވެ. އެ މޫނުމަތިގައި ވީ ނިމުމެއް ނެތް ހާސްކަމެވެ. ވީ ގޮތެއް ކިޔައިދޭށޭ ބުނާ ފަދައަކުން އޭނާ ނައުޝާ އަށް ބަލަހައްޓައިގެން ހުއްޓެވެ. ފަރުހާދު ނާހިލްއަށް ބަލައިލިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގިފައި ހުރި ނާހިލްގެ ނަޒަރު ވެސް ދަތުރުކުރީ […]
މެންދުރު ނަމާދު ބަންގި ގޮވަން ގާތްވެފާ ވާތީ މަންމައާއެކު ވަލުތެރޭގައި ދަރުހޮވަން އުޅުމަށްފަހު ޒައިން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ޗުއްޓީ ދުވަހަކަށް ވުމާއެކު މަންމައާއެކު ވަލުތެރެއަށް ދަރުހޮވަން ދިއުމަކީ ޒައިންގެ އާދައެކެވެ. ޒައިންއަކީ ފަގީރު އާއިލާއެއްގެ ކުއްޖެކެވެ. އުމުރުން ތިން އަހަރުގައި ބައްޕަ ނިޔާވުމާއެކު އެކި މަސައްކަތް ކޮށްގެން ޒައިން ބަލަހައްޓަމުން އައީ އޭނާގެ މަންމައެވެ. އެހެނަސް ގިނަ ފަހަރު ލިބޭ މަދު ރުފިޔާކޮޅުން އޮންނަނީ ބޭނުންވާ އެއްޗެހި ނުގަނެވިފައެވެ. ސުކޫލަށް ގެންދާ ސާމާނަކީ އެކަށްވެސް […]
ކޮޓަރި ދޮރުހުޅުވާލި ޝިމާލްއަށް ލިބުނީ ހައިރާންކަމެކެވެ. މުޅި ކޮޓަރިތެރޭ ވަނީ ކަނު އަނދިރިކަމެވެ. ޝިމާލް ސްވިޗްބޯޑު ހުރި ދިމާއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެއާއެކު އޭނާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އެނދުގެ ކަނަށް ވަދެ ދެކަކޫ މެއާލާ ބޮނޑިކޮށްލައިގެން އޭނާ އިނެވެ. “ރަޒާން..” ޝިމާލް އެނދުގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ނަމަވެސް ރަޒާން އެއްވެސް އެއްޗެއް ނުބުނެއެވެ. ދެތިން ފަހަރަކު ތަކުރާރުކޮށްލުމުން ރަޒާން ބޯ ހިއްލާލިއެވެ. އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ބަލައިލުމުން ވަރަށް […]
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ނާއިކްއަށް އަވަސް ފަރުވާދޭން ފެށުނެވެ. އައިސީޔޫ ބޭރުގައި ހުރި ގޮނޑިތަކުގައި ވަސީމާމެން ތިއްބެވެ. ގަޑިއެއްގެ އިރު އިންތިޒާރުގައި ތިއްބާ ޑޮކްޓަރު އައިސީޔޫ އިން ނިކުމެއްޖެއެވެ. ވަސީމާއާ ފަރުހާދުގެ އިތުރުން ޝިމާލްވެސް ހުރީ ޑޮކްޓަރު ދޭނެ ޚަބަރެއްގެ އިންތިޒާރުގައެވެ. “ޕޭޝަންޓްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރީ. ސައުވީސް ގަޑީއިރު ތެރޭ ހޭނާރައިފިއްޔާ ކޯމާއަކަށް ދިއުމުގެ ފުރުސަތު އެބޮތް. މިހާލަތުގައި އަޅުގަނޑުމެންނަށް ދެވޭނީ ފަންސާސް އިންސައްތައިގެ ޔަގީންކަމެއް. ދުޢާ ކުރޭ. އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ.” […]
ކުއްލިއަކަށް ކާރުގެ ބިއްލުރިގަނޑުގައި އެއްޗެއް ތަތްވިއެވެ. ރަމީޒުއަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ގޮތަށް މުޅި މީހާ ގަނޑުވެއްޖެއެވެ. ކަރުގައި މީހަކު ބާރަށް ހިފާ ނޭވާ ނުލެވޭ ގޮތް ހަދައިފިއެވެ. ހިނިގަނޑެއް ޖަހާލި އަޑު އިވުމާއެކު ކުރިމަތިން ފާޅުވީ ރޯޒާގެ ދެވަނައެއް ނެތް ސޫރައެކެވެ. އެވަގުތު ކާރު ފުރުޅައިގެން ގޮސް އިދިފުށަށް ޖެހިއްޖެއެވެ. ރަމީޒުއަށް ހަޅެއް ލަވައިގަނެވުނު ނަމަވެސް ކުރެވޭނެ އިތުރުކަމެއް އެވަގުތަކު ނެތެވެ. ކާރުގެ ކުރިމަތިން ނުނެއްޓޭނެ ކަން އިނގުންވި ނާއިކް ދެލޯ މަރާލިއެވެ. އެންމެ ފަހު […]