“ސްޓޮޕް ބްލޭމިން ޔުއަސެލްފް. ޕްލީޒް. ބޭނުން މަންމައަކާ ބައްޕައެއް ޗޫޒް ކުރުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން-” ޖާވިދު ވާހަކަކުރިއަށް ގެންދަން އުޅިފައިވެސް މަޑުޖެހިލިއެވެ. މީހެއްގެ ހިލަމެއްވިހެން ހީވެ އޭނާ ސިޑި ހުރި ދިމާއަށް ބަލައިލިއެވެ. ފަރުވާތެރިވެލުމާއެކު ބޫޓަކުން ‘ޓޮއް’ކަނޑަމުން މީހަކު ސިޑިން އަރަނީކަން ޖާވިދުއަށް ޔަގީންވެއްޖެއެވެ. އޭނާ ޝަޔަމް ގޮވައިގެން ގޮސް ވަނީ އެތާހުރި ސިމެންތި ބަސްތާތަކެއް ބިއްދަށަށެވެ. ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި އޭނާ ޝަޔަމްއަށް ހިމޭންވުމަށް އިޝާރާތްކުރިއެވެ. “ޖާވިދު.. ޝަޔަމް..” އެމީހެއްގެ […]
ގަރާޖުގެ ތެރެއަށް ނިކުމެވުމާއެކު ޔަޒްދާންއާ މަންހަލްގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. ބޯ ދިގުކޮށްފައި ތިބި ބިޔަ ދިހަ ފިރިހެނުން އެމީހުންގެ ކުރިމަތީގައި ތިއްބެވެ. ޔަޒްދާން ވަގުތުން މަންހަލްގެ ކުރިމައްޗަށް އަރައިފިއެވެ. ޔަޒްދާންއާ މަންހަލްގެ އަތް މަހާލެވިފައި ވީއިރު ފަހަރަކަށްވުރެ ފަހަރެއް އޭނާގެ އަތަށް ބާރުކުރަމުންދާކަމުގެ އިހުސާސް މަންހަލްއަށް ކުރެވުނެވެ. މަންހަލް އަނެއް އަތުން ޔަޒްދާންގެ އަތުގައި ހިފަހައްޓާލިއެވެ. “އަފްރާ ކޮބާ؟” ޔަޒްދާން ސުވާލުކުރިއެވެ. އެއްވެސްމީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ. އެމީހުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ޔަޒްދާން އާއި މަންހަލް […]
ގަބޫލުނުކުރެވިފައި އޭނާގެ ކުރިމަތީ ގޮނޑީގައި އިން އައިޝާއަށް ބަލަން މަންހަލްއިނެވެ. މާނޭވާ ލަމުން ދިޔައިރު އޭނާގެ ދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ޖެހޭ ފިނި ވައިރޯޅިތައް އައިޝާގެ ބުޅި އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިޔައިރު މަންހަލްގެ ސިކުނޑި އޭނާއަށް ކަމެއް ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. “މަންހަލްއަށް އެނގޭތަ؟ އަހަރެންގެ ފޭންސް ވަރަށް ގިނަވާނެ. ރަށު ސްކޫލުގައި ކިޔެވިއިރުގައާ މާލޭގައި އޭލެވެލް ކިޔެވި އިރުވެސް. ފިރުޝާއަކީ ގްރޭޑް ހަތަކުން ފަށައިގެން އަހަރެންގެ ފަހަތުން ނުނައްޓައިގެން އުޅޭ މީހެއް. ކިތަންމެ ފަހަރަކު […]
ލޯންޗު ފަޅުން ނިކުތުމާއެކު ޝަޔަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގައި އޮތް ތޮތްޕާ ލޮލުގައި އަޅާފައި އޮތް އަވި އައިނު ނަގާ އަތް ދަބަހަށް ލިއެވެ. އަދި އޭނާ އަޅައިގެން އިން ފޭސް މާސްކު ތިރިކޮށްލިއެވެ. އެވަގުތު ކައްޕި ކައިރީ ހުރި ޒުވާނަކު އައިސް ޝަޔަމްގެ ސީޓާއި ޖެހިގެން އިން ސީޓުގައި އިށީނެވެ. ޝަޔަމް އާއި ޒުވާނާގެ ހަތަރުކަޅި ހަމަވި ވަގުތު ޝަޔަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބިރެއް ފެނުނު ފަދައިން އޭނާއަށް ފައުޒާންގެ މޫނަށް ބަލަން […]
“ހާއި.. ކިހިނެއްތަ؟” މަންހަލްއާ އަރާ ހަމަކޮށްފައި އައިޝާ ބުންޏެވެ. “ކުޑަކޮށް ބަލިކޮށް މިއުޅެނީ..” މަންހަލް ހިނިތުންވެލިއެވެ. “ކިހިނެއްވީ އަނެއްކާ؟” ކަންބޮޑުވެފައި އައިޝާ ސުވާލުކުރިއެވެ. “އަހަރެން މަންމައަކަށް ވަނީ..” މަންހަލްގެ ހިނިތުންވުން ފުޅާވެލި އިރު އޭނާ ފެންކަޅި ވެއްޖެއެވެ. އޭނާ އައިޝާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މަންހަލް ހީކުރީ އައިޝާވެސް އުފާވާނެ ކަމަށެވެ. އެހެނަސް އެދެލޮލުން ފެނުނު އަސަރުން މަންހަލްގެ ހިތް ބިރުގަތެވެ. ދުލުން ބޭރުވި ބަސްތައް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށް އެރިއެވެ. “ކޮންގްރެޖުލޭޝަން..” އައިޝާ ކުއްލިއަކަށް މަންހަލްގެ […]
މަންހަލްގެ މޫނުމަތި ރަތްވާން ނެގީ ސިކުންތު ކޮޅެކެވެ. އަވަސް ހިނގުމެއްގައި އޭނާ ގޮސް ޔަޒްދާންގެ އަތުން އޭތި ޖަހައިގަތެވެ. އެހިނދު އޭގެ ޑިސްޕްލޭ އިން ފެނުނު ދެ ރޮނގު ކޮޅުން މަންހަލްގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. ސިޓިން ރޫމުގައި ތިބި އެންމެންނަށް ނަޒަރެއް ދެމުން މަންހަލް އަވަސް އަވަހަށް ކޮޓަރިއަށް އައެވެ. އޭނާއާ އެކުއެކީހެން ޔަޒްދާންވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެ ޓެސްޓު ކިޓު ގޮދަޑި މަތީ ބާއްވާލަމުން މަންހަލް އެނބުރިލިއިރު ޔަޒްދާން އައިސް ހުރީ […]
ސާހިލް ދުވަހަކުވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރާ ވަރަށް، އެރޭ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާއަށް ރޮވުނީ ބައްޕައެއްގެ ގޮތުގައި އޭނާ ނާކާމިޔާބު ވެއްޖެކަމުގެ އިހުސާސް ވެފައެވެ. އެތައް އިރެއްވަންދެން އެގޮތުގައި އޭނާ އިނެވެ. ވަރަށް ހިތްވަރުކޮށްފައި ސާހިލް ތެދުވެ ގޮނޑީގައި އިށީނެވެ. އިތުރަށް އެވީޑިއޯ ބަލާނެ ހިތްވަރެއް ނުލިބިގެން ވީޑިއޯ ކްލޯސް ކޮށްލިއެވެ. އަދި ޝަފްނާއަށް ފޮނުވުމަށް އާ މެއިލްއެއް ހުޅުވާލިއެވެ. ހަމައެކަނި ‘ޔެސް’ ޖަހާލުމަށްފަހު އޭނާ އެމެއިލް ޝަފްނާއަށް ފޮނުވާލިއެވެ. މެއިލް ކްލޯޒް […]
ބައްޕައަށް ޓަކައި ކަންބޮޑުވެފައި ހުރެވުނު ވަރުން ނުހައިކްއަށް ބައްޕަ ގައިގައި ބައްދާލެވުނެވެ. ސާހިލްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ތުއްތު އިރުގެ ނުހައިކްއާއި ފުރާވަރަށް އަޅައިގެން އައި އިރުގެ ސީރިއަސް ނުހައިކްގެ އެތައް ހަނދާނެއް އާވެ އާލާވެ އޭނާ ފެންކަޅިވާ ގޮތް ވިއެވެ. ބައްޕައަށް އެދަރިފުޅުގެ ހިތްހަލާލު ކޮށްދެއްވުމަށް އެދި ކުރި ދުޢާތައް މާތްﷲ އިޖާބަކޮށްދެއްވައިފިކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވުނެވެ. އެ އުފާވެރި މަންޒަރު ބަލަން ތިބި ސާދު އަށާއި […]
ކުއްލިއަކަށް މުޅި ގޭތެރެ އަނދިރިވެގެން ދިޔައެވެ. ދެފިރިހެނުންގެ ހިތަށްވެސް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. ލުއްކެއް ޖެހިހެން ސާހިލް ގޮނޑިން ތެދުވިއެވެ. ގޭގެ މައިދޮރާ ދިމާއަށް ދެމީހުންވެސް އެނބުރުނީ އެކުއެކީއެވެ. “ހަމްދާން.” ޖީބުގައި އޮތް ފޯނު ނަގަން އަތް ހަރަކާތް ކުރަމުން ސާހިލް ގޮވާލިއެވެ. “ޝަފްނާ.” ހަމްދާންގެ ސިކުނޑި އޭނާއަށް އިންޒާރު ދިނެވެ. ކުއްލިއަކަށް ބޮލުގެ ފުއްކިބައަށް އެރި ތަދާއެކު ދެމީހުންވެސް އެތިބި ތަނަށް ދެމިއްޖެއެވެ. ފަހަތުގައި ދެތަވާ ހިފައިގެން ހުރި މީހާގެ ބަރު ހުނުމުގެ އަޑު އެތަނުގެ […]