ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވާ އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ ވާހަކައެކެވެ. . . . . . . بسم اللّه الرّحمٰن الرّحيم . . . . . . އިރު އޭގެ ރަންދަޅަތައް ދައްކާލުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔަން ދިޔަވަގުތެވެ. ކަނޑުގެ ސަތަހައަށް އެޅިފައިވީ ނަލަނަލަ ދޮން ފަޅޯ ކުލައެކެވެ. އުޑުމަތީ ތަރުތީބުކަމާއެކު […]
އަރްހަމްގެ ގާތުގައި އިނދެ ޝަހާދަތާއި ނާސި ތިން ސޫރަތް ކިޔަވައިދިނުމަށް ފަހު އަރްހަމްގެ މަންމަ ކޮޓަރިން ނިކުމެގެން ދިޔައީ އަރްހަމް ނިދިކަން ޔަގީންވީމައެވެ. އެހެންނަމަވެސް އަރްހަމް އޮތީ ނިދާފައެއް ނޫނެވެ. މަންމަ ދިއުމުން ބާލީސް ދަށުގައި އޮތް ޓެބްލެޓް ނަގާ އަރްހަމް ކުޅެން ފެށިއެވެ. އެއީ ކޮންމެ ރެއަކުހެންވެސް އަރްހަމް ކަންތައް ކުރާގޮތެވެ. އަރްހަމްއަކީ ގްރޭޑް ތިނެއްގައި ކިޔަވާ ކުއްޖެކެވެ. އަރްހަމްއަކީ ބަސްއަހާ މަޑުމައިތިރި ކުއްޖެކެވެ. އެކަމަކު އަރްހަމްގެ ނުރަނގަޅު އާދައެއް ހުރެއެވެ. އެއީ ދުވާލާއި ރޭގަނޑުގެ […]
އެނދުމަތީން ފެންނަނީ ފެއްސާއި ރަތާއި ހުދާއި ކަޅު ކުލައިގެ ގަނޑުތަކެވެ. ކަތުރުތަކަކާއި ތެރަސްފުޅިއެކެވެ. ޝަހްދާން އާއި ޒަހްރާ ތިބީ މަންމައަށް އެހީވާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެކުދިންގެ މަންމަ ކަރުދާހުން ދިދައެއް ހަދާ ނިންމާލިއެވެ. ކަޅާއި ހުދާއި ފެހި ކުލަ ތަރުތީބުން އިނދެފައި ރަތްކުލައިގެ ތިނެސްކަނެއް ކަނާތްފަރާތުގައި ތަތްކޮށްފައި އިނެވެ. “މަންމާ. މީ ކޮން ގައުމެއްގެ ދިދައެއް؟” ޒަހްރާ އެދިދަ ނަގަމުން ބުނެލިއެވެ. “ތިއީ ފަލަސްޠީނުގެ ދިދަ.” މަންމަ އޮޅުން ފިލުވައިދިނެވެ. “އެއީ ކޮން ގައުމެއް؟ މިފަހަރު ސުވާލުކޮށްލީ […]
ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ އަހަރެން ހުރީމެވެ. ބައެއް ފަހަރު އެނދު މައްޗަށް ވެއްޓިގަނެވެއެވެ. މޫނުގައި އަތް އުނގުޅާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވެއެވެ. އަނެއްބައި ފަހަރު ވަށައިގެން އެނބުރެވެއެވެ. އެނބުރުން އަރައިގެން ވެއްޓިދާނެހެން ހީވީމާ އަހަރެން އެނދުގައި ބުރަކަށި ޖައްސާލުމަށްފަހު ބިންމަތީގައި އިށީނީމެވެ. ދެކަކޫ މެއާލާ ބޮނޑި ކޮށްލާފައި ކަކުލުގައި ނިތްކުރި ޖައްސާލީމެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އިންއިރު އަހަރެންގެ ސިކުނޑި ގެންގޮސްދިނީ މާޒީގެ ސޮފްހާތަކުގެ ތެރެއަށެވެ. ހަނދާން ހުންނަން ފެށީއްސުރެ އަހަރެން އަބަދުވެސް ދިވެހިން ލިޔެފައި […]
ހުރިހާ ކުދިން ކުލާސްތައް ދޫކޮށް ހޯލަށް ދާން ފަށައިފިއެވެ. ގްރޭޑް ފަހެއްގެ ދަރިވަރުން ކުލާހުން ނިކުންނަން ފެށިތަނުން ކުލާސް ޓީޗަރު އައިސް ހުރިހާ ކުދިން ގާތު އަނބުރާ ކުލާހަށް ވަންނަން އަންގައިފިއެވެ. ވީގޮތެއް ނޭނގި ތިބެ ކުދިން ކުލާހަށް ވަދެއްޖެއެވެ. އިރުކޮޅަކުން ލީޑިން ޓީޗަރ އާއި ދިވެހި ކްލަބްގެ ކޯޑިނޭޓަރ އައިސް ކުލާހަށް ވަނެވެ. “ކިހިނެއްވީ؟ ކެންސަލްވީތަ؟” އެއްކުއްޖަކު ބުނެލިއެވެ. “އެހެން ކުދިން މިހާރު ހޯލަށް ގޮސްފި. އަޅުގަނޑުމެން އެކަނި ކުލާހުގައި މިތިބީ..” އެހެން ކުއްޖަކު ބުނެލިއެވެ. […]
ހަންގަނޑަށް ރޫޖެހިފައިވާ ދެކޮލަށް ބަލައިލެވުމުން ހިތް ފަޅައިގެން ނުދާނީ ފަހެ ކާކު ހެއްޔެވެ؟ ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުން ކަރުނަ ނާންނާނީ ކޮން ލޮލަކުން ހެއްޔެވެ؟ ދުނިޔެ މަތިން އެންމެ ލޯބިވި އިންސާނާ މަރާ ހަނގުރާމަ ކުރާ މަންޒަރު ބަލަން ކެތްވާނީ ކޮން އިންސާނަކަށްބާއެވެ؟ މޭ ފިތޭހެން ހީވި ވަގުތު އަހަރެންގެ އަތުތެރޭ އޮތް އޭނާގެ އަތަށް ބާރު ކޮށްލެވުނެވެ. ލޮލުން ކަރުނަ އައިކަންވެސް އެނގުނީ އެމަޑު އަތްތިލައިގެ އިހުސާސް ކޯތާފަތް ކައިރިން ކުރެވުމުންނެވެ. ކަރުނަވީ ހިނިތުންވުމެއް […]
“މަންމީ.. ދެން ނުކިޔެވޭނެ.. މިހާރު ލޮޑުވެއްޖެ!” އަތުގައި އޮތް މުޞްޙަފް ލައްޕާލަމުން އަނުމް އޭނާގެ މަންމައަށް ގޮވާލިއެވެ. “އޯކޭ.. ފަނަރަ މިނެޓުގެ ކުޑަ ބްރޭކެއް.. އެއަށްފަހު މަންމަ ދާނަން ދަސްވެފަ އޮތްތޯ ބަލަން..” ކާމޭޒުމަތީ ހުރި ތަށިތައް ނަގަން އުޅުމަށްފަހު އަނުމްގެ މަންމަ ވާހަކަދެއްކި އަޑު އިވުނެވެ. ކައިރީ ހުރި މޭޒުމަތީގައި މުޞްޙަފް ބާއްވާލަމުން އަނުމް ދުއްވައިގަތީ، ކުޅުމަށްޓަކައި އޭނާގެ މައިންބަފައިން ހަދައިދީފައިވާ ކޮޓަރިއަށެވެ. “އަނުމް.. އާދޭ ދެން..” ނުހަނު ލޮތްބާއެކު އަނުމްގެ މަންމަ ގޮވާލި އަޑު […]
ހޮސްޕިޓަލުން ނިކުންނަން ގޮސްގޮސް ހުރެފައިވެސް ފެނުނު މަންޒަރުން އަހަރެން ކައިރިވެލީ ރިސެޕްޝަންގައި ތިބި ކުދިން ގާތަށެވެ. ދުރުގައި ނަރުސްކުދިން ބޮނޑިވެގެން އުޅޭ ތަނަށް އިޝާރަތް ކޮށްލަމުން ވެގެން އުޅޭ ގޮތް އިނގޭތޯ އަހާލީމެވެ. “ޔާ.. ޑޮކްޓަރ އެޕޭޝަންޓް ނަގަން ވީނުން. ޑޮކްޓަރ ނޫރް ދެންމެއަކު އެދިޔައީ ސައިން އޮފް ވެގެން.. ސުއިސައިޑް ވާން އުޅުން ޕޭޝަންޓެއް..” ރިސެޕްޝަނިސްޓާއި ވާހަކަދައްކަން ހުރެފައި ޝަފްޔާ އަހަރެންނާ ވާހަކަދެއްކިއެވެ. އޭނާއަކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެކެވެ. އަހަރެއްހާ ދުވަސްވަންދެން އެއް ހޮސްޕިޓަލެއްގައި މަސައްކަތް […]
މިއަދު އެންމެން އަހަރެން ބާކީ ކޮށްލީ އަހަރެންގެ އަތުގައި ބަލިކުއްޖެއް އޮތީމައެވެ. އެދަރިފުޅަސް ހުރިހާ ހިއްސެއް ހަމައަށް ނުލިބުނީމައެވެ. އުފަންވީއިރުވެސް ލޯފަން، ނުކުޅެދޭ ކުއްޖަކަށް ވީމައެވެ. ކައިރީގައި ނިދާފައި އޮތް ތުއްތު ސާރާގެ ފަން އިސްތަށިކޮޅުގައި ފިރުމާލަ ފިރުމާލަ އަހަރެން އޮތީމެވެ. އަހަރެންގެ ހަޔާތުގެ ބަނަ މާޒީގެ ސޮފުހާތައް އުކާށެވެ. އެއީ އަހަރެންގެ އަބަދުގެވެސް އާދައެވެ. ދަރިފުޅު ނިންދެވުމަށްފަހު އަހަރެން އެތައް އިރެއް ވަންދެން މާޒީ ހަނދާންކޮށް ރޯން އޮންނަމެވެ. އެހެނަސް އެދުވަސްތަކުގައި އަހަރެންގެ ލޮލުން ފޭބީ […]