ފިނި ފިނި އެއްޗެއް ކަރުގެ ކައިރިން އިހުސާސްވުމާއެކު އޭނާގެ ގައިން ވާގި ދޫވާކަމުގެ އިހުސާސް ވިއެވެ. އެއްފަރާތުން އޭނާގެ ގައިގައި ހިފާލިކަން އޭނާއަށް އެނގުނެވެ. އެހެނަސް ދެން ވީނުވީއެއް ނޭނގި ލޯ މެރުނީއެވެ. ކަންނެތްކަމާއެކު ދެލޯ ހުޅުވާލައިގެން ޝަފްނާ އެނދުގައި އޮތެވެ. އެދެލޮލުން ފާޅުވާން ހުރީ ނިދީގެ އަސަރެވެ. ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމާއެކު ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް އޭނާ ބަލައިލިއެވެ. އެގާރަ ޖަހަން ބާކީ ހުރީ ދިހަވަރަކަށް މިނެޓެވެ. ފުއްމައިގެން އެނދުން ތެދުވުމާއެކު އޭނާ […]
“މަންހަލްއަށް ހަދަންޖެހޭ ގޮތް އަހަރެން ފަހުން ކިޔައިދޭނަން. އަހަރެންވެސް އެދުވަހުގެ ހަވީރު ދާނަން އެރަށަށް. މިވާހަކަތައް ވާނުއަށް އިންފޯމްކޮށްފަ ބައިންދާތި..” ޝަފްނާގެ ވާހަކަތައް މެދުކެނޑުނީ ފަހަތުން އޭނާއަށް މީހަކު ގޮވާލި އަޑު އިވިފައެވެ. ދެލޯ ބޮޑުވެގެން ދިއުމާއެކު އޭނާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ. ހަމަޔަގީނުންވެސް އޭނާ ދެއްކި ވާހަކަތައް ފަހަތުގައި ހުރި މީހަކަށް މިހާރު އެނގޭނެއެވެ. “މަންމާ..؟” ޝަޔަމް މަންމައަށް ގޮވާލިއެވެ. އޭނާ ކޮޓަރިން ބޭރަށް ނިކުތީ ކަރު ހިއްކައިގަނެފައި ހުރިވަރުން ފެން ބޯށެވެ. […]
“ޝަފްނާ.. ލިއާމް..” އޭނާ ހަރު އަޑުން ބުނެލިއެވެ. އޭރު އެމޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ އަސަރެކެވެ. “ހަމްދާން..” ޝަފްނާ ލާނެތް ގޮތަކަށް ކިޔާލިއެވެ. ލިއާމްއަށް އިޝާރާތް ކޮށްލުމާއެކު އޭނާ ދިޔައީ ހަމްދާންއާ ދިމާއަށެވެ. ފަހަތަށް ފިޔަވަޅު އެޅިކަމުގައި ވިއަސް ލިއާމް ހަމްދާންއާ އެއްހަމައެއްގައި މަޑުކޮށްލިއެވެ. ދެލޯ ބޮޑުކޮށްގެން ހަމްދާން ލިއާމްގެ މޫނަށް ބަލަން ހުއްޓެވެ. ހުށިޔާރުވެ ހުރި ލިއާމް ހަމްދާންގެ ކަރު ކައިރިއަށް އޭނާގެ ކަނާއަތް ގެންދިއުމާއެކު ދެން ފެނުނީ ހޭ ހުސްވެގެން ކާޕެޓް މައްޗަށް ހަމްދާން […]
“ބާއި..” ފޯނު ކަންފަތާ ދުރުކޮށްލަމުން މަންހަލް, ކައިރީ ހުރި މީހާއަށް ފޯނު ދިއްކޮށްލިއެވެ. ފެންވަރައިގެން ނިކުމެ ޔަޒްދާން ލޯގަނޑު ކުރިމަތީގައި ހުއްޓެވެ. ޓްރެކްސޫޓެއްގައި އެކަނި ހުރިއިރު އޭނާގެ ފުޅާ މޭމަތި އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް އޭނާގެ ކޮނޑުގައި ޖެހިފައި ފައިބައިގެން ދަނީ ތިރިއަށެވެ. ޔަޒްދާން އޭނާގެ އަމިއްލަ ނަފްސަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. ހަމަ ހަގީގަތުގައިވެސް އޭނާ އަންހެން ކުއްޖަކަށް ހިތް ހުޅުވާނުލާ ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. […]
ލޯ ހުޅުވާލުމާއެކު ފެނިގެން ދިޔައީ މަޑު އަޅި ކުލައެއްގެ ސީލިންއެކެވެ. ވަށައިގެން ބަލައިލުމާއެކު ފެނުނީ އެނދުގެ ކަނާއަތް ފަރާތުގައި ހުރި ބޮޑު ކްލޯސެޓެކެވެ. ގައިމަތީ އޮތް ބަރު ކުއިލްޓް ނަގަމުން މަޑުހިނގުމެއްގައި ގޮސް ހުއްޓިލީ އެނދުގެ ކުރިމަތީ ހުރި ޑްރެސިންގ ޓޭބަލް ކުރިމަތީއެވެ. އެއްވެސް އެއްޗެއް މަދުނުވާނެހެން ހުރިހާ ވައްތަރެއްގެ މޭކަޕް ސާމާނެއް ތަރުތީބުކަމާއެކު އެތަނުގައި އަތުރާލެވިފައި ހުއްޓެވެ. ޑްރެސިންގ ޓޭބަލްއާ އިންވެގެން ހުރީ ކުޑަ ކިޔަވާ މޭޒެކެވެ. ދެން ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި ހުދު […]
ކުއްލިއަކަށް އިވުނީ އަންހެން ކުއްޖެއްގެ ބާރު ހަޅޭކެއްގެ އަޑެވެ. ވޭނާއި ކެކުޅުން އެއަޑުގައި ވިއެވެ. ޔަޒްދާން އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ. ފައުޒާންއާ އައިޒިންވެސް ޔަޒްދާންއަށް ބަލައިލިއެވެ. އެދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ދެމީހުން ތިއްބާ ޔަޒްދާން ތެދުވެގެން އައިސް އައިޒިންގެ އަތުގައި އޮތް ފޯނު އަތުލައިފިއެވެ. ޔަޒްދާން އިށީނީ އޭނާގެ އެނދުގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ރިކޯޑިން އަލުން ފެށުމަށްފަހު ފޯނު ކަންފަތާ ކައިރިކޮށްލިއެވެ. ފައުޒާންއާ އައިޒިން އެކަކު އަނެކަކަށް […]
“ކަމެއް ވެއްޖެ.. ރޭގަ އެހެން ކަހަލަ ހުވަފެނެއްވެސް ފެނުން.” ފޯނު ކަންފަތާ ދުރުކޮށްލަމުން ޔަޒްދާން ބުނެލިއެވެ. އެމޫނުމަތީ އޭރު ހުރީ ސީރިއަސްކަމެވެ. އިރުކޮޅެއް ވަންދެން އަތަށް ފެންއަޅަން މަންހަލް ހުއްޓެވެ. ކަމެއް ހަނދާންވީ ފަދައަކުން އޭނާ އަވަސް އަވަހަށް އިސްކޫރު ބަންދުކުރިއެވެ. އެއަށްފަހު އޭނާ އުޅުނީ މުރުޝިދާއަށް ކޮފީ ގިރައިދޭށެވެ. ނިކަން ފަރުވާތެރިކަމާއެކު އޭނާ ހުރިހާ ކަމެއް ކުރީ ދެންމެ ތަހައްމަލް ކުރި ކަންތައް އަލުން ތަކުރާރު ވުމަށް ނޭދޭތީއެވެ. މުރުޝިދާއަށް ކޮފީތަށި ދިނުމަށްފަހު މަންހަލް ސިޓިން […]
“މަންހަލް..” ފިރިހެން ކުއްޖާގެ ބަރު އަޑުވެސް ނިކުމެގެން އައީ ހަމަ އެވަގުތެވެ. އެނދުގައި އޮތް މަންހަލް ދެފަރާތަށް ފުރޮޅެން ފެށިއެވެ. އޭރު އޭނާގެ ދުލުން ނިކުންނަމުން ދިޔައީ ‘ޔަޒްދާން’ގެ ނަމެވެ. ކުއްލިއަކަށް އޭނާ ތެދުވެ އެނދުގައި އިށީނެވެ. އަދި ދެފަރާތަށް ބަލައިލަމުން މަޑުއާހެއްގެ އަޑުބޭރުކޮށްލަމުން ބޮލުގައި އަތްއަޅާލިއެވެ. “މިހާރު ތިންވަނަ ރޭ.. ޖެހިޖެހިގެން އެއް ހުވަފެނެއް.. ކީއްވެ؟ އަނެއްކާ.. އަނެއްކާ އަހަރެންނަށް ގޮތެއްވާން އުޅެނީތަ؟ ޔާﷲ މިއަޅާއަށް ސަލާމަތްތެރިކަން ދެއްވާށި!” ހިތާހިތުން މަންހަލް ކިޔާލިއެވެ. އިރުކޮޅަކު ފުން […]
“މަންމަ..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ. އެއްފަހަރު ޝަޔަމްއަށް އަނެއްފަހަރު ކުރިމަތީ ހުރި އަންހެން މީހާއަށް މަންހަލް ބަލައިލިއެވެ. “މަންމަ.. ކީއްކުރަން؟” ފަރުވާތެރިކަމާއެކު ޝަފްނާއަށް ނަޒަރު ހިންގާލަމުން ޝަޔަމް އަހާލިއެވެ. އޭނާގެ ކޮނޑާހަމައަށް އަރާ އިސްތަށުގަނޑުގައި ޖައްސާފައި ހުރީ ރެޑިޝް ބްރައުން ކުލައެކެވެ. ލައިގެން ހުރި މެރޫން ކުލައިގެ ހެދުން ގަޔަށް ހިފާފައި ހުރިއިރު ކަކުލާ ހަމައަށް އަރައެވެ. އަތުގައި އޮތީ ޝުނޭލް ބްރޭންޑްގެ އެންމެ ފަހުގެ އަތްދަބަހެކެވެ. މޫނުމަތީ މޭކަޕް ކޮށްފައި ހުރިވަރުން ހީވަނީ ފުށްބާލިދީ […]