“އެހެންވެދޯ އެހާ ފާޑަކަށް އެހުރީ. މަންމަ ހަވީރު ދައްޗޭ އޭނާ ގޮވައިގެން ހިނގާލަން. މާމަގެއަށް ގޮސް ޝާނީމެންނާ ދިމާވަނިކޮށް ރަނގަޅުވާނެ. އެއީ ބޮޑު އަނގައެއްވިއްޔަ.” ޒަހީނާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަޒްދާން ހުރިހާ ކަމެއްވެސް ޕްލޭންކޮށްލިއެވެ. އެކަމާ ގުޅޭގޮތުން އޭނާ އެއްޗެއް ބުނަންވީއިރު ޔަޒްދާން ދެންފެށީ މެންދުރު ކާންހުރި އެއްޗެހީގެ ވާހަކައެވެ. ހަވީރުވަގުތު މަންހަލް ޔަޒްދާންގެ މަންމައާއެކު ދިޔައީ އެމީހުންގެ މާމަގެއަށެވެ. ޔަޒްދާންމެންގެ ގެ ފަދައިން އެއީވެސް ބޮޑުގެއެކެވެ. ބައިވަރު ބިޔަ ގަސްތަކެއް ހައްދާފައި […]
މަންހަލް ގަޔާ ކައިރިކޮށްލައިގެން ހުރެ މަންމަ ގޭތެރެއަށް ވަދެގެންދިޔަ މަންޒަރު ބަލަންހުރި ޔަޒްދާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގޭތެރެއަށް ވަދެގެން ދިޔަ މަންހަލްއަށް ވަށައިގެން ނަޒަރެއް ދެވުނެވެ. އެއީ އާދައިގެ ގެއެކެވެ. ބޮޑު ސިޓިން ރޫމުން ލާފައި ދެވެން ހިމަ ގޯޅިއެއް އޮތެވެ. މަންހަލް ގޮވައިގެން އެއަންހެން މީހާ ހުއްޓުނީ ދެދޮރެއް ފަހަނައަޅާ ގޮސް އެންމެ ބިއްދަށުން ޖެހުނު ދޮރު ކައިރީއެވެ. “ޔަޒްދާން ކުއްޖެއް ގެންނަ ވާހަކަ ބުނީމަ ވަރަށް އަވަސްއަވަހަށް ކޮޓަރި ސާފުކޮށްލެވުނީ. އަދި މޮޕުލާފަ […]
ސެކިއުރިޓީއެއް ނެތް އެގޭގެ ތެރެއަށް މަންހަލްއާއެކު ޔަޒްދާންވެސް ވަނެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި މަންހަލް އިހްތިޔާރުކުރީ ސިޑިއެވެ. އެންމެމަތީ ފަންގިފިލާއަށް އެރުނު އިރު ދެމީހުންނަށްވެސް މާނޭވާލެވެއެވެ. ކުރިމަތިން ފެންނަންހުރީ އެންމެ ދޮރެކެވެ. ޔަޒްދާން ބަލަންހުއްޓާ މަންހަލް ގޮސް ދޮރުގައި އިން ބެލްއަށް ފިތާލިއެވެ. ކުޑައިރުކޮޅެއްގެ ފަހުން ދޮރު ހުޅުވާ ބޭރަށް ބޯދިއްކޮށްލީ މުސްކުޅި ފުރައިގެ އަންހެނެކެވެ. ދެމީހުންނަށް ފަރުވާތެރި ނަޒަރެއް ދީގެން ޔަޒްދާން ހުއްޓެވެ. އެދެމޫނުމަތިން ފާޅުވާން ހުރި ބީރައްޓެހިކަން އޭނާއަށް ސިއްރު ނުވީ އެހެންވެއެވެ. “ތީ […]
“އަހަރެން މިދަނީ ތަށިތައް ނަގަން.” މަންހަލްއަށް އިވޭވަރަށް ޔަޒްދާން ބުނެލިއެވެ. މަންހަލް އެއްވެސް އެއްޗެކޭ ނުބުނުމުން ޔަޒްދާން ގޮސް މޭޒުމަތީގައި ހުރި ތަށިތައް ނެގިއެވެ. ކޮޓަރީގައި ހުރި ޑަސްބިނަށް ތަށިތައް ލުމަށްފަހު ޑޮކްޓަރާއި ދެމީހުން އެކޮޓަރިން ނުކުތީ ސައިކޮލޮޖިސްޓަށް ވަގުތުދެމުންނެވެ. ދޮޅު ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ގޮނޑީގައި ނީނދެވިގެން ޔަޒްދާން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މަންހަލް އޮތް ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް ފަހަތަށް އެނބުރެވުނު ހިނދު، އެހިމަ ދިގު ގޯޅިގަނޑުގެ ކޮޅުން އެމީހުންނާ […]
ކުރިމަތިން މީހަކި ކަރުކެހިލި އަޑަށް އޭނާ ލޯ ހުޅުވާލިއެވެ. ލާނެތް ހިންޏެއް އައިސްފައި އައިޒިން ހުއްޓެވެ. އޭނާގެ ކައިރީގައިހެން ހަތަރު ވަރަކަށް ކުދިން ތިއްބެވެ. ވާނުގެ އަތުގައި ބިޑިއަޅުވައިގެން ދެންތިބި ދެފުލުހުންވެސް އޭނާއާ ދިމާލަށް ބަލަން ހުއްޓެވެ. ލަދުގަތްވަރުން އޭނާ އުޅުނީ މަންހަލް ގަޔާ ދުރުކޮށްލާށެވެ. އޭރު މަންހަލްގެ ގިސްލުންވެސް ހުއްޓިފައި ވުމާވެސް އެކީއެވެ. އެހެނަސް އޭނާގެ ގަޔާއި މަންހަލް ދުރުކޮށްލުމާއެކު މަންހަލް ވެއްޓެން ދިޔައެވެ. ޔަޒްދާންއަށް މަންހަލްގެ ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ފަތިހު ފަހެއް […]
މަންމަގެ ނިތުގައި ބޮސްދެމުން ޔަޒްދާން ނިކުމެގެން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން ޒަހީނާ މަޑުމަޑުން ގޮނޑީގައި އިށީނެވެ. ޔަޒްދާން އެފަދައިން ގެއިން ނިކުމެގެން ދިއުން އާދައަކަށް ވިއަސް ހުރި ހަމައެކަނި ދަރިފުޅު ލޮލުން ގެއްލިގެންދާ ކޮންމެ ފަހަރަކު މައި މީހާގެ ހިތުގައި ވޭން އަޅާނެތާއެވެ. އެދަރިފުޅަށް ދެރަގޮތެއް ވެދާނެތީ އެހިތް އަބަދުވެސް ބިރުގަނެއެވެ. ޒޭކްއާ ވާނު ތިބީ އަތިރި މައްޗަށް ނިކުމެއެވެ. ދެމީހުންވެސް އަތުގައި އޮތް ސިނގިރޭޓު ބޮއެފައި ދުންތައް ހަވާގެ ތެރެއަށް ދޫކޮށްލައެވެ. […]
ދެވަނަ ފަހަރު ޓަކި ތަކުރާރު ވުމާއެކު އޭނާ ތެދުވެލާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިތެރޭ އަލިކަމެއް ނެތެއްކަމަކު ގިނައިރު އެއަނދިރިކަމުގެ ތެރޭގައި އޮންނަންވީމާ އޭނަގެ ލޯވަނީ އެކަމަށް ހޭނިފައެވެ. ދޮރުގެ ތަޅުގައި ހިފާ އެއްއަތުން އަނބުރާލަމުން އަނެއްއަތުން އޭނާ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ކުރިމަތީ ހުރި އިންސާނާގެ ސޫރަފެނި އޭނާގެ ނޭވާ ކަރު ބުޑުގައި ތާށިވިފަދަ އިހުސާސެއް ކުރެވުނެވެ. “ހައި..” ނުހަނު ހެވިފައި ހުރެ ޒިއާމް ބުނެލިއެވެ. ހާސްވީވަރުން މަންހަލްއަށް ފަހަތަށް ޖެހިލެވުނީއެވެ. “ނިކުމޭ..” ޒިއާމް އެތެރެއަށް […]
އަވަސް ހަރަކާތަކާއެކު ފޯނު ނަގާ ހަމަ އެނަންބަރަށް ޑަޔަލް ކޮށްލީ އަވަސްވެފައިވީ ހިތަކާއެކުއެވެ. އެކޮޅުން ފޯނު ނަގާނެ ކަމުގެ އުންމީދުގައެވެ. ދެން ފޯނު ނުނަގާނޭ ހީވި ވަގުތު އެކޮޅުން ފޯނު ނެގި އަޑު އިވުމާއެކު ޔަޒްދާންއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ހެލޯ.. ކާކު؟” ނިކަން އަވަސްއަވަހަށް އޭނާއަށް ބުނެވުނެވެ. ފާހަނައަށް ވަދެފައި ނުކުތް ވަގުތު ދީމް ފޯނު ހިފައިގެން އައިސް ވަތްތަން ފެނުމާއެކު ޝަޔަމްއަށް ހިނިތުންވެލެވުނެވެ. ދީމްވެސް ހިނިތުންވެ ހުރެ ޝަޔަމްއަށް ފޯނު ދިއްކޮށްލީ މާނޭވާއެއް […]
“އައި ވިލް ސޭވް ޔޫ މަންހަލް..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ. އެމޫނުމަތީގައި ވީ ޔަގީންކަމުގެ ކުލަވަރެވެ. ކުރަން އުޅޭ ކަމެއް ކާމިޔާބުވާނެކަމުގެ އަސަރެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ޝަޔަމް އޭނާގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަމުން ދިޔައެއްކަމަކު އެކަމުން އޭނާއަށް ކުރިމަގެއް ފެންނަ ކަމުގެ އިހުސާސެއް ނުވެއެވެ. ދުވަހަކީ އޭނާ ކޮލެޖަށް ދިޔަ ފުރަތަމަ ދުވަހެވެ. ފޫހިވެ އިނދެގެން ހުރިހާ ގަޑިއެއް ނިންމާލުމަށްފަހު އޭނާ ތިރިއަށް އައީ ޖާވިދު ބަލައި އަންނާނެކަން އެނގިހުރެއެވެ. […]