އަހަރެންގެ ޙަޔާތުން: ފަޚުރުވެރި ދުވަހެއް
ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ އަހަރެން ހުރީމެވެ. ބައެއް ފަހަރު އެނދު މައްޗަށް ވެއްޓިގަނެވެއެވެ. މޫނުގައި އަތް އުނގުޅާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވެއެވެ. އަނެއްބައި ފަހަރު ވަށައިގެން އެނބުރެވެއެވެ. އެނބުރުން އަރައިގެން ވެއްޓިދާނެހެން ހީވީމާ އަހަރެން އެނދުގައި ބުރަކަށި ޖައްސާލުމަށްފަހު ބިންމަތީގައި އިށީނީމެވެ. ދެކަކޫ މެއާލާ ބޮނޑި ކޮށްލާފައި ކަކުލުގައި ނިތްކުރި ޖައްސާލީމެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އިންއިރު އަހަރެންގެ ސިކުނޑި ގެންގޮސްދިނީ މާޒީގެ ސޮފްހާތަކުގެ ތެރެއަށެވެ.
ހަނދާން ހުންނަން ފެށީއްސުރެ އަހަރެން އަބަދުވެސް ދިވެހިން ލިޔެފައި ހުންނަ އެއްޗެހި ކިޔުމަށް ފޯރިނަގަމެވެ. މަގުމަތީގައި ހުންނަ ޕޯސްޓަރުތަކުން ވެއްޓިފައި އޮންނަ ގަނޑުކޮޅަކަށް ދަންދެންވެސް ކިޔަމެވެ. ގޭގައި ހުންނަ ޢިލްމީ ފޮތްތަކުގެ އިތުރުން އަދަބީ ފޮތްތަކެވެ. ރަށު އޮފީހުން ނުވަތަ ސުކޫލުން ބައްޕައަށް ފޮނުވާ ސިޓީއެއް އަހަރެން ނުކިޔާ ބައްޕަގެ އަތަކަށް ނާރާނެއެވެ. އަހަރެންނަށްވުރެ ކުރިން ބައްޕައަށް ލިބުނަސް މޭޒުމަތީގައި އޮތްތަން ފެނިއްޖެނަމަ ކިޔާލަމެވެ. މިހުރިހާ ވައްތަރެއްގެ ފޮތްތަކެއްގެ ތެރެއިންވެސް އަހަރެން އެންމެ ކިޔާހިތްވަނީ ވާހަކަ ފޮތްތަކެވެ. އުމުރުން އެންމެ ހަތް އަހަރުގައި އަހަރެން ‘އޭލިޔަން ފަނި’ ކިއީ ހަނދާން އަދިވެސް ވެއެވެ. ތިއްތައާއި އެއްވަރަށް އަވަހަށް ނުކިޔޭތީ އަހަރެން އަބަދުވެސް ޝަކުވާ ކުރަމެވެ. އުމުރުން ނުވަ އަހަރު ވީއިރު ދައްތަމެންގެ ދިވެހި ދަރިވަރުންގެ ފޮތްތަކުގައި އަހަރެން ނުކިޔާ ލިޔުމެއް ނޯންނާނެއެވެ. ތަމްރީނު ހަދާ ފޮތުގައި ލިޔާ ވާހަކަތަކާއި ސިޓީތަކާއި އެފަދަ އެހެން ލިޔުންތައްވެސް ކިޔަމެވެ.
ދެން އައީ އަހަރެން ކިއީ އެއްޗެހިތައް ބޭނުންކޮށްގެން އަމިއްލަ ލިޔަން ފެށި ދުވަސްވަރެވެ. އެއީ އުމުރުން އެގާރަ އަހަރުގައެވެ. ޕާސްޓް ޕޭޕަރުގައި ހުންނަ ސުވާލުތަކުގެ އިތުރުން އަމިއްލައަށްވެސް އެކި ފެށުންތަކަށް އަހަރެން ލިޔަމެވެ. މީގެ ތެރެއިން އަހަރެން އެންމެ ގިނައިން ލިޔުނީ ވާހަކައެވެ. އޭރުގެ އަހަރެންގެ ދިވެހި މުދައްރިސް، އަހަރެންގެ ދޮންބެ މަންމަ ގާތުގައި އަހަރެން ލިޔެފައި ހުންނަ ލިޔުންތައް ރީތިވެގެން އެވާހަކަދެއްކިއެވެ. އާއިލާގެ ފަރާތުން ލިބުނު ލޮތްބާއި އެއްބާރުލުމަކީ އަހަރެންނަށް ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ގްރޭޑް ހައެއްގައި އުޅެމުން އަހަރެން ވައިބަރ ގްރޫޕްއަކަށް ވާހަކަލިޔެދޭން ފެށީމެވެ. އެސްފިޔަ ސައިޓަށް އަހަރެންނަށް ވާހަކަ ލިޔެވޭނީ ސާދަ އަހަރުވުމުން ކަމުގައި ތިއްތަ ބުނުމުން އަހަރެން ޖެހުނީ ސާދަ އަހަރު ވަންދެން މަޑުކުރާށެވެ. ގްރޭޑް ހަތެއްގައި އުޅުން އިރުގެ ދިވެހި މުދައްރިސް އަހަރެންގެ ގާތު ޖެހިގެން އަންނަ އަހަރު އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާން ބުނުމުން އަހަރެން ހުރީ އިމްތިޙާނުގައި ބައިވެރިވާން ކަމަށެވެ. އެހެންވެ އަށެއްގެ އަހަރު ފެށުންތަނާ ތިއްތަ ކައިރީ ބުނެގެން މާލެއިން ޕާސްޓް ޕޭޕަރެއް ގެނައީމެވެ. ހަމަ އެދުވަސްވަރު ފަހުން ކިޔަވައިދޭން ފެށި ދިވެހި މުދައްރިސްވެސް އިމްތިޙާނުގައި ބައިވެރިވާން އެދުމުން އަހަރެން މައިންބަފައިންގެ ގާތު އެވާހަކަ ދެއްކީމެވެ. މަންމައާއި ބައްޕަވެސް އެކަމާއި ދެކޮޅުނުވުމުން އަހަރެން ފޯމުލާ އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތް ފެށީމެވެ.
އިމްތިހާނުގެ ދުވަސް އައިއިރު އަހަރެންނަށް ހިތްހަމަޖެހޭ ވަރަށް އިމްތިހާނަށް ތައްޔާރު ވެވުނެވެ. އެންމެ ހިތްހަމަޖެހޭ ވަރުނުވިއަސް އަހަރެންނަށް ކުރެވުނު މަސައްކަތަށް އަހަރެން ފަޚުރުވެރިވީމެވެ. އިމްތިހާން ނިމުމާއެކު އަހަރެން ދެން އެންމެ އިންތިޒާރުކުރީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ.
ޕޭޕަރު މާކުކުރި ދުވަސްވަރު އަހަރެންގެ ދޮންބެ ގުޅާފައި މަންމަގެ ގާތު ވާހަކަ ލިޔާ ކުދިންގެ ނަތީޖާ އެހާ ރަނގަޅެއް ނޫނޭ މަންމަގެ ގާތުގައި ބުންޏެވެ. މިހާ ހާސްވެގެން މިއަދު މިއުޅެވެނީ އެހެންވެއެވެ.
އަހަރެން ބޯހިއްލާ ބަލައިލީ ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. ކައި ނިމިގެން އަހަރެންގެ ކުޑަކޮއްކޮ ކޮޓަރިއަށް އައީއެވެ.
“ބައްޕަ ނާދޭތަ؟” ގަޑިއަށް ބަލައިލަމުން އަހަރެން ކޮއްކޮއާ ސުވާލުކުރީމެވެ. ބޯ ޖަހާލުމަކުން އޭނާ ފުއްދާލީއެވެ.
“ސާރ މެސެޖްކޮށްފަ މިއޮތީ.” ފޯނުނަގާ އަހަރެންގެ ދިވެހި މުދައްރިސް ފޮނުވާފައި އިން މެސެޖް ދައްކާލީމެވެ. ހިނިތުންވެފައި އޭނާ މެސެޖް ކިޔާލިއެވެ. އެމެސެޖްގައިވީ ‘އަލްޙަމްދުﷲ. ކޮންގްރެޖުލޭޝަންސް.’ މިހެންނެވެ.
ފާއިތުވަމުންދިޔަ ކޮންމެ ސިކުންތެއް އަހަރެންނަށް ވީ އަހަރަކަށެވެ. ކޮންމެ މިނެޓެއް އިހުސާސްވީ ގަރުނެއް ފަދައިންނެވެ. ދެއަތް ދެއަތާ މޮޑެމުން ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ބޭރު ދޮރު ލެއްޕުނު އަޑު އިވުނެވެ. ތެޅެމުން ފޮޅެމުން ދުވެފައި އަހަރެން ބޭރަށް ނިކުތީ ބައްޕަ އައީކަން ޔަގީންވީމައެވެ. އަހަރެންގެ ފަހަތުން ކޮއްކޮވެސް އައެވެ. ބަދިގެ ފަރާތުން ގޭގެ ދޮރު ކުރިމައްޗަށް ނިކުތް އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ބައްޕަގެ ފެންކަޅިވެފައިވާ ދެލޮލާއި މަންމަގެ ހިނިތުންވެފައިވާ މޫނެވެ.
“ތުއްތައަށް ކިހާވަރެއް ލިބޭނެހެން ހީވަނީ؟” އަހަރެންނަށް ނަތީޖާ ގަނޑު ދިއްކޮށްލުމުގެ ބަދަލުގައި ބައްޕަ ސުވާލުކުރިއެވެ.
“ނޭނގެ. ފަހަރެއްގަ ބީއެއް.” ހިތްއަވަސްވެފައި އަހަރެން ބުނެލީމެވެ.
“ދޮންބެ އެހެންބުނީމަ ދޯ ތުއްތަ ހީކުރީ އެހެން.” މަންމަ ބުންޏެވެ.
ބައްޕަ އަތުގައި އޮތް ނަތީޖާގަނޑު ދިއްކޮށްލުމާއެކު އަހަރެންނަށް އަވަސް އަވަހަށް އެގަނޑު ހުޅުވާލެވިއްޖެއެވެ.
“މާޝާﷲ. ތުއްތަ މޮޅޭދޯ.” ބައްޕަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ފެންކަޅިވިއެވެ. ގޭތެރެއަށް ވަދެގެން އައިސް އަހަރެން އާއިލާގެ މީހުންނަށް އެހަބަރު ހިއްސާކުރީމެވެ.
އަހަރެން މިވާހަކަ މިހިއްސާކުރީ އަހަރެންގެ މޮޅު ވާހަކަ ތިޔަ ކިޔުންތެރިންނަށް ކިޔައިދޭކަށް ނޫނެވެ. އެހެނަސް އަހަރެންނަށް ކުރެވުނު މި ތަޖުރިބާއިން ދަސްވި ދެ ކަމެއް ތިޔަ ކިޔުންތެރިންނާ ހިއްސާ ކޮށްލަން ވެގެންނެވެ.
އެދުވަހު އަހަރެންގެ މައިންބަފައިން އަހަރެންގެ ސަބަބުން އުފާވެފައި ތިބިތަން ފެނުމަކީ އަހަރެންނަށް މިދުނިޔެމަތީގައިވެސް މިހާތަނަށް ކުރެވުނު އެންމެ ޚާއްސަ އެންމެ އުފާވެރި އިހުސާސެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންނަށް އަގުހުރި ކަމެއް ކުރެވުނު ކަމުގެ އިހުސާސް ކުރެވުނީ އެދުވަހެވެ. މައިންބަފައިން އަހަރެންނަށް ޓަކައި ވެދިން ޤުރުބާނީތަކުގެ ކުޑަ މިންވަރެއްގެ އަގު އަހަރެންނަށް އަދާކޮށްދެވިއްޖެ ކަމުގެ އިހުސާސް އެދުވަހު އަހަންނަށް ކުރެވުނެވެ. އަހަރެން އެންމެ އުފާވީ ނަތީޖާ ފެނުނީމައެއް ނޫނެވެ. މައިންބަފައިންގެ މޫނުމަތިން ފެނުނު އުފާވެރިކަމާ ފަހުރުވެރިކަމުންނެވެ. އެކަމަކަށް އެމީހެއްގެ ޝައުގު ހުރިކަމަކުން ކުރިޔަށް ދިއުމަކީ އަބަދުވެސް އަހަރެމެންނަށް އެންމެ ފައިދާ ހުރި ގޮތްކަން އަހަރެންނަށް ދަސްވިއެވެ. އަދި ކުޑައިރުން ފެށިގެންވެސް ފޮތްތައް ކިޔާ މައުލޫމާތު މުއްސަނދި ކުރުމަކީ ކުރިމަގު އުޖާލާވެގެންދާނޭ ކަމެއްކަން އަހަރެންނަށް ޔަގީންވިއެވެ.
ލޯބިވާ ކިޔުންތެރީންނޭ! ތިޔަ ހުރިހާ ކުދިންގެ މައިންބަފައިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ތިޔަ ކުދިން ވާށެވެ. ކިޔަވަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ކުރިއާލާ އެދާއިރާއަކާ ބެހޭ ފޮތްތައް ކިޔާ ދަސްކުރާށެވެ. މުދައްރިސުންގެ އެހީއާއެކު އިމްތިހާނުތަކަށް ފަރިތަކުރާށެވެ. ކޮންމެ ނަމާދަކަށްފަހު މާތްﷲގެ ހަޒްރަތަށް ދުޢާ ދަންނަވާށެވެ. ކުރި މަސައްކަތުގެ ނަތީޖާ ލިބޭދުވަހު މައިންބަފައިންގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ތިޔަ އެންމެ ކުދިންގެ ހިތްތައްވެސް އުފަލުން ފޮޅޭނެ ކަމުގެ ޔަގީންކަން އަހަރެން ދެމެވެ. އެކި ކުދިންނަކީ އެކި ފެންވަރުގެ ކުދިންނެވެ. އެކުއްޖެއްގެ ފެންވަރުން ލިބެން އޮތް އެންމެ މަތީ ނަތީޖާއެއް ހޯދާށެވެ. މިއީ އަހަރެންގެ ހަޔާތުގައި އަހަރެންނަށް ކުރެވުނު ތަޖުރިބާއެކެވެ. ދަސްވި ފިލާވަޅެކެވެ.
-ނިމުނީ-
25 Comments!
Comments are closed.




އާޔާގެ ލިޔުންތައް އަބަުދވެސް ޝައުގުވެރިކަމާ އެކު ކިޔަން.މިއީ ވެސް ވަރަށް ރަނގަޅު ހިތްވަރުދެނިވި ވާހަކައެއް. އާޔާއަށް ކާމިޔާބާއި އުފާ ފާގަތިކަން އެދެން
ޝުކުރިއްޔާ ކިޔުންތެރިޔާ!🤍😊
Aww.. Nice story ❤️😊
Thank you Ifoo..😊🤍
Ufalun rovije hama…😍🥺 I’m sooo proud of you my littles pwinceysss ❤️
May Allah protect you from evils and increase your knowledge.. aameen
Baarakillah feeki.. love you always❤️
I can’t thank you enough thihtha!❤️
Love you too!😘
Masha Allahh❤️🥀 you have done a great job.. Keeep up the hardd work!! looooooking forward to reaad new stories😭
Luv u sooooooooo muchh deaaarrrrr❤️
I appreciate your support Ma_uu.. In Sha Allah alhugandu ge vaahaka thah esfiya site in kuriah oeh thanugai ves kiyalan libeyne☺️🤍
I hope so,
And thank you sm for sharing the beautiful stories with us❤️😆
Ur welcome❤️😂😂
Ma Sha Allah. Nice story dear☺️❤️
Thank you 😊🤍
Nice story sis keep going😘👍🥰
We’re so proud of you
I’m really happy for you 💗😊
Keep going 😘
Love you sis ❤️❤️❤️❤️
Thank you for your interest in reading my stories. You are one of the most encouraging people to me🥰
Love you tooo cuzzy❤️😘
Dunno why, but this story hit me a lot. I cried. Well congrats 🥳. And one thing, U turned out to be some one who I actually know! I love Ur stories and u inspire the hearts of many. May God make Ur future easy for you. ♥️
Thank you. I appreciate ur support someone!😊🤍
Really? Are we from the same school or are u from some other island?
Well, No. From another island. I don’t personally know you. But You’ll understand who I am but you know, Can’t tell it here. Anyways aren’t u still in school? Why don’t u participate in story writing competition. Well just an idea.💜😊
Yh. I understand!😊 I’m still in school.
There’s no opportunity yet. If I get an opportunity in future, I’ll participate In Sha Allah!
I mean like if we get to meet in real life I can tell u who I am in just one sentence and you’ll know me for sure 😂😊💜
I hope we can meet each other in future. Curiously waiting to know who you are.
😂🤍
Well, if ur using viber u can join this channel and send a private message to me. I’m the admin there.!
https://invite.viber.com/?g2=AQBJMwzsZ%2BXxIE9dZ7mTO162PoWfc42cWeawJnH8i6m443yk%2BYNQN4xZUi%2BQh7RT
Alheyy…
V inspirational story eh. And congratulations 👏👏👏
Aslu Zee aky vex hama thigothah dhivehi maahdhaa ah v foari hunna meeheh I am a teenager…
Story vex liyan but nukerey meehakah e vaahaka kiyaalan dheykah, heewany hadivaanehen.😶 Confidence nuhunnany kanneyngey😢 cousins and parents ah dhahkaifin cousins bunany submit kuraasho but I can’t 🥺
mi story kiyaalaafa emotional vex vehje. 😅
The stories you write Inspire so many people, I appreciate that so so much 👍☺️
May Allah bless you.
Wish you a happy future
Thank you so much Zee!😊🤍
Alhe submit kollaba esfiya ah. Aayaa vx Zee ge story thah kiyaanamey.
There’s a quote that says “Fear kills more Dreams than failure ever will”
So you have to be confident and believe in yourself💪 Don’t let the fear kill your dreams..
Aayaa unmeedhu kuran Zee ge story eh kuriah oeh thanugai kiyalan libeyne kamah! Story eh submit kolliyya Aayaa kairi bunelaathi ingey🙂
Wish you a very bright future!🥰💐🤍
Congratulations thuhtha. We’re proud of you!
Thank You Kokko! 🙂