ދެއަތް ދެއަތާ ޖޯޑުވެފައިވާ ވަރުން އަތުން ދާހިއްލަމުން ދިޔައެވެ. ހިތް ހާސް ވެފައި ހުރިވަރުން މުޅި މީހާ ތުރު ތުރު ލާހެން ހީވިއެވެ. ދައްކަން އުޅޭ ވާހަކަ އާއި މެދު ވިސްނަން އިން ޝައިން އަށް ޝިބާން ބައްޕަ ބުނި ވާހަކަ އަޑު ނީވުނެވެ. “ޝައިން” ޝިބާން ބައްޕަގެ ބާރު އަޑުން މުޅި އެޕާރޓްމެންޓް އެކީ އެކައްޗަށް ގުގުމައިގެން ދިޔައެވެ … “ހިޔާލަށް ގެއްލިފައި އިން ޝައިން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކައް ބަލާލެވުނީ ޝިބާން ބައްޕަގެ މޫނަށޭށްވެ. […]
“ދަރިފުޅާ.. ޝައިން އަކީ އެހާ ރަގނޅު ކުޖެއް ނޫން ދަރިފުޅު ހަޔާތައް ގެންނާކައް.. ބައްޕަ އަކައް ނުފެނޭ ދަރިފުޅު އޭނާއާއި ގުޅިގެން އުޅޭކައް.. އިސްޖެހިފައި އިން ޝިބާން ސިހިފައި ބައްޕަގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ. ސަބަބު އެނގެން ބޭނުން ވިޔަސް ހަނު ހުރުން އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ބަލައިގެން ޝިބާން ކެތްކޮއްލިއެވެ. ” ދަރިފުޅައް އެނގޭނު އެއީ ނާސި ކުއްޖެއްކަން.. ނޫނީ ހަމަ އެނގި ހުރެވެސް ނެނގޭ ކަމައް ހަދައިގެންތަ ތިއުޅެނީ.. […]
މާގަނޑުން ވެހެމުންދިޔަ ފެންތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ލޮލުން އައި ކަރުނަތައްވެސް އެ ފެނާ އެކުވެ ވަންހަނާވެގެން ދިޔައީއެވެ. ހުރިތާ ގަނޑުވެފައި ހުންނަން ޖެހުނީ އަހަންނަށެވެ. ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އެތައްބައެއްގެ ހިތަށް އުފާވެރިކަން ގެނުވައިދީފައެވެ. ހަމަ އެފަދައިން އެތައް ބަޔަކު ހިތާމައިން ރޮއްވާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް އޮތް ގޮތަކީ ހަމަ އެކަނި ރުއިން ހެއްޔެވެ؟ ތަޤުދީރުގެ މި ކުޅިގަނޑު ހުއްޓޭނީ ކޮންދުވަހަކުން ބާއެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން […]
ދެލޯ ފެންކަޅީވެ އެސްފިޔާގެ އެހީގައި ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފައިބައިގަތުމުގެ ކުރިން ޝައިން ސިހިފައި ބަލާލީ ޝައިން ގެ ކޮޑުގައި މީހަކު އަތް އަޅާލުމުންނެވެ.. ޝިބާންގެ މޫނަށް ބަލާލުމާއި އެކުހެން ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ.. ޝިބާން އަށް އެއީ ބަލަން އެހާ ފަސޭހަ މަންޒަރަކަށް ނުވުމުން ޝައިން ގެނެސް އަމިއްލަ މެއާލައި ބޮޑިކޮއްލިއެވެ.. ޝައިންގެ ހޫނު ކަރުނަތައް ޝިބާންގެ ގަމީސް ތެއްމަމުން ދިޔައެވެ. ޝައިންގެ ބޮލުގައި ފިރުމަމުން ދިޔަ ޝިބާން ސިހުނީ ފައިގެ ފަލަމަސް ގަޑާއި ދިމާލުން ޖިންސް […]
ނޯޓް: މިއީ ހަޤީޤީ ހާދިސާއެކެވެ. ހަނގުރާމަ ފެށުމުގެ ކުރީން އަހަރެންނާއި އަހަރެންގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. އެހެނަސް، ހަނގުރާމަ ފެށުމުން ތަދުމަޑުކަމުގެ ހިތި ރަހަ ލާން ފެށިއެވެ. ކާނޭ އެއްޗެއް ނެތްތާނގައި ބޯނޭ ފެންފޮދެއްހާ ހިސާބުވެސް ލިބެނީ ވަރަށް ޙާލުންނެވެ. އެލިބޭ މަދު ފެންފޮދުވެސް އަހަރެމެން ބޮނީ ކިހިނެއް ކަމަށް ހެއްޔެވެ؟ ތުންފަތުގައި ފެންފޮދެއް ހަމައެކަނި ހޭކޭ ވަރަށޭ ބުންޏަސް ދޮގަކަށް ނުމެވާނެއެވެ. މިހެން އުޅެނިކޮށް، އަހަންނަށް ޚަބަރު ލިބުނީ ވަރަށް ދުރު ހިސާބެއްގައި […]
މަޑުމަޑުން އިވެމުންދިއަ ފިޔަވަޅުތަކުގެ އަޑު ބާރުވަމުން ދިއަ ވަރަކަށް މީހަކު ގާތަށް އަންނަކަމުގެ އިހްސާސްކުރެވި ސިމަން އިސްއުފުލާލިއެވެ. އޭރު ސިމަން އާއި ފޫޓެއް ހާ ދުރުގަ ހުރި އަރީސްގެ ފަހަތުން ފެނުނު މޫނަކުން ސިހިފައި ސިމަންއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލާލިއިރު އިންތިހާ ދަރަޖައިގެ ބިރުވެރިކަން މޫނުން ފެންނަމުން ދިއައެވެ. އަވަސް އަވަހަށް ފުރަގަސް ދެމުން އެތެރެއަށް ވަންނަން ސިމަންނެގި ފިޔަވަޅު ގަނޑުވީ “ސިމީ” އޭ ކިޔާ އެޒުވާނާ ގޮވާލިއަޑަށެވެ. އެއަޑު އިވިފައި ފަހަތަށް އެނބުރުނު […]
އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހުރޫމްވެފައެވެ.އެއީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟.އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީ މެވެ. އެކަމަކު ބޭރަށް ނިކުމެއްޖިއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ.އަހަރެން ވެސް އެހެން ކުދިންހެން އުޅެން ބޭނުން ވެއެވެ.އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތި ބެއެވެ.ހޯދަން ބޭނުން ނުވަނީ އެއް ނޫނެވެ. ނުލިބެނީ އެވެ.އަހަންނަކީ އެހާ ރީތި […]
“އޭނ… ދޫކޮށްލާ އަހަރެން ގައިން، ތީކާކުތަ މަގޭ ގައިގަ ހިފައިގަންނަށް..” ލޯ މަރައި ތަގުޅި ކޮށްގެން ހުރެ ސިމަން އަށް ލެވުނުހާ ބާރަކަށް ހަޅޭލަވަމުން ދިއަ އިރު ކައިރީގައި ހުރި ޒުވާނާގެ ރުޅިވެރި ނަޒަރު ސިމަރުގެ މޫނަށް އަމާޒުވެފައިހުއްޓެވެ. ކުއްލިއަކަށް ޖަހާލި ލައްކާއި އެކު ސިމަން އައިސް ތަތްވީ އެޒުވާނާގެ ފުޅާ މޭގައެވެ. އެއާއި އެކު ސިމަން ސިހިފައި ފަހަތްބަލާލިގޮތުން ހީވި ވިހަގަދަ އެއްޗެއް ކަށިޖެހި ހެންނެވެ. ” ހައު ޑޭއަރ ޔޫ… ކޮންހައިސިއްޔަތަކުން ކައެ އަހަރެންގެ […]
މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޚަބާ ކިޔަމެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން ކޮވެއްޔާއި ސޫފިސޫފީގެ އަޑުފިޔަވާ އިތުރު އަޑެއް ނީވެއެވެ. އާދައިގެ މަތިން މިއަދުވެސް ހާޖީތުއްތު އެ ނުކުތީ މަހަށް ދިއުމަށެވެ. ކަތްދަވެސް ފަތިސް ނަމާދުކޮށްގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތާއި ގެންނެވެ. ތުއްތު މަހަށްގޮސްގެން ލިބޭ މަދު އެތިކޮޅުން ހަތަރު ކުދިންގެ ހަރަދުތައް ބަލަހައްޓަމުން ގޭތެރޭގެ ކަންތައްތައް ފުއްދާލެވެނީ ކަތްދަގެ ކުޅަދާނަ ކަމުންނޭ […]