Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވަހުތާން

Kooji
July 30, 2015
3 Mins Read
13 Comments

 މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޚަބާ ކިޔަމެވެ.

 

ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން ކޮވެއްޔާއި ސޫފިސޫފީގެ އަޑުފިޔަވާ އިތުރު އަޑެއް ނީވެއެވެ. އާދައިގެ މަތިން މިއަދުވެސް ހާޖީތުއްތު އެ ނުކުތީ މަހަށް ދިއުމަށެވެ.  ކަތްދަވެސް ފަތިސް ނަމާދުކޮށްގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތާއި ގެންނެވެ. ތުއްތު މަހަށްގޮސްގެން ލިބޭ މަދު އެތިކޮޅުން ހަތަރު ކުދިންގެ ހަރަދުތައް ބަލަހައްޓަމުން ގޭތެރޭގެ ކަންތައްތައް ފުއްދާލެވެނީ ކަތްދަގެ ކުޅަދާނަ ކަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

*********

“ކަތްދާ! ނެތްތަ ކާއެއްޗެއް؟” މަހުން ލަފައިގެން އައިސް ގެއަށް ވަން ތުއްތު ކަތްދައަށް ގޮވާލަމުން ބުންޏެވެ. ކަތްދަ އަވަސްވެގަތީ ސައި ތައްޔާރު ކުރުމަށެވެ. ކަޅުސައި ތަށްޓަކާއި ދެތިން ފާރޮށިކިބަ ހިފައިގެން އައިސް ބޮޑުއަށި މަތީގައި ބެހެއްޓިއެވެ. ތުއްތުވެސް ކުޑަކޮށް ފެންވަރާލައިގެން އައިސް ބޮޑުއަށި މަތީގައި އިށީނެވެ.

“ކޮބާ ކުދިންކޮޅު؟” ސައިތަށިން ކޯވަރެއް ބޯލަމުން ތުއްތު އެއްސެވެ. “ކުޑަ ތިންބެއިންވީ އެދުރުގޭގަ. ފާތުމަވެއްޖެ  ހައްވައާ އެކީ އަތިރިމައްޗަށް ކުޅެންގޮސް” ކަތްދަ ވަރުބަލި ރާގަކަށް ބުންޏެވެ. “މިފަހަރު ހިއެއްނުވޭ އެއްޗެއް ލިބޭނެހެނެއް” ތުއްތު ދެންފެށީ މަސްވެރިކަމުގެ ވާހަކައެވެ. “މިދުވަސްކޮޅު މަސްވެރިކަން ވަރަށް ދަށް. ހަމައެއްގޮތެއްވެސް ނުވޭ ” ކަތްދައަށް އިތުރު އެއްޗެއް ނުބުނެވެނީސް ތުއްތު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެން ވަރަށް ކަންބޮޑުވޭ. ފާތުމަވެސް އެހެރީ ރަށު މަދަރުސާއިން ކިޔެވޭނެ ވަރަކަށް ކިޔަވައިގެން. އެމަންޖެ އަދިވެސް މީހަކާ އިންނަ ޚިޔާލެއް ނުކުރޭ. އެހެންނަމަ އަހަރެމެންނަށް މިއަށްވުރެ ފުދިގެން އުޅެވުނީސް، ނޫންތަ ކަތްދާ؟” ތުއްތު ދޯ އެއްލީ ކަތްދައަށެވެ. “އަހަރެން ވަކި ކީކޭ ބުނާނީ. އެމަންޖެ ގާތު ކިތަންމެ ވަރަކަށްވެސް ތިވާހަކަ ދެއްކިއްޖެ. އެކަމަކު އެމަންޖެ ހަމަ…” ކަތްދަ ފުންނޭވާއެއް ދޫކޮށްލަމުން އިސްޖަހާލިއެވެ.

“އަހަރެން އެބައަންނަން މުދިންބެ ގޯތިދޮށަށް ގޮސްލާފަ” ސައިބޮއި އަވަދިވެގެން ބޮޑުއަށި މަތިން ތެދުވަމުން ތުއްތު ބުންޏެވެ. ކަތްދަ ތަށިތައް ހިފައިގެން ގޮސް ވަނީ އޮށިން ހަދައިފައިވާ ކުޑަ ބަދިގެއަށެވެ.

ތުއްތުގެއަށް އައީ މެންދަމުން އަލިވެ ދެއެއް ޖެހިފަހުންނެވެ. އޭރު ކަތްދައާއި ކުދިންކޮޅު އޮތީ ނިދާފައިކަމުން ތުއްތުވެސް ނިދަން އޮށޯތެވެ. އާއުންމީދު ތަކަކާއެކުއެވެ. މިދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނޭކަމުގެ ހިތްހަމަޖެހުމާވެސް އެކުގައެވެ.

ޖެހިގެން އައި ދުވަހެވެ. މަހަށް ދިއުމަށްޓަކައި ހާޖީ ތުއްތު އާއި އަދިވެސް މުދިންބެ އޮޑިން މަހަށްދާ އިތުރު ހައެއްކަ ފަޅުވެރިން އޭރުތިބީ އޮޑިދޮށުގައެވެ. މިއަދަކީ މުދިންބެވެސް އޮޑި ފުރާތަނަށް އައިސްހުރި ދުވަހެކެވެ. އަނެއްކާ މާޚާއްސަ ދުވަހަކީ ބާވައެވެ. އިރުކޮޅަކު ފާލަން ދޮށުގައި ތިބުމަށްފަހު ފަޅުވެރިން އޮޑިއަށް އަރަންފެށިއެވެ. ތުއްތުވެސް ކަތްދަ ދިން ފޮނިރޮށި ގަނޑަކާއި ވަޅޯމަސްކޮޅު ދުފާދަބަސް ތެރެއަށް ލަމުން އޮޑިއަށް އެރިއެވެ.

ދުވަހަކީ އުޑުމަތި ސާފު ދުވަހެއްކަމުން އޮޑި ދަތުރުކުރަމުން ދިޔައީ ހަރު ދުވެލީގައެވެ. އޭރު އިރުގެ އަލިން ރަތްވެފައިވާ ވިލާތައް އުދަރެހުގެ އެކިދިމާލުން ފެންނަން ހުއްޓެވެ. ހުރިހާ ފަޅުވެރިން އަވަދިނެތި އުޅެމުންދިޔައީ މަސްބާނަން ބޭނުންކުރާ އާލާތްތައް އެއްތަން ކުރުމުގައެވެ.

އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު މަސްވެރިކަން ވަރަށް ރަނގަޅެވެ. ފަޅުވެރިން ވަރަށް ފޯރިއާއި އެކު މަސްބާނަމުން ދިޔައެވެ.  އޮޑިފުރެންދެން މަސްބޭނުމަށްފަހު ރަށާވީކޮޅަށް އޮޑި މިސްރާބު ޖެހިއިރު ތުއްތުގެ މޫނުމަތީގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަން ފިލުވާލުމަށް ހުރިހާ ފަޅުވެރިންނާއި އެކު ތުއްތުވެސް އޮށޯވެލީ އަރާމުކޮށް ލުމަށެވެ. ޑެގުމަތީގައި އޮށޯވެލިތަނާހެން ތުއްތުގެ ލޮލުގައި އަޅައިގަތީ ނަގަމުން އަންނަ ބޯވިލާގަނޑެވެ. އިސާހިތަކު ކަޅުވިލާތަކުން މުޅިއުދަރެސް އެކީ އެކައްޗަކަށް ބަނަކޮށްލައިފިއެވެ. “ސުބުޙާނަﷲ” ތުއްތުއަށް ހިތާހިތާ ކިޔާލެވުނެވެ. އިރުކޮޅެއް ކުރިން ސާފުކޮށް އޮތް އުޑުމަތީގައި ވަނީ ކަޅުވިލާތަކުގެ ސާލެއްފެތުރިފައެވެ. ކަނޑުގެ ރާޅުތައް ހީވަނީ ހަމަ ދެންމެ ދެންމެ އޮޑީގެ މައްޗަށް ސަވާރުވެގަންފާނެ ހެނެވެ. ހުރިހައިކަމެއްވެސް ވެގެންދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ވަށައިގެންވާ މާޙައުލުގެ ނާމާންކަން ފެނިފައި އެންމެންގެ ހިތަށްވެސް ނޭނގޭ ބިރުވެރުކަމެއް ވެރިވިއެވެ. ދެންކުރަންވީކަމެއް ނޭނގިފައި ތިބެވުނީ ދާނޭ ވަކިމިސްރާބެއް އެނގޭވަރު ނުވުމުންނެވެ. ކަނޑު ގަދަކަމުންނާއި ވެހެންފެށި ބޯ ވާރޭގެ ސަބަބުން އޮޑި އިތުރަށް ދުއްވޭވަރެއް ނޫނެވެ. އިސާހިތަކު ނެގި ބިޔަރާޅަކާއި އެކު އޮޑި ބަންޑުންޖަހާލައިފިއެވެ.

*****************

މުދިންބެ އޮޑި މަހަށް ފުރައިގެން ޚަބަރެއް ނުވާތާ މިއަދަށް ހަފްތާއެއްވީއެވެ. އޮޑި ހޯދަން ރަށުރައްޔިތުން ނުކުމެ ކައިރި ހިސާބުތައް ބަލާހެދިއެވެ. ނަމަވެސް އެއޮޑީގެ ހިލަމެއް ނުވިތާގަ އޮޑިން ދަތުރުކުރި އެއްވެސް މީހެއްގެ ޚަބަރެއްވެސް ނުވިއެވެ.

ކަތްދައަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެނެވެ. އެކަމަކުވެސް ތުއްތު މަރުވިކަމަށް ގަބޫލުކުރާކަށް ކަތްދަގެ ހިތެއް ނޭދުނެވެ. އެ ޚާދިސާގެ ފަހުން ކަތްދަގެ ކުޑަކުޑަ އާއިލާ ވަނީ ބިކަހާލުގައި ޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ޚަރަދުކުރާނެ އިތުރުމީހަކު ހުރީކީއެއް ނޫނެވެ. ތިންކުދިންގެ ކިޔެވުމާއި ގޭތެރޭގެ ޚަރަދުތައް ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ. މިކަމާ ވިސްނާ ވިސްނާ ކަތްދަގެ ހާލު ވަކިން ދެރަވެއްޖެއެވެ.

“މިއީ ހިއްވަރު ދެރަކުރަންވީ ވަގުތެއްނޫން. ހުރިހާ ކުދިންގެ ޒިންމާވެސް ނަގަންހުރީ ހަމަ ކަތްދަ ” ކަތްދަގެ ބޮޑުދައިތަ ޙަލީމާ ވާހަކަދެއްކީ ކަތްދައާއި އެވެ. ” ކޮންމެވެސް މަސައްކަތެއް ކުރަން ފައްޓަބަލަ. ބޮޑުދައިތައަށް ފެންނަނީ ހެދިކާ ހަދައިގެން ނަމަވެސް އާމްދަނީއެއް ލިބޭނެގޮތެއް ވޭތޯ ބަލަން. ބޮޑުދައިތައަށްވެސް ވީވަރަކުން އެހީވާނަން.”

ބޮޑުދައިތަގެ އެހީއާއިއެކު ކަތްދަ ހެދިކާ ހެދުމުގެ މަސައްކަތް ފެށިއެވެ. އާ ހިތްވަރަކާއިއެކު އާއިލާގެ ޒިންމާ ކަތްދަ ނެގީ ވަރަށްވެސް ކެރިގެންނެވެ. އިސާހިތަކު ކަތްދަގެ ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވެވިއްޖެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކަތްދަ އަވަދިނެތި ބަދިގެ ތެރޭގައި އުޅެއެވެ. އެވަގުތު ރަށުގެ ޒުވާންފުރައިގެ ކުއްޖަކު ދުވެފައި އައިސް ދިން ޚަބަރަކުން ވާންވީ އުފާކަމެއް ނުވަތަ ކުރަންވީ ހިތާމަކަމެއްވެސް ކަތްދައަކަށް ނޭގުނެވެ. އިރުކޮޅަކު ގަބުވެފައި ހުރުމަށްފަހު، ކަތްދަ ދުއްވައިގަތީ ފާލަންދޮށަށެވެ. ކަތްދައަށް ދެވުނުއިރު ރަށުގެ ގިނަބަޔަކު ވަނީ ފާލަންދޮށަށް އެއްވެފައެވެ. ހާސްކަންމަތީ ހުރެ ކަތްދަ ގޮސް މީހުންތައް އެއްވެފައިވާ ތަނަށް ހުއްޓުނެވެ. އެވަގުތު ކަތްދަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “ތު އް ތޫ!!” ކަތްދަގެ އަޑުގައިވަނީ އުފަލާއި ހިތާމަ އެކުލެވިފައެވެ. ތުއްތު ދިރިހުއްޓާ ފެނުމުން އުފާވީ ކަމެއް ނުވަތަ ތުއްތު އޮތް ޙާލު ފެނިފައި ދެރަވީކަމެއްވެސް ބުނާކަށް ނޭގެއެވެ. ތުއްތުގެ ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފައެވެ. މީހާގެ ހެއެއްވެސް ނެތެވެ. އެއްވެތިބި މީހުންގެ ވާހަކައިން އެގުނު ގޮތުގައި ތުއްތު ފެނުނީ ޖެހިގެންއޮތް އަތޮޅުގެ ފަޅުރަށަކުންނެވެ.

ހަފްތާއެއްގެ ފަރުވާއަށްފަހު ތުއްތުގެ ހާލު މުޅިންހެން ރަނގަޅުވިއެވެ. ތުއްތު ކިޔައިދިން ގޮތުގައި ކުއްލިއަކަށް ނެގި ކޮޅިގަނޑެއްގައިޖެހި އޮޑި ބަންޑުންވީއެވެ. ދެންތިބި ފަޅުވެރިންނަށް ވީގޮތެއް އަދި ތުއްތު ސަލާމަތްވީ ގޮތެއްވެސް ޚުދު ތުއްތުއަކަށްވެސް ނޭގެއެވެ. މި ކަންތައްގަނޑު ދިމާވާން މެދުވެރިވީ މަހަށް ފުރުމުގެ ކުރީރޭ މުދިންބެ ހެދި ވަހުތާނަކުންކަންވެސް ސާފު ވެގެން ދިޔައީ އެހިސާބުންނެވެ. ތުއްތު އާއި މުދިންބެ ފިޔަވާ އެހެން އެކަކަށްވެސް މިކަމެއް ނޭގޭނެއެވެ. ތުއްތު އެ މުސީބާތުން ސަލަމަތްކުރެއްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރު ދެންނެވިއެވެ. މުދިންބެވެސް ތުއްތު ކިބައިން މަޢާފަށް އެދުނެވެ. އަދި އެގޮތަށް ކަންތައް ވެގެންދިޔައީ ވަހުތާނު ހެދުމުގައި މުދިންބެއަށް ފަރުވާކުޑަ ކޮށްލެވުމުންކަމަށްވެސް ބުންޏެވެ.

(ނިމުނީ)

ނޯޓް: ވަހުތާން- މަސްވެރިކަން ރަނގަޅުކުރުމަށް ހަދާ ފަންޑިތަ.

1
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Kooji

Wish to do a lot of things in life, and writing is a part of it❤

Other Articles

Previous

ނާމާނޭ…9

Next

ނާމާނޭ…10

Next
July 30, 2015

ނާމާނޭ…10

Previews
July 30, 2015

ނާމާނޭ…9

13 Comments

  1. PluviophileNyctophilia says:
    July 30, 2015 at 9:12 pm

    V Reethi Maasha allah

  2. Ruhu says:
    July 30, 2015 at 9:13 pm

    Vaahaka salhi thankolheh kury

  3. elsa says:
    July 30, 2015 at 9:19 pm

    nice

  4. Shabee says:
    July 30, 2015 at 9:43 pm

    V v reethi 🙂 maruhabaa 1st story ah KOOJI… v habeys… n.v happy maana neyngey kahala word ehege maana liyefa ineema…thank u…love it…. 😉

  5. Kinaa says:
    July 30, 2015 at 9:51 pm

    im late to the esfiya site huh!!!!! btw story is perfect

  6. ifaasha says:
    July 30, 2015 at 10:11 pm

    Welcum kooji… story is awesome.. hope ur nxt story also will be much better than this one… gud luck… 🙂

  7. Hanna says:
    July 31, 2015 at 12:13 am

    Salhi

  8. AR says:
    July 31, 2015 at 3:30 am

    V salhi

  9. Ariel says:
    July 31, 2015 at 4:48 pm

    vvv nice bt thankolheh kuree 🙂

  10. Kooji says:
    August 1, 2015 at 1:40 pm

    Shukuru ☺

  11. Elko says:
    August 5, 2015 at 12:03 am

    V reethi Stry Eh ??

  12. Mariyam Samiyya says:
    June 27, 2016 at 1:47 am

    Maasha Allah! A perfect beginning! Keep up the good work! ❤

  13. Kooji says:
    August 16, 2016 at 11:26 am

    thanks..

Comments are closed.

All Right Reserved!