Skip to content
އެސްފިޔަ

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….

  • “އޭނ… ދޫކޮށްލާ އަހަރެން ގައިން، ތީކާކުތަ މަގޭ ގައިގަ ހިފައިގަންނަށް..” ލޯ މަރައި ތަގުޅި ކޮށްގެން ހުރެ ސިމަން އަށް ލެވުނުހާ ބާރަކަށް ހަޅޭލަވަމުން ދިއަ އިރު ކައިރީގައި ހުރި ޒުވާނާގެ ރުޅިވެރި ނަޒަރު ސިމަރުގެ މޫނަށް އަމާޒުވެފައިހުއްޓެވެ. ކުއްލިއަކަށް ޖަހާލި ލައްކާއި އެކު ސިމަން އައިސް ތަތްވީ އެޒުވާނާގެ ފުޅާ މޭގައެވެ. އެއާއި އެކު ސިމަން ސިހިފައި ފަހަތްބަލާލިގޮތުން ހީވި ވިހަގަދަ އެއްޗެއް ކަށިޖެހި ހެންނެވެ. ” ހައު ޑޭއަރ ޔޫ… ކޮންހައިސިއްޔަތަކުން ކައެ އަހަރެންގެ ގައިގަ ތިއަތްލީ ލަދެ ވެސް ނެތީތަ..އެހެންނޫނަސް އަހަރެން ކުރަންއުޅޭކަންތައް ހުއްޓުވަން ތީ ކާކުތަ؟….ޒުވާނާ އާއި ދިމާއަށް ލޯ އަޅާލައިގެން ހުރި ސިމަންގެ ބަސްތަކުން އެޒުވާނާ ގެ ރުޅި އިންތިހާ އަށް ގޮސް ސިމަން ގެ ގައިގާ އަޅާ ކޮށްޕާލުމާއި އެކު ބިރުވެރި ހަޅޭކާއި އެކު ސިމަން ގޮސް ޖެހުނީ ފުންކޮށްފައިވާ ފަޅުގެ ލޮނުގަނޑު ތެރެއަށެވެ. ހަމަ ވަގުތުން މަރަށް ތެޅޭ ރޯމަހެއްހެން ސިމަން ތެޅެން ފެށިއެވެ. ދެލޯ ބޮޑުވެ ރޮވެން ފެށިއެވެ. ފަތަންވެސް ނޭގޭހާލު ކުރެވުނުހާ ކަމެއް ކުރަމުން ދިއައީ ސަލާމަތް ވެވޭތޯ އެވެ. ލެވެމުން ދިއަ ހަޅޭކުގެ އަޑުއިވޭ ހިސާބުގައި ހުރި ހަމައެކަނި އިންސާނާ ހުރީ ބަލާށޭވެ. ވާނުވާ ނޭގޭވަރަށް ސިމަން ގެ ހާލަތު ގޮސް އެންމެފަހު ގައިން ހަކަތަ ދޫވެ އަޑިއަށް ދާން ފެށިއެވެ. ސިމަން ބޭނުންވި ގޮތަށް މި އަނިޔާވެރި ރަހުމުކުޑަ ދުނިޔެއާއި އަލްވަދާއު ކިޔަނީބާވައެވެ؟ މެރެމުން ދިއަ ލޮލުން އެންމެ ފަހުފަހަރަށް ބަލަން ލިބުނީ އެޒުވާނާގެ ސޫރައެވެ. އެ އަތުގެ ތެރެއަށް ސިމަން ލުމާއި އެކު ހަބަރުހުސްވެގެން އެ ހަށިގަނޑު ދެމުނެވެ.

 

“އަހަރެން ހިތަށް އަރާ ކޮން ދުނިޔެއަކުން އައިސްހުރި ކުއްޖެއްބާއޭމީ! އެވަރުމަ ސަލާމަތްކުރަން ދިއާމަވެސް ވީ ގޯހަކަށް، އަދި އެންމެ އަޖައިބުވީ ފަތަންވެސް ނޭގޭހާލު އެތަނަށް ފުންމާލަން އުޅުނަތީ….” އެ ޒުވާނާ އިސްޖަހާލަމުން ބޯ ދެފަރާތަށް ހުރާލިއެވެ. “އަމިއްލަ އަށް މަރުވަންވީ ތޯއްޗެއްދޯ.. ލިއާ ކޮންކަމަކާ ތި ވިސްނަނީ، އެ ޒާތުގެ އަންހެނުން އުޅޭ ވައްތަރު އެއީ،މަށައް ހީވަނީ ލިއާ އަށް ތުއި ދެކެން ވެގެން ކުރިކަމެއް ކަންނޭގެ ތީ، ނޭގެ ކޮންތާކުން އާ ކާކު ކަމެއް ވެސް، ހަމަ ގައިމުވެސް މީން ދުވަހަކު އެކަމަނާއެއް މިރަށަކުން މަށެއް ނުދެކެން، ކޮންމެ ފަދަ މޮޔައަކަސް ބަލާލަން ފުރިހަމަ ހަނދެއް ދޯ ލިއަމް” ފަހަތުގައި ހުރި ފަހުދުގެ ޖުމްލައިން ލިއަމް ލޯ އަޅާލަމުން ފަހުދުގެ ކޮނޑުގައި ޖަހާލުމާއި އެކު ދެޒުވާނުގެ ހުނުމުގެ އަޑު ގުގުމާލިއެވެ.

 

“ސިސްޓާރ .. އެއަންހެން ކުއްޖާ ހޭއަރާފިތަ މިހާރު…ހާލުކޮޅު ކިހިނެއްބާ؟” ހޮސްޕިޓަލް ތެރެއަށ ވަދެގެން އައިސް ނަރުހުންގެ ކައުންޓަރު ކައިރީ ހުއްޓުނު ފަހުދު ސުވާލުކުރީ އެތާނގައި އިން ނަރުހަކާއެވެ. އަވަސް ވެފަވާ ހިތައި އެކު ކައިރީގައި ހުރި ލިއަމް ވެސް އިންތިޒާރު ކުރަމުން ދިއައީ ނަރުސްކުއްޖާގެ ބަހަކަށެވެ.” ހޭޢަރައިފި، އެކަމަކުވަރަށް ބިރުގަނެފަ ހުރުމާއި އަދި ޑިޕްރެސްވެފަހުރި ލެއް ބޮޑުކަމުން ޕިޒިސިއަން ބަލާފައި ރެސްޓް ކުރުމަށް އިންޖެކްސަނެއް ޖަހާފައި އެއޮތީ، ހޭއެރުމާއި އެކުހެން ތެދުވި ގޮތަށް އުޅުނީ ނުކުމެވޭތޯ މިތަނުން”

ވަރެއްގެ އަންހެނެއް ދޯ އެއީ” ނަރުސްކުއްޖާގެ ޖުމްލައިވި، ފަހުދު ކުދި ކިޔާލިއެވެ. ” އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަކަށް ނޭގޭ.. ” ލިއަމް ގެ ޖުމްލަ އިވި ނަރުސް ކުއްޖާ ހީލަމުން،އެއީ، މިތާއުޅޭ ފަޒީމެންގޭގައި އުޅޭކުއްޖެކޭ ބުނެލުމުން،ލިއަމް ހިތްހަމަޖެހުނެވެ. ” ފަޒީ ވީ އެތެރޭގަ، އެވެސް ނަރުހެއް، ފަޒީ ވަރަށް ލޯބިވާނެ ސިމަން ދެކެ، ކޮއްކޮއެއްފަދަ ކުއްޖެއް އޭނަގެ” ލިބެމުން ދިއަ އިތުރު މައުލޫމާތާއި އެކު ފަހުދު ވިހަ ހިނިތުންވުމެއްގައި ލިއަމް އާއި ދިމާއަށް ނިންއަރުވާލިއެވެ.” ތޭންކްސް އިނގޭ، ދެންދަނީ، އަދި ފަހުން އެމަންޖެއް ހާލުބަލާލަން އަންނާނަށް” ލިއަމް އެހެން ބުނެ ނުކުތުމަށް ހިގައި ގަތެވެ.

 

” އެ ކުއްޖާ އެގޮތުގަ ހަލާކުވަނީ އެ، މަހިތަށް އަރާ އެ ކުއްޖާގެ ހާލަތު ދެނެގަނެވޭފަދަ މީހަކު އެ ހަޔާތަށް އަންނާނީ ކޮންދުވަހަކުންބާއޭ! ފަޒީމާ އާއި އަރީސް ކިތަންމެ އޯގާތެރިއަސް އެ ކުއްޖާއަށް ދިމާވެފައިވާ ކަންތައް ގަނޑުން އަރައިގަންނާނެ ފަދަ ގޮތެއް އަދިވެސް ނުފެނޭ، އަދި އެންމެ ވިހި އަހަރު އެކަމަކު އަބަދުއެމަސައްކަތް ކުރަނީ އަމިއްލަ ފުރާނަ ދުއްވާލަން” ހޮސްޕިޓަލް ނުކުމެގެން ދިއަ ލިއަމް އާއި ފަހުދުގެ ސައުގު ހުރީ ކުރިމަތީ ހުރި ފިހާރަ ދޮރުމަތީ ތިބި ދެއަންހެނުންގެ ވާހަކައަށެވެ. ޔަގީނާގާތަށް އެމީޙުން އެދައްކަނީ ސިމަންގެ ވާހަކަ އެވެ. ފަހުދު ގެ މޫނުން ހައިރާންކަން ފާޅުވިއިރު ލިއަމްގެ މޫނުން ފާޅުވި އަސަރުތައް ދެނެގަންނަށް ފަސޭހައެއްނުވިއެވެ. ލިއަމް އަށް ލިބުނު ނުތަނަވަސް ކަން ފިލުވާލުމަށް ޓަކައި ހަށިފުރާ ނޭވައެއް ދޫކޮށްލަމުން ހަމަޖެހިލިއެވެ.

 

ސިމަން ގެ ހާލަތު ރަގަޅު ވަމުން ދިއައަސް ސިކުނޑިއަށް ބާރުބޮޑެވެގެން ގޮސް ޑިޕްރެސްވެފައި ހުރުމުން ޑޮކްޓަރ ލަފާދިނީ ދެތިން ދުވަހަށް އެޑިމިޓްކޮށް ފަރުވާ ކުރިއަށް ގެންދިއުމަށެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން ނުވައެއް ޖަހަން ކައިރި ވަނީއެވެ. ސިމަން އިނީ އޭނާ އޮތް ވޯޑް ގެ ކައިރީ ބަހައްޓާފައި އިން ގޮޑި ބަރީ ގައެވެ. ފަޒީ ވެސް ޑިއުޓިއަށް އަންނާނީ ބާރާޖެހުމުން ކަމަށް ވުމާއި އެކު ހާސްކަމާއި އެކު ވަގުތު ތައް ގުނަމުން ދިއައެވެ. ހަމައެކަނި ކުރުނބާ ފަނިތައްޓަކުން ރެގާނޑުގެ ކެއުން ފުއްދާލުމަށްފަހު ތެދުވެލީ އޮށޯވެ އޮތުން އެއީ ސިމަން އަށް އުދަނގޫ ކަމަކަށް ވާތީ އެވެ. ފަތިހުގެ ހާދިސާ އަށް ފަހު ސިމަން ވަނީ ހަމަހިމޭން ވެފައެވެ. އޭގެ ފަހުން އަދި ބަހެއް ނުބުނެ ލާއިރު ކުރެވެން އުޅުނު ކަންތަކާ މެދު ދެރަވާ ފަދަ އެއްވެސް އަލާމާތެއް އެ މޫނަކުން ނުފެނެއެވެ.

 

މަޑުމަޑުން އިވެމުންދިއަ ފިޔަވަޅުތަކުގެ އަޑު ބާރުވަމުން ދިއަ ވަރަކަށް މީހަކު ގާތަށް އަންނަކަމުގެ އިހްސާސްކުރެވި ސިމަން އިސްއުފުލާލިއެވެ. އޭރު ސިމަން އާއި ފޫޓެއް ހާ ދުރުގަ ހުރި އަރީސްގެ ފަހަތުން ފެނުނު މޫނަކުން ސިހިފައި ސިމަންއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލާލިއިރު އިންތިހާ ދަރަޖައިގެ ބިރުވެރިކަން މޫނުން ފެންނަމުން ދިއައެވެ. އަވަސް އަވަހަށް ފުރަގަސް ދެމުން އެތެރެއަށް ވަންނަން ސިމަންނެގި ފިޔަވަޅު ގަނޑުވީ “ސިމީ” އޭ ކިޔާ އެޒުވާނާ ގޮވާލިއަޑަށެވެ…..

 

                   ނުނިމޭ

Comments (22)

  1. rish

    Nice next part avahah update kurahchey….

  2. wiLd-M@rIpos@

    thankyou rish, i will try to upload soon.

  3. sama

    v reethi… next part kn irakun

  4. ken

    V reethi…wen is next part…good luck☺

  5. Piyaara

    V reethi vaane hen hiyvey

  6. emiliya

    Nice seems it will be a different type of story waiting for the next part

  7. sumone

    varah reethi mi part………….

  8. nukko

    V rythi.. new authoreh dww.. intro eh dhyba nukko mennah…. anyways story hama habeys ingeyy.. hope daily koh up kuraanekamah and dhigukoh genes dheyne kamah.. gud luk….. v salaam……. 🙂 😀 🙂

  9. nihaa

    Nice

  10. Eeen

    V reethi v kiyaa huthun indhaa thi ninmaalee. Next part v avas vaane kamah hope kurany…

  11. nishy

    V reethi… kniraku next part otheee

  12. Shabee

    Thankolheh kuru ingey wild m@ripos@…n bst of luck

    1. Ana
      Shabee

      Reethi

  13. Aaraa

    Rethink

  14. Kudu

    Varah reethi vaanehen heevey keep it up

  15. tinting

    Nice

  16. Crazi

    Next part

  17. wiLd-M@rIpos@

    THANKYOU ALL

    1. Shabee
      wiLd-M@rIpos@

      Shabee ah ehaa kamaku nudhey

  18. shasha

    v v v habeys…nxt part avahah up kohdhybaaaaa

  19. Azki

    awwwww! varah reethi 🙂

  20. meesha

    v salhi mi part

Comments are closed.