Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….2

Th@nY Level 1
August 6, 2015 3 Mins Read
19 Comments

މަޑުމަޑުން އިވެމުންދިއަ ފިޔަވަޅުތަކުގެ އަޑު ބާރުވަމުން ދިއަ ވަރަކަށް މީހަކު ގާތަށް އަންނަކަމުގެ އިހްސާސްކުރެވި ސިމަން އިސްއުފުލާލިއެވެ. އޭރު ސިމަން އާއި ފޫޓެއް ހާ ދުރުގަ ހުރި އަރީސްގެ ފަހަތުން ފެނުނު މޫނަކުން ސިހިފައި ސިމަންއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލާލިއިރު އިންތިހާ ދަރަޖައިގެ ބިރުވެރިކަން މޫނުން ފެންނަމުން ދިއައެވެ. އަވަސް އަވަހަށް ފުރަގަސް ދެމުން އެތެރެއަށް ވަންނަން ސިމަންނެގި ފިޔަވަޅު ގަނޑުވީ “ސިމީ” އޭ ކިޔާ އެޒުވާނާ ގޮވާލިއަޑަށެވެ. އެއަޑު އިވިފައި ފަހަތަށް އެނބުރުނު އިރު ސިމަންގެ މޫނުން ފާޅުވި އިންތިހާ ނަފްރަތުން ކޮންމެ ލޮލަކަށް ސިހުން ގެނުންވާނެވެ. އަލްތާފް ސިމަން އާއި ގާތްވުމަށް ޓަކައި ނެގި ފިޔަވަޅުމަތީ ހުއްޓެން މަޖްބޫރުވީ ކުއްލިއަކަށް ގައިގާ ހުރި ބާރެއްލާ ދުއްވައިގަތް ސިމަން ފެނިފައެވެ. މިހައިރާންކުރުވަނިވި މަންޒަރު ފެނި އަރީސްވެސް އަލްތާފްއާއި ދިމާއަށް ނުތަނަވަސް ނަޒަރަކުން ބަލައިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ސިމަން ދިއަ ފަހަތުން ދާން ހިގައިގަތެވެ..

 

ހޮސްޕިޓަލް ބޭރަށް ނުކުމެނުކުމެ ހުރި ސިމަން އަށް ހުއްޓެން މަޖްބޫރްވީ ކުރިމަތިން އައި މީހެއްގެ ގައިގާ ލައްވައިލުމުންނެވެ. ކަރުނުން ފުރިފައިވި ދެލޮލުން އިސްއުފުލާ ބަލާލި ސިމަންގެ ނޭވާ ތާށިވީ ސިމަން އަމިއްލައަށް މަރުވަން އުޅުނު ވަގުތު ހިފެހެއްޓި ޒުވާނާ ކުރިމަތީ ހުއްޓާފެނުމުންނެވެ. ލިއަމް ސިމަން ގެ ގައިގާ ހިފަހައްޓަން ނެގި އަތް ހުއްޓާލަން މަޖްބޫރުވީ ލިއަމްގެ ހަށިގަނޑުގައި އޮޅުލައިގަތް ސިމަންފެނި ހައިރާންވެފައެވެ. ފަހަތުން އައިސް އަރާހަމަވި އަރީސް އާއި އަލްތާފްއަށްވެސް ލިބުނީ ހައިރާންކަމެކެވެ.

” އެހެރަ ނުލަފާ އިންސާނާގެ ކިބައިން އަހަރެން ސަލާމަތް ކޮށްދީ، އާދޭސް ކުރަން…” ސިމަންގެ ވޭނީ އަޑުން އިވުނު ބަސްތަކުން ލިއަމް ސިހިފައި އޭނަގެ ގައިގާ ލައްވެގެން ރޯން ހުރި ސިމަން އާއި ދުރުވެލިއެވެ،” ސިމަން ހަމަހޭގަތަ ތިހުރީ ، ރުއިން ހުއްޓާލާފަ ހަމަޖެހިބަލަ، ސިމަންގެ ދޮންބެއޭނުން އެއީ ކީއްވެގެންތަ ތިހެން ތިއުޅެނީ” އަރީސް ހިތްހަމަނުޖެހިފައި ވާހަކަދެއްކީ ސިމަން ކަންތައް ކުރި ގޮތުންނެވެ. އަލްތާފް ކަހަލަ އިސްބޭފުޅަކާއި މެދު ސިމަން ކަންތައް ކުރިގޮތުން އަރީސް ލަދުގަންނަށްޖެހުނީއެވެ. އަލްތާފަކީ އަތޮޅުގެ ފޮލިސްސްޓޭޝަން ގެ ހެޑް އެވެ. އަރީސްއަކީ އަލްތާފްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެކެވެ. މިފަދަ ގޮތަކަށް ކަންތައް ވުމުން އަލްތާފްގެ ކުރިމަތީ އަރީސްގެ އަގުވެއްޓިދާނޭ ބިރުހީވުމުން ފުރަތަމަ ފަހަރަށް އަރީސް ސިމަންދެކެ ހިތްހަމަނުޖެހުނެވެ.

“މާފްކުރައްވާ ، އަޅުގަނޑު ސިމަން ދަންނަށް އަދި ސިމަން ފަތިހު ހޮސްޕިޓަލަށްވެސް ގެނައީ އަޅުގަނޑު އެގޭ ކުރިން ދުވަހަކުވެސް އަޅުގަނޑާއި ސިމަންދިމައެއްނުވޭ އަޅުގަނޑަކަށް ނޭގެ ސިމަން އެގޮތަށް އަޅުގަނޑުގާތަށް އައި ސަބަބެއް” ހާސްވެފައި ހުރި ލިއަމްގެ ޖުމްލަތައް އިވި ސިމަން ހަމަބިމަށް ފައިބެވުނު ކަހަލައެވެ. ސިމަންހީކުރީ މަރުން ސަލާމަތް ކޮށްދިން ފަދައިން އަލްތާފުގެ ކިބައިންވެސް ލިއަމް ސިމަން ސަލާމަތް ކޮށްދޭނެކަމަށެވެ.

ހުއްޓުން އަރާފަހުރި ސިމަންގެ ކޮނޑުގައި އަލްތާފް ހިފާލަމުން ލިއަމްއަށް ހިނިތުންވެލައި ސުކުރު އަދާކޮށްފައި އެތެރެއަށް ހިގައިގަތެވެ. ލިއަމް ނުތަނަވަސް ކަންމަތީ އެނބުރިދާން ހިގައިގަތް އިރު ކުރިމަތި ސިފަވަމުންދިއައީ ރޮވިފައި ހުރި ސިމަންގެ މޫނެވެ. ނޭގި އެއަންހެން ކުއްޖާއާއި މެދު ހިތުގާ އާރިހުމެއް އުފެދެން ފެށިއެވެ. ސިމަންގެ ހަގީގަތް އެގެން ބޭނުންވެގެން ހިތް ތެޅިފޮޅެނީއެވެ. ލިއަމްގެ ގައިގާ ސިމަން އޮޅުލައިގަތް ވަގުތު ކުރެވުނު ތަފާތު އިހްސާސުން ފޮނިމީރުކަމެއް ހިތަށްލިބިގެން ހިގައްޖެވެ……އިންތިޒާރުގެ ވަގުތުތައް ގުނެވެން ފެށީ އަލުން ބައްދަލު ވާނެވަގުތަށެވެ.

” ސާރ އަޅުގަނޑު އެބަޖެހޭ ގެއަށް ދުރުވެލަން އެންމެ ރަގަޅުތޯ ދިއަޔަސް ކަމެއް ބޭނުން ވިއްޔާ ގުޅާލައްވާ…” އަލްތާފްއާއި ސިމަންގެ ފަހަތުން ވޯޑަށް ވަދެގެން ދަމުން އަރީސް ގެއަށް ދިއުމުގެ ހުއްދައަށް އެދުނީ އަލްތާފުއާއި ސިމަންއަށް ވަގުތު ދިނުމަށެވެ. އަލްތާފް ބޮލުގެ އިޝރާތުން އާއެކޭ ބުނުމުން އަރީސް ދާން ނުކުތެވެ.

ޖެހިބުދެއް ހެން ހުއްޓިހުރި ސިމަން ގެ ގައިގާ އަލްތާފް ހިފާ ދަމައިގަތްނަމުން މޭގަ ލައްކޮއްލުމާއި އެކުހެން ސިމަން ބިރުން ރޫރޫ އަޅާގަތެވެ. ސިމަން ބާއްވާފައި އޮތް އެނދުގެ ވަށާގެންވީ ފަރުދާ އިން ދުނިޔޭގެ ލޯތަކަށް އަލްތާފްގެ އެނުލަފާ ސޫރަ ވަންހަނާވެގެންދިއައެވެ. މިހާތަނަށް ހަޔާތުގައި އަނިޔާނޫން އެހެން އެއްޗެއް ދުނިޔޭގަ ލިބިފައިނުވާ ސިމަންއަށް އަލްތާފްގެ އެއަމަލުން ކެތްތެރިކަން ކޮޅުލައިގެން ދިއައެވެ. ” އޭތް ކަލޭ މަށާ ދުރުގަ ހުރޭ… ތީތަ ދޮންބެއިންގެ ފެންވަރަކީ ތީތަ ކަލޭ ކިޔެވި އެއްޗެކުން ކައެއަށް ކުރި ފައިދާ އަކީ .. ހުރި އެންމެ އަންހެން ކޮއްކޮއާއި ފިރިހެން ކޮއްކޮގެ ލެއަށް ފެންބޮވިފަ ފުރުސަތަކަށް ބަލަބަލާ ތި ހުންނަނީ ކަލޭގެ މުޑުދާރު އަމަލުތައް ދުނިޔެއަށް އަބަދަށް ވަންހަނާ ވާނެކަމަށްތައް…ނުވާނެ އަބަދަކުއެއް، ފަޅާވެސް އަރާނެ، ކަލޭ ކުޑިފުކަކަށް ހަދާލާފަ ޗިސްޗިސް ކޮށްލާފަނޫނީ އަހަރެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަށް..އެގޭތަ 8 އަހަރުގެ ކުޑަކުޑަ ޝާނިމް ކޮއްކޮއަށް ހެދިގޮތް އެގޭހޭ ކަލެއަށް…. ސިމަންގެ އަޑު ބާރުވާން ފެށުމުން އަލްތާފް ގެ ބާރުގަދަ އަތުން ސިމަންގެ އަގައިގަ ހިފާ ބާރުކޮށްލިއެވެ. “ހެހެހެ….ހަމަރަގަޅަށް ވެސް ބުއްދި ގޯސްވެފަ ތިއަންހެނާ ތިހުރީ މޮޔައިންގެ މަރުކަޒަކަށް ދޯ ފޮނުވަންވީ، ..ކަލެއަށް އިތުބާރު ކުރާނެ އެއްވެސް ނަފްސެއް މިބިމަކު ނުވާނެ..އެހެންވީމަ މިއަނގަ މަޑުން ލައިގެން އިނދޭ..މަ ޝާނިމްއަށް ހެދި ކޮންގޮތެއް އެގިގެންތަ ތިތެޅެނީ…ކަލޭވެސް ތީ މަގޭ އަތްދަށުން ބޭރު ނުވެވޭނެ މީހެއް..” އަލްތާފްގެ ރުޅި ކޮންޓްރޯލް ނުވެވޭނޭ ހީވުމުން ސިމަން ދޫކޮށްލުމަށް ފަހު ދާން އެނބުރުނު ވަގުތު ހަޅޭލަވައިގަތް ސިމަން ބުނި އެއްޗަކުން އަލްތާފްގެ ފިޔަވަޅުތައް ގަނޑުވިއިރު ދަމާފައިވާ ފަރުދާގެ ފަހަތުން މީހެއްގެ ހިލަންވެގެން ދިއަހެން ހީވިއެވެ………

 

                     ނުނިމޭ ް

Share Article

Follow Me Written By

Th@nY

Level 1

Other Articles

Previous

ޝުދޫ***** 14 ވަނަބައި

Next

އިންތިޒާރު 43

Next
August 6, 2015

އިންތިޒާރު 43

Previews
August 6, 2015

ޝުދޫ***** 14 ވަނަބައި

19 Comments!

  1. Zila says:
    August 6, 2015 at 4:50 pm

    toooo short. nt much better

  2. sami says:
    August 6, 2015 at 5:11 pm

    Alhe thankolheh dhigukoh genesdheynama dhw.. vaahaka vvv reethi

  3. rishu says:
    August 6, 2015 at 5:27 pm

    v reethi…keep it up

  4. yooha says:
    August 6, 2015 at 5:44 pm

    varah kiyaa hithun indha e nimuny. aneh bai thakolheh avahah genesdheebala.

  5. Hajja says:
    August 6, 2015 at 6:23 pm

    Reethivaaane kamahmibalani n hope u ll’ upload next part soooon

  6. nuzoo says:
    August 6, 2015 at 6:50 pm

    Haadha kurey dhw… mi vaahaka heevey varah salhi vaanehen… i like it…

  7. nuzoo says:
    August 6, 2015 at 6:51 pm

    Plx dhen part eh long kohlahchey ingey…

  8. Iba says:
    August 6, 2015 at 7:00 pm

    Haadha kurey dhww thankolheh dhigukoh genesdhyba v rythi mi vaahaka

  9. nihaa says:
    August 6, 2015 at 7:16 pm

    Maakury dhww.. Any ways vrh nice…

  10. Aaaaeeee says:
    August 6, 2015 at 7:27 pm

    Maaaa ves kuru . Ehn va nu ves bunaa nan reeti yaaa ves

  11. Shaan says:
    August 6, 2015 at 7:28 pm

    Story nice ingey. Sorry ingey waste chat kureveythee. Bt m searchin for my bee’s…(shaBEE, barBIE)

  12. ken? says:
    August 6, 2015 at 7:49 pm

    V reethi…ekam maa kuree…next part dhigukohlahchey…?

  13. Sana says:
    August 6, 2015 at 10:51 pm

    Salhi

  14. lyn says:
    August 7, 2015 at 2:05 am

    Mi part ves v salhi…

  15. mine says:
    August 7, 2015 at 11:18 am

    Vvvvvvvvvvvv reethi
    Keep it up

  16. nukko :-) says:
    August 7, 2015 at 11:31 am

    Vvvvv rythy..

  17. Jerry.. says:
    August 8, 2015 at 1:51 am

    Alhugadu dhuruvanee ey dhivehi bahuga nukiyaane.. Alhugadu dhanee noonee alhugadu goslanee.. 🙂 vaahaka reethi henn heyvey.. Ekam liyaa iru spelling ah faruvaatheri velunn ragalhu.. 1st part ge kandu ge spelling ves nubai kohfa othii..

  18. Azki says:
    August 8, 2015 at 11:45 am

    varah reethi 🙂
    ummeedh kuraan dhen faharakun dhigukoh vaahaka genesdheyne kamah 🙂

  19. rif says:
    November 4, 2015 at 11:51 am

    Kobaa 3rd part. Mibai ves varah reethi. Mihaar varah ginadhuvas vehje next part ah inthizaarkuraatha. Plx be fast for uploading new parts

Comments are closed.



All Right Reserved!