އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ. އަހުމާން އަށް ބޭރުފުށުން އަނިޔާ ލިބިފައި ހުއްޓަސް އެތެރެ ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތެވެ. އެކަމާ އަހަރެން މާތް ﷲ އަށް ހަމްދު ކުރީމެވެ. ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާފައި ހުރި އިރުވެސް އޭނަ މިއަދުވެސް ސުކޫލު ނިމޭ ގަޑިއަށް ސުކޫލް ދޮށަށް އެ އައީއެވެ. އޭނާ ފެނުމާއިއެކު ލޭ ކެކޭ ގޮތް ވިއެވެ. އޭނާ އާއި ހެދި ޝާހާން ނުލިބުނީމައެވެ. އަހަރެން ކިހާ މޮޔަ […]
އެ ލޯބި މަޢުސޫމް މޫނު ފެނުމާއެކު އަހަރެންގެ ލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކެތްތެރިކަން ކޮޅުންލައިގަތެވެ. ހިތައް ފުން އަސަރުތަކެއް ކުރުވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަޑު ބެދުނެވެ. އެދިމާއަށް އަތް ދިއްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމައާއި، ޒަހީނާއި، އާއިލާގެ ބައެއް އެހެން މެންބަރުންވެސް އެތަނުގައި ތިއްބެވެ. ރޮވިފައެވެ. ހިތާމައިގައެވެ. އަހަރެން ގޮސް އެ މަޑުމަޑު ފުށްގަނޑެއްފަދަ ދަރިފުޅުގެ ގައިގާ، ވަރަށް ބާރަށް ބައްދާލީމެވެ. ލޯ މަރާލެވުނެވެ. އަޑުން އަޑުލާ ރޮވެން ފެށިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭ […]
“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ […]
”ލައްބަ! އަޅުގަނޑު އެއްބަސް” އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރެ އައްފާނު ބުންޏެވެ. އެރޭ އައްފާނު ޒަކަރިއްޔާގެ ގޭދޮށަށް ގޮސް އޭނާ ދިން އެގްރީމެންޓްގައި ސޮއި ކުރިއެވެ. މާދަމާ ކިޑްނީ ހަދިޔާ ކުރަން ހޮސްޕިޓަލަށް ދާނެ ކަމަށް ބުނެ، އައްފާނު މިސްރާބް ޖެހީ ގެއަށް ދިއުމަށެވެ. އައްފާނަށް ގެއަށް ދެވުނުއިރު، ސާޖިދާ ކުކުރަނީއެވެ. ބޮލުގައްޔާއި މޭގައި އަތުން ފިރުމާލަ ފިރުމާލަ އޮތް ސާޖިދާ, އޭނާގެ ބައްޕަ ފެނުމުން ރުއިން ބާރުކޮށްލިއެވެ. އިސާހިތަކު އައްފާނަށް އެ ހަރަކާތްތައް ނަގައިގަނެވިއްޖެއެވެ. […]
” ކުއްލި ގޮތަކަށް މުޅި ޙަޔާތުގެ ކުލަ ބަދަލުވެ ހިނގައްޖެޔޭ.. ޔާ އިލާހީ އަޅުގެ މި ހިތަށް ކެތްނުވާވަރު ވެއްޖެޔޭ.. ލޯބި ތިޔަ އެސްފިޔަ ތަކާއި އެކު…” އިޒްކާގެ މޯބައިލް ފޯނު ދިޔައީ ރިންގްވަމުންނެވެ. ހެދުން ތަކެއް އިސްތިރި ކުރުމުގައި އަވަދިނެތި މަސްޢޫލުވެ އުޅެމުންދިޔަ އިޒްކާއަށް އޭނާގެ ފޯނު ރިންގްވާކަމެއް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެންތާއެވެ. އިޒްކާގެ ފޯނު ވީތަނެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރޭގަ ގެއަށް އައިސް، ފޯނު ކޮޓަރި އަށް އެއްލާލި ގޮތަށް […]
އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ދޮރުމަތީގައި އައްފާނު ހުރީ ހިނގާލަ ހިނގާލައެވެ. ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ. އޭނާގެ މަންމަ ރަމީޒާއާ އެކުގައެވެ. އޭނާ ވަނީ ތަޤްދީރުގެ ނިޔާ ކަނޑައެޅޭނެ ގޮތް ބެލުމަށް ކެތް މަދު ވެފައެވެ. އޭނާގެ ދަރިފުޅު ސާޖިދާގެ އޮޕަރޭޝަނަށް ވާނެ ގޮތަކާމެދު ހިތްއަވަސް ވެފައެވެ. އޮޕަރޭޝަން ކުރެވެމުން އެދާ ސާޖިދާއަކީ އައްފާނުގެ ދެލޮލުގެ ނޫރެވެ. ދިރިހުރުމުގެ އަސްލާއި ބާރެވެ. އުންމީދުގެ ހުޅު ކޮޅެވެ. ސާޖިދާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން […]
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައި ކަމަށް މަންމަ ބުނެއެވެ. އަހަރެން ބޮޑުވެގެން އައީ ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެންނެވެ. މަންމަ އަހަރެންނަށް ބައްޕައެއްގެ ލޯބި ދިނުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އަބަދުވެސް ބައްޕައެއްގެ ލޯތްބައް އެދި ގޮވަމެވެ. ބައްޕަ މިތާ ހުރިނަމައޭ ބުނެވެއެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. މަންމަ ބައްޕަދެކެ ވަރަށް ރުޅިއާދެއެވެ. އަހަރެންނަކަށް ސަބަބެއް ނޭނގުނެވެ. އަހާ އަހާ […]
އޭރު، އަހަރެންގެ އުމުރުން 5 އަހަރެވެ. އަހަރެންގެ އަންހެން ކޮއްކޮއަށް 2 އަހަރެވެ. އަހަރެމެންގެ މަންމަ، ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅެމުން ދަނިކޮށް، މަންމަގެ ހަށިގަނޑުގެ އެއްބައިގެ ވާގި ނެތުނެވެ. އެހެންކަމުން، އަވައްޓެރިންނަށް ގޮވިއެވެ. އެމީހުން އަހަރެމެންގެ ބައްޕައަށް ގުޅިއެވެ. އޭރު ބައްޕަ ހުރީ ވަޒީފާގައެވެ. އެއަށްފަހު، އެމީހުން ގުޅީ އެމްބިއުލަންސަށެވެ. އެމީހުންނަށް، މަންމައަށް ވީ ގޮތެއް ނޭނގެއެވެ. އަހަރެން ހުރީ ބިރުންގޮސް ހަލާކުވާން ގާތްވެފައެވެ. އިރުކޮޅެއްގެ ތެރޭގައި، އެމްބިއުލަންސާއި އަލިފާން ނިއްވާ ޓްރަކެއް ގޭގެ ބޭރުގައި […]
(މިއީ، އަޅުގަނޑު ކުރިން މި ސައިޓް ގައި ޝާޢިއު ކުރި ކުރުވާހަކަ ‘ގޮތް ހުސްވެފައި..’ ގެ ދެވަނަ ބާބެވެ. މިއީ އަދިވެސް ހިނގަމުން ދާ ހާދިސާތަކެއް ކަމުގައިވާތީ، މި ހާދިސާތައް ވާހަކައެއްގެ ވަކި ވަކި ބާބު ތަކެއްގެ ސިފައިގައި ކުރިއަށް އޮތް ތާނގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.) އަހަރެން އަދިވެސް މިއޮތީ އެނދުމަތީގައެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮތް އިރު އަހަރެންގެ ސިކުނޑިތެރޭ ހިޝާމްގެ ނަން އެނބުރެމުން ދިޔައީވެސް އެ ފަންކަލުގެ ފިޔަތައް ފަދައިންނެވެ. އަހަރެންގެ […]