“ދަރިފުޅާ ތިހެން ހުއްޓައި ގަޑި ޖެހިދާނެ.” “އާނ. މާމް މި ނިންމައިލަނީއޭ.” ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ. ނާޞިރާ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ހިނިއައިސްފައެވެ. ޖުނައިދު ރީތިވާމޭޒު ކައިރިއަށް ގުދުވެލައި ކަނާއަތުން ފަންފަން އިލި އިސްތަށިގަނޑު ނިތްކުރި މައްޗަށް ވައްޓައިލިއެވެ. “ތިތަ މީހުން ފުނާ އަޅައިގޮތަކީ؟ ކުލާހަށް ދާތައި ތިން ދުވަސްވީ އިރުވެސް ހީވަނީ ފުރަތަމަ ދުވަހުހެން. ހިއްހިއް…” “ޔޭސް މާމް. ދަނީއޭ. ލަވް ޔޫ […]
” ކޮބާ ޒުހޭރުބެ؟ ” މާޔާ މަލީހާގެ މޫނަށް ބަލާލީ ސީރިޔަސްކަމާއެކުގައެވެ. މާޔާގެ ސުވާލުން މަލީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް މާޔާ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. ” ޒު..ޒު… ޒުހޭ.. ޒުހޭރުބެ އުޅޭނެ އެއްނު. ދުވަސްކޮޅެއް ވެއްޖެ މަންމައާ ދިމާނުވާތާ ” ތުރު ތުރު އަޅަމުން މަލީހާ ޖަވާބު ދިންއިރު މާޔާގެ މޫނަށް ބަލާވެސްނުލާ ދާންވެގެން އެބުރިލިއެވެ. ” ކިހާ ދުވަހެއް ވަންދެން އަހަންނަށް ދޮގު ހަދާނީ މަންމާ؟ އަހަންނަށް އެނގޭ ޒުހޭރުބެ މަރުވެއްޖެކަން.. […]
ޘަނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ އަރައި އިސްތަށިގަނޑުންނެވެ. “ޘަނާ… ޘަނާ…” ޘަނާގެ ކުރިމަތީގައި ހުރެ ޢާމިލް ދެފަހަރު ގޮވައިލިއެވެ. ޘަނާގެ ބޮޑު ދެލޮލުގެ ކަޅި ދެފަރާތް ދެފަތާރަށް […]
މިއަދުވެސް އިރު އޮއްސިގެން އެދިޔައީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެ އިންތިޒާރު ނިމޭނީ ކޮން ދުވަހަކުން ބާއެވެ. ނިއުޝާ އިންތިޒާރު އެކުރަނީ ކާކައްހެއްޔެވެ؟ އެއީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ކޮންތާކު އުޅޭ ކޮން އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމެއްވެސް ނިއުޝާއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ނިއުޝާގެ ހިތުގައި ރަސްކަން ކުރަމުން އެދާ ޒުވާނާގެ ސިފަވެސް ނޭނގެއެވެ. ނިއުޝާ އިންތިޒާރު ކުރާ އެ ޒުވާނާގެ ފައިގައި އަޅާގަނެފަ ވެއްޓުނަސް ނޭނގޭނއެވެ. އެކަމުވެސް އިންތިޒާރު ކުރެއެވެ. ނިއުޝާ […]
”އޯކޭ! އިޒޫ ވަރުބަލި ފިލުވައިލައިގެން މި ރެއަށް ތައްޔާރު ވައްޗޭ.. ބައްޕަ އާއި މަންމަ ކައިރި ވެސް ބުނައްޗޭ، މިރޭ އަހަރެން ދާނެ ވާހަކަ. ދާއިރު ބޮޑުބެ ވެސް ގޮވައިގެން ދާން މި ވިސްނަނީ.. އޭރުން ދެ ފަރާތު އާއިލާ ވެސް ބައްދަލު ވީނު.” އިޒްކާގެ ގޭ ދޮރުމައްޗާއި އަރާ ހަމަވުމުން އައިމަން ބުންޏެވެ. ”ހުމްމްމް… ބޮޑުބެ ވެސް ގެނޭ.. އާދެވެންޏާ ފަހަރިވެސް ގޮވައިގެން އާދޭ..” އިޒްކާ ޝައުޤުވެރިކަމާއި އެކު ޖަވާބު ދިނެވެ. ” އިޒޫ! އިޒޫ! […]
އަހަރެންނަށް އުފަލުން ރޮވުނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްވެސް އަންނާނެކަން އަހަރެން ހަނދާން ނެތުނީއެވެ.. ޝާ؟؟ މިސާލަކަށް އަހަރެެމެންނަށް ލިބުނީޔޯ ބޭބީ އެއް. ގާލް އެއް.. ކޮންނަމެއް ކިޔާނީ؟؟” ” އުމްމްމްމް.. އައިޒާ ޝާހާން… ސަޅިތަ؟” “ހުމްމް ސަޅި އެކަމު ކޮންތާކުން ތިނަން ލިބުނީ” “ވާހަކައަކައަކުން” ” އޯވް.. ޝާހާން ހަނދާން ނެތުނީއޭ. ޝާ މެން ކަހަލަ މޮޅު ވާާހަކަ ލިޔާ ކުދިން ދެން ވާހަކައިންތާ ދޯ ނަންވެސް ހޯދާނީ” “ހެހެހެހެ” އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ވަރަށް […]
އާއެކެވެ! އެއީ އަހަރެންގެ ކުށެކެވެ. ފަހުދު ގާތުގައި ފާޑުފާޑުގެ އަންހެންކުދިންނައި ވާހަކަ ނުދައްކާށޭ ބުނެވޭކަށެއް ނޯންނާނެއެވެ. ބުނެގެން ނުވެސް ވާނެއެވެ. ކުށްވެރިވާނީ އަހަރެންނެވެ. އެހެންނަމަވެސް އަހަރެން އެންމެ ފިރިހެން ކުއްޖަކާ އަނގައިން ބުނެލިޔަސް އަހަރެންގެ ހިތް ފަޅައިގެންދާހާވަރަށް އޭނާ އިހާނެތިކުރާނެއެވެ. އެއްޗެހި ކިޔައިނެއެވެ. އެއީ ހަމަ ލޯބިންނެވެ. ފަހުދު ދެރަވަނީއެވެ. ދެރަވެގެން ރުޅި އަންނަނީއެވެ. ނޫނެކެވެ. ރުޅި އާދެވެނީއެވެ. ރުޅި އާދެވުނަސް އަތް އިސްކުރުމަކީ ފަހުދުގެ އާދައެއްނޫނެވެ. އަތް އިސްކުރުމަށްވުރެއް އަހަރެމެން ދެމީހުންގެ ލޯބި އޭނާއަށް އަބުރުވެރިއެވެ. […]
”މިއީތަ ދޭން ބުނި ސަޕްރައިޒަކީ؟؟” އިޒްކާގެ މޫނު ވަނީ މިލާފައެވެ. އިޒްކާގެ މޫނަށް ވެރިވި ކުލަވަރު ފެނި އައިމަން ގެ ގާތަށް ހިނި އައެވެ. ”އަޅެ އިޒޫއަށް ހާދަ ނުވިސްނެޔޭ ދޯ! އަހަރެން މި ބުނީ ދެނެއް އިޒޫ އާ ރައްޓެހި ވެގެން އުޅޭކަށެއް ބޭނުމެއް ނޫނޭ. ބޭނުމީ އިޒޫ އާ މެރީ ކުރަން..” އައިމަން އިޒްކާ އާ ދިމާއަށް ބަލާލިއިރު އިޒްކާގެ މޫނުވަނީ އުޖާލާވެފައެވެ. ނަމަވެސް އެކަމުން ވެސް އައިމަން އަށް އެއްޗެއް ދޭހަ ނުވިކަމަށް […]
ކުއްލިއަކަށް އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. “ކުޅިދައްކާލާނަން”. އައީ އަހުމާންގެ މެސެޖެކެވެ. “އެއަށްވުރެ ދެގުނަ ހަސްކަ ދައްކާލާނަން. މަމީ ކާކުކަން ނޭނގެނެ އަދިވެސް.. ހުރިހާ އަންހެނުންނެއް ބަލިކަށްޓެއް ނުވާނެ. ކަލޭ ހެދިގޮތެއް ބަލަން ހުންނަން މަމީ ކަލޭގެ އެކްސް އެއް ނޫނޭ..” އަހަރެން ރިޕްލައި ކޮށްލީމެވެ. “އާޗާ.. ތިބުނީ އެއްޗެކޭ އިނގޭ ހަނދާން ބަހައްޓާތި.. މާދަމާ ސުކޫލު ނިންމާފަ ބައްދަލު ކުރާނަން” އަހަރެން ކައިރިއަށް އައި ރުޅީގައި މަންމައަށް ގުޅީމެވެ. އަދި މަންމައަށް ވެސް ރުޅިބޭލުނެވެ. “ދަރިފުޅާ..! […]