“މާހީ، ދަރިފުޅު ހޯދާތާ ކިހާއިރެއް މިހާރު، ނުބުނެ ކޮންތާކަށް ދިއައީ ތި.. ބައްޕަ މިއައީ ގެއަށް ވެސް ގޮސް، ކިހިނެއްވީ؟ ލިމްޔާ ބުނި ލަމްހާ އާއި ދެކުދިން ވާހަކަދައްކަން ތިބެފަ މާހީ ދިއަތަނެއް ނޭނގޭ، އަނެއްކާ ލަމްހާ ދައްތަ ދަރިފުޅު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނީތަ؟”މަރުކަޒުގެ ދޮރުން އަހަރެންވަންތައ ްފެނި ބައްޕަގެ ސުވާލުއަމާޒުވިއެވެ. އެހެނަސް އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް އިވުނި އަޑަކުންސިހިފައި ހިތް ތެޅިގަތީ ދުވަހަކު ނުތެޅޭހާ ވަރަށެވެ. މަރުކަޒުގެ ދޮރުމަތިން އަހަރެމެންނާއި އަރާހަމަކުރަމުން ޔޫނުސް […]
އަހަރެންނަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ދޮރު ދާރައިން ގޭތެރެއަށް އެޅިފައި ވާ ރަން އަލި ފެނުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑު އޮޅަލަމުން ހުޅިއެއް ޖަހާލީމެވެ. ގިފިއްޔަށް ވަދެ މޫނު ދޮވެލައި ހަދާލައިގެން ލިބާސް ރީތި ކުރަމުން ކިޔަވަން ގެންދާ ފިލާ ހިފައިގެން ހިނގައިގަތީމެވެ. އެއިރު އަދި ގޭގެ އެކަކުވެސް ހޭނުލައެވެ. ގޭގެ ބޮޑު އުނދޯލީގައި ބައްޕަ ގަދައަށް ނިދާފާ އޮތެވެ. މަންމަ އޮތީ ދިމާ އެނދުގައެވެ. ކޮއްކޮމެންވެސް […]
ހަމަހޭވެރިވުމާއެކު އިންތަނުން ތެދުވެ، އަހަރެން މިސްރާބުޖެހީ، ޒައިދު އޮތް ހިސާބަކަށް ދާށެވެ. އަހަރެންގެ ހަރާކާތްތައް ހުއްޓިފައިވިއަސް ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑޫ ބޮޑުވެ ފަޅައިގެންދާން ވަރުވެއްޖެއެވެ. ލޮލުން ކަރުނަހިކިއްޖެއެވެ. ޒައިދުއަށް އެފަދަ ހާލެއް އެ ދިމާވީ އަހަރެންފަދަ ސުންޕާ ކުއްޖެއްގެ ހިޔަނި ޒައިދުގެ ދިރިއުޅުމަށް އެޅުމުން ބާއެވެ. ތަގްދީރު އަހަރެންނާއި ޒައިދާއި ދިމާކޮށްދިނީ މިދުވަސް ދެކެންބާ އޭ ހިތަށް އަރައެވެ. ޒައިދު ފަދަ މާތް އިންސާނަކު އެފަދަ ހާލެއްގަ އޮންނައެޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން ކިހާ ބަދު ނަސީބުހެއްޔެވެ. […]
ދެލޮލުން ފައިބަމުން ދިއައީ އުފާވެރި ކަރުނައެވެ. އެއީ އެތަށް ދުވަހެއް ފަހު އަހަރެންނަށް ހިމާޔަތްދޭނެ އަތެއްގެ ހިޔާލިބުނުކަން ޔަގީންވުމުންނެވެ. މިއަދު އަހަރެންނަށް އަހަރެން ދެކެ ލޯބިވާ ބަޔަކު ލިބިއްޖެއެވެ. އަހަރެންގެ ހިތް ބިރުގަންނަނީ އަނެއްކަވެސް ތަގްދިރު އަހަރެންގެ މި އުފާތަކާއި ހަސަދަވެރި ވެދާނެތީއެވެ، ލަމްހާ އަކީވެސް އަހަރެންގެ ހަތުރެކޭ ހިތްބުނަމުން ދިއައިރު އެކަން އެގޮތަށް ނުވުމަށް އެދި ދުއާކުރެވުނެވެ. އަހަރެންގެ ކަޅު މާޒީއާ ދެކޮޅަށް ތެދުވަމުން އަހަރެން ނިންމީ ރަށާ ދުރަށް ވީހާވެސް އަވަހަކަށް ދާށެވެ. ޒައިދު […]
ވެހެމުން ދިއަ ބޯވާރެއަށް ރެކެމުން ސީމާ އައިސް ގެއަށް ވަދެ އަވަސްވެ ގަތީ ކޮޓަރީގައި ނިދާލާފައި އޮތް ދަރިފުޅު ލޫލުއާ ކޮބައިތޯ ބަލާލާށެވެ. ފެނުން މީހާ ތަތްތެޅިފައިވީ އިރު، ގޭގެ ސިޓިން ރޫމްގެ ތެރޭގައި ވެސް ފެނުގެ ކޯރެއް ހެދެމުން ދިއައީ ސީމާގެ ހެދުމުން ދެމެމުން ދިއަ ފެންތަކުންނެވެ. އެ ހުރި ގޮތަށް ފެންތައް ހިއްކާލުމެއް ނެތި ސީމާ ކޮޓަރި އަށް ދެމިގަނެ ލޫލުއާ ގެ އެދާދިމާއަށް މިސްރާބު ޖެހި އެވެ. ލޫލުއާ ގެ އެދަށް ބަލާލުމާއެކު […]
ލޯބިވާ މީހުންނާ ކައިވެނި ކުރެވެނީ ކިތަށް މީހުންނަށް ބާއެވެ؟ ފުރަތަމަ ލޯބި ކާމިޔާބު ކުރެވޭނީ ކިތަށް މީހުންނަށް ބާއެވެ؟ މީހަކާ ނުއިނދެ މުޅި އުމުރު ހުސްކޮށްލާ ކިތަށް މީހުން އުޅޭނެ ބާއެވެ؟ އެފަދަ މީހުން ‘ހުހަށް’ ހުންނަނީ އިންނާނެ މީހަކު ނުވެގެންބާއެވެ؟ ނޫނީ އިންނަން ބޭނުންވާ މީހާ ނުލިބިގެންބާއެވެ؟ އަހަރެން ވިސްނަމުންދިޔައިމެވެ. އަހަންނަށް މީހަކާ އިނދެވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަކީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. ވީއިރު އަހަރެން ވިސްނަންވީ ކޮންކަމަކާބާއެވެ؟ ރައްޓެހިން ބުނެއެވެ. އަހަރެން ހާ ނަސީބު […]
” ކަލޭ ގެ ލަދު ކުޑަކަން ބަލާބަލަ ، އުޅޭނެ ގޮތެއް ނޭގިގެން ތި އުޅެނީ މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަންނަށް އައިސްގެން ދޯ؟ ކަލޭ ކަހަލަ ސުންޕާ އަންހެނުންގެ ގޮތް މަށައް ވެސް ނިކަން ރަގަޅަށް އެނގޭ، މަންމައާއި ދޮންބަފާ ޖަލަށް ލާފަ މިހާރު މަ ބައްޕަ ފަހަތުގަ އަޅައި ގަތީ ދޯ، އެވަރު ނުވެގެން މަ އެކުވެރިޔާ ޒައިދު އަތްދަށު ލައިގެން މޮޑެނީ، އޭނަގެއ ސިކުނޑި ކައި ހުސްކޮށްގެން މަށާ ދުރުކުރަން ކަލޭ […]
“ޝައިން.. ޝައިން… ލޯހުޅުވާލަބަލަ.. ޕްލީޒް..” ގާތުގައި ހުރި މީހާ ޝައިންގެ މޫނުގައި ފިރުމާލަމުން ޝާއިންއަށް ގޮވަމުން ގެންދިޔައެވެ..ފުން ނިދީގައި އޮތް ޝައިން އަށް ފުންމައިގެން ތެދުވެ އިށިންދެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލް ނުކުރެވިގެންނެވެ.. ދެލޯ މަރައި ތަގުޅި ކޮއްލުމާއެކު އެމީހާ ޝައިންގެ ގައިގައި ދެއަތުން ވަށާލިއެވެ. އެއާއި އެކު ޝައިންގެ ނޭވާހިގުން ހުއްޓުނުކަހަލައެވެ. “ނޫން.. ނޫން . މިއިީ ހުވަފެނެއް.. ހަގީގަތެއް ނޫން… ނޫން ނޫން … ނޫން… ” ގާތުގައި އިން ޒުވާނާ […]