އެދުވަހު ގަޑި ހިނގާލެއްވެސް ލަސް ހެން އަހަންނަށް ހީވިއެވެ. ނަމަވެސް ގަޑި ހިނގަނީ ހަމަ އެހެން ދުވަސް ދުވަހުވެސް ހިނގާ ވަރަށެވެ. އެދުވަހާ އެހެން ދުވަސްތަކާ ތަފާތެއް ނެތެވެ. ނަމަވެސް އެއީ އެހެން މީހުންނަށެވެ. އެދުވަހަކީ އަހަންނަށް ވަރަށް ތަފާތު ދުވަހެކެވެ. އަހަރެންގެ ހަޔާތުގައި އައި އެންމެ “ތަފާތު” ދުވަހެވެ. އެހެން ދުވަސް ތަކެކޭ އެއްގޮތަށް އެދުވަހު ދޭއް ޖަހަން ދެން އަހަރެން މަސައްކަތުގައި އަވަދި ނެތި އުޅުނީމެވެ. ނަމަވެސް އެހާ އިރު ވީތަނާ އަހަންނަށް ތަފާތު […]
“މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ… މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…” އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. އެތައް އެތައް ސަތޭކަ […]
މުދައްރިސުންނާއި ބެލެނިވެރިންގެ ބައްދަލުވުން ނިންމާލާފައި އަމީނިއްޔާ ސްކޫލުން ނިކުތް އިބިރިހިމާއާއި އޭނާގެ ދަރިފުޅު އީނާ ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އިބިރިހިމާގެ މޫނުން ފެންނަ ހިތްހަމަޖެހުމުގެ ކުލަވަރު އަދި މާ ފުޅަލެވެ. އެހެން ނުވާންވީ ހަމަ އެއްވެސް ސަބަބެއް އޮތީއެއްވެސް ނޫނެވެ. މުދައްރިސުން ވިދާޅުވި ގޮތުގައި އީނާއަކީ ކުލާހުގައި ހުރި އެންމެ އަޚުލާޤު ރަނގަޅު ދަރިވަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމަށްވެސް އެހާ މޮޅީއެވެ. ގަދަ ދިހައަކަށް އަރާނެކަމަށް ވަރަށް ގިނަ މުދައްރިސުން ޔަޤީންކަން ދެއްވިއެވެ. އިބިރިހިމާ ވީ […]
އިރުއޮއްސޭ މަންޒަރަކީ ކިހާ ރީތި މަންޒަރެއް ހެއްޔެވެ. ހިތްގައިމެވެ. ރިއްޗެވެ. ބަލާ ބަލާ ފޫހި ނުވާފަދަ މަންޒަރެކެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ދެ ލޮލުން ކަރުނަ އޮހެނީ ކީއްވެ ހެއްޔެވެ؟ އެފަދަ މަންޒަރު ދުށުމަށް އަހަރެންގެ ހިތަށް ކުޅަދާނަ ނުވަނީ ހެއްޔެވެ؟ އަހަރެންގެ ހަޔާތާ ގުޅިފައި ވަތީ ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ހަޔާތްވެސް ވަނީ އޮއްސިފައެވެ. އަލިވުމެއް ނެތެވެ. ދިރިއުޅޭނެ ހިތްވަރެއް ނެތެވެ. އުންމީދެއް ނެތެވެ. މިއީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ އަހަންނަށް މިލިބުނީ ފަހެ […]
ޝައިން ހުއްޓާނުލައި ހަޅެއްލަވަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ.. އެ އެތީގެ ބާރު އެއަށްވުރެ މާގަދައެވެ.. ޝައިން ތެޅެމުން ފޮޅެމުންގޮސް އެންމެ ފަހުން ގޮދަޑި މައްޗަށް ވެއްޓުނެވެ.. އިތުރަށް ތެދުވާނެހާ ހިތްވަރު ނެތުމުން ދެލޯ މަރައި ތަގުޅި ކޮއްލާގެން އޮތީއެވެ… އެ އެތީގެ އެއްއަތުން ޝާއިންގެ އަނގަ މަތީގައި އަތް އެޅިއެވެ.. އޭރުވެސް ޝައިން އޮތީ ދެލޯ މަރައިލައިގެންނެވެ.. އޭތި ދެން ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ޝައިންގެ މޭގަނޑު ހީވަނީ ދެންމެ […]
ރަޝީދުގެ ލޯމައްޗަށް އެމަންޒަރު ސިފަވި ކަހަލައެވެ. ޝާޔާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިހާނެތި މަރުގެ ވާހަކައިން ޝާޔާގެ ހިތްފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ޝާޔާ ތެދުވި ގޮތަށް އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ޝާޔާއަށް ގިސްލެވެއެވެ. “އެކަމަކު ނަސީބަކުން ފަހަތު ސީޓުގަ އިން ޝާއިރާގެ އުނގުގައި އޮތް ކުއްޖާއަށް މާބޮޑު ގެއްލުމެއް ނުވޭ.. އަހަރެން އަވަސް އަވަހަށް އެކުއްޖާ ގޮވައިގެން އެމީހުންގެ ތެރެއިން ނިކުތިން.. އަދި […]
ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ޖައުފަރުމެން ދިއުމާއިއެކު އަހަރެންނަށް އިތުރަށް އެތާނގައި ނުހުރެވިގެން ބެލްކަންޏަށް ނިކުތީމެވެ. ވައި ޖައްސާލާށެވެ. އޭރު ސިކުނޑީތެރޭގައި […]
އައްސަލާމް އަލައިކުމް (: މިދުވަސްކޮޅު ރީންގެ ކިޔެވުމުގެ ކަންތަކާއި ރީން ވަރަށް ބުރަކޮށް އުޅޭތީވެ ވާހަކަ އަވަސް އަވަހަށް އަޕް ނުކުރެވެނީ.. ވަރަށް ދެރަވެ އެހެން ވާތީވެސް. ވާހަކަ އަޕް ވުން ލަސް ވާތީ ވެ ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން P:… ރީން މި ވިސްނަނީ ވާހަކަ އެއްކޮށް ލިޔެ ނިންމާފަ އަޕްކުރަން ފަށަން.. އޭރުން ޑެއިލީކޮށް އަޕް ކުރެވޭނެ އިން ޝާ ﷲ.. ކިޔުންތެރިންނަށް ރީންގެ މި ނިންމުން އޯކޭ […]
ސިޓީއުރަ ކަނޑާލުމަށްފަހު ރާޝިދު އަޑުހަރުކޮށް ކިޔަން ފެށިއެވެ. ”އަހަރެންގެ ނަމަކީ ނަތާޝާއެވެ. ރުޝްދާއަށް ފަހަރުގައި އަހަރެން އެނގިދާނެއެވެ. ނޭނގިދާނެ ކަމަށް ލަފާކޮށް އިތުރަށް ކިޔައި ދޭނަމެވެ. އަހަރެންނަކީ މީގެ 20 އަހަރު ކުރިން، އިޒްކާ ބަނޑުން ނަގައިގެން ރުޝްދާއަށް ދައްކަން އައި ނަރުސް މީހާއެވެ. ބުރުގައި ނާޅާ އޭރު ހުރި ހަމަ އެކަނި ނަރުސް މީހާއެވެ. ރުޝްދާ އެޑްމިޓް ކުރީއްސުރެ ގާތުގައި އުޅުނު ހަމައެކަނި ނަރުސް މީހާއެވެ. މިހާވަރަށް ބުނީމައި ރުޝްދާ އަށް އެނގޭނެ ކަމަށް ހީކުރަމެވެ. […]