*މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. * މިވާހަކަ ލިޔެފައިވާނީ ސޮފްހާތަކެއްގެ ގޮތުގައެވެ. އަބަދުވެސް ބުނާތީ އަހަނީ ލޯބިވެރިންގެ ޖޯޑުތަކަކީ ތަގްދީރުގައި ލިޔެވިފައިވާ ކަމެކެވެ. އެކަން އޮންނަނީ ހަމަ ހަގީގަތުގައިވެސް އެގޮތަށެވެ. ލޯތްބަށްޓަކައި މީހުން ޖާނާއި ފުރާނަދޭ ވާހަކަ ވަރަށް ގިނައިން އަހަމެވެ. އަދި އެފަދަ ލޯތްބަކަށް އަހަރެމެން އެންމެން ވެސް އެދެމުއެވެ. މިއީ އަހަރެންގެ ވާހަކައެވެ. މަތީގައި ބަޔާން ކުރެވި ދިޔަފަދަ ވާހަކައެކެވެ. އަހަރެންގެ ދިރިއުޅުން މުޅިން އާމިސްރާބަކަށް ދަތުރުފެށީ 2002 ވަނަ […]
އިކްރާމް އޭނާގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިޔަށް އެބަ ގެންދެއެވެ. ބަލި ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި މިކްޔާ ވީކަމުގައި ވިޔަސް އޭނާ ހޯދާނެއެވެ. އެދުވަހަކުން މިކްޔާގެ ފުރާނަވެސް ބިރުން ރޫރު އަޅާވަރު ކޮށްލާނެއެވެ. މިހާރު އިކްރާމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިކްޔާ ގެންދިޔައީ ކާކުބާއެވެ؟ *** ރިމޯޓަކުން ހުޅުވާލެވުނު ދަގަނޑު ގޭޓުން އެތެރެއަށް ވަދެވުމާއިއެކު ފެންނަނީ ތަފާތު އެކި ވައްތަރުގެ މާމެލާމެއްޔާއި ފެހިކަންގަދަ ގަސްތަކެވެ. ރީތި ޑިޒައިނަކަށް އެތުރިފައިވާ […]
އަމީނާ ކޮޓަރިން ނުކުތް ވަގުތު ފޯނު ރިންގުވީ އަޑު އިވުނެވެ. އޭރު އަދި ރިޔާޝާއެއް ނުނިކުމެއެވެ. އަމީނާ ގޮސް ފޯނު ނެގީ އެހާ ހެނދުނާ ގުޅީ ކާކުތޯ ބެލުމަށެވެ. “ކޮން ބޭފުޅެއްތޯ؟” ޝިފާން އަދަބުވެރިކަމާއެކު އެހީ އެއީ ރިޔާޝާ ނޫންކަން އެނގުމުންނެވެ. “ތީ ކާކު؟” އަމީނާ އެހިއެވެ. “ޝިފާން.” “ކޮން ޝިފާނެއް؟” އަމީނާ އެހެން އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މީ ރިޔާޝާގެ އެކުވެރިއެއް. ތީ ރިޔާޝާގެ މަންމަތޯ؟” ޝިފާން ހަމަޖެހިލާފައި ބުނެލިއެވެ. “އާނ. ކިހިނެއްވީ؟” އަމީނާގެ ރާގު […]
މިކްޔާ ސިއްރުން ދެކުދިން ގޮވައިގެން ގެއިން ނިކުތް މަންޒަރު ބެލްކަނީގައި ހުރި ޝަމާން އަށް ފެނުމާއިއެކު މިކްޔާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ އެހުރީ މިރޭ ހަޤީގަތް ހޯދުމަށް އަތުކުރި އޮޅާލައިގެންނެވެ. މިކްޔާ ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ޝަމާން އަށް ޝައްކުވުމާއެކު އޭނާ ބޮޑުދައިތަމެންނަށް ގުޅައިގެން އެހުރީ އެމީހުންގެ އިންތިޒާރުގައި އެވެ. މިކްޔާ އަށް ޝަމާން ގޮވާލުމާއިއެކު ދެކުދިން އަތުގައި ހިފައިގެން ދުއްވައިގަނެއްޖެއެވެ. އެވަގުތު ކުރިމަތީ އޮތް މަގުން ބާރު ދުވެލީގައި ނިކުތް ލޮރީއެއްގައި […]
ރައިނާ އަށް ހޭލެވުނީ ހެނދުނު 6 ވެސް ޖެހިފަހުންނެވެ. އަވަހަށް ފެންވަރާލައިގެން އައިސް ނަމާދު ކުރިއެވެ. ނަމާދު ކޮށް ނިމިގެން ދިޔައީ ނަދީމާ އަށް ފަސޭހަ ކޮށްދޭށެވެ. “މަންމާ ވަރަށް ލަސްވެއްޖެ ދޯ؟ ރައީ އަށް ހޭލެވުނީ މާލަހުން، ނަމާދު ކޮއްލައިގެން މިއައީ މަގޭ ލޯބި މަންމަ ކައިރިއށް” ރައިނާ ނަސީމާ ގެ ގައިގަ ބައްދާލަމުން ބުންޏެވެ. “ހާދަ ރަނގަޅޭ ދަރިފުޅު، އާދޭ އަވަހަށް މަންމަ އާއި އެކީ ރޮށި ފިހެލަން” ނަސީމާ ލޯބިން ފުރިގެންވާ ނަޒަރަކުން ރައިނާ އަށް ބަލާލަމުން ބުންޏެވެ. ރައިނާ އާއި ޒިހާން އަކީ ނަސީމާ އާއި ޒިހާންގެ ހުރި ހަމައެކަނި ދެ ދަރިންނެވެ. އެދެކުދިންނަކީ ބަސްއަހާ އެހާމެ މޮޅު ދެކުދިންނެވެ. ނަސީމާ އާއި އަލީ ތިބެނީ މިކަމާ ނުހަނު އުފާ ވެފައެވެ. ޒިހާންވެސް ކިޔަވައިނިމިގެން މިހާރު ދަނީ ރަށު ސުކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުންނެވެ. ރައިނާއާއި ޒިހާން ގެ އުމުރުން 6 އަހަރުގެ ތަފާތު ހުއްޓަސް ދެކުދިން އުޅޭނީ ނުލާހިކު އެކުވެރި ކޮށެވެ. ބައެއް ފަހަރު ކުޑަކުދިންނަށް ވުރެވެސް ސަކަރާތް ބޮޑުކޮށް އުޅެއެވެ. ޒިހާންވެސް ހުރި ހަމައެކަނި ކޮއްކޮ ދެކެ އިންތިހާއަށް ލޯބިވެއެވެ. މި ކުޑަ އާއިލާ އަކީ ނުހަނު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާ އެކެވެ. ރައިނާ ހުރީ ރޮށިފިހެެނިމިގެން ގޯތިތެރޭ ހުރި ގަސްތަކަށް ފެންދޭށެވެ. މިހުރިހާ ކަމެއް ކުރަމުން ގެނދިޔައިރުވެސް ދާނިޔަލްގެ ހިޔާލުތަކުން ދުރުނުވެވިފައެވެ. “ރައީ ދަރިފުޅާ ދޭބަލަ ދޮންބެގެ ގަމީސް އިސްތިރިކޮށްދެން، މިއަދު ސުކޫލަށް ދާން ޖެހެނީ 8 ޖަހާއިރަށޯ،، މިހާރު އެހެރަ 7:30ވީ އަވައްދޭ ކުނިކެހުމުގެ ކުރިން އިސްތިރިކޮށްދޭން” ނަސީމާ ތެލިތަށް ދޮންނަމުން ބުންޏެވެ. ނަސީމާ އެހެން ބުނުމުން ރައިނާ އަވަހަށް ގޮސް ޒިހާން ގެ ގަމީސް އިސްތިރިކޮށްދޭން ފެށިއެވެ. ނިންމާލުމަށް ފަހު ދިޔައީ އަަވަހަށް ގޭދޮށް ކުނިކަހާށެވެ. ރައިނާ ކުނިކަހާން އޮވެފަ ބަލައިލީ މީހަކު ހުރިހެން ހީވެގެންނެވެ. ބަލައިލި އިރު ދާނިޔަލް ހުރީ ޔަމްނާމެން ގެއިން ނިކުމެ ރައިނާއާއި ދިމާއަށް ބަލަހަށްތައިގެންނެވެ. ރައިނާ ބަލައިލުމުން ދާނިޔަލް ހީލިއެވެ. ރައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ކޮންފަދަ ޖާދުލެއްހަދާ މީހެއްބާވައޭ ހިތަށްއެރިއެވެ. ދާނިޔަލް ހުރީ ގަދަރަތް ކުލައިގެ ގަމީހެއްލާ ބެގީ ކޮށްލާފައެވެ. ގަމީސް ގަޔަށް ހިފާލާފައިހުރި އިރު އިތުރަށް އެ ފިރިހެން ވަންތަކަންކަން ފާޅުވެއެވެ. ރައިނާގެ ކުރިމަތިންލާފަ ގޮސް އޮބާއި އިރުވެސް ރައިނާއަށް ހުރެވުނީ އާޝޯހުވެފަ ދާނިޔަލް ދިޔަދިމާއަށް ބަލަހައްޓައިގެންނެވެ. ދާނިއަލްގެ އެ ފިރިހެންވަންތަ ހިނގުމުނުން ވެސް ރައިނާ ގެ ހިތް ފަތަހަކޮށްފިއެވެ. “ޕޮއް” ރައިނާ އަށް ހިޔާލީ ދުނިޔެއިން ނުކުމެވުނީ ޒަހާން ސިއްސުވައިލުމުންނެވެ. “ކޮބާ އަދިވެސް އެއްބަސް ނުވާތ!ި ތި ޑޮކްޓަރ ދާނިޔަލް އެއް ފެނިފަ ތިހުންނަނީ ސޮނިވެއްޓިފައެއްނު” ޒިހާން ރައިނާއާއި ދިމާ ކޮއްލިއެވެ. ޒިހާން ސުކުލަށް ދާން ނިކުތް އިރު ރައިނާ ދާނިއަލް އާދިމާއްށް އާވާރާވެފަ ބަލަހައްޓައިގެން ހުރިތަން ފެނިފަ ހުރީ ރައިނާ ހަދާ އެއްޗެއް ބަލާށެވެ. ދާނިޔަލް ފެނިފަ ރައިނާ އަށް ވީ ގޮތް ޒިހާން އަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. “ދެން ދޮންބެގަނޑު ދޭ ހަމަ މިހާރު” ރައިނާ އިލޮށިފަތި ހިފައިގެން ޒިހާން ފަހަތުން ދުއްވައިގަތެވެ. ޒިހާން ރައިނާގެކިބައިން ސަލާމަތްވެގެން އަވަހަށް ސުކޫލްށް ދިޔައެވެ. މެންދުރުގެ ވަގުތެވެ. ރައިނާ އުޅުނީ ގޭތެރޭ ކުރާނެ ކަމެއް ނެތިގެން ފޫހިވެގެންނެވެ. ޔަމްނާމެން ގެއައް ވެސް ދާަން ނުކެރިފަ ހުރީ ދާނިޔަލް އުޅޭތީއެވެ. ނަމަވެސް އިރުކޮޅެއްނުވެ ޔަމްނާ ގުޅާފައެގެއަށް ކާންއަންނަން ބުންޏެވެ. ރައިނާ އަވަސް ކޮއްލައިގެން ޔަމްނާމެން ގެއަށް ދިޔައެވެ. ޔަމްނާއާއި އެކީ ޓީވީ ބަލަން އިނދެފަ ހަަދީޖާ ކާންގޮވުމުން އަވަހަށް ދެމީހުން ވެސް ދިޔައީ ކާށެވެ. ދިޔައިރު ދާނިޔަލްވެސް އިނީ ބަތްކާން އައިއްސައެވެ. ރައިނާ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. ކާން ތިބެގެން ވަރަށް ގިނަ ވާހަކަތަށް ދެކެވުނެވެ. ދާނިޔަލް އަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ދާނިޔަލް އެދުނީ ދާނިޔަލް އަށް ދިވެހިބަސް ދަސްކޮށްދިނުމަށެވެ. ދާނިޔަލް އެހެން ބުނުމުން ރައިނާ އާއި ޔަމްނާ އުޅުނީ ފޯރިލާފަ ދާނިޔަލް އަށް ދިވެހިބަސް ދަސް ކޮށްދޭށެވެ. ދާނިޔަލްއަށް ދިވެހިބަސްވީ ދަސްކުރަން ވަރަށް ފަސޭހަ ބަހަކަށެވެ. 3 މަސްފަސް………………… ހަވީރުގެ ހިތްގައިމު ވަގުތުގަ ރައިނާ އާއި ޔަމްނާ ތިބީ ރަށުގެ ގޮނޑުދޮށުގައެވެ. ދުރުގައި މޫދުގެ ފޮޓޯ ނަގަން ހުރި ދާނިޔަލް ބަލަން ރައިނާ އިނީ ފޫހި ކަމެއް ނުވެއެވެ. ޔަމްނާ ވާހަކަ ދައްކާ ރައިނާގެ ހަބަރެއްނުވުމުން ޔަމްނާ ބަލައިލި އިރު އިނީ ދިމާލަކަށް ގެއްލިފައެވެ. ރައިނާ ގެއްލިފައިން ދިމާއަށް ޔަމްނާ ބަލައިލިއިރު އެތާ ހުރީ ދާނިޔަލްއެވެ. ޔަމްނާގެ ހިތަށް ފުރަތަމަ ފަހަރަށް ތަދުވިއެވެ. ޔަމްނާ ހިތައް އެރިއެވެ. ރައީ ނުލާހިކު ލޯބިވޭ ދާނިޔަލް ދެކެ. ދެން މަށަށް ކީއްބާ އަނެއްކާ މިވަނީ. ނޫން އެއީ އިރާދަ ކުރެއްވިއްޔާ ރައީގެ ހައްގެއް. އެވަގުތު ދާނިޔަލް ފިރިހެން ވަންތަ ހިނގުމަކު އައިއްސަ ރައިނާމެން ކައިރި އިށީނެވެ. “ކޮބާ މަންޖެމެން ގެއަށްދަނީ ކޮން އިރަކުން؟” ދާނިޔަލް އަހާލިއެވެ. “އިރުއޮއްސުނީމަ ދާނީ، ޑޭން ޖެހޭނެ ދޯ ޑިއުޓީ އައް ދާން 6 ގަ؟” ރައިނާ އިނީ ދާނިޔަލް ދާން އުޅޭތީ ހިތް ނުތަނަވަސް ވެފައެވެ. އެ ސޫރަ ނުފެންނަ ހިނދަކު ރައިނާ އަކަށް ހަމަ ޖެހުމެއް ނުލިބެއެވެ. ނަމަވެސް ރައިނާއަށް ނޭނގުނުކަމީ ރައިނާއަށް ކުރުވަމުންދާ އިހުސާސްތައް ޔަމްނާއަށް ވެސް ކުރުވަމުންދާ ކަމެވެ. “ޔާ، ދާނަން އިރުކޮޅަކުން ރެޑީވެލަން، ޔަމް ހާދަ މަޑުންނޭ މިއަދު ތިއިނީ؟ ފޫހި ވެފަތަ؟” ދާނިޔަލް އަށް ޔަމްނާ އަށް އައި ބަދަލް ފާހަގަވިއެވެ. “ނޫން، ފޫހިއެއްނޫން، އެކަމް ކުޑަކޮށް ބޮލުގަރިއްސާތީ މިއިނީ” ރައިނާ އަވަސް އަވަހަށް ބުންޏެވެ. “އެހެން ވިއްޔާ ހިނގާ ގެއައް ދާން އަރާމް ކޮއްލަން، ރައީ ބައިންދާ ޖިންނިއެއް ގެންްދަންދެން” ދާނިޔަލް މިހެން ބުނުމުން ރައިނާ ރުޅިއަންނަ ކަމަށް ހެދުނެވެ. “ހެހެހެ. ނޫން އަހަރެން ދާނީ ރައީ އާއި އެކު ފަހުން، ޑޭން ދޭ ލަސްވަންޏާ” ޔަމްނާ މިހެން ބުނުމުން ހީލުމައް ފަހު ގެއަށް ދާން ހިނގައިގަތެވެ. ދާނިޔަލް ދިޔަކަން ޔަގީން ކުރުމަށްފަހު ރައިނާ އަށް ކެއްނުވެގެން ޔަމްނާ ގާތު ދާނިޔަލް ރީތި ވާހަކަ ކިޔެވެ. “އަޅޭ، ހީވޭތަ ޑޭން މަށައް ލިބޭނެހެން، ހާދަ ހޮޓޭ އޭނަ، ހީ އިޒް މައި ފަސްޓް ލަވް، އައިމް އިން ލަވް އިތް ޑޭން” ރައިނާ ހިތާދިމާލުގަ އަތް އަޅައިގެން އިނދެގެން ހިތުގަވާއެއްޗިހި އެކުވެރިޔާގެ ކައިރި ބަންޑުން ކޮއްލިއެވެ. “ޔެސް އިރާދަކުރެއްވިއްޔާ ލިބޭނެ، ރައީތީ ނުލާހިކު ލޯބި ކުއްޖެއް ވިއްޔަ!” ޔަމްނާ ހިތި ހިނިތުން ވުމަކާ އެކީ ބުންޏެވެ. އެކުވެރިޔާގެ އުފަލަށްޓަކާ ލޯބި ކަފުން ކޮށް ވަޅުލަން ޔަމްނާ ހުރީ ތައްޔާރަށެވެ. ނަމަވެސް ނޭނގުނުކަމީ ރައިނާމެން ތިބި އަނެއް ފަރާތު ގަސްކައިރި ދާނިޔަލް އަޑު އަހަން ހުރި ކަމެވެ. އިވުނު ވާހަކަ ތަކުން ދާނިޔަލް ތުންފަތް މަތީ ވަނީ ނުލަފާ ހިނިތުން ވުމެކެވެ. ދުވަސްތަށް ހަލުވިކޮށް ގޮސް ޒިހާން އާއި ލަޔާލީ ކައިވެނި ކުރުމަށް އިނީ ތިން މަހެވެ. އެންމެންވެސް ފޯރިލާފާ އުޅެނީ ޕާޓީއަށް ތައްޔާރުވާށެވެ. ޔަމްނާވެސް ގެއަށް ދިޔައީ ޕާޓީ ކާޑުތަކުގަ ރިބަން ހަރުކުރަން އިނދެފައެވެ. “ޔަމް” ކޮޓެރިއަށް ވަންނަނިކޮށް ދާނިޔަލް ގޮވާލުމުން ކިއްވީތޯ ސުވާލުކޮއްލިއެވެ. “އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ، ޔަމް ވާނެ ހެލްޕްވާން އިނގޭ” ދާނިޔަލް ބުނަން އުޅޭ އެއްޗެއް ނޭނގިގެން ހާސްވެފަ ޔަމްނާއަށް އިނދެވުނެވެ. “މްމްމމ.. އައި ތިންކް އައިމް އިން ލަވް” ދާނިޔަލް ޔަމްނާއާދިމާ އަށް ބަލަން އިނދެ ބުނެލިއެވެ. “ކާކު؟” ޔަމްނާ އަށް އަވަސް އަވަހަށް އަހާލެވުނެވެ. އޭރު ޔަމްނާގެ ހިތްވެސް ނެގި ނެގިފާ ޖެހެމުން ދެއެވެ. “ރައިނާ، ވަން އެންޑް އޮންލީ ރައިނާ، އިނގޭ ރައީ އުޅޭގޮތުން ރައީ އަހަރެން ދެކެ ލޯބިވާކަން ވެސް، އެންޑް އައި އޯލްސޯ ލަވްޑް ހާ” ދާނިޔަލް ދިން ހަބަރު އަޑުއިވުނީ ޔަމްްނާ އަށް ހޮނު ގުގުރިއެއްހެންނެވެ. “ހެއި. ކީއްވީ؟ މާބޮޑަށް ޝޮކްވީދޯ ހެހެ؟” ރައިނާގެ ލޮލު ކުރިމަތީ އަތް ހަނާއަޅާލަމުން ދާނިޔަލް ބުންޏެވެ. “މމްމމމްމް.. ކި…ކިކި.ކިހިނެއް އިނގެނީ ރައީ ލޯބިވާކަން؟” ރައިނާ ތުރުތުރު އަޅާތީ ވާހަކަ ދެއްކުނީ ވެސް ހުއްޓެމުން ހުއްޓެމުންނެވެ. “ހެހެހެ. ދެން މީހަކަށް ނޭނގޭވަރުތަ؟ ރައީ އުޅޭގޮތުންވެސް އިނގޭ” ދާނިޔަލް ހެމުން ބުންޏެވެ. ތެދެކެވެ. ރައިނާ ޔަމްނާއަށް ވުރެ ދާނިޔަލް ދެކެ މާ ލޯބިވެއެވެ. “ދެން އަހަރެން ކީއްކޮއްދެންވީ؟” ޔަމްނާ އަމިއްލަ ނަފްސައްބާރުފޯރުވަމުން އެހިއެވެ. މާދަމާރޭ 8 ޖަހާއިރަށް ރައީ ގޮވައިގެން ތުނޑިއަށް އަންނަންވީ” ދާނިޔަލް އެއްލޯމަރައިލަމުން ބުންޏެވެ. މާދަމާރޭ ރައިނާ ގޮވައިގެން ދާނެކަމަށް ބުނެ އަވަހަށް ގޮސް ކޮޓެރިއަށް ވަނެވެ. ކޮޓެރިއަށް ވަތްބާރަށް ޔަމްނާެ އެއްވެސް އިޙްތިޔާރަކާ ނުލާ ލޮލުން ކަރުނައައެވެ. ގައިން ވަރުހުސްވާހެންހީވެގެން ޔަމްނާ އިށީނީ ދޮރުކައިރިއެވެ. އެގޮތުގާއިނދެ އެތަށް އިރެއްވިފަހުން ރައިނާއަށް ދޮރުކައިރިއޮވެ ނިދުނެވެ. ނަމަވެސް އެގޮތުގާ ނިދިފައި މާގިނައިރަކު ނޯވެވުނެވެ. ރޭގަނޑުގެ ކެއުންކާން ޔަމްނާގެ މަންމަ ޔަމްނާއަށް ގޮވިއެވެ. ހިތްވަރުކޮއްލާފައި ޔަމްނާ މަންމަ އަށް ޖަވާބު ދިނެވެ.ެ “އިރުކޮޅަކުން ކާނަން” ފަހުން ކާނެކަމަށް ބުނީ ދާނިޔަލް އާއި ކުރިމަތި ލުމުގެ ހިތްވަރެއް ނެތީމައެވެ. އެރޭ ނިދަން އޮށޯވެފަ އޮއްވަ ރައިނާގެ ފޯނަށް މެސެޖްއެއް އައެވެ. އެއީ ޔަމްނާގެ މެސެޖެކެވެ. މެސެޖުގަ އޮތީ މާދަމާރޭ 8 ޖަހާއިރު ތަނަކަށް ދާން ރެޑިވެގެން ހުރުމަށެވެ. ރައިނާ އޯކޭ އޭބުނެ އޮށޮތީ ނިދާށެވެ. ރައިނާ ފަތިހު ތެދުވެގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތް ނިންމާށެވެ. ރޮށިފިހެ ގޭކައިރި ކުނިކަހާނިންމާލާފަދިޔައީ ލަޔާލީ މެންގެއަށްދާން ޔަމްނާބަލައެވެ. ލަޔާލިގެ ވެޑިންޑްރެސް އޯޑަރުކުރަން ސެލެކްޓުކުރާށެވެ. “ހަދީޖައްތަ ކޮބާ ޔަމް މިއަދު” ޔަމްނާ ނުފެނުމުން ރައިނާ އަހާލިއެވެ. “މިއަދު އަދިއެއް ނުހޭލާ ދޭބަލަގޮވަން” އެހެން ބުނުމުން ރައިނާގޮސް ޔަމްނާގެ ކޮޓެރި ދޮރުގައި ތަޅާންފެށިއެވެ. މާބާރައްތަޅާތީ ޔަމްނާ ނިދީގަގޮސް ދޮރުހުޅުވިއެވެ. “ސާބަސް ކަމަނާ މިއަދު ކީއްވެ ތިއްންނަނީ އަވިއަރަންދެން ނިދާފަ؟ ލަޔާލީ ދައްތަ ބުންޏެއްނު 9 ޖަހާއިރައް އަންނާށޭވެސް.” ރައިނާ ބުންޏެވެ. “އޯހް ޝިޓް ހަނދާނެއްވެސް ނެތް. މިދަނީ ފެންވަރަން” ޔަމްނާ އަވަސް އަވަހަށް ދިޔައެވެ. ޔަމްނާފެންވަރައިގެން ނިކުމެ ރީތިވާން ހުރި އިރު ހަނދާންވީ ދާނިޔަލް މަތިންނެވެ. ރައިނާފެނި މޫޑު ޙަރާބުވީ ދެމީހުން ދެމީހުންވެސް ލޯބިވާކަން ހަނދާންވެފައެވެ. މިރެއަށްފަހު ދާނިޔަލް އަކީ ރައިނާގެ ހައްގެކެވެ. ރައިނާއަށް ޔަމްނާ މަޑުން ހުރިކަން ފާހަގަވެގެން ބުންޏެވެ. “ކީއްވެ މާ ފާޑަކަށް މިއަދު ތިހިރީ؟ އަހަރެންނާ ދިމާ އަށްވެސް ތިބަލަނީ އަލަށް މީހެއްފެނިގެން ބަލާހެންވިއްޔަ” “އެހެހެހެހެ.. ނޫންއެއީ ދެންމެ ނިދާހޭލީމަ ހީވާގޮތް ހިނގާ ސައިބޯން ދާން” ޔަމްނާ ދޮގެއްހަދާލިއެވެ. ދެކުދިން ސައިބޮއިގެން ދިޔައީ ލަޔާލީ ކައިރިއަށެވެ. ލަޔާލީއަށް އެންމެ ރީތި ވެޑިންޑްރެސް އަކަށްވީ ހުދުކުލައިގެ ބޮޑަށް ފުއްޕާފަ އޮތް ހެދުމެވެ. އެހެދުން ޖަރީކޮށްފައިވަނީ ރަންކުލައިންނެވެ. ރައިނާ އަށާއި ޔަމްނާ އަށްވެސް ރީތިވީ އެ ވެޑިންޑްރެސްއެވެ. ލަޔާލީމެން ގެއިން އެދުވަހުގެއަށް އާދެވުނީ މެންދުރު ކައިގެން 2 ވެސް ޖަހާބޮޑުވި ފަހުންނެވެ. ގެއަށް ވަންނަމުން ދެކުދިން ވަކިވެލަމުން ރައިނާއަށް މިރޭ […]
ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ހެނދުނުގެ ވަގުތު ކަމުން މަގުމަތީގައި މާ ގިނަ މީހުންގެ ހިލަމެއް ނުވެއެވެ. ލަންޑަން ގައި އާންމުކޮށް މީހުންހޭލާ އުޅެނީ މެންދުރު އަނބުރާލާ ފަހުންނެވެ. މި ހަމަހިމޭން މާހައުލުގައި އަޔާނާއި ތިފާހް މަޑުމަޑު ން ހިނގާފައި އެދަނީ ލަންޑަން އޮކްސްފޯރޑް ޔުނިވަރސިޓީ އާ ދިމާލަށެވެ. އަޔާނާއި ތިފާހަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެކުދިންގެ އާއިލާ އަކީވެސް އެއް ފެންވަރެއްގެ ނުހަނު ގުޅޭ ދެ އާއިލާއެވެ. […]
އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. […]
” އަހަރެން މިހުރީ އަހަރެން އައިޝާއަށްވީ ވައުދުތައް ފުރިހަމަކޮށްގެން އެނބުރި އައިސް” އައިޝާގެ ކަންފަތުގައި ޖެހުނު އަޑަކުން މުޅިގައިގާ ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފަހަތަށް އެނބުރެން ނުކެރިފައި ހުއްޓާ އަނެއްކާވެސް އިސް އުފުލާލެވުނީ ދެވަނަފަހަރަށް އެއަޑު އިވުމުނުންނެވެ. ދެންވާން ފެށިގޮތަކުން ފަހަތުން އެމީހަކު ކީއެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އައިޝާއަށް ތަންތަން ނުސާފުކޮށް ފެންނަންފެށިއެވެ. މުޅިތަން އެނބުރޭހެން ހީވާން ފެށުމުން ބޮލުގައި ހިފަހައްޓާލެވުނެވެ. ފަހަތުގައި ހުރި ހުޝާމްއަށް އައިޝާ އަށް ގޮތެއްވާހެން ހީވާންފެށިއެވެ. އަރިއަަޅާލައިގެން ވެއްޓެން […]