Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 11

ShaiShy
October 24, 2016
10 Mins Read
66 Views
22 Comments

މިކްޔާ ސިއްރުން ދެކުދިން ގޮވައިގެން ގެއިން ނިކުތް މަންޒަރު ބެލްކަނީގައި ހުރި ޝަމާން އަށް ފެނުމާއިއެކު މިކްޔާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ އެހުރީ މިރޭ ހަޤީގަތް ހޯދުމަށް އަތުކުރި އޮޅާލައިގެންނެވެ. މިކްޔާ ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ޝަމާން އަށް ޝައްކުވުމާއެކު އޭނާ ބޮޑުދައިތަމެންނަށް ގުޅައިގެން އެހުރީ އެމީހުންގެ އިންތިޒާރުގައި އެވެ.
މިކްޔާ އަށް ޝަމާން ގޮވާލުމާއިއެކު ދެކުދިން އަތުގައި ހިފައިގެން ދުއްވައިގަނެއްޖެއެވެ. އެވަގުތު ކުރިމަތީ އޮތް މަގުން ބާރު ދުވެލީގައި ނިކުތް ލޮރީއެއްގައި ޖެހި މިކްޔާ އާއި އޭނާގެ ދެކުދިން ދުރަށް ވިއްސައިގެން ދިޔައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ލޭގެ ކޯރެއް މަގަށް ފެތުރިގެން ހިނގައްޖެއެވެ.
**
ކާރުތެރޭގައި އިން އިކްރާމް ދިޔައީ ފޯނުން މީހަކާ ވާހަކަދައްކަމުންނެވެ.
” އާނ! މާދަމާ އަށް ހުރިހާކަމެއް ރެޑީވާން ޖެހޭނެ…30 ކުޑަކުދިންނާ ބޮޑެތި 100 މީހުންނަށް ކާއެއްޗެހި މަދުނުވާވަރަށް ތައްޔާރު ކުރާތި..ދެން ކޭކުގެ ޑިޒައިން ފޮނުވާނަން ގެއަށް ގޮއްސަ..ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ކުރާތި.. މީއަހަރެންގެ ކުދިންގެ ޕާޓީއަށް ވީމަ ކަލޭ ޖެހޭނެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަން..އަހަރެން ހިތްހަމަ ނުޖެހޭފަދަ ގޮތެއް ވިއްޔާ ކަލެއަށް ތިހުރި ވަޒީފާ ގެއްލޭނެ ކަމާމެދު ޝައްކެއްވެސް ނޯންނާނެ..” އިކްރާމް ފޯނު ބޭއްވުމަށްފަހު ކައިރީގައިން އާލިމާ އަށް ބަލާލިއެވެ.
ޝަމާންގެ ފޯނުކޯލަށްފަހު އާލިމާގެ މޫޑުވަނީ ބަދަލުވެފައެވެ. އިކްރާމް ސުވާލުކުރުމުންވެސް ޖަވާބެއްނުލިބުމުން އެންމެފަހުން އޭނާގެ ރިޒޯޓް މެނޭޖަރަށް ގުޅައިގެން މާދަމާ ބޭވުމަށް ހަމަޖެހިފައިވާ އާލާ އާއި މިޝާންގެ އުފަންދުވަހުގެ ޕާޓީ ކަންތައް ހަމަޖެއްސުމަށް ފޯނުކުރީ ގެއަށް ދިޔުމުގެ ކުރިން އެކަން ނިންމުމަށެވެ.
އިކްރާމްގެ ގެ ހުންނަ މަގަށް ކާރު އަނބުރާލި ވަގުތު މައްޗައް އެއްޗެއް ޖެހުނު އަޑަށް ޑްރައިވަރު ކުއްލިއަކަށް ބުރެކި ޖެއްސިއެވެ. އިކްރާމާއި އާލިމާއަށް ހަށިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. ދެމީހުންވެސް ހަށިގަނޑު ތެދު ކޮށްލަމުން ބޭރު ބަލާލީ މަގުމަތީގައި ޓްރެފިކް ބާރު ބޮޑުވެގެން މީހުންތައް އެއްވަމުން ދިޔުމުންނެވެ. އެވަގުތު ޑްރައިވަރު އަވަސްވެލީ ކާރުގަ ޖެހުނީ ކޮންއެއްޗެއްތޯ ބެލުމަށެވެ. އޭރު އިކުރާމާއި އާލިމާވެސް ކާރުން ނިކުންނަނީއެވެ.
“އާލާ!..މަގޭ ދަރި..” ކާރުމަތީގައި ލެއިން ކަޅިވެފައިއޮތް އާލާ ފެނުމާއެކު އިކުރާމަށް ރޮއެގަނެވިއްޖެއެވެ. ޑްރައިވަރު އޭރު އާލާގެ ފުރާނަނެތް މަސްގަނޑު ނަގައިގެން އިކުރާމުކައިރިއަށް އަންނަނީއެވެ. އިކުރާމުގެ އަތްދަނޑިމައްޗައް އާލާ ލުމާ އެކު ކައިރީގައި ހުރި އާލިމާވެސް ބަޑި ފަޅައިގެން ހިނގައްޖެއެވެ.
“އާއްކޯ…ދަރިފުޅާ ލޯ ހުޅުވަބަލަ..މީ ބޮޑުމަންމައޭ..ދެން ތިހެން ނޯވެ ތެދުވެބަ..އާލާ…” އާލިމާ އަށް އިތުރަށް ވާހަކަ ނުދެއްކުނެވެ. އިކުރާމް އޭރުވެސް ހުރި ގޮތަށް ހުރީ އާލާ މެއާލާ ފިއްތާލައިގެންނެވެ.
“ބޮޑުބޭ! މިޝްކޮގެ ވިންދު އެނބަހުރި..އަވަހަށް ހިނގާ ހޮސްޕިޓަލަށް ގެންދަން..އެންބިއުލާސްއަށް އާދެވޭއިރު މާ ލަސްވެދާނެ..”
“އަވަސްކުރޭ.. ހާމިދު ކާރު ސްޓާޓް ކުރޭ..” މިޝާން އަތްދަނޑިމައްޗައް ލައިގެން ދުވަމުން އައިސް އާލިމާމެން ކައިރިއަށް ހުއްޓުނު ޝަމާންގެ އަޑަށް ޑްރައިވަރު ކާރަށް އަރާ ސްޓާޓްކޮށްލިއެވެ. ޝަމާން އާއި އިކްރާމް އާލާ އާއި މިޝާން ގޮވައިގެން ކާރުގެ ފަހަތު ޝީޓްގައި އިން އިރު އާލިމާ އިނީ ކުރި ޝީޓް ގައިއެވެ. ކާރުތެރޭން އިވޭހާވެސް އަޑަކީ އާލިމާގެ މަޑު ގިސްލުމުގެ އަޑެވެ. އިކްރާމަށް އިތުރު ކަމަކާ ވިސްނުމުގެ ކުޅަދާނަކަން މިވަގުތު ނެތެވެ. ދެކުދިންގެ މޫނަށް ބަލަން އިންއިރު އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ ހުއްޓިދާނެހެންނެވެ. އާލިމާވެސް އިރުއިރުކޮޅާ ފަހަތައް ބަލަމުން ކަރުނަތައް ފޮހެލައެވެ. ޝަމާން އިނީ މިޝާންގެ ހިތުގެ ހިނގުން ލަސްވަމުންދާކަން އެނގި އެކަމާ ކަންބޮޑުވެފައެވެ.
“އޯހް ނޯ..މިކް ކޮބާތަ؟ އަހަރެންނަށް މިކް ފެނުމުގެ ކުރިން މިޝާން ފެނުމުން އަވަހާ އަންނަން ވެގެން މިކްވެސް ނުލާ އެއާދެވުނީ” ކުއްލިއަކަށް މިކްޔާ މަތިން ހަނދާން ވުމާއެކު ޝަމާން ބުނެލިއެވެ. ނަމަވެސް އޭނާ ދެއްކި ވާހަކައެއް އެއްވެސް މީހަކަށް އަޑެއް ނީވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދުނިޔޭގައި ގެއްލިފައި ތިއްބައި ކާރު އޭޑީކޭ ހޮސްޕިޓަލު ދޮރުމައްޗައް މަޑުކޮށްލިއެވެ. ޝަމާން އަށްވެސް އިތުރަށް ވާހަކަ ދައްކާނޭ ފުރުސަތެއް ނުލިބުނީ ވަގުތުގެ ގޮތުންނެވެ.
**
އޮޕަރޭޝަން ތިއޭޓަރު ބޭރުގައި ތިބި އިކްރާމާއި އާލިމާ ކޮޅަށް ތެދުވީ ކޮޓަރީގެ ދޮރު ހުޅުވާފައި ނިކުތް ޑޮކްޓަރު ފެނުމުންނެވެ. އެވަގުތު އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރި ޝަމާން ފޯނު ޖީބައްލަމުން އާލިމާމެން ކައިރިއަށް އަންނަނީއެވެ.
” މާފުކުރައްވާ! އަޅުގަނޑުމެންނަށް ކުއްޖާ ސަލާމަތެއް ނުކުރެވުނު..މިކޮޅަށް ގެނައި އިރުވެސް ވަނީ ވަރަށް ސީރިއަސް ހާލަތެއްގައި..ތިއޭޓާއަށް ވެއްދިތާ ކުޑަ އިރުކޮޅެއްގެ ތެރޭ ހިތް އެއްކޮށް ހުއްޓިއްޖެ..”
ދެން އަނެއް ކުއްޖާ ވަނީ މާކުރިންވެސް ނިޔާވެފައި..މިވަގުތު ކެތްތެރި ވާން ޖެހޭނެ..ހިތްވަރު ކުރޭ..އެދެކުދިންނަށް މާތް ރަސްކަލާނގެ ސުވަރުގެ މިންވަރު ކުރައްވާށި” އިކްރާމްގެ ކޮނޑުގައި އަތް ބާއްވަމުން ޑޮކްޓަރު އެހެން ބުނުމާއިއެކު އާލިމާ އަށް ގޮނޑިގައި އިށީނދެވުނެވެ. އަދި މޫނުގައި އަތް އެޅުމަށްފަހު ރޯންފެށިއެވެ. ޝަމާން އެވަގުތު އާލިމާ ކައިރިއަށް ޖެހިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އޭރު އޭނާވެސް ވަނީ ފެން ކަޅިވެފައިއެވެ.
އިކްރާމް އިނީ ކަންފަތައް އިވުނު ބަސްތައް ޔަޤީން ނުވެފައެވެ. އެހާ އަވަހަށް އޭނާގެ އުފާވެރި ކަމަށް ނިމުން އައީ ހެއްޔެވެ؟ އޭނާ އެދެކުދިންނާ ނުލާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ މީ އޭނާ ކުރި ކުށުގެ ޝަޒާ ހެއްޔެވެ؟ ސިކުނޑީގައި އެނބުރެމުން ދިޔަ ސުވާލުތަކުގެ ސަބަބުން އިކްރާމްގެ ހިތައް ބާރު ކުރަމުން ދިޔައެވެ. މިހާ އަވަހަށް އޭނާގެ ދިރިއުޅުމުގެ ހުޅުކޮޅު ކަނި ވެއްޖެކަން ޤަބޫލުކުރަން އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ޤަބޫލު ކުރަން ބޭނުން ނުވިޔަސް އެގޮތައް ކަންތައްވެ ނިމިއްޖެއެވެ. އިކްރާމަށް އާލިމާފެނި ލޮލުން ކަރުނަ ނިރާލިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން އެކުދިންގެ ކަށުކަމާކެމީގެ ކަންތައް ނިންމަން އިކްރާމް ހިނގައިގަތީ ހަށިގަނޑުގައި ނެތް ހިތްވަރު ނެރެމުންނެވެ.

3ގަޑިއިރުފަސް
” ކޮބާތަ އައިޝާ؟ ކިހިނެއް ކުދިން އެކަނި މަގުމައްޗައް ނިކުތީ ..އަދި އެވެސް އެހާ އެގަޑީގައި..އަހަރެމެން ނިކުތް އިރު އައިޝާ އޮތީ ކުދިން ކައިރީގައި..މިހާއިރުވީރު އެއްވެސް މީހަކު އޭނަ އަށް ނާންގާތަ؟..މިރޭ އޭނަ ބުނި ކުދިން ނިންދަވާފައި އޮފީސް މީޓީން އަކަށްދާ ވާހަކަ..އެކަމަކު ދެން މިހާރު އަންނަހާ އިރުވެސް ނުވަނީތަ؟ ޝަމާން ވެސް ނާންގަންތަ އޭނަ އަކަށް؟..ގެއަށް ނަމަވެސް ގުޅާފައި އަންގަބަލަ..” އާސަހަރާގައި ހުރި އާލިމާ އަށް ހަމަވިސްނުން ލިބުމާއިއެކު މިކްޔާ ކޮބައިތޯ ޝަމާން އާއި ސުވާލު ކުރިއެވެ. ޝަމާންވެސް އެހުންނަނީ އެސުވާލު ކުރާނެ އިރެއްގެ އިންތިޒާރުގައިއެވެ.
” އަޅުގަނޑު ދަންތޯ ބަލާ..؟” ޝަމާން ވެސް ކޮށްލީ ސުވާލެކެވެ. ސަބަބަކީ އާލިމާގެ އެސުވާލަށް ދޭނެ ޖަވާބެއް ޝަމާން އަށް ނޭނގުމެވެ. މިކްޔާ އޮންނާނެ ހާލެއް އޭނާ އަށް ނޭނގެއެވެ. އަދި ދުނިޔޭގައި ހުރިކަމެއް ނުވަތަ ނެތް ކަމެއްވެސް ޝަމާން އަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިކްޔާ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމެވެ. އާލިމާ އަށްވެސް މިވަގުތައް އެކަން ސިއްރުކުރީ ޔަޤީން ނުވަނީސް އެއްވެސް ވާހަކައެއް ނުބުނުމަށެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ޝަމާން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ މިކްޔާގެ ހާލު ރަނގަޅުވާނެކަމަށް ދުޢާ ކުރަމުންނެވެ. މިރޭ ހިނގާދިޔަ ކަންތަކުގެ ކުށްވެރިޔަކީ އޭނާ ކަން ޝަމާން ހިތް ބުނަމުންގެންދިޔަ ނަމަވެސް ސިކުނޑި އެކަމާ އެއްބަސް ނުވަނީ އެކަމުގައި މިކްޔާގެ ކުށްވެސް އޮތުމުންނެވެ.
“އެކްސްކިއުޒްމީ..މިރޭ އެކްސިޑެންޓެއް ވެގެން މިތަނަށް އަންހެނެއް ގެނެވުނުތޯ؟ 23 އިޔާސްވަރު ވާނީ..” ރިސެޕްޝަނަށްގޮސް އެތާ އިން ކުއްޖާ ކައިރީގައި ޝަމާން ސުވާލުކޮށްލިއެވެ.
” އިންފޮމޭޝަން ކައުންޓަރުން މައުލޫމާތު ސާފޮށްލެވޭނެ..”ހިނިތުންވެލަމުން އެކުއްޖާ ބުނެލިއެވެ.
” އާދެ! މިހާރު އެކުއްޖާ އިންޑިއާއަށް ގެންގޮއްސި..ހާލު ވަރަށް ސީރިއަސް… މައިބަދައަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވަނީ..ގެންދިޔައިރުވެސް އެކުއްޖާ ހޭނާރާ..” އިންފޮމޭޝަން ކައުންޓާގައި އިން އަންހެންމީހާ ތަފްސީލްކޮށްދިނެވެ.
” ކާކު އޭނާ ގެންދިޔައީ..އައި މީން ރިލޭޓިވް ނޫން މީހަކާ އެއްކޮށް ނޫންގޮތަކަށް ޕޭޝަންޓް މިތަނުން ފޮނުވާލެވުނީ ކީއްވެ؟ އަޅުގަނޑު ބޭނުން އެއީ ކާކުތޯ ބަލަން..” ޝަމާން ހިތް ހަމަ ނުޖެހުނީ މިކްޔާ ނުދަންނަ މީހަކާ އެއްކޮށް ފޮނުވާލެވުމުންވެ.
” ޕޭޝެންޓްގެ ރިލޭޓިވް އެއް އޭނާ ގެންދިޔައީ ..އެކަމާ ބެހޭ އިތުރު ތަފްސީލެއް އަޅުގަނޑަށް ނޭނގެ..” އެމީހާވެސް ހިތްހަމަ ނުޖެހި އިނދެ ބުނެލިއެވެ.
ޝާމާން އެތައް ވަރަކުން އެހުމުންވެސް އިތުރު މައުލޫމާތެއް ނުލިބުނެވެ. އެހެންކަމުން ޝަމާން ގަސްދު ކުރީ ބޮޑުބެގެ އެހީތެރިކަމާއެކު އެކަން ހޯދުމަށެވެ.
އާލާމެންގެ ކަށުނަމާދު ކަންތައް ނިމުނު އިރުވެސް މިކްޔާގެ ހަބަރެއް ނުވުމުން އާލިމާގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އިކްރާމް ގާތު މަޑުކުރުމަށް ބުނެ އާދޭސް ކުރުމުންވެސް އެކަމަށް އެއަބަސް ނުވެ ހުރިހާކަމެއް ނިންމާއެލީ އެކުދިންގެ މަންމަ އާއި ވަދާއި ސަލާމްވެސް ކޮށްނުލެވިއެވެ. އާލިމާ އެހުންނަނީ އިކްރާމްގެ އަމަލުތަކުން ނުހަނު ކަންބޮޑުވެފައިއެވެ. އެކުދިންގެ ކަންކަމުގައި ގޮތް ނިންމަމުން ދާއިރުގައި ހީވަނީ އަމިއްލަ ދަރިންހެންނެވެ. ނަމަވެސް އާލިމާ ހިކުރީ ވަގުތުގެ ގޮތުން އިކުރާމް މާ ބޮޑަށް ޖަޒުބާތީ ވީކަމަށެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އާލިމާ އަށް ރޭކާވެސް ނުލައެވެ.

މިކްޔާގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ އެނދުގައި ޝަމާން އޮށޯވެލިއެވެ. ބޮޑުދައިތަގެ ސުވާލަށް ޖަވާބުދޭން ޖެހިދާނެތީ އޭނާ ފޯނުވެސް ނިއްވާލައިގެން އެއުޅެނީ އަމިއްލަ ނަފުސު ކުއްވެރި ކުރެވޭލެއް ބޮޑުކަމުންނެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު ތެދުވެ އެނދުގައި އިށީދެލިއެވެ. އެވަގުތު އަލަމާރި ކައިރިއަށް ވެއްޓިފައި އޮތް ފޮތެއް ޝަމާންގެ ލޮލުގައި އަޅައިގަތެވެ. އެނދުމަތިން ތެދުވެގެން ގޮސް އެފޮތް ނެގިއެވެ. އެއީ ހަމަ އެ ކުޑަ ނޯޓް ފޮތެވެ. މިކްޔާ އަށް ހަދިޔާ އަކަށް ދިން އެ ފޮތް އަދިވެސް މިކްޔާ އަތުގައި އޮތުމުން ޝަމާން އަށް ހައިރާންކަން ލިބުނެވެ. މިކްޔާ އެފޮތް އެގެންގުޅެނީ ޝަމާންދެކެ އަދިވެސް ލޯބިވާތީ އޭ އޭނާގެ ހިތައްއެރިއެވެ. ފޮތް ހުޅުވާލިއިރު އޭރުގައި ޖަހާފައިން ނަން ހަމަ އެއިން ގޮތައް އިނެވެ. “މިޝާން” ޝަމާން އެނަން ކިޔާލުމާއި އެކު މިކްޔާ މަތިން ހަނދާންވިއެވެ. މާޒީގެ އެދުވަސްތައް ހިތައް ސިފަވުމާއެކު ޝާމާން އަށް ލޯމަރާލެވުނެވެ. އެވަގުތު ސިފަވެގެން ދިޔައީ މިޝާން ގެ އެ މައުސޫމް މޫނުކޮޅެވެ. މިކްޔާ އެނަން މިޝާން އަށް ދިނީ ޝަމާންގެ ނަން އަބަދުވެސް މިކްޔާގެ ހަޔާތުގައި ވާކަން އެންގުމަށެވެ. ނަމަވެސް އޭނާ މިކްޔާ އާއި ދޭތެރޭ ކަންތައް އެކުރީ ކިހާ ގޯސްކޮށް ހެއްޔެވެ..؟
ޚިޔާލީ ދުނިޔެއިން ޝަމާން އަށް ހޭވެރިކަންވީ ގޭތެރޭގައި އަޑު ގަދަވެގެންނެވެ. ބޮޑުބެމެން އަދިވެސް ނުނިދަނީ ހެއްޔެވެ؟ މިރޭގެ ނިދި އެންމެންނާ ރުޅީ ކަންނޭނގެއެވެ. އެހެންނޫނަސް އަމިއްލަ ދަރިއެއްހެން ބަލަމުން އައި ދެކުދިން ކުއްލިގޮތަކަށް ވަކިވުމުން ނިދާނީވެސް ކިހިނަކުންހެއްޔެވެ؟
**
“ކީކޭ؟ އިކްރާމްގެ ދަރިންނޭ؟ އިނގޭތަ ތި ކިޔޭ އެއްޗެއް؟ މިވީހާ ދުވަހު އަހަރެންނަށް އޮޅުވާލައިގެން ކަލެއާ އެ އައިޝާ އުޅުނީތީ އަހަރެން ހަމަ ހައިރާންވެއްޖެ..އަހަރެން ހިޔެއް ނުކުރަން އިކުރާމް ތިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލައިފާނޭ..” އާލިމާ ރޮއެގަންނަމުން ބުނެލިއެވެ.
“އަހަރެން އޮޅުވައެއް ނުލަމޭ އާލިމާ..އަހަރެން އަބަދުވެސް ދަރިޔަކު ބޭނުންވާކަން އާލިމާ އަށް އިނގޭނެ..ދެން ކޮބާތަ އޮޅުވާލެވިފައި؟..އަހަރެން އެގޮތައް ކަންތައްކުރީ އާލިމާއަށްވެސް ރަނގަޅަށް” އިކުރާމް ބުނެލިއެވެ.
“ކޮބާތަ އޮޅުވާނުލެވިފައި؟..މިހާ ދުވަސް ފަހުންތަ ތިވާހަކަ ބުނަން އެނގުނީވެސް؟ އަނެއްކާ އެއީ ހަލާލު ދަރިންތަ؟ ” ކިތައްމެ ބުނަންބޭނުން ނުވިޔަސް އާލިމާގެ ދުލުން އެބަސްތައް ބޭރުކޮށްލެވުމާއި އެކު އަމިއްލަ ނަފުސައް އަޑުލީ އެކަމުގައި ކުށެއްނެތް މައުސޫމު ދެކުދިންނާ މެދު އެފަދަ ވާހަކައެއް ދައްކަން ޖެހުމުންނެވެ.
“ހެޔޮނުވާނެ އާލިމާ ތިކަހަލަ ވާހަކަ ނުދައްކާ..އަހަރެން ކުރި ކުށެއްގައި އެކުދިން ބަދުނާމު ނުކުރޭ..އެއީ އަހަރެން ހަލާލު ގޮތުގައި ހޯދައިފާ ކުދިން..އަހަރެން މިކްޔާ އާއި ކައިވެނި ކުރީ ލަންކާގައި..އާލިމާ އަށް އަންގަން ބޭނުންވިއެއްކަމަކު އަހަރެން އާލިމާ ކައިރީގައި ވަޢުދުވިން ދެވަނަ ކައިވެންޏެއް ނުކުރާނެ ކަމަށް އެކަމަކު އަހަރެން ދަރިއަކަށް ނުހަނު ބޭނުން ވެފައި ހުރުމުން އެގޮތަށް ކަންތައް ކުރެވުނީ..އަހަރެންނަށް މާފު ކުރޭ” އާލިމާގެ އަތުގައި ހިފަމުން އާދޭހުގެ ރާގެއްގައި އިކުރާމު ބުނެލިއެވެ. އެވަގުތު އާލިމާ އޭނާގެ އަތް ފޮޅުވާލީ ވިހަގަދަ ސޫއްޕެތް ކަށިޖެހީމާ އަތް ފޮޅުވާލާހާ ބާރަށެވެ.
” މާފޭ..؟ ދުވަހަކުވެސް އަހަރެން އިކުރާމަށް މާފެއް ނުކުރާނާން.. އަހަރެން ކައިރީ ނުބުނެ ދެވަނަ ކައިވެންޏެއް ކޮށް ދަރިން ހޯދީމާ އަހަރެންނަށް ވީ ވައުދު ފުއްދޭތަ..؟ އައިޝާ އަކީ އެކުދިންގެ މަންމަ އަށް ވާނަމަ އިކުރާމް ކޮން މިކްޔާ އެއްގެ ވާހަކަ ތިދައްކަނީ..؟ އާލިމާ ސުވާލުކޮށްލިއެވެ.
“އެއީ..އެއީ..އައިޝާގެ އަސްލު ނަމަކީ މިކްޔާ..އާލިމާ އާއި އެއް ރަށެއްގެ ކުއްޖެއް އޭނާ އަކީ..” ޖެހުލުންވެ އިނދެ އިކުރާމް އެހެން ބުނެލުމާއެކު އާލިމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަށް އަބަދުވެސް މިކްޔާގެ މޫނުން އޭނާގެ ވަރަށް ގާތް ރަހުމަތްތެރި އަކާ ވައްތަރުވާ ވާހަކަ ބުނެއެވެ. ކޮންމެ ފަހަރަކު މިކްޔާ އެވާހަކަ އޮއްބާލަނީ ފަރުވާތެރި ކަމާއެކުއެވެ. މިވީހާ ދުވާހު ނަންވެސް އޮޅުވާލައިގެން އެއުޅުނީތާއެވެ. ނޫނޭވާ ހީލަތްތެރި ކަމެއް ދެއްވާފައި އެބަހުއްޓެވެ. އާލިމާގެ ހިތައް އެވަގުތު އެރި އެއްޗަކުން ދަތްކުނޑި ވިކާލެވުނެވެ.
ރުޅިއިންތިހާ އަށް ދިޔުމުން އާލިމާ ޚިޔާރު ކުރީ ހިމޭން ކަމެވެ. އެހެން ނޫނީ މިއަދު އޭނާ އަތުން ފައިން ގޯހެއް ހެދިދާނެއެވެ. އަނގައިންވެސް ނުބުނެ މަޑުމަޑުން ސޯފާގައި އިނީ އިކުރާމް އެދިން ހަބަރަކުން ހިތުގެ ހަމަޖެހުން ނަގާލެވިފައިވާ ވުމުންނެވެ. އެހެން އިންއިރު އާލިމާ އަށް ވިސްނެމުންދިޔައީ މިވީ ފަސް އަހަރުތެރޭގައި ކަންތައް ވަމުން އައި ގޮތެވެ. މިކްޔާ އާއި އިކުރާމު ވާހަކަ ނުދައްކާތީވެ އެކަމާ ބެހޭގޮތުން އާލިމާ އެތައްފަހަރު އެދެމީހުންގެ ހާޒިރުގައި އެވާހަކަ ދައްކައެވެ. ނަމަވެސް ކޮންމެފަހަރަކު އިކުރާމު ބުނަނީ އެއީ މިކްޔާގެ ލަދުރަކި ކަމުން ވާގޮތެއްކަމުގައި ކަމެވެ. އާލިމާ އަށް އޭރުގައި އެވާހަކަތައް ޤަބޫލު ކުރެވުނީ މިކްޔާގެ އެހުންނަ މަޑުމައިތިރި މިޒާޖާއި ބަސްމަދުކަން ދެކެފައި ވުމުންނެވެ. އާލާ އާއި މިޝާން ބޮޑުވަމުން އައި ވަރަކަށް އިކުރާމާއި ވައްތަރުކަން އެންމެނަށްވެސް ފާހަގަވެގެން އެވާހަކަ ދައްކައެވެ. އެކަން އާލިމާގެ ހިތުގައި ވެސް ވިއެވެ. އެހެންނަމަވެސް ލޯބިވާ ފިރިމީހާ އޭނަ އަށް ބޭވަފާތެރި ވެދާނެ ކަމަށް އާލިމާގެ އަށް ޤަބޫލެއް ނުކުރެވުނެވެ.

އިކުރާމަށް އާލިމާގެ އެހަމަހިމޭންކަމުން ހިތައް އުނދަގޫ ވުން ނޫން އިތުރު ގޮތެއް ނުވިއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން މިކްޔާ އާއި މެދު ކަންތައް ކުރި ގޮތް ކިޔާދޭން އިކުރާމްގެ ޒަމީރު އެއްބަސްވީ ފަހުން އާލިމާ އަށް އެކަން އެނގި އިތުރު ހަމަނުޖެހުމެއް އެގުޅުމަށް ލިބުން ނޭދޭތީވެއެވެ. އޭނާ ހީކުރި ގޮތާ ހިލާފަށް އާލިމާގެ ފަރާތުން އެއްވެސް އަމަލެއް ނުފެނުމުން އިކްރާމަށް ވިސްނުނީ މިވަގުތަކީ ހަޤީގަތް ހާމަ ކުރަން އެންމެ ރަނގަޅު ވަގުތުކަމުގައި ކަމުގައިއެވެ.
އިކުރާމް އޭނާއަށް މިކްޔާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ކަންތައް ވީގޮތުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އާލިމާ އޭނާގެ މޫނު އަނެއްފަރާތައް އަނބުރާލީ އިކްރާމްގެ ސޫރަވެސް ދެކެން ބޭނުން ނުވުމުންނެވެ. އޭރު ޝަމާން ހުރީ އެމީހުންގެ ފަހަތުގައި ހުރި މިކްޔާގެ ކޮޓަރީ ދޮރުމަތީގައި އެވެ. ބޮޑުބެގެ ދުލުން ހާމަވެގެން އެދިޔަ ކަންތަކުން އޭނާގެ ދެފައިގެ ވަރުދޫވާހެންވެސް ހީވިއެވެ. ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނާޅާ ހުރީ ދެން ދައްކަން އެފެށި ވާހަކަ އަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ. މިރޭ އޭނާ އަށް ވެސް އެތައް ސުވާލެއްގެ ޖަވާބު ލިބިދާނެއެވެ.
**
ހެލްތް މިނިސްޓްރީގެ ފަރާތުން ބޭއްވުނު ފޯރަމަކު ބައިވެރިވުމަށް އިކްރާމް ރާއްޖެތެރެއަށް ކުރި ދަތުރެއްގައި ތިމަރަފުށްޓަށްވެސް ދާންޖެހުނެވެ. އެފަހަރު އޭނާ މަޑުކުރީ އާލިމާމެންގޭގައި އެވެ. އެގޭގައި ހޭދަވި ދެމަސް ދުވަސް ތެރޭ އިކުރާމަށް ވަނީ މިކްޔާގެ މުރާލިކަން ފެނިފައިއެވެ. މިކްޔާ އެގެޔަށް އައިސް އުޅޭ އުޅުމުން އޭނަ އަކީ ވަރަށް ގެވެހި ކުއްޖެއްކަން އިކުރާމަށް އެނގުނެވެ. އަދި ޝަކީލާ އާއި އެކުވެރިކަން ބަދަހިކޮށް އޭނާގެ މަޤުސަދު ހާމަ ކުރިއެވެ. ޝަކީލާ އަކީ މާކުރިންވެސް މުދަލަށާ މުއްސަނދިކަމަށް ލޯބި ކުރާ މީހެއްކަމުން އިކްރާމަށް އޭނާ ބޭނުންވާ ކަންތައް ހާމަ ކުރިއެވެ. ޝަކީލާ އަށް ވަނީ މާކުރިންވެސް އިކުރާމަކީ ކިހާ ފެންވަރެއްގެ މީހެއްކަން އެނގިފައެވެ. އެހެން ކަމުން ޝަކީލާ އެކަން ކޮށްދޭން އެއްބަސްވީ ޝަރުތަކާއިއެކުއެވެ. އިކުރާމްގެ އެދަތުރު ނިންމާލުމަށްފަހު އެނބުރި އައީ ސިއްރުވެރި ރޭވުންތަކެއް ކުރުމަށްފަހުއެވެ. އެކަމުގެ އިސްމޭސްތިރި އަކީ ޝަކީލާއެވެ. އިކުރާމާއި ޝަކީލާގެ ރޭވުމުގެ މަތިން މިކްޔާ އާއި ކައިވެނި ކުރުމަށް ލަންކާ އަށް ގެންގޮސް އެކަން މީހަކަށް ހިލަމެއްނުވާހާ ސިއްރުވެރިކޮށް ނިންމާލިއެވެ. މިކްޔާގެ މައުސޫމުކަމުގެ ފައިދާ އިކުރާމާއި ޝަކީލާގެ ރޭވުންތެރިކަމުގެ ދަށުން ކޮށްނިންމާލީ މިކްޔާ އަށްވެސް ވިސްނާނެ ފުރުސަތެއް ނުދިއެވެ.
އެއަށްފަހު މިކްޔާ ބަނޑު ބޮޑުވެ ދަރިން ލިބުމާދޭތެރޭ ކަންތައްވީ ގޮތާއި ދަރިން ލިބުމަށްފަހު އިކުރާމްކަންތައް ކުރި ގޮތްވެސް ކިޔާދިނެވެ. މިކްޔާ އަށް އެތައް ގޮތަކުން ބިރުދައްކައި މަޖުބޫރު ކުރުވި ގޮތާއި އަދި މިވީހާ ދުވަހުވެސް އިކުރާމް ވަނީ މިކްޔާ އަށް ނަފްސާނީ ގޮތުން އަސަރު ކުރާ ވަރަށް އޭނާގެ އަމަލުތައް ބަހައްޓަފައި އެވެ. މިކްޔާ އޭނާގެ ވާހަކަ މީހެއް ކައިރީ ދުވަހެއްގެ ކޮޅުންވެސް ނުދައްކާނެ ވަރަށް އިކުރާމް ވަނީ އެހިތުގައި ބިރުވެރިކަން އުފައްދާފައިއެވެ. މިކްޔާ ހުރިހާ ކަމެއް ބަރުދާސްތު ކުރީ ހަމައެކަނި އޭނާގެ ދެ ދަރިންގެ ހައްޤުގައި އެވެ. އިކުރާމްގެ ވާހަކަ ނިމުމާއިއެކު އާލިމާ ސޯފާއިން ފުންމައިގެން ތެދުވިއެވެ. އެވަގުތު އިކްރާމްވެސް ތެދުވީ އާލިމާ ކޮށްފާނެ ކަމަކާމެދު ކަންބޮޑުވެ އިނދެއެވެ.
” ހުރި ޖާހިލުކަން ނިކަން ދެކިބަލަ..މައުސޫމު އަންހެންހެން ކުއްޖެއްގެ ދިރިއުޅުމާއޭ ތި ކުޅެލީ..ތީ އަމިއްލަ އެދުމުން ފޯވެފައިހުރި ނުލަފާ އިންސާނެއް.. އެނޫން ގޮތަކަށް ދަރިން ނުލިބެނީތަ؟..ކިތައް ދުވަހު އިކުރާމުކައިރީގައި އަހަރެން ބުނީ ދެވަނަ ކައިވެންޏެއް ކުރާށޭ..އެކަމަކު އިކްރާމް ކަންތައް ތިކުރީ އިންސާނަކާ ދޭތެރޭ ކަންތައް ކުރަން ހެޔޮވާނެ ގޮތަކަށް ނޫން..ކަލޭ މަރާލިޔަސް ފާފަވެރިއެއް ނުވާނެ..” އިކުރާމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން އާލިމާ ހަޅޭލަވަމުން ދިޔައެވެ. މިވަގުތު އޭނާ އެހުރީ ހަމަހޭގައެއް ނޫނެވެ. މިވީހާއިރު ހިފަހައްޓާލައިގެން އިން ރުޅިގަނޑު ފަޅައިގެން ދިޔުމުން އާލިމާގެ ސިކުނޑި އެވަނީ ނަފްސް ކޮންޓްރޯލު ކުރަން ނުކުޅެދިފައިއެވެ.
އެވަގުތު އެމީހުންގެ ވާހަކަތައް އަޑުއަހަން ހުރި ޝަމާންގެ ހިއްސުތައް ގަނޑުވެފައިވީ މިކްޔާއާއި ދޭތެރޭ ކަންތައް ކުރި ގޮތުން ހިތައް ކުރި އަސަރެއްގެ ސަބަބުންނެވެ. މިކްޔާ ހާދަ ކެއްގަދަ އެވެ. ޝަމާން ނަމަ އެހުރިހާ އަހަރެއްވަންދެން ބިރުވެރި ކަމާ ހާސް ކަމާ އެކު އުޅެން ޖެހިއްޖެ ނަމަ މޮޔަވެދާނެއެވެ. އެކަމުންވެސް މިކްޔާ އޭނާގެ ދަރިންދެކެ ވާލޯބި ހާމަ ވެގެން ދެއެވެ. އޭނާގެ ދެ ދަރިންގެ މަރުގެ ޚަބަރު ލިބުމުން މިކްޔާގެ ހިތައް ކުރާނެ އަސަރު ޝަމާން އަށް ވަޒަންވެސް ނުކޮށްލެވޭނެއެވެ.

ޝަމާން އައި ގޮތަށް އާލިމާގެ އަތް އިކްރާމްގެ ގިރުވާނުން ނައްޓުވަން އުޅުނެވެ. އޭރު އިކްރާމް ހުރި ގޮތަށް ހުރީ ކުށްވެރިއެއްހެން އިސްދަށަށް ޖަހައިގެންނެވެ. އާލިމާގެ ކޮންމެ ޝަޒާއަކަށްވެސް މަރުހަބާ ކިޔަމޭ ބުނާކަހަލައެވެ.
” ޝަމާން ! މި ނުބައި ނުލަފާ މީހާ އަހަރެން ކުރިމަތިން ފޮނުވާލާ..އަހަރެން އެ ސޫރަ އަށްވެސް ނަފުރަތު ކުރަން..”
” އަހަރެން ދެން ކިހިނެއް ސޮފިއްޔާ އަށް އަށް މޫނު ދައްކާނީ..ކީކޭ އަހަރެން ބުނާނީވެސް އޭނާގެ ހުރި ހަމައެކަނި އަންހެން ދަރީގެ ޒިންދަގީ ބަރުބާދު ކުރީ މަގޭ ފިރިމީހާއޭތަ؟..ޝަމާން ކޮބާތަ މިކްޔާ އަހަރެން ބޭނުން އޭނަ ކައިރިން މާފަށް އެދެން..ދެފައިގައި ހިފާ އާދޭސް ކުރަން ޖެހުނަސް ހެޔޮ…އަހަންނަށް ކަށްވަޅުގައިވެސް ހަމަ ޖެހިގެން ނޯއެވޭނެ މިކްޔާ އާއި ސޮފިއްޔާގެ މާފު ނުލިބެނީހެއް..ކޮބާތަ މިކްޔާ؟..އޭނަގެ ދަރިންގެ މޫނުވެސް ނުދައްކާ މިހިރަ ނުލަފާ އިންސާނާ އެކުދިން ވަޅުލާފަ އެހުރީ..މިވަރުގެ ހަރު ހިތެއްގެ ވެރިއެއް މި ދުނިޔޭގައި ނޫޅޭނެ..” އާލިމާ ޝަމާންގެ މޭގައި ލައްވެލަމުން ރޯންފެށިއެވެ. އެވަގުތު ޝަމާން އާލިމާގައިގައި ދެއަތުން ވަށާލިއެވެ. އަދި އިކްރާމާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އިކްރާމްގެ ނުބައިކަން އެނގުމާއި އެކު ޝަމާންގެ ހިތުގައި އކްރާމަށް ދެވިފައިވާ ލޯތްބާއި ޤަދަރު ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ
” ބޮޑުދައިތާ މިކްޔާ ވީތަނެއް އަޅުގަނޑަށް ނޭނގެ..” އާލިމާ ސޯފާ ގޮނޑިގައި ބައިނދަމުން ޝަމާން ބުނެލިއެވެ.
“ތިބުނީ ކީކޭ..ނޭންގެއޭ..އޭރުގައި ދިޔައީ ބަލައޭ ކިޔާފައެއް ނޫންތަ؟ އާލިމާ ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. އެވަގުތު ޝަމާން އެރޭ އިރާކޮޅުގައި ދެމީހުން ހިންގި ޒުވާބާއި ޝަމާން އަށް ބެލްކަނިން ފެނުނު މަންޒަރު ކިޔާދިނެވެ. ހަމައެކަނި ސިއްރު ކުރީ މިކްޔާ އާއި އެދެމީހުންގެ ގުޅުމެވެ. އެކަން ހާމަ ކުރިޔަސް ވާނެ ފައިދާ އެއް އޮތީއެއް ނޫނެވެ. ޝަމާންގެ ވާހަކަތައް އަޑު އަހަން ހުރި އިކްރާމްގެ ލޭކެކިގެން ދިޔައީ މިކްޔާގެ ސަބަބުން އޭނާގެ ދެކުދިން ވަކިވުމުންނެވެ. އޭރު ވަގުތާއި ހާލަތުގެ ސަބަބުން މިކްޔާ ގެ ވާހަކައެއް އަހާލާނެ ފުރުސަތެއް ނުލިބުނީއެވެ. އެހެން ނޫނަސް މިކްޔާ އަކީ އޭނާ އަށް މާ މުހިއްމު މީހެއްވެސް ނޫނެވެ. އެކަމަކު މިހާރު ކޮންމެހެންވެސް މިކްޔާ ވީތަނެއް ބަލަން ޖެހިއްޖެއެވެ. މިކްޔާގެ ކިބައިން އޭނާގެ ދެދަރިންގެ މަރުގެ ބަދަލު ނުހިފެނީސް ދެން އޭނާއަށް ހަމަ ނޭވާއެއްވެސް ނުލެވޭނެއެވެ.
” އިކްރާމް! އަހަރެން ދުވަހަކުވެސް އިކްރާމަށް މާފެއް ނުކުރާނަން..އަދި އިކްރާމް ތި ކުރި ކަންތައް މިހިތަކުން ނުފިލާނެ..އަހަރެން މިދަނީ މިގެއިން ދާން..ދެން އެނބުރި އަންނާނީ މިކްޔާގެ މާފް ލިބިނުނު ދުވަހަކުން..” އާލިމާ ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
ޝަމާންވެސް ބޭނުންވީ އެކަނި ވެރި ވެލަން ކަމަށް ވުމުން އޭނާވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އިކްރާމް ގެ ބަރު އަޑުން އާލިމާ އަށް ގޮވާލި އަޑަށް ޝަމާން ފަސް އެނބުރި ބަލާލިއެވެ. އާލިމާ މެއާ ދިމާއިން އަތް އަޅަމުން ޓައިލްސް މައްޗައް ވެއޓެމުން ދިޔަ މަންޒަރު ފެނި ޝަމާން އަށް އެދިމާ އަށް ދުއްވައި ގަނެވިއްޖެއެވެ.

**
ކޮޓަރީގެ އެނދުމަތީގައި ޝަމާން އޮތީ މިކްޔާގެ އެ ނޯޓް ފޮތައް ބަލަހައްޓައިގެންނެވެ. އަދި އެއްފަހަރު އެފޮތް ހުޅުވާ ބަލާލީ މިކްޔާގެ ހިޔާލުތައް އުނދަގޫ ކުރަމުން ދާތީވެއެވެ. ފޮތް ހުޅުވާލި ވަގުތު އޭގެ ތެރެއިން ވެއްޓުނު ފަތް ޖަހާލެވިފައިވާ ގަނޑުކޮޅެއް ޝަމާންގެ މޭމައްޗައް ވެއްޓުނެވެ.
” ލޯބިވާ ޝަމާން އަށް
އަހަރެން މިއަދު ޝަމާންގެ އޯގާތެރި ކަމަށް ވަރަށް ބޭނުންވެއެވެ. މިދުނިޔެއަކީ މަކަރާއި ހީލަތުގެ ތަނެކެވެ. އެއްވެސް މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. ހެޔޮއެދޭ ހިނިތުންވުމެއް ރައްދު ކުރިޔަސް ދަލުގައި ނުޖެހޭށެވެ. ޝަމާން އަށް އިނގޭ ހެއްޔެވެ؟. އަހަރެން މިއަދު މިވަނީ އެކަހަލަ ކެހިވެރި ދަލެއްގައި ޖެހިފައިއެވެ. ސަލާމަތް ވާނެ ކަމުގެ އުއްމީދެއްނެވެ. އަހަރެން މިހާރު މި އިނީ ބަލިވެއެވެ. މީ އެއްދުވަސް ވަރެއްގައި އަހަރެން ދެކުނު ފޮނި ހުވަފެނެކެވެ. ޝަމާން އާއި ކައިވެނިކޮށްގެން އުފާވެރި ހަޔާތެއް ލިބުމަކީ މިހިތުގެ ދުޢާއެކެވެ. ނަމަވެސް މިއަދު މަންޒަރު މިވަނީ ބަދަލު ވެފައެވެ. ޝަމާން ތިވަނީ މާ ދުރުގައި އެވެ. އެނބުރި އަޔަސް ދެން އަހަރެންނަށް މި ނޫން ގޮތެއް ނޯންނާނެއެވެ. އަހަރެން ޝަމާން އަށް ވީ ވަޢުދު ނުފުއްދުނީތީވެ އެކަމަށް މާފަށް އެދެމެވެ. ފަހަރެއްގައި އަހަރެމެން ދެމީހުން ގުޅުމަށް ތަޤްދީރުގައި ލިޔެވިފައި ނެތީއެވެ. އަހަރެން ކިތައްމެ ދުރުގައިވިޔަސް އަބަދުވެސް ޝަމާން އަށް ބާއްޖަވެރި ހަޔާތެއް ލިބޭތޯ ދުޢާ ކުރާނަމެވެ.
އަބަދުވެސް ހެޔޮ އެދޭ މިކްޔާ
އެނޯޓް ކިޔާ ނިމުނު އިރު ޝަމާން އަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. މިކްޔާ އެބުނިހެން ތަޤްދީރު އެދެމީހުންނަށްވެސް ކެހި ދިނީ އެވެ. ނަމަވެސް ޝަމާންގެ ހިތުގައި މިއަދުވެސް ފެވިފައި އެވަނީ މިކްޔާގެ ނަމެވެ. އެލޯބި ހާސިލް ކުރުމަށް އޭނާގެ ހިތުގައި އާ އަޒުމެއް އުފަންވެއްޖެއެވެ. މިކްޔާ ހޯދުމަށްފަހު އަދި އޭނާގެ މިލްކަކަށް ހަދާނެއެވެ. ކަރުނަ ފޮހެލުމަށްފަހު ޝަމާން އޮށޯތީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން ނިދާލުމަށެވެ.
3 މަސް ފަސް

އިކްރާމް ހުއްޓިގެން ހުރި ކޮޓަރިން އިވޭހާވެސް އަޑަކީ މެޝިންތަކުގެ އަޑު އެކަންޏެވެ. އޭރު ކޮޓަރީގެ މެދެއްހާ ހިސާބު ހުރި އެނދެއްމަތީގައި އޮކްސިޖަން މާސްކެއް އަޅާފައި އޮތް އާލިމާ ހީވަނީ ފުން ނިންޖަކުން ނިދާފައި އޮތްހެންނެވެ. އޭނާ ދިރިހުރިކަން އެނގެނީ މެޝިންތަކުން އެގޮވާ އަޑުންނެވެ. އިކްރާމް އާލިމާ ބޮލުގައި ފިރުމާލުމަށްފަހު އެނދުކައިރީގައި އިން ގޮނޑީގައި އިށީނެވެ.
ފާއިތުވީ ތިންމަސް ދުވަހުގައި އޭނާ މިކްޔާ ހޯދުމަށް ނުފޮރުޅާ އެންމެ ގަލެއްވެސް ނޯންނާނެއެވެ. ނަމަވެސް މިކްޔާ ވީތަނެއް އިނގޭ މީހަކު މި އާލަމުގައި ހުރި ކަމަށް ނުވިއެވެ. އެތައް ގޮތަކުން ހޯދާ ބަލުމުންވެސް މިކްޔާގެ ނިޝާނެއްވެސް ނުފެނުނެވެ. ޝަކީލާ އަށްވެސް ގުޅައިގެން މިކްޔާގެ ހަބަރެއްވިތޯ ބެލިއެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ޝަކީލާ އަކީ މަދު ވަގުތު ކޮޅެއްގައި މެނުވީ ހަމަހޭގައި ހުންނަ މީހެއް ނޫންވީމާ އެކްސިޑެންޓެއް ހިނގިކަމެއް ދެކުދިން ނިޔާވިކަމެއްވެސް ރޭކާ ނުލައެވެ. މަސްތުގެ ދުނިޔޭގައި ޖާހިލު ކަންމަތީ އުޅޭ މީހަކަށް ރޭކާ ލާނީވެސް ކޮންކަމެއްހެއްޔެވެ؟
އިކްރާމް އޭނާގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިޔަށް އެބަ ގެންދެއެވެ. ބަލި ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި މިކްޔާ ވީކަމުގައި ވިޔަސް އޭނާ ހޯދާނެއެވެ. އެދުވަހަކުން މިކްޔާގެ ފުރާނަވެސް ބިރުން ރޫރު އަޅާވަރު ކޮށްލާނެއެވެ. މިހާރު އިކްރާމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިކްޔާ ގެންދިޔައީ ކާކުބާއެވެ؟

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ފުރަތަމަ ނަޒަރުން 2

Next

ވާލޯބި އެނގޭނަމަ… 3

Next
October 24, 2016

ވާލޯބި އެނގޭނަމަ… 3

Previews
October 24, 2016

ފުރަތަމަ ނަޒަރުން 2

22 Comments

  1. kayashandy says:
    October 24, 2016 at 4:38 pm

    hey all here is th 11th part..hope u ll all like it..mirey vumuge kurin up kohleemi..n this part will b quite short..sorry 4 adat 🙁 ..plx leave ur comments n let me knw de mistakes..
    thnkyu all for ur support..:)

  2. aik says:
    October 24, 2016 at 4:44 pm

    Reethi..☺

    1. kayashandy says:
      October 24, 2016 at 10:14 pm

      thnkyu aik 🙂

  3. Azuna says:
    October 24, 2016 at 5:18 pm

    V reethi

    1. kayashandy says:
      October 24, 2016 at 10:14 pm

      thnkyu azuna 🙂

  4. Mali says:
    October 24, 2016 at 6:02 pm

    V reethi and hope next time dhiguvaaney kama ???

    1. kayashandy says:
      October 24, 2016 at 10:15 pm

      tnkyu mali.. insha allah i ll try to upload a longer episode 🙂

  5. Chappi says:
    October 24, 2016 at 6:05 pm

    Woooow.. ?? Vvvv nice. Masha allah.. nd V intrsting.. Plx up fast..

    1. kayashandy says:
      October 24, 2016 at 10:17 pm

      tnkyu so much chappi..i ll try to upload tmrw..keep waiting..:)

  6. Akky says:
    October 24, 2016 at 6:46 pm

    When next prt. V v v rythi

    1. kayashandy says:
      October 24, 2016 at 10:17 pm

      insha allah tmrw i ll try to upload..tnkyu akky 🙂

  7. Aira says:
    October 24, 2016 at 7:22 pm

    Wow v nice.. Hyvany mikya ge mom kanneynge dho egendhiyaee..

  8. yaana says:
    October 24, 2016 at 8:31 pm

    vv reethi

    1. kayashandy says:
      October 24, 2016 at 10:18 pm

      tnkyu yaana 🙂

  9. RaM says:
    October 24, 2016 at 8:56 pm

    Shamaan ge hiyaalu nimeynee kon dhuvahakun vaahaka vv reethi

    1. kayashandy says:
      October 24, 2016 at 10:13 pm

      shamaan ge hiyaalu nimfa innaanee iru ossey manzaru balan indha mikyaa fenigen anna part in feshigen…dn eahfahu mee present.. kiyaaleema get vaane or maybe ethanun ehaa bodah specify koh nudhevifai ineema RaM wah heevee kannynge mee adhivesa past ey..sorry for dat..
      n thank u for ur support..hope u ll let me knw de mistakes in de upcoming parts too..

  10. Aan says:
    October 25, 2016 at 1:07 am

    vaahaka vvv reethi.ekam maa avahah kudin mau v ma…………

  11. Nie says:
    October 25, 2016 at 3:03 am

    Masha Allah varah reethi <3

  12. Saandy says:
    October 25, 2016 at 1:05 pm

    ވަރަށް ވަރަށް ރީތި… އެކަމް މިކްޔާއަށް ހާދަ ދެރަ ގޮތެކޭ ތިވީ… އެ ނުލަފާ އިކްރާމް އަދިވެސް ނުބައިކަން ދައްކަން ދޯ އެވިސްނަނީ… ރީތި ގޮތަކަށް ކަންނޭނގެ ނިމިގެން ދާނީ… ޝަމާންއަށްވެސް މިހާރު ޙަޤީީޤަތް އެނގުނީތާ… އެކަމް ކާކުބާ މިކްޔާ އެ ގެންދިޔައީ… އެއީ ކާކުކަން އިނގޭނެ އިރަކަށް މި އިންތިޒާރު ކުރަނީ…

  13. Qeen says:
    October 26, 2016 at 5:24 pm

    Kobaa 12 vanabai haadh lahunney thi up kuranee dhen lasnukoh fonuvadheebala

  14. xenn says:
    October 26, 2016 at 7:12 pm

    Kobaa tha nxt part….haadha lahey

  15. Fatima says:
    October 26, 2016 at 7:27 pm

    Pls up koba waiting or veegothey

Comments are closed.

All Right Reserved!