ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަންޖޫދާ ސައިޓުގައި އިން ނަންބަރަށް ގުޅާލިއެވެ. ހީކުރިވަރަށް ވުރެ ފަސޭހައިން ރިޝްކާ ސްކޫލަށް ވެއްދުމުގެ ކަންތައް ހަމަޖެހުމުން އަންޖޫދާ ހިތްހަމަޖެހުނެވެ. ވީހާވެސް އަވަހަށް ރިޝްކާ ގޮވައިގެން އެންޓްރީ ފީ ވެސް ހިފައިގެން ސްކޫލަށް އައުމަށް ބުނުމުން އަންޖޫދާ އަނެއްކާ ވެސް ހާސްވިއެވެ. ނިދިފައި އޮތް ރިޝްކާއަށް ބަލާލުމަށްފަހު އޭނާ ތެދުވެގެން ގޮސް އަލަމާރި ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭނާ އަތުގައި މިހާރު ހުރި ފައިސާތައް ގުނަން ފެށީ ކަންބޮޑުވެ ހުރެއެވެ. އޭގެ […]
އައުފް މިކްޔާ އޭނާގެ އަތް ދަނޑި މައްޗައް ނަގައިގެން ލިފްޓާއި ދިމާއަށް ދިޔައެވެ. ކަޅުކޯޓުލައިގެން ހުރި މީހާ ދުވެފައި ދިޔަ ދިމާއިން ނިކުމެގެން އައި އިސްކޮޅުން ދިގު ޒުވާނާއާއި މުޚާތަބުކޮށް މިޝްޔާ ބުނެލި ޖުމްލަ މިކްޔާ އަށް ސާފުކޮށް އަޑު އިވުނެވެ. ” ޖޯން..ވިލް ޔޫ ޕްލީޒް ޓޭކް ދެޓް ޗެއާރ އައުޓް އޮފް ދި ޕޫލް..” ޕޫލަށް އިޝާރާތް ކުރަމުން މިޝްޔާ އެހެން ބުނުމަށްފަހު މަރިޔާގެ ފަހަތުން ގެއާ ދިމާއަށް ހިނގައިގަތެވެ. މިޝްޔާ ދިޔުމުން ޖޯން […]
“ރިޔާޝާވެސް މިހާރު ތިހިރީ ބޮޑުވެފައި. މީހުންނާ އިންނަވަރުވެފައި. އަންހެންކުދިން ނުވާނެ އެހާ ގިނަ ދުވަހު މީހުންނާ ނީނދެ ތިބޭކަށް. އެހެންވީމަ އަހަރެން ރިޔާޝާގެ ކައިވެނި ހަމަޖައްސައިފިން.” އަމީނާ އެހެން ބުނެލުމުން ރިޔާޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ކޮޅަށްވެސް ތެދުވެވުނެވެ. “އަހަރެން…” “މަ ކަލޭ މިގެނައީ ކަލޭގެ ރުހުން ހޯދާކަށް ނޫން. މިރޭ އަށްގަޑި ބަޔަށް ތައްޔާރުވެގެން ހުރޭ. މިރޭ ރަންކިޔުއްވަން އަންނާނެ.” އަމީނާ އޭނާގެ ހަރުކަށި އަޑުން ބުނެލިއެވެ. ވަގުތުން ރިޔާޝާގެ ދެލޯ ފެންކަޅިވިއެވެ. […]
” މަންމަ މިއުޅެނީ ވަރަށް ބޮޑު ވާހަަކައެއް ދައްކަންވެގެން.. މިހާރު އައިޝާ އަކީ ވެސް ބޮޑު ކުއްޖެއް.. މާގިނަ ގިނަދުވަހު އަންހެންކުދިން މީހަކާ ނީނދެ ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” ސޮފިއްޔާ ދައްކަން ފެށި ވާހަކައަކުން އައިޝާ ހިތްނުތަނަވަސް ވާން ފެށިއެވެ. ” ސައްދާމް އަކީ ވަރަށް ރަނގަޅުކުއްޖެއް.. މަންމަ އާއި ބައްޕަ އަދި ސައްދާމްގެ އާއިލާ ވާހަކަދައްކާފަ ނިންމައިފިން ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނި ކުރުވަން..” ސޮފިއްޔާގެ ޖުމްލައިން އައިޝާ ސިހިފައި ސޮފިއްޔާއަށް […]
މުޅިތަން އަދިރި ވެފައިވީއިރު އަހަރެން އަދިވެސް އޮތީ ލޯމަރައިގެންނެވެ. ލަސްލަހުންލޯ ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ވިޒާންގެ ގައިމަތީގައެވެ. އަހަރެން ކުޅެން ގެންގުޅުނު އުއްބައްތި ވެއްޓިފައި އޮތްއިރު އޭގެން ވިޒާންގެ މޫނަށް އަލިއެޅިފައިވަނީ ނުހަނު ހިތްގައިމުކޮށެވެ. ގަނޑުތަށް އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވީއިރު ވަރަށް ‘ރޮމައިންޓިކް’ އެވެ. ވިޒާންވެސް އަހަރެންގެ މޫނަށް ބަލަންއޮތްއިރު އަހަރެން އެ ލޮލުގެ ތެރެއަށް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެސް ފެށިއެވެ. އެވަގުތު އަހަރެން އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރީމެވެ. އަދި ފުންމައިގެން ތެދުވީމެވެ. […]
(މިއީ ނުހައްޤު ލޯބި ވާހަކައިގެ ދެވަނަ ސިލްސިލާއެވެ.) 7 އަހަރު ފަސް…. ހުޅުމާލޭ ‘ކުދި މާ ސްކޫލް’ އިން ނިކުމެފައި ނަޝްފާ މަގުގެ ދެފަރާތް ބަލާލަމުން މަޑުކޮށްލިއެވެ. އަދި އަތުގައި ހުރި ކޮތަަޅުތަކަށް ބަލާލަމުން ހިނިތުންވެލިއެވެ. ދުވަހަކީ ޓީޗަރުންގެ ދުވަސްކަމުން ނަޝްފާ ކިޔަވައިދޭ ކުދިން ވަނީ އޭނާއަށް ގިނަ ހަދިޔާތަކެއް ދީފައެވެ. އެކުދިންނާއެކު މިޔަދު ހޭދަކޮށްލެވުނު ވަގުތުކޮޅުގެ މަތިން ހިތަށް އެރުމާއެކު ނަޝްފާގެ ހިނިތުންވުން ފުންވެގެން ދިއައެވެ. ކުދިމާ ސްކޫލަކީ ދެއަަހަރު ކުދިން ހުޅުމާލޭގައި އަލަށް ހުޅުވި […]
ރައިނާގެ ހަޔާތަށް ދެން އައީ އެހާމެވެސް އުފާވެރި ދުވަސް ތަކެކެވެ. ބައެއްފަހަރަށް ރައިނާއަކީ ދުނިޔޭގެ އެންމެ އުފާވެރި ކުއްޖާއޭހެންވެސް ހީވެއެވެ. ދާނިޔާލް ރައިނާގެ ހިތް އުފަލުން ފުރާލަދެއެވެ. ރައިނާ ހުންނަނީ ނުހަނު އުފަލުންނެވެ. ދާއިންގެ ފަރާތުން ލިބޭ ހަދިޔާތަކާއި ލިބޭ ލޯބިން ރައިނާގެ މުޅި ދިރިއުޅުމަށް ވަނީ ބަހާރު މޫސުންއައިއްސައެވެ. ރައިނާއާއި ދާނިޔަލްގެ ގުޅުންވަނީ ދާނިޔަލްގެ އެދުމަށް ސިއްރުކުރެވިފައެވެ. ޒިހާން އަށާއި ލަޔާލީ އާއި ޔަމްނާ އަށް ނޫން އިތުރުބަޔަކަށް އެމީހުންގެ ގުޅުމެއްނޭނގޭނެއެވެ. ދާނިޔަލްގެ އެދުމަށް ރައިނާގެ […]
ރިޔާޝާ މިއަދު ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ޝިފާންގެ އެހަމަހިމޭންކަން އޭނާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އެގެއިން ނުކުތުމަށް ދުއްވައިގަތެވެ. ރިޔާޝާ ހުއްޓުވަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އޭނާއަށް ރިޔާޝާ ދިޔަ ދިމާއަށް ބަލަން ހުރެވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އެއްކޮޅުން ތެދަށް ކިޔައިދީގެން ނިކަމެތި އަންހެންކުއްޖެއްގެ ހިތް […]
އައުފްގެ އޭނާގެ ދެއަތުން މިކްޔާގެ މޫނުގައި ހިފެހެއްޓުމަށްފަހު ތުންފަތުގައި ބޮސްދެވުނީ ހިތް އޭގެ މަޤާމުން ދޫވެ ޖަޒުބާތުތައް އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. އެވަގުތު މިކްޔާ އަށް ދެލޯބޮޑުކޮށްލެވުނީ ލިބުނު ސިހުމަކުންނެވެ. ނަމަވެސް އޭނާގެ އިހްތިޔާރުން ބޭރުގައި އައުފްގެ އެ އަމަލަށް މަރުހަބާ ކިޔުނީ މިކްޔާވެސް އެކަމުގައި ބައިވެރިވަމުންނެވެ. ދެމީހުންވެސް ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނީ ހާލަތާއި ވަގުތުގެ ގޮތުންނެވެ. އެގޮތުގައި އިރުކޮޅެއްވުމުން ދެމީހުން ދުރުވެލިއެވެ. މިކްޔާ އިނީ ކުރެވުނު އަމަލުން ލަދުގަނެފައެވެ. ދެލޯ މަރާލައިގެން އިން މިކްޔާގެ ނިތުގައި […]