Skip to content
އެސްފިޔަ

ފުރަތަމަ ނަޒަރުން 2

ރައިނާ އަށް ހޭލެވުނީ ހެނދުނު 6 ވެސް ޖެހިފަހުންނެވެ. އަވަހަށް ފެންވަރާލައިގެން އައިސް ނަމާދު ކުރިއެވެ. ނަމާދު ކޮށް ނިމިގެން ދިޔައީ ނަދީމާ އަށް ފަސޭހަ ކޮށްދޭށެވެ.

“މަންމާ ވަރަށް ލަސްވެއްޖެ ދޯ؟ ރައީ އަށް ހޭލެވުނީ މާލަހުން، ނަމާދު ކޮއްލައިގެން މިއައީ މަގޭ ލޯބި މަންމަ ކައިރިއށް” ރައިނާ ނަސީމާ ގެ ގައިގަ ބައްދާލަމުން ބުންޏެވެ.

“ހާދަ ރަނގަޅޭ ދަރިފުޅު، އާދޭ އަވަހަށް މަންމަ އާއި އެކީ ރޮށި ފިހެލަން” ނަސީމާ ލޯބިން ފުރިގެންވާ ނަޒަރަކުން ރައިނާ އަށް ބަލާލަމުން ބުންޏެވެ.

ރައިނާ އާއި ޒިހާން އަކީ ނަސީމާ އާއި ޒިހާންގެ ހުރި ހަމައެކަނި ދެ ދަރިންނެވެ. އެދެކުދިންނަކީ ބަސްއަހާ އެހާމެ މޮޅު ދެކުދިންނެވެ. ނަސީމާ އާއި އަލީ ތިބެނީ މިކަމާ ނުހަނު އުފާ ވެފައެވެ. ޒިހާންވެސް ކިޔަވައިނިމިގެން މިހާރު ދަނީ ރަށު ސުކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުންނެވެ. ރައިނާއާއި ޒިހާން ގެ އުމުރުން 6 އަހަރުގެ ތަފާތު ހުއްޓަސް ދެކުދިން އުޅޭނީ ނުލާހިކު އެކުވެރި ކޮށެވެ. ބައެއް ފަހަރު ކުޑަކުދިންނަށް ވުރެވެސް ސަކަރާތް ބޮޑުކޮށް އުޅެއެވެ. ޒިހާންވެސް ހުރި ހަމައެކަނި ކޮއްކޮ ދެކެ އިންތިހާއަށް ލޯބިވެއެވެ. މި ކުޑަ އާއިލާ އަކީ ނުހަނު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާ އެކެވެ.

ރައިނާ ހުރީ ރޮށިފިހެެނިމިގެން ގޯތިތެރޭ ހުރި ގަސްތަކަށް ފެންދޭށެވެ. މިހުރިހާ ކަމެއް ކުރަމުން ގެނދިޔައިރުވެސް ދާނިޔަލްގެ ހިޔާލުތަކުން ދުރުނުވެވިފައެވެ.

“ރައީ ދަރިފުޅާ ދޭބަލަ ދޮންބެގެ ގަމީސް އިސްތިރިކޮށްދެން، މިއަދު ސުކޫލަށް ދާން ޖެހެނީ 8 ޖަހާއިރަށޯ،، މިހާރު އެހެރަ 7:30ވީ އަވައްދޭ ކުނިކެހުމުގެ ކުރިން އިސްތިރިކޮށްދޭން” ނަސީމާ ތެލިތަށް ދޮންނަމުން ބުންޏެވެ. ނަސީމާ އެހެން ބުނުމުން ރައިނާ އަވަހަށް ގޮސް ޒިހާން ގެ ގަމީސް އިސްތިރިކޮށްދޭން ފެށިއެވެ. ނިންމާލުމަށް ފަހު ދިޔައީ އަަވަހަށް ގޭދޮށް ކުނިކަހާށެވެ.

ރައިނާ ކުނިކަހާން އޮވެފަ ބަލައިލީ މީހަކު ހުރިހެން ހީވެގެންނެވެ. ބަލައިލި އިރު ދާނިޔަލް ހުރީ ޔަމްނާމެން ގެއިން ނިކުމެ ރައިނާއާއި ދިމާއަށް ބަލަހަށްތައިގެންނެވެ. ރައިނާ ބަލައިލުމުން ދާނިޔަލް ހީލިއެވެ. ރައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ކޮންފަދަ ޖާދުލެއްހަދާ މީހެއްބާވައޭ ހިތަށްއެރިއެވެ. ދާނިޔަލް ހުރީ ގަދަރަތް ކުލައިގެ ގަމީހެއްލާ ބެގީ ކޮށްލާފައެވެ. ގަމީސް ގަޔަށް ހިފާލާފައިހުރި އިރު އިތުރަށް އެ ފިރިހެން ވަންތަކަންކަން ފާޅުވެއެވެ. ރައިނާގެ ކުރިމަތިންލާފަ ގޮސް އޮބާއި އިރުވެސް ރައިނާއަށް ހުރެވުނީ އާޝޯހުވެފަ ދާނިޔަލް ދިޔަދިމާއަށް ބަލަހައްޓައިގެންނެވެ. ދާނިއަލްގެ އެ ފިރިހެންވަންތަ ހިނގުމުނުން ވެސް ރައިނާ ގެ ހިތް ފަތަހަކޮށްފިއެވެ.

“ޕޮއް” ރައިނާ އަށް ހިޔާލީ ދުނިޔެއިން ނުކުމެވުނީ ޒަހާން ސިއްސުވައިލުމުންނެވެ.

“ކޮބާ އަދިވެސް އެއްބަސް ނުވާތ!ި ތި ޑޮކްޓަރ ދާނިޔަލް އެއް ފެނިފަ ތިހުންނަނީ ސޮނިވެއްޓިފައެއްނު” ޒިހާން ރައިނާއާއި ދިމާ ކޮއްލިއެވެ. ޒިހާން ސުކުލަށް ދާން ނިކުތް އިރު ރައިނާ ދާނިއަލް އާދިމާއްށް އާވާރާވެފަ ބަލަހައްޓައިގެން ހުރިތަން ފެނިފަ ހުރީ ރައިނާ ހަދާ އެއްޗެއް ބަލާށެވެ. ދާނިޔަލް ފެނިފަ ރައިނާ އަށް ވީ ގޮތް ޒިހާން އަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ.

“ދެން ދޮންބެގަނޑު ދޭ ހަމަ މިހާރު” ރައިނާ އިލޮށިފަތި ހިފައިގެން ޒިހާން ފަހަތުން ދުއްވައިގަތެވެ. ޒިހާން ރައިނާގެކިބައިން ސަލާމަތްވެގެން އަވަހަށް ސުކޫލްށް ދިޔައެވެ.

މެންދުރުގެ ވަގުތެވެ. ރައިނާ އުޅުނީ ގޭތެރޭ ކުރާނެ ކަމެއް ނެތިގެން ފޫހިވެގެންނެވެ. ޔަމްނާމެން ގެއައް ވެސް ދާަން ނުކެރިފަ ހުރީ ދާނިޔަލް އުޅޭތީއެވެ. ނަމަވެސް އިރުކޮޅެއްނުވެ ޔަމްނާ ގުޅާފައެގެއަށް ކާންއަންނަން ބުންޏެވެ. ރައިނާ އަވަސް ކޮއްލައިގެން ޔަމްނާމެން ގެއަށް ދިޔައެވެ. ޔަމްނާއާއި އެކީ ޓީވީ ބަލަން އިނދެފަ ހަަދީޖާ ކާންގޮވުމުން އަވަހަށް ދެމީހުން ވެސް ދިޔައީ ކާށެވެ. ދިޔައިރު ދާނިޔަލްވެސް އިނީ ބަތްކާން އައިއްސައެވެ. ރައިނާ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. ކާން ތިބެގެން ވަރަށް ގިނަ ވާހަކަތަށް ދެކެވުނެވެ. ދާނިޔަލް އަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ދާނިޔަލް އެދުނީ ދާނިޔަލް އަށް ދިވެހިބަސް ދަސްކޮށްދިނުމަށެވެ. ދާނިޔަލް އެހެން ބުނުމުން ރައިނާ އާއި ޔަމްނާ އުޅުނީ ފޯރިލާފަ ދާނިޔަލް އަށް ދިވެހިބަސް ދަސް ކޮށްދޭށެވެ. ދާނިޔަލްއަށް ދިވެހިބަސްވީ ދަސްކުރަން ވަރަށް ފަސޭހަ ބަހަކަށެވެ.

3 މަސްފަސް…………………

ހަވީރުގެ ހިތްގައިމު ވަގުތުގަ ރައިނާ އާއި ޔަމްނާ ތިބީ ރަށުގެ ގޮނޑުދޮށުގައެވެ. ދުރުގައި މޫދުގެ ފޮޓޯ ނަގަން ހުރި ދާނިޔަލް ބަލަން ރައިނާ އިނީ ފޫހި ކަމެއް ނުވެއެވެ. ޔަމްނާ ވާހަކަ ދައްކާ ރައިނާގެ ހަބަރެއްނުވުމުން ޔަމްނާ ބަލައިލި އިރު އިނީ ދިމާލަކަށް ގެއްލިފައެވެ. ރައިނާ ގެއްލިފައިން ދިމާއަށް ޔަމްނާ ބަލައިލިއިރު އެތާ ހުރީ ދާނިޔަލްއެވެ. ޔަމްނާގެ ހިތަށް ފުރަތަމަ ފަހަރަށް ތަދުވިއެވެ. ޔަމްނާ ހިތައް އެރިއެވެ. ރައީ ނުލާހިކު ލޯބިވޭ ދާނިޔަލް ދެކެ. ދެން މަށަށް ކީއްބާ އަނެއްކާ މިވަނީ. ނޫން އެއީ އިރާދަ ކުރެއްވިއްޔާ ރައީގެ ހައްގެއް. އެވަގުތު ދާނިޔަލް ފިރިހެން ވަންތަ ހިނގުމަކު އައިއްސަ ރައިނާމެން ކައިރި އިށީނެވެ.

“ކޮބާ މަންޖެމެން ގެއަށްދަނީ ކޮން އިރަކުން؟” ދާނިޔަލް އަހާލިއެވެ.

“އިރުއޮއްސުނީމަ ދާނީ، ޑޭން ޖެހޭނެ ދޯ ޑިއުޓީ އައް ދާން 6 ގަ؟” ރައިނާ އިނީ ދާނިޔަލް ދާން އުޅޭތީ ހިތް ނުތަނަވަސް ވެފައެވެ. އެ ސޫރަ ނުފެންނަ ހިނދަކު ރައިނާ އަކަށް ހަމަ ޖެހުމެއް ނުލިބެއެވެ. ނަމަވެސް ރައިނާއަށް ނޭނގުނުކަމީ ރައިނާއަށް ކުރުވަމުންދާ އިހުސާސްތައް ޔަމްނާއަށް ވެސް ކުރުވަމުންދާ ކަމެވެ.

“ޔާ، ދާނަން އިރުކޮޅަކުން ރެޑީވެލަން، ޔަމް ހާދަ މަޑުންނޭ މިއަދު ތިއިނީ؟ ފޫހި ވެފަތަ؟” ދާނިޔަލް އަށް ޔަމްނާ އަށް އައި ބަދަލް ފާހަގަވިއެވެ.

“ނޫން، ފޫހިއެއްނޫން، އެކަމް ކުޑަކޮށް ބޮލުގަރިއްސާތީ މިއިނީ” ރައިނާ އަވަސް އަވަހަށް ބުންޏެވެ.

“އެހެން ވިއްޔާ ހިނގާ ގެއައް ދާން އަރާމް ކޮއްލަން، ރައީ ބައިންދާ ޖިންނިއެއް ގެންްދަންދެން” ދާނިޔަލް މިހެން ބުނުމުން ރައިނާ ރުޅިއަންނަ ކަމަށް ހެދުނެވެ.

“ހެހެހެ. ނޫން އަހަރެން ދާނީ ރައީ އާއި އެކު ފަހުން، ޑޭން ދޭ ލަސްވަންޏާ” ޔަމްނާ މިހެން ބުނުމުން ހީލުމައް ފަހު ގެއަށް ދާން ހިނގައިގަތެވެ.

ދާނިޔަލް ދިޔަކަން ޔަގީން ކުރުމަށްފަހު ރައިނާ އަށް ކެއްނުވެގެން ޔަމްނާ ގާތު ދާނިޔަލް ރީތި ވާހަކަ ކިޔެވެ.

“އަޅޭ، ހީވޭތަ ޑޭން މަށައް ލިބޭނެހެން، ހާދަ ހޮޓޭ އޭނަ، ހީ އިޒް މައި ފަސްޓް ލަވް، އައިމް އިން ލަވް އިތް ޑޭން” ރައިނާ ހިތާދިމާލުގަ އަތް އަޅައިގެން އިނދެގެން ހިތުގަވާއެއްޗިހި އެކުވެރިޔާގެ ކައިރި ބަންޑުން ކޮއްލިއެވެ.

“ޔެސް އިރާދަކުރެއްވިއްޔާ ލިބޭނެ، ރައީތީ ނުލާހިކު ލޯބި ކުއްޖެއް ވިއްޔަ!” ޔަމްނާ ހިތި ހިނިތުން ވުމަކާ އެކީ ބުންޏެވެ. އެކުވެރިޔާގެ އުފަލަށްޓަކާ ލޯބި ކަފުން ކޮށް ވަޅުލަން ޔަމްނާ ހުރީ ތައްޔާރަށެވެ. ނަމަވެސް ނޭނގުނުކަމީ ރައިނާމެން ތިބި އަނެއް ފަރާތު ގަސްކައިރި ދާނިޔަލް އަޑު އަހަން ހުރި ކަމެވެ. އިވުނު ވާހަކަ ތަކުން ދާނިޔަލް ތުންފަތް މަތީ ވަނީ ނުލަފާ ހިނިތުން ވުމެކެވެ.

ދުވަސްތަށް ހަލުވިކޮށް ގޮސް ޒިހާން އާއި ލަޔާލީ ކައިވެނި ކުރުމަށް އިނީ ތިން މަހެވެ. އެންމެންވެސް ފޯރިލާފާ އުޅެނީ ޕާޓީއަށް ތައްޔާރުވާށެވެ. ޔަމްނާވެސް ގެއަށް ދިޔައީ ޕާޓީ ކާޑުތަކުގަ ރިބަން ހަރުކުރަން އިނދެފައެވެ.

“ޔަމް” ކޮޓެރިއަށް ވަންނަނިކޮށް ދާނިޔަލް ގޮވާލުމުން ކިއްވީތޯ ސުވާލުކޮއްލިއެވެ.

“އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ، ޔަމް ވާނެ ހެލްޕްވާން އިނގޭ” ދާނިޔަލް ބުނަން އުޅޭ އެއްޗެއް ނޭނގިގެން ހާސްވެފަ ޔަމްނާއަށް އިނދެވުނެވެ.

“މްމްމމ.. އައި ތިންކް އައިމް އިން ލަވް” ދާނިޔަލް ޔަމްނާއާދިމާ އަށް ބަލަން އިނދެ ބުނެލިއެވެ.

“ކާކު؟” ޔަމްނާ އަށް އަވަސް އަވަހަށް އަހާލެވުނެވެ. އޭރު ޔަމްނާގެ ހިތްވެސް ނެގި ނެގިފާ ޖެހެމުން ދެއެވެ.

“ރައިނާ، ވަން އެންޑް އޮންލީ ރައިނާ، އިނގޭ ރައީ އުޅޭގޮތުން ރައީ އަހަރެން ދެކެ ލޯބިވާކަން ވެސް، އެންޑް އައި އޯލްސޯ ލަވްޑް ހާ” ދާނިޔަލް ދިން ހަބަރު އަޑުއިވުނީ ޔަމްްނާ އަށް ހޮނު ގުގުރިއެއްހެންނެވެ.

“ހެއި. ކީއްވީ؟ މާބޮޑަށް ޝޮކްވީދޯ ހެހެ؟” ރައިނާގެ ލޮލު ކުރިމަތީ އަތް ހަނާއަޅާލަމުން ދާނިޔަލް ބުންޏެވެ.

“މމްމމމްމް.. ކި…ކިކި.ކިހިނެއް އިނގެނީ ރައީ ލޯބިވާކަން؟” ރައިނާ ތުރުތުރު އަޅާތީ ވާހަކަ ދެއްކުނީ ވެސް ހުއްޓެމުން ހުއްޓެމުންނެވެ.

“ހެހެހެ. ދެން މީހަކަށް ނޭނގޭވަރުތަ؟ ރައީ އުޅޭގޮތުންވެސް އިނގޭ” ދާނިޔަލް ހެމުން ބުންޏެވެ. ތެދެކެވެ. ރައިނާ ޔަމްނާއަށް ވުރެ ދާނިޔަލް ދެކެ މާ ލޯބިވެއެވެ.

“ދެން އަހަރެން ކީއްކޮއްދެންވީ؟” ޔަމްނާ އަމިއްލަ ނަފްސައްބާރުފޯރުވަމުން އެހިއެވެ.

މާދަމާރޭ 8 ޖަހާއިރަށް ރައީ ގޮވައިގެން ތުނޑިއަށް އަންނަންވީ” ދާނިޔަލް އެއްލޯމަރައިލަމުން ބުންޏެވެ.

މާދަމާރޭ ރައިނާ ގޮވައިގެން ދާނެކަމަށް ބުނެ އަވަހަށް ގޮސް ކޮޓެރިއަށް ވަނެވެ. ކޮޓެރިއަށް ވަތްބާރަށް ޔަމްނާެ އެއްވެސް އިޙްތިޔާރަކާ ނުލާ ލޮލުން ކަރުނައައެވެ. ގައިން ވަރުހުސްވާހެންހީވެގެން ޔަމްނާ އިށީނީ ދޮރުކައިރިއެވެ. އެގޮތުގާއިނދެ އެތަށް އިރެއްވިފަހުން ރައިނާއަށް ދޮރުކައިރިއޮވެ ނިދުނެވެ. ނަމަވެސް އެގޮތުގާ ނިދިފައި މާގިނައިރަކު ނޯވެވުނެވެ. ރޭގަނޑުގެ ކެއުންކާން ޔަމްނާގެ މަންމަ ޔަމްނާއަށް ގޮވިއެވެ. ހިތްވަރުކޮއްލާފައި ޔަމްނާ މަންމަ އަށް ޖަވާބު ދިނެވެ.ެ “އިރުކޮޅަކުން ކާނަން” ފަހުން ކާނެކަމަށް ބުނީ ދާނިޔަލް އާއި ކުރިމަތި ލުމުގެ ހިތްވަރެއް ނެތީމައެވެ.

އެރޭ ނިދަން އޮށޯވެފަ އޮއްވަ ރައިނާގެ ފޯނަށް މެސެޖްއެއް އައެވެ. އެއީ ޔަމްނާގެ މެސެޖެކެވެ. މެސެޖުގަ އޮތީ މާދަމާރޭ 8 ޖަހާއިރު ތަނަކަށް ދާން ރެޑިވެގެން ހުރުމަށެވެ. ރައިނާ އޯކޭ އޭބުނެ އޮށޮތީ ނިދާށެވެ.

ރައިނާ ފަތިހު ތެދުވެގެން އަވަސްވެގަތީ ގޭތެރޭގެ މަސައްކަތް ނިންމާށެވެ. ރޮށިފިހެ ގޭކައިރި ކުނިކަހާނިންމާލާފަދިޔައީ ލަޔާލީ މެންގެއަށްދާން ޔަމްނާބަލައެވެ. ލަޔާލިގެ ވެޑިންޑްރެސް އޯޑަރުކުރަން ސެލެކްޓުކުރާށެވެ.

“ހަދީޖައްތަ ކޮބާ ޔަމް މިއަދު” ޔަމްނާ ނުފެނުމުން ރައިނާ އަހާލިއެވެ.

“މިއަދު އަދިއެއް ނުހޭލާ ދޭބަލަގޮވަން” އެހެން ބުނުމުން ރައިނާގޮސް ޔަމްނާގެ ކޮޓެރި ދޮރުގައި ތަޅާންފެށިއެވެ. މާބާރައްތަޅާތީ ޔަމްނާ ނިދީގަގޮސް ދޮރުހުޅުވިއެވެ.

“ސާބަސް ކަމަނާ މިއަދު ކީއްވެ ތިއްންނަނީ އަވިއަރަންދެން ނިދާފަ؟ ލަޔާލީ ދައްތަ ބުންޏެއްނު 9 ޖަހާއިރައް އަންނާށޭވެސް.” ރައިނާ ބުންޏެވެ.

“އޯހް ޝިޓް ހަނދާނެއްވެސް ނެތް. މިދަނީ ފެންވަރަން” ޔަމްނާ އަވަސް އަވަހަށް ދިޔައެވެ.

ޔަމްނާފެންވަރައިގެން ނިކުމެ ރީތިވާން ހުރި އިރު ހަނދާންވީ ދާނިޔަލް މަތިންނެވެ. ރައިނާފެނި މޫޑު ޙަރާބުވީ ދެމީހުން ދެމީހުންވެސް ލޯބިވާކަން ހަނދާންވެފައެވެ. މިރެއަށްފަހު ދާނިޔަލް އަކީ ރައިނާގެ ހައްގެކެވެ. ރައިނާއަށް ޔަމްނާ މަޑުން ހުރިކަން ފާހަގަވެގެން ބުންޏެވެ. “ކީއްވެ މާ ފާޑަކަށް މިއަދު ތިހިރީ؟ އަހަރެންނާ ދިމާ އަށްވެސް ތިބަލަނީ އަލަށް މީހެއްފެނިގެން ބަލާހެންވިއްޔަ”

“އެހެހެހެހެ.. ނޫންއެއީ ދެންމެ ނިދާހޭލީމަ ހީވާގޮތް ހިނގާ ސައިބޯން ދާން” ޔަމްނާ ދޮގެއްހަދާލިއެވެ. ދެކުދިން ސައިބޮއިގެން ދިޔައީ ލަޔާލީ ކައިރިއަށެވެ.

ލަޔާލީއަށް އެންމެ ރީތި ވެޑިންޑްރެސް އަކަށްވީ ހުދުކުލައިގެ ބޮޑަށް ފުއްޕާފަ އޮތް ހެދުމެވެ. އެހެދުން ޖަރީކޮށްފައިވަނީ ރަންކުލައިންނެވެ. ރައިނާ އަށާއި ޔަމްނާ އަށްވެސް ރީތިވީ އެ ވެޑިންޑްރެސްއެވެ. ލަޔާލީމެން ގެއިން އެދުވަހުގެއަށް އާދެވުނީ މެންދުރު ކައިގެން 2 ވެސް ޖަހާބޮޑުވި ފަހުންނެވެ. ގެއަށް ވަންނަމުން ދެކުދިން ވަކިވެލަމުން ރައިނާއަށް މިރޭ 8 ޖަހާއިރަށް ތައްޔާރުވާން ހަނދަންކޮށްދެމުން ޔަމްނާދިޔައެވެ

ހަވީރުގެ ވަގުތު ރައިނާ ނިކުތީ ފިނި ކޮއްލުމައްޓަކައި ޖޯއްޔަށެވެ. ރައިނާއެއްލި ކަޅިއަކުން ފެނުނީ ދާނިޔަލް ޑިޔުޓީ ނިންމާފަ ގެއާދިމާއަށް އަންނަ މަންޒަރެވެ. ރައިނާ އަވަހަށް އަޅައިގެން ހުރި ބުރުގާ ރީތި ކޮއްލިއެވެ. ނަމަވެސް ރައިނާއާއިދިމަ ބަލާވެސް ނުލާ ދާނިޔަލް ގެއަށް ވަނެވެ. މިކަމާ ރައިނާގެ ހިތައް ވަރަށް އަަސަރުކުރިއެވެ. ހީވަނީ ރައިނާ ދެކެ ކަމަކާ ހިތްހަމަ ނުޖެހިގެން ދިޔަހެންނެވެ. ރުޅިއައިއްސަތޯ އަހާލަން މެސެޖް ކުރަން އުޅެފަވެސް އަޅާނުލީ މާބޮޑަށް ވަރުބަލި ވެގެން ޓެންޝަން ބޮޑުވެފަ ކަމަށް ނިންމާފައެވެ. އިރުއޮއްސެން ކައިރިވުމުން މަޢްރިބް ނާމާދް ކުރަން ތައްޔާރުވާން ރައިނާ ވަނެވެ.

ގަޑިން ރޭގަނޑު 7:30 ވި އިރު ރައިނާ ހުރީ ޔަމްނާ ބުނާތަނަކަށް ދާން ރީތިވާށެވެ. މިރޭމީ ވަރަށް ހާއްސަރެއެއްހެން ރައިނާއަށް ވެސް ހީވާން ފަށައިފިއެވެ. ނަމަވެސް އަޅާނުލާ ރައިނާ ތައްޔާރުވެލައިގެން ދިޔައީ ޔަމްނާމެން ގެއަށެވެ. އެގެއަށްްްގޮސް ފުރަތަމަ ވެސް ހޯދާލީ އެންމެ ދެކޭންބޭނުންވާ ސޫރަފެނޭތޯއެވެ. ނަމަވެސް ދާނިޔަލް ގޭގަ އުޅޭހެންނެއް ހީއެއް ނުވެއެވެ. ޔަމްނާ ތައްޔާރުވެ ނިމުމުން ދެމީހުން ދިޔައީ ތުނޑިއާއި ދިމާއަށެވެ. ދިޔަމަގުމަތީ ރައިނާ ދާ ތަނަކާ ބެހޭގޮތުން ސުވާލް ކުރިއެވެ. ނަމަވެސް ޔަމްނާ ބުނީ ދެފަހަރު މަތިންވެސް ދިޔައީމަ އިނގޭނެ ކަމަށެވެ. ކުއްލިއަކަށް ރައިނާ  އަތުގަ ހިފައިފަ މީހަކު ދަމައިގަނެ ރައިނާގެ ގައިގަ ބައްދާލާފަ އައި ލަވް ޔޫ އޭ ކިޔާ ހަޅޭއްލަވާލިއެވެ. ޔަމްނާއަށް އެ އަޑު އިވުމުން ދެލޯމަރާ ބާރުކޮއްލިއެވެ. ރައިނާ ހުރީ އެ އަޑު އިވުނީ ރަންގަޅަށްތޯ ޔަގީން ނުވެފައެވެ. ނަމަވެސް ކުޑަ ސިކުންތުކޮޅެއް ތެރޭ ރައިނާ ލަވް ޔޫ ޓޫ އޭ ބުނެ ރައިނާ ގައިގަ ބައްދާލިއެވެ. އެ އުފާވެރި ވަގުތުކޮޅައްފަހު ދެމީހުން ދުރުވެ ޔަމްނާއާއި ދިމާ އަށް ބަލާލިއެވެ. އޭރު ޔަމްނާ އަށް ވަނީ ރޮވިފައެވެ.

“އައިމް ހެޕީފޯ ޔޫ ގާއީޒް” އެހެން ބުނެ ރައިނާ ގައިގަ ބައްދާލުމަށްފަހު ޔަމްނާ ދުރުވެލިއެވެ.

ރައިނާގެ ފަހަތުން ދާނިޔަލް ރަތް ލޭކުލައިގެ ފިނިފެންމަލެއް ދިއްކޮއްލިއެވެ. އޭގައި ހިފާ ތެންކިޔު ސޯ މަޗް ޑޭންއޭ ކިޔާ ދާއިންގެ މޭތެރޭ ރައިނާ ފޮރުވެލިއެވެ.

(ނުނިމޭ)

Comments (27)

  1. Riz

    Koyaa mieh nufeney ehkoneh… ehbai fennanee

  2. Hdndndm

    Nufeney. . ?

  3. Lee

    Riz thy manadhoo kujjehtha

    1. Riz
      Lee

      Noon manadhoo eh noon lee

    2. candy
      Lee

      Thy manadhoo kujjehtha?
      I’m manadhoo kujjeh ?

  4. Azuna

    Nufene

  5. Naxy

    Ehkoh nufeney. Mee kihineh vaa kameh.

  6. ????

    Thadha minuvas fanan

  7. Anonymous

    Mi eh bai fenna vaahakaeh tha vaa nuvaa olhumeh ves nufilaa

  8. Meeee

    Kalo gayaa vaahaka ehkonn nuvas feneyy

  9. pwincex

    vaahaka ehkon fehney eba bt maa vas aruvaalaifa oi hen hee vany

  10. Aishu

    Raina aai xihaan aki nasyma aai zihaan ge huri dhekudhin… seriously

    1. Nie
      Aishu

      Hehe, Sorry. Liyumuge mistake eh! Ali aai naseema ge huri hama ekani dhedharin 🙂

  11. Mixu

    adives nufene mixu akah
    plxxx rangalhu kohbaa
    i luuvvv this story

    1. Nie
      Mixu

      Admin aa vaahaka dhahkaigen fix kohlaanah 🙂

  12. shaai

    alhe me kihineh vaakameh. vaa nuva kiriya ingeyvaru e vi….

    1. Nie
      shaai

      Esfiya site ge problem eh ulheythy ehen evany Insha Allah it’ll fixed soon. Sorry varah bodah

  13. cindrella

    Alhey story ga vaa nuvaaeh neynge nie…….. ???

  14. Anonymous

    Ehkoh nufeney

  15. shelly

    nufuney nie

  16. mohamed

    name olhuvaanulaa bala vaanuvaa eh neygey

  17. narash

    nie alun up kuran vee nun. eyrah okay vedhaane i guess :/

  18. III

    Ehkoh nufeney adhivex….

  19. Nie

    Insha Allah! vaahakaige 3 vana part aa eky mi part alun upload kohladheynah 🙂

  20. Naxy

    Adhives ragalheh nuvey. Mihaa vary Vanya Kiyaa hitheh ves nuvaane

  21. Mixu

    hey, come onnn avaskohbala
    i can’t wait

  22. shelly

    aleyya nufeniyy kihinakun hdhanyyy

Comments are closed.