އިކްރާމް އޭނާގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިޔަށް އެބަ ގެންދެއެވެ. ބަލި ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި މިކްޔާ ވީކަމުގައި ވިޔަސް އޭނާ ހޯދާނެއެވެ. އެދުވަހަކުން މިކްޔާގެ ފުރާނަވެސް ބިރުން ރޫރު އަޅާވަރު ކޮށްލާނެއެވެ. މިހާރު އިކްރާމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިކްޔާ ގެންދިޔައީ ކާކުބާއެވެ؟
***
ރިމޯޓަކުން ހުޅުވާލެވުނު ދަގަނޑު ގޭޓުން އެތެރެއަށް ވަދެވުމާއިއެކު ފެންނަނީ ތަފާތު އެކި ވައްތަރުގެ މާމެލާމެއްޔާއި ފެހިކަންގަދަ ގަސްތަކެވެ. ރީތި ޑިޒައިނަކަށް އެތުރިފައިވާ ގާތަކުން މަގެއް ހަދާފައިވަނީ އެބޮޑު ހަވޭލީގެ މައި ގެއަށް ވަނުމަށެވެ. އެމަގު މެދުގައި ހުރި ރީތި ކުރެހުމަކުން ޖަރީކުރެވިފައިވާ ބިޔަ ތަނބުންފެށިގެން ވަނީ އެމަގު ދެކަފިވެފައެވެ. އެއްމަގު ގޮސް ނިމޭހިސާބުގައި އޮތް ސްވިމިންގްޕޫލު ކައިރީގައި ގޮނޑިތަކެއް އަތުރާފައިވާއިރު އެތަނާ މާދުރު ނޫން ހިސާބެއްގައި ބޮޑު ކުޑައެއް ޖަހާފައިވާއިރު އެތަނުގައި މޭޒަކާއި ހަތަރު ގޮނޑި ބެހެއްޓިފައިވެއެވެ. ދެފަރާތު ހައްދާފައިވާ ފިނިފެންމާ ގަސްތަކުން ފަޒާގައިވަނީ މަޑު ހުވަނދެއްލެވިފައިއެވެ.
އެކުޑަދަށުގައި އިން މެދު އުމުރެއްގެ ފިރިހެނަކު ވަނީ ފުން ވިސްނުމަކަށް ގެއްލިފައިކަން ޔަޤީނެވެ. އާވި އަރާ ހުރި ކޮފީ ތަށި ތުނބުގައި ޖައްސާލަމުން ކުރިމަތީގައި އޮތް ނޫހަށް ކަޅިހިންގާލީ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލަމުންނެވެ. ނޫހަށް ބަލަމުން ގެންދިޔަނަމަވެސް އެއަށް މާބޮޑު ސަމާލުކަމެއް ނުދޭކަން އެމޫނުމަތިން ދޭހަ ކޮށްދެއެވެ. އެވަގުތު އެތަނަށް ފަރިހިނގުމެއްގައި އައި އަންހެން މީހާގެ މޫނުމަތިން ވިދަމުން ދިޔަ ދާތިކިތަކުން އެއައީ ދެންމެ ވަރަށް ބުރަކޮށް އުޅެފައިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ލައިގެން ހުރީ ކަސްރަތު ކުރަން ލާކަހަލަ ހެދުމެކެވެ. ތުންފަތް މަތީގައިވާ ހިނިތުންވުމުން ކަމަކާ ވަރަށް އުފާވެފައި ހުރިހެން ހީވެއެވެ.
” ގުޑް މޯނިންގް ހަނީ..” އަންހެން މީހާ އެތަނުން ގޮނޑިއެއްގައި އިށީންނަމުން ޓިޝޫ އަކުން މޫނު ފޮހެލާފައި ބުނެލިއެވެ. ޖަވާބުގައި އެފިރިހެންމީހާ އަށް ޖޫސްތައްޓެއް ދިއްކޮށްލަމުން އަންހެން މީހާގެ ކޮލުގައި ބޮސްދިނުމަށްފަހު ހިނިތުންވެލިއެވެ.
” މައިކް! އެމް ސޯ އެކްސައިޓެޑް..ފައިނަލީ ޝީ ޓޯކްޑް..” އެ އަންހެން މީހާ އެހެން ބުނެލިއިރު މޫނުމަތި ވަނީ އުޖާލާވެފައެވެ.
” ސޯ ވެން އާރ ޔޫ ގޮއިން ޓް ޓެލް ހާ ދި ޓްރްތު..” މައިކް ގެ އެ ޖުމްލަ އާއި އެކު އަންހެންމީހާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެވަގުތު ސިފަވެގެން ދިޔަ ސޫރައަކުން ހިތުގައި ރިއްސާލީ އިންޒާރުގެ ރަނގަބީލެއް ފަދައިންނެވެ.
ކިހިނެއް އަހަރެން ބުނާނީ؟ ހަޤީގަތް ހާމަ ކުރާނެ ހިތްވަރެއް އަހަރެންގެ ހަށިގަނޑުގައި ނެތް..މިއަދު އޭނާ އަށް ޖެހިފައި އެވާ ހާލަކީ އަހަރެންގެ ކުށުގެ ޝަޒާއޭތަ ބުނާނީ..؟ ބުންޏަސް އެހިތާމަތަކާ އޭނައަށް ދުރު ވެވޭނެތަ؟ އެދުވަސްތައް އަނބުރާ ހޯދައިދެވޭނެތަ؟ ދެވަނަ ފަހަރަށް އަހަރެންނާ އޭނަ ދުރުވުމަށް މިހިތެއް ނޭދޭ..އަހަރެން އެކަން ސިއްރު ކުރާނީ..
” އައި ނޯ ވަޓް އާރ ޔޫ ތިންކިން އެން އެމް އޯލްސޯ ވޮރީޑް އަބައުޓް ހާ..ބަޓް އޭސް ޔޫ ނޯ ޝީ ހޭސް ފުލް ރައިޓް ޓް ނޯ އިޓް..އައި ހޯޕް ޔޫ ވިލް ޓޯކް ޓް ހާރ ވަންސް ޝީ ގެޓް ނޯރމަލް..އިޓް ވިލް ބީ ގުޑް ފޯ ޔޫ ޓޫ..”
“މިހާރު ވަރަށް ލަސް ވެއްޖެ.. ސީ ޔޫ އެޓް ލަންޗް..ބާއި.” މައިކް އެހެން ބުނުމަށްފަހު ގޭޓާ ދިމާ އަށް ހިނގައިގަތީ އަތުކުރީ އަޅާފައި އޮތް ގަޑިއަށް ބަލާލަމުންނެވެ.
***
ސްވިޒްލޭންޑް ގެ ވެރިރަށް ބާރންގެ އެއާޕޯޓްބޭރުގައި ހުއްޓިގެން ހުރި ފިރިހެން ކުއްޖެއް އަތުގައި އޮތް އެޕަލް އައި ވޮޗަށް އިރު އިރުކޮޅުން ނަޒަރު ހިންގާލަނީ ކެތްމަދުފެއިހުރެއެވެ. އެފިރިހެން ކުއްޖާގެ ކޮނޑުގައި އަޅުވާފައިވާ ދަބަހަށް ވާން ކޮށްލަމުން ދެކޮޅު ބަލާލާ ގޮތުން ކޮންމެސް މީހަކަށް އިންތިޒާރު ކުރާހެން ހީވެއެވެ. ލައިގެން ހުރި މަޑު ޕީޗް ކުލައިގެ ޓިޝާޓާއި ގުޅުވާލެވިފައިވާ ގޯލްޑަން ބްރައުން ކުލައިގެ ފަޓުލޫނުގެ ފައިކުރި އޮޅާލެވިފައި ވަނީ ތަނބިކައްޓާހަމައަށެވެ. މުށިކުލައިގެ އެފަން އިސްތަށިގަނޑު ކޮޅަށް ޖަހާފައިވާއިރު ތުނިކޮށްކޮށާލެވިފައިވާ ތުނބުޅި އެ ދޮން ކަމާ ނުހަނު ގުޅެއެވެ.
އެ ފިރިހެން ކުއްޖާ އާއި ދިމާ އަށް ދުރުން ހިނގަމުން އައި ޖިންސުއްލަތީފާ ދިމާއަށް އެތައް ފިރިހެނުންނެއްގެ ކަޅި އަމާޒުވެފައިވާ ތަން ފެނި އެކުއްޖާގެ މޫނުމަތިން ހިތްހަމަ ޖެހުމުގެކުލަވަރު ފެނެއެވެ. ނަމަވެސް އެއަންހެން ކުއްޖާގެ ދެ ލޯ ދުށުމަށް ބޭޤަރާރުވެފައި އެވަނީ ދުރުގައި ހުއްޓިގެން ހުރި ފިރިހެން ކުއްޖާއެވެ. ލައިގެން ހުރި ކުރު ހެދުން ކޮޅުން ކިރިޔާ ބުޑުކޮޅު ނިވާވާ ކަމެވެ. އަރާފައިވާ ހައި ހީލްސް އިން އެދިގުއިސްކޮޅު އިތުރަށް ދިގުކަމަށް ދައްކައެވެ. ވަޔާ ވިހުރެމުންދާ ފަން އިސްތަށިގަނޑުން އެއޮމާން މޫނުކޮޅަށް އިތުރު ފުރިހަމަ ކަމެއްގެނުވައެވެ.
” ހޭއި އާފް!..އައި މިސްޑް ޔޫ ސޯ މަޗް..” އެއަންހެން ކުއްޖާ ދިޔަގޮތަށް ގޮސް ފިރިހެން ކުއްޖާގައިގައި ބައްދާލިއެވެ.
” ޒީޝާ!…ޕްލީޒް ސްޓޮޕް ބިހޭވް ލައިކް އަ ކިޑް..ޕްލީޒް ގްރޯ އަޕް.. އަދި އެއްވާހަކަ މަށަށް ކިޔަނީ މުހައްމަދު އައުފް.. ސޯ ބޭބެ ކިޔަން އުނދަގޫވަންޏާ ކޯލް މީ ލައިކް ދެޓް އޮންލީ..” ނުރުހުންވެ ހުރެ އައުފް އެހެން ބުނުމާއެކު ޒީޝާ އައުފް އާއި ދުރުވެލަމުން ދެއަތް ދެފަރާތައް ދަމާލަމުން އެނބުރުލިއެވެ. އެވަގުތު ލައިގެން ހުރި ކުޑަ ހެދުން ކޮޅު މައްޗައް ހިއްލިގެން ދިޔުމާއެކު އައުފަށް ބޭއިޚްތިޔާރުގައި ދެލޯމަރާލެވުނެވެ. އައުފްގެ ކަތުރު ކަށިގަނޑަށް އަރާފައިވާ ބާރުން އޭނާ ރުޅި އައިސްފައިވާ ވަރު ހާމަ ކޮށްދެއެވެ.
” ސީ އައި ހޭވް ގްރޯން އަޕް..ދެން ކިހާވަރަކަށް ބޮޑުވީމަ އާފް އަށް އިނގޭނީ މިހާރު މީ ކުޑަކުއްޖެއް ނޫންކަން.. އެން އައި ކާނޓް ކޯލް ޔޫ ބްރޯ” އެއްލޯމަރާލަމުން ޒީޝާ ބުނެލިއެވެ.
” ހޫމް..ދެން ހެވޭ..ކީއްކުރަން ކޮންމެހެން އަހަރެން ބަލާ ތިއައީ..ޖޯން އެކަނި ފޮނުވިނަމަވެސް އަހަންނަށް އޯކޭ ވާނޭ…އެހެން ނޫނަސް އަހަރެން ބޭބެ ކައިރީގައި ބުނެފަ އޮންނާނީ އެކަކުވެސް އަންނާނެ ކަމެއް ނެތޭ..” ފޫހި ރާގަކަށް އެހެން ބުނެލަމުން އައުފް ހިނގައިގަތީ ޒީޝާއަށް ބެލުމެއް ނެތިއެވެ.
**
ކާރުގެ ފަހަތު ޝީޓްގައި އިން ޒީޝާ އަތް ދަބަސް ތެރެއިން ނެގި ރަތް ކުލައިގެ ދިގު ޓައިޓެއް ފަޔަށް މަހާލިއެވެ. ކާރު ދުއްވަން އިން ޖޯން ޒީޝާގެ ހަރަކާތްތަކަށް ބަލަމުން ގެންދިޔައީ ފަރުވާތެރިކަމާއެކުއެވެ. ޒީޝާ އޭނާގެ ބޮޑު ދެލޯ ހަނިކޮށްލަމުން ޖޯން އާއި ދިމާއަށް ބަލާލުމާއެކު ޖޯން ގެ ފުރިހަމަ ސަމާލުކަން މަގަށް ސީދާކޮށްލިއެވެ. އެވަގުތު އެ މޫނުމަތިން ފެނިގެންދިޔައީ ހިތްދަތިކަމެވެ. ޒީޝާ ހަމަޖެހިލަމުން ކައިރީގައި އިން އައުފަށް ބަލާލިއިރު އިނީ ހެޑްސެޓް ކަންފަތައްޖަހާލައިގެން ކާރުގެ ޝީޓް ގައި ލެނގިލައިގެންނެވެ. އިވެމުންދާ މަޑު މިއުޒިކުގެ އަޑު ޒީޝާ އަށްވެސް އިވެމުން ދިޔައެވެ. ޒީޝާ ފޫހިކަމެއް ނެތި އައުފާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ލޯ މަރާލައިގެން އައުފަށް މީން އެއްވެސް ކަމެއް ރޭކާނުލައެވެ.
30 މިނެޓްގެ ދަތުރަކަށްފަހު ތިން މީހުންނަށް ދަތުރުކުރަމުންދިޔަ މަންޒިލަށް އާދެވުނެވެ. އައުފުގެ އަތުގެ މުލައްދަނޑީގައި އެލިގެއް ހުރި ޒީޝާ ހުރީ ނުހަނު ހިތް ހަމަ ޖެހިފައިއެވެ. އައުފް ކިތައްމެ ހިތްހަމަ ނުޖެހުނަސް އެއްޗެކޭ ނުބުނީ ވަގުތުގެ ގޮތުންނެވެ. ގޭ ދޮރުމަތީގައި ހުއްޓިގެން ހުރި އަންހެންމީހާގެ މޫނުމަތީގައި ވީ ހިތްހަމަނުޖެހުމެވެ. އެވަގުތު ކައިރިއަށް އައިސް ހުއްޓުނު މައިކަށްވެސް ވީ ހަމަ އެވަރެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ކުރިމަތިން އަންނަ ޒީޝާ އާއި އައުފަށް ބަލާލުމަށްފަހު ދެފަރާތައް ބޯހަލުވާލިއެވެ. އެދެމީހުންނަށްވެސް ޒީޝާ އަށް އެގޮތަށް ނޫޅުމަށް އެތައްފަހަރަކު ނަސޭހަތް ދެވިއްޖެއެވެ. ބޭބެ އަކާއި ކޮއްކޮއެއްގެ ގުޅުމަކީ ކިހާވަރެއްގެ ގުޅުމެއްކަން ބުނެދެވުނީ ކިތައްފަހަރުކަމެއް އެދެމަފިރިންނަށް ނޭނގެއެވެ. އެމީހުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން ޒީޝާ އަބަދުވެސް ބުނާ ވާހަކައަކީ އައުފަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިއެވެ. ނަމަވެސް ބޮޑުވަމުން އައި ވަރަކަށް ޒީޝާގެ އަމަލުތަކުން މައިކްގެ ހިތުގައި ވަނީ ނުފިލާ ބިރުވެރިކަމެއް އުފެދިފައެވެ. އޭނާ ޒީޝާ އަށް ސިއްރުކޮށްފައިވާ ކަންތައް އެނގުމުން ދެންވާނެ ގޮތެއް މައިކްގެ ހިޔާލަށްވެސް ނުގެނެވެއެވެ.
” ހެލޯ މަމް އެން ޑޭޑް..” ފުޅާ ހިނިތުންވުމަކާއި އެކު ޒީޝާ ބުނެލިއެވެ. އޭރު އައުފު ހުރީ ނުތަނަވަސް ވެފައެވެ. އައުފް ގެ އެނުތަނަވަސް ކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ މައިކްއެވެ.
“ޒީޝާ! ކިތައްފަހަރު ބުނާނީ ތިހެން ނޫޅޭށޭ..ތީ މިހާރު ބޮޑުވެފައި ހުރި އަންހެނެކޭ..ބަލާބަލަ ލާފައި ހުރި އެއްޗެހި..ތިއަށްވުރެ ދިގު އެއްޗެއް ނެތީތަ؟ ” މައިކް ކައިރީގައި އަންހެންމީހާ އެހެން ބުނުމާއިއެކު ޒީޝާ ގެ ދެ ބުމަ ގޮށްޖެހުނެވެ. އަދި އައުފް އަތުން ދޫކޮށްލުމަށްފަހު ދުވެފައިގޮސް ގެއަށްވަނެވެ.
“ލެޓް ހާރ ގޯ..ވަން ޑޭ ޝީވިލް އަންޑަސްޓޭންޑް..” މައިކް އެހެން ބުނެލުމަށްފަހު އެތެރެއަށް ވަނީ އައުފާ އަށް ބަލާލުމަށްފަހުއެވެ.
” ކޮބާ މަންމްގެ ހާލު ކިހިނެއް؟ ވަރަށް ދުވަސް ފަހުންދޯ މިއާދެވުނީ..ހެހެހެ..” އައުފް ގޮސް އޭނާގެ މަންމަ ގައިގަ ބައްދާލަމުން ބުނެލިއެވެ.
” އާނ…2 އަހަރު މިވީ ފެނިވެސް ނުލާ އުޅޭތާ..ކިހާ ދުވަހެއް މިވީ އަންނާށޭ ކިޔާތާ…ދެން ނުދެވޭނެ މަންމަ ދޫކޮށްފައެއް” އައުފް އޭނާގެ މަންމަގެ ކަރުނަ ފޮހެލަމުން ހީނލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތް ވަގުތު އެގޭ އެއްވަނަ ފްލޯ ބެލްކަނީގައި ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެން ކުއްޖެއް ފެނި ހިތައް ގޮތްތަކެއް ވިއެވެ. ކޮންފަދަ މައުސޫމުކަމެއް ހެއްޔެވެ؟ ނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވާއިރު ދެލޮލުގައި ވިދަމުންދިޔަ ކަރުނައިން އެ އަންހެއް ކުއްޖާ ވަރަށް ބޮޑު ހިތާމައެއް ކުރާކަން ދޭހަވެއެވެ. އައުފް އޭނާގެ މަންމަ ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައިރުވެސް އެ އަންހެން ކުއްޖާގެ ނަޒަރު ސީދާވެފައި ވަނީ އައުފް ކައިރީގައި ހުރި އޭނާގެމަންމައަށެވެ.
**
ޒީޝާ ނޫން ހުރިހާއެންމެން ރޭގަނޑުގެ ކެއުމަށް ސުފުރާމަތިގައި ތިބި އިރު އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ކެއުން ނިމިގެންދިޔައީ ވަރަށްވެސް އޮމާން ކަމާއެކީގައިއެވެ.
” މިޝްޔާ! ދޭބަލަ ދޮންތަ އަށް ގޮވަން..ބުނޭ އެންމެން ކައިފިޔޭ..ބަނޑުހައިވަންޏާ އަވަހަށް އަންނާށޭ ބުނާތި…މާރިޔާމެންނަށްވެސް ފްރީ ވާނީ އޭރުން..” 16 އަހަރުގެ މިޝްޔާ އާއި މުޚާތަބު ކުރަމުން އޭނާގެ މަންމަ ބުނެލިއެވެ. އެއާއެކު މިޝްޔާ ގޮސްވަނީ ޒީޝާގެ ކޮޓަރިއަށެވެ.
” މާރިޔާ މިރޭގެ ކެއުން މައްޗައް ގެންގޮސްފިންތަ؟ ” މާރިޔާ އޭނާގެ ސާހިބުމީހާގެ އަމުރަށް ތަބަކަށް ތަށިތަކެއް އަތުރައިގެން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މާރިޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން މައިކަށް އެއްޗެއް ވިސްނުމާއެކު އޭނާގެ އަނބިމީހާ ކައިރީއިން ސޯފާގައި އިށީނެވެ.
” ހައު ލޯންގް އާރ ޔޫ ގޮއިންޓް ހައިޑް ލައިކް ދިސް؟ ލުކް ސޯފީ އެމް ނޮޓް ފޯސިންގް ޔޫ ފޯ އެނީތިން ބަޓް ޔޫ ހޭވް ޓް ފޭސް އިޓް.. ޔޫ އާ ވެރީ ބްރޭވް އެން އައި ނޯ ޔޫ ކޭން ހޭންޑަލް އިޓް ކޮޒް އައި ހޭވް ސީން ޔޫ ޓޮލަރޭޓިން ޒީޝާ” މައިކް އޭނާގެ އަނބީމީހާ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. އެވަގުތު ސޮފިއްޔާގެ އަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ.
**
ބޮޑު ކޮޓަރިއެއްގެ މެދުގައި އިން ކިންގް ސައިޒް ބޮޑު އެނދުގައި ފޮތަކާ ގަލަމެއް ހިފައިގެން އޮތް މިކްޔާ އަށް ކުރެވެމުން ދިޔައީ މުޅިން އާ އިހުސާސެކެވެ. ޝަމާން އަށް ފަހު ފުރަތަމަ ފަހަރަށް މީހަކު ފެނި ހިތައް މިއަދު ގޮތެއް ވެއްޖެ ކަން ގައިމެވެ. ނަމަވެސް އެގޮތަށް އެކަން ވެގެން ނުވާނެއެވެ. އޭނަ އަށް ޝަމާން ފިޔަވާ ދެވަނަ ފަރާތެއް ދެކެ ލޯބި ވެވިގެން ނުވާނެއެވެ. އެލޯބި ކަފުން ކުރެވިފައިވީ ނަމަވެސް އެހަނދާނަތައް އަދިވެސް ހިތުގައި އާލާވެފައި ވަނީ މިކްޔާގެ އިޚްތިޔާރުން ބޭރުގައި އެވެ. އެވަގުތު ކޮތަރިއަށް ވަތް އަންހެނަކު ފެނި މިކްޔާ ލިޔަން އޮތް ފޮތާ ގަލަން ބޭއްވުމަށްފަހު އެނދުގެ ފަޑީގައި ލެނގިލުމަށްފަހު ހިނިތުންވެލިއެވެ.
” މާރިޔާއްތާ މިގޭގަ އުޅެނީ ކޮން ބައެއްތަ؟” މިކްޔާގެ ސުވާލުން މާރިޔާ ހައިރާންވިއެވެ. ސަބަބަކީ ފާއިތުވީ 2މަސް ދުވަހު ތެރޭގައިވެސް މިކްޔާ އިސްވެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީއެވެ. ބުނިހާވެސް ބަހެއް ބުނީ މިއަދު ހެނދުނުއެވެ. އެވެސް ހަމައެކަނި ދަރިފުޅާއޭ ކިޔާ ގޮވާލިކަން އެކަންޏެވެ. ޑޮކްޓަރު ބުނެފައިވީފަދައިން މިކްޔާ އަމިއްލަ އަށް ވާހަކަ ދައްކަން ބޭނުން ނުވާހާ ހިނދަކު ވާހަކެއް ނުދައްކާނެއެވެ. މިއަދު މިއޮތީ އެދުވަސް އައިސްސފައެވެ.
” ބުނެބަލަ..” މާރިޔާ ސިހިގެން ދިޔައީ އަނެއްކާވެސް މިކްޔާ ސުވާލު ތަކުރާރު ކޮށްލުމުންނެވެ.
” މިގޭގައި އުޅެނީ ދެމަފިރިންނާއި އެމީހުންގެ 3 ކުދިން..” ހިނިތުން ވެލަމުން މާރިޔާ ބުނެލިއެވެ.
މިކްޔާ އިނީ ފުންވިސްނުމެއްގެ ތެރޭގައިއެވެ. ” އިތުރު ބައެއް އުޅޭތަ؟” އެއިން ގޮތަށް އިނދެ މިކްޔާ ސުވާލުކޮށްލިއެވެ.
” ނޫނޭ ދެން ނޫޅޭނެ އިތުރުބައެއް..އެކަމަކު މިގޭ މަސައްކަތް ކުރާ މީހުން އުޅޭނެ މިގެޔާ އިން ވެގެން ވަކިން ހުރި ކުޑަ ގެއެއްގައި..ދެން އަހަރެން މީ މައިކަލްގެ މަންމަ ސަފޫރާ ކައިރީގައި މާކުރިންވެސް މަސައްކަތް ކުރަމުން އައި ބަނގުލަދޭޝް މީހެއް އޭރުގައި ރާއްޖޭގައި އުޅުނު އިރު ދިވެހި ދަސްވީ.. މައިކަލް އަކީ މިޤައުމުގެ ރައްޔިތެއް ތުއްތު އިރުން ފެށިގެންވެސް އުޅެނީ ހަމަ މިތާނގަ.. އެހެންކަމުން އޭނަ ދިވެއްސައް އެހާ ފަރިތައެއް ނުވާނެ” މާރިޔާ ބުނެލިއެވެ.
“ދެން އެހެން ވީއިރު އަހަރެން މި ޤައުމަށް ގެނެވުނީ ކިހިނެއް؟ މިކްޔާ އިތުރަށް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.
” މިގޭ ބޮޑު މީހާ ރާއްޖެ އަށް ކުރި ދަތުރެއްގައި ކޮއްކޮ ފެނުނީ އެކްސިޑެންޓެއްވެ ވަރަށް ސީރިއަސް ހާލަތެއްގައި ވަނިކޮށް ދެން ލަންޑަނަށް ގެންގޮސް ފަރުވާކޮށްގެން ހަމަ ކިރިޔާ ފުރާނަ ސަލާމަތްވީ.. މައިބަދައަށް ގެންލުން ލިބިފައި އިނީމަ ޑޮކްޓަރުން ލަފާކުރަނީ ދެން ދުވަހަކުވެސް ނުހިނގޭނެ ކަމަށް.. ” މާރިޔާ އިތުރަށް ތަފްސީލުކޮށްދިނެވެ. އޭރު މިކްޔާ އިނީ ލިބުނު ޚަބަރަކުން ކިޔާނެ ބަހެއް ނޭނގިފައިއެވެ.
އިތުރަށް ބުނާނެ ވަކިއެއްޗެއް މާރިޔާ އަށްވެސް ނޭނގުނެވެ. މިވީ ދެމަހެއްހާ ދުވަހު އޭނާ ވަނީ މިކްޔާ އާއި އެތައް ވާހަކައެއް ހިއްސާ ކޮށްފައެވެ. މިޤައުމާ ބެހޭ އެތައް ވާހަކަތަކެއް ކިޔާދީ މިގޭ މީހުންގެ ހިތް ހެޔޮ ވާހަކަތައް ފޫހި ކަމެއްނެތި މާރިޔާ ވަނީ މިކްޔާ އަށް ކިޔައިދީފައިއެވެ. މާރިޔާ ދެކެނީ މިކްޔާ އަކީ އޭނާގެ ކޮއްކޮއެއް ގޮތުގައިއެވެ. މިކްޔާގެ ހާލަތައް ހިތުގައި ހަމްދަރުދީ އުފެދި ބުރަކަށިގައި ފިރުމާލީ ލޯތްބާއެކުއެވެ.
” އެކަމަކު ބުނަން ކޮއްކޯ ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް..ދިރިއުޅުމަކީ ހަނގުރާމައެއް ހިތްވަރާ އަޒުމާއެކީ ކުރިއަށް ދާށޭ ދައްތަ އަބަދުވެސް ބުނަމުން މިއައީ..ދައްތަގެ ހިތް ބުނޭ ﷲ އިރާދަފުޅުން ކޮއްކޮ އަށް އަދި ހިނގޭނެއޭ..އެކަލާނގެ ހަޟްރަތައް ދުޢާ ކުރޭ..ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު..” މާރިޔާ ދެލޯ ފޮހެލަމުން މިކްޔާގެ ބޮލުގައި ފިރުމާލިއެވެ.
އެވަގުތު މިކްޔާ އަށް ގިސްލެވެން ފެށުމާއި އެކު މާރިޔާގެ މެދުހަށީގައި ބައްދާލެވުނެވެ.
“ދައްތާ އަޅުގަނޑުމީ އެކަނިވެރި އަޅާލާނެ މީހެއް ނެތް ދެރަ ނިކަމެތި ކުއްޖެއް..އަޅުގަނޑު ސަލާމަތް ނުކުރި ނަމަ މާ ރަނގަޅުވީސް.. މަކަރުވެރި ބައެއްގެ ދަލެއްގައި އަޅުގަނޑު ޖެހި ލިބެމުންދިޔަ ހިތްދަތިތަކަށް ނިމުން ގެނައީ މިހަށިގަނޑުން އުފަންވި ދެ ފުރާނަ..އެދެކުދިންނާއެކު އަޅުގަނޑުވެސް މި ދުނިޔޭން ނެތި ދިޔަނަމަ އިތުރު މީހަކަށް އުނދަގުލެއް ޖައްސަން އަޅުގަނޑެއް ނުހުންނާނެ..ދައްތަ އާއި މިގޭ މީހުންގެ ތި އިހުސާންތެރި ކަމުގެ އަގު އަދާ ކުރާނެ ފެންވަރެއް އަޅުގަނޑުގެ ކިބައިގައި ނެތް..” މިކްޔާ އަށް މާ ބޮޑަށް ގިސްލެވެމުންދިޔުމާއިއެކު އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
މިކްޔާ ހަމައަކަށް އެޅުމުން މާރިޔާ ކޮޓަރިން ނިކުތީ އެތައް ވާހަކައެއް ދެއްކުމަށްފަހުއެވެ. އޭރު ހިފައިގެން އައި ތަބަށްވެސް ހިފައިގެން ނިކުތީ މިކްޔާ ނުކާނެ ކަމަށް ބުނުމުންނެވެ. މާރިޔާގެ އެތައް އާދޭހާއެކު ޖޫސްތަށި ހުސްކޮށްލުމުން އޭނާ އެކަމާ ވަރަށް ހިތްހަމަޖެހުނެވެ.
މިކްޔާގެ ކޮޓަރިން ނިކުތް މާރިޔާ އެކޮޓަރީ ދޮރުލައްޕާލި ވަގުތު އެކޮޓަރީ ދޮރާ ނިވާވެގެން ބޭރުގައި ހުރި ސޮފިއްޔާފެނި ހިތުގައިވި ސުވާލުތަކަށް އިތުރު ބޮޅެއް މެހިގެން ދިޔައެވެ. މިކްޔާ އާއި ސޮފިއްޔާގެ ގުޅުމެއް ވެޔޭ އޭނާގެ ހިތައް އަބަދުވެސް އަރައެވެ. މިކްޔާގެ ކަންތަކުގައި ސޮފިއްޔާ އަބަދުވެސް ހާސްވެ ފިކުރު ބޮޑުވެއިންނަތައް އެތައް ދުވަހަކު މާރިޔާއަށް ވަނީ ފެނިފައެވެ.
މާރިޔާ ފެނުމާއެކު ސޮފިއްޔާ އިސް އޮބާލީ އޭނާގެ ދެލޮލުގައިވާ ކަރުނަތައް ފޮރުވުމަށެވެ. ނަމަވެސް ސޮފިއްޔާ އަށް ނޭނގުނު ކަމަކީ އެކަރުނަ އަކީ މާރިޔާ އެތައްދުވަހަކު ދެކެފައިވާ އެއްޗެއްކަމެވެ. އިތުރަށް މަޑު ކުރުމެއް ނެތި މާރިޔާ ހިނގައިގަތީ ބަދިގެއަށް ދިޔުމަށެވެ. ސޮފިއްޔާވެސް އިރުކޮޅަކު އެކޮޓަރިއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކިތައްމެ ފަހަރަކު އެކޮޓަރި ދޮރު ހުޅުވުމަށް ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް އަތް ހަރަކާތް ނުކުރެއެވެ. މިއަދު އެ އިވުނު ވާހަކަތަކުން ސޮފިއްޔާ އަށް މާ ބޮޑަށްވެސް އަމިއްލަ ނަފުސު ކޮށްވެރި ކުރެވުނެވެ. އެހެން ހުރުމަށްފަހު ކަރުނަ ފޮހެލަމުން ހިނގައިގަތީ މައިކް މިގަޑީގައި ވާނީ ތިރީގައި ހުރި ލައިބްރަރީގައި ކަން އެނގިހުރެ އެތަނަށް ދިޔުމަށެވެ. އޭނާގެ ހިތުގެ އުދާސްތައް ބޭރު ކޮށްލެވޭނީ ހަމައެކަނި މައިކް ކައިރީގައެވެ.
**
މިކްޔާ މަޑުމަޑުން އެނދުން ތެދުވެ ފުރޮޅުލީގޮނޑިގައި އިށީނުމަށްފަހު އެނދުގެ ސައިޑްޓޭބަލް ކަބަޑުން ފޮޓޯގަނޑެއް ނެގިއެވެ. އެފޮޓޯ ފެނުމާއިއެކު ދެލޯ ފުރިގެން އައީ ތާޒާ ކަރުނައިންނެވެ. މިޝާން އާއި އާލާގެ 3 ވަނަ އުފަންދުވަހު ނަގާފައިވާ އެފޮޓޯގަނޑުގައި ދެ ކުދިންވެސް ތިބީ އުފާވެރި ހިނތުންވުމަކާއެކުއެވެ. ދެން އެކުދިންގެ އެ ހިނިތުންވުމެއް މިކްޔާއަކަށް ނުފެންނާނެއެވެ. މިކްޔާ އަށް އެންމެ ފަހުވަގުތު އެކުދިންނާ ބައްދަލުކުރާނެ ފުރުސަތެއްވެސް ނުލިބުމުން އެކަމާ އޭނާ ނުހަނު ހިތާމަކުރެއެވެ.” އާއްކޯ…މިޝްކޯ…މަންމިގެ ފުރާނަ ތީ..މިސްޔޫ އަލޮޓް މައި ބޭބީސް..މަންމި އަބަދުވެސް ތި ދެކުދިންދެކެ ވަރަށް ވަރަށް ލޯބިވޭ” މިކްޔާ ލޯމަރާލުމާއެކު އެމައުސޫމް މޫނުކޮޅުތައް ސިފަވެގެން ދިޔައެވެ. ހިޔާލީ ދުނިޔޭގައި އިން މިކްޔާ އަތުން އެފޮޓޯގަނޑު ދޫވެ ބެލްކަނިން ބޭރަށް ދިޔައީ ކުއްލިއަކަށް ވައިބާރުވެ އެވަގުތު ބެލްކަންޏަށް ނިކުންނަ ދޮރުވެސް ހުޅުވާފައި ހުރުމުންނެވެ.
މާރިޔާ މިކްޔާ ކޮޓަރިއަށް ވަނިއްސުރެ އެކޮޓަރީގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އަޑު އިވުނު އައުފްގެ ގެ ފައިކައިރިއަށް އެއްޗެއް ޖެހުމާއެކު ސިހިގެން ދިޔައެވެ. އެވަގުތު އޭނާގެ ކޮޓަރި ބެލްކަންޏާ ޖެހިގެން ދެފޫޓޭއްހާ ދުރު މިނުގައި ހުރި މިކްޔާ ކޮޓަރީ ބެލްކަންޏަށް ބަލާލެވުނީ މީހެއްގެ ހިލަމެއް ވޭތޯއެވެ. އައުފް ގުދުވެލަމުން ފައި ކައިރީގައި އޮތް އެތި ނެގިއެވެ. އެއީ ފޮޓޯ ގަނޑެކެވެ. ވަރަށް ލޯބި ދެކުދިން ހިނިތުންވެލައިގެން ތިބި އިރު އެކަކު އަނެކަކާ ވަރަށް ވައްތަރެވެ. ބަލާބެލުމަށް ހީވަނީ ޓްވިންސް އެއް ހެންނެވެ.
” މަންމާ…..!” ކުއްލިއަކަށް އައުފަށް އިވުނީ މިކްޔާގެ ވޭނީ ރުއިމުގެ އަޑެވެ. އައުފް ގެ ހިއްސުތަކަށް ލޮޅުން އަރައިގެން ދިޔައީ އެ އަޑުގައިވި ރިހުމެއްގެ ސަބަބުންނެވެ.
17 Comments
Comments are closed.
enjoy..:)
v nice
Reethi..
thank you ☺
A foto mikya ah libuny kihineh?..accident v gothah beyrah gendhiya fahakun raahje naadhe eh nun adhi…
yes she is still in switzerland.. about dat photo , u ll get answers in de upcoming parts…hope u ll like de twists which is gng to unfold soon..☺
Nxt part avas kohlahchey
insha allah…☺
vvvvvvv reethi kayashandy dhen koirakuntha up kuraanee 13 vai avaskohdheythi ingey kiyaalaahithun kiyaalevey vaahakaehmee
thanks alot…insha allah i ll upload as soon as i cn..keep waiting ☺
Ooohhh. So mikya ge mamma sofiyya dho mikya gengosgen eulheny..
lets c dhw..hehe…thnkz aish..☺
ekudhin maruvi kan kihineiy enguny mikya ah?
u ll get answer in next part…keep waiting
ވަރަށް ވަރަށް ރީތި… ސޮފިއްޔާއަކީ މިކްޔާގެ މަންމަ ދޯ… އެކަމަކު ކާކުބާ މިކްޔާއަށް އެ ފޮޓޯ ދީ ކުދިން މަރުވިކަން އެންގީ… ދެން ކުރިއަށް ހުރި ބައިތައް ކިޔާލީމަ އިނގޭނީ… 13ވަނަ ބައި އަވަސްކޮށްލައްޗޭ
Nice…wen nxt part…waiting…
vvv nice . waiting for next part.