ފައިލުތައް ހާވަމުން ގޮސް ސީގެ ފައިލު ފެނުމުން އޭނާ އެ ހުޅުވާލާ އެތެރެ ބަލާލިއެވެ. ރިޝްކާގެ މަޢުލޫމާތު އިން ގަނޑު ފެނުމުން ހަލުވިކަމާއެކު އޭނާގެ ދެލޯ ހޯދަމުން ދިއައީ ރިޝްކާގެ ބައްޕައަށް ކިޔާ ނަމެވެ. “ރާހުލް މުހައްމަދު؟” އެ ނަން ކިޔާލުމާއެކު ނަޝްފާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރިޝްކާ އަކީ ހަމަ އަސްލުވެސް ރާހުލްގެ ދަރިއެއް ހެއްޔެވެ؟ ވީ ހައިރާނެއްގެ ބޮޑުކަމުން އޭނާއަށް ދެފައިކޮޅުން ވާގިދާ ކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އަރި އަޅާލި ގަޑީގައި އޭނާއަށް […]
ޓިނުން ހިޔާކޮށްފައި ހުރި ކޮޓަރީގައި އެނބުރެމުން ދިޔަ ފަންކާއިން ދިލަ ހޫނެއް އަރަމުންދިޔައެވެ. މެންދުރުގެ ގަދަ އަވިން ކޮޓަރިއަށް ވަނީ އާވިކަމެއް ފެތުރިފައެވެ. އެނދުމަތީގައި ހުރި ބާލިސްތައް އެތަށް މިތަނަށް އުކާލެވިފައި ވާއިރު ބައެއް އަންނައުނުތައް ކައިރީގައި ހުއްޓެވެ. ބިންމަތީގައި އޮތް ފަޓުލޫނު ނަގައި ހޭވަރު ކޮށްލުމަށްފަހު ޒުބޭރު ބެލްޓު އަޅާލަމުން ފުންނޭވާއެއް ލިއެވެ. އޭރު އޭނާގެ ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރު އެނދުގެ މަގަތުގައި އޮތް ޓީޝާޓުނަގައި ކަރުދަށް ފޮހެލަމުން އޭތި ގަޔަށް މަހާލިއެވެ. “އޭތް! […]
މިފަދަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވުމުން ސިހިފައި އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. ފަޔާޒް ފެނުމާއެކު އޭނާގެ ހިތް ތެޅިގަތް ގޮތުން ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ދޮރު ތަޅުލާފައި ފަޔާޒް އޭނާއާއި ކައިރިއަށް އަންނަން ފެށުމުން އޭނާގެ ހާސްކަން އިތުރުވިއެވެ. ފަޔާޒް ރިޔާޝާއާއި ދިމާއަށް އައިސް އައިސްފައި އަލަމާރިއާއި ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އަދި ގޮސް އޭނާ ލައިގެންހުރި ގަމީހާއި ފަޓުލޫނު ބާލައި ކޮނޑުގައި އަޅުވާލިއެވެ. ސޯޓެއް ލައިގެން އައިސް އެނދުމަތީގައި ހުރި […]
” އަހަރެން ހަނދާން އެބަހުރި ދޮން ބަދިގޭގައި ހުއްޓަ އަހަރެން ހައިފާގެ ބޭބެ އައިސްގެން އުޅޭ ވާހަކަ ބުނުމުން ދޮން އަށް ވީގޮތް.. އަދި މިއަދު ދޮންތަގެ ހަރަކާތްތައް ހުރިގޮތްވެސް ވަރަށް ރަނގަޅަށް ދުށިން..” އީޝަލް މިހެން ބުނުމުން އައިޝާ އިސްޖަހާލިއެވެ. އަދި ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ފެނުނު މަންޒަރުން އައިޝާއަށް ހެވުނު ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަގަތެވެ. އައިޝާއަށް ވީގޮތް ފެނުމުން އީޝަލް ވެސް ފަހަތަށް އެނބުރި ބަލާލިއެވެ. ވަދެގެން އެ […]
ހަތަރު ވަރަކަށް އަހަރުގެ ކުޑަކުޑާ ފިރިހެން ކުއްޖަކު ބޯޅައާއި ކުޅެމުން ދިޔައެވެ. އެކުއްޖާއާ ތަންކޮޅެއް ދުރުގައި އެކުއްޖާގެ މައިންބަފައިން ހިނިތުންވެފައި ތިއްބެވެ. ކުޅެން އުޅުނު ނަމަވެސް އިރުއިރުކޮޅާ އެކުއަޖާ މައިންބަފައިންނަށް ހިނިތުންވުމެއް ހަދިޔާ ކުރެއެވެ. އެއިން ކޮންމެ ހިނިތުން ވުމަކާއެކު ދެމަފިރިންގެ ހިނިތުންވުން ފުން ވެގެން ދެއެވެ. ޒައިކް އާއި ނައިހާ އަކީ ކިޔެވުމުގެ ދައުރުއްސުރެންވެސް ދެއެކުވެރިންނެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނީ ދެޢާއިލާގެވެސް ރުހުމާއެކުގައެވެ. ކައިވެންޏަށް އަހަރެއްވީއިރު ޒައިކް […]
މިކްޔާ އޭނާގެ އަތް އައުފްގެ ކޯމަތިން ނެގުމަށްފަހު އަނެއް ފަރާތައް އެނބުރުނު ނަމަވެސް ލިބިފައިވާ ސިހުން ފިލައިގެން ނުދެއެވެ. ” އައުފް ކީކޭބާ ހިތައް އަރާނީ؟..އަހަރެންނަށް ކިހިނެއްތަ މިވަނީ..؟ ” ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން މިކްޔާ އަމިއްލަ ނަފުސައް އަޑުލިއެވެ. ފާއިތުވާ ކޮންމެ ދުވަހެއް މިދަނީ އޭނާ އައުފް އާއި އިތުރައް ކައިރި ކުރަމުންނެވެ. އާދަޔާ ޚިލާފު ދަމާ ބާރަކުން އެދެމީހުންގެ މެދުގައިވާ ދާއިރާ ހަނިކުރަމުން ދަނީ ދެމީހުން ވެސް އެކަމަށް ބޭނުންވެފައި ވަނިކޮށެވެ. ނަމަވެސް […]
(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ލިޔެފައިވާ ލިޔުމެކެެވެ. އެ ކުއްޖާގެ އެދުމުގެ މަތިން މި ލިޔުން އަޕްލޯޑްކޮށްލީއެެވެ.) ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ […]
ގެއަށް އާދެވުމާއެކު ރިޔާ ހުޅުވާލީ މިޔަދު އެއްކަލަ ނުދަންނަ މީހާ ގަނެދިން ބޫޓު އޮތް ކޮތަޅެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާ އެ ބޫޓަށް އަރައި ފަރިބަލާލިއެވެ. ކަޅުކުލައިގެ އެ ހާފް ޝޫޒްގައި ހުދު ކުލައިގެ އެސްތަކެއް ޖަހާފައިވީއިރު ރިޔާގެ ފަޔާއި އެ ބޫޓު ނުހަނު ގުޅެއެވެ. “ކޮބާތަ އޭނާގެ ނަމަކީ؟ ކޮން ނަމެކޭތަ ބުނީ…؟ އާން… ވިޝާން…” ރިޔާ އެއްޗެއް ހަނދާންކުރާ ފަދައިން އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. “ތޭންކްސް ވިޝާން…” ރިޔާ ލޯގަނޑާ ދިމާއަށް […]
ރިޔާޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ވެއިޓަރ ޕިއްޒާއާއި ދެ ކޯކްފުޅި ބެހެއްޓުމުން ފަޔާޒް “ތޭންކްސް” އޭ ބުނެލިއެވެ. “އަދި އަހަރެންނަށް އެނގިފައި އޮތްގޮތުން ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންވީމަ ރިޔާޝާއަށް އަހަރެންނާ ގުޅެން އުނދަގޫވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ހީކުރަން ރިޔާޝާ މިކައިވެންޏާ ދެކޮޅު ނުހަދާނެކަމަށް. އަދި އެއްވާހަކަ. ރިޔާޝާގެ ނުރުހުމުގައި އަހަރެން ރިޔާޝާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.” ފަޔާޒް ރިޔާޝާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ރިޔާޝާ ފަޔާޒަށް ބަލާލީ ހައިރާންވެފައި އިނދެއެވެ. ފަޔާޒް ބޯޖަހާލީ […]