“ހެލޯ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެކޮޅުން އެއިވުނު އަޑަކީ މިކްޔާއަށް އާ އަޑެއް ނޫނެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ މީހެކެވެ. ” މިކް…ތީ ހަމަ މިކްތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ..އައި އޭމް ސޮރީ އަބައުޓް ދެޓް ނައިޓް..މިކް..މިކް..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލީ އައުފް އަންނަތަންފެނިއެވެ. އަވަސް އަވަހާ ފޯނު މޭޒުމަތީގައި ބާއްވަމުން މިކްޔާ ސިއްރު ސިއްރުން ކަރުނަތައް ފޮހެލިއެވެ. ” މާރިޔާއްތަ ނިދާފަ އޮތީ… ދެން މާ….” އައުފްގެ ޖުމްލަ މެދުކެނޑުނީ […]
“މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟” ކުއްލިއަކަށް ފަޔާޒް ކޮށްލި ސުވާލުން ރަތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ […]
“ކަލޭ ހީކުރީ ނަފީސާ ގެނައިމައި އަހަރެން މައިތިރިވީ ކަމަށްތަ! ހުވާ ގަންދީ މިބުނީ އަތުޖެހޭއިރަށް ހަމަ ނޮޅާލާނަން! އަދި މާވެފައި ބުރަކަށި ހާމައަށް ދައްކައިގެން ކުނިކަހަން އެބައޮތެއްނުން.. އަހަރެން ކަމެއް ނުކުރާނެއޭ ހިތާ ދޯ.” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ބުނެލިއެވެ. ރިއުމާން ގަދަ ހަދަމުން ދިޔައީ ޒުބޭރުގެ އަތުން ވީއްލިގެން ދެވޭތޯއެވެ. ނަމަވެސް ޒުބޭރު އެއަށްވުރެ މަ ހުށިޔާރެވެ. އޭނާ ރިއުމާން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ބޭރުގައި ހުރި ގިފިއްޔަށް ވެއްދިއެވެ. ދޮރު […]
“މީހަކާ އިނދެގެންތަ އުޅެނީ؟” ނަޝްފާ އެ ކޮށްލި ސުވާލުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ. މީހަކާ އިނދެގެންނޭ އުޅެނީ ކިޔާފައި ދޮގެއް ހަދަންވެސް އޭނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރު ނުކުރެވޭނެކަން އެނގޭތީ އޭނާ ގަސްދުކުރީ ތެދުތެދަށް ހުރިހާ ވާހަކައެއް ބުނާށެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އޭނާ ރާހުލް އާ ދުރުވި ސަބަބެވެ. އެ ސަބަބު އެނގިއްޖެ ނަމަ ރާހުލް އަނެއްކާ އަލުން އޭނާ ކައިރިއަށް އައިސްދާނެކަމަށް އެ ހިތް […]
މިޒަމާނު މިއުޅޭމީހުންނައް ހީވާކަހަލައެވެ. އަނިޔާގެ ވޭންތަހައްމަލު ކުރަމުންދަނީ ނުވަތަ އަނިޔާއާ ޖެއްސުމާ ފުރައްސާރަ (ބުލީ) ކުރުން ކުރިމަތިވަނީ ހަމައެކަނި އަންހެނުންނައް އެކަނިކަމަށެވެ. އަންހެނުންގެ ދިފާއުގަ އަންހެނުންނައް ކުރިމަތިވާ އެކިކަހަލަ ގޯނާތަކާ ފުރައްސާރަޔާ އަނިޔާ ދިނުން ހުއްޓުވަން ދުނިޔޭގެ އެކިއެކި ޖަމިއްޔާ ތަކުން އެއްއަޑުން ގޮވަމުންދާއިރު ފިރިހެނުންނައް ނުހައްގުންލިބޭ އަނިޔާއާވޭން ހުއްޓުވުމައް ދުނިޔޭގެ ޖަމިއްޔާތައް މިވަނީ ނުކުޅެދިފައޭ ބުނުމީ ގޯހަކައްނުވާނެއެވެ. މިއީ މިކުޑަ ކުޑަ ދިވެހިރާއްޖޭގަ ހިގަމުންދާ ހިނގާފަވާ ހާދިސާތަކުގެ މައްޗައް ލިޔެވިގެންދާ ވާހަކައެކެވެ. ނުވަތަ ހާދިސާއެކުވެ. މިހާދިސާ […]
** ލޭބަރ ރޫމް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ފިރިހެނެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މިއަދުމީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ލޯބިވާ އަނބިމީހާ އާއި ލިބެން އެއުޅޭ ދަރިފުޅަށްޓަކައި ދުޢާކުރާ ހާލު އެކަލާނގެ އަށް ވަކީލުކޮށްލައިގެން އެހުންނަނީ ހުރިހާކަމެއް ރަނގަޅުވާނެ ކަމަށެވެ. ލޭބަރ ރޫމް ދޮރު ހުޅުވާފައި ނިކުތް ނަރުސް ކުއްޖާގެ އަތުގައި ޕިންކު ކުލައިގެ މަޑުރަޖާގަޑެއްގެ ތެރޭ އޮތް ލޯބި ފުށްގަނޑު ފެނުމާއެކު ދެލޮލުން ފައިބަގަތީ އުފާވެރިކަމުގެ ކަރުނައެވެ. […]
އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. […]
“އިނަފް! ޔޫ ކާންޓް މެރީ ހިމް ކޯޒް ހީ އިޒް މައި ސަން..އެން ޔޫ އާރ މައި ޑޯޓަރ.. ޑޭމް އިޓް!” މައިކްލްގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ތަނބުތަކުވެސް ރެނދުލާހާ ބާރަށެވެ. ހަމަ އެވަގުތު އެއްޗެއް ތެޅުނު އަޑުފަށްގަނޑު އިވުމާއެކު ހުރިހާ އެންމެންގެ ނަޒަރު އަމާޒުވީ ދޮރާދިމާއަށެވެ. ދޮރުމަތީގައި ހުރި މާރިޔާ އަށް އިވުނު ބަސްތަކުން ސިހުންލިބިފައިވިއެވެ. ޒީޝާ މާރިޔާ އާއި ދިމާއަށް ބަލާލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. އިސްދަށަށް ޖަހައިލަމުން މާރިޔާ […]
“ރިއުމާން ހަމަ މިހާރު ތިތަނުން ދުރަށް ދޭ! ދޭ ދުރަށް!” ހާޖަރާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން ތެޅިގެންފައި އެތަނުން ދުރަށް ގޮސް ދެތިން ފިޔަޅު ފަސްޖެހުނެވެ. އޭރު ވެސް ސިންކު ކައިރީގައި ޒުބޭރު ފާޑަކަށް ހެވިފައި ހުއްޓެވެ. “ކަލޭ ބޮޑު މުޑުދާރު!!” ހާޖަރާ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފައި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން އެންމެ އަވަހަށް ލޮލުގައި އަޅައިގެން ރޮށިފިހޭ ތަވާ ނަގައި ޒުބޭރުއާއި ދިމާއަށް މަޅާލިއެވެ. ޒުބޭރު ހުށިޔާރު ކަމާއި އެކު ރެކިގެންފައި އެދިޔަގޮތަށް […]