ހަތަރު ވަރަކަށް އަހަރުގެ ކުޑަކުޑާ ފިރިހެން ކުއްޖަކު ބޯޅައާއި ކުޅެމުން ދިޔައެވެ. އެކުއްޖާއާ ތަންކޮޅެއް ދުރުގައި އެކުއްޖާގެ މައިންބަފައިން ހިނިތުންވެފައި ތިއްބެވެ. ކުޅެން އުޅުނު ނަމަވެސް އިރުއިރުކޮޅާ އެކުއަޖާ މައިންބަފައިންނަށް ހިނިތުންވުމެއް ހަދިޔާ ކުރެއެވެ. އެއިން ކޮންމެ ހިނިތުން ވުމަކާއެކު ދެމަފިރިންގެ ހިނިތުންވުން ފުން ވެގެން ދެއެވެ.
ޒައިކް އާއި ނައިހާ އަކީ ކިޔެވުމުގެ ދައުރުއްސުރެންވެސް ދެއެކުވެރިންނެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނީ ދެޢާއިލާގެވެސް ރުހުމާއެކުގައެވެ. ކައިވެންޏަށް އަހަރެއްވީއިރު ޒައިކް އާއި ނައިހާގެ އުނގު ފަޅުފިލުވާލާނެ މެހެމާނަކުވަނީ ދުނިޔެއަށްނޭވާލާފައެވެ. އެއީ މިހާރު އުމުރުން ހަތަރު އަހަރުވެފައިވާ ޒޭންއެވެ. އަންހެންކުއްޖަކަށް އުއްމީދުކޮށްގެންތިއްބާ ފިރިހެންކުއްޖަކު ލިބުމުންވެސް ދެމަފިރިންގެ ހިތުގައި އެއްވެސްޝަކުވާއެއްނެތެވެ.
އުޑުމަތިން ރަތްވިލާ ފާޅުވާން ފެށުމާއެކު ޒައިކް އާއި ނައިހާ ޒޭން އާއިއެކު ގެއާއިދިމާއަށް ދިއުމަށްމިސްރާބުޖެހިއެވެ. ހަވީރުގެ ހިތްގައިމު ވަގުތު އުފަލާއި ހިތްހަމަޖެހުމާއެކު ވޭތުކޮށް އެނބުރި ގެއަށްދާ ކުޑަކުޑަ އާއިލާއެއްކަން އެއާއިލާ ފެނުނު ކޮންމެ މީހަކަށްވެސް ސިފަވާނެއެވެ.
ކަނު އަނދިރިކަން ދުނިޔެ އަށް ވެރިވުމާއެކު ނައިހާ ޒޭން ނިންދެވުމަށްފަހު ސިިޓިންގރޫމަށް ނުކުތީ ޒައިކް އާއިއެކު ވަގުތުކޮޅެއްހޭދަކޮށްލުމަށެވެ. އޭރު ޒައިކް އިނީ ޓީވީއިން ދައްކަމުންދިޔަ ސިޔާސީ ޕްރޮގްރާމެއްބަލާށެވެ. ނައިހާ ނުކުތުމާއެކު ޒައިކް ޓީވީޗެނަލް ބަދަލްކުރީ ނައިހާ ސިޔާސީ ކަންތައްތަކަށް ތަރުހީބުނުދޭތީއެވެ. ނައިހާ އައިސް އިށީނުމާއެކު ޒައިކް ނައިހާ ގެނެސް މޭގައިޖައްސައިލިއެވެ. ދެމަފިރިންގެ މިޢަމަލުން ދެމީހުންގެ މެދުގައިވާ ލޯބި ފުރިހަމައަށް ހާމަވެގެންދެއެވެ. މިގޮތުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު ދެމަފިރިންވެސް ރޭގަނޑުގެ އަރާމު ނިދި ހޯދުމަށްއަވަސްވެގަތެވެ.
ފަތިސްނަމާދުގެ ބަންގީގެއަޑަށް ނައިހާ ތެދުވެ ޒައިކްއަށް ގޮވިއެވެ. މިއީ ކޮންމެ ރެއެއްގެ ވެސް ދެމަފިރިންގެ އާދައެވެ. ނައިހާއަކީހެޔޮލަފާއަތްބެކެވެ. ޒައިކް ދެކޭގޮތުގައި ނައިހާއަކީ ދީނީކަންކަމަށް ވަރަށް އިސްކަންދޭ އަޚްލާގު ރަނގަޅުއަތްބެކެވެ. ނައިހާފަދަ އަތްބެއް އޭނާއަށް ލިބުމަކީ އޭނާގެ ނަސީބެވެ.
ޒައިކް އޮފީހަށްދިއުމާއެކު ނައިހާ ޒޭން މަދަރުސާއަށް ގެންދިއުމަށް އަވަސްވެގަތެވެ. ޒޭންއަކީ ހަލަނި ކުއްޖެއް ކަމުން ނައިހާ ހުންނަނީ ވަރުބަލިވެފައެވެ. ޒޭން މަދަރުސާއަށް ލުމަށްފަހު ނައިހާ އެނބުރި ގެއަށްއައީ މެންދުރަށްކެއްކުމަށެވެ. ކައްކާނިންމާލުމަށްފަހު ޒޭން ބަލައި މަދަރުސާއަށް ދިޔައީ ޒައިކްއަށް އެވަގުތު ދެވެންނެތުމުންނެވެ. ޒޭން ގޮވައިގެން ގެޔަށްއައި އިރު ޒައިކްވެސް ގޭތެރޭގައިއުޅެއެވެ. ޒޭންގެ ޔުނީފޯރމް ބަދަލްކުރުމަށްފަހު ތިން މީހުންއެކުގައި ކެއުމަށް އިންސާފު ކުރަންފެށިއެވެ.
މިގޮތުގައި ކުޑަކުޑަ ޢާއިލާ ދިރިއުޅެމުންދިޔަތާ ތިން އަހަރު ފަހުން ނައިހާ އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވިއެވެ. މިޚަބަރު ވެގެން ދިޔައީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދިން ޚަބަރަކަށްށެވެ. ދެމަފިރިންވެސް އުފަލުން ފޮޅުނުއިރު ޒޭންގެ އުފާވެރިކަން އެހެން އެންމެނަށްވުރެ ބޮޑެވެ. ކުޅެލާނެ ކޮއްކޮއެއް ލިބެން އުޅޭތީއެވެ.މާބަނޑު ދުވަސްވަރު މާބުރަކޮށް އުޅުން ޑަކްޓަރު މަނާކުރުމާއެކު ޒައިކް އެގެއަށް ނޯކަރަކު ގެނައުމަށް ނިންމިއެވެ. ގޭގައި މަސައްކަތް ކުރާނެ ރަނގަޅު ގެވެހި ކުއްޖަކު ހޯދުން ވެގެން ދިޔައީ ވަރަށް އުނދަގޫކަމަކަށެވެ.
ލިމްޝާ އެގެއަށް މަސައްކަތްކުރަން ގެންނަން ނިންމީ އަޅަލާނެ މީހަކުނެތް އެކަނިވެރި އަކަށްވީތިއެވެ. ލިމްޝާވެގެން ދިޔައީ ހީކުރިވަރަށް ވުރެންވެސް ރަނގަޅު ކުއްޖަކަށްށެވެ. ލިމްޝާ އެގެއަށްއައި ފަހުން ނައިހާއަށް އެއްވެސް ކަމެށް ކުރާކަށްނުޖެހެއެވެ. އެންމެ ކުޑަ މަސައްކަތްތަކުން ފެށިގެން އެންމެ ބޮޑު މަސައްކަތްތަތްވެސް ލިމްޝާ ކުރަމުން ދިޔައީ ޝަކުވާ ކުރާނެ ފުރުސަތެއްވެސް ނުދީ ވާހާ ފުރިހަމައަށެވެ. މިކަންކަމާ ހިތްހަމަ ޖެހިފައި ނައިހާ ހުރީ ކުރިމަތިވާން އުޅޭ ހިތްދަތިކަމުގެ ޚަބަރުވެސް ނޭނގިއެވެ.
އެގެއަށް އައިއްސުރެންވެސް ލިމްޝާގެ ހިތުގައިވަނީ ޒައިކްގެ އަތްބެއްގެ މަގާމު ހޯދުމުގެ ޢަޒުމެވެ. އެގޮތުން އޭނާގެ ހިތުގައިވަނީ ތަފާތު ރޭވުންތަކެއް ރޭވިފައެވެ. ލިމްޝާ ބޭނުންވަނީ އުމުރަށް ޒައިކްގެ ހަޔާތުން އަދި ދުނިޔެއިންވެސް ނައިހާގެ ނަން ފުހެލުމަށެވެ.
ދުވަސްތަށް މަސްތަކަށް ބަދަލުވެ ނައިހާ ބަނޑަށް އަށްމަސް ވެއްޖެއެވެ. އެހެންކަމުން ދެމަފިރންވެސް މިއަދު ނިންމީ އަންނަން އުޅޭ އާމެހެމާނަށް އެއްޗެހި ގަތުމަށް ފިހާރައަށް ދިޔުމަށެވެ. ޒޭން ލިމްޝާއާއި ހަވާލުކޮށްފައި ދެމަފިރިން ގެއިން ނުކުމެ ވަކިހިސާބަކަށް ގޮސް ޒައިކް އޮފީހަށްދާން ޖެހުމުން ނައިހާ އެކަނި ބާޒާރު ކޮއްލަން ނިންމިއެވެ. ނައިހާ ބާޒާރުކޮށް ނިންމާލުމަށްފަހު ގެއަށްދިޔައިރު ގޭގެ ދޮރު ލައްޕާފައި ހުރުމުން ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަނެވެ. އަވަސްއަވަހަށް ގޮސް އުމުރުން ހަތް އަހަރުގެ ޒޭންގެ ކޮޓަރި ދޮރުހުޅުވާފައި އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ކޮންމެވެސް އެއްޗަކަށް އެރި ކައްސާލިއެވެ. އެވަގުތު ނައިހާގެ ބަނޑަށްއެރި ތަދާ އެކުަަަ ރޮއިގަތް އަޑު ގެއަށް ވަދެގެން އައި ޒައިކްގެ ކަންފަތުގައި ގުގުމާލިއެވެ.
ޒައިކްއަށް އެހިސާބަށް ދެވުނުއިރު ނައިހާގެ އެއްވެސް ހަރަކާތެއްނެތެވެ. ކައިރީގައި ޒޭން ރޯލަރޯލާ އިނެވެ. ޒައިކް އަވަސްވެގަތީ ނައިހާ ހަސްފަތާލަށް ގެންދިޔުމަށެވެ. އެގޮތުން އެމްބިއުލާންސްއަށް ގުޅާ އަވަހަށް ހަސްފަތާލަށް ނައިހާ ގެންދިޔައެވެ. އެއާއެކު ނައިހާއަށް އަވަސް ފަރުވާ ދެވެން ފެށުނެވެ. އެވަގުތު ލިމްޝާވީ ކޮންތާކުބާއޭ ޒައިކްގެ ހިތަށްއެރިއެވެ. އެހެންކަމުން އޭނާގެ ކައިރީހުރި ޒޭން ކައިރީ އޭރު ލިމްޝާވީ ކޮންތާކުތޯ އެއްސެވެ. “ލިމްދައްތަ ބައްޕިމެންދިޔަތަނާ ދިޔައީ ބޭރަށް! ޒޭންކޮ އެކަނި ގޭގަ އިނީ!” ޒޭންގެ ޖަވާބާއެކު ޒައިކް މޫނުމައްޗަށް އެތައް ސުވާލު މާކުތަކެއް ވެރިވިއެވެ.
އޭގެ ދެގަޑިއިރެއްހާއިރު ފަހުން ޒައިކްއަށް ހީވި އޭނާގެ މުޅިދުނިޔެ އެނބުރުނު ހެންނެވެ. ނައިހާ އޭނާގެ ދެވަނަ ދަރިފުޅާއެކު މިދުނިޔެއަށް ޒައިކްއާއި ޒޭން ދޫކޮއްލާފަ ދިޔައީ ކީއްވެކަމެއް ޒައިކް އަކަށް ނުވިސްނުނެވެ. އޭރު ލިމްޝާވެސް ނައިހާ ހަސްފަތާލްއަށް ގެނައި ޚަބަރުލިބިގެން އައިސް ހުރީ ހަސްފަތާލްގައެވެ. އޭގެ އިތުރުން ނައިހާގެ ޢާއިލާ މެންބަރުންނާއި ޒައިކްގެ ޢާއިލާ މެންބަރުންވެސް އޭރު އެތާ ތިއްބެވެ.ޒޭން އޭނާގެ މަންމަ އެނބުރި ނާންނާނެކަން އެނގުމާއެކު ހިތުގައި ޢަޒުމްކަނޑައެޅީ މަންމަ އަބަދުވެސް ކުރަމުން އައި އުންމީދު ހާސިލްކުރުމަށެވެ.
ނައިހާ ދުނިޔެއަށް ޢަލްވަދާޢު ކިޔުމުން އެކަމުގެ ހިތާމާ ޒައިކްގެ ހިތުގައި އެތައް ދުވަހެއްވަންދެން ހަރުލާ ހުއްޓެވެ. އެހިތާމަތަކުން ދުރުވުމަށް ޒައިކްއަށް އެންމެ ބޮޑު އެހީއެއް ވެދެމުން ދިޔައީ ލިމްޝާއެވެ. ލިމްޝާގެ ހިތުގައި އޮތް އެދުން ފުރިހަމަ ކުރުމަށް މިކަންވީ އޭނާ އެޅި އިތުރު ފިޔަވަޅަކަށެވެ. ޒައިކްގެ ހިތް މަޑުމަޑުން ލިމްޝާއަށް ލެނބެން ފަށައިފިކަމަށް ޒައިކްގެ ހިތްބުނަމުންދިޔަ ނަމަވެސް އެކަން ޤަބޫލުކުރާކަށެއް އޭނާ ބޭނުމެއްނޫނޭވެ.
އެއްވެސް މީހަކަށް އެމީހެއްގެ ހިތަކަށެއް ބާރެއް ނުފޯރުވޭނެއެވެ. ޒައިކް ވެސް އެންމެފަހުން ލިމްޝާއާއި ކައިވެނި ކުރިއެވެ. އޭނާގެ މިލާމޯޅިވެފައިވާ ޙަޔާތަށް އާރޯކަމާއި ތާޒާކަން ގެނެސްދެވޭނެ ހަމައެކަނި ފަރާތަކީ ލިމްޝާކަމުގައި ދެކިގެންނެވެ. މިކައިވެނީގެ ސަބަބުން ޒައިކް ޢާއިލާ ހިތްހަމަޖެހުނު ނަމަވެސް މިކައިވެނީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ޒޭންއަށެވެ.
ލިމްޝާ ޒޭންގެ ދޮން މަންމަގެ މަޤާމަށް އައުމާއެކު އޭނަގެ ހަޔާތް ބަދަލުވެގެން ދިޔައީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. ލިމްޝާގެ އަޅަކަށް އޭނާވިއެވެ. މަދަރުސާގެ ވަގުތު ފިޔަވައި ޒޭން ހުރިހާ ވަގުތެއް ހޭދަކުރަން ޖެހެނީ ގޭގެ މަސައްކަތްތަކުގައެވެ. ފިރިހެން ކުއްޖެއް ނަމަވެސް އޭނާ ޖެހުނީ ކައްކާ އެއްޗެހި ދޮވުން ފަދަ ހުރިހާ ކަމެއްވެސް ކުރާށެވެ. ލިމްޝާގެ ބޭނުމަކަށް ވެފައިވީ ޒޭންގެ ކިޔެވުން ހަލާކުކޮށްލުމެވެ. މިހާހިސާބަށް ކަންތައް ދިޔައިރު ޒައިކްގެ ހިތަށް އަސަރެއްވެސް ނުކުރުމުން ލިމްޝާއަށްވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް ޒޭންއަށް ލިމްޝާއާއި ޒައިކްގެ ޢަނިޔާތައް ލިބެން ފަށައިފިއެވެ. ލިމްޝާއާއި ޒައިކް ހިތްހަމަޖެހޭ ގޮތަށް މަސައްކަތެއް ދުވަހަކުވެސް ކުރެވޭކަމަކަށް ނުވެއެވެ. އެހެނަސް އޭނާގެ ހިތްވަރާއިއެކު ގޭގެ މަސައްކަތްތައް ކުރުމާއެކުވެސް ކިޔެވުމުގެ މަރުޙަލާތައް ކަޑައްތުކުރަމުން ދިޔައެވެ. ރަންވަނަތަކާއެކުގައެވެ.ލިބޭ ކޮންމެ އިނާމެއް ކުނިގިނަވަނީ ކަމުގައިބުނެ ދޮން މަންމަ އޭނާގެ ކުރިމަތީ އަންދާލިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.
ޒޭންއަށް ދިހަ އަހަރު ފުރުނު ދުވަހުގެ ރެއެވެ. ފިނިވައިރޯޅިތައް ބީހެމުން ދިޔަ ކަނުއަނދިރި ރެއެއްކަމުން ޒޭން ގޭތެރޭގެ މަސަތްކަތްތައް ނިންމާލުމަށްފަހު އަވަހަށް ކޮޓަރިއަށްވަނީ ފިލާވަޅުތައް ކިޔާލުމަށްފަހު ނިދުމުގެ ބޭނުމުގައެވެ. ނަމަވެސް އެރޭވީ އޭނާގެ ޙަޔާތުގެ އެންމެ ހިތާމަވެރި އަދި ބިރުވެރި ރެޔަށެވެ. ފިލާވަޅުތައް ހަދާ ނިންމާލުމަށްފަހު ޒޭން އެރޭ ނިދަން އޮށޯތީ މެންދަމުން އަލިވެ ބާރަ ޖެހިފަހުންނެވެ. ވެފައިހުރި ވަރުބަލިކަމެއްގެ ސަބަބުން ވަރަށް އަވަހަށް ޒޭންއަށް ނިދުނެވެ. ފުންމައިގެން އައިސް މީހަކު ޒޭން ގައިމައްޗައް އެރި ވަގުތު ޒޭންއަށް ހޭލެވުނެވެ. އަމިއްލަ އެދުމުން ފޯވެފައިއޮތް ޒައިކް ފެނުމާއެކު، ޒޭންއަށް ހީވީ އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. ގުޑުވައިނުލެވޭ ވަރަށް ޒޭން ބަނދެފައި އޮތުމުން ޒޭންއަށް އެއްވެސް ކަމެއް އަމިއްލަ ދިފާޢުގައެއް ނުކުރެވުނެވެ. އެހެންކަމުން ޝަހުވާނީ އެދުމުން ފޯވެފައި އޮތް އޭނާގެ ބައްޕަ ބޭނުންގޮތެއް އޭނާއަށް ހަދާލިއެވެ. ބޭނުންވާ ހުރިހާ ކަމެއް ފުދުމުން ޒޭންގެ ހަތަރެސްފައި މޮހާލުމަށްފަހު ޒައިކް ކޮޓަރިން ނިކުމެގެންދިޔައެވެ. އޭރު ޒޭންގެ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. އަހެނަސް ޒޭންގެ ހިތުގައިވާ މަންމަގެ އުންމީދު ޙާސިލް ކޮށްދިނުމުގެ ޢަޒުމް އާވެގެން ދިޔައެވެ. އެރެއަށްފަހު ކޮންމެ ރެއަކުވެސް ޒޭން އޭނާގެ ބައްޕަ އާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް އޭނާއަށް ދިފާޢުގައި ކުރެވޭނެ މާބޮޑު ކަމެއްނޯވެއެވެ. ޝިކާރަވެރިއެއްގެ އަތް ދަށުވެފައިވާ ވަލުޖަނަވާރެއް ފަދައިން އޭނާޖެހެނީ އޮންނާށެވެ.
ދުނިޔޭގެ ދައުރުވުމާއެކު ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރު ތަކަށްބަދަލުވަމުން ދިޔައެވެ. އެގޮތުން މިއަދަކީ ޒޭންއަށް އޭނާގެ ވެއަތުވި ދިހަ އަހަރުދުވަހުގެ ނަތީޖާ ލިބޭ ދުވަހެވެ. ރޭގަނޑު މަދަރުސާގެ ހޯލްގައި އޮންނަ ހަފްލާއަށް ދިޔުމަށްޓަކައި ޒޭން ގޭތެރޭގެ މަސައްކަތްތައް އަވަހަށް ނިންމާލުމަށްފަހު ތައްޔާރުވެލައިގެން މަޑު ހިނގުމެއްގައި ގޮސް ހޯލަށް ވަތްއިރު މުޅިމީހާ ފިނިވެގެންގޮސް ތުރުތުރު އަޅައެވެ. މަންމަ ދުނިޔޭގައި ނެތްނަމަވެސް މަންމަގެ އުންމީދު ޒޭން މިރޭ އިރާދަކުރެއްވިއްޔާ ހާސިލްކުރާނެއެވެ.
އެގޮތުގައި ވަގުތުތައް ފާއިތުވަމުންގޮސް ޖަލްސާގެ އެންމެ ޚާއްޞަ ނަންބަރު ކަމުގައިވާ ޖީސީ ހެދި ދަރިވަރުންގެ ތެރެއިން މުޅި މަދަރުސާއިން އެންމެ މޮޅު ދަރިވަރުގެ ނަން އިޢުލާން ކުރާ ވަގުތު ޖެހުނެވެ. އެއާއެކު ފާއިތުވި އަހަރު ޖީސީ ހެދި ދަރިވަރުންގެ މުޅި މަދަރުސާއިން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުގެ ގޮތުގައި ޒޭންގެ ނަން އިޢުލާން ކުރެވުނެވެ. އެވަގުތު މަންމަ ނެތް ދުނިޔެގައިވެސް މަންމަގެ އުއްމީދު ހާސިލްކޮއްދެވުނު ކަމުގެ އުފާ ޒޭން އަށް އިޙްސާސްވިއެވެ.
“ޑެޑީ! އަވަސްކުރޭ، ގަޑިޖެހެނީ!” ޒޭންއަށް އޭނާގެ މާޒީގެ ޚިޔާލްތަކުން ދުރުވެވުނީ އޭނާގެ ދަރިފުޅު އައިސް ގޮވާލުމުންނެވެ. މިރެއަކީ އެރޭ ފަދަ އުފާވެރި ރެއެކެވެ. ޒޭންގެ ދަރިފުޅު ޒަހީންގެ ނަން މުޅި ރާއްޖެއިން ޖީސީ ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި އިޢުލާންކުރުވޭ ރެއެވެ. އެހެންކަމުން ޒޭން އަވަސްއަވަހަށް އޭނާގެ ދަރިފުޅާއެކު ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތް ހޯލަށް ވަނެވެ.
12 Comments!
Comments are closed.

vv reethi story..
Story nimuneetha??
wow…. vrh reethi
V v reethi stry eh!!? Kiyalaa hithun indha nimuny!!! V avahah dhevana baa up kohdhey chey???
this is the end
Kalo menney mee kuru vaahaka ekey
this the end of the story.. myky kuru vaahaka eh.. thank you for all your comments
Varah Baivaru suvaalu ebahuri javaabu nulibey
Zaikah ebadhalu aee keeve? Mi badhal gai limsha ge atheh veytha?
E aniyaa thakun Zain Salaamai vee kihine? How he build his new life?
I believe Kuru vaahaka akas there has to be a reason to for the change of the event.
i knw but mi story aky alhugandu mubaaraathakah word limit hamakoh liyefaivaa kuru vaahaka eh… insha allah adhi mikahala ploteh ge dhigu vaahaka eh genesdheveytho try kuraanan…
kiyuntheringe faadu kiyun thakah hama maruhabaa.. thibeyfulhun ge faadu kiyun vaany alhuganduge kuri erumah… thnx all readers
Are u from aminiya chum puty… if u don’t mind can u please tell.. their is frnd of mine who has the same nick name… beautiful story… n agree with shile…
im nt from aminiya