[މީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ ކަމުން ކިއުންތެރިންގެ ޚިޔާލާއި ސަޕޯރޓު ބޭނުމެވެ. އެގޮތުން ބިނާ ކުރަނިވި ޚިޔާލުފުޅު ތަކަށް އަޅުގަނޑު އަބަދު ވެސް މަރުޚަބާ ކިޔާނަމެވެ. ޝުކުރިއްޔާ.] ………….. ބުރު ނޭންގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓިފައި އޮތް އިރު އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އެސްފިޔަ ޖަހައިލަން ވެސް ނުކުޅެދިފަ ނޭވާ ހިފަހައްޓައި ލައިގެން އެހެން އޮތް އިރު އެތަށް އެއްޗެއް […]
” ކައިވެނީގެ ވަލީމާއެއް ދޯ.. އަނެއްކާ ކާކުބާ” އައިޝާ ކައިރިވެލަމުން އަހާލިއެވެ. އީޝާލް އަނެއްކާވެސް އެކަރުދާސްކޮޅަށް ބަލާލަމުން އޭަގައި ލިޔެފައިވާ ނަންތައްކިޔާލިއެވެ. ” ހުޝާމް ވެޑްސް ލޫޝާ” އީޝަލް ކިޔާލުމާއެކު އައިޝާގެ ބޯމަތީގައި ބޮމެއް ގޮވިކަހަލައެވެ. އަވަސް އަވަހަށް އީޝަލް އަތުން އޭތި އަތުލާ އޭގައި އޮތް އެއްޗެއް ކިޔަންފެށީ އޭގައިވާ ނަންތައް ބަދަލުވަނެނަމައޭ ހިތަށް އަރުވަމުންނެވެ. އައިޝާ މުޅިން މާޔޫސްވިއެވެ. އޭތި އަނބުރާ އީޝަލް އަތަށް ދިނުމަށްފަހު ކޮޓަރިއަށް ދިޔައީ މާޔޫސްވެފަ ހުރެއެވެ. އައިޝާއަށް ވީގޮތް […]
މަޑުމަޑުން އަތްދޫވަމުން ގޮސް އިސާހިތަކު އަހަރެންއޮތީ ގިފިލި އަކިރިތަކުމައްޗައް ގުޅައަކަށް ޖެހިފައެވެ. ވެއްޓިޖެހުނު ގޮތަކުން ކަނާތުފައި ފުރޮޅި،ވީތަދުންނާއި ގަތްލަދެއްގެ ބޮޑުކަމުން ވަގުތުން އަހަރެންނަށް ރޮވިއްޖެއެވެ. އެއޮތްގޮތަށް އޮވެ މޫނުގައި އަތްއަޅައިގެން އަހަރެން ގިސްލަ ގިސްލާފައި ރޯންފެށުމުން އަލަމް އަވަސް އަވަހަށް އައިސް އަތުލަފިކޮށްގެން އަހަރެން ނެގިއެވެ. ދެންވެސް އަހަރެންނަކަށް ހިނގައެއްނުގަނެވުނެވެ. އަލަމް ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލިއެވެ. އަލަމްގެ ތެތް ހަށިގަނޑުގައި ޖެހިފިތުމުން އެހަށިގަނޑުގެ ފިނިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. އޭނާގެ ތެތްއިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް […]
” ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ހަދާނެގޮތް ހުސްވެފައި ހުއްޓާ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ފަހަތްބަލާލުމާއެކު ދާދިގާތުގައިހުރި ފިރިހެން ކުއްޖާފެނިފައި އަހަރެން ހައިރާންވިއެވެ. އޭނަވެސް އަހަރެންގެ މޫނަށް ބަލަންހުރީ އެފަދަ ގޮތަކަށެވެ. ” އަލަމް ޖޫސްބޮއެފިންތަ؟” ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބާ ޔޫނާ ޖޫސްތައްޓެއް ހިފައިގެން އައެވެ. ” އާނ… ޖޫސްބޮއެފިން….އެކަމު ފެންފޮދެއް ނުލިބިފަ މިހުރީ….މަށަށްހީވަނީ މިތާއެބައުޅޭހެން ޔޫރަޕް ކުއްޖެއްވެސް…..ފެންފޮދެއް ދޭށޭބުނީމަވެސް އެކުއްޖާއަކަށް ދޭހައެއްނުވި..” އަހަރެންނާ ދިމާއަށް […]
“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ […]
*****ޝެލީންގެ ޑައިރީ******** ދުވަސްވަރަކީ 1997ވަނަ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައި އޮތް ހުސްބިމެއްގައި އަހަރެން އުޅުނީ ކުޑަކުދިންތަކަކާއެކު މުށި ކުޅޭށެވެ. ރަތްދައްކާ އަވީގައި ދާހިއްލާ ފޯވެގެން އަހަރެމެން ކުޅެންތިބީ ވަރަށް ފޯރީގައެވެ. “ޝެލީ…ޝެލީ…” ކުޅެންހުރެފައި އަހަރެން ފަހަތްބަލާލީ ކޮންމެވެސް މީހަކު މާބާރަށް އަހަރެންގެ ނަމުން ގޮވަން ފެށުމުންނެވެ. އޭރު އަހަރެންގެ އެންމެގާތް އެކުވެރިޔާ ޔޫނާ ދުވެފައި އާދެއެވެ. ” އޭތް މިހިރަ ބޭބީގަނޑާ!….ކުޑަކުދިން އެއްކޮށްގެން ކުޅެންވީކީ ނޫނޭ!…..ޝެލީގެ މަންމަ […]
ގަޑިން ފަތިހުގެ ހަތަރުގަޑުބައި ވުމާއިއެކީ ޝާމިންގެ ފޯން އެލާރމްވާން ފެށިއެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ޝާމިން ފޯނު ނިވާލިއެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަން އޭނާއަށްވީ ދަތިކަމަކަށެވެ. އަދިވެސް ނިދާލަން އޭނާ ބޭނުމެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ނުލިބިދާނެތީ އަވަހަށް ތެދުވެގެން ފާޚާނާއަށް ވަނެވެ. ޖަމާއަތުގައި ފަތިސްނަމާދު ކުރުމަކީ ވަރަށް ކުޑައިރު އޭނާގެ ކިބައިގާ ހަރުލާފައިވާ ވަރަށް ރަނގަޅު އާދައެކެވެ. ކުޑައިރު މިސްކިތަށް ގޮސް އުޅުނީ ބައްޕަޔާ އެކުގައެވެ. މިހާރު އޭނާ އަމިއްލައަށް ހޭލައިގެން އެކަނި މިސްކިތަށް […]
“އާއިލާ މީހުންގެ ބައްދަލުވުމެއް އެބައޮތް މިއަދު.. ހިނގާ ދާން..” ޕޮލިސް އަންހެންކުއްޖާ އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ސޮފިއްޔާ އިތުރު ބަހެއް ނުކިޔާ އަންހެން ކުއްޖާ ފަހަތުން ދާންފެށިއެވެ. ދޮރެއް ހުޅުވާލަމުން އެތެރެއަށް ވަންނަން ބުނުމުން ސޮފިއްޔާ އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެއިން މީހާ ފެނުމާއެކު ސޮފިއްޔާ ދެބުމަ ގޮށްޖަހާލައި ދެއަތް މުށްކަވާލިއެވެ. ” ބޭބެ ކީއްކުރަން ކޮންމެހެން މިތަނަށް ތިއައީ.. ބޭބެ ތީ އަހަރެންގެ ދުޝްމިނަކަށްވުރެެވެސް ނުބައިމީހެއް.. އަހަރެންގެ ރޭވުންތައް ބޭބެއާއި ހިއްސާކުރަމުން އައީ ބޭބެތީ އަހަންނަށް […]