Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން (15)

Ryn
March 15, 2017
8 Mins Read
120 Views
19 Comments

ޔައިނާ އަށް އެދުވަހު އޭނާގެ ޑިއުޓީ އޮތް ގޮތް އިނގިގެންދިޔައެވެ. އަދި އެކި ދުވަސްދުވަހަށް ބަހާލެވިފައިވާ ގޮތް އިނގުނެވެ. ފުރަތަމަ ދުވަހެއްކަމަކު އޭނާއަށް އެހާ އުނދަގުލެއް ނޫނެވެ. ބްރޭކްއެއް ނަގާލަމުން ޔައިނާ ކެބިން އިން ނިކުމެފައި ކައިރި ހުރި ކެބިން ހުޅުވިއެވެ. އެވަގުތު ހައިފާވެސް ހުރީ ބްރޭކްއަށް ތައްޔާރުވެގެންނެވެ. ދެމީހުންވެސް ތިބީ ބްރޭކް ނަގާނެ ގަޑިއެއް ކިޔައިގެންނެވެ. ދެމީހުން ހިނިތުންވެލަމުން ކެންޓީންއަށް ދިޔައެވެ. “ސޯ މިތަނަށް ވަނީ މަމްމެން ވޯރކް ކުރާތީ ދޯ.. ކޫލް… އަހަރެން ބައްޕަވެސް މިތާ މަސައްކަތް ކުރީ، 2 އަހަރު ކުރިން ކެނޑުނީ…” “އެހެންތަ…. އަސްލު މިތަން ވަރަށް ރަނގަޅޭ، ކުޑައިރުވެސް މަމްއާއި ބައްޕަ މިތާ ވޯރކް ކުރާތީވެ ވަރަށް ބޭނުންވި ކުރަން…” ޔައިނާ ހައިފާގެ ވާހަކައަށް ރައްދުދެމުން ބުންޏެވެ. އެއީ ހަމަ ތެދުވާހަކައެކެވެ. ދެމީހުންގޮސް ކޭންޓީންއަށް ވަދެ ކާއެއްޗެއް ނަގައި ކާންފެށިއެވެ. އޭރު ބައެއް ޑޮކްޓަރުންގެ އިތުރުން ނަރުހުންވެސް އުޅެއެވެ. ތަފާތު ވާހަކަތަށް އެ ދެމެދުގައި ދެކެވިގެންދިޔައެވެ. އަދި ގާތް އެކުވެރިކަމެއް އުފެދުނެވެ. “ހުމްމް.. މެރީކޮށްގެން އުޅެނީ.. މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެ… ހަޒްބެންޑް މަސައްކަތް ކުރަނީ ޕްރައިވެޓް އޮފީހެއްގައި…” ހައިފާ ބުނެލީ އަތުގައި އަޅައިފައި އިން ރަން އަނގޮއްޓި ދައްކާލުމުންނެވެ.

ޔައިނާވެސް އެދުވަސް ދެކެން ބޭނުންވިއެވެ. ނަމަވެސް އެ ދުވަސްވަނީ އޭނާ އަތުން ފޭރިގަނެފައެވެ. “ވާއު.. ވަރަށް ލޯބި..” ޔައިނާ ބުންޏެވެ. ޑިއުޓީތަށް ޝެޑިއުލް ކުރެވިފައި އޮތް ގޮތުން ހައިފާ އާއި ޔައިނާވެސް އޮތީ ދާދި އެއް ގަޑިތަކެއްގައެވެ. ދެމީހުން ރާވަމުންދިޔައީ ދެން ދިމާވާނެ ގޮތަކާއި މެދުގައެވެ. “އޭ ޔަނާ.. އަހަރެން މިދަނީ ދާން… 15 މިނެޓްގެ ބްރެކް އެއް ނެގީ، މީހުންވެސް އެބަތިބި އެހެންވެ ނުކެރޭނެއެއްނު މިހެން އިންނާކަށް.. ސޯ ސީ ޔޫ އިނގޭ މިރޭ…” ހައިފާ އެހެން ބުނެލުމުން ޔައިނާ އޯކޭ އޭ ބުނެފައި ފޯނާއި ކުޅެން އިނެވެ. ލަސްލަހުން ކަމުންދިޔައިރު އޭނާގެ ޝައުގުވެރިކަން ވަނީ ފޯނަށެވެ. މާ ގިނަ މީހެއް ނެތުމާއި ގުޅިގެން ޔައިނާ އަށް އަރާމުގައި ކައިލެވެން މިއަދު އިނދެވުނަސް އަބަދު އެހެނެއް ނުވާނެއެވެ. މިރޭ ވެސް އޭނާ އަންނަން ޖެހެއެވެ. ގިނަވަގުތު މިތާ ހޭދަކުރަން އޭނާ ބޭނުންވީ އޭނާ މާޒިންމެން ކައިރި ގިނައިން އުޅޭނަމަ އެމީހުންގެ ހިތަށް ތަދުކުރެވިދާނެތީއެވެ.

ލަސްލަހުން ކާން އިންތަނާ އެއްލި ކަޅިން އޭނާއަށް ޔާއިން ފެނި ކަރުބުޑުގައި ކާއެތިކޮޅުވެސް ތާށިވިއެވެ. ޔާއިންއަށްވެސް ޔައިނާ ފެނުނެވެ. ޔައިނާ ވަގުތުން ފޯނަށް ނަޒަރު ދެމުން ނުވެސް ފެންނަކަމަށް ހަދައިގެން އިނެވެ. ޔާއިންވެސް ގޮސް އޭނާ ބޭނުންވާ އެއްޗެހި ހިފައިގެން ޔައިނާ އާއި ދުރުގައި އިށީނެވެ.

ދޮރުމައްޗަށް އެރި ނަފާޒު އަށް އެއްފަޅީގައި އެކަނިމާ އެކަނި ކާން އިން ޔައިނާ ފެނި ދެލޯ ތަރަ ތަރަ ލައިގެންދިޔަ ފަދައެވެ. މުޅި ދުވަސް ނިމިގެންދަނީ ރީތިއެތައް ކުދިންނެއް ފެނިފައެވެ. ނަމަވެސް އެ ކުއްޖާ ވަރެއް ނެތޭ ހިތް ބުނަމުންދިޔައެވެ. ޔަޤީނުންވެސް އެއީ އާ ޑޮކްޓަރެކެވެ. އޭނާ ޔައިނާއަށް ބަލަންހުރެ އޭނާ ބޭނުންވާ އެއްޗެހި ހިފައިގެން އެ މޭޒު ކައިރިއަށް ދިޔައެވެ. ޔާއިންއަށް އެ މަންޒަރު ފެނި ދެބުމަ ގޮށްޖަހާލެވުނެވެ. ނަމަވެސް ޔައިނާގެ ގޮތް އޭނާއަށް އިނގޭތީ މަޑުން ކުޅި ބަލަން އިނީއެވެ.

“އެސްކިޔުޒް މީ… ކޭން އައި ސިޓް ހިއަރ؟” ފޮނި ގޮތަކަށް ނަފާޒް އެހެން ބުނެލުމުން ޔައިނާ ފޯނުން ނަޒަރު ދުރަށްލަމުން ނަފާޒް އަށް ބަލައިލިއެވެ. “ވެލް.. އައި ޑޯންޓް އޮއުން ދިސް ޕްލޭސް.. ސޯ ނޯ ނީޑް ޓު އާސްކް” ފޫހިވިޔަސް ޔައިނާ އެހެން ބުންޏެވެ. އަދި އަނެއްކާވެސް ފޯނާއި ކުޅެންފެށިއެވެ،. އެ މީހަކު ވާހަކަ ދެއްކިގޮތުންވެސް ވަރަށް “ފްލާރޓީ” ވާނެކަން ޔައިނާއަށް އިނގުނެވެ. “ސޯ ނިއު ޑޮކްއެއްތަ؟” ނަފާޒް އެހުމުން ޔައިނާ އާއެކޭ ބުންޏެވެ.”ކޮން ނަމެއް ކިޔަނީ… އަމް ޑރ. ނަފާޒް..” ނަފާޒް ބުނެލީ ކާންފަށަމުންނެވެ. ޔައިނާ ފަރާތުން މާ ބޮޑު ގާތްކަމެއް ނުފެންނާތީ އޭނާ އިތުރަށް ވާހަކަދައްކަން ބޭނުންވީއެވެ. “ޔައިނާ… މީޓިންއަކަށް ނާންނަންތަ، ގައިމުވެސް މީޓް ވާނެ…” ޔައިނާ ބުންޏެވެ. “އާނ، މީޓިންއަށް އާދެވުނު އިރު ލަސްވެއްޖެ މާ ބޮޑަށްވެސް ދެން ނުވަނީ….” ނަފާޒް ޖަވާބުދިނެވެ.. ޔައިނާ ތަންކޮޅެއް ފަހަތުގައި އިން ޔާއިންއާއި ދިމާލަށް ބަލާލި އިރު ޔާއިންވެސް އިނީ ޔައިނާއަށް ބަލާށެވެ. އޭނާ އަވަސް އަވަހަށް އިސްޖަހާލިތަން ޔައިނާއަށް ފެނުމުން ތުން އަނބުރާލެވުނެވެ. ނަފާޒްއަށް އެދެމީހުން މެދުގައި ބައްދަލުވި ނަޒަރު ފެނުމުން ކުޑަކޮށް ހަސަދަވެރިވެވުނެވެ.

“އެއީ ޑރ. ޔާއިން…. މި ހޮސްޕިޓަލުގެ ހޭންޑްސަމް ހަންކް…. އަންހެން ކުދިން ތިބެނީ މޮޔަވެފައި، އަހަރެން ހިތަށް އަރާ ކޮންތަނެއް ރީތީބާއޭ، އެހާ ފޮނި ވައްތަރު ޖަހަނީވެސް…. އޭނީނު މިހާރުވެސް… އަންހެންކުދިންގެ ޗޮއިސް މިހާރު ވަރަށް ވައިވެއްޖެ…” ނަފާޒް ފޫހިގޮތަކަށް އެހެން ބުނެލީ ޔާއިންއާއި ޔައިނާގެ މެދުގައި އޮތް ގުޅުން ނޭނގޭ ހާލުގައެވެ. ޔައިނާ ކައިރިއަށް ރުޅިއައެވެ. ދަތް ކުނޑި ވިކާލެވުނު ވަގުތު ހިތުން އެތަކެއް ފަހަރު ނަފާޒް ގެ މޫނުމަތީ ޖެހިއްޖެއެވެ. “އޭނާގެ މަންމަވެސް ބައްޕަވެސް ވޯކް ކުރަނީ މިތާ އެހެންވެ އޭނާވެސް އުޅެނީ ރަސްކަލެއްހެން ހަމަ، އަންހެން ކުދިން ފަހަތުން ދުވާއިރުވެސް އަޅައިވެސް ނުލާ ދާނީ ދެން ކިހާ ފޮނިވީމަ، އޭނާއާއި ހެދި އަހަރެމެން ފަހަތުން ދުވަންޖެހޭ މީހުންވެސް ދުވަނީ އޭނާ ފަހަތުން…. އަހަރެންނަމަ އުފަލުން އެ ކުދިން ގައިގާ ބައްދާލިސް..” ނަފާޒް އެވަރުންވެސް ހުއްޓައިނުލިއެވެ. ޔައިނާ ރުޅިއައި ވަރުން ކާން އިން ތަށި ދުރަށް ޖެއްސާ ތެދުވީ ކުށްލިއަކަށެވެ.

ނަފާޒް ބޯން ގެނެއްސާ އިން ލައިފް ފިނި ފެންފުޅި ނަގައި ނަފާޒްގެ މޫނުމައްޗަށް ޖެހީ އައި ރުޅީގައެވެ. “ނުބެހޭ ކަންތަކާ ނުބެހި ހުރޭ އިނގިއްޖެ އެއްނު…..” ޔައިނާ އެހެން ބުނެފައި ފެން ފުޅި ނިކަން ބާރަށް މޭޒުމަތީ ބަހައްޓާފައި ހިނގައިގަތެވެ. ނަފާޒް އޭރުވެސް އިނީ ސިހިފައެވެ. ދެލޯ ބޮޑުވެފައެވެ. މޫނުމަތިން ފެން ތިކިތަށް ފައިބައިގެން ދިޔައެވެ. އެތާ ތިބި އެންމެންގެ ނަޒަރުވެސް ހުރީ ނަފާޒް އަށެވެ. ޔާއިންގެ ވެސްމެއެވެ. އޭނާއަށް ގޯސްކޮށް މި ބުނެވުނީ ކީކޭ ތޯ ހިތަށް އަރާ ހާލު އޭނާ އިނީ މޫނުމަތީ ހުރި ފެންތިކިތަށްވެސް ފޮހެލަން ނޭނގިފައެވެ.. ކުއްލިއަކަށް ސިހުނީ ޔާއިން އައިސް އޭނާއަށް ޓިޝޫއެއް ދިއްކޮށްލުމުންނެވެ. އޭނާ އައީ އެ ދެމެދުގައި ވީ ގޮތް އޮޅުން ފިލުވާށެވެ. ޔާއިން ހީކުރީ ޔައިނާ އާއި ދިމާލަށް އޭނާ އެއްޗެއް ބުނީކަމަށެވެ. އޭނާ އަކީ އަންހެންކުދިންގެ ތެރޭ މަޝްހޫރި “ޕްލޭބޯއި ނުވަތަ ފްލާރޓީ” ވިއްޔާއެވެ. ކޮންމެ އެއްޗެކޭވެސް ބުނެފާނެއެވެ.

ޔާއިން ދިއްކޮށްލި ޓިޝޫގައި ނަފާޒް ހިފުމަށްފަހު މޫނު ފޮހުނެވެ. “ކިހިނެއްވީ؟” ޔާއިން އެހީ ޔައިނާ ދެންމެ ތެދުވެގެން ދިޔަ ގޮނޑީގައި އިށީންނަމުންނެވެ.”ނޭނގެ، މަ އޭނާ އަކާއި ނުވެސް ބެހެން އެކަމް މަށާއި ދިމާލަށް ނުބެހޭ ކަންތަކާއި ނުބެހި ހުންނާށޭ ކިޔާފަ އެ ދިޔައީ ފެން ޖަހާފަ…” ނަފާޒް ބުނެލީ ހިތްހަމަނުޖެހިފައެވެ. “ޑރ ނަފާޒް އެއްޗެއް ނުބުނަނީހެއް އޭނާ އެހެންނެއް ނުބުނާނެއެއްނު..” ޔާއިން ބުނީ ޔައިނާގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.. “ބަލަ އަހަރެން މި ބުނީނު އަހަރެން އޭނާ އަކާއި ބެހޭ ގޮތުން އެއްޗެއް ނުވެސް ބުނަން، އަހަރެން ބުނީ ޔާއިން އޭ ކިޔާފައި…” ނަފާޒް ކުއްލިއަކަށް އޭނާގެ ވާހަކަ ހުއްޓާލިއެވެ. ބުނެވުނީ ބުނަން ނުވާނެ އެއްޗެކެވެ. “އަހަރެންނޭ ކިޔާފަ؟ ކީކޭ ކީ؟ އޭތް… އުނހު ނުދެވޭނެ މިތާކުންނެއް…. ބުނެބަލަ ކީ އެއްޗެއް އަހަރެން ރުޅިއެއް ނާންނާނަމޭ، މި އައީ ޖެހުނު މައްސަލައެއް ބަލާށޭ…” ޔާއިން ސުވާލުކުރަން ހެދުމުން ނަފާޒް ދާން ތެދުވިއެވެ. ނަމަވެސް ޔާއިން އޭނާ ހިފެހެއްޓިއެވެ.
“ރުޅި ނާއްނައްޗޭ؟” ނަފާޒް ބުނެލުމުން ޔާއިން އާއެކޭ ބުންޏެވެ.. “މަ ބުނީ ޔާއިން މިތާ ވަރަށް މަޝްހޫރޭ، އަންހެން ކުދިން ފަހަތުން ދުވާއިރުވެސް ފޮނިކަމުން ބަލައި ނުލައޭ، އަހަރެން ނަމަ އެކުދިންގެނެސް ބައްދާލީމުހޭ.. އެހެން ބުނާއިރަށް އެވީ ކަމެއް ވީ…” ނަފާޒް ކުރުގޮތަކަށް ބުނެދިނެވެ. ޔާއިން ރުޅި ނައެއްކަމަކު އައީ ހިންޏެވެ. “އަނެއްކާ އޭނާ އާއި ޔާއިން އާއި ކަމެއް އޮތީތަ؟” ނާފިޒް އަހާލުމުން ޔާއިން ކުޑަކޮށް ސިހުނެވެ. ހިނިތުންވުން ވަގުތުން ފަނޑުވެގެންދިޔައެވެ. “އެއީ މަގޭ ކޮއްކޮއޭ….” ޔާއިން އެހެން ބުނެފައި ތެދުވިއެވެ. “ވަޓް؟؟؟ ތިބުނީ ޔައިނާ އަކީ ޔާއިންގެ ކޮއްކޮއޭ؟ ތީ އޭނަ ބޭބެއޭ؟” ނާފިޒް ސިހުނުވަރުން ދެލޯ ބޮޑުވިއެވެ. “ހުމްމް…” ޔާއިން ބުންޏެވެ “އޭގެ މާނައަކީ ޑރ ސުމާ އެން ޑރ މާޒިން ގެ ދަރިފުޅޭ؟؟” ނާފިޒް އަދިވެސް ޝޮކްނުފިލައެވެ. ބުނެވުނު އެތީގެ ގޮތުން އޭނާއަށް ބެހެވުނީ ޔައިނާގެ ބޭބެއާއި ބައްޕައާއި މަންމައާއިވެސްމެއެވެ. ރުޅި ނައިއްޔާ ދެރައެވެ. އޭނާ ނަމަ ކާއެއްޗެހިތަށްވެސް މޫނުމަތީ ޖެހީހެވެ.

“އަނހަ އާއެކޭ… އެކައްޗެއްނޫންތަ މި ކިޔަނީކީ… އެއީ އަހަރެންގެ ކޮއްކޮއޭ، މީ އޭނާ ބޭބެއޭ.. އަހަރެން މަންމައާއި ބައްޕަވާނީ އެނާ މަންމައާއި ބައްޕައަކަށް ނޫންތަ؟ ދެންވެސް އަންހެން ކުއްޖެއް ކުރިމަތީ އަނގަ ހުޅުވާނީ އޭނާގެ ވަނަވަރު ހޯދާފައި އިނގޭ..” ޔާއިން ހެއުން މަތަކޮށްލަމުން ނާފިޒް ގެ ކޮނޑުގައި ޖަހާލާފައި ހިނގައިގަތެވެ. ޔައިނާ ރުޅިއައީ ނަފާޒް އޭނާއޭ ކިޔައިގެން އެއްޗެހި ކީމާކަން ޔާއިންއަށް އިނގުނެވެ. ނަމަވެސް އޭނާގެ ގަޔަށް ފެންޖަހާފައި ދިޔައީމާ ހަމަ ހައިރާންވެއްޖެއެވެ.

ޔައިނާ ރުޅިއައިއްސާ ގޮސް ކެބިން އަށް ވަނެވެ. އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަމުން އޭނާގެ މަސައްކަތއިގެން އުޅުނެވެ. ޑިއުޓީ އަވަހަށް ނިމޭކަންވެސް އެއީ ނަސީބެކެވެ. ކޭންޓީންއަށް ދިޔަވަގުތު މާޒިންއަށާއި ސުމާއަށްވެސް ޔައިނާ ކުރިކަންތަކުގެ ވާހަކަ އިވުނެވެ. ސަބަބެއް އެކަކަށްވެސް ނޭނގުނެވެ. ސުމާ ނިންމީ ޔައިނާ ގެއަށް އައުމުން ވާހަކަދައްކާށެވެ. އޭނާ ގެއަށް ދާން ކައިރި ވީ އިރު މާޒިން ދާން ޖެހެނީ މެންދުރުފަހުންނެވެ. ކައި ނިންމާފައި ސުމާ އޭނާގެ ދަބަސް ރެޑީކޮށްލަން ކެބިންގައި ހުރިވަގުތު ޔާއިން އައެވެ. “ކޮންއިރަކުން ދަރިފުޅު ނިމެނީ؟” ސުމާ އެހުމުން ޔާއިން އަދި ފަހުންނޭ ބުންޏެވެ. “އެހެންތަ، މަންމަ މިދަނީ ދާންވެގެން، މި ވީގޮތުން މި ޖެހުނީ ޓެކްސިއެއް ނަގާކަށްނު އެހެންވެއޭ ސުކޫޓަރ ގައި މަންމަ އަންނަން އުޅުނީ.. އަނެއްކާ ދަރިފުޅުމެން އަންނާނެ ގޮތެއް ނޯންނާނެ ކާރު ހިފައިގެން ދިޔަޔަސް..” ސުމާ ބުންޏެވެ. “އޭ ޔާން އަށް އިވިއްޖެތަ ޔަނާ ކުރިކަންތަކުގެ ވާހަކަ ކޭންޓީންގައި.. ޑރ ނަފާޒް މޫނުމައްޗަށް ފެން ޖެހީއޯ؟” ސުމާ ނާހަން ހުރެފައިވެސް އެހީ ޔާއިންއަށް އެކަން އިވިފައި ވާނަމަ އެކަން ހޯދާ ބަލާނެކަން އިނގޭތީއެވެ.

ޔާއިން ހުމް އޭ ބުނެފައި ސުމާ އާއި އެކު ނިކުތީ ސުމާ ބޭރަށް ލައިދީފައި އަންނަންށެވެ. “ކިހިނެއްވެގެން ތޯ ބެލިންތަ؟ ދެން ޔައިނާވެސް އެކަހަލަ ކަމެއް ކުރީ ކީއްވެބާއޭ ހިތަށް އަރާ….” ސުމާ ބުންޏެވެ.. އެދުވަހަށް ފަހު އޭނާ އާއި ޔާއިންގެ މެދުގައި މި ނޫނީ ދުވަހަކުވެސް ޔައިނާއާއި ބެހޭގޮތުން ވާހަކައެއް ދެކެވިފައެއް ނޯންނާނެއެވެ. ނަމަވެސް މިއަދު ދެކެވުނީ ޔައިނާގެ އަމަލު ހުރިގޮތުންނެވެ. “ޑރ ނަފާޒް ޔަނާ ކައިރި އިނދެގެން އަޅުގަނޑޭ ކިޔާފައި ކޮންމެވެސް އެއްޗެއް ބުނީ އެހެންވެ ރުޅި އައިއްސަ މޫނުމައްޗަށް ފެންޖަހާފައި ބުންޏޯ ނުބެހޭ ކަންކަމާއި ނުބެހޭށޭ….” ޔާއިން ކުރުގޮތަކަށް ބުނެދިނެވެ. އޭނާ ތެދުތެދަށް ބުނަން ފަސްޖެހެވުނަސް ބުނީ އެހެން މީހެއްގެ ފަރާތުން ސުމާއަށް ތެދު އިނގިދާނެތީއެވެ. ސުމާ ވަގުތުން ހިމޭންވިއެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. “ދެން ޔާން ޑރ ނަފާޒް އާއި ވާހަކަ ދެއްކިންތަ؟ އެކަން ހައްލުކުރިންތަ؟” ސުމާ އަހާލީ ޔާއިން އެކަން ކުރާނެކަން އިނގިހުރެއެވެ.

“ޔަޕް… އަޅުގަނޑު ބުނިން  އެއީ އަޅުގަނޑު ކޮއްކޮއޭ.. ދެން އޭނާއަށްވެސް އިނގުނު ޔައިނާ ރުޅި އައީ އެހެންވެކަން، ފަހުން ދިމާވެގެން ބުނި ސޮރީވެސް…. އޭނާ ނަމަވެސް ރުޅި އައީހޯ ބޭބެއާއި ބެހޭނަމަ.. ދެން މަމް އަށްވެސް އިނގެއެއްނު ދެދުވަހުން އެއްދުވަހު ޑރ ނަފާޒްގެ ވާހަކަ މިތާ އޮންނަނީ.. އޭނާ އެހާ ސީރިއަސްކޮށް ކަންތަކެއް ނުނަގާނެ….” ޔާއިން ބުންޏެވެ. ސުމާ އިތުރަށް އެއްޗެއް ނުބުނެ ރެޝިޕްޝަން ކައިރި މަޑުކުރި ވަގުތު ޔައިނާވެސް ދަބަސް ހިފައިގެން އެތާ މަޑުކޮށްލީއެވެ. ޔައިނާގެ މޫނުމަތިން އޭރުވެސް ފެންނަނީ ނުރުހުމެވެ. ޔައިނާ އެތަނުން އަވަހަށް ހިނގައިގަންނަން އުޅުނުވަގުތު ފަހަތުން ހައިފާ އައިސް ގޮވިއެވެ. އޭނާ ހުރީ ދެވަރުން އެއްވަރުވެފައެވެ. “ނަމް ދީބަލަ އަވަހަށް.. މިރޭ އޭރުންނު ދިމާވާނީވެސް… ކޮންއިރެއް ގޮވާތާ؟” ހައިފާ ބުނެފައި ފޯނު ދިއްކުރަމުންނެވެ.. ޔައިނާ ހިނިތުންވެލާފައި ނަމްބަރު ލިޔެދިނެވެ. އޭރުވެސް ރެޝިޕްޝަން ކައިރި ސުމާމެން ތިއްބެވެ.

“އޭ…. ކީއްތަވީ ކޭންޓީންގައި އަޑު އަހައިފިން ވާހަކައެއް..” ހައިފާ އެހިއެވެ. ޔައިނާ ޔާއިންއަށާއި ސުމާއަށް ބަލާލިއެވެ. “ނޭނގެ، ފާޑެއްގެ ޑރ ނާފިޒް އެކޯ، އޭނާ މީޓިންއަށް ނާދެވުނީމަ ނޭނގުނު މީ ކާކުކަމެއް، ހުރެފަ ފެމިލީއާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށީ، އެހެންވެ ރުޅިއައީ….” ޔައިނާ އަސްލު ސަބަބު އޮޅުވާލަމުން އެހެން ބުންޏެވެ.. ހައިފާ ހޭންފެށިއެވެ. “އެހެރީ ދޯ ޔަނާ މަމްއާއި ބޭބެއާއި، އަޝްރަފް ސަރ ބުންޏޭ އޭރު މީޓިންގް ރޫމްއަށް ވަނުމުގެ ކުރިން…” ހައިފާ ބުނެލުމުން ޔައިނާ އާއެކޭ ބުންޏެވެ. “އޯކޭ ދަނީއޭ.. މިރޭ ވާނެ މީޓް ކުރަން.. ސީ ޔާ..” ހައިފާ ދުއްވައިގަތުމުގެ ކުރިން ޔައިނާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ.

ޔައިނާ ސުމާ މެންނަށް ބަލާލިއިރު އެމީހުން ބަލަންތިބިގޮތުން ތިބީ ޔައިނާގެ އިންތިޒާރުގައިކަން އޭނާއަށް އިނގުނެވެ. ޔާއިންއަށް ބަލައިލުމެއް ނެތި ޔައިނާ ސުމާ އާއި ގާތްވެލާ ރެޝިޕްޝަނުގައި އިން ކުއްޖާއާއި ވާހަކަދެއްކިއެވެ. “ޔަޕް، މިރޭ 9 ގަ އިނީ ޑިއުޓީ، ބާކީ އެޕޮއިންޓްމެންޓް ތަށް 9 ގެ ފަހުން ބަލައިދެވޭނެކަމަށް ނިންމާ އިނގޭ..” ޔައިނާ ބުންޏެވެ. “އޯކޭ މޭމް. ހޭވް އަ ނައިސް ޑޭ..” އެކުއްޖާ ބުނެލުމުން ޔައިނާ ބޯ ޖަހާލާފައި ސުމާއާއި ދިމާލަށް އެނބުރުނެވެ. އެވަގުތު އެތަނަށް ޑރ ނާފިޒް އައެވެ. އޭނާ ލަދުން ޔައިނާއާއި ދިމާލަށް ބަލާލަންވެސް ހުރީ ނުކެރިފައެވެ. ޔާއިން އާއި ސުމާ ކައިރިއަށް ހިނިއައެވެ. “ޔަނާ މަންމަ އާއި އެކު ގެއަށް ދާނަން ދޯ؟” ސުމާ އެހުމާއި އެކު ޔައިނާ ހުމްއޭ ބުންޏެވެ. “އެހެންވިއްޔާ ޔާން މަޑުކުރޭ، މަންމަ މިދަނީ.. ބައި އިނގޭ.. ބައްޕަ އަށްވުރެ ކުރިން ނިމިއްޖެއްޔާ ލަސްނުކޮށް ޓެކްސީއަކަށް އަރައިގެން އާދޭ…” ސުމާ އެހެން ބުނެފައި ހިނގައިގަތެވެ. ޔައިނާ ފަސްފަހަތުން ހިނގައިގަތީ ފޯނާއި ކުޅެމުންނެވެ.

 

ޓެކްސީގައި އިނދެފައި ސުމާ ޔައިނާއާއި ސުވާލުކުރީ ޑރ ނާފިޒް ގެ ހާދިސާއާއި ބެހޭ ގޮތުންނެވެ. އޭނާއަށް ހަޤީޤަތް އިނގޭކަމަށް ހަދަން ސުމާ ބޭނުންނުވީއެވެ. “އޭނަ ނުބެހޭ ކަންތަކާ ބެހުނީމަ އެހެން ހެދީ..” ޔައިނާ ހިތްހަމަނުޖެހިފައި އެހެން ބުންޏެވެ. ސުމާ ހިނިއައި ނަމަވެސް ނަސޭހަތްތެރިވީ އެގޮތަށް ދެން ކަންތަށްނުކުރުމަށެވެ.

…

އެރެއެވެ. ޔައިނާ ތައްޔާރުވެގެން ދުވެފައި ނިކުތީ ލަސްވާން ހެދުމުންނެވެ. ސިޑިން ދުވެފައި ފައިބަނިކޮށް މައްޗަށް އަރަން ތައްޔާރުވި ޔާއިން ފެނި ޔައިނާ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ފައި އޮޅި ހުރި ސިޑި މައްޗަށް  ވެއްޓުނެވެ. ސިޑިން ކައްސައިނުލިކަން އެއީ ނަސީބެވެ. ޔައިނާ ވެއްޓެނީކަމަށް ހިތާ ޔާއިންއަށްވެސް އެދިމާލަށް ދުއްވައި ނުގަނެވުނީ ކިރިޔާއެވެ. ޔައިނާ އޭނާގެ ފައިގައި ފިރުމާލުމަށްފަހު ތެދުވެ ބަލާލިއިރު ޔާއިންއެއް ނެތެވެ. އަޖައިބެކެވެ. އަވަސްކުރަން ހަދައިފިއްޔާ މިކަހަލަ ލަނޑެއް ނޫނީ ނުލިބޭނެއެވެ.  ޔައިނާ ފަހު ސިޑިއާއި ހަމާއަށް އެރިވަގުތު ސުމާ ފެނުނެވެ. ސުމާ ގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. “ޔަނާ ދާން ކިތަންމެ ލަސްވެފައި ހުއްޓަސް ބަލައިގެން ސިޑިން ފޭބިދާނެއެއްނު؟ ދުވެފައި ސިޑިން ފައިބައިގެން އެ ސޭވް ކުރެވޭ 5 ވަރަކަށް ސިކުންތުގައި ކީއްކުރެވޭނެ ކަމަށްތަ؟ ދެންވެސް ސިޑިން ފައިބާނީ ހިނގާފައި..” ސުމާ އެހެން ބުނުމުން ޔައިނާއަށް ވަގުތުން އެއީ ޔާއިންގެ ކަމެއްކަން އިނގުނެވެ. “އަޅުގަނޑަށް ބޭރުފުށުން އަނިޔާވެދާނެތީ އެންމެންވެސް އުޅެނީ.. ހީވަނީ އެތެރެފުށަށް ދެވުނު އަނިޔާ ކުޑަހެން…” ޔައިނާ އެހެން ބުނީ ޔާއިން ވީ އެތާކަން އިނގި އޭނާއަށް އިވޭނެކަންވެސް އިނގޭތީއެވެ. ވަގުތުން ސުމާގެ އަނގަބަންދުވިއެވެ. ވީ ގޮތުގެ ސަބަބުން ކާންވެސް ފޫހިވެފައި ޔައިނާ ހިނގައިގަތެވެ.

“ކައިގެން ދާން ވަގުތު އެބައޮތޭ” ސުމާ އެކަން ހަނދާން ނައްތާލަމުން ޔައިނާ ދާތީވެ އެހެން ބުނެލީ ކަންބޮޑުވެފައެވެ. ޔައިނާއަށް އެއަޑު އިވުނުހެންވެސް ހީނުވެއެވެ. އޭނާ ނިކުމެގެން ހިނގައްޖެއެވެ. ސުމާ ޔައިނާ ދިޔަދިމާލަށް ބަލަންހުއްޓާ ސިހުނީ ޔާއިން ފަހަތުން އައިސް ބައްދާލުމުންނެވެ. ޔައިނާ ފަޅިކޮށްލާފައިދާ ހިތް ގުޅުވާލަނީ ޔާއިންއެވެ. އެއީ އޭނާގެ ޒިންމާއެއްފަދައެވެ.

…..

ދުވަސްތަށް ނިމިގެންދަނީ އެކަހަލަ ގޮތަކަށެވެ. ގިނަވަގުތު ހޮސްޕިޓަލުގައި ޔައިނާ އުޅުނެއްކަމަކު މާ ގިނައެއްކޮންނެއް ސުމާމެން އެންމެންނާއި ދިމައެއްނުވެއެވެ. ގޭތެރޭވެސް އުޅޭލެއް މަދެވެ. ޔާއިންވެސް ފެންނަނީ މަދުފަހަރަކުއެވެ. ދެމީހުންވެސް އަމިއްލަ ދިރިއުޅުމާއިގެން އުޅޭއިރު އެ ދެމީހުންގެ ހިތަށް ވާ ތަދު އިހްސާސްކުރަންވެސް އުނދަގޫވާނެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ދެމީހުންވެސް ވަނީ މަޖުބޫރުވެފައެވެ.

ސުމާ އާއި މާޒިން ހޮސްޕިޓަލުގައި ވީ ދުވަހެކެވެ. ޔާއިލްވެސް ވީ ސުކޫލުގައެވެ. ޔައިނާ އައި ޔާއިން އުޅެނީ ގޭގައެވެ. ޔައިނާ ހެނދުނު ހޭލިގޮތަށް ބޮލުގައި ރިއްސާކަން އިހްސާސްވާން ފެށިއެވެ. އެނބުރުން އަރައިފައި ހުރިއިރު އޭނާގެ ބޮލުގައި މީހަކު މަރުތެޔޮލަކުން ޖެހިޔަސް އެހާ ތަދެއް ނުވާނެއެވެ. ހިތްވަރުކޮށްލާފައި އޭނާ ތެދުވެ ފެންވަރާ ހަދާލީ ހޮސްޕިޓަލަށް ދާކަށެއް ނޫނެވެ. މިވަރަށް ރިއްސާއިރު އޭނާއަށް ގޮސްގެން ވާނެކަމެއް ނޯންނާނެކަން އިނގި ޔައިނާ ހޮސްޕިޓަލަށް ގުޅާލާފައި އެވާހަކަ އެންގިއެވެ. ބޮލުގައި ރިއްސާ އެނބުރުން އަރާ ސަބަބުން ޔައިނާއަށް އިނގެއެވެ.

ފެންވަރައިގެން އޮތުމަށްފަހުވެސް  ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން އޭނާ އެނދުން ތެދުވަން މަޖުބޫރުވީ އިތުރު މީހަކު ނުގެނެސްދޭނެކަން އިނގޭތީއެވެ. ޔައިނާ ބޮލުގައި ހިފަހައްޓާލައިގެން ހުރެ ދޮރު ހުޅުވިއެވެ. އެވަގުތު ބޮލަށް އެނބުރުން އަރަން ފެށިއެވެ. ދޮރު މަތީ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުއްޓާ ހުރިތަނަށް ހަބަރުހުސްވެގެން ވެއްޓުނީ ވަރަށް ބާރަށެވެ.

…..

ޔައިނާ މިއަދު ހޮސްޕިޓަލަށް ދާންޖެހޭ ގަޑި ޔާއިންއަށް އިނގެއެވެ. އޭނާ ވަނީ އޭނާގެ ޑިއުޓީގަޑިތަށް އޮންނަގޮތް އޮޅުންފިލުވާފައެވެ. އޭނާގެ ގަޑިތަށް އެއާއި ގުޅޭގޮތަށް ޝެޑިއުލް ކުރަންވެގެންނެވެ. އޭނާ ސައިބޯން އިން އިރު އިރުކޮޅާ ގަޑިއަށް ބަލައިލަނީ ޔައިނާ މިހާރު ލަސްވެއްޖޭ ހިތާއެވެ. އެންމެފަހުން ސައިބޮއެގެން އެ ކޮޓަރިދޮށުގައި ހިނގާލަން ނިންމިއެވެ. ޔައިނާގެ އަޑެއް ބަޑެއް ނީވޭނަމަ ޖެނީމެން މީހެއް ކައިރި ބުނެ އޭނާ ކޮބައިތޯ ބެލިދާނެނޫންހެއްޔެވެ. ޔާއިން މައްޗަށް އަރައިގެން ގޮސް ޔައިނާ ގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

ހަލުވި ފިޔަވަޅުތަށް ލަސްވަމުން ގޮސް އެކީ ހުއްޓުނީ ދޮރުމަތީ ވެއްޓިފައި އޮތް ޔައިނާ ފެނިފައެވެ. “ޔަނާ!!!” ޔާއިން އެހެން ގޮވާލުމަށްފަހު ދުވެފައި ގޮސް ޔައިނާއަށް ގޮވަންފެށިއެވެ. އޭރު އޭނާ ވަރަށް ބޮޑަށް ހާސްވިއެވެ. ޔައިނާގެ ބޯ ނަގާ އޭނާގެ ފައިމަތީ ބާއްވަމުން ޔައިނާގެ ކޮލުގައި ޔާއިން ޖަހާލިއެވެ.. “ޔަނާ!! ވޭކް އަޕް..!! ޔަނާ…!!” ދެފަހަރަކު ލޯ ތަޅުވާލުމަށްފަހުވެސް އޭނާ ހަބަރުހުސްވީއެވެ. އޭނަ ހޮސްޕިޓަލަށް ގެންދިޔުން ނޫން ގޮތެއް ނެތެވެ. ޔާއިން ދެއަތް މައްޗަށް ޔައިނާ ނަގައިގެން އައިސް ގަރާޖް ގައި އިން ކާރުގެ ފަހަތު ސީޓަށް ލަމުން އޭނާ އައިސް ކުރީ ސީޓްގައި އިށީނެވެ. އެއަށްފަހު ސުމާއަށް ގުޅާލީ ކާރު ދުއްވާލަމުންނެވެ. ފޯނު ފައިމަތީ ބާއްވާލަމުން ސްޕީކަރަށް ލައިގެން އޭނާ ދުއްވަން އިނީ ސުމާ ފޯނު ނަގާނެ އިރަކަށެވެ. 4 ވަނަ ފަހަރަށް ރިންގްވުމާއި އެކު ސުމާ ފޯނު ނެގިއެވެ.

“ހަލޯ.. މަންމާ… މަންމާ ޔަނާ އޮތީ ކޮޓަރިން ބޭރަށް ވެއްޓިފައި… ގޮވީމަ ދެފަހަރު ލޯ ތަޅުވާލާފައި އަނެއްކާވެސް ހޭނެތުނީ….. މިދަނީ މިހާރު އޭޑީކޭއަށް.. މަންމަ ހުރިހާ ކަމެއް ހަމަޖައްސައިދީބަ ޕްލީސް…” ޔާއިންގެ އަޑުގައި ވަނީ ތުރު ތުރެކެވެ. ސުމާ ފޯނު ބޭއްވިއެވެ.. ޔާއިނާ އަށް ވީ ގޮތެއް ނޭނގި އެހެން ވެއްޓުމުން ޔާއިން ހާސްވީއެވެ. އިރު އިރުކޮޅާ ޔައިނާއަށް އޭނާ ބަލައިލައެވެ.

ހޮސްޕިޓަލަށް ދެވުނުއިރު އެމަރޖެންސީކޮށް ހުރިހާ ކަމެއް ސުމާ ހުރީ ހަމަޖައްސާފައެވެ. މާޒިންވެސް ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކާރުން ޔައިނާ ނެގީވެސް ޔާއިންއެވެ. އެއަށްފަހު ދުއްވާ އެނދުމަތީ ބާއްވާލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ސުމާ އާއި މާޒިން އެމީހުންނާއި ހަމައަށް އަރާ އެކީ ހެން ވަދެގެން ދިޔައެވެ. އޭނާ ވެއްދި ކޮޓަރި ކުރިމަތީ ހުރި ސީޓް ގައި ޔާއިން އިށީން އިރު މާޒިން އާއި ސުމާ އެތެރެއަށް ވަދެއްޖެއެވެ. އޭނާ ވަންނަން ބޭނުންވިޔަސް އެއީ އަދި މުޅިން ގޯސްކަމެކޭ ހިތާ އެ ހިޔާލު ސިކުނޑިން ނެރުނެވެ. ޑރ ނާފިޒް އެތަނުގެ އިންޗާރޖަކަށް އެވަގުތު ހުރުމުގެ ސަބަބުން އޭނާވެސް އަވަސް އަވަހަށް އެތަނަށް ވަތްތަން ޔާއިންއަށް ފެނުނެވެ.

106
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހިތާ ފުރާނައިގެ ދިރުމޭ (11)

Next

ލޯބިވޭ (7)

Next
March 16, 2017

ލޯބިވޭ (7)

Previews
March 15, 2017

ހިތާ ފުރާނައިގެ ދިރުމޭ (11)

19 Comments

  1. Ryn says:
    March 15, 2017 at 10:48 pm

    Salaam. Vrh lasvehje dhw sorry vrh vrh busy kh miulheny.. Aaand maadhan adhi ihnaane ehpart right? so maybe i can upload it maadhan rey.. cx wont b free dayga.. anyway tc guys. ly.. good night ??

  2. Shahu says:
    March 15, 2017 at 11:07 pm

    It’s awesome. What happen to yana ?

  3. Amazing says:
    March 15, 2017 at 11:39 pm

    Vaahaka v reethi

  4. seydu says:
    March 15, 2017 at 11:50 pm

    Salhiiiiii

  5. mai says:
    March 15, 2017 at 11:56 pm

    Yanaa men kahala myhun doctr in ge gothugai masahkaiy nukuran aharen v beynun.. yana kahala kujjeh doctr akah misaalakah vehje nama patientah ves kohme gotheh vx hadhaalafaane varu araalaa vaguthu thakugai. V foohivehje yanaa deke.. egothah fen jehyma ehmen thereyga.. i hate ekahala dah fanthyge amalthah deke.. i knw its a story ingey.. ? bt doctr ehge faraathun fenigen nuvaane ekahala amalthah..

  6. Vaahaka foshi says:
    March 16, 2017 at 12:32 am

    Thanks.

  7. haw shia shaba shi r says:
    March 16, 2017 at 1:10 am

    Mashaa Allah v reethi mi part ves,keep it up

  8. who am i? says:
    March 16, 2017 at 2:58 am

    varah salhi

  9. AN says:
    March 16, 2017 at 5:00 am

    thanks.mibai ves reethi

  10. Rash says:
    March 16, 2017 at 9:48 am

    Nice

  11. zul says:
    March 16, 2017 at 9:56 am

    Vvvsalhi

  12. liyaa says:
    March 16, 2017 at 10:21 am

    dr naafize. like vanee dhw yaana yaa

  13. Abd says:
    March 16, 2017 at 10:27 am

    Yaana eh noon goahyky… Yaana kanthah kuri goeth hama ragalhu.. ehn kanthah kuran nukereythy anhen kudhinnah beynun gotheh hadhany… mai anhen kujjahkave hure thihen bunyma v dheravejje.. igey neygeythy kan thihen thibunany…

  14. shaai says:
    March 16, 2017 at 10:28 am

    Tnks ryn love. Story v taf

  15. suhaa says:
    March 16, 2017 at 12:23 pm

    Vaahaka v reethi

  16. Mary says:
    March 16, 2017 at 4:20 pm

    Foohi agoti igileyga alhaafa ohnaaney innaaneyehnoon,Ryn vaahakadhakkany kudakudhin vaahakadhahkaa gothah thui koh. mashah heyvaney Ryn mee varah thui meehenhen.

  17. just a human says:
    March 16, 2017 at 5:39 pm

    “maaxin ves beyrugai thihbeve” miheneh noon innaay ragalhu gothaky maxin ves beyrugai hutteve

  18. ?? says:
    March 16, 2017 at 7:17 pm

    Over acting yanaa. My foot. Nueh visney family badhunaam vaathy kameh ehen hedhihyeh. Dhen ryn vx hunnaany dhiulhi dhigu kuran ekahchekey kiaafa. So ehenve foohi. Dhen mihen liyunyma nubunaathi jelous ey hajam ey.

  19. Zaanaa says:
    March 16, 2017 at 9:02 pm

    Ryn up khoh deeba avahah

Comments are closed.

All Right Reserved!