Skip to content
އެސްފިޔަ

މި ހިތުގެ ވިންދޭ ތީ

ދުނިޔެ އަކީ ހުވަފެނީ ޢާލަމެކޭ މީހުން ބުނެ އުޅެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަކީ ކޮންމެ ހިނދުކޮޅެއްގެ ޙަޤީގަތެވެ. އުފަންވީއްސުރެ މިއަދާހަމައަށް އަހަރެންގެ ހަމައެކަނި ހުވަފެނީ ޢާލަމަކީ، މީހުންނާއި އެކަހެރިވެ ހޭދަކުރާ ވަގުތުތަކެވެ. މިފަދަ ކޮންމެ ވަގުތަކީވެސް އަހަރެންނަށް އާހުވަފެނެއް ދައްކާފަދަ ޖާދޫއެކެވެ. އުއްމީދުކުރެވެނީ އަދި އިންތިޒާރުކުރެވެނީވެސް، ތަޤްދީރުގެ ފަންސުރުން އެހުވަފެންތަކުގައި ކުލަޖެއްސޭނެ ދުވަހަކަށެވެ.

ކޯރުގެ އަނެއްފަރާތުގައި، ދުނިޔެއިން ލިބެން އޮތްހައި އުފަލެއް، އަހަރެންނަށް އިންތިޒާރު ކުރާ ކަހަލައެވެ. އެފަރާތަށް ދެވޭނީ ކޮންދުވަހަކުންބާއެވެ. އެ ހުވަފެނީ ޢާލަމުގައި، އިރުގެ ރަން ދޯދިން ފެންވަރަމުން، އެކިކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި، ދެއަތް ވިހުރުވާލައިގެން އެހެރީ، ދެދުނިޔޭގައިވެސް އަހަރެންގެ ބައިވެރިޔާއެވެ. އެ މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ވެރިވެފައިވާ ސާދާ ހިނިތުންވުމެވެ. އެ ތޫނު ދެލޮލުގެ އުޖާލާކަމެވެ. އެހުރިހާ ސިފަތަކެއް އެދި ގޮވަނީ އޭނާ އާ ބައްދަލުވުމަށް ކޯރުގެ އެފަރާތަށް އައުމަށެވެ. އަހަރެންގެ ހުރިހާ ޙިއްސެއް އެދި ޢާދޭސް ކުރަނީ އެ ހުވަފެނީ އާލަމަށް ދިއުމަށެވެ. ކޯރުގެ އެފަރާތަށް އަހަރެންނަށް ދެވޭނީ ކޮންދުވަހަކުން ބާއެވެ؟

“މަރީ!” ކުއްލިއަކަށް އަހަރެންނަށް ކޯރުގެ އައްސޭރިން ހަޤީގީ ދިރިއުޅުމުގެ އައްސޭރިއަށް އާދެވުނީ ފަހަތުން މަޑުމޮޅި ރާގެއްގައި މީހަކު ގޮވާލި އަޑަށެވެ.

“އިރު އޮއްސިއްޖެ، ހިނގާ ދަމާ. މިހާރު ހަފްސާއްތަ ހުންނާނެ ލަސްވެފަ.” ނާދިޔާގެ އަޑުގައި ވަނީ ނުތަނަވަސް ކަމެވެ. “ހުމް. ވަގުތު ދިޔަ ގޮތެއްވެސް ނޭނގެ ދޯ!” އަހަރެން ހީލާފައި ބުނީމެވެ. “އާން. ” ޖަވާބުގައި ނާދިޔާވެސް ހިތްހަމަޖެހުމުގެ ފުންނޭވާއެއްލިޔެވެ.  “އެހެންވެޔެ މަ ބުނަނީ ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ  މަންޒަރު ބަލަން އަންނާށޭ!” ނާދިޔާގެ އަތުގައި ހިފާލަމުން ގެޔާދިމާލަށް ހިނަގައިގަންނަމުން އަހަރެން ބުނީމެވެ.

މިފަހަރު ނާދިޔާގެ ހިތް ނުތަނަވަސްވި ކަހަލައެވެ. “އަސްލު މާ ބިޒީ ވީމަ ނާދެވެނީ. ސޮރީ އިނގޭ! އަބަދު މަރީ އެކަނި އަތިރިމައްޗަށް ނުކުންނަން ޖެހޭތީވެ. ހުމް. ކިޔަވަން މިރަށަށް އައިސް ހަފްސާއްތަމެންގެ ގޭގައި ދިރިއުޅޭތާ އަހަރެއްހާދުވަސް ވަނީ. އެކަމަކު އަދިވެސް އެގޭމީހުން، އަހަރެން ގޯސްގޮތަކަށް ނޫޅޭނެ ކަމުގެ އިތުބާރެއް ނުކުރޭ.”

ނާދިޔާގެ މޫނަށް އަހަރެން ހަމްދަރުދީގެ ނަޒަރަކުން ބަލާލިމެވެ. ދެކެ ފަރިތަވީތާ އެއްއަހަރު ވަނީއެވެ. ނާދިޔާ ހާ ހެޔޮ ރައްޓެއްސެއް ނުދެކެމެވެ. އަހަރުމެން ދެމީހުންގެ އުމުރަކީވެސް ބާވީސް އަހަރެވެ.

އިރު އުދަރެހާ ނިވާވެއްޖެއެވެ. އަތިރިމަތީގައި ޙޭލަމޭލަ ވަމުންދިޔަ އެކި އުމުރުފުރައިގެ މީހުން އާ ރޭގަނޑަކަށް މަރުޙަބާ ކިޔަމުން އެވެރިންގެ ގެތަކަށް ގޮސް ނިމިއްޖެއެވެ. ފުއްޓަރު ފަރާތުން ދިޔަވަރު ހިކިލައި ރާޅުތަކުގެ އެއްވެސް ހިލަމެއް ނުވެއެވެ. މޫދުގެ ލޮނުގަނޑު އޮމާންވެ ރީތި ހުދު ސާލެއްހެން ފެތުރިފައިވާ ދޮންވެލީގެ އަތިރިމައްޗަށް އިތުރު ހިތްގައިމުކަމެއް ގެނުވައިފިއެވެ. މިދިމާ އަތިރިމަތިން ރަށުތެރެއަށް ވަދެވެން އޮންނަނީ މަގޫ ގަސްތަކާއި ހިރުނދު ގަސްތައް ދެފަރާތުގައި  ބޯކޮށް ހެދިފައިވާ، ނުހަނު ހަނި މަގަކުންނެވެ.

ނާދިޔާ ގެޔަށްލައިދީފައި އަހަރެން އަޅާލީ މިސްކިތްމަގުންނެވެ. އެމަގަކީ ރަށުގެ ދެކުނުފަރާތުގައި އެންމެ އަނދިރި މަގެވެ. އެކަމުގެ ޝަކުވާ ކަތީބުގޭގައި ހުށަނާޅާ މަހެއް ނުދާނެވެ. ނަމަވެސް އެމަގު އަލިކުރެވޭ ގޮތެއް ނުވިއެވެ. އެމަގުންއަންނައިރު  ދެފަރާތުންފެންނަނީ ހުސް ފަޅުގެ ތަކެވެ. ދެތިންގެ ދޫކޮށްލާފައި ކަނައަތްފަރާތުގައި އެހެރީ މީގެ އަހަރުތަކެއްކުރިން ބޭނުންކުރި ސައި ހޮޓަލެކެވެ. ލަސްވެއްޖެހެޔޭ ހިތާ އަހަރެންގެ ހިނގުން ބާރުކޮށްލީމެވެ. ނަމަވެސް ހިނދުކޮޅަކުން، ގެޔަށްދިޔުމުން ދެން ކަންތައްތައް ވާނޭ ގޮތަކާމެދަު ވިސްނާފައ،ި ހިނގުން މަޑުކޮށްލާފައި ވަށައިގެން ހޯދާލީމެވެ.  ކުއްލިއަކަށް މަޑު ދުވެލީގައި އައި ސައިކަލެއްގެ އަލި އަހަރެންގެ މޫނަށް އެޅުމުން އިސްޖަހާލީމެވެ. އަދި ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ހިނގަމުން ދިޔައީމެވެ. މިއަނދިރި މަގުގައި އަހަރެންގެ ހަމައެކަނި ނޫރަކަށްވީ އެސައިކަލްގެ ބައްތިއެވެ.

“ހިނިތުންވެލާށޭ ކަލާ” ސައިކަލް ގައި އިންޒުވާނާގެ ރީތި އަޑު ވަޔާކުޅެމުން އައިސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ރަކި ގޮތަކަށް ހީލެވުނެވެ. ނަމަވެސް ސިއްސައިގެންދިޔައީ އަހަރެންނާ އަރާ ހަމަކޮށް، ދާދިގާތުގައި ސައިކަލް މަޑުކޮށްލުމުންނެވެ.

ހިތްހަމަނުޖެހުމާއެކު ހިތުގައި ހަލަބޮލި ރާޅޭއް ބަންޑުންވި ހެން ހީވިއެވެ. މީހަކު އަހަރެންނާ ދިމާކުރަން އުޅެނީ ކަން އިހުސާސްވި ވަގުތު އިސް އުފުލާ ބަލާލީ މެވެ. ހަޅޭއްލަވަން އަނގަ ހުޅުވާލި ވަގުތު އޭނާގެ އަތް އަހަރެންގެ އަނގަމަތީގައި އެޅުމަށްފަހު ފުންނަޒަރަކުން އަހަރެންގެ ދެލޮލަށް ބަލާލިއެވެ. އެ ހޫނު ނޭވަތައް އަހަރެންގެ އެސްފިޔަތަކުގައި ބީހެންފެށިއެވެ. އޭނާ އިނީ އަދިވެސް، ސައިކަލް މަތީގައެވެ. އިންޖީނު ނުނިއްވާ ހުރުމުން ފަނޑު އަލީގެ ތެރެއިން އޭނާގެ ދެލޯ ފެންނަނީ އުޖާލާ ތަރިތަކެއް ހެންނެވެ. މެދުމިނަކަށް ކޮށަފައި ހުރި ފަން އިސްތަށިކޮޅު ވައިރޯޅިޔާއެކު އޭނާގެ ނިތްކުރީގައި ހިކިފަތެއްހެން ކުޅެލިއެވެ. އޭރު އެސްފިޔަ ޖަހަން ނޭނގިފައި އަހަރެންނަށް ހުރެވުނެވެ. އަހަރެންގެ ނިކަމެތި ހިތް އޮޔާއެކު ބެހިގެން ދަނީއެވެ. މިހުރެވެނީ ދުނިޔޭގެ ކޮންތާކުކަން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ އަނގަމަތީގައި އަތްއަޅައިގެން ހުންނަތާ އިރުކޮޅެއް ފަހުން އޭނާގެ ތުންފަތަށް  ފޮނި ހިނިތުންވުމެއް ވެރިވިއެވެ.

“ހައި!ކޮންނަމެއް ކިޔަނީ!” ލަވައިގައި އިވުނުހެން، އެއަޑުގައި ވަނީ ޝާއިރީ ކަމެކެވެ.

Comments (8)

  1. ?

    What is this

  2. alaadin

    yes what is this
    haadha odd names ey dho.. dhen vahaka thankolheh dhigukohlun edhen

    1. shamm
      alaadin

      names varah visnaafa negy. thankolheh saadhaa gothakah vaahaka gendhaany. thanks for comment dear 🙂

  3. Liusha

    Nice waitng for next part

    1. shamm
      Liusha

      thankyou liusha .

  4. Iskaa

    Varah reethi….

    1. shamm
      Iskaa

      thankyou iskaa

  5. Sumii

    Varah kiyaa hithun mi vaahaka kiyaaly..nice ingey.. Varah …

Comments are closed.