ޝަމްހާ އަށް ހަމަ ރޮވެނީއެވެ. އޭރު ސަމާ އޮތީ ޝަމްހާންގެ ކޮނޑުމަތީއެވެ. އެމާޖެންސީކޮށް ޒިޔާން ގެނައިއިރު ޝަމްހާންގެ މޫނުގައި ވެސް ވަނީލެޔެވެ. ފަސް ވަރަކަށް މިނެޓު ފަހުން ޑޮކްޓަރު ނިކުތެވެ.” އައި އެމް ސޮރީ..ހީ އިޒް ނޯމޯ” ލިބިގެންދިޔަ ޝޮކާއެކު ޝަމްހާއަށް ހުރިތަނަށް ތިރި ވެވުނެވެ. ޝަމްހާންވެސް ސަމާ ގޮވައި އިށީނދެލީ ކުރާނެ އިތުރު ކަމެއް ނޭންގުމުންނެވެ. މީހަކަށް ފަހު މީހެއް އެމީހުންނާ މި ވަކިވަނީ ކާކުގެ ކޮންކުށެއް އޮވެގެން ބާއޭ ދެމީހުންގެ ހިތަށްވެސް އަރަމުން […]
ސޯފާގައި ހާރޫނު ކައިރީއިން މީހާ ފެނި އައިޝާއަށް ފަހަތަށް ޖެހެވުނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި އައިޝާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ. އެދެމީހުންނަށް ވީގޮތް ފެނި ނީމާ ހައިރާންވިއެވެ. ކޮޓަރިއަށްވަދެ އެއީ ކާކުތޯ ސުވާލުކުރަންފެށިއެވެ. ނަމަވެސް އައިޝާއަށް ޖަވާބެއް ދެވުމުގެ ކުރިން ހާރޫނު ނީމާއަށް ގޮވާލުމުން ނީމާ އަވަސްވެގަތީ ހާރޫނު ގޮވިކަމެއް ބަލަން ދިއުމަށެވެ. ” އީޝޫ ދޮން ވަރަށް ބިރުގަނޭ އެބަ.. ހުޝާމް ކީއްކުރަން މިގެއަށް އައީ..” އައިޝާއަށް އަދިވެސް ހުރެވުނީ މޭގައި ހިފަހައްޓާލައިގެންނެވެ. އީޝަލް ބަހެއް ނުބުނެ […]
“ހައި! ކޮންނަމެއް ކިޔަނީ؟” ލަވައިގައި އިވުނުހެން އެއަޑުގައި ވަނީ ޝާއިރީ ކަމެކެވެ. އަހަރެން ޖަވާބުނުދިނުމުން ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް އޭނާގެ މޫނުމަތީގައި ކުރިން ފާޅުވަމުންއައި ލާނެތްކަން ފިލައި ގޮސްފިއެވެ. އަދި އަވަސްއަވަހަށް އަހަރެންގެ އަނގަ މަތިން އޭނާގެ އަތްތިލަ ދުރު ކޮށްލިއެވެ. ހިތްހަމަޖެހުމުގެ ނޭވާޔާއެކު އަހަރެންގެ “އާހް”ގެ އަޑު މުޅި މާހައުލަށް ފެތުރިގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅައި ހަމަޖެހިލީމެވެ. އަދި އެތަނުންދިޔުމަށް އައިކޮޅަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލްތަކުން އޭނާވެސް އިތުރު ބަހެއްބުނަން ޖެހިލުންވެފައި އިނެވެ. […]
ޔައީޝް އައް ކުރެވެން އުޅުން ކަމާއިމެދު ވިސްނެން ފެށުނީ ވަގުތު ފާއިތުވީފިހުންނެވެ. އެރި ރުޅީގައި ބާރު އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ޖެހުނުލެއް ބާރު ކަމުން އަތުން އަޑެއް ވެސް ކިޔެވެ. ޔައީޝް އައް މަޑު އާހެއް ބޭރު ކޮށްލެވުނެވެ. އެވަރުންވެސް ޔައީޝްގެ ހިތެއް ނުފުރުނެވެ. މޭޒު މަތީގައި ތިބި ހުރިހާ އެއްޗެއް އެކިތަންނަށް އުކާލީ މޮޔައަކު ފަދައިންނެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރީގެ ތަރުތީބު ގެއްލުނެވެ. ޔައީޝް ފޯނު ނަގައި އެލްވީންގެ ނަންބަރައް ގުޅަން ފެށިއެވެ. ނަމަވެސް އެވްލީން […]
ހުޅުލެއަށް ދެވުމާއެކު އެކޮޅުގައި ހަރަކާތް ތެރި ވާފުލުހުން އައިސް ހެޑް އިންސްޕެކްޓާރ ޔާ ބައްދަލުކުރިއެވެ. “ހީވަނީ މަތީ ބޭފުޅެއްގެ ކަމެއްހެން ދިޔަ ގައުމު ފުހެފަ ހުރީ.. ނޯ ޑޭޓާ….އެއްކަލަ މައްސަލައިގަ ވެސް ޝައްކުކުރެވުން މިނިސްޓާރ ހެން ހީވަނީ…” އެމީހާ އެހެން ބުނެލުމާއެކު ޝަމްހާން މެންނަށް އަނެއްކާވެސް އިސް ޖަހާލެވުނެވެ. ޝަމްހާވެސް ޝަމްހާން ގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝަމްހާންގެ ހިތުގައި ހިނގާލީ މުޅިން ތަފާތު ޝުއޫރެކެވެ. ނަމަވެސް އެ ހިނދުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތު […]
ތެޅެމުން ފޮޅެމުން ހިބާ ކޮޓަރިން ނިކުތެވެ. ރޮމުން ރޮމުން ގޮސް ހަބީބާ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. ސިއްސައިގެން ގޮސް ހަބީބާއަށް ހޭލެވުނީ ހިބާގެ ރުއިމުގެ އަޑަށެވެ. ސާމީވެސް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ. ސާމީ ފެނުމާއެކު ހިބާ ސާމީ ގައިގާ ބައްދައިގަތެވެ. ” މަންމާ… ބައްޕާ އަހަރެން މަރުވަނީ.. އަހަރެން ސަލާމަތް ކުރޭ” ހިބާ ރޯމަހެއް ތެޅޭހެން ތެޅޭތަން ފެނި ހަބީބާއާއި ސާމީ ކަންބޮޑުވިއެވެ. އެކި ގޮތްގޮތުން ހިބާ ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވީ […]
ކުރިމަތީ އެ ހުރީ ޔާއިންއެވެ. ޔާއިން ފުރަތަމަވެސް ޔައިނާގެ ގައިގާ ބައްދާލިއެވެ. ޔައިނާ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެކި ހިޔާލުތަށް ވަންނަން ފެށީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. އެކި ތަންތަން ހޯދަމުން އައިސް މިތަނަށް އާދެވުނީވެސް ޔައިނާ މިކަހަލަ އަމާން ތަނެއްގައި އިނދެދާނެކަމަށް ހީކުރެވުމުންނެވެ. ޔާއިން ޔައިނާ ދުރަށްލުމަށްފަހު ހަމަޖެހުނެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން ޔައިނާއަށް ބަލާލިއެވެ. “ކީއްކުރަނީ މިތާ؟؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ ޔަނާ ކޮން އިރެއް ބޭރުގައި […]
މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދުޔައީ މަރުފަދަ ހިމޭން ކަމެވެ. މިހިމޭންކަން ގެއްލުވާލީ އެވްލީންގެ އެ ޖާދޫވީ އަޑުންނެވެ. “ޔައީޝް. އަހަރެން މިކިޔާ އެއްޗެއް ވަރަށް ކަނުލައި އަޑުއަހާތި.” އެވްލީން މަޑުމައިތެރި ކަމާއިއެކު ބުނެލިއެވެ. ބަސް އަހާ ޅަކުއްޖެއްހެން ޔައީޝް އެއްބަސްވިއެވެ. ޔައީޝްގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ވެލް.! ޔައީޝް އައް އަނގޭނެ އަހަރެން ޔައީޝް ދެކެ ކުޑަކޮށް ވެސް ލޯބިނުވާކަން. އެކަމް. އަހަރެން ޔައީޝް އާއި ރައްޓެހިވިޔަސް ޔައީޝްގެ ތިހިތައް […]
އެހެން ބުނުމަށް ފަހު އެވްލީން ތެދުވީ އެތަނުން ދިޔުމަށެވެ. ނަމަވެސް ސަމާ ބުނި އެއްޗެއް އަޑުއަވިފައި އެވްލީން އައް ހުއްޓެން މަޖުބޫރު ކުރުވިއެވެ. “ތީ އަހަރެންގެ ރަހްމަތްތެރި އެއް ނަމަ އެވީ އޭނައާ ރައްޓެހިވާނެ.” މިހެން ބުނުމަށް ފަހު ސުމާ އެތަނުން ދިޔައެވެ. އެވްލީން އައް ހުރި ތަނަށް ތިރިވެވުނެވެ. އަދި އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ. “ކީއްވެތަ އެއްމެން އަހަރެންނަށް މަޖުބޫރު ކުރުވަނީ؟ އަދި އެވެސް އެންމެ ގާތް އެކުވެރިޔާ. އަހަރެން އޭނައާ ރައްޓެހި […]