Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން (14)

Ryn
March 14, 2017
8 Mins Read
110 Views
28 Comments

 

ގެއަށް ގޮސް އެންމެން ފެންވަރައިގެން ކާން އައުމަށް މާޒިން ބުންޏެވެ. އޭރު ހަވީރުވެއްޖެއެވެ. ޔައިނާ ކޮންމެހެން ކާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ފެންވަރައިގެން ނިކުތް ގޮތަށް ނަމާދުކޮށްގެން ނިދީއެވެ. ސުމާ ބަލައި އައި އިރު ޔައިނާ އޮތީ ނިދާފައެވެ. އެހެންކަމުން އަޅައިނުލާ ގޮސް ކެއުމައިގެން އުޅުނެވެ. ޔާއިންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. 3 އަހަރު އެކަނި އުޅުމަށްފަހު އަނެއްކާވެސް އެންމެންނާއި އެކު އުޅެވޭނެތީއެވެ. “އެންމެ ފުރަތަމަ ކަމަކަށް ޔާލް ގެ ސުކޫލް ކަންތަކާއި އުޅެންވީ…” ސުމާ ބުންޏެވެ. “މަންމަ ޔާލް 7ށް ލާ ވާހަކަ ބުނީމަ އަޅުގަނޑު ފޯމްތަށް ނަގައި ފިލްކޮށްފައި އޮންނާނެ، ހަމަ އަހުމަދިއްޔާއިން ކުރީ އެހެންވީމަ ޔާލް ނުޖެހޭނެ އެއްނު މާ އާވެގެން އުޅޭކަށެއްވެސް ދޯ” ޔާއިން ބުންޏެވެ. މާޒިން ޔާއިންއާއި މެދު ފަހުރުވެރިވިއެވެ. ނުބުނެ އެ ހުރިހާ ކަމެއް ކުރިއިރު ކުރަނީވެސް ތައުރީފް ހައްޤުވާވަރަށެވެ.

“ތެންކިޔު ޔާން…. ބައްޕަ ވަރަށް ފަހުރުވެރިވޭ ޔާން ބައްޕަގެ ދަރިފުޅެކޭ ބުނަން..” މާޒިން ބުންޏެވެ. އޭނާ ވަރަށް އުފާވިއެވެ. އެއީ އޭނާ ވަރަށް ބޮޑަށް އަޑުއަހަން ބޭނުންވި ޖުމްލައެކެވެ. އޭނާ ދިރިއުޅުމުގެ ހުރިހާ އުފަލެއް ދޫކޮށްލާ އެދެމީހުންނަށް ޓަކައި ހިދުމަތްކުރަން ނިންމި އިރު ކިތަންމެހާވެސް ހިތަށް ތަދުވިއެވެ. ނަމަވެސް އުމުރުދުވަސް ހޭދަކުރިޔަސް އެދެމީހުންކޮށްދިން ކަންތަކުގެ ބަދަލު އަދައެއްނުކުރެވޭނޭ ހިތާ އޭނާ ހިތުގެ އުދާސްތަށް ފޮރުވާލައެވެ. އަމިއްލަ އެދުމާއި ހިތުގެ އެދުމަށްވުރެ އެދެމީހުންގެ އެދުން ކުރިއަށްލީއިރު އޭނާގެ އުފާތަށް ވަނީ އޭނާއާއި ދުރުވެފައެވެ. 6 އަހަރުގެ އިންތިޒާރު ނިމިގެން ދިޔަ ފޮނި ރަހަ ނުލެވެނިސް ކަރުތެރެއަށް ހިތި ރަހަ ލައި ނިމިއްޖެއެވެ. އުމުރަށް އެ ހިތި ރަހަ އެ ކަރުބުޑުގައި ވާނެއެވެ. ނަމަވެސް ސުމާ އާއި މާޒިން އަކީ މި ދުނިޔޭގައި އިތުރު މީހެއް ނެތްއިރު އޭނާ ބަލާ ބޮޑު ކުރި ހަމައެކަނި ދެމީހުންނެވެ. އެމީހުން ބުނެފިނަމަ އޭނާ ނުކުރާކަށް ކަމެއް ނޯންނާނެއެވެ. އެމީހުންނަށް އެވަރު ހައްޤެވެ. އޭނާ ފަރާތުން ހުރިހާ އުފަލެއް ހައްޤެވެ.

ޔައިނާއަށް ހޭލެވުނީ ފޯނުން މަޤްރިބް ނަމާދަށް ބަންގިގޮވާކަމުގެ އެލާރމް އަޅަންފެށުމުންނެވެ. ޔައިނާ ހޭލުމަށްފަހު ފެންވަރައިގެން ނަމާދުކޮށްލުމަށްފަހު ކާން ދިޔައީ ބަނޑުހައިވީ ލެއް ބޮޑުވެގެންނެވެ. އޭރު އެކަކުވެސް ތިރިއަކު ނޫޅެއެވެ. ފިރިހެންވެރިން ނަމާދަށް ދިޔައީކަން ޔަޤީނެވެ. ޔައިނާ ޖެނީމެންނަށްވެސް ގޮވަން ނުހަދާ އަމިއްލައަށް ކާން އަރައި ކުޑަކޮށް ކެއެވެ. ކާން އިންދާ އިޝާއަށް ގޮވުމުން އަވަސް އަވަސް ކޮށްލައިގެން ކޮޓަރިއަށް ގޮސް ނަމާދުކުރިއެވެ. އަދި ފޮށީގައި ހުރި އެއްޗެހި އެނާގެ ބޮޑު އަލަމާރިއަށް އެޅުމުގައި އުޅުނެވެ. އޭނާގެ ހަނދާނަށް އައީ ޔާއިން އައި ދުވަހު ޔައިނާ އެންމެންނާއި ވަގަށް ގޮސް ޔާއިންގެ އަލަމާރިއަށް އެއްޗެހި އަޅައިދިންގޮތެވެ. ހަމައެވަގުތު ކަންފަތުގައި ގުގުމައިގަތީ މާޒިންގެ ވޭންދެނިވި ބަސްތަކެވެ. ލޮލު މައްޗަށް ސިފަވީ އެންމެން އޭނާ އެކަނިވެރިކޮށްލާފައި ދިޔަގޮތެވެ.

ޔައިނާ ފޮށި ހުސްކުރުމަށްފަހު އަލަމާރި ތެރޭ ކޮށްޅަށް ބެހެއްޓިއެވެ. އަދި ފުން ނޭވައަކާއި އެކު އެނދުމައްޗަށް ވެއްޓިގަތެވެ. އެހެން އޮއްވާ އޭނާގެ ދޮރު ހުޅުވުނުއަޑަށް އެދިމާ ބަލައިލިއެވެ. އެއީ ސުމާއެވެ. “ދަރިފުޅު ކައިފިންތަ؟ މިއައީ ކާން ބަލައި، އެންމެންވެސް ކާން އަރައިފި..” ސުމާ ބުންޏެވެ. “ކައިފިން، އެކަމް އަދި ކާން ބޭނުން…..” އެހެން ބުނެފައި ޔައިނާ ތެދުވެ ހިނގައިގަތެވެ. ކުޑައިރުކޮޅެއްކުރިން ކެއެއްކަމަކު އަދިވެސް އޭނާ ހުރީ ބަނޑުހައިވެފައެވެ. އޭނާ ފޭބިއިރު ފޯރީގައި އެންމެން ކާން އުޅެއެވެ. ޔާއިންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. އޭނާއަށް ހިނިތުންވެވުނެވެ. އޭނާއާއި ދުރުގައިވިޔަސް އެ މޫނުމަތީ ހިނިތުންވުމެއް ވީތީއެވެ. މާޒިންގެ މޫނުމަތިންވެސް ފެންނަނީ އެހެންޏާ ނުފެންނަކަހަލަ ހަމަޖެހުމެކެވެ. އެއީ ޔާއިން އާއި އެތަކެއް އަހަރު ފަހުން ބައްދަލުވީމާ ކަން ޔައިނާއަށް އިނގެއެވެ. ޔާއިން އަކީ އެމީހުންގެ ދަރިފުޅަށް ނުވިއެއްކަމަކު ޔާއިންދެކެ އެދެމީހުން އެންމެ ބޮޑަށް ލޯބިވާކަމާއި މެދު ޝައްކެއްވެސް ނެތެވެ. ޔައިނާ ގޮސް ކާން އިށީނެވެ.

“ޔަނާ ކޯޗެއް ބޭނުމީ؟” ސުމާ ތަށިތަށް ޔައިނާ ގާތް ކުރަމުން އެހިއެވެ. “އިޓްސް ކޭ، އަމިއްލައަށް ނަގާފާނަން..” ޔައިނާ އެހެން ބުނެފައި ކުޑަ ބަތްކޮޅެއް އެޅިއެވެ. ސުމާ އިށީނދެ ކާންފެށިއެވެ. ޔާއިންއަށް ޔައިނާ އިންހެންވެސް ހީނުވާކަހަލައެވެ. އެ އެންމެންގެ ތެރޭ އޭނާ އެކަނިވެފައި މަޑުމައިތިރިވެފައި އިން ކަހަލައެވެ. ޔައިނާ ބޭނުންވީ އަވަހަށް އޭޑީކޭއިން ވަޒީފާއެއް ހޯދާށެވެ. އޭރުން މިތާ ގިނަވަގުތު އުޅެން ނުޖެހޭނެއެވެ. އެ ވިސްނުމުގައި އިނދެ އެންމެ ފުރަތަމަ ކައި ނިންމާލީވެސް އޭނާއެވެ. ތަށި ދޮވެލާފައި ހިނގައިގަންނަމުން އެންމެންގެ މޫނަށް ބަލައިލިއެވެ. ހިތުގެ އަޑިން އުފާވިނަމަވެސް އެކަން ނުދައްކަން އޭނާ މައްޗަށް އެރިއެވެ.

އޭނާގެ މިޝްރާބު ހުރީ ޓެރެހަށެވެ. އޭނާގެ ހިތަށް ލިބުނު ހަމައެކަނި ހަމަޖެހުމާއި އެއްވަރަށް މުޅި ދިރިއުޅުމަށް ލިބުނު ވޭން ދިން ހަމައެކަނި ތަނަށެވެ. ސިޑިއަކަށްފަހު ސިޑިއެއް މައްޗަށް އަރަމުން ދިޔަވަރަކަށް އެ ދެލޮލުން ކަރުނަ އާދެއެވެ. ވީ ހުރިހާ ކަމެއް ލޮލު ކުރިމަތީ ސިފަވަމުން ދިޔައެވެ. ދޮރު ހުޅުވާލާފައި ޔައިނާ ދޮރު ލައްޕާލީ އޭނާ މިތާ އިންކަން އެކަކަށްވެސް ނާންގާށެވެ. ޔައިނާ ގޮސް އޭނާ އަބަދުވެސް އިންނަ ހިސާބުގައި ކޮށްޅަށްހުރިއެވެ. މުޅިތަނަށް އެނބުރިލިއިރު ސިފަވަމުން ދިޔައީ އެރޭގެ ކަންތަކެވެ. އޭނަ އާދޭސްކޮށްފައި އެންމެންގެ ފައިބުޑަށް ވެއްޓުނުގޮތެވެ. ޔާއިން އޭނާގެ އަތް ނައްޓުވަލަމުން ދުރަށް ހިނގައިގަތް ގޮތެވެ. ޔައިނާ ހުރިތަނަށް ތިރިވެވުނެވެ. އަޑު ނުނެރުނަސް އޭނާއަށް ރޮވެންފެށުނެވެ. ދިރިއުޅުމަށް ކުރި އުއްމީދުތަށް ފުނޑުފުނޑުވެގެން ދިޔައިރު އެހަނދާއި ތަރިތަށް އެ މަންޒަރު ދެކެން ތިއްބެވެ. އެ ހުރިހާ ކަމަކަށް ހެކިވާން ތިބޭނެއެވެ.

ލޯބިވެވުނު ފަހުން 6 އަހަރު އޭނާ ހޭދަކުރީ ކުށްވެރިއެއްހެންނެވެ. އަމިއްލަ ހިތް ކުށްވެރިކޮށްގެންނެވެ. ބޭބެއެއްދެކެ ލޯބިވެވުނީއޭ ކިޔާ ޒަހަމްތަކެއް ދީގެންނެވެ. އޭރު ކުރި ހިތާމައަށްވުރެ މިއަދު ކުރާ ހިތާމަ ދެގުނައެވެ. އެ ލޯބި ހާސިލްވާން އެންމެ ފިޔަވަޅެއް އިންއިރު އެ ލޮތްބާއި އެތަށް ހާސް މޭލެއް ދުރަށް އޭނާ އެ ގެންދިޔައީ އަމިއްލަ ބައްޕައެވެ. މަންމައެވެ. އެވަރު ނުވެގެން އޭނާ ލޯބިވާ ހަމައެކަނި އިންސާނާވެސްމެއެވެ.

ހަމަ ކުރީގައި އިންނަހެން ޔައިނާ ދެފައި ވައްކޮށްލައިގެން ޓެރެސްމަތީ އިނީ މޫނު ފޮރުވާލައިގެންނެވެ. އެ ދެލޮލުން ކަރުނަ އައުން ނުހުއްޓޭ ފަހަރެއްނުދެއެވެ. މިއަދުވެސް ކުރިއެކޭ އެއްފަދައިން އެ ކަރުނަތަކާއި ޝަކުވާ ހިއްސާކުރަނީ މި ކާއިނާތުގެ ވެރި ރައްބަށެވެ. މިކާއިނާތުގައިވާ އެ ވިދާ ތަރިތަކާއި ހަނދަށެވެ. މުޅި ޖައްވު އަލިކޮށްދޭފަދައިން އޭނާގެ ދިރިއުޅުމަށްވެސް އަލިކަމެއް ދޭތޯއެވެ.

…..

ސުމާ ޔައިނާ ގެ ކޮޓަރި ބަލާލިއިރު އޭނާއެއް ނެތެވެ. ވީތަން ސުމާއަށް އިނގެއެވެ. އޭނާ ދެރަވެސްވިއެވެ. ނަމަވެސް މިގަޑީގައި ގޮސްގެން އޭނާއަށްވެސް ލިބޭނީ ހިތާމައެކެވެ. ތަންކޮޅެއްފަހުން ޔައިނާ އިންތޯ ބަލާފައި ނެތިއްޔާ ދާން ނިންމަމުން ސުމާ އޭނާގެ ކޮޓަރިއަށް ދިޔައީ ވަރުބަލިވެގެންނެވެ. އޭރު ޔާއިލްވެސް ނިދައިފިއެވެ. މާޒިންވެސް ނިދަނީއެވެ.

..

އާދައިގެ މަތިން ކޮފީތަށި ހިފާލައިގެން ޔާއިން ޓެރެހަށް ދިޔައީ ޔައިނާ އިންނާނެކަމަކަށް ނޫނެވެ. ދޮރު ހުޅުވާލީ މަޑުންކަން އެއީ އޭނާގެ ނަސީބެވެ. ޔައިނާ އިންގޮތާއި އިންތަން ފެނި ކުރީގެ އެތަކެއް ހަނދާނެއް އާލާވެގެންދިޔައެވެ. ތަފާތަކީ އެންމެ ތަންކޮޅެކެވެ. އެ ދިގު އިސްތަށިގަނޑެވެ. ނިއުޅާލާފައި އޮންނައިރު އެ ހިމަތޮޅިއެއްހެން ހުންނަ ހަށިގަނޑުވެސް ފަހަތުން ފޮރުވާލެވޭހޭ ބޯކޮށް ދިގުކޮށް އިންނަ އިސްތަށިކޮޅު، މިހާރު އެއިނީ ކޮނޑާއި ހަމާއަށެވެ. ޔާއިންގެ ހިތުގައި ޖެހުނެވެ. މިއަދު އެންމެ ފުރަތަމަ ހުޅުމާލެއަށް ދިޔަވަގުތުވެސް އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ޔައިނާއެވެ. ނަމަވެސް ޔައިނާއަށް ނުބަލަން އޭނާ މަސައްކަތްކުރީއެވެ. އެހެނީ އެ ގުޅުމުގެ ސަބަބުން އެ ދެވެނީ މާޒިންއަށް އަނިޔާއެކެވެ. މާޒިންކޮށްދިން ކަންތަކުގެ ބަދަލަށް އެދެވެނީ ހިތާމައެކެވެ. ޔާއިން ފުން ނޭވައެއް ލަމުން ކުރިންވެސް އޭނާ ލައްގަނެލައިގެން އިންނަ ފާރުގައި ލައްގަތެވެ. ލައިޓްއާއި ނިވައިވެފާ އިނުމުން އޭނާ ނުފެންނާނެކަން ޔަޤީނެވެ. ޔައިނާގެ ގިސްލުމުގެ އަޑު އިވެންފެށުނެވެ. ކޮންމެ ހަރަކާތަކުންވެސް ޔާއިން އަދި ޔައިނާގެ ލޮލު ކުރިމައްޗަށް ސިފަވަމުންދިޔައީ އެހިތި ރެއެވެ. އުފާވެރިކަމާއި އެއްވަރަށް މުޅިއުމުރުގެ ހިތި އަނިޔާދިން އެރެއެވެ. ކުށްވެރިއެކޭ ކިޔާ ހިތް ހަލާކު ކުރަމުން ދިޔަ ބަސްތަކުން މިންޖު ވެވުނު ރޭ ވެގެން ދިޔައީ އެ ލޯބިންވެސް މިންޖުވާން މަޖުބޫރުވި ރެއަކަށެވެ.

ޔައިނާ އެރޭ އަމިއްލައަށް ކޮންޓްރޯލްކޮށްލިއެވެ. އޭނާއަށް މިހާރު އެއްވެސް މީހެއްގެ ބޭނުންނުވާފަދައެވެ. އޭނާ ތެދުވެފައި ދެލޯ ފޮހެލަމުން ހިނގައިގަތެވެ. ޔާއިން ތަންކޮޅެއް ބޮޑަށް އަނދިރިގަނޑުތެރެއަށް ވަނުމުން ޔައިނާއަށް އޭނާ ނުވެސްފެނެއެވެ. ޔައިނާ ދޮރު ހުޅުވާލުމާއި އެކު އެރުނީ ސުމާގެ ކުރިމައްޗަށެވެ. ސުމާއަށް ރީއްޗަށްވެސް ޔައިނާގެ މޫނުފެނުނެވެ. ޔައިނާ ސުމާއަށް ހިނިތުންވުމެއް ދެމުން ފަހަތަށް އިޝާރާތްކުރީ އޭނާ ކުރިކަންތަށް ހަނދާންކޮށްދޭ ފަދަ ގޮތަކަށެވެ. އޭނާގެ އެހީއަކަށް އެދުނު އިރު އެ މަންމަ މަޑުންހުރިކަން ހަނދާންކޮށްދޭފަދަ ގޮތަކަށެވެ. ސުމާގެ ހިތުގައި ޖެހުނެވެ. ޔައިނާ އެއްޗެއް ނުބުނެ ފައިބައިގެން ދިޔައެވެ.

ސުމާ ޓެރެސްއަށް އެރިއެވެ. ދެހިތް ގުޅި ލާމެހުނުވަގުތު އެ ދެހިތް ވަކިވީ އޭނާ ގެ ކުރިމަތީގައެވެ. އެ ދެހިތަކީވެސް އޭނާގެ ލޯބިވާ ދެ ލޮލުގެ ނޫރެވެ. ސުމާ ފެނުމުން ޔާއިން ކޮފީތަށި ހިގައިގެން ގޮސް ފަހަތުން ސުމާގެ ގައިގާ ބައްދާލިއެވެ. “މަމްމް! މިތާ ކީއްކުރަނީ؟” ޔާއިންނުވާ ކަމަށް ހަދާލާފައި އެހިއެވެ.

“ހަމަ އައިސްލީ، ދަރިފުޅު ކޮފީ ބޮންތަ ރޭގަނޑު؟ ކުރިއަކުން ނުބޮއެ..” ސުމާ ބުނެލީ ހަމަޖެހިލަމުންނެވެ. “ހުމްމް، މަމް ދިޔައީމަ އެ އާދަވެސް ހިފީއޭ… ހިނގާ އެތެރެއަށް، މަމް މިތަނަށް އަންނަތަން ފެނުނީމައޭ މި އައީ…” ޔާއިން ދޮގެއް ހަދާލަމުން ސުމާ ގޮވައިގެން ފޭބިއެވެ. ޔައިނާއަށް ވާނެވަރު އޭނާއަށް އިނގެއެވެ. ނަމަވެސް ސުމާ އަމިއްލަ ނަފްސް ކުށްވެރިކުރުވާކަށް ޔާއިން ބޭނުމެއްނުވެއެވެ.

….

ދާދި ދެދުވަސްތެރޭ ޔާއިލްގެ ސުކޫލުގެ ކަންތަށް ހަމަޖެހިގެންދިޔައެވެ. މާޒިންއާއި ސުމާގެ ވަޒީފާވެސްމެއެވެ. އަންނަހަފްތާ ޔާއިލް ދާންޖެހޭއިރު ސުމާމެން މިހާރުވެސް ތިބީ ނުދެވިފައެވެ. ޔައިނާ ދިޔައީ އޭޑީކޭއިން އޭނާއަށް ވަޒީފާއެއް ހުސްވޭތޯ ބަލަމުންނެވެ. އެކަން އެކަކަށްވެސް ނޭނގެއެވެ. އެރޭ ސުމާއާއި ކުރިމަތިލެވުމުން އިތުރަށް ޔައިނާ އެތަނަށް ދާން ނެހެދީ ދެރޭ ތިންރޭ ކޮށްލުމަށްފަހު ދާށެވެ. އޭރުން ސުމާ އެތަނަށް ނާންނާނޭ އޭނާ ހިތަށްއެރިއެވެ. މާޒިން ރެޑީވެގެން ހަވީރު ޑިއުޓީއަށް ނިކުތެވެ. ސުމާ ޖެހެނީ މާދަން ދާންށެވެ. އޭރު ޔާއިންވެސް ވީ ގޮހެވެ.

….

ހަފްތާއެއްފަހެވެ. ޔައިނާ ތައްޔާރު ވަމުންދިޔައީ އޭނާއަށް އިންޓަވިއު އަށް ކިޔުމައި ގުޅިގެންނެވެ. މަންމަ މެން ކައިރި އޭނާ ވަޒީފާ އަދާކުރާނީ އޭޑީކޭގައި ކަން ބުނާނީ އަދި ތަންކޮޅެއްފަހުންނެވެ. އޭނާ ކޮންމެހެން އެކަން އަންގަން ބޭނުންނުވީއެވެ. ފައިލް ނަގައި ކުޑަ ހޭންޑް ބޭގް އަޅުވާލަމުން ޔައިނާ ނިކުތެވެ. ޔައިނާ ތައްޔާރުވެލައިގެން ހުރިތަން ފެނި ސުމާ ސުވާލުކުރިއެވެ.. “މިދަނީ އިންޓަވިއު އަށް…” ޔައިނާ ބުންޏެވެ. “ކޮންތާކަށް؟” ސުމާ ސުވާލުކުރިނަމަވެސް ޔައިނާ ހިނގައިގަތެވެ. ސުމާ ހީކުރީ ޔައިނާ ކަންތަށްކުރާނީ އޭނާ ބޭނުންވާގޮތަށެވެ. ކާރުގައި އިނދެފައި ބުނިގޮތުންވެސް އޭނާ އޭޑީކޭއަށް ނުވަންނާނޭ ސުމާ ހިތަށްއެރިއެވެ.

ޔައިނާ ބޮދަބޮދައިގެން ކަހަލަ ގޮތަކަށް ހޮސްޕިޓަލަށް ވަނީ ޔާއިންއާއި މާޒިން ވީ މިތާކަން އިނގޭތީއެވެ. އިންޓަވިއު ކޮށް ނިމުނުއިރު އެންމެންހެން ތިބީ އޭނާ ގެ ޕާރފޯރމެންސް އާއި މެދު ވަރަށް ހިތްހަމަޖެހިފައެވެ. ބޭނުންވިކަހަލަ މޮޅު ޑޮކްޓަރެއްގެ ސިފަ އޭނާގެ ހުރިއިރު އެކަން ވަރަށް ރަނގަޅަށް ޔައިނާ އަދާކުރާނެކަން އެމީހުންނަށް ޔަޤީންވިއެވެ. “އޯ މައި މައި….. ތީ ޑރ. ސުމާއާއި މާޒިންގެ ދަރިފުޅުތަ؟” ފައިލް ލައްޕާލަމުން އޭގައި އޮތް މަންމައާއި ބައްޕަގެ ނަންފެނި އޭނާ ސުވާލުކުރިއެވެ. ޔައިނާ ބޯޖަހާލީ ހިނިތުންވެލާފައެވެ. “އަނހަ، ކިހާ ރަނގަޅު، މުޅި އާއިލާ މިތާނގައި، ރަނގަޅުވާނެ އަމިއްލަ ކްލިނިކް އެއް މިހާރު އޯޕަން ކުރަން، 4 މީހުންވެސް އެންމެ މުހިންމު 4 ދާއިރާގައި ތި އުޅެނީ…” އޭނާ ބުންޏެވެ. އެމީހުން ސީދާ ނުބުންޏަސް އެ 4 މީހުން ތެރޭ ޔާއިންވެސް ހިމަނާލީކަން ޔައިނާއަށް އިނގެއެވެ.

“އެކަމް، އިޓްސް އަ ސަޕްރައިޒް.. އަޅުގަނޑު ބޭނުމެއްނޫން މަމް އޯރ ޑޭޑް އަކަށް އިނގޭކަށް، ބޭނުމީ ސަޕްރައިޒް އެއް ދޭން….” ޔައިނާ ބުނެލީ އެމީހުން ސުމާމެން ކައިރި  ބުނެފާނެތީއެވެ. “އޯހް.. ޔަޤީނެއްނު، އެންމެން ކިހާ އުފާވާނެ، މާދަން ހެނދުނު އޮންނަ މީޓިންގައި ޔައިނާގެ އިތުރަށް ދެތިން އާ ޑޮކްޓަރުން އެންމެންނަށް ތައާރަފްކުރެވޭނެ، އެވަގުތު މީޓީންގައި މަންމައާއި ބައްޕައާއި ބޭބެވެސް ހުންނާނެއެއްނު، އެމީހުން ސަޕްރައިޒް ވާނެ އޭރަށް..” އެމީހާ ބުންޏެވެ. “ސޯ ވެލްކަމް ޓު އޭޑީކޭ މިސް ޔައިނާ، އަދި ބުނަން… މާދަން ޝާރޕް އެޓް 9 މީޓިންގް ރޫމްއަށް އިނގޭ… ނައު ޔޫ ކޭން ގޯ.. ކޮންގްރޭޓްސް..” އޭނާ ފައިލް ޔައިނާއަށް ދިއްކޮށްލަމުން އެހެން ބުންޏެވެ. ޔައިނާ ހީލާފައި ޝުކުރު އަދާކުރަމުން ނިކުތެވެ. ހަމަ ކުރިންހެން އެކިތަންތަނަށް ބަލަމުން ޔައިނާ އޭޑީކޭއިން ނިކުތީ ޔާއިންމެންނަށް ނުފެނުމަށެވެ. ނަސީބަކުން އެއިން މީހެއްގެ ކުރިމައްޗަކަށް ނޭރެއެވެ.

ޔައިނާ އުފަލުން ފޮޅުނެވެ. ވަޒީފާ ލިބުނުކަމަށްޓަކައި ޝުކުރުކޮށްލެވުނެވެ. މަންމަ ސުމާ ފަދައިން މިއީވެސް އޭނާގެ ޑްރީމް ޕްލޭސް އެކެވެ. މަންމަމެންގެ ހުވަފެން ސީދާކުރެވުނު ކަމަށްޓަކައި ޔައިނާ އުފާވިއެވެ. ނަމަވެސް އެ އުފާއަކީ ހިތުތެރޭ އޮންނަ އެއްޗެކެވެ.

….

އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ޔައިނާ ތައްޔާރުގެން ނިކުތް އިރު ޔާއިންއާއި މާޒިންއާއި ސުމާވެސް މިއަދު ތިބީ ދާން ތައްޔާރުވެގެންނެވެ. އެމީހުން ސައިބޮއެ ނިމެތީވެ ޔައިނާ އަވަހަށް އެތެރެއަށް ވަނީ އެމީހުން ނިކުތީމަ ދާންވެގެންނެވެ.

“ނޭނގެ،  އަހަރެން ހިތެއް ނުބުނޭ ޔަނާ އޭޑީކޭއަކަށް ވަދެފާނެކޭ، އިއްޔެ އިންޓަވިއު އަށް ދިޔަ، ނުބުނި ކޮންތަނެއްކަމެއް….. އައީމަ ސުވާލުކުރީމަވެސް ނުބުނެ ދިޔައީ.. އަހަރެން ނުބުންޏަސް މާޒިންއަށް އިނގެއެއްނު އޭނާގެ ގޮތް..” ސުމާ ބުނެލީ މާޒިން ޔައިނާގެ ވާހަކަ އެހުމުންނެވެ. ޔާއިން ކުޑަކޮށް ހިމޭންވިއެވެ. ޔައިނާ އަބަދުވެސް އިންނަ ގޮނޑިއާއި ދިމާލަށް ބަލައިލެވުނެވެ. އޭނާ އެންމެ ބޭނުންވާ ކިރުތަށީގެ އިތުރަށް ކާތަށިވެސް އެތާ ހުއްޓެވެ. ނަމަވެސް އޭނާއެއް ނެތެވެ. އޭނާ އިނަސް މިހާރު އޭނާ އިންނަހެންނެއް ހިއެއްނުވެއެވެ. އެތަށްކަމެއް މިހާރު ވަނީ ބަދަލުވެފައެވެ. “ހުމްމް، އެކަމް އަހަރެންވެސް އުއްމީދުކުރިން އޭނާ އޭޑީކޭއަށް ވަންނަން އެކަމް އޭނާއަކަށްނު އިނގޭނީ އޭނާ ވަންނާނެ ތަނެއް..” މާޒިން ފަރުވާކުޑަކޮށްލަމުން އެހެން ބުންޏަސް އޭނާ ދެރަވިއެވެ. ލޯބިވާ އަންހެން ދަރިފުޅާއި ދެމެދު އޮތް ބޮޑު ފާރު  އެޅީވެސް އޭނާ އަމިއްލަ އަތުންނެވެ.

ޔައިނާ އެނދުމަތީ އިނދެ އިރު އިރުކޮޅާ ގަޑި ބަލާލައެވެ. ކަންވީގޮތުން ސައިބޯންވެސް ނީދެވޭނެއެވެ. އެހެންނޫންނަމަ އޭނާއަށް ލަސްވާނެއެވެ. ސުމާމެން އެންމެން ދާން ޖެހޭތީ އެއް ކާރަކަށް އަރައިގެން ދާން ނިންމަމުން ނިކުތެވެ. އެމީހުން ގެއިން ނިކުމެވޭނެ އިރުކޮށްފައި ޔައިނާވެސް ނިކުތެވެ. އަދި ސުމާ އޭނާއަށް ތައްޔާރުކޮށްފައި ހުރި ކިރުތަށި ބޯލައިގެން ގެއިން ނިކުތެވެ. މަގުމަތި ބަލާލިއިރު މާޒިން ކާރު ފެންނަންވެސް ނެތުމުން ހިތްހަމަޖެހިލާފައި ޔައިނާ ޓެކްސީއަކަށް އެރިއެވެ.

 

މީޓިންގް ރޫމްއަށް ދިޔައިރު ގަޑިން 05 9 ހިނގައިފިއެވެ. އޭރު އޭނާގެ އިތުރަށް އަލަށް ވަތް ދެކުދިންވެސް މީޓިންގް ރޫމް ކުރިމަތީ ހުރީ އެމީހުންނާއި އިންޓަވިއު ކުރި އަޝްރަފް އާއި އެކުގައެވެ. “މޯރނިން ސަރ..” ޔައިނާ އެމީހުންނާއި އަރާ ހަމަވެފައި ބުންޏެވެ.. އެ ތިން މީހުން ހިނިތުންވެފައި އޭނާއަށް ރައްދު ދިނެވެ. “ސީ އިޓްސް ޓައިމް ލޭޑީސް… ހިނގާ އެތެރެއަށް، އެން ޔެސް ޑރ ޔައިނާ، މަންމަމެން އެންމެން ވީ އެތެރޭގައި އަދި އެމީހުންނަކަށް ނޭނގެ އެކައްޗެއްވެސް، ސޯ ގުޑްލަކް..” އަޝްރަފް އެހެން ބުނުމުން ޔައިނާ އުފަލުން ހިނިތުންވިއެވެ. ސުމާ އާއި މާޒިން އޭނާ އޭޑީކޭއާއި ގުޅޭނެކަމަށް ހީވެސްނުކުރާނެކަން ޔައިނާއަށް އިނގެއެވެ. އެމީހުން މޫނުމަތިން ފެންނާނެ ހިނިތުންވުން މިހާރުވެސް ޔައިނާއަށް ސިފަވަމުންދިޔައެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލްކުރިއެވެ.

އަޝްރަފް ފަހަތުން ތިން މީހުން އެކީ ވަނެވެ. ޔައިނާ އެންމެ ފަހަތުން ވަންނަމުން ހޯދާލީ ސުމާ އާއި މާޒިންއެވެ. އޭރު ސުމާއާއި މާޒިން އާއި ޔާއިން ތިބީ ދާދި އެއްގާތުގައެވެ. އެ ތިންމީހުންގެ ދެލޯ ބޮޑުވިކަން ޔައިނާއަށް އިނގުނެއްކަމަކު އެކަން ފެނުނުކަމަށްވެސް ހެދޭކަށް ބޭނުމެއްނުވެއެވެ. އަޝްރަފް އެތަނުގައި މަސައްކަތްކުރާ އެންމެންނަށްވެސް އެ ތިން އައު ޑޮކްޓަރުން ތައާރަފްކޮށްދިނެވެ. ޔައިނާ ތައާރަފް ކޮށްދިނީ ތަފާތު ގޮތަކަށެވެ. “މިއީ، އޭޑީކޭގައި އެންމެ ގިނަދުވަސްވަންދެން މަސައްކަތްކުރި ބޭފުޅުންގެ ތެރެއިން ދެބޭފުޅުންކަމަށްވާ ޑރ. ސުމާ އަދި ޑރ މާޒިން ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޑރ. އައިމިނަތު ޔައިނާ…..އޭޑީކޭގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އޭޑީކޭއަށް ތިން ކުދިންނަށްވެސް މަރުހަބާ…” އަޝްރަފް އެހެން ބުންޏެވެ. ޔައިނާ ފަހުރުވެރިކަމާއި އެކު އެތާ ކޮށްޅަށް ހުރިނަމަވެސް ސުމާއަށާއި މާޒިންއަށް އެކަން ނުދައްކަން އޭނާ ވަރަށް މަސައްކަތްކުރިއެވެ. އެދިމާ ބަލަން ބޭނުންނުވިޔަސް އޭނާއަށް ބެލުނެވެ. އޭރު ސުމާ އާއި މާޒިން އޭނާއާއި ދިމާލަށް ބަލަން ތިބީ ދެލޮލުގައި ކަރުނަހުރި ހާލުގައެވެ. ޔައިނާ މޫނު އަނބުރާލީ ގަދަކަމުންކަހަލަ ގޮތަކަށެވެ.

“އެހެން އޭނާ މޫނު އަނބުރާލިޔަސް އަހަރެންނަށް އިނގޭ ޔަނާ އަދިވެސް އަހަރެމެން ދެމީހުންދެކެ ކުރިންވާހެން ލޯބިވާކަން..” މާޒިން ބުނެލީ ސުމާގެ އަތުގައި ހިފަހައްޓާލަމުންނެވެ. މިއަދު ޔައިނާ އެދެމީހުން ފަހުރުވެރިކޮށްލައިފިއެވެ. ޔާއިން ނުދައްކަން އިނަސް އޭނާ އިނީ އުފަލުންނެވެ. ޔައިނާ މާޒިންއަށާއި ސުމާއަށްޓަކައި އެވަރު ކޮށްދިނީތީ ޝުކުރުވެރިވިއެވެ. މީޓިން ނިމި އެބަޔަކު އެބައެއްގެ ކެބިންއަށް ދާން ހިނގައިގަތެވެ. ޔައިނާ އެތާ މަޑުކުރަން ބޭނުންނުވާތީ އަވަހަށް އޭނާއާއި އެކު ޖޮއިންކުރި އާ ދެ ޑޮކްޓަރުންނާއި އެކު ނިކުތެވެ. އެހެންކަންތަށްކުރީ  ސުމާ އާއި މާޒިން ފަހަތުން އަންނަކަން އިނގޭތީއެވެ. ތިން މީހުން ނަކީ ވެސް ދާދި އެއް އުމުރެއްގެ ދެމީހުންކަމުން ވާހަކަދެކެވެން ފެށުނެވެ. އަޝްރަފް އެމީހުންގެ ކެބިން އެމީހުންނަށް ދެއްކިއެވެ. ކަންދިމާކުރިގޮތުން އެތަނުން އެއް ކުއްޖެއްގެ ކެބިންވެގެން ދިޔައީ ޔައިނާގެ ކެބިންއައި ޖެހިގެން އިން ކެބިންއަށެވެ.

ޔައިނާ އޭނާގެ ކެބިންގެ އެތެރެ ނުފެންނަ ބިއްލޫރި ދޮރުގައި ލިޔެފައިވާ ނަންކޮޅު ކިޔައިލިއެވެ. “ޑރ. އައިމިނަތު ޔައިނާ..” ޔައިނާ އެތާނގައި އަތް ހާކާލަމުން އެތެރެއަށް ވަނެވެ. ބޮޑު ކެބިންއަކަށް ވެފައި އެތާނގައި އެއްފަޅީގައި އެއް އެނދު އޮތް އިރު އެތަން ކަހާލެވޭ ކަހަލަ ފޮތިގަނޑަކުން ވަނީ ނިވާކުރެވިފައެވެ. އެއީ ޗެކްއަޕް އެއްހަދާއިރު ބަލިމީހާ ބާއްވާ އެނދެވެ. ކުޑަދޮރުތަށް ފޮތިގަނޑަކުން ކަހާލެވިފައި ވާއިރު މޭޒުމަތީ އޭނާއަށް ހާއްސަ އިކުއިޕްމެންޓްތަށް ހުއްޓެވެ. ޔައިނާ އޭނާއަށް ހާއްސަ ގޮނޑީގައި އިށީން ވަގުތު ކެބިން ދޮރުހުޅުވާލަމުން ވަދެގެން އައީ ސުމާއާއި މާޒިންއެވެ. ހަމައެވަގުތު އެދެމީހުންގެ ގައިގާ ބައްދާލާ އުފަލުން ފުންމާލަން ބޭނުންވިނަމަވެސް އޭނާ ހިމޭނުން އިނދެ މޭޒުމަތީ އެއްފަޅިއަކަށް އޮތް ފައިލްއެއް ނެގިއެވެ.

“ދަރިފުޅާ. ޔަނާ! މަންމަ އާއި ބައްޕަ ހީވެސް ނުކުރަން ދަރިފުޅު މިތަނަށް އައިސްދާނެއެކޭ…. ވަރަށް ވަރަށް ވަރަށް އުފާވެއްޖެ…” ސުމާ ބުންޏެވެ. “ކިހިނެއްވީ؟މަންމެން ހީކުރީ ހަމައެކަނި ޔާއިންއަށް ކަމަށްތަ މަންމަމެން އުފާވާނެ ގޮތަށް ކަންތަށް ކުރެވޭނީ، މަންމެން ބޭނުންވާ ގޮތަށް ކަންތަށް ނިންމޭނީ…؟”ޔައިނާ އިސްޖަހާލަމުން އެހެން އެހިއެވެ. ސުމާއާއި މާޒިންގެ ހިނިތުންވުން ފަނޑުވިއެވެ. ޔައިނާ އެމީހުން ކުށްވެރިކުރުން ހުއްޓާނީ ކޮންއިރަކުން ބާއެވެ.

“އެހެނެއް ނޫނޭ… ޔަނާ! އަސްލަށްވެސް ބައްޕައާއި މަންމަ ވަރަށް އުފާވެފައޭ މިތިބީ، ދަރިފުޅު ނުދެއްކިޔަސް ނުބުންޏަސް އިނގެޔޭ ޔަނާ ވަރަށް ލޯބިވާކަން ބައްޕައާއި މަންމަދެކެ..” މާޒިން އެހެން ބުނުމުން ޔައިނާ ދުރަށް ނަޒަރު ހިންގާލިއެވެ.  ޔައިނާ ގޮނޑި އަނބުރާލީ އޭނާގެ ކަރުނަތަށް ފޮރުވާށެވެ. ސުމާ އާއި މާޒިން ކިތަންމެ ދެރަވިނަމަވެސް ހަމަޖެހެލިއެވެ. “ސީ ޔޫ ޔަނާ…..” މާޒިން އެހެން ބުނެފައި ހިނގައިގަތީ ސުމާގެ އަތުގައި ހިފަހައްޓާލަމުންނެވެ. ދެމީހުން ދޮރު ހުޅުވި ވަގުތު ފެނުނީ ޔާއިންއެވެ. ޔާއިން ގެ ދެލޮލުގައި ކަރުނަހުރިކަން ދެމީހުންނަށް ފެނުނެއްކަމަކު އޭނާ ހިނިތުންވެލަމުން އެދެމީހުންގެ ގައިގާ ބައްދާލިއެވެ. “ދެން ހުރީ ޔާލް އޭ ދޯ… މަމް ޑޭޑް.. ރަނގަޅުވާނެ އަމިއްލަ ކްލިނިކްއެއް މިހާރު ފެށިޔަސް ދޯ….” ޔާއިން އެދެމީހުން ގޮވައިގެން ހިނގައިގަންނަމުން ބުނެލީ މަޖަލަކަށެވެ. އެދެމީހުން ހޭންފެށިއެވެ.

108
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެމިލީ…( އެއް ވަނަ ބައި..1 )‎

Next

އެޕާރޓްމެންޓް 4ބީ (ހަވަނަ ބައި)

Next
March 14, 2017

އެޕާރޓްމެންޓް 4ބީ (ހަވަނަ ބައި)

Previews
March 14, 2017

އެމިލީ…( އެއް ވަނަ ބައި..1 )‎

28 Comments

  1. Ryn says:
    March 14, 2017 at 1:42 pm

    Salaam. Maybe tomorrow i will upload one more part ingey.. Hurihaa kudhin ah vx mi part rythi vikamah hykuran. tc ?? ly guys

    1. Naima says:
      March 15, 2017 at 6:54 pm

      Tomorrow adhi naadhey dhw

  2. Mary says:
    March 14, 2017 at 1:49 pm

    Foohi vaahakaeh

  3. Mary says:
    March 14, 2017 at 1:57 pm

    Ryn dhen amillayah amilla vaahaka reehchey kiyaafa comment cobbala kikikiki

    1. ? says:
      March 14, 2017 at 2:08 pm

      Kaaku bunegen tha kaley thi coment kury dhe aiy himeynun nubeyvvigen

  4. Meesh says:
    March 14, 2017 at 2:03 pm

    Maadhan pls pls adhi eh part up kohdheythi!!

  5. Eyna says:
    March 14, 2017 at 2:04 pm

    Nice. Me first

  6. Almaa says:
    March 14, 2017 at 2:12 pm

    Nice

  7. Afaa says:
    March 14, 2017 at 2:13 pm

    Thanks dear

  8. Naxy says:
    March 14, 2017 at 2:22 pm

    Vvvv reethi…. waiting

  9. haw shia shaba shi r says:
    March 14, 2017 at 2:41 pm

    Mashaa Allah v reethi mi part ves, v furihama,dhen e dhemeehun hulhuvaalabala plx,BT ehen ehmen nah sihrun,a run v reethi vaanehen heevey,plx

  10. rain says:
    March 14, 2017 at 2:48 pm

    Beykaaru vaahaka haada haa ginaey.. dhn doctr room ehga viyyaa endheh ovefa fothigandeh hurefa equipments huhnaane kan engeyne kohme myhakah vx. Ehen gothakah sifa kurun genai nama.. dhn yaain aa yainage vaahaka eh ahna nama terus ga.. yaain andiryga filaagen.. yaina defai vahkohgen roan.. dhen mikan mivarah thakuraaru nukoh kihneves ehen gothakah mi demyhun ekaheri kuran vehje ehnnu.. asku molhu myhak liyaa nama my v salhi vahaka akah vaane..

    1. Anonymous says:
      March 14, 2017 at 10:25 pm

      Aslu agree

    2. Anonymous says:
      March 14, 2017 at 10:27 pm

      Yaina roifu. Namaadhu kohfi’ duma roifi : Dr roomah gossip blaaa blaaa mi reethi koh fashui ibaaraa thakun gennanama reethi vees

  11. 9195341 says:
    March 14, 2017 at 2:57 pm

    Vvv reeethi mi part vx waiting for the nxt part

    1. Baby doll says:
      March 14, 2017 at 5:29 pm

      Hehehe number isthihaar kohfatha mi inyyyy????

  12. Ryn says:
    March 14, 2017 at 3:02 pm

    *** This Comment has been removed due to violation of Esfiya rules. ***

    1. Nai says:
      March 14, 2017 at 5:21 pm

      Ekamm still gennan bunaa dhuvahah nugennaathy fooohi

    2. ☺ says:
      March 14, 2017 at 5:51 pm

      This is not ryn.. Ryn kuraa comment innany green kulaiga

  13. Naa says:
    March 14, 2017 at 3:21 pm

    Maadhan morning ga dhw….

  14. Me says:
    March 14, 2017 at 3:24 pm

    AIS ga novey grade 7 eh…. pre schl… grade 1,2 n secondry n higher secondry onnanee….. so ryn… try to write true things abt those things…??

    1. S says:
      March 15, 2017 at 12:29 am

      Vaahaka akee hiyaalee ehcheh…so hiyaalee kannthah dhw himenifa hunnaanee…bodu moya

  15. Shaa says:
    March 14, 2017 at 4:16 pm

    Varah reethi .

  16. ReeXa says:
    March 14, 2017 at 5:16 pm

    Varah varah reethi mi part vx. … obinex to the max

  17. Rash says:
    March 14, 2017 at 6:01 pm

    Varah reethi

  18. Isha says:
    March 14, 2017 at 7:22 pm

    Igone the bad comments they liked the story too much… Varah reethi mi part ves

  19. Aishy says:
    March 15, 2017 at 12:28 am

    Hei Ryn.. Kurinves rynge story’s thah v kiyamey .. Ekam exam fesgigen vaahaka aa dhuru vi gothah mirey mi check kohly. N mi story fenunyma hithah eii salhi vaaney hama.. Ryn ge vyma.. Vvvvv salhi Ingey mi story. Can’t wait.

  20. Nooky says:
    March 15, 2017 at 8:49 pm

    Kobatha next part

Comments are closed.

All Right Reserved!