Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމެންޓް 4ބީ (ހަވަނަ ބައި)

shama shuaib
March 14, 2017
3 Mins Read
44 Views
9 Comments

ފަރްހީންގެ ކުރިމަތީ އެހުރީ ބޮޑު އިސްކޮޅުން ދިގު ވަރުގަދަ ފިރިހެނެކެ. ދޮރު ވެސް ހުރީ ނިޒާމްގެ ފުރަގަހަށް ވާގޮތަށެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތް ބާރަށް ގޮވަމުން ދިޔައެވެ.”އޭ…ކޮބާ ކިހިނެއްވަނީ އެމަންޖެ؟ އަޅެ ރަންގަނޑެއް ނޫންތަ އެއީ…މި ލިބެންޏާ އެމަލުން ފޮނި ބޯލަން ހަމަކިތަންމެ ވަރަކަށްވެސް ލިބޭނެ އިނގޭ” އަތުން ހަރަކާތުން ފައިސާ ދައްކާލަމުން ނުބައި ގޮތަކަށް ނިޒާމް ބުނެލިއެވެ. ނިޒާމް އެހެން ބުނުމުން ފަރްހީން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ހަމަޖެހުމުގެ ގޮތް ދައްކަމުން ކިތަން މެ ވަރަކަށްވެސް ފައިސާދޭނެކަމަށް ބުނެ ފަރްހީން އެގެއިން ނިކުތެވެ.

ގެއަށް ދެވުމާއެކު ފަރްހީން އަށް ރޮވުނެވެ. ޝަމްހާއަކީ ބީރައްޓެއްސަކަސް އެހިތުގައި ވަނީ ކުލުނާ ރަހުމެވެ. އެކުއްޖާ އެތަނުން ސަލާމަތްކުރުމަށް ފަރްހީން އަދި އަމުދުން ބޭނުންވިއެވެ. އެއީ މިރޭ ޝަމްހާ ކިޔާދިން ވާހަކަތަށް ހަނދާންވުމުންނެވެ. ކޮންމެ ދުވަހަކު ފަސް ހަ މީހުން ގެ ޝިކާރަކަށް ޝަމްހާ ވާއިރު އޭނާގެ އެ ދަރިފުޅަށްޓަކާ ހަނު ހުންނަން މަޖުބޫރެވެ. ހުރިހާ ވާހަކަތަށް ހަނދާންވުމާއެކު ފަރްހީންގެ ހިތުގައި ރިއްސާލިއެވެ. ހުރިހާ ހިޔާލްތަކުން ދުރުވެލުމަށް ފެންވަރާލުމަށްފަހު ފަރްހީން ނިދަން އޮށޯތެވެ.

ހޮނިހިރު ދުވަހަކީ އާއްމުކޮށް ފަރްހީންއަށް ބުރަ ދުވަހެއް ނޫނެވެ. ނަމަވެސް މިއަދަކީ ހަމަގައިމުވެސް ބުރަދުވަހަކަށް ވާނެއެވެ. މިއަދު ޝަމްހާން ހުއްޓަސް ނެތަސް ފަރްހީން ޝަމްހާ އެތަނުން ސަލާމަތް ކުރާނެއެވެ. އިނގިހުރެ ޝަމްހާ އެއަނިޔާވެރި މީހުންގެ އަތްދަށުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ފަރްހީން ތައްޔާރުވެލައިގެން ނިކުމެ ޕޮލިސްޓޭޝަނާ ދިމާއަށް މިސްރާބުޖެހިއެވެ. ދަމުން ޝަމްހާން އަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު އަންނަނީ ކޮންދުވަހަކުންތޯ ފަރްހީން ސުވާލު ކުރިއެވެ. “ފަރް. މި ހަފްތާ އެއްކޮށް މިކޮޅުގަ ހުންނަނީ..ބައްޕަ ވަރަށް ބަލި. އައި އެމް ވެރީ ކޮންފިޔުޒްޑް…ވާ ގޮތެއްވެސް ނޭނގެ. ލަންކާއަށް ދާންކަމަށް މިއުޅެނީ….” ފަރްހީންވެސް ހިތްވަރުގެ ދެތިން ބަހެއް ބުނުމަށް ފަހު ފޯނު ބޭއްވިއެވެ. އޭރު ފަރްހީން ހުރީ ޕޮލިސްޓޭޝަން ދޮރުމަތީގައެވެ.

ފުން ނޭވާއެއް ލުމަށްފަހު ފަރްހީން ޕޮލިސްޓޭޝަން ތެރެއަށް ވަނެވެ. އޭރު ފަރްހީންމެންނާ އެއްކޮށް ސްކޫލް ދައުރުގައި އުޅުން ކުއްޖަކު އެތާއިނެވެ. ފަރްހީން ފެނުމުން ހީލުމަށްފަހު ވީ ކީއްތޯ އޭނާ ސުވާލު ކުރިއެވެ. އަނެއްކާވެސް ފުން ނޭވާއެއް ލުމަށްފަހު ފަރްހީތެދު ތެދަށް ހުރިހާ ވާހައެއް ކިޔައިދިނެވެ. ދެންދިޔައީ މަޝްވަރާގެ ވަގުތުކޮޅެކެވެ. އަދި ވަރަށް ފުރިހަމަޔަށް ހުރިހާކަމެއްވެސް ރާވާލުމަށްފަހު މިރޭން މިރެޔަށް ޝަމްހާ ސަލާމަތް ކުރަން ކަނޑައެޅުނެވެ. ޕްލޭނެއް ހެދުމަށްފަހު ފަރްހީންވެސް ވަރަށް ހިންހަމަޖެހިގެން ހުރެ ގެއަށް ދިޔައީ މިރޭ ކުރަން ރޭވި ކަންތައްމަތިން ހަނދާން ކުރަމުންނެވެ. ފަރްހީން ކިތަންމެ ޖެހިލުންވެ ހާސްވެފައި ހުރިނަމަވެސް ބޭއިންސާފުން އަންހެންކުއްޖަކަށް އެފަދަ ބޮޑު އަނިޔާއެއްލިބޭތަން ދެކެން ބޭޏުން ނުވާތީ އެކަން ކުރުމަށް އެއްބަސްވީއެވެ.ގެއަށް ދެވުމާއެކު ވަރުބަލިވެގެން ފަރްހީންއަށް ދާދިފަސޭހަ ކަމާއެކު ނިދުނެވެ.

ޝަމްހާން އަށް ހޭލުވުނީ ހޫނު ވެގެނނެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާފޯވެފައެވެ. ވީގޮތް ރޭކާލަން އިރުކޮޅެއް ނެގިއެވެ. ހޮސްޕިޓަލުގައި ބައްޕަ ބާއްވާފައިވާ އެންދުކައިރީ އިންދާ ނިދުނީއެވެ. ފަންކާ ހުއްޓިފައިވުމުން މާބޮޑަށް ހޫނުވީއެވެ. ސާމްހާން ފަންކާ ރަނގަޅު ކޮއްލަމުން ގަޑި ބަލާލިއެވެ. އޭރު ގަޑިން ހަތަރު ގަޑި ބައިވަނީއެވެ. ޝަމްހާން ހަނދާންވީ ފަރްހީން މަތިންނެވެ. އަދިވެސް ފަރްހީންއަށް ދިމާވެގެން އުޅޭ ކަމެއް އެނގާވަރެއް ނުވެއެވެ. އެދުވަހުވެސް އަންނަން ޖެހުނީއެވެ. ދެތިން ދުވަސްތެރޭ ބައްޕަ ދޫކޮށްލާނޭ ކަމަށް ޑޮކްޓަރުވެސް ބުނެފައިވުމާއެކު ޝަމްހާން ވިސްނީ ފަރްހީން އަށް ސަޕްރައިޒެއް ދޭށެވެ.

ބައްޕައަށް ނިދިފައިވުމާއެކު ޝަމްހާން ނަރުހުން ކައިރީ ކަމެއްދިމާވެއްޖެނަމަ ގުޅާލުމަށް ބުނުމަށްފަހު ބޭރަށް ނިކުމެލިއެވެ. އަދި ވަރަށް ކުރީގެ ރައްޓެއްސެއް ކަމަށްވާ ޝަރާއާ ބައްދަލު ކޮށްލުމަށް އެގެއަށް ދާން ހިނގައިގަތެވެ. މަގު އޮޅިފައި އިރުކޮޅަކު ހުރުމަށްފަހު އެންމެ ފަހުން އެގެ ފަނުމުން ޝަމްހާންގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި މަޑުން މަޑުން ގޮސް އެގޭ ދޮރުމައްޗަށް ހުއްޓިލިއެވެ. އޭރު ކުނިކަހަން އޮތް ޝަރާ އަކަށް ޝަމްހާން އައިކަމެއް ނޭންގެއެވެ. ޝަމްހާން މަޑުމަޑުން އެތެރެއަށް ވަދެ ޝަރާގެ މެދުހަށީގައި ހިފާ ހިއްލައިލިއެވެ. އެއާއެކު މުޅިތަމުގައި ހިފާލީ ޝަރާގެ ތޫލި އަޑެވެ.

ދުވަމުން ދުވަމުން ޝަރާގެ މަންމަވެސް ނިކުތެވެ. ޝަމްހާން ގަތްލަދުން ޝަރާ ތިރީގައި ބަހައްޓާލިއެވެ. އޭރުވެސް ޝަރާ ހަލޭއްލަވަމުން ގެންދިޔައެވެ. އަދި ތިރީގައި ފައިޖެހުމާއެކު ދުވަމުން ދުވަމުން ގޮސް އޭނާގެ މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ. ޝަރާގެ މަންމަ ހަފީޒާއަށް ޝަމްހާން ފާހަގަ ކުރާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. މަޑުން އެއްޗެއް ނުބުނެ ހުރީ އެހެންވެއެވެ. ޝަރާއަށްވެސް ޝަމްހާން ފެނުމާއެކު ލަދުން އިސްޖަހާލިއެވެ. ދެވަނަ ސިކުންތުގައި ފިހިގަނޑު ނަގާ ޝަމްހާންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ހަފީޒާވެސް ކުރަން ހުރި މަސައްކަތް ކުރުމަށް އަވަސްވެގަތީ މިދެމީހުންގެ ސަކަރާތް އަވަހަށް ނުނިމޭނެތީއެވެ.

ގަޑިން ހަގަޑި ބައެވެ. ފަރްހީން ތުނބުޅިއާ މަތިމަސް ޖެހުމަށްފަހު ތައްޔާރުވެލިއެވެ. އަދި ލޯގަނޑުން އަދިވެސް އެއްފަހަރު އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ވަރަށްފަހުން ފަރްހީން ގަތް ފިރިހެން ބޮޑީސްޕްރޭ ޖަހާލުމަށްފަހު ތިރިއަށްފޭބިއެވެ. އޭރު އިންސްޕެކްޓާރ ކިޔާން އިނީ ފަރްހީންގެ އިންތިޒާރުގައެވެ. އޭނާގެ ކާރުގައެވެ. “ކޮބާ..ނާރވަސް؟؟؟.. ގުޑްލަކް އިނގޭ. އެންޑް ބަރާބަރު ފައިވް މިނއސް. ބީ ރެޑީ” ކިޔާން ފަރްހީންއާ ވާހަކަދައްކާލަމުން ކާރު ދުއްވާލިއެވެ. ކުރިންވެސް ދިޔަ އެޑްރެހަށް ގޮސް ބެލްއަޅާލިއެވެ. ބަރާބަރު ދެ މިނެޓު ތެރޭގައި ދޮރު ހުޅުވުނެވެ. ކުރިމަތީ ހުރީ ނިޒާމްއެވެ. ފަރްހީން އުފަލުން ހީލިއެވެ. މިޒާމް ވެސް އެ ހީލުމުގައި ބައިވެރި ވެލީ އެހެން މާނައެއް ނެގިގެންނެވެ.” އަނހާ!!! ކޮބާ މާ ބޮޑަށް ސަޅީ ދޯ….ފައްކާއެއްޗެކޭ އެއީ….ވަދޭ ވަދޭ” ފަރްހީން އަވަސް އަވަހަށް ކުރިން ރޭވސެސް ވަތް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ފަރްހީން ފެނުމާއެކު ޝަމްހާވެސް ދުވެފައި އައިސް ފަރްހީންގެ ގައިގައި ބައްދާލީ ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ.

ބާރުއަޑުފައްގަނޑަކާއެކު ބޮޑު ދޮރު ވައްޓާލެވުނު އަޑު އިވުނެވެ. ޝަމްހާއަށް ބިރުން ފަރްހީންގެ ގައިގައި ބާރަށް ބައްދާލިއެވެ. ފަރްހީން ހަމަޖެހުމަށް ބުނުމުން ޝަމްހާއަށް މިއީ ފަރްހީން ކުރާކަމެއް ކަން އިނގުނެވެ. ދެމީހުންވެސް ބާރަށް ބަޔަކު ވާހަކަ ދައްކާތީ ނިކުތެވެ. އޭރު ހަތަރު ފުލުހުން ތިއްބެވެ. ޝަމްހާއަށް އުފަލުން ރިޮވުނެވެ. ސަތާރަ އަހަރު ވަންދެން ކުރި ދުއާ އިޖާބަ ކުރެއްވުމުން ޝުކުރުގެ ސަޖިދައެއް ޖަހާލިއެވެ. ކުއްލިއަކަށް މުޅިތަނުން ކަރަންޓު ކަނޑައިގެން ދިޔައެވެ. ރޮމުން ރޮމުން ޝަމްހާގެ ކުޑަދަރިފުޅު ދުވެފައި ނިކުތީ ބިރުންނެވެ. އެންމެންގެ ސަމާލުކަން އެވަގުތު ސަމާއަށް ހުއްޓުނުއިރު ނިޒާމްވެސް އެވަގުތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއެވެ.

ކަރަންޓުއައީ ފުލުންގެ ދެމީހަކު ވެގެން މަސައްކަތް ކުރުމަށްފަހު ފަސްވަރަކަށް މިނެޓުފަހުންނެވެ. އެންމެންގެ މޫނުމަތިންވެސް އެވަގުތު ފެނުނީ ހާސްކަމާ ކަނބޮޑުވުމެވެ.

ނުނިމޭ…

(މިބައި ތަންކޮޅެއް ކުރުކަންވެސް އިނގޭ..އިންޝާ ﷲ ދެން އެހެނެއް ނުވާނެ. އަސްލު ނުގެނަސްދެވި އެހާ ގިނަ ދުވަސް ވީމަ ހަމަ ގެނސް ދިނީ މި ލިޔެވުން ވަރަކަށް…ބުރާސްފަތި ދިވަހަށް އިންތިޒާރު ކޮށްލައްވާ.. 3>)

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އިންތިޒާރުގައި ހުރިން (14)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން…

Next
March 15, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން…

Previews
March 14, 2017

އިންތިޒާރުގައި ހުރިން (14)

9 Comments

  1. Meemi says:
    March 14, 2017 at 11:22 pm

    Dhen nugen naane kamah hykoh gen hutta thi up kury. keeve las v.

  2. shau says:
    March 15, 2017 at 1:46 am

    Varah reethi up nukuraane kamah heekuree.thanks lahun viyas up kohdheythee

  3. Maree says:
    March 15, 2017 at 8:49 am

    vvv reethi mi baives

  4. Imagination says:
    March 15, 2017 at 2:13 pm

    As i told.. Vaahaka dhehkumuge mubaaraai nimen dhen madu kohlli. And dhen laheh ves nuvaane hama. Week aku two genas dheynan.. Thanks guys ??

  5. Nusy says:
    March 15, 2017 at 3:00 pm

    Salhi

  6. Mary says:
    March 15, 2017 at 5:26 pm

    Alhey neyva hifahahttaigen huhhta thi ninmaaly. Vvvvvvv nice and thanxxx a lot dear.

  7. Shu says:
    March 15, 2017 at 8:36 pm

    Thursday ga vaane thankolheh dhigu kuran ingey……vvvvv reethi mi part

  8. Hhhhh says:
    March 15, 2017 at 10:26 pm

    Alhey varah inthizaaru kurin
    Finally up thikohdhiny
    Thnks
    ????

  9. imagination says:
    March 16, 2017 at 1:22 am

    thanks alll..??

Comments are closed.

All Right Reserved!