Skip to content
އެސްފިޔަ

ޒެވިއަން 16

“ކޮން ރުއިމެއް ރޯކަށްތަ އެއިން؟ މަށަކަށް ނުބުނެވޭތަ އަވްލީން ގާތަކު 10 ނުނިމެނީސް ތިކަމާ ނޫޅޭށޭ؟ ތިހުރީ ރައްޓެހިވީމަ ވާގޮތް. ޗީ! އަދި އަވްލީންއަށް އެންމެ 12 އަހަރޭ” އާކިން ހުރީ ވަރަށް ރުޅިއަހިސްފައެވެ. އެވަގުތު ދެބަފައިންގެ ވެސް ސަމާލުކަން ހޯދީ ފަހަތުން އިވުނު ބާރު އަޑުފައްގަނޑުންނެވެ. އޭރު ކަނޑާ ވައްޓާލީ ރުކެއްހެން މާޝާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. “މާޝް!!”

އަވަސްގޮތުގައި މާޝާ ހޮސްޕިޓަލަށް ގެންދެވުނެވެ. އާކިންއާއި އެކު އަވްލީންވެސް ދިޔައެވެ. “މާޝާގެ އެހީތެރިޔާ؟” ނަރުސްކުއްޖަކު ގޮވާލީއަޑަށް އާކިންއާއި އަވްލީން ގޮސް ނަރުސް ކުއްޖާ ގާތުގައި ހުއްޓުނެވެ. “ލައްބަ. މިއީ މާޝާގެ ފިރިމީހާ.. އަޅުގަނޑުގެ އަންހެނުން ކިހިނެތްތޯ؟” އާކިން ހާސްވެހުރެ އެއްސެވެ. ނަރުސްކުއްޖާގެ ޖަވާބާއި އެކު އާކިންގެ ހިތްތެޅިގަތެވެ.

“މާޝާ ބަނޑުބޮޑު. ބަނޑަށް 6 ހަފްތާ” ހިނިތުންވެލާފައި ނަރުސްކުއްޖާ ބުނެލިއެވެ. “މިހާރު އަޅުގަނޑު އަންހެނުން ކިހިނެތްތޯ؟” އާކިން އެއްސެވެ. “މިހާރު އޯކޭ. މާބުރަކޮށް މަސައްކަތް ކޮއްފައި ކަމަށް ބެލެވެނީ. ބެޑް ރެސްޓް ވަރަށް މުހިއްމު” އެކުއްޖާ ބުނެލިއެވެ. އާކިން ބޯޖަހާލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ނިދަން އޮށޯވެ އޮތް ނުހާ ދިޔައީ ފޯނު ހާވަމުންނެވެ. ޒެވިއަން ނިދާފައި އޮތުމުން ނުހާ އޮތީ ފޫހިވެފައެވެ. މެހެކްގެ ހަބަރެއްވެސް ނެތުމުންނެވެ. “ހެއީ..” މެހެކްގެ މެސެޖާއި އެކު ނުހާ ދިޔައީ ސިއްސައިގެންނެވެ. “ވަޓް ހެޕެން؟ ކިހިނެތްވީ ދިޔައީ؟” ނުހާ މެސެޖު ކޮއްލިއެވެ. “މިމީއަށް އެނގިއްޖެ.. ނޫ އުޅެނީ ޒެވްއާއި ރައްޓެހިވެގެންކަން.. އިޓްސް އޯކޭ. މިމީ ތިދެމީހުންދެމެދަކަށް ނުވަންނާނަން.. އައި ވިޝް ޔޫ ބޯތް ދި ބެސްޓް. މިމީ ހީކުރަން މިގުޅުމަށް މިކަމުން ހުރަސް ނޭޅޭނެކަމަށް. އިންޝާ ﷲ މިމީ މޫވް އޮން ކުރާނަން..” މެހެކްގެ މެސެޖު ކިޔާލާފައި ނުހާއަށް ހިނިތުންވެވުނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ވަގުތުގައި މާޝާ ގެއަށް ގެނެވުނެވެ. “ކޮބާތަ ލީން؟” އެނދުގައި އޮށޯވެލަމުން މާޝާ އެއްސެވެ. “ކޮޓަރީގަ އޮބޮތް” އާކިން ބުންޏެވެ. “އައި އަންޑަސްޓްޓޭންޑް ޔޫއާރް މޭޑް.. އެކަމަކު.. މިހާރު ލީންއަށް އެއްޗެހި ކީވިއްޔާ ލީން ވާނީ ހައްތަހާ ގޯހެއްނުން؟ ހަމައެކަނި ފޯނު އަތުލާފަ ބޭރަށް ދިޔުން ހުއްޓުވައިގެން ލީން ރަނގަޅެއް ނުވާނެއްނުން؟ މާޝް ބޭނުން ލީންއަށް ވާހަކަ ދައްކަން. ދޭބަ ލީން ގޮވައިގެން އަންނަން. އަހަރެމެން 3 މީހުން ވާހަކަ ދައްކަން” މާޝާ ބުނެލިއެވެ.

“ޓޮއް ޓޮއް” ދޮރުގައި ޓަކި ޖަހާލި އަޑަށް އެނދުގައި ބަނޑުން އޮތް އަވްލީން އެނބުރި ފަހަތް ބަލާލިއެވެ. “އާދެބަ” އާކިން ބުންޏެވެ. އަވްލީން ބޯޖަހާލާފައި އާކިން ފަހަތުން ދިޔައެވެ. އިސްޖަހާލައިގެން ހުރެ އަވްލީން ގޮސް މާޝާ ގާތުގައި އިށީނެވެ.

“ކިހާ ދުވަހެއް ވެއްޖެ؟” އަވްލީންގެ އަތުގައި ހިފާލަމުން މާޝާ އެއްސެވެ. އެއާއި އެކު އަވްލީން ރޯންފެށިއެވެ. “2 އަހަރު.. މަންމާ.. ޕްލީޒް. އަޅުގަނޑާ ނައުއާއި ދުރުނުކުރޭ. ޕްލީޒް. ލީން ވަރަށް ލޯބިވޭ ނައޫދެކެ” މާޝާގެ އަތަށް ބާރުކޮށްލަމުން މާޝާ ބުނެލިއެވެ.

“އެއީ އަސްލު ކޮން ކުއްޖެއްތަ؟” މާޝާ އެއްސެވެ. “އެއީ ލީން ކްލާސް ކުއްޖެއް. ނައުހާން ކިޔަނީ..” ދެލޯ ފުހެލަމުން އަވްލީން ބުންޏެވެ. “ދަރިފުޅާ. މަންމަ ގަބޫލުކުރަން ލޯއިތްބަކީ ބާރުފޮރުވޭނެ އިހްސާސްއެއް ނޫންކަން. އެކަމަކު ދަރިފުޅު ތިއީ އަދި ކުޑަކުއްޖެކޭ. އަދި މަންމައަށް މާއަވަސް ހަމަ.. އެކަމަކު މަންމަ ނުބުނާނަން ތިކަން ހުއްޓާލާކަށް. އެކަމަކު.. އަދި މަޑުކޮށްލާށޭ މަންމަ ބުނަން މިއުޅެނީ” އަވްލީން އަތުގައި ފިރުމާލަމުން މާޝާ ބުނެލިއެވެ. އަވްލީން ފުންނޭވާއެއް ދޫކޮށްލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

މެންދުރުގެ ވަގުތެވެ. “ހައިބިސްކަސް” ގޭގައި ޒެވިއަން، ނުހާ، އަލާޔާ، އައިޒިން އަދި ޔަލާން ތައްޔާރުވަމުން ދިޔައީ 5 ކުދިންވެގެން ނޫޑުލްސް ކެއްކުމަށެވެ. ތަފާތު އެކި ވާހަކަތަކުގައި ކުރިހާކުދިންތަށް ސަކަރާތް ޖަހަމުން ދިޔައެވެ. 5 ކުދިން އެކުގައި މަމީ ނޫޑްލްސް ގަނެގެން އަހިސް ކެއްކުމަށް ތައްޔާރުވާން ފެށިއެވެ. ނުހާއާއި އަލާޔާ ނޫޑްލްސް ކެއްކުމަށް އެނބުރުނު އިރު ޒެވިއަން، ޔަލާންއަދި އައިޒިން ދިޔައީ ގޭގައި އިންނަ ބާބަކިޔު ސަރަހައްދަށް ސޮސެޖާއި ކުކުޅު ފިހަންށެވެ.

ނުހާއާއި އެކު ފިޔާ ފިލުވާކޮށަން ފެށި ނުހާގެ ދެލޮލުން ވަރަށް އަވަހަށް ކަރުނަ ފޭދުނެވެ. “އަޅޭ ހާދަ އަވަހަކަށް ތިރޮވުނީ؟” އަލާޔާ ހީލާފައި އެއްސެވެ. އެއާއި އެކު އަލާޔާއަށް ހެވުނެވެ. ހަމަ އެވަގުތު ޒެވިއަން ބަދިގެއަށް ވަނެވެ. “ލާޔާ ދޮންތި ކީއްތަ ކުރީ މަގޭ ބޭބީއަށް އަޅެ” ނުހާ ކައިރީ ހުއްޓިފައި ޒެވިއަން އެއްސެވެ. “ކަލޭގެ ބޭބީގެ ހާޓް ބްރޭކް ކޮއްލީނުން؟” އަލާޔާ ހީލާފައި ބުންޏެވެ. “ކާކު؟” ޒެވިއަން އެހެން އެހި އިރު އަޑުގައި ރުޅިވެރިކަންވެސް ވިޔެވެ. “ސާބަސް ސަންފާ. މިހިރަ ފިޔާ އެތި އެކުއްޖާ ރޮއްވާލީ” އަލާޔާ ބުންޏެވެ. އެއާއި އެކު ޒެވިއަންއަށްވެސް ހެވުނެވެ.

“ކޮންމެހެން ނޫއަށް މަލާމަތް ކުރާނެ ކަމެއް ނެތޭ. ނޫ. ތި ފިޔާތަށް ފިލުވާފަ އިރުކޮޅަކު ފެން އެއްޗަކު ބާއްވާލާފަ ކޮށާބަ. އޭރަކުން ނުރޮވޭނޯ” ޒެވިއަން ބުންޏެވެ. “ކާކު ދައްކާ ވާހަކައެއްތަތި؟” އަލާޔާ ކަޅި އަޅާލާފައި އެއްސެވެ. “ފައިވް މިނިޓްސް ކްރާފްޓްއޭ ކިޔާ ބޭފުޅާ ދަންނަންތޯ؟” ޒެވިއަން ހީލާފައި ގޮސް އައިސްއަލަމާރީގައި އިން ފިރޯށިމިރުސް ތަށި ހިފައިގެން ނުކުތެވެ.

“ގާލް ޔޫ ސޯ ލަކީ. ހީ އިޒް ސޯ އޮބްސެސްޑް” ޒެވިއަން ނުކުތުމުން އަލާޔާ ތުންކޮޅު އޮޅާލަމުން ބުންޏެވެ. “ހަހަ އައިޒިން ނޫޅޭތަ އެހެންނެއް؟” ނުހާ އެއްސެވެ. “ނޫޅެޔެކޭނޫން. އެކަމަކު ޒެވް އުޅޭ ގޮތަކަށް ނޫޅޭ ވިއްޔާ” އަލާޔާ ބުންޏެވެ. ނުހާ ހީލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. aanaa

    Masha allah mi partt vs vrh reetgiii
    Whatttt masha preg eyyyyy😳..expect vs nukuran.congra….
    yesss mehek ok vehje ekm vrh heevy lilia knmvs kmh kuraanhnnn..assuvs nuhaa vrh lucky xev kahala bf eh libunyma.
    shihaaaa im soo curiouss fahu vaane gotheh neyngeythyyyy…when next????tc lyyy❤

    1. shihaamaa ali
      aanaa

      jazaakallah khairan
      hahahahaha SURPRISE >.<
      hehe balamaa dhww dhen vaa goi next ep soon in sha allah lytt

  2. Maash

    Heyyyy shiherrr.. Mi part vx vrh reethi maasha allah.. Aww zev and nuhaa ulhey goi haadha cute eyy.. Avly ekam hedhi goii dhw.. Omg she is 10 yrs old when she started dating.?? What the helll😭 congrats to maasha hehe.. Lyssm darling 💜🦋

    1. shihaamaa ali
      Maash

      heyyyy maaashhh
      jazaakallah khairan loab
      yup weird ekm this generation ga kudhin ulhey goi dhww hama eiii :(((
      congrats to u lol >.<
      ilyyyttt darls

  3. Shaf_maan

    Mi put vx vrh reethi
    Maasha Allah
    Waiting for the next one
    Tc
    Lysm dear

    1. shihaamaa ali
      Shaf_maan

      jazaakallah kharain dear
      ilyt

  4. gurrrl_8

    Mashallah 🥰
    Mi part ves vrhh reethi
    Mehek n mikiyal gulhuvahchhe
    They both aa made for each otherr
    N btw zev is so caring
    I also want ekahala bf ehhh 🥰
    Ahhahaha
    N avleen ah ves visneyne nama dhww
    N keep it up oki
    Lots of luv 🥰🥹

    1. shihaamaa ali
      gurrrl_8

      jazaakallah khairan dearr
      hehe in sha allah one day libeyne hehe
      lots of love from me, tooo

  5. Your fav bab

    Luv this part 💗💗💗
    Hope mehek wouldn’t hold any grudges n truly move on
    Alhe avleen at the age of 10?? Unbelievable🤦‍♀️
    Hama serious koh ves nuha ah libunee gold bf eh who is always obsessed with her n acting as if he’s her shadow 🤣🤣🤣
    I like the fact u up these parts recently!!
    for that tysssm
    Lysssm

    1. shihaamaa ali
      Your fav bab

      jazaakallah khairan dearr
      hehe yess dhw balamaa mehek hama move on kureythww
      haha ikrrr 😭🙈💕
      jazaakallah khairan again hehe
      lyttt

Comments are closed.