އެކްޓަރ (ޕާޓް 19)
ލަޔަކް އެއްޗެކޭ ނުބުނެ ލިލިއަންގެ އަތުގައި ހިފައިގެން އެތެރެއަށް ދެމިގަތެވެ.އެ މަންޒަރު ފެނިފައި ވަރަށް ހިތްވަރު ކޮށްގެން އިން ޝާއީއަށް އަނެއްކާވެސް އިތުރަށް ރޮވުނީއެވެ.ޝާއީއަށް ރޮވޭވަރުން ލަޔާލީ ހިތްދަތިވެގެން އައި ގޮތަށް އައިސް ޝާއީގެ ގައިގައި ބައްދައިލިއެވެ.ޝާއީވެސް ލަޔާލީގެ ގައިގައި ހިފައިގެން ފައި އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ހިތް ފުރެންދެން ރޯލިއެވެ.އެމަންޒަރު ބަލަން ކިތަންމެ އުނދަގޫވި ނަމަވެސް އަހަންނަށް ހުންނަން ޖެހުނީ ހަމަ ދުރުގައި ބަލާށެވެ.
****
ޝާއީ ހަމައަކަށް އެޅުމުން އަހަރެމެނަށް ގެއާއި ދިމާލަށް ދާން ނުކުމެވުނުއިރު އެއްގަޑި ބައިވާން އުޅެއެވެ. ޝާއީ ގޮސް ލަޔާލީގެ ސައިކަލު ފަހަތަށް އެރިތަނަކާއިހެން އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ބިރެއް ފެނިގެން ބަލައިލިހެން ލަޔާލީ އަހަންނާއި ދިމާލަށް ބަލައިލިއެވެ.ފޯނަށް އަރާފައި އިން ނަން ފެނިފައި އަހަންނަށް ވެސް ބަލައިލެވުނީ ލަޔާލީއާއި ދިމާލަށެވެ.
****
’އަނޫ އެ ގުޅަނީ…‘ އަހަރެންް ބުނެލީމެވެ. ޝާއީއާއި ލަޔާލީގެ މޫނުމަތިން ހާސްކަން ފާޅުވެލިއެވެ.އަނޫކްގެ ގޮތް އެނގޭތީ އަހަންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ.އަދި އަމުދުން ޝާއީއާއި ބެހޭ ކަމެއްވީމާ އަނޫކް އެނގެން ބޭނުންވާނެކަންވެސް އަހަންނަށް އެނގެއެވެ.
****
’ޒައިފް ކައެ ކޮންތާކު…؟ ‘ އަހަރެން ހަލޯއޭ ބުނެލި އިރަކަށް އަނޫކް ސުވާލު ކޮށްލި ގޮތުން ހީވީ އެއްޗެއް އެނގިގެން އަހައިލިހެންނެވެ.
’ބޭރުގަ… އިރުކޮޅަކުން މިދަނީ…‘ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
’މަށަށް ހޭލެވިގެން ކައެ ފެންނަން ނެތީމަ ވަރަށް ހޯދައިފިން…ގޭގަ ނެތްކަން ޔަގީންވީމަ މި ގުޅީ.ކުޑާވެސް ނެތް ގެއަކު…ކުޑާ ރޫމް ކައިރީ ފައިވާނެއް ނެތް.. ވަރަށް ގުޅައިފިން ކުޑާއަށްވެސް…ނުނަގާ ފޯނެއްވެސް.. މާމަ ވަރަށް ހިތްހަމަ ނުޖެހޭނެ ކުޑާ މިގަޑީ ބޭރުގަ އުޅެންޏާ….އޭ….ކައެ ތިއުޅެނީ ކުޑާ ގޮވައިގެން ދޯ…ބަލާބަލަ ވަގުކަލޭގެ. މިސް މީހުންގެ ބިޓުން ގޮވައިގެން‘ އަނޫކްގެ ރާގުގަނޑު ކުއްލިއަކަށް ސަމާސާ ރާގަކަށް ބަދަލުވިއެވެ.
’ހޫނ ސާބާސް ފަހުން ދެން ތި ވާހަކަ ދައްކާނީ…‘ އަހަރެން އަނޫކް އަނގަ ގަދަ ކުރިޔަ ނުދީ ފޯނު ބޭއްވީ ޝާއީ ހުރީ އަހަންނާއި އެކުގައިކަން ނުސީދަލަށް އަނޫކްއަށް އަންގައި ދީފައެވެ.އަހަރެމެން މިރޭ ހިންގައިލި ޖަރީމާ އެންމެ ފަސޭހައިން މަތި އެޅޭނީވެސް އޭރުން ކަމަށްވާތީއެވެ.ޝާއީގެ ކަމެއްވީމައި ލަޔާލީވެސް އަނޫކް ގާތުގައި އެވާހަކައެއް ނުދައްކާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބަ އޮތެވެ. އެނޫނީ އަނޫކްއަށް އެކަން އެނގޭ ހިސާބުން މައްސަލަގަނޑު ވަރަށް ބޮޑުކޮށް ލާނެކަން އަހަރެމެން އެންމެނަށްވެސް އެނގެއެވެ.
****
ޝާއީ ގެއަށް ލާފައި ލަޔާލީ އަހަރެން ބަލައި އައެވެ.ސައިކަލު ފަހަތަށް އެރިތަނަކާއިހެން ލަޔާލީ ކޮށްލި ސުވާލަކުން އަހަރެންް ދިޔައީ ސިހިގެންނެވެ.
****
’ޒައިފް… ޒައިފް ލައިކްވޭދޯ ޝާއީއާ…؟‘ ލަޔާލީ އަހައިލިއެވެ.ބުނާނެ އެއްޗެއް ނޭނގި އަހަރެންގެ އަނގަ ބަންދުވީއެވެ.
’ދެޓް ސައިލެންސް އިޒް އިނަފް ފޮރ އެން އާންސާ…‘ ލަޔާލީ ކުޑަކޮށް ހީލިއެވެ.
’ކި… ކިހިނެއް ލަޔާލީ އަށް އެނގުނީ…؟‘ އަހަރެން އަހައިލީމެވެ.
’އޮހް ކަމޯން ޒައިފް…އިޓް ވޯޒް ސޯ އޮބްވިއަސް… އެކަން ފާހަގަވީ ލަކީއަށް އެކަންޏެއް ނޫނޭ… ދަ ވޭ ޔޫ ލުކް އެޓް ހާރ…އިޓްސް އިނަފް ޓު ޓެލް ހައު ޔޫ ރިއަލީ ފީލް އެބައުޓް ހާރ… އައިނޯ ޔޫ އަރ އަ ގުޑް ޕާރސަން… އެން ޝީ ޑިޒާވްސް ސަމްވަން ލައިކް ޔޫ… ބަޓް ނައު ޝީ ހޭޒް ހާރ ގާޑްސް އަޕް…އެކަމަކު ޒައިފް އެކަމާ އުޅެން ހުރިއްޔާ އަހަރެންް މިހުރީ ހެލްޕްކޮށްދޭން… އަހަންނަށް ޒައިފްއަށް ޓްރަސްޓް ކުރެވޭތީ މިވާހަކަ މިރޭ މިދެއްކީވެސް…އައި ނޯ ޔޫއަރ ލީވިން ސޫން…އެންޑް ޔޫ ގައިޒް ޑޯންޓް ހޭވް މަޗް ޓައިމް ޓުގެދަރ….ބަޓް ތި ކަހަލަ މީހަކާ ކަމް އެކްރޮސްވާނީ މަދު ފަހަރެއްގަ…އައި ޖަސްޓް ވޯންޓް ހާރ ޓުބީ ހެޕީ ޔުނޯ… އެންޑް ވަޓް ލަކީ ޑިޑް ޓު ހާރ… އިޓްސް އޯފުލް‘ ލަޔާލީ ވަރަށް އަސަރާއެކު ބުނެލިއެވެ.
****
ގެއާއި ހަމައަށް ދެވެންދެންވެސް ލަޔާލީ ވަރަށް ވާހަކަ ދެއްކި އެވެ. އަހަރެމެން ވަކިވީ މިރޭގެ ހާދިސާ އަހަރެމެން ތިން މީހުންގެ މެދުގައި ބާއްވައި، އެކަން އަނޫކްއަށް ސިއްރުކުރަން އެއްބަސް ކިޔައިފައެވެ.އަނޫކް ބޭރަށް ނުކުމެ ހުރެދާނެތީ ޖެހިލުންވެގެން ލަޔާލީ އަހަރެން ބޭލީވެސް ގެއާއި ތަންކޮޅެއް ދުރަށެވެ.
****
އަހަރެން އައިސް ކޮޓަރިއަށް ވަނުމުން އަނޫކް ވައި އަޑުން އަހަންނާއި ދިމާކުރަން ފެށިއެވެ.ނަޔާންއާއި އައްޒާމު ނިދާފައި ތިބުމުން އަހަރެން އަނޫކްއާއި ކޫސަނި ޒުވާބު ކުރާކަށް ނުހަދަމެވެ.އޭނާ ބޭނުން ގޮތަކަށް ހީ ކޮށްލައިގެން އޮންނާށޭ ކިޔައި، އަހަރެން އަރާ އޮށޯތީއެވެ.
****
ޖެހިގެން އައި ދުވަހު އަނޫކްގެ ކަމަކަށް އޮތީ އަހަންނާއި ޝާއީ އާއި އަޅުވާ ކިޔުމެވެ.ހެނދުނު ސައިބޯން ސުފުރާ މައްޗަށް އަރާފައި ވެސް މާމަ ލޮލުކޮޅަށް ގެއްލުނީ އޭނާގެ އެ ބަނދިވަރު އެ ފެށްޓީއެވެ.ޝާއިވެެސް ފުރަތަމަ ހުރީ ދެލޯ ބޮޑުވެފައެވެ. އެހެނަސް އޭނާވެސް ހަގީގީ އިހުސާސްތައް ފަރުދާ ކޮށްލުމުގެ ގޮތުން އަނޫކްއަށް ދޫ ނުކޮށް ޖަދަލު ކުރަން ފެށިއެވެ. އެހެނަސް އަހަރެން ހުރީ ގަތް ލަދުން ޝާއީ އާއި ދިމާލަށް ބަލައިލަންވެސް ނުކެރިފައެވެ. އަނޫކް އެ ކިޔާ އެއްޗަކުން އަޅެ ދެން ޝާއީ ހީކުރާނީ ކީކޭ ހެއްޔެވެ؟ ނަޔާންއާއި އަައްޒާމުވެސް އަހަންނާއި ދިމާލަށް ބަލަ ބަލާފައި ވަގު ވަގަށް ތިބެގެން ހެއެެވެ.
****
’ކަލޭމެން ދެމީހުން ތިހާ ވަގަށް އުޅެ އުޅެފައި ސަޔަށް ކާޑު ފޮނުވާނީހެން ދެން މަށަށް ހީވަނީ…ކުޑާ ދެ ފިރިން ހުއްދައެއް ނުވާނެ އެނގޭ…އެ ލަކި ގަނޑު ނޫނީ މި ޒައިފް…‘ އަނޫކް ޝާއީ އާއި ދިމާކުރަންވެގެން ބުނެލިއެވެ.
****
’ހޫނ ކިއެއްތަ…ސަޔަށް ކިއްޔާ އަނޫ އަންނާނެކަން ޔަގީން ވިއްޔާ…ދޯ ޒައިފް…؟‘ ‘ ޝާއީ އަހަރެން ބައިވެރިކޮށްލިއެވެ.ހައިރާންވީ ވަރުން އަހަރެންގެ އަނގަ ހުޅުވުނެވެ.
’އޭ ކަލޯގަޔާ…ހަމަ ސީރިއަސްކޮށްތަ؟ ކޮބާ އެ ލަކި މިހާރު ކެޓީތަ؟‘ އަނޫކް ސީރިއަސްވެފައި އަހައިލިއެވެ.
’ހޫނ އޭނަ އޮޅާބަލަ ދެން… އެކަންތައް ނިމިއްޖެއޭ…‘ ޝާއީގެ އަޑުގައި ހުރި ރިހުން ފޮރުވަން އޭނާ މަސައްކަތް ކުރިކަން އެ މޫނުމަތިން އަހަންނަށް އެނގުނެވެ.
’ވަޓް…ހަމަ ސީރިޔަސްކޮށް ނިންމާލީތަ…ވައި؟‘ އަނޫކްގެ ސުވާލު ގިނަވިއެވެ.
’ދެން އެވާހަކަ ބާއްވަބަލަ…ކަމު ނުދާތީ އެއްނު ނިމޭނީ.‘ ޝާއީ ގަޔާނުވެފައި ބުނެލިއެވެ.
’އޯކޭ އޯކޭ… މަ ބުނީ އެހެންވިއްޔާ ދެން މި މޮޔަގަނޑު ކަމުދޭތަ؟‘ އަނޫކް ދެން ދިމާކޮށްލީ އަހަންނާއިއެވެ.އަހަަރެން ވަގުތުން ކަޅިއަޅައިލީމެވެ.
’ސާބަސް އިނގޭ އަނޫ…‘ ޝާއީ އެންމެ ފަހުން ބުނެލިއެވެ.
****
އަނޫކް އެގޮތަށް ދިމާ ކުރަން ފެށި ފަހުން ޝާއީގެ ސިއްރު ނަޒަރުތައް އަހަންނަށް އަމާޒުވާކަން އަހަންނަށް ފާހަގަ ކުރެވެން ފެށިއެވެ.ލަޔާލީވެސް އެކަން ފާހަގަ ކުރެވިގެން އެވާހަކަ އަހަރެން ގާތުގައި ދެއްކި އެވެ.ސީދާ ސީދަލަށް ނުބުންޏަސް އަނޫކްވެސް އެހުރީ އަހަންނާ ޝާއީއާއި ތަތްކުރުވަން ހިފާލައިފައިކަން އޭނާ ކިޔާ އެއްޗެހިންނާއި,އުޅޭ ގޮތުން އަހަންނަށް އެނގުނެވެ.
****
ނަތީޖާއެއްގެ ގޮތުން ޝާއީއާއި އަހަރެންގެ ގުޅުންވެސް ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ރަނގަޅު ވަމުންނެވެ. އެހެން ގޮސް އަހަރެމެން ފުރަން ހަފްތާއަކަށް ވީއިރު އަހަރެންގެ ދިރިއުޅުމުގެ ގިނަ ވާހަކަތައްވަނީ އޭނާއާއި ޙިއްސާ ކޮށް ނިމިފައެވެ.ހަމައެކަނި ނުބުނެވި އޮތް ވާހަކައަކަށް އޮތީ އަހަރެންގެ ހިތުގައި ޝާއީއަށްޓަކައި އުފެދިފަވާ ވަރުގަދަ ޖަޒުބާތުގެ ވާހަކައެވެ.އާއެކެވެ. އަހަންނަށް ޝާއީ ދެކެ އިންތިހާއަށް ލޯބި ވެވުނު ވާހަކައެވެ. ޝާއީވެސް ފަހުން ފަހުން އައިސް އެއްގޮތަކަށްވެސް ލަޔަކްގެ ވާހަކައެއް ނުދައްކައެވެ. ލަޔާލީގެ ފަރާތުން އޭނާ އެ ލިލިއަންއެއް ގޮވައިގެން ޔޫކޭއަށް ފުރި ޚަބަރު ލިބުނެވެ.އެއީވެސް ހެޔޮ ފާލެއް ކަމަަށް އަހަރެން ނިންމީމެވެ.
****
އަހަރެން އަނޫކްއާއި އެ ހުރިހާ ވާހަކައެއް ހިއްސާ ކުރުމުން އޭނާ ފެންކަޅިވި ތަން އަހަރެން ދުށީމެވެ. ހީވީ އޭނާ އެކަމަށް އުންމީދު ކޮށް ކޮށް ހުއްޓާ އަހަންނަށް އެވާހަކަ ދެއްކުނީހެންނެވެ.
****
’ދެން ވެސް ލަސް ނުކޮށް ބުނޭ..‘ އަހަރެންގެ ކޮނޑުގައި ޖަހާލައިފައި އަނޫކް ބުނެލީ އެހެންނެވެ.އޭނާގެ ފުލް ސަޕޯޓު އޮތްކަން އޭނާ ސާބިތުކޮށްދިނެވެ.
****
އަހަރެން ދެން ގުޅީ ލަޔާލީއަށެވެ.އަހަރެންގެ އެ އެދުމަށް އިޖާބަ ދީ،އަހަންނަށްޓަކައި ހުރިހާ ކަމެއް އިންތިޒާމުކޮށްދޭން އޭނާ އެއްބަސްވީ އުފަލުން ހުރެއެވެ. އަހަންނަށް ލަޔާލީއަށް ޝުކުރު އަދާ ކުރެވުނީ ކިތައް ފަހަރުކަމެއްވެސް ނޭނގެއެވެ.އޭނާގެ އެއްބާރުލުން ނުލިބުނުނަމަ އެކަންތައްތައް ހަމަޖައްސާކަށް އެހާ ފަސޭހައެއްވެސް ނުވީހެވެ.
****
އަހަރެމެން ފުރަން ދެ ދުވަހަށް ވީ ދުވަހު ޝާއީ ގާތުގައި އަހަންނާއެކީ ޑިނާރ އަކަށް ދިޔުމަށް އަހަރެން އެދުނީމެވެ.އިތުރު ސުވާލެއްވެސް ކުރުމަކާއި ނުލާ އޭނާ ވަގުތުން އެއްބަސްވިއެވެ.އެތައް ދުވަހަކަށްފަހު އެ މޫނުން ފުރިހަމަ ހިނިތުންވުމެއް ފެނިގެންދިޔައީ އެދުވަހުއެވެ.އެ މަންޒަރު ފެނި އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބިގެން ދިޔައެެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Mi part vx vrh reethi Masha Allah lamttyyy 💗
you midhuvaskolhu test nagaathee busy v ma ingey cmmnt eh nukurevenee
but baraabarah kiyan ingey hurihaa part thakeh vx
i hope he tells shaaee that he loves herrr
can’t wait for next part
take care lamtty 💗
Hehe it’s okay girl.
Thank you ❤️