Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 06

“އަދި އެއްފަހަރު އައި ރޯލްކޮށްބަ-” މައިރީންއަށް އެހިސާބަށް ބުނެވުނުތަނާހެން އަނެއްކާވެސް ކައިލް ކަޅި އަބުރައިލިއެވެ. އޭރު އޭނަގެ އެކުވެރިންވެސް ތިބީ ކުރިމަތީގައި ނިޔުޅެމުންދިޔަ ޑްރާމާ ބަލާށެވެ. ދެން ފެނުނީ ކައިލް ހަޅޭއްލަވައިގަނެފައި ދަށްބަނޑުގައި އަތް އަޅައިގެން ތިރިވިތަނެވެ.

***ޕާޓް 6***

މައިރީން އެއްމިޔަކަނުން ހީލަމުން އޭނައިން މޭޒަށްގޮސް އޭނަ އޯޑަރު ކުރި އެއްޗެހި ކާންފެށީއެވެ. އޭރު އައިނާ ހުރީ ކުރިމަތިން ފެނުނު މަންޒަރާއި ހެދި އަނގަހުޅުވިފައެވެ. “މައީ އެސޮރަށް ވަރަށް ތަދުވާނޭ.. އެހެން ހަދާކަށް ނުވާނެއެއްނުން..” އައިނާ ވައި އަޑަކުން ބުންޏެވެ. އޭނަ ހުރީ މައިރީން ކަންތައް ކުރި ގޮތުން ހައިރާންވެފައެވެ. “މިހާރު ހުންނާނީ ވިސްނިފަ ރަނގަޅަށް..” މައިރީން ކަޅި އަނބުރައިލަމުން ބުންޏެވެ. އައިނާ މަޑުމަޑުން އޭނަގެ ނިތުގައި އަތް ބާއްވައިލިއެވެ. “ޔޫ ނޯ ހީ ކޭން ސޫ ޔޫ ފޯރ ހަރާސްމެންޓް ރައިޓް؟” އައިނާ ބުންޏެވެ. “އެންމެ ފުރަތަމަ ކަމަކަށް އޭނައާއި އޭނަގެ އެކުވެރިންގެ ގާތު ބުނިން ރީއްޗަށް ސިނގިރޭޓް ބޯން އެހެންތާކަށް ދާށޭ.. އަޑުނޭހީމަ އެހެން އެވީ..” ހަށަން ބަނދެލަމުން ގޮތް ދޫ ނުކުރާ ކަހަލަ ގޮތަކަށް މައިރީން ބުންޏެވެ. އައިނާ މަޑުމަޑުން ބޯ ހޫރުވައިލިއެވެ. އޭނައަކަށް މައިރީންގެ އަނގައިން ކުރި ނުލިބޭނެކަން އެނގުމުން އެ ޒުވާނާއަށް ހަމްދަރުދީއާއިއެކު ބަލައިލުމަށްފަހު ކާން ފެށިއެވެ.

އޭރު ކައިލް އިނީ ގޮޑީގައި އިށީނދެގެންނެވެ. އޭނަގެ މޫނަށްވަނީ ރަތްކުލަ ވެރިވެފައެވެ. އޭނަގެ ގާތު ތިބި އެކުވެރިން ތިބީ ހިނިގަނޑު ހިފައްޓައިލައިގެންނެވެ. “އަދި މާފަށްވެސް އެދުނީއެއް ނޫނޭ.. ކޮންކަހަލަ އާދަމު ދަރިއެއްތަ އެއީ..” ދަތްކުނޑިވިކައިލަމުން މޭޒުގައި ބޯއަޅައިގެން ހުރެ ކައިލް ކުދިކިޔައިގަތެވެ. އޭނަގެ އެކުވެރިއެއް ކަމުގައިވާ އަލްޔާން ހިތްވަރު ދިނުމުގެ ގޮތުން އޭނަގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ޔޫ އޯކޭ ބަޑީ؟” އަލްޔާން ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ސުވާލުކޮށްލިއެވެ. “ކޮން ބަޑީއެކޭ ކިޔާކަށް މަށަކަށް.. އެ އަންހެނާއާއި ހުރެ މަށަށް ދަރިން ލިބޭނެކަމެއްވެސް ނޭނގެ..” އަލްޔާންގެ އަތް ރުޅިވެރިކަމާއިއެކު ފޮޅުވައިލަމުން ކައިލް ބުންޏެވެ. އެހެން ހަމަލާއެއް ކުރިމަތިވުމުގެ ކުރިން ކައިލްގެ ކޮނޑު މަތިން އަލްޔާން އަތްނެގިއެވެ. އޭނައާއިއެކު ތިބި މީހުންވެސް އޭރު ދިޔައީ ހެމުންނެވެ.

އޭގެ އަނެއް ދުވަހެވެ. އެލާރމްގެ އަޑަށް ކައިލްއަށް ހޭލެވުނެވެ. އޭރު އޭނަގެ މަންމަ ދޮރުގައި ތަޅާ އަޑުއިވެއެވެ. “މަންމާ ހޭލާފީމޭ..” ހާ ފުރެލަމުން ކައިލް ބުންޏެވެ. “ތައްޔާރުވެގެން އަވަހަށް އާދޭ ސާއިބޯން..” އަރީޝާ ބުންޏެވެ. ކައިލް އާއެކޭ ބުނުމަށްފަހު އެނދުގައި އިށީނދެލިއެވެ. އޭރުވެސް އޭނަގެ ދަށްބަނޑުގައި ކޮންމެވެސްވަރަކަށް ރިއްސަމުން ދިޔައެވެ. ކުރިން ރޭ ވީ ކަންތަކުގެ ހަނދާންވުމުން އޭނަގެ ކަޅުކަންގަދަ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ތުވާލި ހިފައިގެން ފާހަނައަށް ވަދުނެވެ. ހެނދުނުގެ ވަގުތުގެ ފިނިކަން ގަދަ ފެނުން ފެންވަރައިލިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް ތާޒާވެގެން ދިޔައެވެ. ތުވާލި އޮޅައިލައިގެން ހުރެ ނިކުމެ ކޮޑުގައި އަޅުވައިފައިއިން ފުލުސް ޔުނީފޯރމްލިއެވެ. އެއަށްފަހު އޭނަގެ ކުރު އިސްތަށިކޮޅު ރީތި ސްޓައިލްއަކަށް ފުނާ އަޅައިލިއެވެ. ޑްރެސިންޓޭބަލްމަތީ ހުރި ފިރެހެން ސެންޓެއް އޭނަގެ ގަޔަށް ބުރުވައިލިއެވެ.

ތައްޔާރުވެ ނިމިގެން އޭނަ ކޮޓަރިން ނިކުމެ ކާގެއަށް ވަދުނެވެ. އޭނައަށް ފުރަގަސްދީގެން ސައިހަދަން ހުރި މަންމަ ފެނުމުން ލާނެތް ހިނިތުންވުމެއް ކައިލްގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. ސިއްރުސިއްރުން އައިސް ފަހަތުން އަރީޝާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އަރީޝާ ސިހިފައި ހަޅޭލަވައި ގަންނަމުން އަތުގައި އޮތް ދޭފަތް ހޫރިވައިލިއެވެ. “މަންމާ އަހަރެންނޭ މީ..” ކައިލް ހެމުން ބުންޏެވެ. އަރީޝާ އޭނަގެ މޭގައި އަތް އަޅައިގެން ހުރެ ކައިލްއާއި ދިމާލަށް ކަޅިއަޅައިލިއެވެ. “ތިކަހަލަ ކަންތައް ކުރާކަށް ނުވަނެއެއްނުން.. މަންމަ ދިޔައީ ސިއްސައިގެންނޭ..” ބޯހޫރުވައިލަމުން ނުރުހުމުގެ ރަގަކަށް އަރީޝާ ބުންޏެވެ. އެއާއެކު ކައިލް މަޑު ފުށްކޮޅަކަށް ބަދަލުވިފަދައެވެ. “ސޮރީ މަންމާ.. ދެން އެހެނެއް ނަހަދާނަން..” ކައިލް ކަންފަތުގެ ފޫޅުގަނޑުގައި ހިފައިލަމުން މައުސޫމު ގޮތަކަށް ބުންޏެވެ. އަރީޝާ ފުންނޭވާއެއްލިއެވެ. “ހޫން ހެވޭ.. މަންމަ ދަރުފުޅަށް މާފުކޮށްފިން.. ދެންވެސް އަވަހަށް ކާން އުޅޭ..” އަރީޝާ ބުންޏެވެ. ކައިލްދެކެ ވާލޯތްބެއްގެ ސަބަބުން އަރީޝާއަށް ކައިލްދެކެ ރުޅިއައިސްފައި ހުރެވޭނީ ކުޑަ އިރުކޮޅަކަށްށޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.

މައިރީން ލޯފާރމްއަށް ވަދެގެން އައިއިރު ޒައިޝް ހުރީ މައިރީންގެ އޮފީހުގައެވެ. ޒައިޝްއަށް މައިރީން ފެނުމުން ލުއި ހިނިތުންވުމެއްދެމުން ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. “އަހަރެން އެކޮޅާއި ކޮންޓެކްޓްކޮށްލާފިން.. އެކޮޅުން ބުނީ މިއަދު އަޔަސް މައްސަލައެއް ނެތޭ.. މައިރީންގެ އެހެން މަސައްކަތެއް ނެތިއްޔާ ބްރޭކްގެ ކުރިން ފުލުސް އޮފީހަށް ގޮސްލަށްޗޭ..” ޒައިޝް ބުންޏެވެ. “ލައްބަ ސާރ..” މައިރީން ގޮޑީގައި އިށީންނަމުން ބުންޏެވެ. “ރިމެމްބާރ ފޯނު ރިކޯޑަށްލާން.. އަހަރެންނަށް ރަނގަޅީ ރިކޯޑް ކުރާ އެއްޗެއްވެސް ގެންދަން..” ޒައިޝް މައިރީންއަށް ހަނދާންކޮށްދޭ ފަދައަކުން ބުންޏެވެ. މައިރީން ބޯޖަހައިލިއެވެ.

މައިރީން އޭނަ ނިންމަން ޖެހިފައި ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ގަޑި ބަލައިލިއެވެ. ބްރޭކަށް ދާން އަދި ގަޑިއިރެއް އެބައޮތެވެ. އެހެންކަމުން މައިރީން އޭނަގެ ހޭންޑް ބޭގަށް ފޮތަކާއި ގަލަމެއްގެ އިތުރުން ރިކޯޑިން ޑިވައިސްއެއް ދަބަހަށްލިއެވެ. އޭނަ ލޯފާރމްއިން ނިކުތުމަށްފަހު ޓެކްސީއެއް ނެގިއެވެ. ޑްރައިވަރަށް އޭނަ ދާން ބޭނުންވާ މަންޒިލް ބުނެދިނުމަށްފަހު ފޮތުގައި އޭނަގެ ހިޔާލަށް އައި ސުވާލުތައް ނޯޓްކޮށްލިއެވެ. ކާރު އޭގެ މަންޒިލަށް ވާސިލްވުމުން ޑްރައިވަރަށް ފައިސާ ދިނުމަށްފަހު މައިރީން ކާރުން ފޭބިއެވެ. ކުރިމަތީގައި ހުރި ޕޮލިސް ބިލްޑިންއަށް ބަލައިލުމަށްފަހު މައިރީން ކުރިއަށް ހިނގައިގަތެވެ.

ރިސެޕްޝަން ކައިރިއަށް ގޮސް އޭނައަކީ ލޯޔަރެއްކަން ހާމަވާ ކާޑާއި ލައިސެންސް ދެއްކުމަށްފަހު އޭނަ އައި ބޭނުން ބަޔާން ކުރިއެވެ. “ތި ކޭސް އާއި މިހާރު ހަވާލުވެގެން ހުރީ އޮފިސާރ ކައިލް.. ސާރގެ ކެބިން ފެންނާނެ ފަސްވަނަ ފްލޯރގެ ރައިޓް ސައިޑްގެ ތިންވަނައަށް..” އެތާނގައި ރިސެޕްޝަންގައި މަސައްކަތް ކުރާ ކުއްޖާ ބުންޏެވެ. އެއާއެކު އެކުއްޖާއަށް މައިރީން ޝުކުރު އަދާ ކުރުމަށްފަހު ލިފްޓަށް އަރައި ފަސް ވަނަ ފްލޯރއަށް ދާން ފިއްތައިލިއެވެ. ކުޑަ އިރުކޮޅަކަށްފަހު ލިފްޓު ފަސްވަނަ ފްލޯރއަށް މަޑުކުރުމުން، މައިރީން ތިންވަނައަށް ކަނާތް ފަރާތުގައި ހުރި ކެބިން ހޯދަން ދާން ހިނގައިގަތެވެ. އެއާއެކު އޭނަގެ ހަށިގަނޑުގައި ކުއްލިއަކަށް މީހަކު ޖެހިގަތެވެ. އެމީހާގެ އަތުގައި ހުރި އައިސް ކޮފީ މައިރީން ލައިގެން ހުރި ކަޅުކުލައިގެ ކޯޓަށް އެޅިގެން ދިޔައެވެ.

“ބަލައިގެން އުޅެ ބަލަ.. ތަނަކަށް ތަދުވިތަ އަނެއްކާ..” ނުރުހުމެއް އެކުލެވިފައިވި އެއަޑު ކުރިން އިވިފައިވި ފަދަ އިހްސާހެއް މައިރީންއަށް ކުރެވުނެވެ. މަޑުމަޑުން އިސްއުފުލައިލުމަށްފަހު މައިރީން އެމީހަގެ މޫނަށް ބަލައިލިއެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނި ކައިލްގެ ދެލޯ މުދުނަށް އެރިފަދައެވެ. ދެ ބުމަގޮށްޖަހައިލުމަށްފަހު، މައިރީންގެ އަތުގެ މުލައްދަނޑީގައި ހިފަމުން ރެސްޓްރޫމް ހުރި ތަނަށް ގެންދިޔައެވެ. މައިރީން އޭނަގެ އަތް ދަމައިގަތެވެ. “ޔޫ؟؟” ކައިލްގެ މޫނަށް އިނގިލި ދިއްކޮށްލަމުން މައިރީން ބުންޏެވެ. “މޮޔަ އަންހެނާ މިހާރު މަގޭ ފަހަތުން މިތަނަށްވެސް އައީތަ؟ ބިޑި އަޅުވައިފަ މިތަނުން ސެލްއަކަށް ވައްދާފަ ބަހައްޓަންވީ ދޯ..” ކައިލް ދަތްކުނޑިވިކައިލައިގެން ހުރެ މައިރީންއާއި ވާހަކަ ދެއްކިއެވެ.

މައިރީން ހުރީ މި ވީ ގޮތުން ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭނަ ހުރީ ހުއްޓުން އަރާފައި ކައިލްގެ މޫނަށް ބަލަހައްޓައިގެންނެވެ. “އޯހް ހެލޯ.. ކަންފަތްވެސް ބީރީތަ؟ މިތަނަށް އައީ ހައްޔަރުވާ ހިތުންތަ؟” މައިރީންގެ ލޯ ކުރިމަތީ ދެ ފަރާތަށް އަތް ހޫރައިލަމުން ކައިލް އަހައިލިއެވެ. “އަހަރެން.. އަހަރެން މި އައީ… އަމް..” މައިރީންއަށް އޭނަ ބުނަން އުޅުން ވާހަކަވެސް އޮޅިގެން ދިޔައީ ކައިލް ރުޅިއައިސްފައި ހުރި ވަރު ފެނުމުންނެވެ. “ކީއްކުރަން އޭނ؟ އަދިވެސް ކަލެޔަށް ކުރެވުނުވަރު ކުޑައީ ތަ؟ ދެން ނޭނގެ ދުވަހަކުވެސް އަހަރެންނަށް ދަރިން ލިބޭނެކަމެއް ކަލެޔާ ހުރެ..” ދެ ބުމަ ގޮށްޖަހައިގެން ހުރެ ކައިލް ބުންޏެވެ. އެއާއެކު މައިރީންގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އޭނަގެ ނަޒަރު ހުއްޓުނީ ރޭގައި އޭނަ ކަކުލުން ކައިލްގެ ހަށިގަނޑުގައި ޖެހި ތަނަށްށެވެ. ކައިލް ދެލޯ ބޮޑުކޮށްލުމަށްފަހު އޭނަގެ އަތުން ފަޓުލޫނާއި ދިމާ ނިވާކޮށްލިއެވެ. “ޔޫ ޓައިނީ ޕަވާރޓް އަދި ބަލައޭ އެބަ..” މައިރީން އަވަސް އަވަހަށް އިސްޖަހައިލިއެވެ. އޭރު އޭނަގެ މޫނު އެއްކޮށް ޓޮމާޓޯއަކަށް ބަދަލުވާން އުޅޭހެން ހީވެއެވެ.

ކައިލްއަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ރިސެޕްޝަންގައި ހުރި ކުއްޖާ އެތަނަށްއައެވެ. އެކުއްޖަ އިސްޖަހައިގެން ހުރި މައިރީންއަށް ބަލައިލަމުން ދެބުމަ ގޮށްޖަހައިގެން ހުރި ކައިލްއަށް ބަލައިލިއެވެ. “މައިރީން މިއީ ކައިލް ސާރ.. ކައިލް ސާރ މިއީ މައިރީން.. ކިޔާރާގެ ކޭސް ނަގައިގެން އުޅޭ ލޯޔަރު..” އެމީހަ ބުންޏެވެ. އެއާއެކު ކައިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މީނަ؟؟ ނޫން.. ނޯވޭ.. ޒީކާން ހަމަ މީނަ ނޫނީ މީހެއް ނެތީތަ މި ކޭސް ބަލަން..” ލިބުނު ހައިރާންކަން ފިލާ ދިޔުމުން ކައިލް ބުންޏެވެ. “އަހަރެން ކިހިނެތްތަ ވީ؟ އަހަރެން ނިންމާފަ ހުރި އެންމެ ކޭސް އެއްވެސް ނިމިފައެް ނީންނާނެ ނާކާމިޔާބީއާއެކީއެއް..” ހަށަން ބަނދެލަމުން ކައިލްއާއި ދިމާލަށް ލޯ އަޅައިލަމުން މައިރީން ބުންޏެވެ.

“ޝްޝް.. މީހާ ކިތަންމެ ކުރުކޮށް ހުއްޓަސް ބޮޑު އަނގައެއް ދެއްވާފަ ހުރެޔޭ ދޯ..” ކައިލް ޖީބަށް އަތް ޖަހައިލަމުން، މައިރީންގެ ހަށިގަނޑު މަތިން ތިރިއަށް ސްކޭންއެއްކޮށްލާ ފަދައިން ބަލައިލަމުން ބުންޏެވެ. “ކޮންނަމެކޭ ކިޔަނީ؟” ކައިލް މަޑުމަޑުން އަހައިލިއެވެ. އޭނަގެ ބޮލުގެ ކަނަކުން މި އަންހެން ކުއްޖާއަކީ ދަންނަ ކުއްޖެކޭ ބުންޏެވެ. “މައިރިން.. ތީ ކައިލް؟ ކިޔާރާގެ..” މައިރީން ދެލޯބޮޑުކޮށްލަމުން ބުންޏެވެ. “ދޮންބެ” މައިރީން ބުނަން އުޅުނު ޖުމުލަ ކައިލް ފުރިހަމަކޮށްލިއެވެ. ކައިލް އިރުކޮޅަކު މައިރީންއާއި ދިމާލަށް ބަލަން ހުރެފައި މޫނު އަނބުރައިލިއެވެ. “މައިރީން މި ކޭސް އާއި ހަވާލުވެއްޖެނަމަ އަހަރެންގެ އެއްބާރުލުން އެއްވެސް ވަރަކަށް މައިރީންއަކަށް ނުލިބޭނެ.. އެހުރީ ވަން ދޮރު އަވަހަށް ނުކުންނަވާ!” ހަރުކަށި ރާގަކަށް ކައިލް ބުންޏެވެ.

ކައިލްގެ ބަސްތަކުން ޒީކާންގެ އިތުރުން މައިރީންވެސް ހައިރާންވިއެވެ. “އެއީ ކީއްވެ؟ ކައިލްއަކީ ކިޔާގެ ދޮންބެއެއްނުން.. ކައިލްއަށް އެނގޭނެ ކިޔާއަކީ އަހަރެންނަށްވެސް ކިހާ މުހިންމު މީހެއްކަން..” ކައިލްއަށް ބަލައިލަމުން މައިރީން ބުންޏެވެ. “އަހަރެން ބުނީ އަހަރެންގެ ފަރާތުން މައިރީންއަށް އެއްވެސް އެހީއެއް ނުލިބޭނޭ.. ކުރާނެ ކަންތައް މަދުވެގެންތަ ތިއުޅެނީ މި ކަމާ ބޯ ނުބޭނިގެން.. އަތުގައި ހިފާފަ ނުނެރެނީސް ހަމަ މިހާރު މިތަނުން ނިކުމޭ..” ކައިލް ހަރުކަށި ރާގަކަށް މައިރީންއަށް ބަލައިލުމެއް ނެތި ބުންޏެވެ. އޭރު އޭނަގެ ދެބުމަވަނީ ގޮށްޖެހިފައެވެ. “ސާރ-” ޒީކާން އެއްޗެކޭ ބުނުމުގެ ކުރިން ކައިލް ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުން އަތް ހިތްލައިލިއެވެ. “އަހަރެން އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.. ޒީކާންއާއެކު އައި މެހެމާނަށް ނުކުންނަންވީ ދޮރު ދައްކާ!” އެހެން ބުނުމަށްފަހު ކައިލް ހިނގައިގަތެވެ.

މައިރީން އައި ރުޅިން ބާރު ބާރަށް ހިނގައިފައި އެތަނުން ނިކުތެވެ. ޓެކްސީއެއް ހުއްޓުވުމަށްފަހު ޓެކްސީއަށް އަރައި ހަމަޖެހިލިއެވެ. ޓެކްސީ ޑްރައިވަރު ކައިރީގައި ދާންވީ ތަން ބުނުމަށްފަހު ސީޓްގައި ބޯޖައްސާލާ ލޯމަރައިލިއެވެ. މައިރީންއަށް ލޯ ހުޅުވައިލެވުނީ ޓެކްސީ ބްރިޖްއެއް ކަހަލަ ތަނެއްގެ މައްޗަށް އަރާ އިހްސާސްވުމުންނެވެ. ދެލޯ ހުޅުވައިލުމަށްފަހު މައިރީން ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ޓެކްސީ ހުޅުމާލެއަށް ދާ ބްރިޖްއަށް އަރަނީއެވެ. މައިރީންގެ ހިތް ބަރާށް ތެޅިގަތެވެ. “ޑްރައިވާ އަޅުގަނޑު ބުނީ ޖަސްޓިސް އެމްވީ ލޯވ ފާރމްއަށް ގެންދަން” ހާސްވެފައި ހުރެ މައިރީން ބުންޏެވެ. މައިރީން ބުނި އެއްޗެއް ޑްރައިވަރު އެނގޭ ކަމެއް ނުހެދިއެވެ. އެއާއެކު މައިރިން ރަނގަޅަށް ޑްރައިވަރާ ދިމާލަށް ބަލައިލިއެވެ. އެއީ ކާކުކަން އެނގުމުން މައިރީންގެ ކަރުގައި ނޭވާ ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. aanaa

    Masha allah mi part vs vrh reethiii
    Mai mnge partt kiyaafa heunu varun mihaar badah vs eba thadhuveyyy…
    Ohhh shiii eiii kaakuuuu????plzz maii ah dhera gthhh nahadhahcheyyyy maashhhh..anehkaa yaadhin tha???immm sooo curious vaane gth neyngeythyyyy….i appreciate ur hard workk.when next???…tccc lyyy maashhhh❤

    1. Maash
      aanaa

      Aww thank you so muchh.. Vrh happy vejje mi part reethi v kan enguneyma.. Hehe same.. Maash vx e part liyun iru hurey hee hee varubali vefa.. Let’s see dhw kaaku kan.. Thanks darll I appreciate ur lovely comment.. Tc love you moreee 💜🦋

  2. shihaamaa ali

    heiii maashhh
    mi part vess varah reethi ma sha allah 💕
    bro kail fakeer-😭😭😭
    i laughed soo hard haha
    and is that yaadhin? omggg cant wait for next eppp
    ilyyyyy

    1. Maash
      shihaamaa ali

      Heyyyy shiherrr..
      Thank you sm darling.. I’m very happy u liked itt.
      Hehe kail dhww 😭😭
      Lets see kaaku kan eii dhw.. Next part insha allah sundayga
      Love you moree 💜🦋

  3. Shaf_maan

    Maasha Allah mi prt vx vrh reethi
    Who is the driver
    So so so curious
    Can’t wait for the next prt
    Sorry for the late comment
    Tc
    Lysm 💜💜💜

    1. Maash
      Shaf_maan

      Thank you darling.. I’m glad u liked ittt💜💜
      You’ll know who it is in the next part..
      Next part insha allah Sunday ga..
      Love you moreee 🦋💜

Comments are closed.