އަރޫޝާ ނުކުމެގެން ދިޔުމުން ޔަޝްއަލް ކޮޓަރި ދޮރު ތަޅުލިއެވެ. އެނބުރި އެނދުގައި އިށީންދެ އަތުގައި އޮތް ސިޓީ އުރަ ހުޅުވާލިއެވެ. އޭގައި ހުރީ ޔަޝާއާއި މާވީގެ ފޮޓޯތަކެކެވެ. އެފޮޓޯތަށް ފެނި ޔަޝްއަލްގެ ދެލޮލުން ކަރުނަ ހިލުނެވެ. “އައިމް ސޮރީ ވީ. ވީއަށް އަހަރެންކަހަލަ މީހަކު ދެކެ ލޯބިވެވުނީތީ ވަރަށް ބޮޑަށް ސޮރީ.. ޔަޝާއަށް އަހަރެން އުޅުނު ކަހަލަ ދިރިއުޅުމެއް ނުދެއްޗޭ…” ރޮމުން ރޮމުން ޔަޝްއަލް ބުނެލިއެވެ.
އެނދުމަތީގައި ފޮޓޯތައް ބާއްވާފައި ޔަޝްއަލް ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ނަފްސަށް ބަލައިލިއެވެ. ޔަޝްއަލްގެ ހަށިގަނޑުވަނީ މުޅިންހެން ރަތްވެފައެވެ. ތަންތަން ކެފިފައި ހުރިއިރު ނޫފައިގަންފައި ހުރި ތަންތަންވެސް މަދެއް ނޫނެވެ.
***
“ޔަޝް ގަޔަށް ކިހިނެތްވެފަތަ މިހުރީ؟” ޔަޝްއަލްގެ ހަށިގަނޑަށް ބަލައިލަމުން މާވީއެއްސެވެ. “އެދެން.. މާބޮޑު ކަމެއްނޫނެއްނުން..” ޔަޝްއަލް ހިނިތުންވެލިއެވެ. “ކަމެއް ނޫނޭ؟ އަޅެ މިހުރީ ހާދަހާ ވަރަކަށޭ ރަތްވެ ނޫފައިގަންފަ. ކިހިނެތްތަވީ؟ ޔަޝް މީހަކާ ފައިޓްއެއް ކުރީތަ؟” މާވީ ޔަޝްއަލްއާއި މެދު ވިސްނާ ވަރުފެނިފައި ޔަޝްއަލްއަށް ހިނިތުންވެވުނެވެ. “އެއީ.. އެއީދެން.. ޓާމް ޓެސްޓުން ފާސް ނުވީމަ.. ހެހެ” ޔަޝްއަލް ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “އެކަމަކު… ހާދަވަރެކޭ…” މާވީ ދެރަވެލާފައި ބުންޏެވެ.
“އަޅޭ. ވީ ރޮނީތަ؟ މިދެން ރޯވަރު ކަމެއް ނޫނެއްނުން؟” މާވީގެ ލޮލުން ކަރުނަ ފެނުމުން ޔަޝްއަލް ބުންޏެވެ. “ރޯވަރު ކަމެއް މިއީ. ޔަޝްއަށް ތިހެން އަނިޔާވީމަ ވީ ދެރަވާނެދޯ؟” މާވީ ނޭފަތްދަމާލާފައި ބުންޏެވެ. ޔަޝްއަލް ހިނިތުންވެލާފައި މާވީގެ ހަށިގަނޑުގައި ބައްދާލިއެވެ.
***
11 މަސް ކުރީގެ އެހަނދާން އައުވުމުން ޔަޝްއަލްގެ މެއަށް ތޫނު ތަދެއް އެރިއެވެ. އެއީ މާވީއާއި ޔަޝްއަލް ބައްދަލު ކުރި އެންމެ ފަހު ދުވަހެވެ. އިހުސާސްތަށް ބޭރު ކޮއްލުމައްޓަކައި ޔަޝްއަލް ބާރަކަށް ހަޅޭ ލަވައިގަތެވެ. ގޮށް މުއްކަވާފައި ކުރިމަތީގައި ހުރި ލޯގަނޑުގައި ޖެހިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ލޯގަނޑުތެޅި އެތަށް މިތަނަށް އޭގެ އެތިކޯކޮޅު ބުރައިގެން ދިޔައެވެ. އޭރު ޔަޝްއަލްގެ އަތުންވެސް ދިޔައީ ލޭއޮހޮރެމުންނެވެ.
ހަވީރުގެ ވަގުތެވެ. ނުހާއާއި ޒެވިއަންގެ ހިތުބާ ކުރެވުން ފާހަގަ ކުރުމައްޓަކައި ދެއާއިލާއިން ކުޑަ ސައެއް ބާއްވާލިއެވެ. ނުހާއަށް 18 އަހަރު ވާދުވަހުން ރަން ކިޔުމުގެ ކަންތައް ހަމަ ޖައްސާ 7 ދުވަސްފަހުން ނުހާއާއި ޒެވިއަންގެ ކައިވެނި ކުރެވެން ހަމަ ޖެހުނެވެ.
ރޭގަނޑުގެ ވަގުތެވެ. އަލާޔާއާއި އައިޒިން ތިބީ “ޔަމީ ބައިޓްސް” ރެސްޓައުރެންޓްގައެވެ. “މްމް ވަރަށް މީރު. ރަހަ ބަލާލަބާ” އަލާޔާ އޯޑަރު ކުރި ބްލޫބެރީ މިލްކްޝޭކްގެ ރަހަބަލާލާފައި އަލާޔާ ބުންޏެވެ. “ޔެސް ވަރަށް މީރު” އައިޒިން ހިނިތުންވެލިއެވެ.
“ލާޔާ މިހާރު ކިޔަވާނެ އެއްޗެއް ޗޫޒް ކޮއްފިންތަ؟” އައިޒިން އެއްސެވެ. “ޔެސް. ލާޔާވެސް ބޭނުމީ މަންމަހެން ކައުންސެލިންގްގެ ބައިން ކުރިއަށް ދާން. ޒިން ޗޫޒް ކޮއްފިންތަ؟” އަލާޔާ އަހާލިއެވެ. “ޔެސް. ޒިން ބޭނުމެއް ނޫން އެކަމަކު ކިޔަވާކަށް. ވަޒީފާއަށް ދާން ބޭނުމީ” އައިޒިން ބޯކަހާލަމުން ބުންޏެވެ. “އެހެންތަ؟ ކޮންތާކަށްތަ؟” އަލާޔާ ޝައުގުވެރިވެލާފައި އެއްސެވެ. “ރިސޯޓަކަށް. އޯކޭތަ؟” އައިޒިން ހީލިއެވެ.
“ހޫމް. ޔަގީން 2 ދުވަސް ނުވަނީސް ވަގު ބިޓު ނަގާނެކަން” އަލާޔާ ތުންކޮޅު އޫކޮށްލިއެވެ. “ހަހަ ނޫނޭ. ލާޔާ ހުއްޓަ ޒިން ކީއްކުރަންތަ އެހެން ކުއްޖަކު ހޯދަނީ؟ ޔޫއާރް އޯލްއައި ނީޑް” އައިޒިން އަލާޔާ އަތުގައި ހިފާލަމުން ބުންޏެވެ. އަލާޔާ ހިނިތުންވެލިއެވެ.
ޖެހިގެން އައި ދުވަހެވެ. ލޯގަނޑު ކުރިމަތީގައި ހުރި މިކިޔަލް ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިޔުމަށެވެ. ދުވަހަކީ އަނެއްކާވެސް އައު އަހަރު ފެށިގެންދާ ދުވަސްކަމުން މިކިޔަލް ބޭނުންވީ ތަންކޮޅެއް އަވަހަށް ތައްޔާރުވެލައިގެން ނުކުތުމަށެވެ.
މިކިޔަލް ރެޑީވެގެން ނިކުން އިރު ކައިލް، ނިލީޝާ އަދި އަވްލީން ކާގޭގައި ތިއްބެވެ. “ތިކުދިން އަދިވެސް ސުކޫލުގަ ދޯ ހަހަ” މިކިޔަލް އައުމުން ހަތަރުކުދިންނަށް ދިމާކޮށްލުމަށް ބިސްގަނޑު އަޅަން ހުރި ނުހާ ބުންޏެވެ.
“ހޫމް ކީއްކުރާނީ ދެން. ނޫދޮންތި ނަސީބު ގަދައީއޭ ހަމަ. ސުކޫލު ނިމި، މިހާރު ސޫން ޓު ބީ ބްރައިޑް އެއް.” ނިލީޝާ ތުންކޮޅު އޫކޮށްލާފައި ބުނެލިއެވެ. “ހަހަ ޔޭޒް އޮފްކޯސް” ނުހާ ފޮނިވެލާފައި ބުނެލިއެވެ. “ހެހެ ނޫ އެޕްލައި ކުރި ކޯހުން ހަބަރެއް ވެއްޖެތަ މިހާރު؟” ކައިރީގައި ސްޓޯބެރީ ކާން އިން މާޝާއެއްސެވެ. އޭރު 4 މަސްވެފައި ވުމުން މާޝާ ކުޑަ ބަނޑުކޮޅެއް ލާފައި އިނުމުން ވަރަށްވެސް ލޯއިތްބެވެ. “އަދި ނޭނގެ. ބައެއް ފަހަރު ހިތަށް އަރާ ކެންސަލް ވާނެ ނަމައޭވެސް. އެކޯހަށް ވަދެވުނިއްޔާ މާޝް ދައްތަ ވިހާ އިރު ނޫއެއް ނުހުންނާނެ ވިއްޔާ” ތުންކޮޅު އޮޅާލަމުން ނުހާ ބުންޏެވެ.
“ދޮންކަނބުލޯ ޗުއްޓީއޭ ކިޔާ ބަހެއް ނުދަންނަންތަ؟” ނިމްރާ ހީލާފައި ބުންޏެވެ. “އެކަމަކުދޯ. މި އެންމެވެސް ބޭބީ އިރު ނޫވިއްޔަ ބެލީ. މިބޭބީވެސް ބަލަން ބޭނުންވިއްޔާ” ނުހާ ދެރަވެފައި ބުންޏެވެ.
ތަފާތުވާހަކައިގައި 2 އާއިލާ ސައިބޮއެ ނިންމާލިއެވެ. މިކިޔަލް ތަންކޮޅެއް އަވަހަށް ގެއިން ނުކުމެލީ ކުލާހަށް ވަނުމުގެ ކުރިން ޕެކެޓްއެއް ގަނެގެން ބޯލުމަށެވެ. ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަކަށް ވަދެ މިކިޔަލް އިންޑޯމިލްކް ޕެކެޓްއެއް ނެގިއެވެ. ކައުންޓަރު މަތީގައި ޕެކެޓު ބައިންދާފައި މިކިޔަލް ދަބަސް ހާވަންފެށީ ރުފިޔާ ހޯދުމަށެވެ.
“ޕިސް ޕިސް މިހާރު ގައިމް ގްރޭޑް 9 އަށް ތިދިޔައީ. އަދިވެސް މިތަބޮނީ؟” ކައުންޓަރު ކައިރީ އިން ކުއްޖާ ވާހަކަ ދައްކަން ފެށުމުން މިކިޔަލް އިސްއުފުލާލާފައި ބަލައިލިއެވެ. “މެހެކް؟ ޔޫ ވޯކް ހިއާރް؟” މިކިޔަލް ހައިރާންވެފައި އެއްސެވެ. “ހެހެ ހޫމް. އަހަރެމެން މިހާރު ސުކޫލް ނިމިއްޖޭ” ދޫނެރެލާފައި މެހެކް ބުންޏެވެ. “ހޫމް ހޫމް ހެވޭ. އަން މިއޮތީ. އަވަސް ކުރޭ ސުކޫލަށް ދާން ވެއްޖެ” މިކިޔަލް ބުންޏެވެ. “ހަހަ އޯކޭ ލިޓްލް ގާއި” މެހެކް ހީލިއެވެ.
ޔަލާން ސުކޫލްއަށް ލާފައި ކޮޓަރިއަށް ވައިން އިރު، ލުބާންއަށް ފުރަގަސްދީގެން އަލަކާ އޮތުމުން ލުބާން ބޭނުންވީ އަލަކާ ސިއްސުވާލާށެވެ. ސިއްރު ސިއްރުން ގޮސް އަލަކާ ގާތުގައި ހުއްޓުނު އިރު އަލަކާއަށް ލުބާން އައި ކަމެއްވެސް ނޭނގުނެވެ. އަލަކާ ސިއްސުވާލަން އުޅުނު ލުބާންގެ ހަރަކާތްތަށް ހުއްޓުނީ އަލަކާ ފޯނުން ފެންނަން އިން ފޮޓޯގަނޑުފެނިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi parttt vsss vrhh reeethiiii
Shihaaaa alhugandah invite kurahcheyyy xev r nuha ge wedding ah
Yash’alge manmatha ehn hadhaafa ehury yash’al ah????
Alaya n aixin mn vrh loabiii
Anehka lubaan ah koahchehh e fenuny????
Soo curious
When next??
tcc lyy💜
Jazaaakallah khairan dear
Haha yesyes dhaan vaane dhw🙈
Hehe balamaa shihaa akh neynge lol
Lubaan ah fenuny kwhcheh kan engeyne next ep ga hehe in sha allah
In sha allah sooon tc nd lyt
Heyyy shiherrr..
Mi part vx vrh reethi maasha Allah.. Mikyal and mehek ge koalhunthah sooo cute😭😭 and xwv and nuhaa vxxx woww.. They are engagedddd.. Omg soo happy for them.. Alaaya kairy buny aizen resort ah nufonuvaashey.. 2dhuvas nuve aslu vx biteh hoadhafaane 😭
Anyways love this ep.. Lyssm 💜🦋
Heyyyy maaashhhh
Hahah ikrrr😭😭 yesyes alhamdhulihllah for nuha nd xev
Hahaha aizin e buny dhw kiyavaa hitheh nuveyey kiyavaa hiy nuvaa kudhin dhw gina in resort ah dhani lol😅
Bigggg jazaaakallah khairan illllyyyyyyssmm🤍🤍🤍🤍
Mashallah shiherrrrrr so so reethi mi part ves
Btw I’m so curious abt that alakaa athuga oii photo gandhaa medhu
I think thats her momge pic eh hen yageeneh noon inge 😄
Well nuhaa ya xev ves engaged
N mehek n mikiyal ge part ves so cute
I think e kameh hen
Anyways vrh curious hama
When next
I cantttt waittttttt 🥹😭
Keep it up
Lyyy ❤️❤️❤️❤️❤️
Tc ❤️❤️
Hehe next ep ga engeyne alaka athuga othy kwhcheh kan hehe
Hehe stay tuned for next ep
Lyt nd tc 2