Skip to content
އެސްފިޔަ

ވަކިވުމަށް ފަހުވެސް[3]

“އަހަރެން ބޭނުންވަނީ މި ގުޅުމަށް ނިމުމެއް ގެންނަން” ޖަންކޫކްއަށް އެ މެސެޖް މަތިން ހަނދާން ނައްތާލެވޭ ގޮތެއް ނުއްވެއެވެ. އަބަދުވެސް އޭނައަށް ވިސްނެނީ ރޮޒޭގެ އެ މެސެޖާއި ދޭތެރޭގައެވެ. ވީނުވީއެއް ނޭންގި ރޮޒޭ އެ ކުއްލި ނިންމުން ނިންމީ ކިއެއްވެބާވައޭ އޭނަގެ ހިތަށް އަބަދު ވެސް އަރަމުން ދިޔައެވެ.

 

ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު ރޮޒޭ އެގޮތަށް އެ ކަންތައް ކުރީ އޭނަ ފަލަވީމާކަމަށް އޭނަ ގަބޫލުކުރިއެވެ. “ވެދާނެ މަ މާފަލައީ ކަމަށް. ރޮޒޭ ކުރިން ދިމާ ވެސް ކުރާނެ ވިއްޔަ މަ ހުންނަނީ ކާއެއްޗިއްސާ ހެދި މޮޔަވެފައޭ ކިޔާފަ. އެހެންމަ ވެދާނެ އޭނަ އަހަރެން ކަހަލަ މީހަކާއެކު އުޅެން ލަދު ގަންނަނީ ކަމަށް” މި ތެދު ޔަގީންކަން ކަން ނޭންގޭ ހުރިހާ ވިސްނުންތަކެއް ވަނީ އޭނަގެ ސިކުނޑީ ތެރޭގައި ބާރުބޮޑުވެފައެވެ.

 

އެދުވަހުން ފަށްޓައިގެން ޖަންކޫކް އޭނަގެ ހުރިހާ ކަމެއް ބަދަލު ކޮށްލިއެވެ. ޖަންކް ފޫޑްގެ ހުރިހާ ބާވަތެއްގެ ކެއުން އެއްކޮށް ހުއްޓާލިއެވެ. ކޮންމެ ދުވަހަކު ހެނދުނު 5 ޖަހާއިރު ތެދުވެ ދުވަން ދާން ފެއްޓިއެވެ. އަދި އޭނަ އަމިއްލައިން އޭނައަށް އަދަބުދިނުމުގެ ގޮތުން އޭނަގެ ފައި ވާގިނެތިގެން ވެއްޓެންދެން ކޮންމެ ދުވަހަކު ޖިމް ވެސް ޖައްސައެވެ. އޭގެ 3 މަސް ދުވަސް ފަހުން އޭނައަކީ ކުރީގެ ފަލަ މަޖާ ޖަންކޫކްއެއް ނޫނެވެ. އޭނަ ވަނީ އެއްކޮށް ބަދަލުވެފައެވެ.

 

އޭގެ 1 އަހަރު ފަހެވެ. ޖަންކޫކް ކެނެޑާއިން މާލެ އައެވެ. އޭނަ އެއައީ ޖަމާލުއްދީން ސުކޫލުގައި އޮތް އޭނަގެ ކުރީގެ ކުލާސް އެއްމެންގެ ރިޔޫނިއަން ހަފުލާއަކަށެވެ. ކުރި އާއި ހިލާފަށް މިހާރު އޭނަ ވަރަށް ސުމާޓެވެ. ފިރިހެންވަންތަ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އަންހެން ކުދިންގެ ބެލުމެއް ވެސް ނުހުއްޓެއެވެ. ނަމަވެސް އޭނަ އެ ހަފުލާއަށް އައި ހަމައެކަނި ބޭނުމަކީ ރޮޒޭ ދެކިލުމެވެ.

 

ޖަންކޫކް ސުކޫލުގެ ހުރިހާ ދިމާލަކަށް ބަލަމުން ބަލަމުން ދަނިކޮށް އޭނަގެ ލޮލުގައި ރޮޒޭ އަޅައިގަތެވެ. 14 ވިލޭރޭގެ ހަނދަށް ތުރެން ވެސް ރޮޒޭ މާ ރީޗެވެ. ރޮޒޭ އަށް ޖަންކޫކް ފެނުމާ އެކު މޫނު އަނެއް ފަރާތަށް ވަރަށް އަވަހަށް އަނބުރާލިއެވެ. ރޮޒޭގެ އަމަލުތަކުން ހީވީ އޭނާއަށް ބީރައްޓެއްސެ ފެނިގެން އުޅުނުހެނެވެ.

 

އެރޭ ދަންވަރު 12 ޖެހީއެވެ. ލޮލަށް ނިދި ނައިސްގެން ޖަންކޫކް ބޭރަށް ނުކުތެވެ. މުޅި ތަނަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އުޑުމަތި ސާފުކަމުން ހުރިހާ ތަރިތަކެއް ވެސް ރީއްޗަށް ފެނެއެވެ. ފިނި ފިނި ވައި ރޯޅީތަށް އޭނާގެ ހަށިގަނޑަށް ބޮސްދެމުން ދިޔައެވެ. މި ހިތްގައިމު ވަގުތުގައި ވެސް ޖަންކޫކްގެ ހިތް ކުރަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ.” މަށަށް ނުބައިކޮށް ކުރެވުނީ ކޮންކަމެއް ބާ؟”

 

=ނުނިމޭ=

 

 

Comments (5)

  1. leeshaa

    furathama line kiyaafa libunee shockeh rangalhah vx 😭😭😭
    what jk was thinking he is fat?? that made me burst out laughing 😂😂😂
    oh god bro is over thinking pispispis 🤦
    i wanna know what happens next!!
    neynge mirey nidheyne kameh vx dhn

    1. Devilking
      leeshaa

      next is the final part. it will be really exciting and the ending is so surprising. it will be out tomorrow

  2. leeshaa

    where next part?? 😭😭😭

    1. Devilking
      leeshaa

      insha allah today or tomrw. im really busy bc of the olevels

  3. leeshaa

    oh you vx o’level hadhanee?? sameee
    gud luck kuriyah huri test thakah 🤞🍀

Comments are closed.