Skip to content
އެސްފިޔަ

ޒެވިއަން 14

“ސޯ؟ ވާހަކަ ދައްކަން ރެޑީތަ؟” ލިލިއާ ހީލާފައި އަހާލިއެވެ. “ކަލޭ ކޯއްޗެއްތަ ބޭނުމީ؟” ޔަޝްއަލް އެއްސެވެ. ބައްޕަގެ ހަގީގަތް މީހުނަށް އެނގިއްޖެ ނަމަ މާވީއަށާއި އޭނާގެ ދަރިފުޅަށް ވެދާނެ ގޮތަކާއި މެދު ވިސްނާލާފައި ޔަޝްއަލް ގޮތް ދޫކުރިއެވެ.

“ފަސްޓް… ނެއްތަ ފެގެއް؟” ލިލިއާ އެއްސެވެ. ޔަޝްއަލް މޫނު ކުނި ކޮއްލާފައި ޖީބުގައި އޮތް ސިނގިރޭޓުފޮށި ނަގާ ލިލިއާއަށް ސިނގިރޭޓެއް ދިނެވެ. “ދެން މިދިނެކޭ ކިޔާފަ މީގަ ރޯވޭތަ؟” ލިލިއާ އެއްސެވެ. ޔަޝްއަލް ލައިޓަރު ދިނެވެ. ސިނގިރޭޓުގެ ދުންތަށް ފަޒާއަށް ދޫކުރަމުން ދިޔަ ލިލިއާ ދިޔައީ އަނގައިން މަޑު ރާގެއް ލައްވަމުންނެވެ. “ދެން ތިކިޔާ އެއްޗެއް ކިޔަންވީނުން؟” ޔަޝްއަލްއެއްސެވެ.

“ހެއި.. އެއްޗެކޭ ހީނުކުރައްޗޭ އިނގޭ؟ އެކަމަކު ދެން ވަކިން ދެވިދާނެތަ؟” ސުކޫލް އިންނަ ގޯޅިއަށް އެޅުމުން ނުހާ އެއްސެވެ. “އެއީ؟ ކިހިނެތްވީ؟” ޒެވިއަން އަހާލިއެވެ. “އަމް.. މެހެކްއަކަށް އަދި ނޭނގޭނެ އަހަރެމެން ރައްޓެހިވި ކަމެއް. އެންޑް ޝީ ލައިކްސް ޔޫ” ނުހާ ބުންޏެވެ. ޒެވިއަން ހިނިތުންވެލާފައި ބޯޖަހާލިއެވެ.

ނުހާ އެތެރެއަށް ވަނުމުން ޒެވިއަން އިންތިޒާރު ކުރަންފެށީ އަލާޔާއަދި އައިޒިންއަށެވެ. މާގިނައިރުތަކެއް މަޑު ކުރާކަށް ނުޖެހުނެވެ. ދެމީހުން އައުމުން 3 މީހުން އެއްކޮށް ސުކޫލަށް ވަނެވެ.

ކީރިތި ޤުރްޢާންގެ މާތް ކަލިމަތަކާއި އެކު ޖަލްސާ ފެށުނެވެ. އެއަށް ފަހު ޓީޗަރުންގެ ވާހަކަތަކަށް ފަހު، ކޭކު ފެޅިއެވެ. ކުދިންނާއި އެކު ފޮޓޯ ނެގުމަށް ފަހު، ކުދިން އެކުގައި މަޖާ ކޮށްލުމަށް ދޫކޮށްލާފައި ޓީޗަރުންތަށް ދިޔައެވެ.

“ހެއީ އެބައަންނަން އިނގޭ ފާހާނާއަށް ގޮއްސަ” ގާތުގައި ހުރި ނުހާ ގާތުގައި މެހެކް ބުންޏެވެ. ނުހާ ބޯޖަހާލިއެވެ. މެހެކް ދިޔަތަން ފެނުމުން ފޯނު ނަގާފައި ނުހާއަށް ޒެވިއަން މެސެޖެއް ކޮއްލިއެވެ. ނުހާ ހިނިތުން ވެލާފައި ހޯލުން ނިކުތެވެ.

“އާހް އިޓްސް ސޯ ހާޑް ނޫއާއި ދުރުގަ ހުންނަން” ޒެވިއަން ތުންކޮޅު އޮޅާލާފައި ބުނެލިއެވެ. “ހެހެ ސާބަސް” ނުހާ ހީލިއެވެ. “ހަމަ އަސްލުއޭ. ނޫއާއި ދުރުގަ ހުންނައިރު ޒެވްގެ ހަށިގަނޑުންވެސް ބައެއް ދުރުހެން ހީވަނީ” ޒެވިއަން ބުންޏެވެ. “ހެހެ ދެން ދުރެއް ނުވާނުން؟ ނޫ ކަރުގަ އަބަދުވެސް މިފަށް ބާއްވާނަމޭ” ނުހާ ކަރުގައި އޮތް ފަށުގެ ފުލުގައި ފިރުމާލަމުން ބުންޏެވެ. “މްމް ގުޑް ގާލް” ނުހާގެ ބޮލުގައި ފިރުމާލަމުން ޒެވިއަން ބުންޏެވެ. ނުހާ ލަދު ރަކި ކަމާއި އެކު ހިނިތުންވެލިއެވެ.

ފާހާނާއިން ނިކުން މެހެކް ލޯގަނޑު ކުރިމަތީގައި ހުއްޓި އަތުގައި އޮތް ދަބަހުން ލިޕްސްޓިކްއެއް ނަގާ ތުންފަތުގައި ހާކާލިއެވެ. ހިތްހަމަ ޖެހޭ ވަރުމުން އަތަރުކޮޅެއް ހާކާލާފައި ނިކުންނަން އުޅެނިކޮއް މެހެކްފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރެއް ވުމުން މެހެކްގެ މޫނުމަތީގައި ޖެހުނީ ސުވާލު މާރްކްއެކެވެ. އެކޮޅުން ކޮއްފައިވީ އެސް.އެމް.އެސް އެކެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތި މެހެކް އެމެސެޖް ހުޅުވާލިއެވެ.

“ތިނުހާ ތިއީ ހަމަ އިތުބާރު ހިފޭވަރުގެ އެކުވެރިޔެއްތަ؟” އެކޮޅުން ކޮއްފައި އިނީ ސުވާލެކެވެ. “ކާކުތަ މޮޔަވެގެން މިއުޅެނީ؟” މެހެކް އަޅާ ނުލާ ފާހާނާއިން ނުކުތެވެ. އެވަގުތު އެތަނުން ފާހާނާއަކުން ލިލިއާ ނުކުތެވެ. “މެހެކް… އައި ނީޑް ޔޫ އައުޓް އޮފް ދި ޕިކްޗާރް” ލިލިއާ ވިހަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

އެނދުމަތީގައި އޮތް މާވީގެ ނަޒަރު ހުއްޓިފައިވީ ޔަޝާއަށެވެ. އެހާ ކުޑަކުޑަ އިރުވެސް ޔަޝާ ހީވަނީ ޔަޝްއަލްގެ ކޮޕީއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. ރެއަކީ ފެއާވެލް އޮންނަރޭ ނަމަވެސް ޔަޝާ އެކަނި ބާއްވާފައި ދާން މާވީ ބޭނުން ނުވީއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި މާވީ ފޯނު ނަގާ މިންހާއަށް ގުޅާލިއެވެ. “ތިޔަ ގުޅުއްވި މޯބައިލްފޯން މިވަގުތު ވަނީ ނިއްވާލާފައި.. ފަހުން ގުޅުއްވާލައްވާ….” މިފަހަރުވެސް އެލިބުނީ ހަމަ އެޖަވާބެވެ.

“މަންމާ.. ވީގާތަކަށް ދެން މަންމަ ދުވަހަކުވެސް ނާންނާނަންތަ؟ ވީގަބޫލު ކުރަން ވީކުރީ ކޮއްގެން ވާނެ ކަހަލަ ކަމެއްނޫންކަން.. ދީނިގޮތުން ވީއަށް ލިބެންޖެހޭ ހައްގު އަދަބުވެސް ވީލިބިގަނެފިން.. ދެން ހެޔޮނުވާނެ. ވީމިދުނިޔެއަށް މުޅިން އެކަނި ނުކޮށްލާ…” މާވީ ރޮމުން ވާހަކަ ދަށްކަމުން ދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. އެދުވަހު އޮތީ ފެއާވެލް އައުޑް ޑޯރް ފޮޓޯޝޫޓްއެވެ. ތައްޔާރު ވެލައިގެން މެހެކް އައީ ނުހާމެން ގެއަށެވެ. އަންނަ ގޮތަށް ވަނުމަށް ނުހާ އެދިފައިވުމުން މެހެކް ދިޔަގޮތަށް ވަނެވެ. އެއާއި އެކު މެހެކްގެ ލޮލުގައި އަޅައިގަތީ ސޯފާގައި ހަމަ އެކަނި ސޯޓު ބުރިއެއްލައިގެން އާފަލެއް ކާން އިން މިކިޔަލް އެވެ.

“އައްޗީޑީ. ކަލޭ އަބަދުވެސް ނޭކެޑް ކޮއްތަ ހުންނަނީ؟” މޫނުގައި އަތް އަޅަމުން މެހެކް އެއްސެވެ. “އަނެއްކާ އެއްކަލަ ގޮލާއައީދޯ؟ އަހިސް ވަދެގައިން އިރު މިހީވަނީ މިއީ މީނަގެ ގެހެން” މިކިޔަލް ތުންއަނބުރާލާފައި ބުންޏެވެ. “ކިހާ ދެރަކަމެއްތަ އަޅެ؟ އަހަރެން މިއަންނަނީ އަހަރެން ބެސްޓީ ކައިރިއަށް ވިއްޔާ” މެހެކް ދެބުމަ ތަތްކޮށްލަމުން ބުންޏެވެ.

“އެއީ ތީނަ ބެސްޓީ ވިއްޔާ އެއީ މަގޭ ދޮންތި” މެހެކް ހަދާލިހެން ހަރަމް ބަނދެލަމުން މިކިޔަލް ބުންޏެވެ. “އޯހް ޔޫ ލިޓްލް ބޭބީ ހަހަ” މިކިޔަލް ކޮލުގައި ހިފާލަމުން މެހެކް ބުންޏެވެ. އެއާއި އެކު މިކިޔަލް މެހެކް އަތުގައި ހިފާ ކައިރީ ހުރި ފާރުގައި ތަތް ކޮއްލިއެވެ. “ވަޓް ދަ…” މެހެކް މިކިޔަލް ދުރުކޮށްލަން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް މިކިޔަލްވީ ހައްތަހާ ގާތެވެ.

“ސޯ އައިމް ޔުއާރް ބޭބީ ނައު؟” މެހެކްގެ ދޮންކޮލުގައި މަޑުމަޑުން ތުންޖައްސާލަމުން މިކިޔަލް ބުންޏެވެ. އެއާއި އެކު މެހެކްގެ ދެލޯބޮޑުވެ ހިތް އަވަސްވިއެވެ. އެވަގުތު ވެގެން ދިޔައީ ނުހާ ކޮޓަރިން ނިކުން ވަގުތަށެވެ. “އެހެމް އެހެމް” ނުހާ ހިނިތުންވެލާފައި ކަރުކެހެލިއެވެ.

“ނޫގެ ކޮއްކޮ މަގޭ އެސޮލްޓު ކުރަނީއޭ ހަމަ” މިކިޔަލް ކޮއްޕާލާފައި ނުހާ ގާތު ހުއްޓެމުން މެހެކް ބުންޏެވެ. “މަންމަ ލޯޔާރްއެކޭ ބައްޕަ ފުލުހެކޭ ކިޔާފަ ފޮނި ކަނޑަކަނޑާފަ. ހޫމް ވަރަށް ފޫހިވޭ” މެހެކް ބުންޏެވެ. ރުޅި އަންނަ ކަމަށް ހެދިގެން އުޅުނަސް އޭރު މެހެކްގެ ދޮން މޫނު ވަނީ ރަތްވެފައެވެ. އެހެންކަމުން ނުހާ، އަދި މިކިޔަލްއަށްވެސް ހެވުނެވެ.

“ގްރްރްރް ވައި އިސް ޔުއާރް ބްރަދާރް ސޯ ވިއާޑް” ނިކުން ގޮތަށް ނިކުމެ މެހެކް އެއްސެވެ. “އެހެމް. ތިވަރަށް މިކީދެކެ ރުޅިއަންނަނިކޮށް ލޯބިވެވިދާނެ އިނގޭ؟ ހަހަ” ނުހާ ހީލިޔެވެ. “އައްޗީޑި. މީ؟ އަދި އެވެސް ތި މިކިޔަލްއަކާ؟ ޔަކް. އައިޑް ރެދާރް މެރީ އަ ޕިގް” މެހެކް މޫނު ކުނިކޮއްލަމުން ބުންޏެވެ.

ފޮޓޯޝޫޓް ބޭއްވިފައި ވަނީ ރަށުގެ އެންމެ ރީތި އަތިރީގައެވެ. ހުރިހާ ކުދިންތަށް ފޮޓޯ ނަގަމުން ދިޔައެވެ. “މިމީ އަންނަގަ އަޅުގަނޑާއި އެއްކޮށްވެސް ނަގަން” މެހެކްގެ ތިމާގެ ކުއްޖެއް ކަމަށްވާ ސަހާ ބުނެލިއެވެ. މެހެކް ބޯޖަހާލާފައި ދިޔައެވެ. މެހެކް ދިޔުމުން ނުހާގާތަށް ޒެވިއަން އައެވެ.

ސަހާއާއި އެކު ފޮޓޯނަގަން ހުރެފައި އައި މެހެކްއަށް ނުހާ ގާތުގައި ހުރި ޒެވިއަން ފެނުމުން ހުއްޓުން އެރިއެވެ. ހަމައެވަގުތު އައިޒިންއާއި އެކު އައި އަލާޔާވެސް ހުއްޓުނީ އެދެމީހުން ގާތުގައެވެ. “ފަހަރި ވާނެ އިނގޭ ލާޔާއާއި އެކު ފޮޓޯއެއް ނަގަން. އަހަރެމެން ހަތަރުމީހުން އެއްކޮށްވެސް ވާނެ އިނގޭ” އަލާޔާ ބުނެލިއެވެ. މެހެކް ހައިރާންވީ އަލާޔާ ނުހާއަށް “ފަހަރި” ގެ ނަމުން މުޙާތަބު ކުރުމުންނެވެ. ދެން ހިތަށް އެރި ސުވާލާއި އެކު އަލާޔާގެ ހިތަށް ތޫނުތަދެއް އެރިއެވެ. ނުހާއާއި ޒެވިއަން…؟

އެވަގުތު މެހެކް ފޯނަށް މެސެޖުއައެވެ. ހަމަ އެއްކަލަ ނަންބަރުންނެވެ. “މަބުނީމެއްނުން؟ މެހެކްގެ ތިއޮށް ފަދަ ބެސްޓް ފްރެންޑް އެއުޅެނީ ޒެވިއަންއާއި ރައްޓެހިވެގެން. ކިތޭ ދުހެއްވެއްޖެ މިހާރު. ކަލެއަކަށް ނުވެސް އެނގުނެއްނުން ހަހަ” އެމެސެޖު ކިޔާ ނިމުނު އިރު މެހެކްގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. އިތުރަށް އެތަނުގައި ކެއްނުކުރެވޭނެކަން އެނގުމުން މެހެކް އެތަނުން ދުއްވައިގަތެވެ.

ޒެވިއަން، އަލާޔާ، އަދި އައިޒިންއާއި ސަކަރާތުގައި ހުރި ނުހާއަކަށް އެކަމެއްނުވެސް އެނގުނެވެ. ދުވެފައި ދިޔަ މެހެކްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. މެހެކްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ނުހާއަށް އެހެން ހަދަން ކެރެންވީވެސް ކީއްވެގެން ހެއްޔެވެ؟ ޒެވިއަން ދެކެ މެހެކް ލޯބިވާކަން ނުހާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.

ޒެވިއަންއާއި އެކު ނުހާވެސް ތަފާތު ގޮތް ގޮތަށް ފޮޓޯ ނެގިއެވެ. އަލާޔާއާއި އެކުވެސް މެއެވެ. 4 ކުދިން އެކުގައިވެސް ތަފާތު ފޮޓޯތަށް ނެގިއެވެ. ފޮޓޯ ނަގާނިމުމުން ނުހާގެ ދެލޯ ހޯދާލީ މެހެކްއެވެ. މެހެކް ފެންނަން ނެތުމުން ނުހާ ގޮސް ހުއްޓުނީ މާދުރުނޫން ހިސާބުގައި ހުރި ސަހާ ގާތުގައެވެ. “ކޮބާ މިމީ؟” ނުހާއެއްސެވެ. “ނޭނގެ.. ސަހާއާއި އެކު ފޮޓޯ ނެގިފަހުން ނުދެކެން..” ސަހާ ބުންޏެވެ.

އަތިރިމަތީގައި ރާޅު ޖަހާ ހިސާބުގައި ހުރި މެހެކްގެ މޫނު މަތިވަނީ ރަތްވެ، ދުޅަވެފައެވެ. ފެނިގެން ދިޔަ މަންޒަރު ވެގެން މިދިޔައީ މެހެކްގެ ހިތަށް ކުޅަދާނަ ވާކަހަލަ މަންޒަރަކަށް ނޫނެވެ. ދެލޮލުން ކަރުނަ ފުހެލާފައި މެހެކް ހިނިތުންވެލިއެވެ. އަދި ލަސް ހުރި ސީދަލަށް ގޮސް މޫދަށް އެރުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. aanaa

    Masha allah mi part vsss vrhh reethiiii
    Kaaku tha mehek ah e msg kuranyyy????lilia tha????
    plzz mehek dhn rulhi aisgn nuha n xev dhuru nukurahcheyyyyy….WTH ANEHKAA KYHKURAN MEHEK E ULHENYYYY…?????IM SOOO curious SHIHAAAA….curiously waiting for the next ….WHEN NEXT????tcc lyy❤

    1. shihaamaa ali
      aanaa

      Jazaakallah khairan ❤️
      Haha neynge dhww 👀
      Mehek kuran ulheny kyh kan engeyne next ep ga hehe
      Stay tuned for nextt ilyt❤️

  2. Shaf_maan

    Maasha Allah mi prt vx vrh reethi
    Sorry last prt ga comment koh nulevunyma
    Xev and Nuha
    Aizin and Alaaya
    Best couples ever
    What is Mehek going to do
    So curious
    Can’t wait for the next prt
    Tc
    Lysm 💜💜

    1. shihaamaa ali
      Shaf_maan

      Jazaakallah khairan
      Hehe its alright❤️❤️
      ❤️❤️❤️
      Stay tuned for next ep u 2

Comments are closed.