Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ހިތުވިންދު

aysh Level 1
May 14, 2025 16 Mins Read
0 Comments

ހިތުވިންދު(1) އާއިޝަތު ވަޙީދާ

އަޅޭ! ހާދަމީހުން ގިނައޭދޯ ނަޒީ ވާހަކަ  ދެއްކީ ކައިރީގައިތިބި އޭނަގެ ރަޙުމަތް ތެރިންނާއެވެ. ނަޒީ އަކީ ރާއްޖެތެރޭ ކުއްޖެކެވެ. މާލެއައީ ސްކޫލް ޗުއްޓީގައެވެ. ނަޒީމެން ގޮސްވަނީ ޖެހިގެން ހުރި ރެސްޓޯރެންޓަށެވެ. އެކި އެކި މަޖާވާހަކަ ދައްކަމުން ހެމުން އެއިގެ ހަތަރު ކުދިން ގޮސް މޭޒެއްގެ ވަށާލައިފިއެވެ. ކުއްލިއަކަށް ނަޒީގެ ސަމާލުކަން ގޮސް ހުއްޓުނީ ދޮރުން ވަދެގެންއައި ޒުވާނާާއަށެވެ. އޭނަ ހިގާލާފައި ދިޔަ ގޮތް ނަޒީއަށް ވަރަށް ހިތްގައިމުވިއެވެ. ދިގުއިސްކޮޅަކާއި ރީތި ކަސްރަތީ ހަށިގަނޑެކެވެ. ކޮނޑާހަމަޔަށް ފައިބާ އިސްތަށިގަނޑުގެ ސަބަބުން ވަކިން ރީތިހެން ހީވެއެވެ. އޭއި! ކޮން ޚިޔާލެއްގަ ކައިރީގައި އިންކުއްޖާ ނަޒީގެ އަތުގައިހިފާ ތަޅުވާގެންފިއެވެ. ނަޒީ ސިހިފައި ބަލާލިއިރު ކައިރީގައި ވެއިޓަރ ހުއްޓެވެ. ކޯއްޗެއް ގެންނަންވީ ފުރެޝް އޮރެންޖެއް ނަޒީ ކުރުޖަވާބެއް ދިނެވެ. އެހެން އިންއިރު ނަޒީ، އަށް އިރު އިރު ކޮޅާ އެޒުވާނާއަށް؛ ބަލާލެވެއެވެ. ކޮއްމެއަކަސް އެވަގުތުކޮޅު އެފަދަގޮތަކަށް ނިމިގެން ހިނގައްޖެއެވެ. އެއިގެ ފަހުން މަގަކަށް ނިކުމެވުނަސް ނަޒީގެ ދެލޯ އެ ޒުވާނާ ފެނޭތޯ ހޯދައެވެ. ނަވެސް ލިބެނީ މާޔޫސްކަމެވެ. އެއީ ކޮންތާކު އުޅޭ ކާކުކަންވެސް ނޭނގި ފުރައިގެން ރަށަށް އަންނަންޖެހުނީތީ ނަޒީ ވަރަށް ދެރަވިއެވެ. އަހަރު ޗުއްޓީ ނިއްމާފަ ނަޒީ އަނެއްކާވެސް އާ ހިތްވަރެއްލާފައި އޭލެވެލްގެ ފަހު އިމްތިހާނާ ކުރިމަތިލާން ތައްޔާރުވަނީ އެވެ. އިރާދަކުރެއްވީތީ ކުރެވުނު މަސަތްކަތާ އެއްވަރަށް ނަތީޖާވެސް ރަނގަޅެވެ. ނަޒީއަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ރީތި ކުއްޖެކެވެ. ނުހަނު ހިތްހެޔޮ އަޚްލާގުރަނގަޅު ކުއްޖެކެވެ. ހަވީރުގެ ވަގުތެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީދެލައިގެން ފުންވިސްނުމެއްގައި ނަޒީހާ އިނެވެ. އެދުވަހު ދިމާވި ރީތި ޒުވާނާގެ މަތިން ނަޒީ ހަނދާނެއް ނުނެތެއެވެ.1 އަހަރު ފާއިތު ވެގެން ދިޔައިރުވެސް އެ ހަނދާންތައް ނަޒީގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. މިކަމާ ޚުދު ނަޒީ ވެސް ހައިރާން ވެއެވެ. ރޭގަނޑުގެ ވަގުތެވެ. ނަޒީގެ ފޯނު ރިންގު ވާން ފެށިއެވެ ހަލޯވ ދީނާ، ހަލޯވް ނަޒީ، މާދަން މިކޮޅަށް އައްނަންވީނު މާދަން! އާނ މާދަންނޫން އަނެއް ދުވަހު އަހަރެމެންނާއެކު ޢީދު ޗުއްޓީއަށް އޭދަފުއްޓަށް ދާން ދީނާ އެއްނޭވާއިން ހުރިހާ ވާހަކައެއް ބުންޏެވެ.

ދީނާ އަކީ ނަޒީގެ ދެބެއިންގެދެދަރި ކުއްޖެކެވެ.  އެހެންތަ! މަޖާވާނެދޯ؟ ނަޒީއޭނަގެ މަންމަޔާ އެވާހަކަ ދެއްކުމުން ނަޒީ ގެ މަންމަ، މާލެދާން ހުއްދަދިނެވެ. އެމީހުން އަނެއްދުވަހު އޭދަފުއްޓަށްދާން ތައްޔާރުވިއެވެ. މަޑުމަޑުންރޯޅި ވިއަކަސް ކަނޑު އޮތީ ހެޔޮވަރު ވަރަކަށް މަޑުކޮށެވެ. މާލެއިން އެރަށަށް ދާމީހުންތަކުން ބޯޓުއޮތީ ފުރިބާރު ވެފައެވެ. އޮށޯއްނާނެ ތަންކޮޅެއްވެސް ނެތެވެ. ދީނާ އާއި ނަޒީ އެރީ ބޯޓުގެ މައްޗަށެވެ. އެއިގެ ދެކުދިން ސަކަރާތް ޖަހަމުން ހެމުން މައްޗަށް އަރައިގެން ދިޔައިރު އެތާބަޔަކު ތިބިކަމެއް އެމީހުން ނަށް އިހުސާސް ވެސް ނުކުރެވުނެވެ. އެދެކުދިން ހޭއަޑަށް ބޯޓުގެމަތީގައި ހުރިޖޯލިފަތީގައި ތިބި ތިންމީހުންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. އެކަމަކު  ނަޒީމެންނަކަށް އެމީހުން ބަލަންތިބި ކަމުގެ އިހުސާސްވެސް ނުވާކަހަލައެވެ. ހާދަރީއްޗޭ އެތަނުން އެކަކު މަޑުމަޑުން ކިޔާލިއެވެ. ނަޒީއަކީ ރީތި ކަމުގެ މިސާލެއް ނެތްފަދަކުއްޖެކެވެ. ރީތިފަން ދިގު އިސްތަށިގަނޑެކެވެ. ބޮޑުރީތިދެލޮލާއި ދިގު އެސްފިޔައެކެވެ. ބައްޓަން ރީތި ހަށިގަނޑެކެވެ. ނޫކުލައިގެ ޖިންސަކާ ހުދު ކުލައިގެޓުބަކާ އެކު ނޫކުލައިގެ ޖެކެޓެއް ވައްޓާލާފައި ހުންނައިރު ވަރައްފުރިހަމައެވެ. އަމާން ކަމާއެކު ބޯޓު ކަނޑުގެ  ލޮނުގަނޑު ކަފަމުން ކުރިއަށް އޮވެ ދެއެވެ. މީިޑިއާގެ ފަރާތުން އީދު ކުޅިވަރު  ގެނެސްދިނުމަށް ދާ ޓީމުވެސް ދިޔައީ އެބޯޓުންނެވެ. އީދައްޓަކާ އެކޮޅުން ވެސް ދިޔާއީ ވަރަށް ބޮޑަށްތައްޔާރު ވަމުންނެވެ. ބޯޓުގެ މަތީ ފަންގިފިލާ ގައިހުރި ޖޯލިފަތީގައި މީޑިއާގެޓީމު އޮލަ ވާހަކައެއްގައި ތިއްބެވެ. އިސާހިތަކު ވައިރޯޅިވެލާފައި ބޯޓު ދެއަތަކަށް ކިރިގެންފިއެވެ. “ނަޒީ” ގަތީ އަމަށަކު ބިރެއްނޫނެވެ. ތަންކޮޅެއް ބާރަށް ހަޅޭވެސް ލަވައިގަނެ ވިއްޖެއެވެ. އެވަގުތު ޖޯލީގައި ތިބި މީހުންގެ ސަމާލުކަން ނަޒީ” “އަށް ހުއްޓުނެވެ. ވިޖާން” އަށް ޖޯލިން ތެދުވެވުނީ ކީއްވެކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ކުރިމަތީގައި ފެންނަން އެހެރީ ރޭގައި އޭނަޔަށް ހުވަފެނުން ފެނުނު އަންހެން ކުއްޖާއެވެ. އޭނަގެ ހުވަފެނުގައި ރަނިކަން ކުރި ހޫރެއްފަދަ ރީތި ކުއްޖާއެވެ. އޭނަގެހުވަފެން ހަގީގަތަކަށް ވެދާނެކަމަކަށް ފަހަރެއްގަވެސް ހިއެއް ނުކުރެއެވެ. ކޮންފަދަ އިއްތިފާގެއްހެެއްޔެވެ. ނަމަވެސް ނަޒީ އެދިމާލަކަށް ނުބަލައެވެ. ގަތްބިރުން ނަދީގެ އަތުގައި ބާރަށް ހިފަހައްޓައިގެން ކަނޑާ ދިމާލަށް ބަލަންއިނީއެވެ. ކަޅިޖަހާނުލާ އޭނާއަށްބަލަން އެހެން މީހަކު ހުރި ކަމެއް އިހުސާސްވެސް ނުވާޙާލުގައެވެ. އިސާހިތަކު ބޯޓު ނިއާމަ ދަތުރަކަށް ފަހު އޭދަފުށީ ފަޅުން ވަނދެއްޖެއެވެ. މާދުރުން އެރަށް ވިދާލާފައި އޮތެވެ. ގިޑިގެތަކާއެކު ކުލަކުލައިގެ ބެނާތަކާ މާތަކުން ޒީނަތްތެރި ކޮއްލާފައިއޮތެވެ. ބޯޓު ކައިރި ކޮއްލި އިރު ކޮޅުކޮޅަށް ދުވާމީހުން އަތިރި މަތީގައި ހޭލަމޭލަ ވަމުންދެއެވެ. އެކި މީސްމީހުންގެ އިސްތިގުބާލުގައެވެ. މަންޒަރު ކިހާ އުފާވެރި ހެއްޔެވެ. ހަމައެކުވެރިނޫން އެކަކުވެސް ނެތެވެ. ހިނިތުންވުމާއި އުފާވެރިކަމެވެ. ބޯޓުން ފައިބަންވެގެން ނަޒީ” ވެސް ގޮސް ދޮރާދިމާލަށް ހުއްޓުނެވެ. ކައިރީގައި ލެޕްބޭގަކާ ކެމެރާއެއް ކޮނޑުގައި އަޅުވައިގެން ހުރިމީހަކު ހުރިކަމެއް ނަޒީ ނުދެނެހުއްޓެވެ. އޭނަގެ ޝައުގުވެރިކަން ހުރީ ހޭޅިފަށުގައި ތިބި މީހުންނަށެވެ. ކުއްލިއަކަށް ބޯޓު ދެއަތަކަށް ކިރިލިވަގުތު ނަޒީ ގޮސްކައިރީގައި ހުރިމީހާ ގައިގަޖެހުނެވެ. އަދި ނަޒީވެއްޓިދާނެތީ އެ އަތުގެ ހިމާޔަތް އޭނައަށް ލިބުނެވެ. ހަމައެއާއެކު ނަޒީއަށް އިސްއުފުލާ ބަލާލެވުނުވަގުތު. ހިތް ހީވީ ވިރިގެން ދިޔަހެންނެވެ. ވިޖާން،އަށްވެސް ހުރެވުނީ އަތުގައި ހިފާލެވުނުގޮތަށް އޭނައަށް ބަލާށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މީގެ އެއް އަހަރު ކުރިން ނަޒީ ގެ ހިތުގައިި ވިކާލާފައި ދިޔަ ޒުވާނާ އެހެރީ އޭނަގެ ކުރިމަތީގައެވެ. “ތެންކުސް” ނަޒީއަށް ބުނެލެވުނެވެ. “ވެލްކަމް” ވިޖާން ޖަވާބުދިނެވެ. ނަޒީ އާދޭ ފައިބަން ބޮޑުދައިތަގޮވާލިއެވެ. “ނަޒީ”  ވިޖާން އެނަން މަޑުމަޑުން ކިޔާލިއެވެ. ނަޒީމެންގެ ފަހަތުން ވިޖާންމެން ގެ ޓީމްވެސް ފައިބައިފިއެވެ. ސިއްރު ސިއްރުން މުޅިދުނިޔެއަށް ވެސް ސިއްރުން ދެމީހުން އެކަކުއަނެކަކަށް ބަލާލެވުނެވެ. ލޮލުގެ އިޝާރާތުން މިއީ އިއްތިފާގެކޭ ބުނާކަހަލައެވެ. ވެލްކަމް ޑްރިންކުތަކާ މީރުހާ ހެދިކާތަކުން ފުރާލެވިފައިވާ މޭޒުތައް މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދަމާލެވިފައި ވެއެވެ. ރަށަށް އަންނަ މެހުމާނުން ނައްޓަކައި ހަވީރުގެސައި ހުރީ ވަރަށް ފުރިހަމަޔަށް ތައްޔާރު ކޮއްފައެވެ. ހީސަމާސާ ކުރުމާއި އުފާވެރި އިހުސާސް ތަކުން އެއްމެންގެ ހިތް ތައްވެސް ވަނީ އުފަލުން ނަށާހާލު ގައެވެ. މިއަދު އެއްމެ އުފާވެރީ ނަޒީއާއި ވިޖާންއެވެ. ވިޖާންއަށް އޭނާގެ ހުވަފެނުގެ ރާނީއާއި އެއްފަސް ގަނޑަކަށް އާދެވުމުން ކުރެވޭ  ފޮނި އިހުސާސްއެވެ. ނަޒީއަށް އޭނަގެ ހުވަފެންތަކުގަ އެތަކެއް ދުވަހެއް ކުރިން ރަސްކަން ކުރަމުން އައި ޒުވާނާ އާއި ދިމާ ވުމުން ކުރެވޭ ފޮނި އުއްމީދެވެ. ސައި ބުއިމުގެ ތެރޭގައި ވިޖާން އާއި އޭނާގެބައިވެރިން އެކިމީހުންގެ އިންޓަވިއު ނަގަމުން ވީޑިއޯއާއި ފޮޓޯތައް ނަގަމުންދެއެވެ. ނަޒީއަށް ނޭނގި ނަޒީގެ އެތަކެއް ފޮޓޯއެއް ވިޖާން ނެގިއެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. ބަލާ ފޫހިނުވިއެވެ. އާހް.. ވިޖާން އަށް ހިތާހިތާ ކިޔާލެވުނެވެ. ފަހަތުން މީހަކު އައިސް ވިޖާންގެ ކޮނޑަށް އަތް ވައްޓާލުމުން ވިޖާން ދިޔައީ ސިއްސައިގެންނެވެ. ހޫނ ޖާވީދު … ކުރާކަންތައް ކިރިއާއެއްނު.. ހެހެ.. ކިހިނެއްވީ ކޮންދިމާލަކަށް ގެއްލިފަ؟ ފަތްމިއްޏެއް ފެނުނީތަ؟!  ޖާވީދު ސަމާސާރާގަކަށް އަހާލިއެވެ. ނުފެންނަވަރެއްތަ؛ ވިޖާން ވެސް ދެރަނުވާންވެގެން އޭނަޔާ އެއްބައި ވެލިއެވެ. ހެހެހެ… އޭ ! އަސްލުތަ އެހެންޏާފަހެ، ދޯ،  ހިގާ ދާން  މިރޭ ކޮންކަމެއްތަ އޮތީ ދެން؛ އެބައޮތް ވަރަށް ކަންތައް މާދަމާއަކީ ޢީދުގެ ފުރަތަމަ ދުވަސް.. ހެނދުނުގެ ޕްރޮގްރާމް  ގައިޑު ކޮބާ؟ އެ ވެއްޖެ ޝިޔާމް އަތުގަ ، ހިގާބަލަ ކުޑަކޮށްފުރެޝްވެލަން ދޯ ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ވިޖާން އީނީ އޭނަ ނަގާފަހުރި ފޮޓޯތައްބަލާށެވެ. ނަޒީގެ ފޮޓޯތަކައްބަލަމުން ދިޔައިރު އޭނަވަނީ ފުން ޚިޔާލީކަނޑަކަށް ގެނބިގެންފައެވެ. މޫދުގެ އައްސޭރިފަށުން ހިނގާލާފައިދިޔަ އެރީތި އަންހެން ކުޖާ އަށް ވިޖާން ގެ ހިތުގެ ޝުއޫރުތައް ބަންޑުން ކޮއްލަމުން ދިޔައިރު އެ އަންހެންކުއްޖާ ލަދުރަކި ހިނިތުން ވުމަކާ އެކު އެނބުރި ފަހަތައްބަލާލައެވެ

“ވެޔެ އިޝްޤީއަސަރު ފެނި ފުރަތަމަ ނަޒަރު

ހަނދުގެ އަލިކަން ހިތާ ހިތްގުޅާލައިފިއޭ

ޤުލްޝަނުން ފޮޅުނުހާ މާމެލާމެލި އެކީ

ކުރަމެ ވެދުމާ ސަލާމް ތިޔަ އަސަރުގާ ތެދޭ

މިކަހަލަ  ފޮނި ބަސްތަކެއް ވިޖާންގެ ޖާދުވީ އަޑުން ވިރުވާ އަޅަމުން ދިޔައެވެ. އެނދުމަތީ ގައި ފުރޮޅި ފުރޮޅި އޮތް ނަޒީގެ ހާލަކީވެސް މިއީއެވެ. މުޅި ރޭގަނޑު މިފަދަ ގޮތަކަށް ނިމިގެން ގޮސް ފަތިސްވެ އަލި ވިލިއްޖެއެވެ. ހަމަ ލޮލުފިޔަ ޖެހުމާ އެކު ދީނާ އައިސް ގޮވަން ފެށިއެވެ. އޭ.. އޭ …ނަޒީ.. ޢީދު ނަމާދަކަށް ނުދަންތަ؟ އަވަސްކުރޭ. ! އާނ މިދަނީ ފެންވަރާލައިގެން .. ރަށުގެ ކުދި ބޮޑު އެއްމެން މިސްކިތަށް ޖަމާވެފައި އޮތެވެ. އުފާވެރި ކަމާއި ހިތްހަމަ ޖެހުމާ އެކުގައެވެ. ނަމާދުން ނިމިގެން އެކަކު އަނެކަކަށް ޢީދުގެ ސަލާމާއި ތަހުނިޔާ ކިޔަމުން ދިޔައެވެ. މިސްކިތުން ނިމިގެން ހިގައިގަތް އިރު އެ ދެކުދިންގެ ހަތަރުކަޅިހަމަ ކުރެވުނެވެ. އެވަގުތު ލޮލުގެ އިޝާރާތުން  ހިތުގައިވާ ހުރިހާ ވާހަކައެއް ބުނެދެވެން އުޅުނު  ކަހަލައެވެ. ނަމަވެސް ދެފަރާތުން ބަދަލުކުރީ ލުއި ލުއި ހިނިތުން ވުމެކެވެ. ނަމާދުން ފައިބާގެން ގެއަށްގޮސް ނަލަ ހެދިލައިގެން ނަޒީމެން ދިޔައީ ރަށުގެ ހޭޅި ފަށުގައި އޮތް ކުޅޭބިމަށެވެ. ރަށުގެ ކުދިބޮޑު އެއްމެން އެތަނަށް ޖަމާވެފައި އޮތެވެ. މީޑިއާޓީމު މަންޒަރުތައް ލައިވް ކުރުމުގަ އަވަދި ނެތި އުޅޭއިރު ރަށުގެ ހަރުކުލައިގެ މީހުން އެމީހުންނަށް އެހީވާން އުޅެއެވެ. އެތަނަށް ދެވުމާ އެކު ނަޒީގެ ދެލޯ ހޯދާލީ އެއްކަލަ ޒުވާނާއެވެ. ނަޒީއަކަށް އޭނަގެ ނަމެއްވެސް ހޯދޭނެ ގޮތެއް ނުވިއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުން ހިތުގައި ފޮރުވާފައިވާ އިހުސާސެކެވެ. އެހެން މީހަކާ ހިއްސާ ކުރާނީ ކޮން ދުލަކުން ބާއޭ ނަޒީގެ ހިތައް އަރައެވެ. ނަޒީގެ ދެލޯ ގޮސް ވިޖާން އާ ދިމާލަށް ހުއްޓާލެވުނު އިރު ވިޖާން ހުރީ ކަޅިޖަހާ ނުލާ ނަޒީއަށް ބަލާށެވެ. ވިޖާން ބަލަން ހުރިގޮތުން ލަދުރަކި ހިނިތުން ވުމަކާއެކު ނަޒީ” އަށް އިސްޖަހާލެވުނެވެ. އެމަންޒަރު ވިޖާންއަށް ވަރަށް ހިތްގައިމުވިއެވެ. މުޅިރަށުއެއްމެން ޖަމާ ވެފަ އޮތްތަނަކަށް ވިއަސް ބައެއް ފަހަރު އެތާނގަ ތިބީ އެދެމީހުން އެކަނިހެން ހީވާކަހަލައެވެ. ލައިވް  ޕްރޮގުރާމް؛ ހުށަހަޅައި ދިނުމުގައި ވިޖާންގެ ދޫ ފަރިތަ ކަމާއެކު ހެލެމުން ދެއެވެ. ސަމާސާ ރާގެއްގަ ވަހަކަ ދައްކަމުން ދިޔައިރު އެތަނުގަ ތިބި އެއްމެންގެ ނަޒަރު ވިޖާން އަށް ހުއްޓިފާވެއެވެ. އަންހެން ކުދިނަތައް އޭނާގެ ސްމާޓް ކަމާމެދު ތައުރީފު ކުރަމުން ދެއެވެ. ޖާވީދު .. ވިޖާން ގެ ނަމުން ގޮވާލުމުން ނަޒީއަށް ހިތާ ހިތާ އެނަން ކިޔާލެވުނެވެ. “ވިޖާން” ހާދަ ޔުނިކު ނޭމް އެކޭ ސަޅި؛ ނަޒީ މަޑުމަޑުން މިހެން ބުނެލި އަޑު ކައީގައި ހުރި ދީނާއަށް އިވުނެވެ. އޭ ! ހިތް ކީތަ ދީނާ ސަމާސާ ރާގަކަށް ދިމާ ކޮއްލިއެވެ. ޖަވާބުގައި ނަޒީ ދިނީ ލުއި ހިނިތުން ވުމެކެވެ. ހާދަ ހީވެޔޭ ދީނާ އަދިވެސް ދިމާ ކުރުން ހުއްޓާއެއް ނުލައެވެ. އެއްމެ ފަހުން ދިމާ ކުރާވަރުން ނުހުރެވިގެން ދީނާގެ އަތުގައި ވިކައިގެންފާ ނަޒީ ދުއްވައިގެން ފިއެވެ. އެވަގުތަކީ “ޖާވީދާ”  މައިކު ހަވާލުކޮއްފަ ކުޑަ ބްރޭކަކަށް ވިޖާން އެއްފަރާތަކަށް ހިގައިގަތް ވަގުތު ވެސްމެއެވެ. ވިޖާން  ހުރީ މީހުން ތިބިތަނުން އެއްފަރާތައްޖެހި މޫދާ ދިމާލަށް ކެމެރާ ދިއްކޮއްގެންނެވެ. އަބަދުވެސް ރީތި މަންޒަރުތައް ކެމެރާއަށް ގައިދު ކުރުމީ ވިޖާންގެ ހޮބީއެކެވެ. ދީނާއަށް އަތު ނުވާންވެގެން އެއެއް މިއެއް ނުބަލާ ދުވަމުން ސަކަރާތްޖަހަމުން ގޮސް ނަޒީ އަޅައިގަތީ ވިޖާންގެ  ގައިގައެވެ. އެވަގުތު ވިޖާންގެ އަތުގައި އޮތް ކެމެރާ އަތުން ދޫވެގެން ނުވެއްޓިނީ ކިރިއާއެވެ.  ހަތަރުކަޅި ހަމަވެގެން ދިއައީ ބަސް ބުނާހާ އަވަހަށެވެ. “ސޮރީ” ނަޒީއަށް ބުނެލެވުނެވެ. އިޓްސް އޯކޭ ” ކެމެރާ އަތަށް ހެޔޮވަރު ކޮއްލަމުން ވިޖާން  މަސްތީ ގޮތަކަށް ބުނެލިއެވެ. ޢީދު މުބާރިކު” ވިޖާން ސަލާން ކުރަން ދިއްކޮއްލި އަތުގައި  ނަޒީއައްވެސް ހިފާލެވުނެވެ.    އިޚްތިޔާރަކު ނޫނެވެ. ނަމަވެސް ހިނިތުންވެ ހުރެއެވެ. މީ “ވިޖާން” ނަޒީ ކިނެތްހާލު  ނަޒީ.. ހައެރާން ކަމާ އެކު ވިޖާންގެ މޫނަށް ބަލައިލިއެވެ. ކިހިނެތް ނަން އެނގުނީ! ހައިރާން ކަމާއެކު ނަޒީ ސުވާލުކުރިއެވެ. ބޯޓުން ފައިބަން ދިޔަވަގުތު ކައިރީގަ ހުރި މީހާ ގޮވާލި އަޑު އެހިން؛ އޯ، އެހެންތަ، ހޫނ.. އެހެން.. ހެހެހެ.. ދެމީހުންނަށް އެއްފަހަރާ ހީގަނެވުނެވެ. އެއީ ނަޒީގެ މަންމަ ތަ ؟ ނޫން އެއީ ބޮޑުދައިތަ، އެހެންތަ ، ދީފާނަންތަ ތި ފޯނު އެއީ ކީއްކުރަން ! ބަލާލަން  ހައެރާން ވެފައި ނަޒީ ފޯނު ދިއްކޮއްލިއެވެ. އެވަގުތު ނޭގޭ ކަމަށް ހަދާފަ ނަޒީގެ ފޯނުން އޭނާގެ ނަމްބަރަށް ޑައިލް ކޮއްލާފަ ނަޒީގެ ފޯނު ދެމުން ވަރަށް ރީތި ފޯނެކޭ ބުނެލިއެވެ. ތެންކްސް، ނަޒީ އިތުރަކަށް ސުވާލެއް ނުކުރިއެވެ. މަޖާތަ ،މިރަށް ހޫމް ވަރަށް.. ހިނިތުން ވުމަކާ އެކު ނަޒީ ބުނެލިއެވެ. އަދި އެބައޮތް މިރޭ ޝޯ ވެސް އަންނަން ވާނެ އިނގޭ ވިޖާން ދައުވަތު ދިނެވެ. އެވަގުތު ޖާވީދު ގޮވާލުމުން ވިޖާން ހިގައިގަތެވެ. ކުއްލިއަކަށް ދީނާ ދުވެފައި އައިސް ނަޒީގެ ކޮނޑަށް އަތް އެއްލައިލިއެވެ. މަހުރީ ދުރުގަ ބަލަން ހެހެ.. ލާނެއްގޮތަކަށް ދީނާ ބުނެލިއެވެ. ނަޒީއާ ދިމާލަށް އޭނަ އެހެރަ ބަލާލި ގޮތެތް އޭނަގެ ހިތުގައި ވަނީ ކޯއްޗެއްކަން އެގޭ ކަހަލަ  އައްދެ ތީ ސައިކޮލޮޖިސްޓެއް ދޯ މީހުންގެ ހިތުގަވާ އެއްޗެހި އެނގެން..ހެހެހެ….އަސްލުވެސް ހާދަ ލޯބިންނޭ އޭނަ ނަޒީއަށް އެބަލާލީ  އަޅޭ، ދީނާ… ނަޒީ ދީނާގެ ގައިގަ ވިކައިގެންފައި އަނެއްކާވެސް ދުއްވައިގެންފިއެވެ. ހެނދުނުގެ ކުޅިވަރުތައް ނިމުނު ވާހަކަ އިއުލާން ކޮއްފިއެވެ. ނަމަވެސް ޒުވާންފުރައިގެ ކުދިންގެ ސަކަރާތްޖެހުމާ މަޖަލަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް މެންދުރު ނަމާދަށް އެއްމެން ގެއަށް ވަނދެ ނިމިއްޖެއެވެ. ނަޒީ ކޮޓްރިއަށް ވަދެ އެނދުގައި ޖައްސާލީ ވެފައިހުރި ވަރުބަލިންނެވެ . ޚިޔާލެއްގެ ތެރެއަށް ގެނބިގެން އޮއްވާ އޭނަގެ ފޯނަށް މެސެޖެއް އައެވެ. ފޯނުގެ  އިންބޮކުސް ހުޅުވާލުމުން ނުދައްނަ ނަމްބަރ އަކުން “ހައި “ޖަހާލާފައި އޮތްތަން ފެނުމުން ހައިރާންވެފައި ރިޕްލައި ކުރިއެވެ. ކާކުބާ ! ކާކުހެން ހީވަނީ؟ ނޭނގެ، ހަނދާން ކޮއްބަލަ “އެކްސިޑެންޓް” އޯހް، ވިޖާން” ރައިޓް ” ޔެސް.. ކިހިނެތް.. ރަންގަޅު، ހަވީރު ދައްޗޭ .. ކުޅޭތަނަށް ހޫމް ދާނަން ނަޒީ ރިޕްލައި ކުރިއެވެ. ވާހަކައެއް ބުނަން ބޭނުން، ހޫމް ބުނެބަލަ، ނަޒީ ކެތް މަދުވެފަ އަހާލިއެވެ. އުހޫނ ފޯނަކުން ނުބުނާނަން އެއީ ކީއްވެ؛ އެއީ ފޯނުން ބުނީމަ ފަހަރެއްގަ ވާހަކައިގެ ހަގީގީ މާނަ އޮޅިދާނެ ހެންހީީވާތީ މިގޮތަށް މެސެޖު ކޮށް ކޮށް ތިބެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ. ހަވީރުގެ ވަގުތެވެ. މުޅި މާހައުލުގައި ހިތްގައިމު ކަމާ އުފާވެރި ކަމުގެ އަސަރު އެކުލެފައި ވަނީ އިންތިހާ އަށެވެ. ރީތި މިއުޒިކާ ލަވަ ތަކުންނެވެ. އުފާވެރި ކަމާއި ސަމާސާ ކޯޅުން ތަކުން މުޅި މާހައުލު ހަލަބޮލި ކުރުވާފައި ވެއެވެ. ތަފާތު ކުޅިވަރު ތައް ދެ ޖިންސުގެ ޒުވާނުން ނާއި ހަރުމީހުން ނަށް ޚާއްސަ ކޮއްގެން ކުރިއަށް ދެއެވެ. ނަޒީމެން ގުރޫޕުވެސް ކުޅިވަރަކަށް ތއްޔާރު ވަނީއެވެ. ރިލޭ، ދުވުމަކީ އެއްމެންނަށް ވެސް ވަރަށް ފޯރި ހިފާލާ ކުޅިވަރަކަށް ވިއެވެ. ނަޒީމެން ގުރޫޕުގެ ރޭސް ނިއްމަން ހުރީ ނަޒީއެވެ. ސްކޫލުގަ އުޅުނުއިރު ނަޒީ އަކީ އެތްލީޓެކެވެ. މުޅި ސްކޫލުގަ ނަން ވިދާލާ ފަޚުވެރި ދަރިވަރެކެވެ. އެހެންވީމަ އެއްމެ ބާރަށް ދުވާ ކުއްޖާ ބެހެއްޓީ ރޭސް ނިއްމާށެވެ. ވަރަށްވެސް ފޯރިގަދައެވެ. އެކިކުދިން އެކިފަހަރު ކުރި ހޯދަމުން ދެއެވެ. މުޅިމާހައުލު އޮތީ ސަޕޯޓުން  ގުގުމާލާފައެވެ. ނަޒީ” ގަޔަށް ލެވުނުހާ ބާރެއް ލާފަ ދުވެ ރޭސް ނިއްމަން ދަނީއެވެ. އަތްޖަހާމީހުން އަތްޖަހައެވެ. ނަޒީގެ ނަން އެގޭހާ ބަޔަކު އޭނަޔަށް ގޮވާސާބަސް ދެމުން ގެންދެއެވެ. އިދިކޮޅު  ބައިވެރިޔާއަށް ދެވުނީ ނަޒީ ގޮސް ރޭސް ނިއްމާލި ތާ އިރުކޮޅެއް ފަހުންނެވެ. ނަޒީ ދުވެފަ ދިޔަ ބާރުކަމުން ޚުދު ވިޖާން، ވެސް ހައިރާން ވިއެވެ. ހާދަ ،މޮޅޭ، މޮޅުވި ކުދިންނަށް ސާބަސް ދެމުން މައިކުން ވާހަކަ ދައްކަމުން  ދިޔައިރު ނަޒީ، އާދިމާލަށް ކަތި ނަޒަރަކުން ވިޖާން ބަލައިލި އެވެ. އެވަގުތު، ނަޒީ ،ހިނިތުން ވެފައި އަނެއްފަރާތަށް އެނބުރުނެވެ. ކޮއްމެއަކަސް، އުފާވެރި ހަވީރެއް ނިއްމާލީ އެރޭގެ ޝޯވ އަށް އެއްމެންނަށް ދައުވަތު ދެމުންނެވެ. ނަމަވެސް ނަޒީ ގެއަށް ދިއުގެ ބަދަލުގައި ދިޔައީ މޫދުކައިރިއަށެވެ. އިރު އޮއްސޭ މަންޒަރު ސެލްފީއަކާއެކު ނަގާލުމަށެވެ. ފޮޓޯނެގިވަގުތު ވަރަށް ކައިރިން މީހަކު ވާހަކަ ދެއްކި އަޑު އިވިގެން ސިހިފައި ބަލާލިއިރު ކައިރީގައި  ވިޖާން ހުރިތަން ފެނުމުން ނަޒީ ލަދުން ފިނިވާގޮތްވިއެވެ. ހާދަ ގަދައޭ  ވިޖާން މިހެން ބުނުމުން ނަޒީ ހިނިތުން ވެލިއެވެ. އަސްލުވެސް ހީވީ ގުރައެއް އުދުހިފަ ދިޔަހެން،  ދެން، ތިހާވަރަށް ސަޕޯޓު ނުކުރިއަސް ހެވޭ މަމީ ގުރައެއް ދޯ… އެއައްވުރެން ވެެސް ރީތި ވިޖާން މިހެން ބުނުމުން ނަޒީ ލަދުން އިސްޖަހައިލިއެވެ. މިހާރު އަދި ވަކިން ރީތި ވިޖާންގެ ބަސްތަކުން ނަޒީ އިތުރަށް ލަދުގެންފިއެވެ. މޫނުގައި ދެއަތް އަޅާލެވުނެވެ. އެވަގުތަކީ އޮއްސެމުން ދިޔަ އިރުގެ އެއްމެފަހު ދޯދި ދުނިޔެއާއި އަލްވަދާއު ކިޔަމުން ދިޔަވަގުތެވެ. ދެމީހުންވެސް އެމަންޒަރު ފޮޓޯނެގޭތޯބެލިއެވެ. ސަޅި، ދޯ ،އާނ ވަރައްސަޅި ނަޒީ” ބުނެލިއެވެ. ނަޒީ.. ހިމޭން ވަގުތު ކޮޅަކަށް ފަހު ވިޖާން ގޮވައިލިއެވެ. އަހަރެން ނަޒީއަށް ނައަންގާ ނަޒީގެ ފޮޓޯއިން ވައްކަން ކޮއްފިން. އެވަގުތު ނަޒީގެ ބޮޑު ދެލޮލުން ވިޖާން އާ ދިމާލަށް ބަލައިލި ހިނދު އެދެލޮލުގެ ޖާދޫގައި ވިޖާން ގައިދުވި ކަހަލަ އެވެ. ސޮރީ އިނގޭ ކޮންކަމަކާ ފޮޓޯނެގުނީތީ ހަމަ ރީތި ކަމުން ހެހެހެ.  ވިޖާން މިހެން ބުނެލިގޮތުން ނަޒީއަށް ހީގަނެވުނެވެ. ވިޖާންވެސް ހިނިތުން ވެފައި ވީ ކީއްތޯއަހާލިއެވެ. ކަމެއް ނުވޭ ؛ރީތި ، މަންޒަރުތައް ފޮޓޯނަގަން ވަރަށް އިންޓުރަސް ވޭ ދޯ “އަހަރެންވެސް” އެހެންވީމަ  ސޭމް ވާނެތާ.. ބުނީމެއްނު ވާ ހަކައެއް ބުނަން ބޭނުމޭ ބުނެބަލަ  ނޭނގޭތަ ބުނަން މިއުޅޭ ވާހަކައެއް ވިޖާން މައުނަވީ ގޮތަކަށް ނަޒީއާ ދިމާލަށް ބަލައިލަމުން ސުވާލު ކޮއްލިއެވެ. ހޫމް ، އެވަގުތު އެދެމެދައް އައީ ހިމޭން ކަމެކެވެ. ނަޒީ އަހަރެން ނަޒީ ދެކެ ވަރަށް ލޯބިވޭ އެ އަޑުއިވުމުން ނަޒީގެ ހިތް އުފަލުން ނަށައިގަތެވެ. މުޅިދުނިޔެ އެކުގައި އޭނާއަށް މިލްކުވި ކަހަލައެވެ. ނަޒީ ލަދުވެތި ހިނިތުންވުމަކާ އެކު މޫނުގައި ދެއަތް އަޅައިލި އެވެ. ވިޖާން ނަޒީގެ ދެއަތުގަ ހިފާ މޫނާ ދުރު ކޮއްލި ހިނދު އޭނަގެ ދެލޯވަނީ ލަދުވެތި ކަމުގެ ފަރުދާ އާއި ނިވާ ވެފައެވެ. ވިޖާން ނަޒީގެ އަތުގައި ހިފާލަމުން ބުނަމުންދިޔައެވެ.

ވެޔެ އިޝްގީ އަސަރު ފެނި ފުރަތަމަ ނަޒަރު

ހަނދުގެއަލިކަން ހިތާ ހިތްގުޅާލައފިޔޭ

ޤުލްޝަނުން ފޮޅުނުހާ މާމެލާމެލި އެކީ

ކުރަމެ ވެދުމާސަލާމް ތިޔަ އަސަރުގާ ތެދޭ

ހާދަ ރީއްޗޭ ކަލާ ފަރިވި ފިނިފެނމަލާ

ހާދަހާ  ބޭނުމޭ މިލްކު ވުން އެދި ކަލާ …..

ޤުދުރަތުން ގުޅުވާފި ދެހިތެއް ސިއްރު ނުމެވާނެ އެވެ . އެދެކުދިން އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު އަޖައިބެއް ފަދަ ލޯބި އެކަކު އަނެކަކަށް އަސަރާ އެކު ހާމަކުރަމުންދެއެވެ. ކުރެވެމުން ދިޔަ ވައުދުތައް ހެކިވުމަށް ރޭނގަނޑުގެ ހަނދުވެސް މެދު އުޑުގައި ހުއްޓިލައިގެން ހުރީ ހިނިތުންވުމާއެކުގައެވެ. ވިޖާން، ހޫމް.. ހިނގާ ދާން އޭކީއްވެ، މިހާރު ގޭމީހުން ހޯދާނެކަންނޭނގެ ދާހިތެއްނުވޭ. މުޅިރޭގަނޑު މިގޮތުގަ ހޭދަކޮއްލާ ހިތްއޮތީ އެކަމަކު..ދާން އެބަޖެހޭ ވިއްޔާ ދޯ މިރޭ ޝޯ ބަލަން ދައްޗޭ..  ގެއާދިމާލަށްހިގައިގަތީ ދެމީހުންވެސް ހިތާ ދެކޮޅަށެވެ. ގެއަށްގޮސްސަ މަޑުނުވެ ވިޖާންއަށް ޖެހުނީ ޝޯގެކަންތަކާ އުޅޭށެވެ. ފޯރިގަދަ މިއުޒިކުޝޯނިމި މާހައުލު ހިމޭން ވެއްޖެއެވެ. މިގޮތުގައި ޢީދުގެ ހަތަރު ދުވަސް އެރަށުގައި ހޭދަކުރެވުނު ގޮތް ނުވެސް އެނގި ތިއްބާ ނިމިގެން ހިނގައްޖެ އެވެ. ކުރީފަހަރައްވުރެ މިފަހަރު ދަތުރު މާ ހިތްގައިމެވެ. ނުދަންނަ މީހުން ރައްޓެހިންނަށްވެ އަދި ރައްޓެހިން ލޯބިވެރިން ނަށްވެ  ނިމިއްޖެ އެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަޒީއާ ވިޖާން ތިބީ ބޯޓުގެ މަތީ ގައި ހުރި ޖޯލިފަތީގައެވެ. ލޯބީގެ އެތަކެއް މަލެއް ފޮޅިފަރިވަމުން ދާއިރު ހެކިވުމަށް ރޭގަނޑުގެ ހަނދުވެސް ހުރީ މެދު އުޑުގައި ހުއްޓިލައިގެންނެވެ. ވިޖާން،  ހޫމް، ބުނޭ، މާލެ ގޮއްސަ އަހަރެން ވަރަށް އަވަހަށް ކޯހަށް ފުރަންޖެހޭ އެހެންތަ ކޮންތަނަކަށް ދަނީ ، މެލޭޝިޔާ އަށް އޯހް ވަރަށް މިސްވާނެ.. މަވެސް.. ނަޒީ، ހިއެއްނުވޭ ނަޒީއާވަކިން އެއްމެ ހިނދުކޮޅަކުވެސް ކެތްވާނެ ކަމެއް… ކޯއްޗެއް ކިޔަވަނީ.. ޑޮކްޓަރު ކަން އޯ ސަޅި..އޭރުން  މަ އޮއްނާނަން ބަލިމީހަކަށް ވެގެން ހޮސްޕިޓަލުގަ ހޫނ.. ވިޖާން.. ދެން ކިޔާފާނެ ކޮއްމެފަދަ އެއްޗެއްވެސް ހެހެހެ.. ކިހިނެތްވީ ކީއްވީ ހިތްހަމަ ނުޖެހުނީތަ، ސޮރީ ،،، އިސާ ހިތަކު މާލޭގެ ބަނދަރަށް  ބޯޓުލެފިއެވެ. މިފަހަރު ދަތުރު ހާދަ ކުރޭ ދޯ އެހެން ވާނެތާ، ހެހެހެ…. ގުޅާނަން އިނގޭ ބޯޓުން ފައިބަމުން ވިޖާން ބުނެލިއެވެ.

ހެހެހެ. . އަހަންނަށް އެދުވަހުވެސް އެނގުނޭ ކޮޓަރިތެރޭގަ ހުރެގެން ދީނާ ނަޒީއާ  ދިމާކުރަން ފެށިއެވެ . ހާދަ ނުލަފާ ވެއްޖެޔޭ ދޯ މީނަވެސް މިހާރު ދީނާއާއި ދިމާލަށް ބާލީހެއް ހޫރާލަމުން ނަޒީ ހޭން ފެށިއެވެ. ދިމާ  ނުކުރެވޭ ވަރެއްތަ ހީވަނީ ރޯމިއޯ ޖޫލިއެޓު ފިލްމު ބަލާލެވުނުހެން ވިއްޔާ ހެހެހެ  .. އެއިގެ ދެ ރޭފަހެވެ ވިލިގިލީގެ ހިތްގައިމު ބީޗުގައި ނަޒީއާއި ވިޖާން  އަތުގުޅާލައިގެން ހިނގަމުން ދިޔައިރު ދެމީހުން ވަކި ނުވާން އެތަކެއް ވައުދަކާ އަހުދެއް ކުރަމުން ދިޔައެވެ. ނަޒީ މާދަމާ ނަޒީ ދިޔާމަ އަހަރެން ހާދަ އެކަނި ވާނެޔޭ ވަރަށް މިސްވާނެ  ވިޖާން އަހަރެންވެސް ވަރަށް މިސްވާނެ އެކަމަކު އަހަރެންގެ ހުވަފެންތައް ހަޤީގަތަކަށްވުމަށް ވިޖާން ނޭ ދެންތަ، މިހެން ބުނުމާއެކު ވިޖާން ގެ އިނގިލި ނަޒީގެ ތުންފަތުގައި ޖައްސާލާފައި ބޯހޫރާލިއެވެ. ތިހެން ނުބުނޭ  ނަޒީ، ނަޒީއަށް ލިބޭ ކޮއްމެ ކާމިޔާބީއަކީ އަހަންނަށް ލިބޭ އުފަލެއް އަހަރެން އިންތިޒާރު ކުރާނަން ތެދުވެރިވާނަން ، ވަރަށް “ލޯބިވޭ ” އަހަރެންވެސް”ނަޒީ، ވިޖާން، ގެ އަތުގައި ހިފާލަމުން ބުނެލިއެވެ ކޮއްމެ ދުވަހަކު އަހަނަށް ގުޅާތި އޮންލައިން ވާތި ޚަބަރުވާތި ނަޒީ އެއްނޭވާއިން ކިޔާލިއެވެ. އޯކޭ،،، ދޫނި ނުބުއްޏަސް ތިކަން ކުރާނަމޭ،،، ވިޖާން މިހެން ބުނުމުން ނަޒީހިނިތުން ވެލިއެވެ. ދެ ލޯބިވެރިން އެމަންޒިލުން ވަކިވީ މުސްތަގުބަލައްޓަކާއެތަކެއް ފޮނި އުއްމީދު ތަކެއް ކުރަމުންނެވެ. ނަޒީ މެލޭ އަށްދިޔައީ  ހިތާދެކޮޅަށް ނަމަވެސް މުސްތަގުބަލައް ޓަކައި އޭނަގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އޭނަ ބޭޭނވެއެވެ.. . ދުވަސްތައް ފާއިތު ވަމުން ދެއެވެ. ވިޖާން ކޮއްމެ ދުވަހަކު ނަޒީއަށް ގުޅައެވެ. ކިރިއާ ވަގުތެއް ވާއިރަށް މެސެޖު ކުރެއެވެ. ކުޑަ ޗުއްޓީއެއް ލިބުނަސް ނަޒީ މާލެ ދެއެވެ. އާޢިލާ މީހުންނާ ރައްޓެހިންނާ ބައްދަލު ކުރެއެވެ. ލޯބިވެރިޔާ އާއި އެކު ވަގުތު ހެދަ ކުރެއެވެ. މިގޮތުގައި ފަސްއަހަރު ފާއިތުވެގެން ހިނގައްޖެ އެވެ. މިދުވަސްކޮޅަކީ ކޯހުގެ އެއްމެ ފަހުގެ ދުވަސްކޮޅައް ވާތީ ނަޒީ އުޅެނީ ވަރަށް ބީޒީ ކޮށެވެ. އޮންލައިން ވެވެނީ ވެސް ވަރަށް މަދުންނެވެ. ދިމާވާ ފަހަރެއް ވެއްޖެއްޔާ ކިރިއާ ބަލާލެވެނީ ހާލެވެ. ..”ވިޖާން” ހާދަ ތަދޭ މިހާރު ޑިއުޓީ ނިއްމާލާފަ ގެއަށްގޮސް ނިދަނީތަ، ޖާވީދު ،އަހާލިއެވެ. ނޫނޭ..ހޫން އެނގިއްޖެ، ނަޒީ އެކޮޅަށް ދިޔާމަ އަބަދު އޮންލައިނގަ ތޯއްޗެއް.، ދެންއެހެތާ ވާނީ، އަދި ނުނިމޭތަ ކޮން އިރަކު އަނަނަނީ ނޫނޭ އަންނަ މަހު އެއްކޮށް ނިމިގެން އަންނާނެ، އެހެންތަ؛ ސާ ލިބޭނެތާދޯ؟، އެހެންވީމަ ދުވަސްކޮޅަކުން،، ހެހެހެ… ޖާވީދު ދިމާކޮއްލުމުން ވިޖާން ހިނިގަނޑެއް ޖަހާލިއެވެ

މިއަނދަކީ ނަޒީއަށް ވަރަށް އުފާވެރި ދުވަހެކެވެ 5 އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ކާމިޔާބީ ފާހަނގަ ކުރުމުގެ އެއްމެ ފަހުގެ ތައްޔާރީ ކުރާ ދުވަހެވެ. ހެނދުނު ހޭލާފަ ފުރަތަމަ ވެސް ބެލީ ވިޖާން ގެ މެސެޖެއް އައިސް އޮތް ތޯއެވެ. ނަޒީ ހީކުރިގޮތާ ޚިލާފަށް ވިޖާންގެ އެއްވެސް މެސެޖެއް އައިސްފަ އެއްނެތެވެ. ރޭގެ ފަހުން އޮންލައިން ވެފައެއް ވެސް ނެތެވެ. މިކަމާ ނަޒީ ވަރަށް ހައިރާން ވެދެރަވެސް ވިއެވެ. އެދުވަހުގެ އިރު އޮއްސުމާ ހަމަޔައށް ވެސް ވިޖާން ގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަޒީވަރަށް ދެރަވެ ރޮވޭގޮތް ވިއެވެ. ނަޒީމެން ފޯނުކޮއްގެން ވާހަކަ ދައްކަނީ ގިނަ ފަހަރު އޮންލައިން ކޮށެވެ. ނަމަވެސް ދޭތެރެ އަކުން ފޯނުން ގުޅާލައެވެ. ޚަބަރެއް ނުވެގެން ނަޒީ އެތައްފަހަރަކު ވިޖާންގެ ނަމްބަރައް ގުޅިއެވެ. ނަމަވެސް ފޯނުއޮއްނަނީ ނިއްވާ ލާފައެވެ. އެތައް މެސެޖެއް ކޮއްފި އެވެވެ. ރިޕްލައި އެއް ނާދެއެވެ. އެދުވަހުގެ އިރު އޮއްސުމާ ހަމަޔަށް ވެސް ނަޒީ އުޅުނީ މިހާލެއްގައެވެ. އަނެއް ދުވަހަކީ ގުރެޖުއޭޝަން އޮންނަދުވަސް ކަމުން އެދުވަސްވީ ފްރީ ދުވަހަކަށެވެ. ރޭގަނޑުގެ އަރާމު ނިދިން ވަނީ .މަހުރޫމު ކޮއްފައެވެ . ހިޔާލުތައް ގިނަވެ ބޯހާސް ކުރުވާފައެވެ. ވަކިނުވާން ބުނެ ކުރި ހުވަޔާ ވައުދު ތައް ހަނދާންވެ ގިސްލެވި ފައެވެ. އާހް،،، ކޮންފަދަ ކެތް ކުރަން ދަތި އިހުސާސް ތަކެއް ހެއްޔެވެ…. އެހެންއޮއްވާ ނިދުނު ކަމެއް ނޭގެނީސް ގަޑި އެލާމު ވިއަޑަށް ނަޒީ ތެދުވެއްޖެއެވެ. ގުރެޖުއޭޝަނަށް ދާން ލަސްލަހުން ތައްޔާރު ވާންފެށިއެވެ. ކޯހުގެ އެއްމެ ފަޚުރުވެރި ވަނަ ލިބުނީ ނަޒީ އަށެވެ. ވާންވީ އުފާ ހެއްޔެވެ. އަހަރެންގެ ހުރިހާ އުފަލެއް ހިއްސާ ކުރަން ހުރިމީހާ ކޮބައި ހެއްޔެވެ.؟ ވީ ކީއްހެއްޔެވެ.؟ ޚަބަރު ނުވީ ކީއްވެބާއެވެ. ؟ އަނެއްކާ ވެސް ހިޔާލުތަކުން ނަޒީގެ ބޯހާސްވާން ފަށައިފިއެވެ. މިކަހަލަ ޚިޔާލުތަކެއްގައި ހުރެގެން ނަޒީ ކޮޓަރިއަށް ވަން ގޮތަށް އެނދު މައްޗަށް ވެއްޓި ގެންފިއެވެ. ލޯތްބަކީ ހާދަހާ ގޮތް ނޭނގޭ ހަތިޔާރެކެވެ އެކިފަހަރު އެކިރަހަ ދޭ، އިހުސާސެކެވެ. އެއިގެ ހަފުތާ އެއްފަހުން ނަޒީ މާލެ ދިޔައެވެ. އައި ޖީ އެމް އެޗުން ވަޒީފާ ހަމަޖެހުނުކަން ވެސް އަނގައިފިއެވެ. މާލެ ގޮސްފަ އެއްމެ ފުރަތަމަވެސް ނަޒީ މަސަތްކަތް ކުރީ ވިޖާން އާ، ގުޅާލެވޭ ތޯއެވެ. ނަމަވެސް އެ ފޯނު ނިއްވާލާފައިވާ ވާހަކަ ބުނުމުން ނަޒީ މާޔޫސް ވިއެވެ. ދެލޯ ފެންކަޅިވެ ރޮވޭ ގޮތް ވިއެވެ. ދީނާ،، ކުރެން އަހާކަށް ވެސް ނަޒީގެ ހިތެއް އެއްބަހެއް ނުވިއެވެ. ޖެހިގެން އައި ދުވަހު ނަޒީ ފުރަތަމަ ފަހަރަށް އޭނާގެ އިންސާނީ ޚިދުމަތަށް ކުރިމަތި ލިއެވެ.ނުހަނު އިޚުލާސްތެރި ކަމާ ހިތްވަރާ އެކުގައެވެ. ޑޮކުޓަރުންގެ ރޫމްއަށް ވަނުމާއެކު ހުރިހާ ޑޮކުޓަރުން ވެސް ނަޒީއަށް މަރުޙަބާ ކިއެވެ. ޕްރައިވެޓް ރޫމް ނަމްބަރ2 ގައި އޮތް ޕޭޝެންޓުގެ ހުރިހާކަމެއް ނަޒީއާހަވާލުކުރެވުނެވެ. ނަޒީ ކުޑަކޮށް ފައިލް ހާވާލާ ޕޭޝެންޓުގެ ޙާލަތު ދެނެގެންފިއެވެ. ނަޒީއަކީ ދިވެހި ޑޮކުޓަރެއްވީމަ ފުރަތަމަ ފަހަރަށް ނަރުހަކާ ނުލާ ނަޒީ ޕޭޝެންޓާ ބައްދަލު ކުރަން ދިޔައެވެ. އެކްސިޑެންޓުގެ ސަބަބުން ފައި ބިންދާގެންގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ޕޭޝެންޓެކެވެ. ހޭނާރާ އޮތުމައްފަހި ޕޭޝެންޓް ހޭއެރިތާ މިއަނދައް މިވީ ދެދުވަހެވެ. ނަމަވެސް ޕޭޝެންޓުގެ ހާލަތު އަދިވެސް ކްރިޓިކަލްއެވެ. ނަޒީ، ގޮސް ބަލިމީހާގެ ކައިރިއަށް ހުއްޓުމުން ނަޒީ އަށް ލިބުނީ ކުއްލި ސިހުމެކެވެ . ބަލިއެނދުގައި އެއޮތީ ދެވަނަ ދެމީ ހެއް ނޫނޫނެވެ. އޭނާގެ ލޯބިވާ ވިޖާންއެވެ. ވިޖާންއަށް އޮތީ ނިދިފައެވެ. ނަޒީއަށް، އެހުއްޓުނު ގޮތަށް ވިޖާންއަށް ބަލަން ހުރެވުނީ ފެންކަޅި ވެފައެވެ. ؛؛؛އޭރުން އަހަރެން އޮންނާނަން ބަލިމީހަކަށްވެގެން ހޮސްޕީޓަލުގައި؛؛،….އޭރުން އަހަރެނއ އޮއްނާނަން ބަލިމީހަކަށް ވެގެން ހޮސްޕިޓަލުގައި،،،، ވިޖާންގެ މި ޖުމްލަ ނަޒީގެ ކަންފަތުގައި ގުގުމައިގެން ފިއެވެ. ފެންކަޅިވެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޑޮކްޓަރަކަށް ވިއަސް އެމަންޒަރު ބަލާކަށް އޭނަގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެނބުރި ރޫމަށް ގޮސް ވިޖާންގެ ފައިލް ވަރަށް ރަނގަޅަށް ރިސާޗު
ކޮއްފިއެވެ. އަދި ޖާވީދަށް ގުޅައިލިއެވެ. ހަލޯވ ޖާވީދު، މީ،، ނަޒީ އަނހަ ނަޒީ ކޮންއިރަކު އައީ އިއްޔެގަ، އެހެންތަ، ކީއްވެ އަހަންނަށް ނޭންގީ ވިޖާން އެކްސިޑެންޓު ވިކަން.. ނަޒީ . .. ހަމަ ބުނާނެ ހިތްވަރެއް ނުލިބުނީ އަދި ވިޖާން އޮޕޭޝަން ގެ ފަހުން ހޭ ޖެހުމަށް ފަހު އެދުނު ނަޒީއަށް ނައަންގަން ނަޒީގެ ކިޔެމާ ދޭތެރޭ ވިސްނާފަ ނަޒީ ދެރަވާނެވަރު އެނގޭތީ އެކަމަކު ޖާވީދު،، އަހަރެން،،، ނަޒީއަށް ރޮވުނެވެ. ނަޒީ ހިތްވަރު ކުރޭ ޑޮކްޓަރުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްނު އިންޝާﷲ ރަނގަޅުވާނެ މަ މިދަނީ ހޮސްޕިޓަލަށް ދާން އޯކޭ ނަޒީ ފޯނު ބޭއްވިއެވެ. ޖާވީދު ރޫމު ތެރެއަށް ވަންއަޑަށް ވިޖާން ލޯ ހުޅުވާލި އެވެ. ވިޖާން ކިހިނެތްތަ ކުޑަކޮށް ރަނގަޅުހެން ހީވަނީ ޖާވީދު އަހަރެން މިއަނދު ނަޒީމަތިން ވަރަށް ބޮޑަށް ހަނދާން ވޭއެބަ ކެތްކުރޭ “ވިޖާން” ވަރަށް އަވަހަށް ދިމާ ވެދާނެ ކަން ނޭގެއެއްނު. އަހަރެން މިހާލުގައި އޮއްވަ ނަޒީ އަށް ފެނިއްޖެއްޔާ ނަޒީ ވަރަށް ދެރަވާނެ ވިޖާން ދެރަވެލާފައި މިހެން ބުނުމުން ޖާވީދު, ވިޖާންއަށް ހިތްވަރު ދިނެވެ އެކްސިޑެންޓުގައި ވިޖާންގެ އެއްފައި ބިންދައިގެން ގޮސް ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. ނަސީބަކުން ބޮލަކަށް އެއްވެސް ގެއްލުމެއްް ނުލިބެއެވެ. ނަޒީ އަނެއްކާ ވެސް ހިތްވަރު ކޮއްފަ ވިޖާން އޮތް ކޮޓަރިއާއިދިމާލަށް ހިނގައިގެންފިއެވެ. ނަޒީ ދިއުމުގެ ކުރިން ޑޮކްޓަރ ޖެކެޓާއެކު މާސްކެއްއެޅިއެވެ. ތެޅި ތެޅި އޮތް ހިތަކާ އެކު ކޮޓަރީގެ ދޮރު ނަޒީ ހުޅުވާލުމާއެކު ވިޖާން ދޮރާ ދިމާލަށް ބަލާލިއެއްކަމަކު މާސްކު އަޅައިގެން ހުރުމުގެ ސަބަބު ވިޖާން އަކަށް ނަޒީ ފާހަނގަ އެއް ނުކުރެވުނެވެ. ނަޒީ އެނދު ކައިރިއަށް ހުއްޓުމުން ޖާވީދު ބޭރަށް ނިކުންނަން ހިގައިގަތެވެ. އެއިގެ ދެކުދިންނަށް ފުރުސަތު ދީފައެވެ. މައުނަވީ ގޮތަކަށް ވިޖާން ޑޮކްޓަރާއިދިމާލަށް ބަލާލިއެވެ. އެވަގުތު ނަޒީ ގެ “ހިތް” ބާރަށް ތެޅެން ފެށިއެވެ. ޑޮކުޓަރު ދޯއޭ އަހާލުމަށްފަހު ވިޖާން ދެލޯ މަރާލިއެވެ. ނަޒީ އަށް ބޭއިޚްތިޔާރުގައި ވިޖާންގެ ބޮލުގައި ފިރުމާ ލެވިއްޖެ އެވެ .އެފިރުމުން ވިޖާއަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރުވައިފިއެވެ ނަމަވެސް ލޯ ހުޅުވުމުގެ ބަދަލުގައި ވިޖާން އިތުރައް ލޮލުގެ އެސްފިޔަ ބާރު ކޮއްލިއެވެ. ވިޖާން އަށް ނަޒީގެ ފިރުމުން އިހުސާސް ކުރެވުނީ ކަންނޭގެއެވެ. ޑޮކްޓަރ ވިޖާން މަޑުމަޑުން ޑޮކްޓަރަށް ގޮވައިލިއެވެ. ނަޒީގެ ލޮލުން އިޚްތިޔާރަކާނުލާ ކަރުނަތައް އޮހިގަތެވެ. ނަޒީ އަނެއް ފަރާތަށް އެެނބުރުނެވެ. ކުރިމަތިލާނެ ހިތްވަރެއް ނަޒީ އަކަށް ނުލިބުނެވެ.އަދި ހަމަޔަކަށް އެޅުމައްޓަކާ އެތަނުން ނިކުންނަން ހިގައިގަތެވެ. ނަޒީ ނުކުމެގެން ދިޔަތަން ފެނިފައި ޖާވީދު ގޮސް ވިޖާން އޮތް ކޮޓަރިއަށް ވަނެވެ. ޖާވީދު ކީއްވެ އެއްޗެކޭ ނުބުނެ ޑޮކު،، އެދިޔައީ ނުބުނޭތަ ! ހޫމް, އެކައްޗެކޭވެސް ނުބުނޭ ކިހިނެތްތަވީ އަނެއްކާ ގޯހެއް އުޅެނީތަ އަހަރެންގެ ފައިގަ؟ ނޫނޭ،، ވިޖާން ހަމަޖެހިބަލަ ނުވެޔޭ އެއްވެސް ކަމެއް ގޯހެއް ؛؛ދެން،، ހެޕީނިއުސްއެއް ދެންތަ، ބުނެބަލަ އަވަހަށް .. ދެއްމެ މިތަނަށް ދުރުވީ ޑޮކުޓަރު ނަޒީހާ އޭ ބުނެފިއްޔާ !.. އަސްލުތަ އެވަގުތު ވިޖާން އަށް ތެދުވެވެން އުޅުނެވެ. ނަމަވެސް ފަޔަށް ވާ ތަދަކުން އަނެއްކާވެސް މަޑުމަޑުންއޮތީއެވެ. އަސްލުވެސްތަ.. ޖާވީދު ހިތް ނުތަޅުވާ ބުނެބަލަ އާން އެއީ ނަޒީ ކީއްވެބާ ވާހަކަ ނުދައްކާ އެދިޔައީ އެނގޭތަ ނަޒީއަށް ވިޖާން އެކްސިޑެންޓް ވިކަން އެގުނީ މިއަނދު އޭނަ އަށް ވިޖާން ފެނުމުން..އޭނަ ވަރަށް ރުއި އަހަންނަށް ގުޅާފަވަރަށް ޝަކުވާކުރި އޭނަ އަށް ނޭންގީތީ ގުޅާދީބަލަ, ވިޖާން ކެތްތެރިކަން ކުޑަވެފައިވާރާގަކަށް ބުންޏެވެ ޖާވީދުގެ ފޯނުން ނަޒީ އަށް ގުޅާފަ ވިޖާން އަތަށް ދިނެވެ ހަލޯވް ޖާވީދު” ކީކޭ ވިޖާން އެއްޗެކޭނުބުނެ އަޑުއަހަން ހުރީއެވެ. ނަޒީ ވާހަކަ ދެއްކީ ޖާވީދު ކަމަށް ހީ ކޮށެވެ. ވިޖާން ރަންގަޅުތަ އެބައަންނަން ޗެކަޕެއް ހަދާލަން މިހެން ބުނެފަ ނަޒީ” ފޯނު ބޭއްވި އެވެ. އެކުސިޑެންޓުގައި ވިޖާންގެ ފޯނު ހަލާކުވި ގޮތަށް އަދި ފޯނެއް ނުހޯދައެވެ. އިރުކޮޅަކުން ނަޒީއައިސް އެ ރޫމަށް ވަނެވެ. ވަރަށް ހިތްވަރު ކޮއްފައިގޮސް ވިޖާންގެ ކައިރިއަށް ހުއްޓުނެވެ ވިޖާން ” ނަޒީ ” ދެމީހުންނަށްެވެ ސް. އެއްފަހަރާ އެކަކު އަނެކަކަށް ގޮވައިލެވުނެވެ . ވިޖާން ހުރީ ވަރަށް އުފަލުންނެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ ނަޒީ މިހާރު އެހެރީ އޭނަ ކައިރީ ގައެވެ. އޭނައަށް ޚިދުމަތް ކުރާށެވެ. އަދިވެސް ދެރަވެފަތަ, ވިޖާން ނަޒީގެ އަތުގައި ހިފާލަމުނ އަހާލިއެވެ. މަ މިހިރީ ވަރަށް އުފަލުން ،، ސަބަބު،، މިއަނދު އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ނަޒީ ތިފަދަ މަގާމެއްގަ ހުރިތަން ފެނުމުން… ދެން… ވިޖާން ..ނަޒީ ލަދުގަންނަ ގޮތްވިއެވެ. އަސްލުވެސް “ނަޒީ” އަހަރެން ވަރަށް އުފާ ވެއްޖެ. އަހަރެން ރަނގަޅު ވިހާ އަވަހަކަށް މެރީ ކުރާނަން،، ވިލް ޔޫ… ނަޒީ” ލަދުން ހުރެ އިސޖަހައިލި އެވެ. އެވަގުތަކީ ވިޖާންގެ މަންމަ އައިސް އެކޮޓަރިއަށް ވަންވަގުތެވެ. މަންމަ.. ވިޖާން, ނަޒީ ، އަށް އެއީ މަންމަ ކަން އަނގައިލިއެވެ. ދަރިފުޅާ… އަނީސާ ވަން ގޮތަށް ވިޖާން އަށް ގޮވައިލިއެވެ. އަދި ޑޮކްޓަރާދިމާލަށް އެންބުރުނެވެ. ވިޖާންގެ މަންމަ އަކަށް އަދި އެ ދެމެދު ގައިވާ ގުޅުމުގެ ޚަބަރެއް ނޭގެއެވެ. .. ޑޮކްޓަރ،،، ކޮން އިރަކުތޯ ގެއަށް
ފޮނުވާލާނީ ވިޖާންގެ މަނމަ ޑޮކް،،އާސުވާލު ކޮއްލިއެވެ. މާދަމާ އަށް ބަލާފަ މާދަމާ ވިޖާން ހިނގަން ހުއްދަ ދެވޭނެ، އެއްޗެއްގެ އެހީގައި އަމިއްލަ އަށް ހިނގަން ފަށައި ފިއްޔާ ގެއަށް ފޮނުވަދެވޭނެ, ނަޒީ،،، އަނީސާއަށް ،ބަލައިލަމުން ބުނެލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނެލަމުން ވިޖާންގެ ބީޕީ ޗެކް ކުރަންފެށިއެވެ. ބޭސް ސިޓީ އެެބަ ފޮނުވަމޭބުނެ ނަޒީ ހިގައިގަތިީ އިމެޖެންސީއަށް އެކްސިޑެންޓު ކޭސްއެއް އައުމުންނެވެ . ނަޒީއަކީ ކަށީގެ ޚާއްސަ ޑޮކްޓަރަކަށް ވެފައި އެވަގުތު އޮން ޑިއުޓީގަ ހުރީ އޭނަ ކަމަށްވާތީ ދާން މަޖުބޫރު ވެގެންނެވެ …. ދަރިފުޅު މިއަނދު ހާދަ އުފާ ވެފަ އޮތްހެން ހީވެޔޭ އެއީ މަންމަ އަށް ހީވާ ގޮތެއްތަ އަނެއްކާ ކީއްވެ؟ އުފާ ނުވާންވީ ޖާވީދު ދޮރުން ވަނދެގެން އަންނަމުން ބުނެލިއެވެ. އެހެންތަ، މަންމަ ކައިރީގަވެސް ބުނެލައިގެން އުޅެބަލަ، ވިޖާންގެ މަންމަގެ ހުރި ހަމަ އެކަނި ދަރިއަކީ ވިޖާންއެވެ. އެހެން ކަމުން އަނީސާ އޭނަގެ ދަރިފުޅު ދެކެ ވަރަށް ލޯބި ވެއެވެ. ވިޖާންވެސް އޭނަގެ މަންމަ އަށް ސިއްރުންއެއްވެސް ކަމެއް ނުކުރެއެވެ. ދެން ބުނެބަލަ، ވިޖާން ހިނިތުންވެފައި ޖާވީދާ ދީމާލަށް ބަލައިލިއެވެ. އިންނަން އުޅޭ ކުއްޖާ އާއި ދިމާ ވުމުން،، މިއަނދު އެހާއުފަލުން އެއުޅެނީ،،، ކީއްވެ މަންމަ ޔާ ބައްދަލު ނުކުރުވީ ؟ މަންމަ ޔާ ބައްދަލު ވެއްޖެ މަންމާ… އޭނ… ކޮން އިރަކު ! މަންމަ ހަނދާ ނެއްނެތް މަންމަޔާ ދެއްމެ ވާހަކަވެސް ދައްކާފައެދިޔައީ.. އޭނ ! ދަރިފުޅު ތިކިޔަނީ ޑޮކްޓަރު ނަޒީހާ ވާހަކަތަ ! ހައެރާން ކަމާއެކު އަނީސާ ސުވާލު ކުރިއެވެ. އާނ މަންމާ މަންމައަށް ކަމުދޭތޯ. މަންމަ ހަމަ ރުހި ގަބޫލު، ދަރިފުޅުގެ އެއްވެސް އުފަލަކަށް މަންމަ ގެ އެއްވެސް ހުރަހެއް ނެތް، އެއީ ވަރަށް އަޚްލާގު ރަނގަޅު މާތް ކުއްޖެއްހެން ހީވަނީ ޔަޤީން ކުރޭ މަންމާ އޭނައަކީ ވަރަށް ރަނގަޅު ކުއްޖެއް.. މަންމަ ހަމަ ރުހި ގަބޫލު “ޝުކުރިއްޔާ” މަންމާ ވިޖާންގެ ހިތް އުފަލުން ނަށައި ގަތެވެ. ވަގުތުން ނަޒީ ކައިރީ އެވާހަކަ ބުނުމަށްހިތް އެދުނެވެ. ,,,,,,,
މިއަނދަކީ ވިޖާންގެ ފައިގެ ބޭސްގަނޑު ނައްޓާފަ ހިނގަން ހުއްދަ ދޭން އޮތް ދުވަސް ކަމުން ނަޒީވެސް ތަންކޮޅެއް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ވަނދެފަ ފުރަތަމަވެސް ނަޒީ މިސްރާބު ޖެހީ ވިޖާން އޮތް ރޫމާ ދިމާލަށެވެ ވިޖާން އޮތީ އެކައްޏެވެ. ކޮޓަރިތެރެ ވަނީ ހަމަ ހިމޭން ވެފައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ވިޖާން އަށް ހޭ ލެވުނެވެ. ގުޑް މޯނިން ޑޮކްޓަރ ވިޖާން ގެ މި ޖުމްލައިން ނަޒީ އަށް ހީ ގަނެވުނެވެ. އަހަރެން ގެއަށް ނުފޮނުވާތި އިގޭ ނަޒީގެ. އަތުގައި ހިފާލަމުން ވިޖާ ން ބުނެލިއެވެ. އެއީ ކީއްވެ؟ ބޭނުންވަނީ އަބަދުވެސް ނަޒީ ފެންނަ ހިސާބުގަ އޮއްނަން ގެއަށް ދިޔާމަ މިގޮތަކަށް ދިމައެއްނުވާނެ، ދުލުން މާގިނަ ވާ ހަކަ ތަކެއް ނުދެއްކިއަސް ހިތުން ހިތައް ލޯބީގެ މެސެޖުތައް ފޮނުވާ ލެވުނު ވަގުތު ކޮޅެކެވެ. ވިޖާންގެ ޝަކުވާ އަކީ އުފާކޮއްލަން ހަމަ ހިމޭން މަންޒިލަކަން ނުދެވޭ ވާހަކައެވެ. އަދި ދެވޭނެ… އިންޝﷲ ،،،ކެތް ކޮށްބަލަ ދުވަސް ކޮޅަކަށް. ކިހާ ވަރަކަށް ކެތް ކުރަން ވީ.. ފައި އެއްކޮށް ރަނގަޅު ވަންދެން މަހުރެދާނަމޭ ނަޒީ ހުއްޓަސް މަޝަށް ހުރެވެނީކީ ނޫނޭ… އޯކޭ… އޯކޭ ، ކޮބާ މަންމަ، މިހާރު އަންނާނެ، އިރު ކޮޅަކުން ޖާވީދާ އެކު ވިޖާންގެ މަންމަ ވަންތަންތަން ފެނިގެން ވިޖާން ނަޒީ އަތުން ދޫކޮއްލިއެވެ. ނަޒީ މިހާރު ފޮނުވާލީތަ؟ އިހަށް ކުޑަކޮށް ހިނގޭ ތޯ ބަލަންވީނު،،، އާނ އެއީ ތެދެކޭ އިއްޔެގަ ބުނިން ދޯ ޖާވީދު ހަނދާން އާކޮއްލަމުން ބޯކަހާލިއެވެ. އެތާތިބި މީހުންގެ އެހީ އާއި އެކު ވިޖާން އެންދު ކައިރިއަށް ކޮޅަށް ތެދުވިއެވެ. މަޑުމަޑުން ފައި އެޅޭތޯ ބަލާތި އިނގޭ، ނަޒީ ކުލުނުން ފުރިފައިވާ ރާގަކަށް ބުނެލިއެވެ. ވިޖާން އެއީ އޭނަގެ ޕޭޝެންޓުގެ އިތުރުން އޭނަގެ ދެލޯ، ނޭދި، އެދޭ އޭނަގެ ޙަޔާތުގެ ބައިވެރިޔާ އެވެ. ވިޖާން އަށް އެއްގޮތަކައްވެސް ފުރަތަމަ ފަހަރު ފައި ނޭޅުނެވެ. ނަމަވެސް ދެތިން ފަހަރު މަސައްކަތް ކޮއްގެން ފައި އެޅޭގޮތް ވިއެވެ. ވެރީ ގުޑް، އަދި ޖާވީދުގެ އެހީގައި ކުޑަކޮށް ހިނގާވެސް ލެވުނެވެ. އެތަން ފެނުމުން ވިޖާންގެ މަންމަގެ އިތުރުން ނަޒީގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ގެއަށް ފޮނުވާލުމުގެ ހުރިހާ ލިއުމެއް ތައްޔާރު ކޮއްގެން ގޮސް ވިޖާން ގެ މަންމަ ގެ އަތަށް ދެމުން އެއް ހަފުތާފަހުން ދައްކަން ބުއްޏެވެ. ވިޖާން އަމިއްލައަށް ހިނގަން މަސައްކަތް ކުރާތި ދެން އޮތީ ވިޖާންގެ ހިތް ވަރެއް ، ލައްބަ ، ވިޖާން ސަމާސާ ރާގަކަށް ބުނެލި އެވެ.
ދުވަސްތައް މާޒީގެ ފަރުދާ އާއި ނިވާވަމުން ގޮސް ތިން މަސް ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. މިހާރު ވިޖާންއަކީ ކުރިއެކޭ އެއްގޮތަށް ހިނގާ ބިގާވެ އުޅޭމީ ހެކެވެ. އޮފީހައްވެސް ނިކުއްނަން ފަށައިފިއެވެ ކޮއްމެވެސް މޫދެއްގެ އައްސޭރިއަށް އެދެކުދިން އުފާކޮއްލަން ނުދާ ދުވަހެއް ނުދެއެވެ. ކަނޑުގެ ލޮނުގަނޑާ ހަދުވަރު ހެކިވާނެހެން އެތަކެއް ރެއަކާ ދުވާލެއް ވޭތު ކުރެވުނެވެ. މިއަންދަކީ ނަޒީގެ މަންމަ މެންވެސް މާލެ ބަދަލުވި ދުވަހެވެ. އެއަރ ޕޯޓަށް ދަމުން ނަޒީ ވިޖާން އަށް ގުޅާފައި މަންމަމެން ބަލާއެއަރޕޯޓަށް ދާވާހަކަ ބުއްޏެވެ. ނަމަވެސް ލައިވް ޕްރޮގުރާމް އެއް އޮއްނާތީ އޭނައަކަށް ދެވޭ ގޮތެއް ނުވިއެވެ. މަންމަޔާ ބޮޑުދައިތަ އާއެކު ދީނާމެން ތިބީ ކާނ މޭޒު ދޮށުގައެވެ. ދަރިފުޅު މީހަކާ އިންނަން ޚިޔާލުކުރާ ވާހަކަ ބުނީމެއްނު ނަޒީގެ މަންމަ ސީދާސުވާލު ނަޒީއާ އަމާޒު ކުރިއެވެ. އެއީ ކޮންކުއްޖެއްތަ ދަރިފުޅާ ،،، މާލޭ ކުއްޖެއް، ނަޒީ ޖަވާބުދިނެވެ. މާލޭ މީހުން ރަނގަޅެއްނުވާނެ ދަރިފުޅާ އެމީހުންނަކީ ވަރަށް ބޮޑާބައެއް ހުރިހާ އެއްމެން އެހެންނެއް ނުވާނެޔޭ މަންމާ…އެއީ ވަރަށް ރަނ ގަޅު ކުއްޖެއް އޭނަގެ މަންމަ ވެސް އަހަންނަށް ވަރަށް ހެޔޮ މިރޭ މިގެއަށް އަންނަން ދަޢުވަތު ދޭންވީނު، ދަރިފުޅު ތިހާ ގަބޫލިއްޔާ މަންމަ އިތުރަކަށް ބުނާނެ އެއްޗެއް ނެތް ، އަސްލުތަ،،،، މަންމާ …މަންމަ، ހާދަ ރަނގަޅޭ ނަޒީ އޭނަގެ މަންމަ ގައިގަ ބައްދާލަމުން ބުނެލިއެވެ. ކައި ނިމިގެން ގޮސް ނަޒީ ވިޖާން އަށް ގުޅާފަ އެޚަބަރު ދިނެވެ. ވަރަށް އުފާވެއްޖެ. ދާނަން އިނގޭ އެރެއަށް ވަރަށް ފުރިހަމަޔަށް ކެއުން ތައްޔާރު ކޮށް ގެވެސް ތަރުތީބުކޮށް ފެން ވަރާ ނަލަ ހެލައިގެން އެމީހުން އަންނަން ވާއިރަށް އެއްމެން ވެސް ވަރަށް ތައްޔާރު ވެއްޖެއެވެ. ވިޖާން އާއި އޭނަގެ މަންމަ އެގެއަށް ވަނދެފަ ފުރަތަމަވެސް ސަލާމް ގޮވަލުމުން ނަޒީގެ މަނމަ ހީކުރި ކަހަލަ ފޮނި ބައެއް ނޫންކަން އެގުމުން އޭނަ ވަރަށް ހިތް ހަމަޖެހުނެވެ. ކާންތިބެގެން ވާހަކަ ދައްކަމުން ދިޔަ ދިޔަ ހެން އެމީހުންގެ ހިތްހެޔޮ ކަމާ ހިތްތިރި ކަން އެގުނެވެ. އެރޭ ގެ ކެއުމަށް އިންސާފު ކޮށް ނިމުނު އިރު އެމީހުންގެ ކައިވެނީގެ ތާރީޚްވެސް ކަނޑައެޅި ނިމިއްޖެއެވެ. ލޯތްބަކީ ހާދަހާ ފޮނި އިހުސާސެކެވެ. މިއަނދު މިދުނިޔޭގައި ވާ އެއްމެ އުފާވެރި ދެމީ ހުންނަކީ ނަޒީއާއި ވިޖާން ކަމުގައިވެ ނިމިއްޖެއެވެ. ހިތްގައިމު ހަނދުވަރީ ރެއެކެވެ. އައްސޭރީ ގެ ތެއްފިނީ ގައި ބީހިލެވުމުން ހިތައްލިބޭ އުފާ ބަޔާން ކުރަން ދައްޗެވެ. ވިޖާން ނަޒީގެ އަތުގައި ހިފާލަމުން އޭނަގެ ހިތުގައިއުތުރި އަރަމުންދާ ފޮނި ލަފްޒުތައް އިއްވަމުން ދިޔައީ މިފަދައިންނެވެ.
ރޭދުވާ ދައުރުވާހެން އަސަރުގާ ތެދޭ
ބޭނުމޭ އަދުކަލާ ގާތު ހުރުމަށް މިރޭ
މިއަނދު އިޝްގުންހިތޭފޯވަނީލޯބިވާ
ހިޔަ އަސަރު ތިޔަލޮލުން ފެންނަނަނީ ލޯބިވާ     ވެޔެއިޝްޤީ އަސަރު ފެނި ފުރަތަމަ ނަޒަރު
ހަނދުގެ އަލިކަން ހިތާ ހިތް ގުޅާ ލައިފިޔޭ
ނަޒީގެ ހިތުގައި ވެސްވީ މިކަހަލަ ޝުޢޫރު ތަކެކެވެ. ޖެހިގެން އައި ހަފްތާގެ ހުކުރު ވިލޭރޭ ގެ އިރު އޮއްސުން ވީ އެއް ބަޔަކަށް ނުހަނު އުފާވެރި އަދިއަނެއް ބަޔަކަށް ހިތް ިދަތި ރެއަކަށެވެ. އާއެކެވެ. ޔުސްރާ އަކީ މަންމަޔަކާއި ބައްޕަ އެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. މިދުނިޔޭގައި ވާހާ އުފަލެއް ޔުސްރާއަށް އޭނާގެ މައިން ބަފައިން ހޯދައި ދޭންމަސައްކަތް ކުރެއެވެ. އެމީހުންގެ މުއްސަދި ކަމާ ކެރިފޯރުން ތެރި ކަމުންނެވެ. ނަމަވެސް މިފަހަރު މިއޮތީ ފައިސާއިން ނުގަނެވޭނެ އެއްޗަކަށް ޔުސްރާ ބޭނުންވެ ނުލިބިފައެވެ. ޔުސްރާގެ ހިތް އަބަދުވެސް ވިޖާން އަށް އެދެއެވެ. ނަމަވެސް ވިޖާންގެ ފަރާތުން އެއްވެސް ޝައުގުވެރި ކަމެއް ނުފެންނާތީ އިސްވެބުނަން ނުކެރި ހިތުގައި ފޮރުވައިގެން ހުރީއެވެ. ވިޖާން އާއި ނަޒީގެ ކައިވެނީގެ ދައުވަތު ކާޑާ ދިމާލަށް ޔުސްރާ އަށް ބަލަން ހުރެވުނީ ފެންކަޅި ވެފައެވެ. އޭނާގެ އަލަތު ލޯބި އޭނާއަށް ލިބުމުގެ ކުރިންއެހެން މީހެއްގެ މިލްކަކަށް ވީއެވެ. ޕާޓީއަށް ދާން އޭނާ ތައްޔާރު ވަމުން ދިޔައީ ހިތާ ދެކޮޅަށެވެ ކުލަކުލައިގެ މާތަކާ ބޮކިތަކުން ޒީނަތްތެރި ވެފައިވާ އެހަފުލާއަށް ދެފަރާތުގެ ޢާއިލާ އަދި ރައްޓެހިން ޖަމާވެފައި އޮތެވެ. ހިނިތުން ވުމާއެކު އެއްމެން ވެސް އެދެމީހިންނަށް މަރުޙަބާ ކިޔަމުންދެއެވެ. ނަމަވެސް ޔުސްރާ ހުރީ ހިނިތުން ވާންވެސް ހަނދާން ނެތިފައެވެ. ކަރުނަވީ ލޮލަކުން ވިޖާން އާ ދިމާލަށް، ބަލާލުން ފިޔަވައި އެހެން ކަމެއް އޭނާއަށް ނުކުރެވުނެވެ. ރީތިހާ ކުލަ ތަކާއި މީރުހާ ކާނާ އޭނާއަށް ވީޒަހަރަކަށެވެ…….

ކޮޓަރިއަށް ވަންނަމުން ވިޖާން ނަޒީ ގެ އަތުގައި ހިފާ ގަޔާ ކައިރިކޮއްލި އެވެ. އައި ލަވް ޔޫ ،،،ނަޒީ،،، ލަދުރަކި ހިނިތުން ވުމަކާއެކު އިސްޖަހަލި ދުނިޔޭގައިވާ ހުރިހާ އުފަލެއް އެ ދެލޮލުގައި ޖަމާ ކުރަމުން ނެވެ ނިމުނީ

 

Share Article

Follow Me Written By

aysh

Level 1

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 10)

Next

ވަކިވުމަށް ފަހުވެސް[3]

Next
May 14, 2025

ވަކިވުމަށް ފަހުވެސް[3]

Previews
May 14, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 10)



All Right Reserved!