Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ހީނުކުރައްޗޭ… 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 21, 2025 3 Mins Read
6 Comments

އަހަރެންގެ އާއިލާ އަކީ އޮޅުން އަރާފައި އޮތް ރޮދިގަނޑެއް ފަދަ އެއްޗެކެވެ. އަހަރެންގެ މަންމައާއި ބައްޕަވެސް ކައިވެނިން ބޭރުންވަނީ ގުޅުން ހިންގާފައެވެ. އެކަން ފަޅާއެރުމުން ދެމީހުން ވަރިވީ އިރު އަހަރެންގެ އުމުން 14 އަހަރެވެ. މަންމަގެ އިއްދަ ހަމަކޮއްފައި މަންމަގެ “އެފެއާރް ޕާޓްނާރް” އާއި މަންމަ ކައިވެނި ކުރިއެވެ. އޭނާގެ ނަމަކީ ޒައިދާންއެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ގެއަށް އޭނާ އައި ދުވަހު އަހަރެންނަށް ދުވީ “ކުނި” ވަހެވެ. މިބުނީ ޒައިދާންގެ ހަށިގަނޑުން ވަހެއް ދުވާ ވާހަކައެއް ނޫނެވެ. މިބުނީ ޒައިދާންގެ ނަޒަރު ހުންނަ ގޮތުގެ ވާހަކައެވެ. އާއެކެވެ. އޭނާ އަހަރެންނަށް ބަލަމުން ދިޔައީ ކަތި ނަޒަރަކުންނެވެ.

އެހެންވިޔަސް މަންމަ ހުންނަނީ ޒައިދާންއާއި އަރާ ހުސްވެފައެވެ. މެންދުރުވަގުތު މިއީ ދަންވަރޭ ޒައިދާން ބުންޏަސް މަންމަ ހުންނަނީ ގަބޫލު  ކޮއްލައިގެންނެވެ. ޒައިދާންގެ ކަތި ނަޒަރުގެ ވާހަކަ ކިތަންމެ ފަހަރަކު އަހަރެން މަންމަ ގާތުގައި ބުނީމެވެ. ނަމަވެސް މަންމަގެ ޖަވާބަކަށްވީ “އެއީ ލޯބިން” ކަމަށެވެ. އިތުރަށް އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟

އެއްރެޔެއްގެ ވަގުތެވެ. އަހަރެމެންގެ “އާއިލާ” ތިބީ ކާންށެވެ. ވާހަކަ ތަކުގެ ތެރެއިން އަހަރެން ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ މަންމަ އެއްސެވެ. “އަޅުގަނޑު ބޭނުމީ ލޯޔަރަކަށްވާން” ހީލާފައި އަހަރެން ބުނީމެވެ. “އެއީކީ އަންހެން ކުދިން ކުރާކަހަލަ ކަންކަމެއްނޫން. އަލްޔާ ކޮންމެވެސް އެހެން ކަމަކާ އުޅޭ. ބައްޕައަށް ފެނޭ ޓީޗަރަކަށްވާން” އަހަރެންގެ ޖަވާބު އަހާފައި ޒައިދާން ބުންޏެވެ. “އެއީ ތެދެއް ދަރިފުޅާ. އަންހެން ކުއްޖަކު ކިހިނެތް އެކަހަލަ ކަމެއް ކުރާނީ؟” އަހަރެންގެ ޖަވާބުން މަންމަގެ މޫނަށް އެރި ކުލަވަރު ބަދަލުވީ ޒައިދާންގެ ޖަވާބުންނެވެ. މަންމައެއީ ޒައިދާންގެ “ޕަޕެޓް” އެއްހެއްޔެވެ؟

“ކާކުތަ ބުނީ އަންހެން ކުދިންނަކަށް ނުވާނޭ؟ ކޮން ފޮތެއްގަ އިނީ އެހެން؟ ގައިމު ދުނިޔޭގަ އެބަ އުޅޭ އަންހެން ލޯޔަރުންވެސް” އަހަރެން ނުރުހިފައި ބުނީމެވެ. “މިހާރު މަންމައާއި ޒުވާބު ކުރަނީތަ އެއިން؟ ހަމަ މިހާރު ވަދޭ ކޮޓަރިއަށް” އަހަރެން ކާން އިން ބަތްތަށި ނަގާ ހޫރުވާލަމުން ޒައިދާން ބުންޏެވެ. އަހަރެން މަންމައާއި ދިމާލަށް ބަލައިލީ އަހަރެންގެ ދިފާޢުގައި މަންމަ އެއްޗެކޭ ބުނޭތޯއެވެ. އެހެންނަސް އެއްޗެކޭ ނުބުނީ ތާނގައި މަންމަ އަހަރެންނާއި ދިމާލަށް ބަލައިވެސް ނުލިއެވެ.

އަހަރެން ކޮޓަރިއަށް ވަދެ އަހަރެންގެ ލޯބިވެރިޔާ ރާކިންއަށް ގުޅީމެވެ. ހިތްފުރެންދެން ޝަކުވާ ކުރީމެވެ. ރާކިންވެސް ހުރީ ޒައިދާންގެ އެއަމަލުން އިންތިހާއަށް ނުރުހިފައެވެ.

ދަންވަރުގެ ވަގުތެވެ. އަހަރެން ރާކިންއަށް ގުޅާ އޮވެފައި ނިދި އިރު 12 ޖަހަން އުޅެއެވެ. ކޮޓަރި ދޮރު ހުޅުވާލާފައި ވައިން ޒައިދާން އަނދިރީގެ ތެރެއިން ފެނުނީ ހިޔަންޏެއް ފަދައިންނެވެ. އަހަރެންނަށް ހޭލެވުނީ އަހަރެންގެ ހަށިގަނޑުގައި ބީހުމުގެ އިހްސާސްއެއް ވެގެންނެވެ. އެއާއި އެކު ހައިވެފައި އޮތް ޖަނަވާރެއް ފަދައިން އަހަރެންގެ ހަށިގަނޑަށް އަރާފައި އޮތް ޒައިދާން ފެނި އަހަރެންނަށް ހަޅޭ ލަވައިގަނެވުނެވެ. ނަމަވެސް ހަމަ އެވަގުތު އޭނާ އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.

“ޝޫޝް… ހަޅޭ ނުލަވާ. ކަލޭ މަންމަ ކުރިމަތީގައި މަގޭ ފަލީހަތް ކުރަން އުޅުނީތީވެ، އެކަމުގެ އަދަބު މިއީ؟ ސާފް؟” ޒައިދާން ނުލަފާ ރާގެއްގައި ބުންޏެވެ. އަހަރެން އަނގަމަތީގައި އަތް އަޅައިގެން އިން އަތް ނޫން އަނެއް އަތުން އޭނާ އަހަރެން ލައިގެން ހުރި ޓީޝާޓު ވީދާލިއެވެ. އޭގެން ނެގި ފޮތިކޮޅުން އަހަރެންގެ އަނގަމަތީގައި އެއްސިއެވެ. އަޅަމުން ދިޔަ ވޭނުން ކެއްނުވެގެން އަހަރެން ރޮމުން ދިޔައީމެވެ. އެހެންވިޔަސް އެކަމުގެ އެއްވެސް ހިލަމެއް ޒައިދާންއަށް ވީހެނެއް ހިޔެއްނުވެއެވެ. އަހަރެންގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއް އޭނާ ރޮލާ ކަމުން ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ.

ފަތިސްވާން ގާތް ވުމުން ޒައިދާން އަހަރެންގެ ހަށިގަނޑުން ތެދުވިއެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި ހިރިލާނޭ ވަރުވެސް ނެތެވެ. މުޅި އެނދުމަތި ލެއިން ކަޅިވެފައިވީއިރުވެސް ޒައިދާންއަށް އޭގެ އެއްވެސް ހިލަމެއް ވީހެނެއް ހިޔެއްނުވެޔެވެ. ޒައިދާންގެ މޫނުމަތީގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކުރެވުނު ފާފައާއި މެދު އޭނާ ފަޙުރުވެރި ވާފަދައެވެ. ކޮންފަދަ ޖާހިލެއް ހެއްޔެވެ؟ “ހަނދާން ކުރާތި. މިވާހަކަ ކަލޭ މަންމަ ގާތުގަ ބުނީވިއްޔާ ދެން ފެންނާނީ ކަލޭ މަންމަގެ ފުރާނަނެތް މަސްގަނޑު. އަދި ތިޔަށް ވުރެވެސް ބޮޑު ވަރު ކޮއްލާނަން. ސާފް؟” ޒައިދާން ފުރިހަމަ ހިނިތުންވުމަކާއި އެކު ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒައިދާން ކުރިމަތީގައި “ފުއްޕާފައި” އުޅުނު އަހަރެން މައިތިރި ވުމުން މަންމަ ހީކުރީ އަހަރެން އެޖާހިލުމީހާ އެއީ އަހަރެންގެ ބައްޕަ ގޮތުގައި ގަބޫލު ކުރީ ކަމަށެވެ. އަހަރެންގެ މަޑުމައިތިރި ކަމުން ޒައިދާންއަށްވެސް ލިބުނީ އުފާވެރިކަމެވެ. އަހަރެން ކޮންމެ ދުވަހަކު ވޭނުން ފުރިފައިވީ ދެލޮލުން މަންމައާއި ދިމާލަށް ބަލައިލަމެވެ. “މަންމާއެވެ. މަންމަގެ ދަރިފުޅު ހަލާކުވާތަނެއް މަންމައަކަށް ނުފެނޭ ހެއްޔެވެ؟” ހިތާހިތުން ކޮންމެ ދުވަހަކު އަހަރެންނަށް އެސުވާލު ކޮއްލެވެއެވެ.ޗ

އެގޮތުގައި 3 މަސް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ބިރުވެރި ހުވަފެން ހަގީގަތަކަށް ވިއެވެ. އާއެކެވެ. އަހަރެން ބަލިވެއިނީއެވެ. ދެން ކަން ކުރަންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ބިރުގަތެވެ. އަހަރެންގެ އުމުރުން އަދި އެންމެ 14 އަހަރެވެ. އަހަރެންގެ ލޯބިވެރިޔާ ރާކިންއަށް އެވާހަކަ ހިއްސާ ކުރީމެވެ. ރާކިންގެ ޖަވާބު އައީ އަހަރެން އެންމެ ހީނުކުރާ ގޮތަށެވެ. ރާކިން އަހަރެންގެ ބޮލުގައި އެޅުވީ ބޭވަފާތެރިކަމުގެ ލޭބަލްއެވެ. “ޒައިދާން ކަލެއާއި ބެހުން ނަމަ ކީއްވެ ކުރިން ނުބުނީ؟ ތިވާނީ ކޮންމެވެސް އެހެން މީހެއްގެ ދަރިއަކަށް. މަށާ ދެން ވާޙަކަ ނުދައްކާތި. މުޑުދާރު އަންހެނާ” ރާކިން ބުންޏެވެ. އަހަރެން ގަބުވިއެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ވާހަކަތަށް އަޑުއެހި ހަމައެކަނި މީހަކީ ރާކިންއެވެ. އޭނާވެސް އެދިޔައީއެވެ. ހަމަ ގައިމުވެސް މަންމަ ގަބޫލެއް ނުކުރާނެއެވެ. އެހިސާބުން އަހަރެންގެ ހިތުގައި އާލާވީ ބަދަލު ހިފުމުގެ ރޫހެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 11)

Next

އަބަދަށް-15

Next
May 21, 2025

އަބަދަށް-15

Previews
May 21, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 11)

6 Comments!

  1. UNKNOWN_07 says:
    May 21, 2025 at 6:50 pm

    You never fail to mesmerise your readersss dhww hehe
    Vrh reethi mi parttt and cant wait to read the restt
    keep up the good workkk
    LOVE YOUUUU

    1. shihaamaa ali shihaamaa ali says:
      May 22, 2025 at 12:50 pm

      Kekek🙈
      Jazaakallah khairan for this🤍
      Ilyyyttt🤍

  2. aanaa says:
    May 21, 2025 at 7:36 pm

    Shihaaaa
    Nuvs engi huhta konkahla surprise eh thi dhinyyy…thankksss.masha allah mi part v vrh reeethiii..alhey zaidhaan heyo vaane th ehn hadhan.
    Mi vhk mii mihaaraa vrh gulhey vhk eh.mikahala kithanme manzareh feney mihaar…raakin vs nuvaane dhww alya dhookohlaakah..adhi manmavs …keekey bunaanyy…curiously waiting fr the next..when next???tcc lyyy💜

    1. shihaamaa ali shihaamaa ali says:
      May 22, 2025 at 12:51 pm

      Labbbbaaaa
      Haha its been so long dhw kuru vaahaka eh nuliyaathaa vess so i thought why not hehe
      Aslu ga ves more pple needs to talk abt things like this
      In sha allah soon tcc and ilyy2

  3. Maash Maash says:
    May 22, 2025 at 12:12 pm

    Heyyy Shiherr
    mi story vx varah reethi maasha allah.. i hope that man get what he deserve.. arggg i Hate ppl like that.. poor alya.. waiting for next part curiously..
    Lyssm darll💜🦋

    1. shihaamaa ali shihaamaa ali says:
      May 22, 2025 at 12:51 pm

      Heyyyy maashhh
      Same same
      Ikrrr these peeps are not human🥲
      Ilyyyymmmm🤍

Comments are closed.

Next Episodeހީނުކުރައްޗޭ… 2←


All Right Reserved!