ޒައިޝާ އަކީ ނިކަމެތި ދެމަފިރިއަކަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އެއީ ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެއް ނަމަވެސް އެއްވެސް ދެއްކުން ތެރިކަމެއްނެތް ހިތިރި އަޚަލާޤް ރަނގަޅު ބޫރުސޫރަ ރީތި ކުއްޖެކެވެ. އޭނާގެ ރީތި ކަމުގެ ސަބަބުން ޒުވާން ފިރިހެން ކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޒުވާން ގިނަ އަންހެންކުދިންވެސް ޒަހްވާ އަށް ބަލައިލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ނަމަވެސް އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. އަދި އެއީ އޭނާ ފަހުރުވެރިވާ ކަމެއްވެސް ނޫނެވެ. އެއީ އޭނާ އޯލެވެލް ހަދާ އަހަރު ކަމުން އޭނާގެ ހުރިހާ ސަމާލު ކަމެއް ވަނިީ ކިޔެވުމަށް ހުއްޓިފައެވެެ. އޭނާ ގަދައަޅާ މަސައްކަތް ކުރަމުން ދިޔައީ މައިންބަފައިން ފަހުރުވެރިވާފަދަ ނަތީޖާއެއް ހޯދުމަށެވެ.
މެންދުރުގެ ވަގުތެވެ. އާދައިގެ މަތިން ޒައިޝާ އުޅެނީ ފިލާވަޅު ދަސްކުރުމުގައެވެ. މޭޒު ދަށުގައި ފިލާވަޅު ފުން ވިސްނުމެއްގައި އިނދެގެން ފިލާވަޅު ދަސްކުރަމުން ދިޔަ ޒައިޝާ ސިހުނީ އޭނާގެ ފޯން ރިންގްވީ އަޑަށެވެ. ގުޅަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔަސްނާ ކަމުން އޭނަ އަވަސް އަވަހަށް ފޯން ނެގިއެވެ.
ހަލޯ! ކިހިނަތްވީ މިގަޑީގަ ގުޅާލީ? އެހެންނޫނީ ނުގުޅާގަޑިއެއްގައި ޔަސްނާ ގުޅުމުން ޒައިޝާ އަހާލިއެވެ.
ޒައި! ވަރަށް ބޮޑުކަމެއްކޮށްދެވިދާނެތަ? އަހަރެންނަށް ފިޒިކްސަގަ އިން މިނަންބަރު ނޭންގިގެން މިއުޅެނީ.. އަހަރެންނަށް މިނަންބަރު ބުނެދެވިދާނެތަ? ޔަސްނާ ވަރަށް އަވަސްއަވަހަށް އަހާލިއެވެ.
އޮފްކޯޒް.. ބުނެދެވިދާނެ .. އަވަހަށް ތިނަންބަރު ވައިބާރ ކޮށްލާ.. ޒައިޝާ އަވަހަށް ބުނެލިއެވެ. ޔަސްނާ އެދުނު ކަންތައްތައް ކޮށްދިނުމަށްފަހު އަނެއްކާވެސް ޒައިޝާ ކިޔެވުމައިގެން ކުރިޔަށް ދިޔައެވެ.
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ޒައިޝާ ފެންވަރާލަން ވަނެވެ. ފެންވަރާނިންމައިގެން ޒައިޝާ ނުކުތް އިރު އޭނާގެ މަންމަ ސަނާޔާ ކޮޓަރިތެރޭގަ ހުއްޓެވެ.
ދަރިފުޅު ތިނުކުތީދޯ! މަންމަ ބުނަން މިއުޅެނީ ބައްޕަ އޮފީހުން އަންނަން ވާއިރަށް ހެދިކާ ކޮޅެއްގެނެސް ދެވިދާނޭހޭ? ސަނާޔާ ވަރަށް ލޯބިން އަހާލިއެވެ.
ލައްބަ. މިދަނީ ރީތި ވެލައިގެން.. ބޭރަށް ނުކުންނަން ކިތަންމެ އުނދަގޫވިޔަސް ޒައިޝާ ބުނެލިއެވެ. ސަނާޔާ ކޮޓަރިން ނުކުތުމުން އަލަމާރިން ފިޔާތޮށި ކުލައިގައި ޓީޝާޓަކާއި ނޫޖިންސެއްލުމަށްފަހު ޒައިޝާ އޭނަގެ އިސްތަށިގަނޑު ފުނާއަޅާލައިގެން ބޭރަށް ދާން ނުކުތެވެ.
އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޒައިޝާ ސިހުނީ ފަހަތުން އައިސް އޭނާއާއި އަރާހަމަކުރި ޒާއިން ފެނިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Ma sha Allah Tabarakallah v nice story, curious for next part, lysm 💜🤍🖤
🥰