“ގާލް ޔޫ ސޯ ލަކީ. ހީ އިޒް ސޯ އޮބްސެސްޑް” ޒެވިއަން ނުކުތުމުން އަލާޔާ ތުންކޮޅު އޮޅާލަމުން ބުންޏެވެ. “ހަހަ އައިޒިން ނޫޅޭތަ އެހެންނެއް؟” ނުހާ އެއްސެވެ. “ނޫޅެޔެކޭނޫން. އެކަމަކު ޒެވް އުޅޭ ގޮތަކަށް ނޫޅޭ ވިއްޔާ” އަލާޔާ ބުންޏެވެ. ނުހާ ހީލިއެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗު މަޑުކޮއްލީ ހދ ނޭކުރެންދޫ ބަނދަރު މައްޗަށެވެ. އުމުރުން 14 އަހަރުގު ޝަނުމް ލާންޗުން ފޭބުމާއި އެކު ހުރިހާ އަންހެން ކުދިންގެ ލޯތަށް އޭނާއަށް ހުއްޓުނެވެ. ކަޅު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ޖީންސްއެއް ލާފައި ހުރުމުން ވަރަށްވެސް ރީއްޗެވެ. އިސްތަށިކޮޅު ހާވާލާފައި ވުމުންން ވަކިން ރީތިހެން ހީވެއެވެ.
“ކޮބާ ބްރޯ ކިހިނެތްތަ؟” ޝަނުމްއާއި އަތާ އަތް ގުޅުވާލަމުން ޔަލާން އެއްސެވެ. ޔަލާންއާއި އެކު އަލަކާ، އަލާޔާ އަދި ލުބާންވެސް ހުއްޓެވެ. ޝަނުމް އަކީ އަލަކާގެ ތިމާގެ ކުއްޖެއް ކަމަށްވާ އިލްޔާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ޝަނުމްއާއި އެކު އިލްޔާގެ އިތުރުން ޝަނުމްގެ ބައްޕަ ޝަޔަންވެސް ހުއްޓެވެ. ޔަލާންއާއި ޝަނުމްއަކީ އެއްއުމުރުގެ ދެކުދިން ކަމުން ދެކުދިން އުޅެބޮޑުވީ އެކީގައެވެ.
އެންމެން ތަފާތު ވާހަކަތައް ދައްކަމުން ދިޔައީ ޝަޔަންމެން ގެއަށެވެ. ވޭތުވެ ދިޔަ 6 މަސް ދުވަހު ޝަޔަންމެންގެ އާއިލާ އެއައީ އިންޑިއާގައި ހޭދަކޮށްފައެވެ. އިލްޔާގެ އޮޕްރޭޝަނަކަށެވެ. “ޔަލާން މިހާރު ހާދަ ދިގޭދޯ؟” ވާހަކައިގެ ތެރެއިން އިލްޔާ ބުންޏެވެ. “ގެރެއެއްނުން؟ މި ޝަނުމްއަކަށް ދުވަހަކުވެސް މިހާ ދިގެއް ނުވެވޭހެ ހަހަހަހަ” ހެމުން ހެމުން ޔަލާން ބުންޏެވެ. “އައްޗީޑި. ހޭވޭ” ޝަނުމް ކަޑަ ނުވާންވެގެން ބުނެލިއެވެ.
“ހޫމް ތިއެއް ނޫނޭ. މި ޔަލާން ގަނޑުކީ ލާޔާ މިހާރު ބިޓެއް ހުންނަ ވާހަކަ. އެތެދެއްތަ؟” ގާތުގައި ހުރި އަލާޔާ ގާތުގައި ޝަނުމް އެއްސެވެ. “ކިހާ ދެރަކަމެއް ދޯ؟ މީނައަށް ނޭނގޭނެ ސީކްރެޓްއެއްވެސް ހިފަހައްޓަން” އަލާޔާ ތުންކޮޅު އޫކޮށްލިއެވެ. “އެހެންވެ ހަމަ އަހަރެން ގާތުގަ އެވާހަކަ ނުބުނަންދޯ ތިހުރީ؟ ހޫމް ހޫމް އޯކޭ. ވަރަށް ދެރަވެއްޖެ” މޭގައި ފިރުމާލަމުން ދެރަވާކަމަށް ހެދި ޝަނުމް ބުންޏެވެ. އަލާޔާ ތުންކޮޅު އޫކޮށްލާފައި ޝަނުމް ގައިގައި ބޮނޑިއެއް އެޅިއެވެ.
ރޭގަނޑުގެ ވަގުތެވެ. ކުޑަ ކުޑަ ކޮޓަރީގައި ހުރި ހަމައެކަނި އަލިކަމަކީ ޖާލިދޮރު ފޮތިކޮޅުން ފިރުކިފައި ވަންނަމުން އައި އަލިކޮޅު އެކަންޏެވެ. އެނދާއި ކުރިމަތީގައި ހުރި ފާރު ކައިރީ ހުރި އަންހެން ކުއްޖާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ފާރުގައި ހަދާފައި އިން “އޮބްސެސް ވޯލް” ގައި ތަތްކޮށްފައިވާ އެންމެ އައު ފޮޓޯގެ ކަނެއް އޮމާން ކުރަމުން ދިޔައިރު އޭނާގެ އިނގިލިތައް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ހިނިތުންވުމުގެ މެދުތެރެއިން ބާރު ހިނިގަނޑެއް ޖަހާލިއެވެ.
ކުރިމަތީގައި ހުރި ފާރު ފުރާވަނީ ޒެވިއަންގެ ފޮޓޯ ތަކެކެވެ. ދުވަހަކު ޒެވިއަން ނުފޮނުވާ ލޯބީގެ ސިޓީތަކެކެވެ. އެކުއްޖާގެ “ޙިޔާލުގައި” ޒެވިއަން ފޮނުވާ ސިޓީ ތަކެވެ. ފޮޓޯތަށް ކައިރީގައި ރަތް ކުލައިން “ސޯލް ބައުންޑް”، “އެޓަރނަލް”، “ޔޫ އާ މައިން” ޖަހާލެވިފައި ވިއެވެ.
“ޝީ ޑޯންޓް ސީ ޔޫ ލައިކް އައި ޑު، ނޮޓް ލައިކް އައި ޑޫ، ހާރް ޓަޗް އިސް ސޮފްޓް، ބަޓް މައިން ކަޓްސް ތްރޫ”
ލުއި ހިނިތުންވުމަކާއި އެކު އެކުއްޖާ ލަސް ލަހުން ކިޔަމުން ދިޔައެވެ. މަޑު ހިނގުމެއްގައި ހިނގާފައި ގޮސް އެކުއްޖާ ނެގީ ރީތިވާ މޭޒު ކައިރީ އިން ރަތްލޭ ކުލައިގެ ލިޕްސްޓިކް ނެގިއެވެ. އަދި “އޮބްސެސް ވޯލް” ގައި އިން ޒެވިއަންގެ ފޮޓޯގައި ބޮސް ދިނެވެ. އެއާއި އެކު އެކުއްޖާ އަޑަށް ލެވުނު ބާރެއް ލާފައި ހޭންފެށިއެވެ. އަލުން އޭނާ އެނބުރި ގޮސް ރީތިވާ މޭޒު ކައިރީ އޮތް ފޮޓޯ ނެގިއެވެ.
ނުހާގެ އަތުގައި ހިފައިގެން ހިނގާލަފައި ދިޔަ ޒެވިއަންގެ މޫނުމަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. “ކޮންތާކަށްތަ މިދަނީ؟” ނުހާ އަހަލިއެވެ. “ދެން އެޔެއް އަދި އިނގޭނެއްނުން؟ ހެހެ” ޒެވިއަން ހީލާފައި ބުންޏެވެ. “ދޭން ބުނެބަލަ ވިއްޔާ” ނުހާ ތުންކޮޅު އޮޅާލަމުން ބުނެލިއެވެ. “ހެހެ ބަސް އަހާބަ ދޯ؟ ތިއީ ޒެވްގެ ގުޑް ގާލްއެއް ނުން ދޯ؟” ނުހާގެ ނޭފަތުގައި ހިފާލަމުން ޒެވިއަން ބުނެލިއެވެ. ނުހާ ހިނިތުންވެލާފައި އިސްޖަހާލިއެވެ. އޭރު ނުހާގެ ދޮންމޫނުވަނީ ރަތްވެފައެވެ.
“ލޯބި ދެލޯ މަރާލަބަ” ޒެވިއަން އަންނަން ބޭނުންވީ ސަރަހައްދަށް އާދެވުމުން ނުހާ ގާތުގައި ބުނެލިއެވެ. ނުހާ ހީލާފައި ދެލޯ މަރާލިއެވެ. ނުހާ ދެލޯ މަރާލުމުން ޒެވިއަން ޖީބުގައި އޮތް ފޮތި ކޮޅު ނަގާ ނުހާގެ ދެލޮލުގައި ބަނދެލާފައި ނުހާގެ ތުންފަތުގެ ކަނުގައި ބޮސް ދިނެވެ. އެއާއި އެކު ނުހާގެ ހިތުގެ ތެޅުމުގެ އަޑު ޒެވިއަންއަށްވެސް އިވުނެވެ. “ހެހެ ހާދަ ވަރަކަށް ތި ހިތްތެޅެނީ؟ ޓްރަސްޓް މީ، ބޭބީ ގާލް” ޒެވިއަން ހިނިތުންވެލާފައި ބުނެލިއެވެ.
ނުހާގެ އަތުގައި ހިފާލައިގެން ޒެވިއަން ހިނގައިގަތެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިން ދެހިތަށްވެސް ދިޔައީ ހިތް ހަމަޖެހުން ގެނެސް ދެމުންނެވެ. ދެމީހުންގެ ފައިދަށުގައި މަރުވެފައިވާ ފަތްތަކުގެ ކުދިކުދި އަޑާއި ހޯނު ގޮވާއަޑު ފަދަ އަޑު އިވެމުން ދިޔައެވެ.
ރެއަކީ 14 ވަނަ ވިލޭރޭކަމަށް ވުމުން ހަނދުގެ ރިހިއަލިން މުޅިތަން ވަނީ ދިއްލާލާފައެވެ. އޭރު ރާޅު ޖަހަ އަޑު އިވޭތީވެ ހުރެވުނީ އަތިރިއެއްގައިކަން ނުހާއަށް އެނގުނެވެ. ނުހާ އަތުގައި ފިރުމާލަމުން ނުހާގެ ލޮލުގައި އަޅުވާފައި އިންފޮތިކޮޅު މޮހާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން ނުހާއަށް އަނގަމަތީގައި އަތް އެޅުނު އިރު، ދެލޮލުގައި ކަރުނަ ފާއްދާލިއެވެ.
އިލްޔާއާއި ޝަޔަން ނިދައިފި ކަން ޔަގީން ކޮއްފައި ޝަނުމް ކޮޓަރި ޖާލިދޮރުން ނުކުމެގެން ދިޔައެވެ. އިރުއިރުކޮޅާ ފަހަތް ބަލަމުން ދިޔަ އިރު ހީވަނީ ވައްކަމެއް ކުރަން ދިޔަ ހެންނެވެ. ޝަނުމް ގޮސް މަޑުކޮއްލީ ފަންގެއެއްގެ ތެރޭގައެވެ. އޭރު އޭނާގެ އިންތިޒާރުގައި އޭތާގައި އަންހެން ކުއްޖަކު އިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Wait wait propose kuraniitha nuhaa yahh
Im so curious hama aslah vess
Shanum anehkaa kn anhen kuhjeh kairiyah baa edhiyaee so curious
Mi baii ves vrh reethi ingeyy hama 🥰 mashallah
Shiherr you are one of my fav author
Give your best n thigothah kuriyah dhaan masahkaii kuraathi IA you can do it 🥰🥹
N my support always libeyne 🥰
Hehe comment vrh dhiguvehje dhww🥲
Hama reethi kamun comment dhigu vanii
Btw lyysm 🥰🥹❤️
Keep it up 🥹
haha neynge dhww balamaa next ep ga engeyne vany kihineh kan ehehe 🙈💕
shanum dhiyaii kon kujjeh gaathah kan vess engeyne next ep ga hehe stay tuned
big big jazaakallah khairan this made me so happy 🥹
hehe e okay eyy i love reading long comments
lyt
Masha allah mi part vs vrhh reethiii
is it lilia????
thi shanum ehvs hiyeh nuvey rangalhu kmh kuran ulhey heneh
xev propose kury thaaaa??????
curiously waiting for the nxt
When next???tccc lyyy❤
jazaakallah khairan aanaa
haha shihaa akah neynge balamaa dhwww 👀
hehe lets see dhw what shanum is up to
in sha allah soon
Mi prt vx vrh reethi Maasha Allah
Hey whatt is nuha just sawww????
Xev proposinggg?????
So so so curious
Shanum is so suspicious
I think itz Lilia
Cant wait shiherrr
You are my fav author
Vrh happy vey everyday up kuraathyve
Tc
Lysm Shiher 💜❤️💜
jazaakallah khairan
haha idk balamaa dhw next ep ga engeyne hihi
lets see dhww thi 2 suvaal ge javaabu libeyne next ep ga hehe
awwwww this comment just made my dayyy lyyyy 🥹🥹
Zevian
ya