“ޔުމްނާ ބަނޑުބޮޑޭ އާރިކް!” މޭޒުގައި ދެއަތް ވިއްދާލަމުން މުނީރު ބުނެލިއެވެ. އާރިކް ކުޑަ ހިނދުކޮޅެއް ވަންދެން މުނީރުއަށް ބަލަހައްޓައިގެން އިނެވެ.
“ވަޓް؟ އާރ ޔޫ ސީރިއަސް؟” އާރިކް ވިސްނުމަކަށް ގެއްލެމުން އަހާލިއެވެ.
“އާއެކޭ. މިޔަދު ފަރީދު ގޭ އެންމެން ގާތު ބުނެފިޔޭ މި ވާހަކަ!” މުނީރު ބުނެލިއެވެ.
“މަ ރެޕަންޒެލް ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް އޭނައެއް ނުލިބޭނެ! އޭނަ ލޯބިވާ މީހަކު ހުރެޔޭ މުނީރު.” ހިތްދަތި ގޮތަކަށް ހިނިތުންވެލަމުން އާރިކް ބުނެލިއެވެ.
“ޔުމްނާ ހަމަ އެހެން ބުނިތަ؟ އެހެން މީހެއް ދެކެ ލޯބިވާ ވާހަކަ؟ އެކަމަކު އޭނަގެ ހަރަކާތްތަކަށް ބަލާފަ މަށަށް ހީވަނީ އޭނަވެސް އާރިކްއާ ގަޔާވާހެން.” މުނީރު ބުނެލިއެވެ.
“އާއެކޭ! އޭނަ ބުންޏޭ ލޯބިވާ މީހަކު ހުންނަ ވާހަކަ. އޭނަ ފަރީދުއާ އިނީ އޭނަ ބައްޕަ މަޖުބޫރު ކުރުވައިގެން. އެހެންވެ އޭނައަށް ޖެހުނީ އޭނަ އެންމެ ލޯބިވާ މީހާ ދޫކޮށްލާފަ އަންނަން.” އާރިކް މުނީރުއަށް ކިޔާދިނެވެ.
“އޯހް!” މުނީރުއަށް ބުނެލެވުނެވެ.
“އެކަމަކު އޭނަ ބުނީ ފަރީދު ވަރަށް ރަނގަޅޯ. އެކަމަކުވެސް… އެކަމަކުވެސް އޭނަ ހަމަ ފަރީދުގެ ދަރިއަކަށް ބަލިވެ އިނީތަ؟ އޯހް ގޯޑް!” އާރިކް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެމޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ.
“ފަރީދު ކިތަންމެ ރަނގަޅަކަސް އޭނަ އަސްލު ބޭނުންވާނީ ލޯބިވާ މީހާއާއެކު އުޅެން ދޯ؟ އަހަރެން މަސައްކަތް ކުރަންވީ ކަންނޭނގެ އެ މީހަކު ރެޕަންޒެލްއަށް ހޯދައިދޭން.” ކުޑަކޮށް ވިސްނާލުމަށްފަހު އާރިކް ބުނެލިއެވެ.
“އެކަމަކު ކިހިނެއް އެނގެނީ މިހާރު ތި މީހަކު ޔުމްނާ ބޭނުންވާނެ ކަމެއް؟ ކިހިނެއް އެނގެނީ އެމީހާގެ ހަޔާތަށް އެހެން އަންހެން ކުއްޖަކު ނާންނަކަމެއް؟ އަނެއް ކޮޅުން ޔުމްނާ އެއިނީ ފަރީދުގެ ދަރިއަކަށް ބަލިވެ!” މުނީރު ބުނެލިއެވެ. އާރިކްއަށް އޭނާ ހަމްދަރުދީވިއެވެ. އާރިކް ޔުމްނާ ދެކެ ވާ ލޯބި އެންމެ ގާތުން ދުއް މީހަކީ އޭނާ ވިއްޔާއެވެ.
“ތިއެއް ވެސް އެނގޭނީ އެމީހަކު ހޯދުނީމަ ދޯ؟” އާރިކް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެވަގުތު ޔުމްނާއަށް ޔުމްނާގެ ލޯބި ހޯދައި ދިނުމަށް އޭނާގެ ހިތުގައި ޢަޒުމްކަނޑައެޅިއެވެ. ޔުމްނާ އުފަލުގައި ހުރިއްޔާ އޭނާ ވެސް ހުންނާނީ އުފަލުގައެއް ނޫން ހެއްޔެވެ؟
** **
އެނދުމަތީގައި މިޝާލް އޮތްއިރު އޭނާގެ މޫނުމަތިން ފާޅުވަމުންދާ އަސަރުތައް ދެނެގަންނަން އުނދަގުލެވެ. ހެޑްސެޓު ކަންފަތަށް ޖަހާލައިގެން އޮތްއިރު އޭނާއަށް އިވެމުން ދިޔައީ ރީތި ހިންދީ ލަވައެއްގެ ތަންކޮޅެކެވެ. އިރުއިރުކޮޅާ އޭނާ ފުންނޭވައެއް ދޫކޮށްލައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ނަސްރީންއަށް މިޝާލް އޮތް ގޮތް ފެނި ހިތުގައި ސުވާލު އުފެދުނެވެ. މިޝާލްއަކީ އެއްއިރެއްގައި ވެސް މިގޮތަށް މަޑުން ހުންނަ ކުއްޖެއް ނޫނެވެ. ނަސްރީން ފެނުމާއެކުވެސް މިޝާލް ހިނިތުންވެލުން ނޫން އިތުރު ކަމެއް ނުކުރެއެވެ.
“ދަރިފުޅާ؟ ބަލީތަ؟” އެނދުމަތީގައި މިޝާލްގެ މަގަތުގައި އިށީންނަމުން ނަސްރީން ލޯތްބާއެކު އަހާލިއެވެ. އަދި އޭނާ މިޝާލްގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ.
“މަންމާ…” މިޝާލް ނަސްރީންއަށް ގޮވާލިއިރު އެ އަޑުގައިވާ ރިހުން ނަސްރީންއަށް ރަނގަޅަށް ވެސް އެނގުނެވެ.
“ކިހިނެއްވީތަ ދަރިފުޅާ؟” ނަސްރީން ހާސްވެފައި އަހާލިއެވެ. އެވަގުތު މިޝާލް އައިސް ނަސްރީންގެ އުނގުގައި ބޯ އަޅާލިއެވެ. ނަސްރީން މަޑުމަޑުން މިޝާލްގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
“މަންމަ އަޑުއަހަންތަ ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ؟” އިރުކޮޅެއް ފަހުން މިޝާލް އަހާލިއެވެ. އެއާއެކު ނަސްރީންގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ.
“އަޑުއަހަން އެވާހަކަ. އެކަމަކު މަންމަ ދަރިފުޅުގެ ބައްޕައާ އިނީ ލޯބިންނެއް ނޫން. އެކަމަކު އެކީގައި އުޅެން ފެށީމަ ލޯބިވެވިއްޖެ. އަނެއްކާ ދަރިފުޅަށް ކުއްޖަކު ދެކެ ލޯބިވެވުނީތަ؟” ނަސްރީން ލޯތްބާއެކު އަހާލިއެވެ. މިޝާލް އަކީ އޭނާގެ އެންމެ ހަގު ދަރިފުޅު ކަމުން މިޝްކާއަށްވުރެ ބޮޑަށް އޭނާ މިޝާލް ދެކެ ލޯބިވެއެވެ.
“އާނ މަންމާ. އަހަންނަށް ކުއްޖަކު ދެކެ ލޯބިވެވިއްޖެ.. ވަރަށް ވަރަށް ބޮޑަށް.. އެކަމަކު އަހަންނާ އެ ކުއްޖާއާ ދެމެދުގަ ވަރަށް ބައިވަރު ހުރަސްތަކެއް އެބައޮތް.. ދެން ކިހިނެއް އަހަރެން ހަދާނީ؟” މިޝާލް ހިތްދަތިކަމާއެކު ބުނެލިއެވެ. ނަސްރީން މިޝާލްގެ މޫނުގައި ދެފަރާތުން ހިފަހައްޓާލިއެވެ.
“ދަރިފުޅާ. ލޯބި ކާމިޔާބު ކުރެވޭނީ އެ ހުރިހާ ހުރަސްތައް ގިރާކޮށްގެންނޭ. މަންމައަށް ޔަޤީން ދަރިފުޅަށް އެކަން ވާނެކަން. އެހެންވީމަ ހިތްވަރު އެލުވާނުލާ.. ކޮންމެ ހާލެއްގަ ވެސް ދަރިފުޅު ވާނެ އެކުއްޖަކު ހާސިލް ކުރަން.. އިނގޭ؟” ނަސްރީން މިޝާލްއަށް ހިތްވަރުދޭ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އެއާއެކު މިޝާލް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ނަސްރީންއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“މަންމާ.. ތެންކިޔު ތެންކިޔު!” މިޝާލް ނަސްރީންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލީ ޖޯޝާއެކީގައެވެ.
“ކޮންމެ ފަދަ ހާލެއްގަ ވެސް އަހަރެން އެ ލޯބި ހާސިލްކުރާނަން މަންމާ.. މަންމަ ބަލަން ހުންނައްޗޭ!” މިޝާލް ގަދަ ޢަޒުމާއެކު ބުނެލިއެވެ. އަދި ތެދުވެ، ގޮނޑިމަތީގައި އަޅުވާލާފައިވާ އޭނާގެ އަތް ދިގު ޓީޝާޓު ނަގައި ބޮލަށް މަހާލިއެވެ. ގަޔަށް ކުޑަ ސެންޓުކޮޅެއް ބުރުވާލުމަށްފަހު އޭނާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން ދިޔައެވެ.
މިޝާލް ދިއުމުން ނަސްރީން ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. ހަވީރުގެ ވަގުތު ކަމުން އޭނާ ވެސް ދިޔައީ ރައްޓެހިންތަކަކާއެކު ޕާޓީއަކަށް ދާންވައިރަށް ތައްޔާރުވާށެވެ. މިޝާލް ކުރަން އުޅޭ ކަންތަކުގެ އެއްވެސް ހިލަމެއް ނުވާ ހާލު އޭނާ އަމިއްލަ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ދުވެފައި ސިޑިން ފައިބަމުން ދިޔަ މިޝާލް ފެނި އާލިމާ ބަލައިގެން ފައިބާށޭ ގޮވާލިއެވެ. ތުނބުން ފުމެމުން މިޝާލް އަންނާތީ އާލިމާއަށް މިޝާލްގެ މޫޑު އާދަޔާ ޚިލާފަށް ރަނގަޅުކަން އެނގިގެން ދިޔައެވެ. މިޝާލް އައިގޮތަށް އައިސް ހުއްޓުނީ ގޭތެރޭގައި މޮއްޕު ލުމުގެ މަސައްކަތުގައި އުޅުނު އާލިމާ ގާތުގައެވެ.
“އާލިމައްތާ. ކީއްކޮށްލަނީތި؟ ހެލްޕްއެއް ބޭނުން؟” ދެ ޖީބަށް އަތް ޖަހާލަމުން މިޝާލް ލާނެތް ގޮތަކަށް އަހާލިއެވެ. ހުދު ކުލައިގެ އަތް ދިގު ޓީޝާޓަކާއެކު ކަކުލާ ހަމައަށް އަރާ ޖިންސު ފޮތީގެ ސޯޓުގައި މިޝާލް ފެންނަނީ ނުހަނު ސްމާޓްކޮށެވެ. އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެނީ އެމޫނުމަތީގައިވާ ލާނެތް ހިނިތުންވުމާއި އެ ދެލޮލުގައިވާ ވިދުވަރުންނެވެ.
“މިހާރު މޮއްޕު ޖަހާ ވެސް ނިމުނީއޭ މިޝާލް. އާލިމާއްތަގެ މަސައްކަތްތައް މިހާރު ނިމުނީއޭ.” އާލިމާ ބުނެލިއެވެ.
“ފޫހިވެގެންތަ ތިއުޅެނީ؟” މިޝާލްގެ ކަޅި ގޭގެ އެކި ދިމަދިމާއަށް ހަރަކާތްކުރާތަން ފެނުމުން އާލިމާ އަހާލިއެވެ. އެއާއެކު މިޝާލް ބޯ ކަހާލިއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ދޮންމަންމަ ވެސް އެބައިން ބަގީޗާ ތެރޭގަ ފޫހިވެފަ. ދާންވީނު؟” އާލިމާ އެހެން ބުނެލީ ޔުމްނާއާ މިޝާލްގެ ގުޅުން ރަނގަޅުކުރުމުގެ ބޭނުމުގައެވެ. މިޝާލްގެ ހިތުގައި ޔުމްނާއަށް ދެވިފައިވާ އަސްލު މަޤާމް އާލިމާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
“އެހެންތަ؟ އެހެންވިއްޔާ އަހަރެން މިދަނީ ދޮންމަމްއަށް ކުޑަކޮށް.. ޖެއްސުންކޮށްލަން!” މިޝާލް ހެމުން ހެމުން ބުނެލިއެވެ. އަދި ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ.
** **
މުނީރުއާއެކު “ޑައިމަންޑް ވެލީ” ގެ ގޭޓުން ވަދެގެން އައި އާރިކްގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެ ބޮޑު ގޯތިތެރޭގެ ބެންޗެއްގައި އިސްޖަހާލައިގެން އިން ޔުމްނާއެވެ. އިރުއިރުކޮޅާ އަތުގައިވާ އޯކިޑް މަލުން ވަސްބަލައިލާއިރު ޔުމްނާގެ ދޮން މޫނަށް ތަފާތު ކުލަވަރު އަރައި ފައިބަމުން ދިޔައެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައި ވީއިރު މަޑުމަޑު ރޯޅިތައް އައިސް އެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.
މުނީރުއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އާރިކް ޔުމްނާ އިން ދިމާއަށް ހިނގައިގަތެވެ. މުނީރުވެސް އެވަގުތު ގޭތެރެއަށް ވަދެގެން ދިޔައީ އެދެމީހުންނަށް ވާހަކަދެއްކުމަށް ފުރުސަތު ދެމުންނެވެ. އާރިކް ގޮސް ޔުމްނާ އިން ބެންޗުގައި، ޔުމްނާއާ ދާދި ގާތުގައި އިށީނެވެ. އެއާއެކު ޔުމްނާ އާރިކްއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވެސް ވަނީ ރިހުމެވެ.
“އަމް.. ކޮންގްރާ!” ބުނާނެ އެއްޗެއް ނޭނގުމުން އާރިކް އެންމެފަހުން ބުނެލިއެވެ.
“ޝުކުރިއްޔާ.” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.
“އަސްލު.. އަމްމް.. ކުއްޖަކު ބޭނުންވެގެންތަ ހޯދީ؟ މި ބުނީ އެހާ އަވަހަށް..” އާރިކް އަހަން ނާހަން އުޅޭ ފަދަ ގޮތަކަށް އަހާލިއެވެ. އެއާއެކު ޔުމްނާ ހިތި ގޮތަކަށް ހީލިއެވެ.
“އާރިކް. އަހަރެން ބޭނުންވި މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް އުޅެން. ދަރިން ވެސް ބޭނުންވި. އެކަމަކު މި ގޮތަކަށް ނޫން. މި ކައިވެނި ކުރުމުން އަހަންނަށް ލިބުނީ ކޮން އުފަލެއް؟ އެކަމަކު އަހަރެން މި ދަރިފުޅު ރަނގަޅު ގޮތުގައި ބޮޑުކުރަން ބޭނުން. އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް.” ޔުމްނާ މަޑުމަޑުން ވާހަކަދެއްކިއެވެ.
“އަމްމް.. މިސާލަކަށް.. ރެޕަންޒެލް ލޯބިވާ ކުއްޖާ އައީޔޯ ރެޕަންޒެލް ބަލާ.. ދެން ދާނަންތަ އޭނައާ އެކީ؟” އާރިކް އަހާލިއެވެ.
“ކުރިން ނަމަ ދިޔައީސް. އެކަމަކު މިހާރު ކިހިނެއް ދާނީ؟ އަހަރެން ބަނޑުބޮޑޭ. މި ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމްކުރާކަށް އަހަންނެއް ބޭނުމެއް ނޫން. އަހަންނަށް އިހުސާސްވިއޭ ބައްޕައެއްގެ ލޯބި ނުލިބުމުން މީހަކަށް ކުރާނެ އަސަރު.” ޔުމްނާ ހިތި ގޮތަކަށް ބުނެލިއެވެ. އާރިކް ވެސް ވިސްނުމަކަށް ގެއްލިފައި އިނދެ ބޯ ޖަހާލިއެވެ.
ދެޖީބަށް އަތް ޖަހާލައިގެން ގޭތެރެއިން ނިކުމެގެން އައި މިޝާލްއަށް ޔުމްނާ ގާތުގައި އިން އާރިކް ފެނުމުން ދެބުމަ ގޮށްޖަހާލެވުނެވެ. އާރިކް ޔުމްނާއަށް ބަލަހައްޓައިގެން ހުރި ނަޒަރު އޭނާއަށް ކަމަކު ނުދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ތުނބުން ފުމެމުން އެދިމާއަށް އަންނަން ފެށުމުން ޔުމްނާ އާ އާރިކްގެ ނަޒަރުވެސް އެދިމާއަށް ހުއްޓުނެވެ.
“އަނހާ. މިޝާލް. މިހާރު ދަތުރުގެ ހުރިހާ ވަރުބައްޔެއް ފިލީތަ؟” މިޝާލް އެހިސާބަށް އައުމުން ޔުމްނާ އަހާލިއެވެ.
“އާނ. ހަމަ ކުއްލިއަކަށް ފިލައިފި.” އާރިކްއާ ދިމާއަށް ވަށްކަޅިން ބަލާލަމުން މިޝާލް ލާނެތް ގޮތަކަށް ބުނެލިއެވެ.
“މީ އާރިކް އިނގޭ. މުނީރުގެ ވަރަށް ގާތް ރައްޓެއްސެއް.” ޔުމްނާ މިޝާލްއަށް އާރިކް ތަޢާރަފްކޮށްދިނެވެ. އެއާއެކު އާރިކް މިޝާލްއާ ސަލާންކޮށްލުމަށްޓަކާ އަތް ދިއްކޮށްލިއެވެ. ފާޑަކަށް އެއަތަށް ބަލަން ހުރެފައި މިޝާލް ސަލާންކޮށްލިއެވެ.
“ފަރީދުގެ ހަގު ދަރި ދޯ؟” އާރިކް އެހެން އަހާލުމުން މިޝާލް ބޯ ޖަހާލިއެވެ. އޭނާ ޔުމްނާ އިން ބެންޗުގެ އަނެއް ފަރާތުގައި އިށީންދެ ހަމަޖެހެލިއެވެ. މިހާރު އެ ބެންޗުގެ މެދުގައި ޔުމްނާ އިންއިރު ދެފަރާތުގައި އިނީ އާރިކް އާއި މިޝާލްއެވެ. އެމީހުން ތިބި ގޮތުން ޔުމްނާއަށް ކުޑަކޮށް އުނދަގޫވެސް ވިއެވެ.
“ދޮންމަމްގެ އިސްތަށިގަނޑު ހާދަ ރީއްޗޭ. ހާދަ ދިގޭ.” މިޝާލްއަށް ޔުމްނާގެ އިސްތަށިގަނޑަށް ތަޢުރީފް ނުކޮށްލައެއް ނުހުރެވުނެވެ. އޭނާ މަޑުމަޑުން ޔުމްނާގެ ދިގު އިސްތަށިގަނޑާ ކުޅެން ފެށިއެވެ.
“ސަބަބެއް ނެތިއެއް ނޫނޭ އަހަރެން އޭނައާ ދިމާއަށް ރެޕަންޒެލް ކިޔަނީ. ދޯ ރެޕަންޒެލް؟” އާރިކް ޔުމްނާއަށް ދޯ ދެމުން ވާހަކަ ދެއްކިއެވެ. މިޝާލް ތުންފިއްތާލިއެވެ. އޭނާ ޔުމްނާއާ ދައްކަމުން ދިޔަ ވާހަކައިގެ ތެރެއަށް އާރިކް ވަންނަން ޖެހޭ ހެއްޔެވެ؟
“ދޮންމަމް މާދަމާ ދާންވާނެ އިނގޭ އަހަންނާއެކު ރަސްފަންނަން. ވަރަށް ދާހިތްވޭ އެތަނަށް.” މިޝާލް އެހެން ބުނުމުން ޔުމްނާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
“އަހަރެމެންވެސް ވަރަށް ގިނައިން ދަން ރަސްފަންނަށް، ދޯ ރެޕަންޒެލް؟ ވަރަށް ހިތްގައިމު މާހައުލެއް އެއީ.” އާރިކް އެހެން ބުނުމުން މިޝާލްއަށް ހީވީ އޭނާގެ ހަށިގަނޑުގެ އެތެރޭގައި އަނދަމުން ދިޔަ އަލިފާނަށް ދަރު އެޅުނުހެންނެވެ. މި އާރިކް މިއީ ކާކު ހެއްޔެވެ؟ މީނައަށް ޔުމްނާއާ ބެހޭ ކަންތައްތައް މި އެނގެނީ ކީއްވެގެން ހެއްޔެވެ؟
“މަ ކަލެއަކާ ނުދައްކަމެއްނު ވާހަކައެއް؟” މިޝާލް ހިތްހަމަ ނުޖެހިފައި އާރިކްއާ ދިމާއަށް ބުނެލިއެވެ.
“މަ ވެސް މި ވާހަކަދެއްކީ ރެޕަންޒެލްއާއޭ، ދޯ ރެޕަންޒެލް؟” އާރިކް ފާޑަކަށް ހީލަމުން ބުނެލިއެވެ. މިޝާލް އުޅޭ ގޮތުން އާރިކް އިނީ މަޖާވެފައެވެ. އޭނާ ބޭނުންވީ އިތުރަށް މިޝާލް ރުޅިއަރުވާލުމަށެވެ.
އާރިކް ކައިރީގައި ހުރި ރަތް ފިނިފެންމާ ގަހުން ފިނިފެންމަލެއް ބިނދެލިއެވެ. އަދި އެމާ ޔުމްނާގެ އަތަށް ލައިދިނެވެ. މަންޒަރު ބަލަން އިން މިޝާލް އާރިކްއަށް ލޯއަޅާލިއެވެ. ޔުމްނާ ފިނިފެންމަލުން ވަސް ބަލާލަން އުޅެނިކޮށް އެމާ އޭނާއަތުން ދޫވެގެން ބިން މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު މިޝާލް ހީވީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅުނު މީހެއް ހެންނެވެ. އަވަސް ހަރަކާތަކާއެކު ގުދުވެފައި އޭނާ އެމާ ޔުމްނާއަށް ނަގައިދޭން އުޅުނެވެ. ނަމަވެސް އޭނާއަށް އެމަލުގެ ތަނޑީގައި ހިފުނު ވަގުތަކީ އާރިކްވެސް އެ މަލުގެ ތަނޑީގައި ހިފި ވަގުތެވެ. މިޝާލް ދެމުބަ ގޮށްޖަހާލަމުން އާރިކްގެ މޫނަށް ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރި އާރިކް ފެނުމުން އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ.
(ނުނިމޭ)
57 Comments
Comments are closed.
Hey guys. Mi part ves kamudhaane kamah heekuran 🙂
And Liaa ah ves heevey kiyaaliiru mi part kuruhen. bUt word count innaanee evvarakah hama :/
Loves <3
So, who do u ship yumna with? Ashfaan? Aaric? or Mishaal?
Mishaal!! Impossible.. Kaiveni haram vaane.. Aarik aa gulhen salhi vaany
Yumna and aaric
Aarik
Ashfan ah libuniyya rythi vaany..bcox yumna vx furathama beynun v ashfan..liaa plx ashfan ah yum libey goiy hadhaa dhyba..
aarik
yumna and aarik
Aaric
Arik
Arik
aarik
Mishaal akah gaimuvex nulibeyne. Cox dhonmanma aky dhaaimy mahrameh vyma. So….aarik i guess..?
Aarik ❤ Yumna
Aarik..
Ohh wow masha allah stry v v superb ??? aarik ah yumnaa libijje nama v ufaluga hiyhama jehigen gengulheynehen hyvany whn nxt prt avaskolladhybala nxt prt pls
Can mishaal marry someone whom his father married? ?
Wow.hus loabi dhoo
Arik and yumna
Mishal akah nydheveyne.. dhn hury ashfaan.. eyna kada… aaric maa loabi vey
Aaric
Arik and yumnaa wow hus loabi dhooo vv shalhe
Ashfaan kada ey thibunee eyna sanaa aa ehkoh kada kameh kuryma. Vaki ashfaan ah vure aarik vess rangalhehnoon. Aarick aky eynage ex girlfriend bolah badi jahaa maraali meeheh. Dhen hury mishaal eyna akah hama gaimuves yumna nulibeyne. Dhen vaagotheh balamaa hingaa. Btw mi part vess hama varah nice. Waiting for monday.
Plx liaa, aaric and yumna salhi
Arik ?yumnaa
Muneeru eynage anhenunge dad ah namun keema reehchehnoonehnu..so ethankolhu rangalhu kohlan feney..varah salhi mi story?
arik i guess .. arik n yumna gulheny
?
Obviously mishaal akah nulibeyne cox eyna hunnaany mom ge magaamugadhoa??? And artick hama superb yumna ah…….. Story varah rythiiii?????
arik and yumna
Arik
Aric n yumna…mishal ah dhn dhuvahakuves yumna halaaleh nuvaane….aric ah libuniyya salhee
yeah. Mishaal akah nulibeyne. But Mishaal dhen kuraanii keehbaa?
Keep waiting for next episode.
On MONDAY 🙂
Aric &Yumna
Ashafaan doesn’t deserve yumna.. Aarik ah aarik ge repunzel dhee please ❤
Yumna and aarik
Ashfan and shana
Fareed and nasreen
Mishel ah ehen loabi biteh intro kolla liaa
Hehhe
Story salhi massala aky mihaaru up vaaleh las hen baeh faharah heevey
Aarik nd yumnaa vvvv gulhey❤❤ plx mishaal aa nugulhuvaathi
Nd yumnaa fareedu kairin salaamay kuran veje eh nuntha??
Aarick
Aarik and yumna ❤️❤️ And dhen yumna fareedhu aa dhurukoh laba liyaa ? waiting for next part ☺️?
Yumna and aarik is the bst…. ?❤ ashfaan and yumna doesnt match each other……….
Stry v nyc…….
Mishaal yum beynunviyass nulibeyne ehnu?.. aarik kahala hero akaa gulheny?.. he always save her dw..❤ ashfaan aa ehaa nugulhey..
Yumna?aarik..will make a cute couple..hehe.. haadha kaamiyaabey dhoo yumna…hehehe..story v.nice as usual..n NO to mishaal as his father is already married to her….
yes ofcourse guys .. she is only mine
im sry mishaal ..u cant marry ure stepmom.. so just tolerate it buddy .. no matter how beautiful she is for u ..finally arick will get her inshallah ..repunzal ..coz arick love his repunzal a lot …
Hehe.. dw?
Haha arik ge repunzal ey dhw 😀
v reethi mi story.. thankolheh upload kurun lasvaahen heevey… may b kiyaa hiyvefa hureema.. anyways arik ah yum liben v… mishah fonuvaalaba ehen waumakah.. 😛
v reethi mi story.. thankolheh upload kurun lasvaahen heevey… may b kiyaa hiyvefa hureema.. anyways arik ah yum liben v… mishah fonuvaalaba ehen qaumakah.. 😛
Ma beynumee aric noony ashfaan aagulhen
<3 stry??????
yum n ashfaan, he is still waitingg n he tried to find her …..
Enme ekashygenvany aaric n yumna… Eyrah varah salhi vaane… Hurihai gothakunves edhemyhun varah match very..
Fareedha keettha v….shukuru kobbala e nulafaa bappa ge kibain salaamaie kuree thee…yumna n fareed best.. I love fareed
Mashaa Allah mi part ves v reethi, moyavanee kiyaahithun, asluga yum liben jeheynee arik ah, arik vanee kurin ves gurubaan thakeh vefa, he deserve it, mishaal step mom a dhuruga hurey, thee v hadi kameh, v furuhama vaahaka, keep it up dear
Aarik n yumna
andhiri faraaii season 2 kn irakun liyaany?
Mi vaahaka update vaaleh laskamun kiyan ves foohi vehje
Mihaaru inthizaaru kohkoh varubali vehje kobaatha vaahaka
I vote for Arik because Yumna deserves him and he deserves his Rapunzel!!!! Speaking of Ashfaan, he’s not good and Mishaal CAN’T marry her!! so Arik suits best!!