Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (3)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
October 31, 2017 5 Mins Read
23 Comments

މަލީހްމެން ގެއަށް ދިޔަމަގުމަތިން ޖުމާނާއާއި ދިމާވީ އޭނަވެސް ގެއަށްދަނިކޮށެވެ. އަނގައިން ބުނަންނުކެރުން ނަމަވެސް ޖުމާނާ ގެއާހަމައަށް އާދެވެންދެންވެސް ދިޔައީ އިރުއިރުކޮޅާ މަލީހުމެންނަށް ބަލަމުންނެވެ. މިކަން މަލީހްއަށް ފާހަގަވިނަމަވެސް އަޅައެއްނުލައެވެ. ޝަބީންއަށްވެސްވީ ހަމައެވަރެވެ. މަލީހް އެދިމާބަލާލާފައި އަޅާނުލުމުން އެއްޗެއްއަހާކަށް ނުކެރުނެވެ.
ގެއަށްގޮސްވަދެވުމާއެކު މަލީހް ވަރަށްއަވަހަށް އެބައަންނަމޭބުނެ އެތެރެއަށްދިޔައީ ޝަބީން އެގޭގެ ބަނބުކެޔޮގަހުގައި އެލުވާފައިވާ އުނދޯއްޔާއި ދިމާއަށް ދިއުމުންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޖުމާނާވެސް އައިސް އެގޯޗަށް ވަނުމުން ޝަބީންއިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ނަމަވެސް ޖުމާނާ އޭނައާދިމާއަށް އަންނަންފެށުމުން ހިނިތުންވުމެއް ރައްދުކޮށްލީ މީހާ ހަމަޖެހިލުމަށްޓަކައެވެ. “ތީ.. ތީ އަސްލު ކާކުތަ.. މަލީހް އާ އޮންނަނީ ކޮން ގުޅުމެއްތަ.. ” ނުކެރިހުރެނަމަވެސް އެންމެފަހުން ޖުމާނާ ޝަބީންކައިރީގަ އަހާލިއެވެ. ” އަހަންނަށް ކިޔަނީ ޝަބީން.. އަހަރުމެންދިމާވީ މެޗްކުޅެންދިޔަދުވަހު.. މަލީހްގެ މޮޅުކުޅުންފެނި ފެށެންއުޅޭމުބާރާތުގަ އަހަރުމެންޓީމްއަށް ކުޅެންވެގެން މަލީހް ބަލާމިއައީ.. ” ކުޑަތައާރަފެއްދެމުން ހިތްހެޔޮކަމާއެކު ޝަބީން އޮޅުންފިލުވާދިނެވެ. އެވަގުތު ބެކްޕެކް ކޮންޑުގައި އަޅުވައިގެން ނިކުތް މަލީހް ފެނުމާއެކު ޖުމާނާ އިސްޖަހާލިއެވެ. “ހިނގާދާން.. ” ބުނުމާއެކު ޝަބީން މަލީހްއާއެކުގައި ދާން ތެދުވިއެވެ. ނަމަވެސް ދެކުދިންއެކީގައި ހިނގައިގަތުމާއެކު ހުއްޓުނީ ޖުމާނާ މަލީހްއަށް ގޮވާލުމުންނެވެ. ޝަބީން ކައިރީ މަޑުކޮށްލުމަށް ބުނުމަށްފަހު މަލީހް ޖުމާނާ ކައިރިއަށް އައީ މަލީހްވެސް އޮޅުންފިލުވާލަން ބޭނުންކަމެއްއޮތީމައެވެ. “ޖުމާ ވަރަށްދެރަވޭ.. މަލީ ދާތީ.. އެކަމަކު މިހާރު ބައްޕަދުރުވިފަހުން މަލީ އަށް ލުއިވީމަވެސް ވަރަށް އުފާވޭ.. އިނގޭތަ ކޮންމެދުވަހަކުވެސް ޖުމާބަލަން މަލީއަށް ހެލްޕްކޮށްދޭން ތެދުވެވޭތޯ.. އެކަމަކު ޖުމާއަށް ހޭލެވިގެންދާއިރު މަލީ ހުރިހާކަމެއް ހުންނަނީ ނިންމާލާފަ.. މަލީއާދޭތެރޭ ޖުމާގެ މަންމަ އެހެން ކަންތަށް ކުރިޔަސް ޖުމާދެކެ ރުޅި ނާންނެކަމަށް އުންމީދުކުރަން.. އަދި މަންމަގެފަރާތުން ޖުމާ މާފަށްއެދެން.. ” ޖުމާ ދައްކަންބޭނުން ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ލޯފޮހެލާފައި އަވަހަށް ގޭތެރެއަށް ދިޔައީ ބޭރުގައިހުރެ ނުރޯންވެގެންނެވެ. ޝަބީން ގޮވާލުމާއެކު ހުއްޓުން އަރާފައި އިން މަލީހްވެސް ހިނގައިގަތީ ބުނާނެ އެއްޗެއް ނޭންގުމުންނެވެ. މިގޭގައި މިހޭދަވި ދޮޅުމަހެއްހާދުވަހު ބޭބެފިޔަވާ އޭނަގެ މައްޗަށް ހިތްރަނގަޅުމީހެއް ހުރިކަން މިއެނގުނީ އަދިކިރިޔާއެވެ. އަދި ކޮންމެރެއަކު ނިދިމޫޑާއެކު ޖުމާތެދުވަނީ ކީއްވެކަންވެސް އަދި މިއިނގުނީއެވެ.
އަމާންއޮމާންކަމާއެކު ފްލައިޓް ތިމަރަފުށީ އެއަރޕޯޓްރަންވޭގައި ޖެއްސުމާއެކު ނާލްގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. “މަންމާ އަޅުގަނޑުހީކުރީ މީ ކުރިންޗުއްޓީހޭދަކުރަން ދިޔަތަންތަންހެން ވަރަށް ބޮޑުތަނެއްކަމަށް.. އެކަމަކު މަތިން ފެންނައިރު މިތަންތަން ހާދަ ރީއްޗޭ.. ” ހަގީގަތުގައިވެސް އަލަށް ރާއްޖެތެރެއަށް އައި ނާލްހުރީ މިފަދަ މަންޒިލަކަށް އާދެވުމުން ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. ޒިޔާދުމެންގެ ކުޑަކުޑަ އާއިލާ އެއަރޕޯޓްއިން ނިކުމެ ޖެޓީއަށް މިސްރާބުޖެހިއިރު އެމީހުންގެ ދަތުރަށް ލާންޗްވަނީ ތައްޔާރުވެފައެވެ. ”
ބައްޕާ އަސްލު އެރަށަށް ދާން ކުއްލިއަކަށް ބައްޕަތިނިންމެވީ ކީއްވެގެންތޯ..” ނަވާރުމެން ދާންއޮތް މަންޒިލަށް ދަތުރުފެށުމާއެކު ހުރިހާއިރު ހިތުގައި ފޮރުވައިގެން އިން ސުވާލު އޭނާކޮށްލިއެވެ. “ހޫމް.. ދަރިފުޅުބޭނުންވަނީ ހިތްގައިމު ތަނަކަށްދާކަށްނުދޯ.. އަނެއްކާ ރާއްޖެތެރޭގަ ބައްޕަގެ މާގިނަ ރައްޓެހިންނެއްނެތް.. އޭގެ އިތުރުން ބުރުންޏަކީ ބައްޕަ ދެން އެންމެ އަވަހަށް މިވިޔަފާރި ފުޅާކުރާނެ ރަށް.. އިނގޭތަ ދަރިފުޅަށް ބައްޕަ މިވިސްނަނީ އެރަށުގަ ގެސްޓްހައުސްގެ ވިޔަފާރިފަށަން.. މާބޮޑުކޮންޕެޓިޝަނެއް އަދި އެތާނގަ ނެމުން އެއިން ވަރަށް ފައިދާވާނެ.. ” ” ދެން އެހެންވީރު އަހަރުމެން ގޮސްތިބެނީ ކޮންތަނަކުތަ.. ” ހަފީޒާވެސް ވިސްނުމެއްގައި ހުރެފައި ސުވާލުކޮށްލިއެވެ. ” ހަމަޖެހިބަލަ.. އަހަރެންގެ އޮފީސް މެނޭޖަރުމަހްމޫދުގެ ރަށޭއެއީ.. އޭނަގެ ގެ ހުރީހުހަށް.. އެގޭގައި ހުރެވޭނެގޮތް ވަނީ ހަމަޖައްސާފައޭ.. މާބޮޑަކަށްނު ތިހާސްވަނީ.. ” ހިނިތުންވުމެއް ހަފީޒާއަށް ރައްދުކޮށްލަމުން ޒިޔާދު ވާހަކަދެއްކިއެވެ.
މަލީހްއާއި ޝަބީން ގޮސް ފިހާރައަށް ވަންއިރު ނިމާލްހުރީ އެމީހުންގެ އިންތިޒާރުގައެވެ. “އަހަ.. ދަރިފުޅާ ތިއައީދޯ.. އާދެބަލަމިކޮޅަށް.. އަން.. މީގަހިފާ.. ” އަތުގައި އޮތްސިޓީއުރަ ދިއްކޮއްލުމާއެކު ނިމާލް ވާހަކަދެއްކިއެވެ. އެވަގުތު ޝަބީންގެ ފޯނުރިންގްވާން ފެށުމުން އޭނާ އެއްފަރާތްވެލިއެވެ. ” ދަރިފުޅު އަދި މިއޮތީ ބޭބެ ދަރިފުޅަށް ގެނެއްސަ އަދި ނުދެވިއޮތް އެއްޗެއް.. އެކަމަކު ބޭބެއަށް ހީވަނީ މީގެ ބޭނުން ކުރަން ދަރިފުޅުށް އެބަޖެހޭހެން.. ” ޕާރުސަލްކޮށްފައިވާ ފޮއްޓެއްދިއްކޮށްލުމުން އޭގައި ހިފިމަލީހް ފަހަތްބަލާލީ ޝަބީންގެ އަޑުއިވުމުންނެވެ. ” ކޮބާ އަވަހަށް އަންނާށޯބަދަރަށް.. ހިނގާދޯ އެދިމާއަށް.. ” ދެކުދިންނާއެކު ނިމާލްވެސް ފިހާރަ ބަންދުކޮށްލުމަށްބުނެފައި ބަނދަރަށްދިޔައީ މެންދުރަށްގޮވާން ކައިރިވެފައިވާތީ މަލީހް ފުރުވާލާފައި ގެއަށްދިއުމަށެވެ.
40 މިނިޓްގެ ދަތުރަކަށްފަހު ބަނދަރާގާތްކޮށްލި ލާންޗުން އެންމެފުރަތަމަވެސް ފެއިބީ ނާލްއެވެ. އޭނަ އުންމީދުވެސްނުކުރާހާ ހިތްގައިމު ރީތިރަށަކަށް އާދެވުމުން ހުރީ ބަޔާންކުރަންނޭގޭފަދަ އުފަލެއްވެފައެވެ. އެވަގުތު ބަނދަރުމަތީގައި ހަދާފައިވާ ޖޯލިތަކުގައި ތިބިމީހުންގެ ލޯތަށް ޒިޔާދުމެންނަށް ހުއްޓުނެވެ. އެތަނުން މީހަކު ކައިރީގައި ހުރި ގާޑިޔާހިފައިގެން އައިސް ޒިޔާދުމެންގެނައި އެއްޗެހިތަށް އެއަށް އެރުވުމަށްފަހު ޖީބުން ތަޅުދަނޑިފައްޗެއްނަގާ ޒިޔާދަށް ދިއްކޮށްލިއެވެ. އަދި ކޮންމެވެސް މީހަކަށްގުޅާ ހަވާލުކުރިކަން އެނގިއެވެ. އެވަގުތު ޒިޔާދުގެ ފޯނަށް މަހްމޫދުގުޅާ އިސްމާއީލް އެމީހުން ގެއަށް ގެންގޮސްދޭނެކަމަށް ބުނެލިއެވެ. ވަށައިގެންވާ މާހައުލަށް ލޯހިންގަމުންދިޔަ ނަވާރުއާއި ނާލް އަށް ދެވުނީ އެންމެފަހަތުންނެވެ. މެންދުރުގެ އެހޫނުގަޑީގައިވެސް ހޫނުގެ އެއްވެސް އިހްސާސެއް އެދެކުދިންނަށަ ނުވާކަހަލައެވެ. ބަނދަރާއި މާދުރުނޫން ހިސާބެއްގައި ދެފްލޯއަށް ހަދާފައިވާ މަހްމޫދުގެ އަކީ ކިތަންމެހާވެސް ހިތްގައިމުގެއެކެވެ. މުޅިގޯތިތެރެހީވަނީ ފެހި ބަގީޗާއެއްހެންނެވެ. އެތަކެއް ވައްތަރެއްގެ މާގަސްތަށް ޕޮޓްތަކުގައި އިންދާފައިވާއިރު މުޅިގޯތީގައިވާ ބިންގަނޑުވަނީ ކާޕެޓްވިނައިން ވަނީ ފޮރުވިފައެވެ. ޒިޔާދުމެންނަށް އެއްޗެހިތަށް ގެނެސްދިނުމަށްފަހު ކަމަކަށްބޭނުންވަންޔާ ގުޅާލުމަށްބުނެ އިސްމާއީލްދިޔައީ ނަންބަރުދީފައެވެ.
ޝަބީންމެން ދަތުރުމަތީގައި މަސްބޭނުންފަދަ ކަންތަކުގައި އުޅެމުން ރަށަށް އާދެވުން އިރު ހުރީ އަސުރުވަގުތު ވަދެފައެވެ. ވީއެންމެއަވަހަކަށް މަސްކޮޅުބަހާލައިގެން ގެއާދިމާއަށް މިސްރާބުޖެހީ ނަމާދުކޮށްލައިގެން ހަތަރެއްޖަހާރު އޮންނަ ޓީމްގެ މީޓިންގްއަށް ވަގުތަށް ދިއުމަށެވެ. “މަންމާ.. މިހުރީ އަޅުގަނޑުބުނިކުއްޖަކީ.. މަލީހް މީ އަހަރެންގެ މަންމަ ސާދިޔާ.. މަންމާ މީ މަލީހް .. ” ގެއަށް އައިސް ވަންގޮތަށް ސާދިޔާއަށް މަލީހް ތައާރަފް ކޮށްދިނުމާއެކު މަލީހްގޮވައިގެން ޝަބީންގެ ކޮޓަރިއަށް ދިޔައީ ވަގުތު ކުޑަތަންވެފައިވާތީއެވެ. އެއްކުއްޖަކަށްފަހު އަނެއްކުއްޖަކު ފެންވަރާލައިގެން ދެކުދިން އެކީގައި ނަމާދުކޮށްލައިގެން ނިކުމެވުން އިރު ހަތަރެއްޖަހަން ބާކީއިނީ ފަނަރަމިނެޓްއެވެ. ނަމަވެސް އެވަގުތު ސާދިޔާ އެކުދިންނަށް ޖޫސްޖެނައުމުން އެބޮއެގެން ދެކުދިން މިސްރާބުޖެހީ މީޓިންގް ބާއްވަން ހަމަޖެހިފައިވާ ގެއަށެވެ.
ހަވީރުގެ ފިނިޖެހުމާއެކު ދަތުރުވަރުބައްޔަށް އޮތް ނާލްއައިސް ނަވާރުއަށް އުނދަގުކުރަންފެށިއެވެ. “ދޮން .. ޕްލީޒް ދެން ހިނގާބަ މިދިމާ އަތިރީގަ އެބަހުރި ބައިވަރު ޖޯލިފަތިވެސް އަދި އޭނދަ ގަހުގައެލުވާފަހުރި އުނދޯލިތަކަށް ބަލާބަ.. ނާލް ވަރަށް ދާހިތްވޭ އެތަނަށް.. ” ބަނދަރުގައި ހުރި ހިރުނދުގަސް ނަވާރުގެ ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައިވުމުން ރީއްޗަށްފެނެއެވެ. ދެކުދިންވެސް ތިބެނީ ދެވަނަ ފްލޯގައި ހުންނަ ދެކޮޓަރީގައެވެ. ޒިޔާދުމެން ގްރައުންޑްގައި ތިބީ ގޯތީގެ ހިތްގައިމުކަން ބޮޑަށް އިހްސާސްވާނީ އެތަނުގައި ތިބެގެން ކަމަށް ބުނެއެވެ. “ދޮން މިއަންނަނީ ފްރެޝްވެލައިގެން .. ކޮއްކޮވެސްދޭ ތައްޔާރުވެލަން.. ” ނާލް ކިޔަންފަށައިފިއެއްޗެއް ހުއްޓާނުލާނެކަން އިނގޭތީ ނަވާރުއަވަހަށް ތެދުވިއެވެ. ފޮށިން ހުދު ކުރުތާއަކާއި އައިސްބްލޫ ސްކްނީއެއް ހިފައިގެން އަވަހަށް ގޮސް އިސްތިރިކޮށްލުމަށްފަހު ފާހާނާއަށް ވަދެ ތައްޔާރުވީ ނާލް އަންނައިރު ރެޑީވެގެން ހުންނާށެވެ.
މީޓިންގް ނިންމާލީ ހަވީރުގެ ސަޔާައެކުގައިކަމުން މަލީހް އާއި ޝަބީން މިސްރާބުޖެހީ ރަށުތެރެއަށެވެ. “ޝަބީން އިނގޭތަ އަހަންނަށް ވަރަށް ކަމުދޭ މިރަށު ބަނދަރުގަ އެއިންނަ ހިރުނދުގަސް ހުންނަހިސާބު.. އެ އުނދޯލިތަކުގަ ޖައްސާލަންދާން ހިނގާބަ.. ” ރަށުގެ ބޮޑުމަގުން އައިސް ބަނދަރާއި ވީކޮޅަށް ލަނބާލަމުން މަލީހް ބުނެލިއެވެ. ” މަލީ އެހަށް މަޑުކޮށްލާ.. މީންދަފިހާރައިން ކިއްލިއެއް ގަނެގެން މިއަންނަނީ ..” ޝަބީންއަށް ހެދިކާއިން ދިން ރަހަ ކަމުނުދިއުމުން އަދިވެސް އެރަހަ އަރުތެރޭގައި ލާހެން ހީވުމުން އަވަހަށް ކިއްލިއެއްގެ އެހީހޯދުމަށް އުޅުނެވެ.
ނަވާރުމެންނަށް އެހިސާބަށް ދެވުންއިރު ކުޑަކޮށް އަވިއޮތުމުން ތޮށިގަނޑުމަތީގައި އިށީންދެލީ މޫދުގައި އުޅޭމަސްތަށްބަލާލުމަށެވެ. އަދި ހަމައެހެންމެ ރަށުގެ މަލަމަތި އެހާ ހިސާބުގައި ތިބެ ބަލާލާއިރު ފެންނަލެއް ޗާލުކަމުންނެވެ.
މަލީހްމެންނަށް އެހިސާބަށްދެވުން އިރު ތޮށިގަނޑުމަތީގައި އިން ނަވާރު މަލީހްގެ ލޮލުގައި އަޅައިގަތެވެ. ” އޭމަލީ.. އެއިނީ ސަޅިމަންޖެއެއްދޯ.. ” އެންމެފަހުން މަލީހް އެކަމާނުވެ ހުއްޓަ ޝަބީން އެމަންޖެދައްކާލިއެވެ. “އެކަމަކު އެއީ މިރަށުކުއްޖެއްނޫން ހަމަގައިމުވެސް.. ” އެހެންބުނުމާއެކު މަލީހް ތަންކޮޅެއް ރަނގަޅަށް ނަވާރުއަށް ބަލާލިއެވެ. ނަމަވެސް އަދި ވިސްނުމުގަ އަންހެންކުދިންގެ ހިޔާލުނެތުމުން އެކަމާޝައުގުވެރިކަމެއް ނުދެވުނެވެ. “އަޅެ ޝަބީން އެމަންޖެ އަށް ބަލާ.. އަހަރެން އަދި އަންކުދިންނަށް މާކަ ޝައުގެއްނެތް.. އަދިވެސް މޮޅަށްކިޔަވަން ބޭނުމީ..” އަނެއްކާވެސް އެވާހަކަ ފެށުމުން މަލީހް ބުނެލިއެވެ. ” އަސްލު ތެދަށްބުނަންޏާ އަހަރެންގެ ވެސް ތިބުނާގޮތަށް އަދި ނެތް ޝައުގެއް.. އޯލެވެލް ހަދާލިޔަކަސް މިހާރު ނޯވޭވިއްޔާ ސަލާމަތެއް.. އެކަމަކުބުނަން މިހިތް އޮތްމަގާމުން ގުޑުވާލާކަހަލަ ނަސީބުވެރިޔަކު ފެނިއްޖެހެން ހީވަނީ.. އެކުއްޖާލިބޭނެ ކަމެއް ނޭންގެއަދި.. ” ލާނެތްފާޑަކަށް މޭގައި އަތްއަޅާލައިގެން ހުރެ ޝަބީން ވާހަކަދެއްކުމުން މަލީހްހޭންފެށިއެވެ.ނަމަވެސް ހިތްނުތަނަވަސްވީ އެދެއްކީ ނަވާރުގެ ވާހަކަބާއޭ ހީވުމުންނެވެ. “އެކަމަކު މިއަދު ޖުމާ ހާދަފާޑަކަށް އެއުޅުނީ.. ” ކަމެއްހަނދާންވާފަދައަކުން ޝަބީން އަހާލިއެވެ. ” އާން.. ދޯ.. އަޅާނުލާ.. ” ދެމީހުން ވާހަކައިގައި ތިއްބާ ނާލްއަށް ފެނުމުން އެދިމާއަށް އައެވެ.
“ބޭބެމެން ގެ ރަށްދޯމީ.. އެކަމަކު ނާލްމެން ކުރިން އައީ މިތަނަށް… އެހެންވީމަ ބޭނުން އުނދޯއްޔެއްގަ އިށީންނަށްވެސް ނާލްމެންނަށް އަސްލުލިބެންވާނެއްނު.. ” މަލީހުއަށް އިނދެވުނީ ނާލް އެންމެ ބޭނުންވި އުނދޯލީގައި ކަމުން ނާލް ޝަކުވާކޮށްލިއެވެ. “ހެހެ އެހެންތަ.. އަވަހަށް އާދޭ އެހެންވީޔާ.. ” ނާލްގެ ވާހަކަ އަޑުއިވުމާއެކު ޝަބީން ތެދުވެލާފަ ތަންދެއްކިއެވެ. ނަމަވެސް ނާލް ތުންކޮޅު އިތުރަށް ދަމާލީ މަލީހްއަށް ބަލާލާފައެވެ. ” އިނގޭތަ އެބޭބެވެސް އެއީ މިރަށުމީހެއްނޫނޭ.. އެހެންވީމަ އެބޭބެއަށްނުވާނު އުނދަގުކުރަން ދޯ.. ” ނާލްއަށްވޯގޮތް ފެނި ހިނިގަނޑު ހިންދާލަމުން ޝަބީން އެހެންބުނިވަގުތު ނަވާރު އެދިމާއަށް ހިނގައިގަތެވެ. “ކޮއްކޮ އުނދޯލީގަ ނުއިށީން ނަންޔާ ހިނގާ ގެއާދިމާއަށް .. މިހާރު އެހެރަގެން އިރުއޮއްސެނީނު.. ” ނަވާރުގެ އަޑު ޖެހުމާއެކު މަލީހްއާއި ޝަބީން އަށް އެކީގަހެން ބަލާލެވުނެވެ. ހިތްގައިމު މިއުޒިކެއްފަދައިން އެއަޑު މަލީހްއަށް އިވުންފަދައެވެ. ނަމަވެސް ބަލާލިއިރު ނަވާރު ޝަބީން އަށް ބަލަން އިނުމުން އަވަހަށް އަނެއްފަރާތަށް މޫނުއަންބުރާލިއެވެ. “އައްސަލާމް އަލައިކުމް .. އަހަންނަށް ކިޔަނީ.. ޝަބީން.. ތީ މިރަށުކުދިންނެއް ނޫންދޯ.. ކޮންނަމެއްތަ ކިޔަނީ ” ސަލާމްގޮވާލުމާއެކު ޝަބީން އަމިއްލައަށް ތައާރަފް ވެލިއެވެ. ސަލާމް ގޮވާލުމުން އެއަށް އިޖާބަދިނުމަށްފަހު އެމީހުން އެއީ ބީރައްޓެހިންކަމަށް ނަވާރުބުނެލިއެވެ. އަދި އޭނައަށް ކިޔަނީ “ނަވާރު” އޭ ބުނެ ނާލް ގޮވައިގެން ގެއާދިމާއަށް ހިނގައިގަތީ ހިނިތުންވުމެއް ރައްދު ކޮށްލާފައެވެ.
އިރުކޮޅަކު ނަވާރުއަށް ބަލަން އިނދެފައި ޝަބީންވެސް ތެދުވީ “ދެންގެއަށްދާން ހިނގާ” ށޭ ކިޔާފައެވެ. ނަމަވެސް ޝަބީންގެ މަގުސަދަކަށްވީ ނަވާރުމެން ގޮސްވަންނަނީ ކޮންގެއަކަށްތޯބެލުމެވެ. ބަސްބުނާހިނދުން މަލީހް ތެދުވެ ދާން ހިނގައިގަތުމުން ޝަބީން ހުރީވަރަށް އުފާވެފައެވެ. ނަވާރުމެންގެ ފަހަތުންގޮސް އެމީހުންގެއަށް ވަނުމުން ގެއާދިމާއަށް މިސްރާބުޖެހި މަލީހްގެ ހިތްވަނީ އަވަސްވެފައެވެ.
ގެއަށް ގޮސްވަތް މަލީހް އަވަސްހިނގުމެއްގައި ކޮޓަރިއަށް ވަދެ ދަބަސްހާވާލީ ބޭބެމިއަދުދިން އެއްޗެހިބަލާލުމަށެވެ. އެވަގުތު ޝަބީންވެސް އައިސް އެކަމުގައި ބައިވެރިވިއެވެ. ސިޓީއުރަކަނޑާލިއިރު އޭގައި ފަސްހާސް ރުފިޔާގެ އިތުރުން މަލީހްގެ ނަމުގައިވާ ކޭޝްކަރޑަކާއި ބޭންގެ މުހިއްމުލިޔުންތަށް ހުއްޓެވެ. އޭގައި ވާގޮތުން މީގެ ތިން އަހަރުކުރިން މަލީހްގެ މަންމަ ވަނީ މަލީހްގެ ނަންމަތީގައި އެއެކައުންޓްހުޅުވާފައެވެ. މަލީހްގެ ލޮލުން ކަރުނަފާއްދާލީ މަންމަގެ ހެޔޮކަން ހިތަށް ވަނުމުންނެވެ. އެވަގުތު ޝަބީން މަލީހްއަށް ހިތްވަރުކުރުމަށް އެދުނެވެ. ޝަބީންގެ އެތަށް ވާހަކައަކުން ހަމަޔަކަަށްއެޅުން މަލީހް ދެން ކަނޑާލީ ޕާރުސަލެވެ. އޭގައިއޮތީ އައިފޯން 7 އަކާއި ސިމްކަރޑެއްގެ އިތުރުން ރީތި ވޮލެޓެކެވެ. އެތަކެތިފެނުމުން ޝަބީން އިނީ ބުނާނެ އެއްޗެއްނޭންގިފައެވެ. އޭނައަތުގައިވެސް އޮންނަނީ ހަމަ އޭގެ ފޯނަކާއި ހަމަ އެކަހަލަ ވޮލެޓްއެކެވެ. ޝަބީންގެ މަންމަވެސް އޭނައަށްވަނީ އެކައުންޓެއް ހުޅުވަދީ ހަދާފައެވެ. “ބޮރޯ އަހަރުމެން މީ ޓްވިންސްދޯ..” ޖީބުގައިވާ ވޮލެޓާއި ފޯނުނަގާ ދައްކާލަމުން ޝަބީން އެހެންބުނުމުން އެދިމާއަށް ބަލާލި މަލީހްވެސް ދެލޯބޮޑުވީ ދެކުދިން އަތުގައިވެސް އޮތީ އެއްކުލައެއްގެ އެއްގޮތަކަށް ފަރުމާކުރެވިފައިވާ ވޮލެޓަކާއި އެއްވައްތަރު ފޯނަކަށް ވުމުންނެވެ.
………………………………. …………………….. ……
ދުވަސްވަރަކީ އަހަރުގެ ބޮޑުޗުއްޓީގެ ދުވަސްވަރުކަމުން ރަށުތެރެހަލަބޮލިވަމުން އައީ މާލެއިންނާއި އެކިރަށްރަށުން ބުރުންޏަށް ޗުއްޓީއަށްއައި މީހުންތަކުންނެވެ. އޭގެންވެސް ގިނައީ މުބާރާތަށް ހާއްސަކޮށް އައި އެރަށުގެ ޒުވާންފުރައިގެ ގްރޫޕެވެ. ކޮންމެމީހަކުވެސް އަވަދިނެތި ތައްޔާރުވަމުންދިޔައީ މުބާރާތް ފަށަން މިއަދުއޮތް މެޗްބަލާލަން ދިއުމަށެވެ. ނަވާރު އާއި ނާލްވެސް ތައްޔާރުވަމުން ދިޔައީ މަންމަމެންނާއެކު ފުޓުބޯޅަދަނޑު ކައިރިއަށް ދިއުމަށެވެ. ކުޅެނީ ކޮންބައެއްކަން ނޭންގުނުނަމަވެސް “ތްރީވިންގް ސްޓަރ” އަދި “އިކްލިޕްސް” ގެނަމުން ނަންދެވިފައިވާ ދެޓީމް ކަން ކުޅެނީ ނަވާރުމެންނަށްވަނީ މައުލޫމާތުލިބިފައެވެ.
މެޗަށް އެންމެފުރިހަމަޔަށް ތައްޔާރުވެލުމަށްފަހު މަލީހުއާއި ޝަބީން ގެއިން ނިކުތްއިރު ދެސައިކަލްގަ އެމީހުންބަލާ އައިސް ތިއްބެވެ. ބަރާބަރު ހަތަރުގަޑިފަނަރައިގައި ފެށުން މެޗުގެ ދިހަވަނަމިނެޓްގައި މަލީހްދިން ޕާސްއަކުން ޝަބީން ތްރީވިންގް ސްޓަރ އަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ރީތި މޮޅު ޕާސްތަކާއެކުގައި ދެކުދިންގެ ހުނަރު އެންމެ ފުރިހަމަޔަށް ދައްކަމުން ދިޔައިރު ސަޕޯޓަރުންވެސް ހީވަނީ ދެންމެދެންމެ ފޯރީގައި ދަނޑަށް އަރާފާނެހެންނެވެ. އެހާވެސް މެޗްގެ ފޯރިހުރީހިފާލާފައެވެ. ޒިޔާދުމެންގެ ކުޑައާއިލާއަށް އެހިސާބަށް ދެވުން އިރު އިކްލިޕްސް ޓީމްގެ ކުޅުންތެރިއަކު މަލީހްއަށް ހަމަލާދިނުމުން ލިބުނު ހިލޭޖެހުމަށް އޭނާ ތައްޔާރުވަނީއެވެ. އެވަގުތު ސަޕޯޓަރުންވެސް އަޑުހިނދި ނޭވާ ހިފާއްޓާލައިގެން ތިބީ ޕެނެލްޓީއޭރިޔާ އާއި އެހާކައިރިން ހިލޭޖެހުން ލިބިފައިވާތީއެވެ. އޭރު އިކްލިޕްސް ޓީމްގެ ހަތަރުކުޅުންތެރިން ކުރިމަތީގައި އެތުލައިގެން ތިބީ ބޯޅަދިފާއުކުރުމަށް ތައްޔާރުގައެވެ. މިނާޒުކުދަނޑިވަޅުގައި އެތަނަށް އާދެވުމުން ޒިޔާދުބޭނުންވީ އެމަންޒަރު ވީޑިއޯކޮށްލާށެވެ. އެހެންވެ އަވަހަށް ކަރުގައި އަޅުވާފައިއޮތް ނިކޯން ޑީ 7100 ގެ ކެމެރާނަގާސެޓްކޮށްލިއެވެ. ހަމައެވަގުތު ރެފްރީގެ ކަށިގަނޑުގެ އަޑާއެކު މަލީހް ފަރިތަކަމާއެކު އަމާޒްކޮށްލި ބޯޅަގޮސްވަނީ ގޯލްގެ އިރުމަތީފަރާތުން މަތީކަނުން ދާގަނޑުގެ ތެރެއަށެވެ. ސަޕޯޓަރުން ކެކިއަރައިގަތްއިރު ނާލްއާއި ނަވާރުވެސް އެފޯރީގައި ފުރިހަމަޔަށް ބައިވެރިވިއެވެ. ޒިޔާދުގެ ފޯކަސް މަލީހްއާއި ޝަބީންގެ ކުޅުމަށްދަމައިގަތީ ފުރަތަމަހާފްގެ އިތުރުން ދެވަނަހާފްގައިވެސް އެދެކުދިން ދައްކަމުންދިޔަ ހުނަރުވެރި ކުޅުމުގެ ސަބަބުންނެވެ. އެދެކުދިން ގިނަފޮޓޯތަކެއް ކެމެރާގައި ރައްކާކުރަމުން ގެންދިޔައީ ފަހުން ވާނެގޮތެއްނޭންގޭ ހާލުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

މީޝާ (6)

Next

ނުމެދާށޭ ދޫނި މަގޭ (1)

Next
October 31, 2017

ނުމެދާށޭ ދޫނި މަގޭ (1)

Previews
October 31, 2017

މީޝާ (6)

23 Comments!

  1. Layaa says:
    October 31, 2017 at 8:30 am

    Assalaam alaikum.. kihinehtha hurihaaa frnds.. evening 7 ga up kuran bunefavess egadeega busyvaanethee avahah mi up kohlee ? .. midhiya partga v mistake hurikan ingun .. ehenve v balaafa miup kohlee ekamakuvess hama indhedhaane mistake.. ekamah thihurihaa frnds ge kibain maafah edhen.. ?
    . Layaa unmeedhukuran thihurihaa frnds ah mibaivess kamudhaanekamah.. kamudhanyaa leave a comment .. ??? much loves.. ??

  2. Muroo.... says:
    October 31, 2017 at 8:39 am

    V reethi.. waiting for the next part ?☺

    1. Layaa says:
      October 31, 2017 at 8:43 am

      thank you my dear Muroo

  3. Aal says:
    October 31, 2017 at 10:50 am

    Spelling mistake geh ithurun ehn ehvx mistake eh aal akah nufeney………. Vaahaka vrh salhi… Habeys… ?????

    1. Layaa says:
      October 31, 2017 at 1:38 pm

      Ehentha ? thankyou mentione kohladhineema ? btw keep reading.. and thankyou so much ?❤

  4. Ardhii says:
    October 31, 2017 at 11:07 am

    V reethi mi vaahaka.. waiting for the next part ? layaa ah aslu kihaa varakah buruni ingey Tha? ?

    1. Layaa says:
      October 31, 2017 at 1:40 pm

      Thank you so much dear Ardhii.. ? v bodah ingijje .. ?❤

    2. Unknown says:
      November 5, 2017 at 12:17 am

      Aadhila… Buruni kuhjjeh dho thi e

  5. SJK...KOREAN says:
    October 31, 2017 at 12:09 pm

    Woww. Obiness. ???? can’t wait to read nxt part. Hey layaa.. Layaa ah haadha rangalhah ingey dhw buruni. ?? bandharu kaaran in a 2 floor building vx innakan. ? omg. I
    U
    I think u’re from buruni!! ? anyways waiting ???

    1. SJK...KOREAN says:
      October 31, 2017 at 12:10 pm

      ***Bandharu kaary inna

    2. Layaa says:
      October 31, 2017 at 1:43 pm

      Hehe thank you bigg koh SJK .. ? yess v bodah balaafa miliyanee.. AW thankyou again ???

  6. Mal. says:
    October 31, 2017 at 12:30 pm

    Layaa… mihaaru deliver kurytha… preg vaahaka bunymeynun

    1. Layaa says:
      October 31, 2017 at 1:34 pm

      Yes dear .. ? insha allah ekan nimijje ??

  7. dhon hiyala says:
    October 31, 2017 at 1:32 pm

    Masha Allah mi part ves varah reethi ?❤❤ alhe layaa ah haadha bodakah buruni ingeyey dhw

    1. Layaa says:
      October 31, 2017 at 1:36 pm

      Shukuran .. shukuran.. dear dhon hiyala .. ?? .. hehe mihaaru hoadhanulhey meehakah rahtashuge mauloomakeehkuran meehunge mauloomaathuvess hoadhan ehaa faseyhavaane.. ??❤

  8. Anonymous says:
    October 31, 2017 at 1:57 pm

    Jumlathah ehkoh laafa ebuhuri baeh thanthanuga liyefa. Ethanthan rangalhu kollaa engey.
    Dhn ehbaegge bai ninmaafa anebai meehunge bai fashaairu thankolheh space bodukollaafa fashaifinama kiyaalan faseyha vaane. Misaalakah shabeen and maleeh ge scene thah ninmaafa nawaaru and naal ge vahaka fashaairu space eh dhinun thankolheh bodukoh.

    Vahaka feshigen mihisaabah kiyaali iru faahagavi kanthahthakakee e’ee… Heekuran mikankan rangalhu kollaane kamah

    1. Layaa says:
      October 31, 2017 at 7:30 pm

      Miadhu layaa v v v …. ufaavejje .. ? Anonymous kahala kujjaku hurikan enguneema .. ? Asslu vaahakayah gayaavagen kiyaathee thikan thihaabodah thifaahagavee.. layaa ahvess thihen feelveema mihaaru liyamun dhaabaiga thikan islaahu kuramun midhanee ? btw thank you so much dear Anonymous ??

  9. Shifu says:
    October 31, 2017 at 3:03 pm

    Wow layaa…. Story vvv reethi… Vvv intresting…

    1. Layaa says:
      October 31, 2017 at 7:27 pm

      Awwn thank you dear Shifu .. ??

  10. meee says:
    October 31, 2017 at 3:32 pm

    v reethi vaahaka, Rangalhu kohlan bunan othy hama Anonymous ebuni vaahak 🙂 🙂 🙂 <3

    1. Layaa says:
      October 31, 2017 at 7:26 pm

      Ehentha? oki insha allah ekan rangalhukohlaanan. ? AW thank you so much dear meee??

  11. Shifoo says:
    October 31, 2017 at 4:16 pm

    Story vvv reethi… Vv interesting… Waiting….

    1. Layaa says:
      October 31, 2017 at 7:24 pm

      Thank you so much my dear Shifoo??

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ… (4)←


All Right Reserved!