Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި އަހަރެންވާނަމޭ (6)

SunShine Level 210 Stories100 Comments
October 30, 2017 3 Mins Read
17 Comments

ޔުއާން އަފްރީންއާއި ހަތަރު ކަޅި ހަމަ ކޮށްލާފައި އެއްކަކޫ މައްޗަށް އިށީނެވެ. އަދި ރަތް ކުލައިގެ މަލެއް ދިއްކޮއްލިއެވެ.

 

“ވިލް ޔޫ މެރީ މީ؟” ޔުއާން މިހެން އަހާލުމުން އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

************************************

ފަސްވަރަކަށް މިނެޓްވީ އިރުވެސް އަފްރީންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މިއީ އޭނާ ވާނެ ކަމަށް އުންމީދު ކުރި ކަމެއް  ނޫނެވެ. ވާނީވެސް އެހެންތާއެވެ. ޔުއާންއަކީ ވަރަށް އަންހެނުންވާ މީހެއް ވިއްޔާއެވެ. ނަމަވެސް އެންމެން ތެރެއިން ވެސް އަފްރީން ނެގުމުން ހައިރާން ނުވެ ނުދާނޭނުން ހެއްޔެވެ؟

އަފްރީން ގިނަ އިރު އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޔުއާންގެ އުންމީދު ކަނިވާން ފެށިއެވެ. ނަމަވެސް އެއިން ގޮތަށް އިނީ ޖަވާބެސް ދޭންދެންނެވެ.

“އަފޫ، ޖަވާބެއް ދީބަލަ؟” ތެޅިތެޅި އޮތް ހިތަކާއެކު ޔުއާން ބުނެލީ އެ ހަމަހިމޭން ކަމުން އުދަނގު ވެގެންނެވެ.

މިކަމުން އަފްރީންއަށް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

“ޔެސް!” ހަމަ ކުއްލިއަކަށް އަފްރީން މިހެން ބުނުމުން ޔުއާންވެސް ދިޔައީ ސިއްސައިގެންނެވެ. ހަމަ އެހެންމެ އުފާވެސްވިއެވެ.

ވާނުވާ ރަނގަޅަށް ރޭކާލުމުން ޔުއާން އަފްރީންއަތަށް އެމާ ދީފައި ތެދުވެ އަފްރީން ގައިގާ ބައްދާލިއެވެ. އަދި އެ ނިތަށް ދޮނެއް ދިނެވެ. ޔުއާންގެ އުފަލުގެ ކޮޅެއް ނެތެވެ. ހަމަ އެހެންމެ އަފްރީންވެސް މި ހަރަކާތުގައި ފުރިހަމައަށް ބައިވެރިވި އިރު އޭނާގެ ލޮލުންވަނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ.

ދެމީހުންވެސް ތިބީ ލޯބި ލިބުމުން އިންތިހާއަށް އުފާވެފައެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކުގެ އަތުތެރެއިން ނިކުންނަން ބޭނުންނުވެފައެވެ. އެދުވަހަށް ދެމީހުންވެސް ވަނީ ވަރަށް ދިގު އިންތިޒަރެއް ކޮށްފައެވެ.

“އެހެމް އެހެމް” އެމީހުންގެ އުފާވެރި ވަގުތު ކޮޅު ކުރުކޮށްލަން ޖެހުނީ އަރްމާން އައުމުންނެވެ.

އަރްމާންގެ އަޑާއިއެކު ދެމީހުންވެސް ދިޔައީ ފާޑަކަށް ސިއްސައިގެންނެވެ.

“ދޮންބޭ” އަރްމާން ފެނުމުން އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ލަދުން އިސް ޖަހާލިއެވެ.

ޔުއާން ހުރީ އަފްރީން ލަދު ގަތުމުން އާޝޯޙުވެފައެވެ. އެހެނީ އަފްރީން ލަދުގަތުމުން އެ ދޮން މޫނަށް ޖަންބު ކުލަވެރިވެގެން ދިޔައެވެ.

“އަފޫއަށް އެންމެ ފަހުން އަފޫގެ ހިތުގެ ވެރިޔާ ލިބުނީނުން. ދޮންބެގެ ސްވީޓީ ހަމަ އެންމެ ފަހުން ބޮޑުވީއޭދޯ؟” އަރްމާން ލޯތްބާއެކު އަފްރީންގެ ބޮލުގައި ފިރުމާލަމުން ބުނެލީ އަފްރީން ލަދު ގަންނަވާލަންށެވެ.

“ދެން ދޮންބޭ” އަފްރީން އަކުރުތަކަށް ބާރު ލާފައި ބުނި ގޮތުން އަރްމާން އަދި ޔުއާން ގާތަށްވެސް ހިނި އައެވެ. ނަމަވެސް ހުނުން ކޮންޓްރޯލް ކުރީ އިތުރަށް އަފްރީން ލަދު ނުގަންނަވަންށެވެ.

“އޭ މާން. ތީ މިހާރު މަގޭ ގާލް އިނގޭ. މަގޭ ގާލް ލަދު ގަންނަވާނެ ކަމެއް ނެތް ދެން މާންގެ ކޮއްކޮއޭ ކިޔާފައެއް ވަކި.” ޔުއާން މިހެން ބުނުމުން އިތުރަށް އަފްރީން ލަދުގަތެވެ. އަދި އަރްމާންގެ ގައިގާ ބައްދާލާ އެމޭގައި ބޮނޑިވެލިއެވެ.

“އޭ އަފޫ، އަދިވެސް ދޮންބެ ގައިގަތަ ބައްދަނީ؟ މިހާރު ދެން ޖެހޭނީ އާންގެ ގައިގައޭ ބައްދަން.” އަރްމާންގެ ބަސްތަކުން އަފްރީން އިތުރަށް ރަކިވުން ނޫން ކަމެއް ނުވިއެވެ. ނަމަވެސް މިފަހަރު ޔުއާން ހުރީ އަރްމާންއަށް ދޫކުރާ ގޮތަކަށް ނޫނެވެ.

“އަވަހަށް އާދެ އަފޫ. އަހަރެން ހަގްއެއް ދޭނަން.” ޔުއާން ކަޑަ ނުވާންވެގެން އަވަހަށް ބުނެލިއެވެ. އަދި އަފްރީންގެ ކޮނޑުގައި ހިފާ އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. އަފްރީންވެސް ޔުއާންކައިރިއަށް ފަސޭހަ ކަމާއިއެކު ދިޔައެވެ.

“ދެން ތިމީހުން ޓައިމް ސްޕެންޑް ކޮށްލާ. މަ މި ދަނީ ޔުޝްރާއްތަ ކައިރިއަށް. ޔުޝްރާއްތަވެސް އުޅޭނީ ވީ ކިހިނެއްތޯ ބަލަން ދެފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ހެން މިހާރު. މަށަށް ހަމަ ޔަގީން.” އަރްމާން މިހެން ބުނަމުން ހިނގައިގަތީ ޓެރެސްއިން ނިކުމެވެން ހުންނަ ދޮރާ ދިމާލަށެވެ.

 

އަރްމާން ތިރިއަށް ފޭބި އިރު ޔުޝްރާ ހީވަނީ ހަމަ ދެފަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. ސިޓިން ރޫންގައި ދެކޮޅަށް ދެކޮޅަށް ހިނގަން ހުރި ގޮތުން ހީވަނީ ޔުއާން ހަނގުރާމައަކަށް ފޮނުވައިގެން އުޅޭ ހެންނެވެ. މިކަމާ އަރްމާން ގާތަށް ހިނި އަޔަސް އަވަހަށް ހިނިގަނޑު އޮށްބާލިއެވެ. އަދި ގޮސް ސޯފާގައި އިށީނެވެ.

“މާން، ކިހިނެތްވީ؟ އަފޫ ކީކޭ ބުނީ؟” ހާސްކަން މަތީ ޔުޝްރާ އަހާލިއެވެ. މިކަމުން އަރްމާން އިތުރަށް ހިނި އައުން ނޫން ކަމެއް ނުވިއެވެ. ނަމަވެސް ހިނިގަނޑު މަތަކޮށްލިއެވެ.

“އަފޫ އާންއަށް އާއެކެ ބުނީ” އަރްމާން ޖަވާބު ދިނުމުން ޔުޝްރާއަށް ހަމްދު އަޅާލެވުނެވެ. އެހެނީ ދަރިފުޅު އުފާވުމުން އުފާ ނުވާނީ ކޮން މައެއް ހެއްޔެވެ؟

 

ޔުއާންއާއި އަފްރީންގެ ހާލަކީ ތޯއެވެ. އަފްރީން ޔުއާންގެ ތަނަވަސް މޭގައި ބޮނޑިވެލައިގެން ހުރި އިރު ހުރީ ލަދުން ވިރިވިރިއެވެ. ނަމަވެސް ޔުއާން މިއިންކަމެއް އެނގޭ ކަމަށްވެސް ހަދާ ނުލާ ހުރީ ޔުއާންއަށް އެނގޭކަން އެނގިއްޖެއްޔާ އަފްރީން އިތުރަށް ލަދު ގަންނާނެކަން އެނގޭތީއެވެ.

އަފްރީންއަށް ޔުއާންގެ މޭގައި ބޮނޑިވެލައިގެން ހުރި އިރު ރައްކާތެރި ކަމުގެ އިހްސާސް ކުރެވުނެވެ. އަދި އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.

ޔުއާންގެ މޫނުންވެސް އެންމެ ހިނދުކޮޅަކަށްވެސް ހިނިތުން ނުފިލައެވެ. ދެމީހުންނަށްވެސް ވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.

ޔުއާން މަޑުމަޑުން އަފްރީން އޭނައާ ދުރުކޮށްލިއެވެ. ނަމަވެސް އަފްރީން ގަނެފައި ހުރި ލަދެއްގެ ސަބަބުން ޔުއާންގެ މޫނަށް ބަލާލާކަށް ނުކެރުނެވެ. ޔުއާންއަށް މިކަމުން އިތުރު އުފާވެރިކަމެއް ލިބިގެން ދިޔައީ ކީއްވެ ކަމެއް ހުދު ޔުއާންއަކަށްވެސް ނޭނގުނެވެ.

ޔުއާން މަޑުމަޑުން އަފްރީންގެ ދަތްދޮޅިގައި ހިފާ އަފްރީންގެ އިސް އުފުލާލިއެވެ. ނަމަވެސް އަފްރީންއަކަށް ދެންވެސް ޔުއާންއާ ހަތަރު ކަޅި ހަމަ ކޮށްލާކަށް ނުކެރުނެވެ.

“ދެން ހަމަ އަފޫ ތިހާ ލަދު ގަނެފަތަ ތި ހުރީ؟ ދެން އަހަންނަށް ބަލާ ނުލާތަ އުޅޭނީ؟ ދެން އަހަންނާ އިނދެގެންވެސް ނުބަލަތަ އުޅޭނީ؟” ޔުއާންގެ މި ބަސްތަކުން އަފްރީން އިތުރަށް ލަދު ގަންނަމުން ދިޔައެވެ.

“ދެން އާންވެސް ދޯ. އަހަރެން ލަދު ގަންނަވަން ކިޔާހާ އެއްޗެއްސޭ ހަމަ ތި.” އަފްރީން އެންމެ ފަހުން ލަދުން ހުރި ނަމަވެސް ވާހަކަ ދެއްކިއެވެ.

ޔުއާންއަށް ވިސްނޭ ގޮތުގައި އަދި އަފްރީންއަށް ޔުއާސް އާއިއެކު ހަމަޖެހިގެން އުޅެން ވަގުތު ނަގާނެވެ. ޔުއާން ހުރީ އަފްރީންއަށް އަފްރީން ބޭނުން ވަރަކަށް ވަގުތު ދޭން ތައްޔާރަށެވެ.

 

“ބަލަ އަދިވެސް ދާކަށް ނުވޭތަ؟” ދެމީހުންނަށްވެސް ސިހުން ގެނުވީ އަރްމާން އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. “މިހާރު ޔުޝްރައްތަ އެބައުޅޭ ވާން އުޅޭ ޅީދަރި ދެކިލާ ހިތުން ދެފައި އެއްތާކު ނުޖެހިގެން.” އަރްމާންގެ މިބަސްތަކުން ޔުއާން ގާތަށް ހިނި އައި އިރު އަފްރީން ގަތީ ލަދެވެ.

“ދެން މިދަނީއޭ. މާންވެސް ވަރެއް އެބަ ހުއްޓޭނުންދޯ. ހުރެބަލަ ނިކަން މާން ބިޓެއް ހޯދާ ދުވަހުން ބަދަލު ހިފާލާނަމޭ.” ޔުއާންވެސް އެންމެ ތަންފުކެއްވެސް ދުލެއް ނުކުރިއެވެ.

“މާ ހާސް ނުވޭ ބްރޯ. މާ އަވަހަކަށް ތި އުފަލެއް ނުލިބޭނެ.” އަރްމާންވެސް ކަޑަ ނުވާންވެގެން ބުނެލިއެވެ.

މި ހުރިހާއިރު އެދެމީހުންގެ ވާހަކަ އަޑު އަހަން ހުރި އަފްރީން ހުރީ ހީލަ ހީލައެވެ.

ތިރިޔަށް ފޭބުމުން އެނަމެ ފުރަތަމަވެސް ޔުޝްރާއައިސް އަފްރީންގެ ގައިގާ ބައްދާލީ އުފަލުންނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ވާން އުޅޭ އަނބި މީހާދެކެން ބޭނުންވެފައި ވެފައި ހުރި ޔުޝްރާގެ ލޮލުންވަނީ ކަރުނަ ނީރާލާފައެވެ. ނަމަވެސް އެއީ އުފަލުންނެވެ.

“މަންމާދެން އަފޫ ގައިން ދޫކޮށްލާކަށް ނުވޭތަ؟” ޔުއާން މަޖާވެލާފައި އެހީ ތަނުގެ ހަމަހިމޭންކަން ފޫ ދުއްވާލަމުންނެވެ.

“ޔުޝްތާ އާން ޖޭ ވީ އިނގޭ އެ.” އަރްމާން އަދިވެސް ބަލަމުން ދިޔައީ ޔުއާން އާއި އަފްރީން ލަދު ގަންނަވާލަންށެވެ.

 

Hey readers. I know this part is short. Tomorrow I have an exam so I won’t be able to write tomorrow or later tonight. So, I uploaded this part. Hope you all will like it though its short

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

ބިކަވި ހަޔާތް (6)

Next

ތިޔަ ދިން އުފާ 30

Next
October 30, 2017

ތިޔަ ދިން އުފާ 30

Previews
October 30, 2017

ބިކަވި ހަޔާތް (6)

17 Comments!

  1. Leo3910 says:
    October 30, 2017 at 9:00 pm

    It is OK…..and gud luck in your exam…tomorrow me ge ves exam eh ovey…waiting for the next part…gudnyt…♡♡♡♡

    1. Leo3910 says:
      October 30, 2017 at 9:01 pm

      Me first

    2. SunShine says:
      October 30, 2017 at 9:44 pm

      Thank you..
      Good luck with you exam as well ❤❤

  2. naju says:
    October 30, 2017 at 9:18 pm

    v v v v v reethi

    1. SunShine says:
      October 30, 2017 at 9:50 pm

      Thank you ❤

  3. Nisha says:
    October 30, 2017 at 9:22 pm

    ok gudluck for the exam.mi pertves vvvvvvv salhi

    1. SunShine says:
      October 30, 2017 at 9:51 pm

      Thank you.. ❤

  4. SJK...KOREAN says:
    October 30, 2017 at 9:37 pm

    Tomorrow I also have exam.. Gud luck sunshine ?? well, story is as fantastic as usual. Finally hama yes dhw buny. Interesting!!!!! ??? waiting for the next part ???

    1. SunShine says:
      October 31, 2017 at 6:21 am

      good luck with your exam.
      and thank you.
      finally hama yes buny..

  5. Lam says:
    October 31, 2017 at 12:06 am

    Wow mi part ves v salhi ????

    1. SunShine says:
      October 31, 2017 at 6:22 am

      thank you

  6. Aal says:
    October 31, 2017 at 7:26 am

    School kuhjjeh thrr….. School kuhjeh viyaa grade bunafaanun thrr if u dnt mind…….. Vaahaka vrh habbu…. Waiting for the nxt part…. ???

    1. SunShine says:
      October 31, 2017 at 8:01 am

      Yeah.. School kuhjeh.. Grade 10
      And thanks

  7. Shifoo says:
    October 31, 2017 at 8:51 am

    Story vvv nice.. I really love it

    1. SunShine says:
      October 31, 2017 at 10:19 pm

      Thank you

  8. Aryy says:
    November 1, 2017 at 1:12 pm

    Dhn oeh part kn irakun up kohdheyny… cant wait…..

    1. SunShine says:
      November 1, 2017 at 4:51 pm

      Ohhm Adhi neynge maybe Saturday.. Busy kamun nuwegn mi ulheny

Comments are closed.


All Right Reserved!