
ހިތުގެ ވިންދު 3
މަލައިކާއަށް ފައިޒާން މަންމަ ގައިގައި ބައްދާލަމުން ރޮވުނެވެ. އެވަގުތު ހޮސްޕިޓަލް ވާރޑް ކައިރި މަޑުކޮށްލައިގެން ފައިޒާން ހުރީ އިސްޖަހައިގެންނެވެ. އަދި އެވާހަކަތައް އަޑު އިވިފައި ފައިޒާން އަށް އަމިއްލަ ނަފްސަށް ކުށްވެރިވެވުނެވެ. މަލައިކާގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާވެސް ގޯހެއް ހެދީ ފައިޒާންއެވެ. ފައިޒާން އަށް އެތަނުން ދުރަށް ޖެހި ހޮސްޕިޓަލު ތެރޭގައިން ކެފޭ ތެރެއަށް ވަދުނެވެ. އެތާނަށް ވަންއިރު އެތާނގައި ކިއުގައި މަޑުކޮށްލައިގެން ހުރީ ފައިޒާންގެ ބިޓެވެ. މަލްޝާ އެވެ. މަލްޝާއާ ދިމާވީ މީގެ ދެމަސް ކުރިންނެވެ. އޭރު ފައިޒާން އުޅުނީ މަލައިކާއާ ރައްޓެހިވެގެންނެވެ. މަލްޝާއާ ރައްޓެހިވީ އޭނަ ރީތި ވީމަ، އަދި އުޅުން ކަމުގޮސްގެންނެވެ. ފައިޒާން އާދެ ކާން. މަ ވަރަށް ބަނޑުހައި. ފައިޒާން މަންމަ ކިހިނެއް ހާލު. މަލައިކާ ކީއްތަ ކުރަނީ ފައިޒާން މަންމަ ކައިރީގަ. ވަރަށް ފޫހިވެ އޭނަ އަންނާކަށް ނުޖެހޭނެ ފައިޒާން މަންމަ އޭނަ ހޯދިޔަސް. އަހަރެންނާ ފައިޒާން މަންމަގެ ގުޅުން އެހާ ގާތް ނޫން އިރު އެ އަންހެނާ އެ އަންނަނީ މަގޭ ދިރިއުޅުން ބަރުބާދު ކުރަން. މަލްޝާ ދެން ތިވާހަކަ ހުއްޓާލާ. މަލައިކާ އަކީ އެކަހަލަ ކުއްޖެއް ނޫނޭ. މަލްޝާ އަހަރުމެން ދެމީހުން ވަކިކުރަން ބޭނުންނަމަ މިހާރު ހުންނާނީ ވަކިވެފަ. ފައިޒާން ރުޅިވެރި ރާގުން މަލްޝާ ކައިރި ބުންޏެވެ. މަށަށް ހެޔޮ ފައިޒާން މަންމަ އަހަރެންނަށް ޤަބޫލު ނޫނަސް. ފައިޒާން އާއެކީ އުޅެވެންޏާ މަށަށް އޯކޭ! ދެން ރުޅި މައިތިރި ކޮށްބަލަ. ފައިޒާންގެ އަތުގަ ހިފަމުން މަލްޝާ ފޮނި ރާގުން ބުންޏެވެ.
މަލައިކާ ފައިޒާން މަންމައާ ބައްދަލުކުރުމަށްފަހު އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ. އޮފީހަށް ވަދެ މަލައިކާ ފާހަނާއާ ދިމާއަށް ގޮސް ވަނެވެ. މަލައިކާއަށް ފެންކަޅި ވާން ފެށިއެވެ. ތެދެކެވެ. އަހަރެން އަދިވެސް ފައިޒާން ދެކެ އިންތިހާއަށް ލޯބިވަން. އެކަމު އަހަރުމެން ދެމީހުން އުޅެވެން ނެތިން. ފައިޒާން އަހަންނަށް ދިނީ ނަފްސާނީ އަނިޔާއެއް އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ވީއެކޭ އެއްވަރު. އެކަމު އަހަންނަކީ މިގޮތަށް އުޅޭ އެހެން އަންހެން ކުދިން ހެން މޮޔަ ކަމެއް ނުކުރާނަން. ކުރިއަށް ވާނެ ގޮތަކާމެދު ވިސްނަން ޖެހޭނެ. ފައިޒާން އަށް ވުރެއް ރަނގަޅު ކުއްޖެއް އަހަންނަށް އަދި ދިމާވެދާނެ. މިކަމާ އަހަރެން ވިސްނާކަށް ނުޖެހޭނެ. މަލައިކާއަށް ދެން އަޑުއިވުނީ އަބުޅޯ ގެ އަޑެވެ.މަލައިކާ ކީއްތަ ތިކުރަނީ ފާހަނާގަ ހާދަ ގިނައިރޭ ދޯ. މިތާ ކިއުގަ އެބަހުއްޓޭ ބަޔަކު ފާހަނައަށް ދާންޖެހިފަ. އަވަހަށް ނިކުމެބަލަ. އަބުޅޯ މަޖާ ރާގަށް މަލައިކާ ކައިރި ބުންޏެވެ. މަލައިކާ ނިކުތުމަށްފަހު އަބުޅޯ އަތުގައި މަޑުން ޖަހާލިއެވެ. ހޫ! ސާބަސް ތިއީ ބޮޑުވަރު. އަހަރެން ފާހަނައަށް ވަންތާ ގިނައިރެއް ނުވާނެ. އެހެން ބުނުމަށްފަހު މަލައިކާގެ ކެބިން އާ ދިމާއަށް ދިޔައެވެ. އާދިލް އަޅުގަނޑު މިއަދު ގެއަށް މިދަނީ. އޮފީސް ގަޑި ނިމިއްޖެ ވިއްޔާ. ސާރާ ހިނގާ ދޯ ދާން. އާ އޯކޭ މިދަނީ މަލައިކާ ތިރީގައި މަޑުކޮށްލާ އަހަރެން އެބަ އަންނަން މި މަސައްކަތް ނިންމާލާފަ. މަލައިކާ އާއި ސާރާ ގެއަށް ދިޔަ މަގުމަތިން ސާރާ މަލައިކާ ކައިރި އަހައިލިއެެވެ. މަލައިކާ ކިހިނެއްވާނީ އަފްލާހް އާއެކީ އާދިރިއުޅުމެއް ފަށަން. އަފްލާހް އަކީ މަގޭ ރައްޓެއްސެކޭ ސާރާ. އަހަންނަކަށް ނުކެރޭނެ. އަޅެ މަލައިކާ ނުފެނޭތަ އަފްލާހް މަލައިކާ ދެކެ ހާދަ ލޯބިވެޔޭ. އޭނަ ހުންނަނީ މަލައިކާ ބުނާ ކޮންމެ ކަމެއް ކޮށްދޭން. އެކަހަލަ ކުއްޖެއް މަލައިކާއަކަށް ނުލިބޭނެ. އަޅެ އޭނާއާ އެކީގަ އުޅުނީމައޭ މަލައިކާއަށް ކުރިއަށް ދެވޭނީ. އެހެން ބުނެފައި މަލައިކާ ގެދޮރުކައިރި މަޑުކޮށްލާފަ ސާރާ ހިގައްޖެއެވެ. އެރޭ މަލައިކާއަށް ހުރެވުނީ ވިސްނުމެއްގަ ތެރޭގައެވެ. ސާރާ އެދެއްކީ ދޮގު ވާހަކަ އެއް ނޫނެވެ. އަފްލާހް މަލައިކާ ދެކެ ލޯބިވާކަން އިނގެއެވެ. އެކަމު ރައްޓެހިވާން ޖެހިލުންވަނީއެވެ. ކުއްލިއަކަށް ސިހުނީ ފޯނު ރިންގު ވާއަޑުންނެވެ. އަފްލާހް ގުޅަނީއެވެ. ހަލޯ މަލައިކާ. އަހަރެން ބޭނުން ވަރަށް މުހިންމު ވާހަކަ އެއް ދައްކަން. އާ އޯކޭ. ކޮންވާހަކައެއް އަފޫ(އަފްލާހް). މާދަމާ ހިނގާ ދިމާވެލަން. ކިހިނެއްވާނީ ހަވީރު 4 ޖަހާއިރު ބައްދަލުވެލަން ލެމަން ގްރާސް ކައިރިން. އޯކޭ. އަފޫ ކިހިނެއްތަ. ވަރަށް ބިޒީ ދޯ. އާ! ކީއްކުރާނީ ހާދަ މަސައްކަތޭ އޮންނަނީ މި ފިހާރާއިގަ. އެކަމް މަލައިކާ އާ ވާހަކަ ދެއްކުނީމަ ވަރަށް ހިތްހަމަ ޖެހޭ. އާ އަހަންނަށްވެސް ހިތްހަމަ ޖެހޭ އަފޫ އާ ވާހަކަ ދެއްކީމަ. އެހެންވީމަ އަހަރެން މާދަން ދިމާ ކުރާނީ. ދެން ދަނިއްޔޭ. ބާއީ.
-ނުނިމޭ-
3 Comments!
Comments are closed.
ebahuri liumuge mistake thakeh… 4nu baahvamun bunaanee dhen baahvaneeyey dhen dhanee ey ehnoon ..
Bolah v undhagu. Dhemihun ge conversation thah vx ekanchakah mashuni vefa hury… V bodah dhaskohffa liyan madukohlan feney
ލިޔުމުގެ ކުށްގިނަ
ދާއިރާއަށް އާކަން އެނގޭ
ޢިބާރާތް ރީއްޗެއްވެސް ނޫން.
ވަރަށް އާދައިގެ ޑައިލޮގެއް. ކުޑަކުދިން ލިޔާހެން ހުރީ.
….. އެކަމަކުވެސް
ވާހަކަ ލިޔުމުގެ ސްޓައިލް އެބަހުރި
ލިޔުން ދޫކޮށްނުލާ.
ފޫހިނުވެ ލިޔޭ.
ގޯސްތައް ދެނެގަނެ، ރިޓި ވާހަކަތައް ކިޔައި ނަމޫނާ ލިބިގަނޭ
ފަހުން އަދި ރަނަގަޅުވާނެ.
!!!!!!!! އުއްމީދާއި އެކު ކުރިޔަށްދޭ